Maldives Real Time Facts & : ރިޕޯޓް https://heerasnews.com/rss/category/ސިޔާސީ ވެށި Maldives Real Time Facts & : ރިޕޯޓް dv ކޮޕީރައިޓް: Heeras news llp (P01362021) ބޭރުން ފިއްތާވަރަކަށް އީރާނުގެ ވެރިންނަށް ރައްޔިތުން ކުރަނީ އިތުބާރު https://heerasnews.com/4417 https://heerasnews.com/4417 އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމަކޮށްގެން އީރާނުގެ އިސްލާމީ ޖުމްހޫރިއްޔާއަށް ފުނޑުފުނޑު ކޮށްލެވިދާނެ ބާއެވެވެ. ހަނގުރާމައިގެ ސަބަބުން އީރާނު ސަރުކާރާމެދު ރައްޔިތުންގެ އިތުބާރު ކަނޑުވާލެވޭ ހެއްޔެވެ. ފެންނަން އޮތް ހަގީގަތް ބުނެދެނީ މުޅިން އެހެން ވާހަކައެކެވެ. 

އީރާނުގެ ރޫހާނީ ލީޑަރު އާޔަތުއްލާ އަލީ ހާމަނާއި އަވަހާރަކޮށްލުމާ ގުޅިގެން، އޭނާގެ ޖަނާޒާގެ ހަރަކާތްތަކުގައި ބައިވެރިވި އެތައް ހާސް ބަޔަކު ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިސްރާއީލާ ދެކޮޅަށް ބަދަލުހިފުމަށް ގޮވާލާފައެވެ. ތެހެރާނުގެ މަގުތަކުގައި ކުރިއަށްދިޔަ މި ހިނގާލުމުގައި އެމެރިކާއާއި އިސްރާއީލުގެ ދިދަ އަންދައި، އެ ގައުމުތަކާ ދެކޮޅަށް އަޑުއުފުލާފައިވެއެވެ. ބައެއް ބޯޑުތަކުގައި ޓްރަމްޕާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ހަމަލާދޭނެ ކަމުގެ އިންޒާރުތައް ލިޔެފައިވެއެވެ.

އީރާނުގައި 37 އަހަރު ވަންދެން ވެރިކަން ކުރެއްވި ހާމަނާއި އަވަހާރަވީ ފެބްރުއަރީ މަހުގެ ފަހުކޮޅު އިސްރާއީލުން ދިން ހަމަލާތަކުގައެވެ. މި ހާދިސާއާ ގުޅިގެން އީރާނުގެ ރައްޔިތުންގެ މެދުގައި އުފެދިފައިވާ ހިތާމައަކީ ވަރަށް ފުން އަސަރުތަކެއް އެކުލެވިގެންވާ ކަމެކެވެ.

އެމެރިކާ އާއި އިޒުރޭލް ގުޅިގެން އީރާނާ ކުރަންފެށި ހަނގުރާމައިގެ ކުރިން، އީރާނުގެ ސަރުކާރަށް އެތެރޭގެ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވެއެވެ. ޖެނުއަރީ މަހު ކުރި މުޒާހަރާތައް ހުއްޓުވުމަށް ބޭނުންކުރި ބާރުގެ ސަބަބުންނާއި، ކޮރަޕްޝަނާއި އިގްތިސާދީ ދަތިކަމުގެ ސަބަބުން ސަރުކާރު އޮތީ ނުރައްކަލެއްގެ ތެރޭގައެވެ. ނަމަވެސް އެ ހަނގުރާމައިގެ ފަހުން ފެންނަނީ އީރާނުގެ ސަރުކާރަށް އާދަޔާ ހިލާފު އިތުބާރެއް ލިބިފައިވާ މަންޒަރެވެ.

ޖަނާޒާގައި އެތައް މިލިއަން ބަޔަކު ބައިވެރިވުމަކީ ހަމައެކަނި ހިތާމަ ފާޅުކުރުމެއް ނޫނެވެ. މިއީ އީރާނުގެ ވެރިކަން ބަދަލުކޮށް، އެ ގައުމުގެ ނިއުކްލިއާ އަދި މިސައިލް ޕްރޮގްރާމްތައް ނައްތާލުމަށް 40 ދުވަސް ވަންދެން ދިން ވަރުގަދަ ހަމަލާތަކުން އެ ގައުމުގެ ލީޑަރުން ސަލާމަތްވިކަމުގެ ރަމްޒެކެވެ. އިގްތިސާދީ ދަތިތަކާއި ކޮރަޕްޝަނުގެ ސަބަބުން ވެރިކަން ވެއްޓިދާނެ ކަމަށް ބެލެވުނު ނަމަވެސް، އެ ހަނގުރާމައިގެ ސަބަބުން ސަރުކާރުގެ މަގުބޫލުކަން އަލުން އިތުރުވެފައިވާ ކަމަށް މުހައްލިލުން ދެކެވަޑައިގަންނަވައެވެ.

އެމެރިކާއާއެކު މަޝްވަރާތައްކޮށް ޖޫން 17 ގައި ސޮއިކުރެވުނު އެއްބަސްވުމަކީ އީރާނުގެ ކާމިޔާބެއް ކަމުގައި ބަލަންޖެހެއެވެ. ދުނިޔޭގެ ހަކަތައިގެ ބާޒާރާއި ހޮރޮމޫޒް ކަނޑުއޮޅީގެ މައްޗަށް އޮތް ބާރުވެރިކަން އީރާނުން ދޫނުކުރާނެ އެނގިގެން ދިއުމަކީވެސް އީރާނަށް ކާމިޔާބެކެވެ. 

ސަރުކާރަށް ފާޑުކިޔާ އީރާނުގެ ބައެއް ރައްޔިތުން ދެކޭގޮތުގައި، އެ ހަނގުރާމައިގެ ސަބަބުން ސަރުކާރު ވަނީ ކުރިއަށްވުރެ ބާރުގަދަވެފައެވެ. ތެހެރާނުގެ ޔުނިވާސިޓީ ދަރިވަރަކު ބުނިގޮތުގައި، ހަނގުރާމަ ފެށުނުއިރު ސަރުކާރު އޮތީ ވެއްޓުމުގެ މަގުމަތީގައެވެ. އޭނާ ހީކުރީ ބޭރުގެ ހަމަލާތަކާއެކު ސަރުކާރު ބަދަލުވާނެ ކަމަށެވެ. ނަމަވެސް ކަންތައް ވީ އޭގެ އިދިކޮޅަށެވެ. އޭނާ ގަބޫލުކުރާ ގޮތުގައި މި ކާމިޔާބީއަކީ ރައްޔިތުންނަށް ލިބުނު އުފާވެރިކަމެއް ނޫނެވެ. އޭގެ ބަދަލުގައި މީގެ ސަބަބުން ކޮރަޕްޝަން އިތުރުވެ، ގައުމުގެ ފައިސާ އަސްކަރީ ކަންކަމަށް ހޭދަވާލެއް އިތުރުވާނެއެވެ.

ހަނގުރާމަ ހުއްޓާލުމުން އީރާނުގެ އާ ލީޑަރޝިޕުން މަސައްކަތް ކުރަމުން ދިޔައީ އިގްތިސާދީ މައްސަލަތަކަށް ހައްލެއް ހޯދުމަށެވެ. އެމެރިކާ އާއި އެކުގައި ކުރި މަޝްވަރާތަކުގައި އިސްކޮށް ހުންނެވި މުހައްމަދު ބާގިރު ގާލީބާފް ވިދާޅުވީ، ހޯމްޒް ކަނޑުއޮޅިއަކީ އީރާނަށް ލިބިފައިވާ "އިލާހީ ނިއުމަތެއް" ކަމަށެވެ. އެއީ އީރާނުގެ އެންމެ ބޮޑު ބާރެވެ.

ހަނގުރާމަ ހުއްޓާލާފައި ވީ އެއްބަސްވުމުގެ ދަށުން އީރާނަށް ތެޔޮ ވިއްކުމުގެ ހުއްދަ ލިބުމާއި، ހިފަހައްޓާފައިވާ 12 ބިލިއަން ޑޮލަރު ދޫކުރުމާއި، ގައުމު އަލުން ބިނާކުރުމަށް 300 ބިލިއަން ޑޮލަރުގެ ފަންޑެއް ގާއިމުކުރުން ވެސް ހިމެނުނެވެ. އެއްބަސްވުން ދެމިއޮތް ނަމަ އެއީ އީރާނުގެ އިގްތިސާދަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކަށް ވީހެވެ.

އަނެއްކާވެސް ހަނގުރާމައިގެ ސަބަބުން ކަންތައްތައް މުޅިން ބަދަލުވެއްޖެއެވެ. ޖެނުއަރީ މަހުގެ ހާދިސާތައް ހަނދާން ނުނެތުނު ނަމަވެސް އެ ހަނގުރާމައިގެ ބޮޑުކަމުން އެހެން ހުރިހާ ކަމެއްގެ މައްޗަށް އެކަން ބޮޑުވިއެވެ. އެމެރިކާއާއި އިސްރާއީލަށް އެމީހުންގެ އަސްކަރީ މަގްސަދުތައް ހާސިލެއް ކުރީފަހަރުވެސް ނުކުރެވުނެވެ. އެއާއި ހިލާފަށް އެއްބަސްވުން ދެމިއޮތް ނަމަ ދުނިޔެއަށް އޮތް ހަނގުރާމައިގެ ބިރު ކުޑަވެ، އެމެރިކާ އާއި އިރާނާ ގދެ ގައުމުގެ ދެމެދުގައި އިތުބާރު އުފުލިގެން ދިޔަހީއެވެ.

ހަނގުރާމަ ހުއްތާލުމަށް ވީ އެއްބަސްވުމަށް ފަހު އީރާނުގެ އިޖުތިމާއީ ކަންކަމަށް ވެސް ބަދަލުތަކެއް އަންނަމުން ދިޔަކަން ފާހަގަކުރެވުނެވެ. ބުރުގާއެޅުން ފަދަ ކަންކަމުގައި އޮންނަ ހަރުކަށިކަން ކުޑަކޮށްލިތަން ފެނުނެވެ. ތެހެރާނުގެ މަގުމަތިން ބުރުގާ ނާޅާ އަންހެނުންނާއި ހުޅަނގުގެ ހެދުން އަޅާ މީހުން ފެނުމަކީ އާންމު ކަމަކަށް ވާން ވަނީ ފަށާފައެވެ.

އިސްރާއީލުގެ އިންޓެލިޖެންސް މާހިރެއް ކަމަށްވާ ޑެނީ ސިޓްރިނޯވިޗް ލިޔެފައިވާ ގޮތުގައި، އީރާނުގެ ވެރިކަން ވައްޓާލުމަށް ބޭރުން ދިން ފިއްތުންތަކުގެ ސަބަބުން، ހަގީގަތުގައި ވީގޮތަކީ އެ ވެރިކަން އިތުރަށް ވަރުގަދަވެ ސަލާމަތްވުމެވެ.

ހަނގުރާމަ ހުއްޓާލުމުން ސަރުކާރުން ކާމިޔާބީ ފާހަގަކުރަމުން ދިޔައިރު، ރައްޔިތުންގެ މެދުގައި ހުރި ނުތަނަވަސްކަމަށް މުޅިން ހައްލެއް ނުލިބެއެވެ. އިގްތިސާދީ ހާލަތު ރަނގަޅުވެ، އިޖުތިމާއީ ހުރަސްތައް ކުޑަވެއްޖެނަމަ، ސަރުކާރާ ދެކޮޅު ރޫހު ކުޑަވެގެންދާނެ ކަމަށް ބެލެވެއެވެ. ނަމަވެސް އެ އުންމީދު ވަނީ ކެނޑިފައެވެ. ބައެއް މީހުން އިރާނު ސަރުކާރު ވެއްޓޭނެ ކަމަށް ކުރި އުންމީދު މިހާރު ވަނީ ކުޑަވެފައެވެ.

އެމެރިކާއާއިން ވީ އެއްބަސްވުން އުވާލާ އަލުން ހަނގުރާމަ ފެށުމަކީ މުޅި ދުނިޔެއަށް ކުރިތިވި ގޮންޖެހުމެކެވެ. ކުރިއަށް ވުރެވެސް ގިނަ ރައްޔަތުން އިރާނުގެ ސަރުކާރާ ބައިވެރިވެ ދުޝަމަނުންނާ ދެކޮޅަށް އިރާނުން ހަށިފޮޅާލަން ލިބުނު ހިއްވަރެކެވެ. އީރާނުގެ މިހާރުގެ ވެރިކަން ކުރިއަށް އޮތް އެތައް އަހަރަކަށް ދެމިއޮތުމަށް ހޯދާދޭ ޔަގީންކަމެކެވެ.      

]]>
Mon, 20 Jul 2026 18:07:09 +0500 ނިއުސް ޑެސްކް
ދުނިޔޭގައި ތިބި އެންމެ މުއްސަނދި ފުޓްބޯޅަކުޅުންތެރިން މިތިބީ https://heerasnews.com/4416 https://heerasnews.com/4416 ދުނިޔޭގެ ފުޓްބޯޅަ އީދު ނިމިގެން ދިޔައިރު ފުޓްބޯޅަ ކުޅުންތެރިންގެ ވާހަކަ އެކި މީހުން އެކި ގޮތަށް ދައްކައެވެ. ހަދާފައިވާ ރެކޯޑްތަކާއި ހުންނަ ހުނަރުގެ މޮޅު ދެރަ ވާހަކައެވެ. އަޅާކިޔުމާއި ފާޑުކިޔުމާއި އަދިރި ފަރާތުގެ ވާހަކައެވެ.

ފުޓްބޯޅަ ކުޅުންތެރިންނާއި ގުޅުވައިގެ އެ މީހުންގެ މުއްސަނދިކަމުގެ ވާހަކަ ވެސް ދެކެވޭލެއް މަދެއް ނޫނެވެ. އެ ގޮތުން މިފަހަރު މި ބަލައިލަނީ ދުނިޔޭގައި މިވަގުތު ތިބި އެންމެ މުއްސަދި ފުޓް ބޯޅަކުޅުންތެރިންނަށެވެ.

ފާއިގް ބޮލްކިޔާ

ރެކޯޑްތަކުން ދައްކާ ގޮތުން މިވަގުތު ހުރި ދުނިޔޭގެ އެންމެ މުއްސަނދި ފުޓްބޯޅަ ކުޅުންތެރިޔަކީ ފާއިގް ބޮލްކިޔާއެވެ. އޭނާގެ މިލްކިއްޔާތުގައި ގާތްގަނޑަކަށް 20 ބިލިއަން ޑޮލަރު ހުރިކަމަށް ލަފާކުރެވޭއިރު، މިއީ އޭނާގެ ފުޓްބޯޅަ ކެރިއަރުން ހޯދާފައިވާ ފައިސާއެއް ނޫނެވެ. އޭނާއަކީ ބުރުނާއީގެ ޝާހީ އާއިލާގެ މެންބަރަކަށް ވާތީ އެ މުއްސަނދި ކަމަކީ ވާރުތައިން ލިބިފައިވާ މުއްސަނދިކަމެކެވެ.

ނަމަވެސް، ފުޓްބޯޅަ ކުޅުމުން ލިބޭ އާމްދަނީ އާއި، އެކި ބްރޭންޑްތަކުގެ އިޝްތިހާރުތަކުން ލިބޭ ފައިސާއަށް ބަލާއިރު، ދުނިޔޭގެ އެންމެ މުއްސަނދި ކުޅުންތެރިންނަކީ ތިރީގައިވާ ކުޅުންތެރިންނެވެ:

ކްރިސްޓިއާނޯ ރޮނާލްޑޯ:

އޭނާގެ މިލްކިއްޔާތު ގާތްގަނޑަކަށް 1.4 ބިލިއަން ޑޮލަރަށް އަރައެވެ. މިހާރު ސައުދީގެ އަލް ނަސްރަށް ކުޅެމުން އަންނަ ރޮނާލްޑޯއަކީ ދުނިޔޭގައި އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެތުލީޓެވެ. އޭނާއަށް މި މުއްސަނދިކަން ލިބެނީ ފުޓްބޯޅަ ކޮންޓްރެކްޓްތަކުން ލިބޭ ބޮޑު މުސާރައާއި ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކާއެކު ވެފައިވާ އެއްބަސްވުންތަކުންނެވެ.

ޑޭވިޑް ބެކަމް:

ފުޓްބޯޅަ ކުޅުމުން ރިޓަޔަރ ކޮށްފައިވީ ނަމަވެސް، ބެކަމްގެ މިލްކިއްޔާތުގައި 1.2 ބިލިއަން ޑޮލަރު ހުރިކަމަށް ލަފާކުރެވެއެވެ. އޭނާގެ މި މުއްސަނދިކަމުގެ އަސްލަކީ އޭނާ ކުރާ އެކި ވިޔަފާރިތަކާއި، ބައިނަލްއަޤުވާމީ ބްރޭންޑް އެމްބަސެޑަރެއްގެ ގޮތުގައި ކުރާ މަސައްކަތުގެ އިތުރުން އިންޓަ މިއާމީ ކްލަބުގެ ހިއްސާދާރަކަށް ވުމެވެ.

ލިއޮނަލް މެސީ:

އޭނާގެ މިލްކިއްޔާތު 1 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. އިންޓަ މިއާމީއަށް ކުޅެމުން އަންނަ މެސީއަކީ އެޑިޑާސް، އެޕަލް ޓީވީ އަދި ކޮނާމީ ފަދަ ބޮޑެތި ކުންފުނިތަކާއެކު ފައިދާހުރި ވިޔަފާރީގެ ގުޅުންތައް ބާއްވަމުން އަންނަ ކުޅުންތެރިއެކެވެ.

ނޭމާ އެސް އެސް ޖރ

އޭނާގެ މިލްކިއްޔާތު ގާތްގަނޑަކަށް 450 މިލިއަން ޑޮލަރަށް އަރައެވެ. ސައުދީގެ އަލް ހިލާލްއަށް ކުޅެމުން އަންނަ ނޭމާއަކީ ދަނޑުމަތީގައި ދައްކާ ކުޅުމުން ލިބޭ ބޮޑު މުސާރައިގެ އިތުރުން، އަމިއްލަ ގޮތުން ކުރާ ސްޕޮންސަރޝިޕް އެއްބަސްވުންތަކުން ބޮޑު އާމްދަނީއެއް ހޯދާ ކުޅުންތެރިއެކެވެ.

ކީލިއަން އެމްބާޕޭ

ރެއާލް މެޑްރިޑްގެ ތަރި އެމްބާޕޭގެ މިލްކިއްޔާތު ގާތްގަނޑަކަށް 250 މިލިއަން ޑޮލަރަށް އަރައެވެ. އޭނާއަކީ މިހާރުވެސް ދުނިޔޭގެ ފެންވަރުގައި އަމިއްލަ ބްރޭންޑް ވަރުގަދަ ކުރަމުން އަންނަ ޒުވާން ކުޅުންތެރިއެކެވެ.

]]>
Mon, 20 Jul 2026 14:37:50 +0500 ހީރަސް
މެޗުތެރޭގައި އެއްވެސް މީހަކީ ނަމޫނާއެއް ނޫން: ލަމީން ޔަމާލް https://heerasnews.com/4411 https://heerasnews.com/4411 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފައިނަލުގައި ލިއޮނަލް މެސީއާ ދެކޮޅަށް ކުޅުމާ ގުޅޭގޮތުން އިހުސާސްތައް ބަޔާންކޮށް ދޭކަށް ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލް އަށް ފަސޭހައެއް ނޫނެވެ. "އަހަރެންގެ އިހުސާސްތައް ބަޔާންކޮށްދޭން ވަރަށް އުނދަގޫ" ކަމަށް ޔަމާލް ބުނެއެވެ.

ފުޓްބޯޅަ ކުޅުންތެރިއެއްގެ ހައިސިއްޔަތުން، ވޯލްޑް ކަޕް ފައިނަލެއްގައި ކުޅުމަކީ ދެކެވޭނެ އެންމެ ބޮޑު ހުވަފެނެއް ކަމުގައި ބުނަމުން އޭނާ ބުނީ ލިއޮނަލް މެސީއާ ދެކޮޅަށް ކުޅުމަކީ ވަރަށް ތަފާތު އާދަޔާ ހިލާފުކަމެއް ކަމަށެވެ. "އަހަރެން ތުއްތުއިރު އަހަރެން އުރާލައިގެން އަހަރެންގެ އުމުރުން އެންމެ ހަ މަހުގައި ނެގި އެ މަޝްހޫރު ފޮޓޯގައި ހުރި މީހާ އާ ދެކޮޅަށް ކުޅެން ޖެހުމަކީ، މިކަން އިތުރަށް އާދަޔާ ހިލާފު ކުރުވާ ކަމެއް." ކަމަށް އޭނާ ބުންޏެވެ. 

"އަހަރެން ބޮޑުވަމުން އައީ ކޮންމެ ހަފުތާއަކު މެސީގެ ކުޅުން ބަލަމުން. އޭނާ ކުރާ ކޮންމެ ކަމެއް އަހަރެން ވަރަށް ގާތުން ދިރާސާކުރިން. އޭނާގެ ޑްރިބްލިންގްތަކާއި، ހަރަކާތްތަކާއި، އަދި ކުޅިވަރުގެ ތެރެއިން އޭނާ ހޯދާ އުފާވެރިކަން ކޮޕީ ކުރަން އަހަރެން މަސައްކަތް ކުރިން." ޔަމާލް ބުންޏެވެ. މިހާރު މި ތައްޔާރުވަނީ ފުޓްބޯޅައިގެ އެންމެ ބޮޑު މެޗުގައި އޭނާއާ ދެކޮޅަށް ނުކުންނަން ކަމަށާއި ދިރިއުޅުމުގެ ކަންކަން ބަދަލުވެގެންދާ ގޮތް އަޖައިބަކަށް ނުވޭތޯ އޭނާ ސުވާލުކުރިއެވެ.

"އުމުރުން 39 އަހަރުގައި އޭނާ އެ ދައްކާ ކުޅުމަކީ ފުޓްބޯޅަ އާއިލާއިން ދެން ދުވަހަކުވެސް ނުފެނިދާނެ ފަދަ ކަމެއް. ގިނަ ލެޖެންޑުން މި އުމުރަށް ދިއުމުގެ މާ ކުރިން ކުޅުން ހުއްޓާލާ. ނަމަވެސް މެސީ އަދިވެސް މިދަނީ ވޯލްޑް ކަޕް މެޗުތަކުގެ ނަތީޖާ ބަދަލުކޮށް، ގޯލުތައް އުފައްދައިދީ، އާޖެންޓީނާ ޓީމު ލީޑުކޮށް، އޭނާއަކީ އަދިވެސް އެންމެން އެންމެ ބިރުގަންނަ ކުޅުންތެރިޔާކަން ސާބިތުކޮށްދެމުން" ކަމަށް ވެސް ޔަމާލް ބުނެއެވެ.

"އިނގިރޭސިވިލާތާ ދެކޮޅަށް އޭނާ ކުޅުނު މެޗު އަހަރެން ބެލިން. ތެދަށް ބުނާނަމަ އެއީ ބިރުވެރި މަންޒަރެއް. އާޖެންޓީނާ އޮތީ ބަލިވާން ގާތްވެފައި، ޕްރެޝަރު އޮތީ އިންތިހާއަށް. އެކަމަކު މެސީ ވަނީ އާދަޔާ ހިލާފު ދެ އެސިސްޓާއެކު މުޅި މެޗުގެ ނަތީޖާ މުޅިން ބަދަލުކޮށްލާފައި. އެއީ އޭނާ އެހެން އެންމެންނާ ތަފާތުވާ ސަބަބަކީ. ފުޓްބޯޅައިގައި ކަންކަން ކުރަން ނުކުޅެދޭ ހިސާބަށް ދިޔުމުން، އޭނާ ކޮންމެވެސް ގޮތަކުން އެކަމަށް ހައްލެއް ހޯދާނެ" ކަމަށް ޔަމާލު ބުނެއެވެ.

ލަމީން ޔަމާލު ގަބޫލުކުރާ ގޮތުގައި މެސީއަކީ އަދިވެސް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއެވެ. އުމުރުން ދުވަސްވީ ނަމަވެސް އޭނާގެ ފުޓްބޯޅަ ވިސްނުމަކަށް، ދުރު ފެނުމަކަށް، ނުވަތަ ބޮޑެތި މެޗުތަކުގެ ނަތީޖާ ނެރުމުގެ ގާބިލުކަމަކަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް ބުނަމުން ޔަމާލް ބުނީ އޭގެ ބަދަލުގައި އޭނާ މިހާރު ފެންނަނީ މާ ހަމަޖެހިފައިވާ، އަދި މާ ނުރައްކާތެރި ކުޅުންތެރިއެއްގެ ގޮތުގައި ކަމަށެވެ.

"މިއީ ފުޓްބޯޅަ ދަނޑެއްގެ މަތީގައި އަހަރެން އޭނާއާ ކުރިމަތިލާ ފުރަތަމަ ފަހަރު. އަދި ވޯލްޑް ކަޕް ފައިނަލަށް ވުރެ ބޮޑު މައިދާނަކަށް އަހަރެން ނުވެސް އެދެން. އޭނާއަކީ އަހަރެން ނަމޫނާ ގަބޫލުކުރާ ކުޅުންތެރިޔާ ކަމަށްވާތީ އަހަރެން އޭނާއަށް އިހުތިރާމް ކުރާނަން. އެކަމަކު ރެފްރީގެ ކަށިގަނޑު ފުމެލާ ހިސާބުން، އަހަރެންގެ ގައުމަށްޓަކައި އަހަރެންގެ ހުރިހާ ހަކަތައެއް ނެރޭނަން" ޔަމީން ޔަމާލް ސާބިތުކަމާއެކު ބުންޏެވެ.

"އެއްދުވަސްވަރެއްގައި މެސީގެ އަތްމަތީގައި އޮތް ކުޑަ ފިރިހެން ކުއްޖާ، މިއަދު މިހުރީ ވޯލްޑް ކަޕް ފައިނަލެއްގައި އޭނާގެ ކުރިމަތީގައި. މިއީ އަހަރެން އަބަދުވެސް ފަހުރުވެރިކަމާއެކު ހަނދާން އާކުރާނެ ވާހަކައެއް. އެކަމަކު މެޗުގެ ނުވަދިހަ މިނެޓު ތެރޭގައި އެއްވެސް މީހަކީ ނަމޫނާއެއް ނޫން. އޭރު އޮންނާނީ ތާރީހު ލިޔުމަށްޓަކައި ހަނގުރާމަކުރާ ދެ ޓީމު." ޔަމާލު ނިންމާލަމުން ބުންޏެވެ.     

]]>
Sat, 18 Jul 2026 14:04:49 +0500 ހީރަސް
ގާނދީ 21 އާއި ވަންގޗުކް 21 : ހައިހޫނު ހަޅުތާލުގެ ނަތީޖާ ތަފާތު https://heerasnews.com/4409 https://heerasnews.com/4409 އިންޑިއާގައި ކުރާ ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ނަތީޖާ މީގެކުރީން ފެނެއެވެ. އިންޑިއާގައި އެންމެ ގިނައިން ބަނޑުހައި ހޫނު ކަމުގެ ހަޅުތާލު ކުރެއްވީ މަހާތުމާ ގާނދީއެވެ. ގާނދީ އެންމެ ގިނަ ދުވަހަށް ކުރެއްވި ހައިހޫނު ކަމުގެ ހަޅުތާލު ދެމިގެން ދިޔައީ 21 ދުވަހަށެވެ.

ތައުލީމީ ނިޒާމުގެ ކަންކަން ގޯސްވެގެން އެކަންކަން ހަމަޔަކަށް އަޅުވަން ސޯނަމް ވަންޗުކް ބަނޑުހައި ހޫނު ކަމުގެ ހަޅުތާލެއް ކުރާތާ މިހާރު 21 ދުވަސް ވީއެވެ. ހަޅުތާލާއި ގުޅިގެން އެއްވެސް ހެޔޮބަދަލެއް ނާންނަތާ ކަންބޮޑުވުންތަކާ މެދު ވާހަކަ ދެއްކުމަށްވެސް ސަރުކާރުން ވިސްނާ ކަމުގެ އިޝާރާތެއް ވެސް ނުލިބެއެވެ. ކުޑަ މިނުން ތައުލީމީ ވަޒީރު އިސްތިއުފާވެސް ނުދިނެވެ. އެކަމަކު އެއީ މަހާތުމާ ގާނދީ ބިނާކުރެއްވި ޑިމޮކްރެޓިކް އިންޑިއާއެވެ. 

މަހާތުމާ ގާނދީއަކީ އިންޑިއާއަށްޓަކާ އެމަނިކުފާނުގެ ހަޔާތްޕުޅުގައި އެކި މަގުސަދުތަކަށްޓަކައި ގިނަގުނަ ބަނޑުހައިހޫނުކަމުގެ ހަޅުތާލުތަކެއް ކުރެއްވި ބޭފުޅެކެވެ. މީގެ ތެރޭގައި ހިންދޫންނާއި މުސްލިމުންގެ އެއްބައިވަންތަކަމާއި، އިންސާނީ ކަރާމާތް ގެއްލޭފަދަ ނުރަނގަޅު އިޖުތިމާއީ އާދަކާދަތައް ނައްތާލުން ހިމެނެއެވެ. ގާނދީ އެންމެ ގިނަ ދުވަހު ކުރެއްވި ހަޅުތާލު ބަރާބަރު 21 ދުވަހަށް ދެމިގެންދިޔައެވެ. 

މަހާތުމާ ގާނދީ ކުރެއްވި ބަނޑުހައިހޫނުކަމުގެ ހަޅުތާލުތަކުގެ ތެރޭގައި 1932 ވަނަ އަހަރު ވަކިވަކި ހޮވާލެވޭ ބަޔަކަށް އިންތިހާބީ ދާއިރާތައް ކަނޑައެޅުމާ ދެކޮޅަށް 6 ދުވަހުގެ ހަޅުތާލު ފާހަގަ ކޮށްލެވެއެވެ. 1948 ވަނަ އަހަރު ދިއްލީގައި ސުލްހަ ގާއިމުކުރުމަށް ވެސް 5 ދުވަހުގެ ހަޅުތާލެއް ކުރެއްވިއެވެ. ގާނދީގެ ސިޔާސީ ހަޔާތްޕުޅުގައި މަދުވެގެން 15 އާއި 18 އާ ދެމެދުގެ އަދަދަކަށް ބޮޑެތި ހަޅުތާލުތައް ކުރައްވާފައިވެއެވެ. ހަޅުތާލުތަކުގެ ހެޔޮ ނަތީޖާ އިންޑިއާ ރައްޔިތުންނަށް މިހާރުވެސް ހުރީ ލިބިލިބިއެވެ.

ސުލްހަ މަސަލަސްކަން ގާއިމުކުރުމަށާއި، އިނގިރޭސި އިސްތިއުމާރާ ދެކޮޅަށް އަދި އިޖުތިމާއީ ބޭއިންސާފާ ދެކޮޅަށް ގާނދީ ޖުމްލަ ބޮޑު 17 ހަޅުތާލެއް ކުރެއްވިއެވެ. އެންމެ ދިގު މުއްދަތަކަށް ކުރެއްވި 21 ދުވަހުގެ ހަޅުތާލެކެވެ. 

ގާނދީގެ އެންމެ ފާހަގަކޮށްލެވޭ ބައެއް ހަޅުތާލު

  • އެންމެ ދިގު ހަޅުތާލުތައް (21 ދުވަސް):
  • 1924 (ދިއްލީ): ހިންދޫންނާއި މުސްލިމުންގެ މެދުގައި ހިނގި ނުރައްކާތެރި ހަމަނުޖެހުންތަކާ ގުޅިގެން އެއްބައިވަންތަކަން ގާއިމުކުރުމަށް ކުރެއްވި ހަޅުތާލު.
  • 1933 (ޔެރްވަޑާ ޖަލު): " ދަލިތުން" ގެ ހައްގުތަކަށް ތާއީދުކޮށް، އެމީހުންނާ މެދު ކުރެވޭ ތަފާތުކުރުންތަކާ ދެކޮޅަށް ކުރެއްވި ހަޅުތާލު.
  • 1943 (އާގާހާން ޕެލެސް): "ކުއިޓް އިންޑިއާ" ހަރަކާތުގެ ތެރޭގައި އިނގިރޭސި ސަރުކާރުން މަޝްވަރާކުރަން ދެކޮޅު ހެދުމުން އެކަމާ ދެކޮޅަށް ކުރެއްވި ސިޔާސީ ހަޅުތާލު.

މުހިންމު ކުރު ހަޅުތާލުތައް

  • 1918 (އަހުމަދުއާބާދު) – 3 ދުވަސް: މިއީ އިންޑިއާގައި މަހާތުމާ ގާނދީ ކުރެއްވި ފުރަތަމަ ބަނޑުހައިހޫނުކަމުގެ ހަޅުތާލެވެ. މިއީ ފޭރާން އުފައްދާ ފެކްޓަރީތަކުގެ މަސައްކަތްތެރިންގެ މުސާރަ ބޮޑުކުރުމަށް ކުރި އިހުތިޖާޖަށް ތާއީދުކޮށް ކުރެއްވި ކަމެކެވެ.
  • 1932 (ޔެރްވަޑާ ޖަލު) – 6 ދުވަސް: ދަށް ފަންތީގެ މީހުންނަށް ވަކި އިންތިހާބީ ދާއިރާތަކެއް ކަނޑައެޅުމާ ދެކޮޅަށް ކުރެއްވި "މަރުވަންދެން ކުރެއްވި ހަޅުތާލު". މި ހަޅުތާލު ނިމުނީ ދަލިތުންނަށް އިންތިހާބީ ގޮނޑިތައް ކަށަވަރުކޮށްދިން "ޕޫނާ ޕެކްޓް" އެއްބަސްވުމާއެކުގައެވެ.
  • 1947 (ކަލްކަތާ) – 73 ގަޑިއިރު: އިންޑިއާއަށް މިނިވަންކަން ލިބުނުތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ބެންގާލްގައި ހިނގި ބިރުވެރި ދީނީ ހަމަނުޖެހުންތައް ހުއްޓުވުމަށް ކުރެއްވި ހަޅުތާލު.
  • 1948 (ދިއްލީ) – 5 ދުވަސް: މިއީ ގާނދީގެ އެންމެ ފަހު ހަޅުތާލެވެ. މި ހަޅުތާލުގެ މަގުސަދަކީ ދިއްލީގައި ސުލްހަ ގާއިމުކުރުމާއި، ގައުމު ބައިކުރުމާ ގުޅިގެން ޕާކިސްތާނަށް ދޭންޖެހޭ ފައިސާ ދިނުމަށް އިންޑިއާ ސަރުކާރަށް ބާރުއެޅުމެވެ. މި ހަޅުތާލު ހުއްޓާލެއްވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަހާތުމާ ގާނދީ އަވަހާރަ ކޮށްލެވުނެވެ.         
]]>
Sat, 18 Jul 2026 05:11:19 +0500 ހީރަސް
ޕަންޖާބީ ލަވަކިޔުންތެރިޔާ އިންދަރު ކޯރު މަރާލި ލޯބިވެރިޔާ ފިލައިފި https://heerasnews.com/4405 https://heerasnews.com/4405 އިންޑިއާގެ ޕަންޖާބަށް ނިސްބަތްވާ ޒުވާން ލަވަކިޔުންތެރިއެއް ކަމަށްވާ އިންދަރު ކޯރު ރަހުމުކުޑަ ގޮތަކަށް މަރާލި މައްސަލައިގައި ތުހުމަތު ކުރެވޭ މައިގަނޑު މީހާ ހޯދުމުގެ މަސައްކަތް އިންޑިއާ ފުލުހުން ދަނީ ކުރަމުންނެވެ. ފުލުހުން ތުހުމަތުކުރާ ގޮތުގައި އެ މީހާ މިހާރު ވަނީ ކެނެޑާއަށް ފިލައިގެން ގޮސްފައެވެ.

އުމުރުން 29 އަހަރުގެ ޔަޝިންދަރު ކޯރު (އިންދަރު ކޯރު) ގެއްލިފައިވަނީ މިދިޔަ މެއި މަހުގެ 13 ވަނަ ދުވަހުއެވެ. އޭނާ ދުއްވި ކާރު ޕަންޖާބުގެ ލުދިއާނާ ކައިރީގައި އޮންނަ ކެނަލްއަކުން ފެނިފައިވާއިރު، އޭގެ ހަ ދުވަސް ފަހުން ފީނުންތެރިން ވަނީ އޭނާގެ ހަށިގަނޑު ފެންމަތިކޮށްފައެވެ. ޕޯސްޓްމޯޓަމް ރިޕޯޓުން ދައްކާ ގޮތުގައި އޭނާގެ ބޮލަށާއި މޭމައްޗަށް ވަނީ ބަޑިން ހަމަލާދީފައެވެ.

އިންދަރު ކޯރަކީ ސޯޝަލް މީޑިއާގައި މަގުބޫލު، އަދި ޕަންޖާބީ ފިލްމެއްގައި ވެސް މަސައްކަތް ކޮށްފައިވާ ފަންނާނެކެވެ. އޭނާ ދިރިއުޅެމުން ދިޔައީ ލުދިއާނާގައި އޭނާގެ ބޭބެއާއެކުގައެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ ތިން މީހަކު ހައްޔަރުކޮށްފައެވެ. ނަމަވެސް، ފުލުހުން ބުނާ ގޮތުގައި މި މަރުގެ މުގުލުގައި ހުރީ ކެނެޑާގެ ރެސިޑެންސީ އޮންނަ، އެ ދުވަސްވަރު ލުދިއާނާއަށް ޒިޔާރަތްކޮށްގެން އުޅުނު މީހެކެވެ.

ދިގު އިންތިޒާރަކަށްފަހު ފެށުނު ގުޅުމެއް

މި މައްސަލައިގައި މައިގަނޑު ތުހުމަތު ކުރެވެނީ މޯގާ އަށް ނިސްބަތްވާ، ނަމަވެސް ގިނަ ދުވަސްތަކެއް ވަންދެން ކެނެޑާގައި އުޅެމުންދާ އުމުރުން 37 އަހަރުގެ ސުކުވިންދަރު ސިންގް ބްރާރް އަށެވެ. އިންދަރުގެ އާއިލާއިން ބުނާ ގޮތުގައި ސުކްވިންދަރު އާއި އިންދަރުގެ މެދުގައި ފާއިތުވި ފަސް އަހަރު ވަނީ ގާތް ގުޅުމެއް އުފެދިފައެވެ. އަދި ދެމީހުން ކައިވެނި ކުރުމަށް ވެސް އޮތީ ރޭވިފައެވެ.

ނަމަވެސް، ފަހުން އާއިލާއަށް އެނގުނު ގޮތުގައި ސުކްވިންދަރު އަކީ ކެނެޑާގައި އަންބަކާއި ދަރިން ތިބި މީހެކެވެ. މިކަން ފަޅާއެރީ އިންދަރު ކެނެޑާއަށް ގުޅުމުން ސުކްވިންދަރުގެ އަންހެނުން ފޯނަށް ޖަވާބު ދިނުމުންނެވެ. މިކަމުގެ ސަބަބުން އިންދަރު ހުރީ ވަރަށް ބޮޑަށް ނަފްސާނީ ގޮތުން ބަލިވެ، ބޭސް ބޭނުންކުރަން ޖެހިފައެވެ.

މަރުވި ރޭގެ ހާދިސާ

މެއި 13 ވަނަ ދުވަހުގެ ރޭގަނޑު 8:30 ހާއިރު އިންދަރު ގެއިން ނުކުތީ ކާރުގައެވެ. އޭނާގެ ކޮއްކޮ ބުނި ގޮތުގައި، ފޯނުން ވާހަކަ ދައްކަމުން 10 ނުވަތަ 15 މިނެޓު ތެރޭގައި ގެއަށް އަންނާނެ ކަމަށް އިންދަރު ބުންޏެވެ. ނަމަވެސް އޭގެ ފަހުން އޭނާގެ ހަބަރެއް ނުވެއެވެ. ފޯނަށް ޖަވާބެއް ވެސް ނުދެއެވެ.

ލުދިއާނާ ފުލުހުންގެ އެސިސްޓަންޓް ކޮމިޝަނަރު އިންދަރުޖީތު ސިންގް ބޮޕަރާއި ވިދާޅުވި ގޮތުގައި، ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި ހިމެނޭ ސުކްވިންދަރުގެ ބައްޕަ ވަނީ މި ކުށުގައި ސުކްވިންދަރު ބައިވެރިވި ކަމަށް އިއުތިރާފުވެފައެވެ. އަދި އިންދަރު ގެއްލުނުތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ނޭޕާލް މަގުން ސުކްވިންދަރު އިންޑިއާއިން ބޭރަށް ގޮސްފައިވާ ކަމުގެ ހެކި ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ކެނެޑާގެ އެހީތެރިކަމަށް އެދުން

އިންދަރުގެ އާއިލާއިން މިހާރު ދަނީ ކެނެޑާ ސަރުކާރުގެ އެހީތެރިކަމަށް އެދެމުންނެވެ. އެމީހުން ބޭނުންވަނީ ސުކްވިންދަރު ކެނެޑާއިން ޑީޕޯޓްކޮށް، އިންޑިއާގެ ގާނޫނުގެ ކުރިމައްޗަށް ހާޒިރުކުރުމަށެވެ. "އަހަރެމެންގެ އަތުގައި ބޭނުންވާ ހުރިހާ ހެއްކެއް އެބަހުރި. އޭނާ ވަގުތުން ގައުމަށް (އިންޑިއާއަށް) ފޮނުވާލަން ޖެހޭ،" އާއިލާގެ މެންބަރަކު ބުންޏެވެ.

މި މައްސަލައިގައި ކެނެޑާގެ ފުލުހުން ބުނެފައިވަނީ އަދި ރަސްމީކޮށް އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ. އިންޑިއާގެ ގާނޫނު ބުނާ ގޮތުން ކުށުގެ ތަހުގީގު ނިންމައި ދައުވާ ކުރުމަށް ފަހު، އިންޑިއާގެ ފޮރިން މިނިސްޓްރީ މެދުވެރިކޮށް ކެނެޑާގެ އެހީތެރިކަމަށް ރަސްމީކޮށް އެދެވޭނެއެވެ.

އިންދަރުގެ މަންމަ ދަލްޖީތު ކޯރު ރޮމުން ބުނީ، އޭނާގެ ދަރިފުޅަށް އިންސާފު ބޭނުންވާ ކަމަށާއި، މި ހިތާމައިން އަދިވެސް އަރައިނުގަނެވޭ ކަމަށެވެ. އާއިލާގެ އުންމީދަކީ ކުށްވެރިޔާއަށް ހައްގު އަދަބު ލިބުމެވެ.

]]>
Fri, 17 Jul 2026 10:00:50 +0500 ހީރަސް
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކުގެ ރެކޯޑް 69 ހާހަށް https://heerasnews.com/4403 https://heerasnews.com/4403 އިންޑިއާގައި އަންހެނުންނަށް ކުރާ އަނިޔާތައް 2010 އިން ފެށިގެން ދެގުނައަށް އިތުރުވެއްޖެއެވެ. އަދި ކުޑަކުދިންނަށް ކުރާ އަނިޔާ ހަތްގުނަ އިތުރެވެ.

ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2024 ވަނަ އަހަރު އިންޑިއާގައި ރޭޕްގެ 29,536 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. އަދި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ރެކޯޑް މިންވަރަކަށް، އެބަހީ 69,191 އަށް ވަނީ އަރާފައެވެ. މިކަމާ ގުޅިގެން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން އިނގިލި ދިއްކުރަނީ ފުލުހުންގެ ނިޒާމަށާއި، ކޯޓުތަކަށާއި، މުޖުތަމައުގެ ތެރޭގައި މިފަދަ ކަންކަމާމެދު ދެކޭ ގޮތަށެވެ.

މި ހިނގާ މަހުގެ ހޮނިހިރު ދުވަހެއްގެ ހަވީރު، އިންޑިއާގެ އިރުމަތީ ސަރަހައްދުގެ ކުޑަ ރަށެއްގައި އުޅޭ 11 އަހަރުގެ އަންހެން ކުއްޖަކު އޭނާގެ ރަހުމަތްތެރިއެއްގެ އުފަންދުވަހުގެ ހަފުލާއަކަށް ދިޔައީ އުންމީދުތަކަކާއެކުގައެވެ. ނަމަވެސް އެ ކުއްޖާ އެނބުރި ގެއަކަށް ނައެވެ. ފުލުހުންގެ ތަހުގީގުން ހާމަވި ގޮތުގައި، އެ ކުއްޖާ ވަނީ ވަގަށް ނަގައި، ގްރޫޕަކުން ރޭޕްކޮށް، ގޯންޏަކަށްލައި ބަނދެފައި، ދިރިހުއްޓާ ފެންގަނޑަކަށް އެއްލާލާފައެވެ.

މިއީ އިންޑިއާގައި އާންމުވެފައިވާ ރަހުމުކުޑަ ޖިންސީ އަނިޔާގެ އެންމެ ފަހުގެ ހިތާމަވެރި ހާދިސާއެވެ. ނޭޝަނަލް ކްރައިމް ރެކޯޑްސް ބިއުރޯގެ ހިސާބުތަކުން ދައްކާ ގޮތުގައި އިންޑިއާގައި ކޮންމެ ދުވަހަކު 80 އަށްވުރެ ގިނަ ރޭޕްގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރެއެވެ. ނަމަވެސް، އަނިޔާ ލިބޭ މީހާ ކުށްވެރިކުރުމާއި ބަދުނާމުވުމަށް ބިރުން، މިއަށްވުރެ މާ ގިނަ މައްސަލަތައް ރިޕޯޓުނުކުރެވި ހުންނަކަމަށް އެކްޓިވިސްޓުން ބުނެއެވެ.

މުޖުތަމައުގައި އަށަގަނެފައިވާ ފިރިހެނުންނަށް އިސްކަންދޭ ނިޒާމާއި، އަންހެނުންނަށް ނަފުރަތުކުރުމުގެ ސަގާފަތާއި، ފުލުހުންގެ ފޯސް މަދުވުމުގެ އިތުރުން ޝަރުއީ ދާއިރާގައި މައްސަލަތައް ދިގުލައިގެން ދިއުމަކީ، ކުށްވެރިންނަށް އަދަބުން ސަލާމަތްވެވޭނެކަމުގެ އިހުސާސްކޮށްދޭ ކަންކަމެވެ. މިފަދަ މައްސަލަތައް ހުއްޓުމެއްނެތި އިތުރުވަމުންދަނީ މި ސަބަބުތަކާ ހުރެ ކަމަށް މާހިރުން ދެކެއެވެ.

2012 ވަނަ އަހަރު ދިއްލީގައި ދަރިވަރަކު ގްރޫޕް ރޭޕްކުރި ހާދިސާއާ ގުޅިގެން ގާނޫނީ ބޮޑެތި އިސްލާހުތަކެއް ގެނެސް، ހަރުކަށި އަދަބުތަކާއި އަވަސް ނިޔާ ކޯޓުތައް އުފެއްދި ނަމަވެސް، އިންޑިއާގެ އިގްތިސާދު ކުރިއަރައި ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގެ ސަފަށް އެ ގައުމު އެރިއިރުވެސް، ޖިންސީ އަނިޔާގެ މައްސަލަތަކަށް އެދެވޭ ހައްލެއް ލިބިފައެއް ނުވެއެވެ.

ބާރުއިޕޫރުގައި ގެއްލުނު 11 އަހަރުގެ ކުއްޖާގެ ހަށިގަނޑު، ޒަހަމްތަކާއި ދަތްއަޅާފައި ހުރި ނިޝާންތަކާއެކު ފެންގަނޑަކުން ނެގި މަންޒަރު ބަލަން ކަރުނައާއެކު އެ ކުއްޖާގެ ބައްޕަ ހުއްޓެވެ. އޭނާ ރޮމުން ބުނީ "މިއަދު އަހަރެންގެ ސިކުނޑި މަސައްކަތެއް ނުކުރޭ، ވިސްނުމެއް ނެތް" ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބީޖޭޕީ ސަރުކާރަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. ވަކިން ހާއްސަކޮށް، އަންހެނުންގެ ރައްކާތެރިކަމަކީ އެ ޕާޓީގެ އިންތިހާބީ ބޮޑު ވައުދަކަށް ވީއިރު، ހުޅަނގު ބެންގާލްގައި މިފަދަ ހާދިސާއެއް ހިނގުމުން ސަރުކާރުގެ ނާކާމިޔާބީ ހާމަވާކަމަށް އެކްޓިވިސްޓުން ބުނެއެވެ. އެމީހުން ދެކޭގޮތުގައި ހަމައެކަނި ސަރުކާރު ބަދަލުވުމަކުން މި މައްސަލައަށް ހައްލެއް ނާންނާނެއެވެ. މިކަމަށް ބޭނުންވަނީ މުޖުތަމައުގެ ވިސްނުމާއި، ފުލުހުންނާއި ފަނޑިޔާރުގެއަށް ޖިންސީ ހަމަހަމަކަމަށް ލޯހުޅުވިފައިވާ މީހުން އައްޔަންކުރުމެވެ.

ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި އެކަނިވެސް މުޅި ގައުމު ސިއްސުވާލި އެތައް ހާދިސާއެއް ހިނގާފައިވެއެވެ. ރާޖަސްތާނުގައި 12 އަހަރުގެ ކުއްޖަކު ވަގަށް ނަގައި، މަސްތުވާތަކެތި ދީގެން ހަތަރު ދުވަސް ވަންދެން އެކި ހޮޓާތަކުގައި ގްރޫޕް ރޭޕްކުރި މައްސަލައެއްގައި 22 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާޒިއާބާދުގައި 7 އަހަރުގެ ކުއްޖަކު ރޭޕްކޮށް މަރާލުމަށްފަހު، އިމާރާތްކުރަމުންދާ މޯލެއްގެ ތެރެއަށް އެއްލާލާފައި އޮއްވާ ވަނީ ފެނިފައެވެ.

މި މައްސަލަތަކާ ގުޅިގެން ގާނޫނީ މާހިރު ކަރުނާ ނުންދީ ވިދާޅުވީ، އެއްވެސް ސަރުކާރަކުން މި މައްސަލައިގެ އަސްލު ކަމުގައިވާ އަންހެނުންނަށް ދަށްކޮށް ހިތުމުގެ ސަގާފަތް ނައްތާލަން އިހުލާސްތެރި މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ.

ކޯޓު މަރުހަލާ ލަސްވުމުގެ ސަބަބުން އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެދި، ފުލުހުންގެ ބެލުމުގެ ދަށުގައި ތިބޭ ކުށްވެރިންނަށް ޝަރީއަތުން ބޭރުން ހަމަލާދީ މަރާލުމަށް (އެންކައުންޓާ) ތާއީދުކުރާ މިންވަރު ވަނީ އިތުރުވެފައެވެ. ބާރުއިޕޫރު ހާދިސާގައިވެސް ތުހުމަތުކުރެވޭ އެކަކު ވަނީ ފުލުހުންގެ ބަޑީގެ ހަމަލާއެއްގައި މަރުވެފައެވެ. ބީޖޭޕީގެ ވަޒީރުން މިކަމަށް ތާއީދުކުރެއްވި ނަމަވެސް، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ބުނަނީ މިފަދަ އަމަލުތަކުގެ ސަބަބުން އަދުލު އިންސާފުގެ ނިޒާމު ބަލިކަށިވެ، ފުލުހުންނަށް ބޭނުންހާ ގޮތަކަށް އަމަލުކުރުމުގެ ފުރުސަތު ލިބިގެންދާ ކަމަށެވެ.

]]>
Thu, 16 Jul 2026 16:12:40 +0500 ހީރަސް
ވޯލްޑް ކަޕުން ވިދާލި ކާބޯ ވާޑޭ | ނުދާވަރެއް ނޫން https://heerasnews.com/4377 https://heerasnews.com/4377 އާޖެންޓީނާއާއި ދެކޮޅަށް ވަރުގަދަ ކުޅުމެއްކުޅެ 2026 ވޯލްޑް ކަޕުން ދުނިޔެއަށް މަޝްހޫރު ވެގެން ދިޔަ ކާބޯ ވަރޑޭއެެވެ. ކާބޯ ވާޑޭ ނުވަތަ ކޭޕް ވާޑް ޖަޒީރާތަކަކީ ތަބީއީ ވަސީލަތްތައް މަދު، ހަނަފަސްކަން ބޮޑު އަދި ދަނޑުވެރިކަން ކުރެވޭނެ ބިން މަދު ގައުމެއް ނަމަވެސް ފަތުރުވެރިކަމަށް ފައްކާވަމުން އަންނަ ގައުމެކެވެ. ކާބޯ ވާޑޭ އަކީ ސިޔާސީ އަދި އިގްތިސާދީ ގޮތުން ހަމަޖެހުން ގާއިމުކޮށްފައިވާ ގައުމެއްގެ ގޮތުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ގައުމެކެވެ.

ކުރިން ޕޯޗުގީޒުންގެ އިސްތިއުމާރުގެ ދަށުގައި އޮތް އެ ގައުމު އެކުލެވިގެންވަނީ ހެޔޮވަރުގެ 10 ރަށާއި ފަސް ކުޑަކުޑަ 5 ރަށުގެ މައްޗަށެވެ. މީގެ ތެރެއިން ތިން ރަށް ފިޔަވައި އެހެން ހުރިހާ ރަށަކީ ފަރުބަދަ ގިނަ ރަށްތަކެކެވެ. މި ޖަޒީރާ ގައުމު އޮންނަނީ އެފްރިކާގެ ހުޅަނގު އައްސޭރިން ގާތްގަނޑަކަށް 500 ކިލޯމީޓަރު ބޭރުގައެވެ. އެއްދުވަސްވަރެއްގައި މި ގައުމަކީ ބައިނަލްއަގުވާމީ އަޅުންގެ ވިޔަފާރީގެ މުހިންމު މަރުކަޒެކެވެ.

20 ވަނަ ގަރުނުގެ ތެރޭގައި ކުރިމަތިވި ނުރައްކާތެރި ހަނަފަސްކަމުގެ ސަބަބުން 200000 މީހުން މަރުވެ، ގިނަ ބަޔަކު ގައުމު ދޫކޮށް ހިޖުރަކުރިއެވެ. މިއަދު އެ ގައުމުގައި ދިރިއުޅޭ މީހުންނަށްވުރެ ބޭރު ގައުމުތަކުގައި ދިރިއުޅޭ ކާބޯ ވަރޑޭގެ ދަރިކޮޅުގެ މީހުންގެ އަދަދު އިތުރެވެ. ބޭރުގައި އުޅޭ މީހުން ގައުމަށް ފޮނުވާ ފައިސާއަކީ ގައުމުގެ އިގްތިސާދަށް ބޭނުންވާ ބޭރު ފައިސާ ހޯދުމަށް އޮތް މުހިންމު ވަސީލަތެކެވެ.

ރެޕަބްލިކް އޮފް  ކާބޯ ވަރޑޭ

މުހިންމު މައުލޫމާތު

  • ވެރިރަށް: ޕްރާޔާ
  • ބޮޑުމިން: 4,033 އަކަކިލޯމީޓަރު
  • އާބާދީ: 561900
  • ބަސް: ޕޯޗުގީޒް، ކާބޯ ވަރޑިއަން ކްރިއޯލް
  • އުމުރުގެ ނިސްބަތް: ފިރިހެނުން 69 އަހަރު، އަންހެނުން 77 އަހަރު
  • ވެރިޔާ: ރައީސް

ހޯޒޭ މާރިއާ ނޭވޭސް

2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ބޭއްވި އިންތިހާބު ކާމިޔާބު ކުރެއްވީ ކެންޑިޑޭޓް ހޯޒޭ މާރިއާ ނޭވޭސް އެވެ. މިއާއެކު، އޭގެ ކުރިން 10 އަހަރު ވަންދެން ވެރިކަން ކުރި އެމް.ޕީ.ޑީ ޕާޓީގެ ދައުރު ނިމުމަކަށް އައެވެ.

ރައީސް ނޭވޭސް އަކީ 2000 އިން 2016 އަށް އެ ގައުމުގެ ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅެކެވެ. އޭނާގެ އެންމެ ބޮޑު މަސްއޫލިއްޔަތަކީ ކޯވިޑް-19 އާ ގުޅިގެން ކުރިމަތިވި އިގްތިސާދީ ހީނަރުކަމަށްފަހު، ފަތުރުވެރިކަމަށް ބިނާވެފައިވާ އެ ގައުމުގެ އިގްތިސާދު އަލުން ކޮޅަށް ޖަހައި ހަމަޖެހުން ގާއިމުކުރުމެވެ.

1975 ވަނަ އަހަރު ޕޯޗުގީޒުންގެ ކިބައިން މިނިވަންކަން ލިބުނީއްސުރެ، އެ ގައުމުގެ ސިޔާސީ މައިދާނުގައި އެންމެ ބޮޑު ދައުރެއް އަދާކުރަމުން އަންނަނީ ޕީ.އޭ.އައި.ސީ.ވީ އަދި އެމް.ޕީ.ޑީ ޕާޓީއެވެ. 1992 ވަނަ އަހަރު ގިނަ ޕާޓީ އެކުލެވޭ ޑިމޮކްރަސީ ތައާރަފުވީއްސުރެ، މި ދެ ޕާޓީ ދަނީ ބަރާބަރަށް ވެރިކަން ބަދަލުކުރަމުންނެވެ.

މީޑިއާ

ރިޕޯޓަރސް ވިތައުޓް ބޯޑާސް އިން ފާހަގަކުރާ ގޮތުގައި، ނޫސްވެރިންނަށް އޮތް ގާނޫނީ ރައްކާތެރިކަމުގެ ގޮތުން ކާބޯ ވަރޑޭ އަކީ އެ ސަރަހައްދުގައި ފާހަގަކޮށްލެވޭ ގައުމެކެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަން ގާނޫނުއަސާސީން ވަނީ ކަށަވަރުކޮށްދީފައެވެ.

ގައުމުގެ ގިނަ މީޑިއާތަކަކީ ދައުލަތުން ހިންގާ ވަސީލަތްތައް ނަމަވެސް، އަމިއްލަ ނޫސްތަކާއި ބްރޯޑްކާސްޓަރުން ވެސް ހަރަކާތްތެރިވެއެވެ. އެ ގައުމުގައި ފަސް ޓީވީ ނެޓްވޯކާއި ގާތްގަނޑަކަށް 10 ރޭޑިއޯ ސްޓޭޝަން ހުރެއެވެ.

ތާރީހީ ވަގުތުރޮނގު:

  • 1462 - ޕޯޗުގީޒުން ސަންޓިއާގޯއަށް ފޭބިއެވެ. ޔޫރަޕްގެ މީހުން އައުމުގެ ކުރިން މި ޖަޒީރާތަކުގައި އެއްވެސް ބަޔަކު ދިރިއުޅެފައެއް ނުވެއެވެ. ކޭޕް ވާޑް ވެގެންދިޔައީ ދަރާއި ރަމް (ރަލުގެ ބާވަތެއް) އަދި ފޭރާން ފަދަ އަގުހެޔޮ މުދަލުގެ ވިޔަފާރިކުރާ މަރުކަޒަކަށެވެ. އަދި އެޓްލާންޓިކް ކަނޑުގެ އަޅުންގެ ވިޔަފާރީގައި މި ގައުމު މުހިންމު ދައުރެއް އަދާކުރިއެވެ.
  • 1495 - ޕޯޗުގީޒް ރަސްކަމުގެ ދަށުގައި އޮތް އިސްތިއުމާރީ ރަށަކަށް ބަދަލުވިއެވެ.
  • 1956 - ކޭޕް ވާޑްގެ ރަށްވެއްސެއް ކަމަށްވާ އަމިލްކާރު ކަބްރާލް، ގިނީ-ބިސާއޫގައި "އެފްރިކަން ޕާޓީ ފޯ އިންޑިޕެންޑެންސް އޮފް ގިނީ އެންޑް ކޭޕް ވާޑް" އުފެއްދުމުގައި ބައިވެރިވިއެވެ.
  • 1960 - ގިނީ-ބިސާއޫގައި ޕޯޗުގީޒުންގެ އިސްތިއުމާރާ ދެކޮޅަށް ކުރި މިނިވަންކަމުގެ ހަނގުރާމައިގައި ކޭޕް ވާޑްގެ ގިނަ ބަޔަކު ބައިވެރިވިއެވެ. މި ހަރަކާތް ކުރިއަށް ގެންދިޔައީ PAIGC އިންނެވެ.
  • 1975 - ކޭޕް ވާޑަށް މިނިވަންކަން ލިބި، ގިނީ-ބިސާއޫއާ އެކު އެއް ގައުމެއްގެ ގޮތުގައި އޮތުމަށް މަގުފަހިވާ ގޮތަށް ގާނޫނުއަސާސީ އެކުލަވައިލިއެވެ.
  • 1980 - ގިނީ-ބިސާއޫއަށް އައި ބަގާވާތަކާ ގުޅިގެން، އެ ގައުމާ ގުޅުމަށް ކޭޕް ވާޑުން ރޭވި ރޭވުންތައް ދޫކޮށްލިއެވެ.
  • 1981 - "އެފްރިކަން ޕާޓީ ފޯ ދަ އިންޑިޕެންޑެންސް އޮފް ކޭޕް ވާޑް" އުފެދި، އެއީ ގައުމުގެ ހަމައެކަނި ސިޔާސީ ޕާޓީ ކަމުގައި ހަމަޖެހުނެވެ.
  • 1992 - އައު ގާނޫނުއަސާސީއަކާއެކު ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއް ތައާރަފުކުރިއެވެ.
  • 2007 - ދުނިޔޭގެ ވިޔަފާރި ޖަމްއިއްޔާ ގެ ކައުންސިލުން، އެ ޖަމްއިއްޔާގެ މެންބަރަކަށް ވުމަށް ކޭޕް ވާޑުން ހުށަހެޅި ހުށަހެޅުން ފާސްކުރިއެވެ.
  • 2013 - އެހެން ބަސްބަހުން ގައުމުގެ ނަން ބޭނުންކުރާއިރު ވެސް، ގައުމުގެ ރަސްމީ ނަމުގެ ބައެއްގެ ގޮތުގައި ޕޯޗުގީޒް ބަހުން ކިޔާ ނަން ކަމަށްވާ "ކާބޯ ވަރޑޭ" ބޭނުންކުރުމަށް އެ ގައުމުގެ ސަރުކާރުން އެދުނެވެ.    
]]>
Wed, 08 Jul 2026 16:12:10 +0500 ނިއުސް ޑެސްކް
ވަގުފާރިއާ ދެކޮޅަށް ހިންގި ޕަރޭޝަނެއްގައި އެއްހާސް މީހުން ހައްޔަރުކޮށްފި https://heerasnews.com/4370 https://heerasnews.com/4370 އިންސާނީ ވަގުފާރިއާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ހިންގި ބޮޑު އޮޕަރޭޝަނެއްގައި 1000 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފިއެވެ. ދުނިޔޭގެ 59 ގައުމެއް ހިމެނޭހެން ހިންގި މި އޮޕަރޭޝަނަކީ އިންސާނީ ވަގުފާރީގެ ނެޓްވޯކްތައް ނައްތާލުމަށް އެޅުނު ވަރުގަދަ ފިޔަވަޅެކެވެ.

އިންޓަޕޯލްއިން އިސްނަގައިގެން "އޮޕަރޭޝަން ގްލޯބަލް ޗެއިން" ގެ ނަމުގައި ހިންގި މި އޮޕަރޭޝަނުގައި މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ޖިންސީ ފުރައްސާރައާއި، މަޖުބޫރުން މަސައްކަތް ކުރުވުމާއި، ކުށްކުރުވުމުގެ އިތުރުން މަޖުބޫރުން ސަލާން ޖެއްސުވުމަށް މީހުން ބޭނުންކުރާ ނެޓްވޯކްތަކަށެވެ.

މި އޮޕަރޭޝަނުގެ ތެރެއިން، ކެމްބޯޑިއާގައި އޮންލައިންކޮށް މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މަސައްކަތްތަކުގައި މީހުން ބޭނުން ކުރަމުންދިޔަ ނެޓްވޯކަކާއި، ސޯޝަލް މީޑިއާ މެދުވެރިކޮށް ކުޑަކުދިން ހޯދައިގެން ޔޫރަޕްގައި ޖިންސީ ވިޔަފާރިކުރުވަމުންދިޔަ ނެޓްވޯކެއް ވަނީ ރޫޅާލާފައެވެ.

ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، މި އޮޕަރޭޝަނުގައި އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވެފައިވާ 2070 މީހުން ދެނެގަނެވިފައިވެއެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނެވެ. ހައްޔަރުކުރި މީހުންގެ ތެރެއިން 334 މީހުންނަކީ ސީދާ އިންސާނީ ވަގުފާރީގެ ކުށުގައި ހައްޔަރުކުރި މީހުންނެވެ. ބާކީ ތިބި 690 މީހުން ހައްޔަރުކޮށްފައިވަނީ އެއާ ގުޅުންހުރި އެހެނިހެން ކުށްތަކުގައެވެ.

އިންޓަޕޯލްއާއި ޔޫރަޕްގެ ފުލުހުންގެ އިދާރާ (ޔޫރޯޕޯލް) އަދި ބޯޑަރު ބަލަހައްޓާ އެޖެންސީ (ފްރޮންޓެކްސް) ގުޅިގެން ހިންގި މި މަސައްކަތުން އެނގުނު ގޮތުގައި، އިންސާނީ ވަގުފާރި ކުރާ ފަރާތްތަކުން ދަނީ އައު މަގުތަކާއި އުކުޅުތައް ބޭނުންކުރަމުންނެވެ. ހާއްސަކޮށް، ލެޓިން އެމެރިކާގެ މީހުން ޔޫރަޕަށް ގެންގޮސް މަޖުބޫރުން މަސައްކަތް ކުރުވުމުގެ އައު އޮއިވަރެއް ފާހަގަކުރެވިފައިވާ ކަމަށް އެ އިދާރާތަކުން ބުނެއެވެ.

މި އޮޕަރޭޝަނުގެ ތެރެއިން ކޮލަމްބިއާގައި ވަނީ ބޭރު ގައުމުތަކުން ލިބޭ އޮޅުވާލުން ބޮޑު ވަޒީފާގެ ފުރުސަތުތަކަށް އާންމުން ހޭލުންތެރިކުރުވުމުގެ ކެމްޕޭނެއް އެއަރޕޯޓްތަކުގައި ފަށާފައެވެ. އަދި ކެމްބޯޑިއާއަށް ބްރެޒިލްގެ ފެޑްރަލް ފުލުހުން ފޮނުވައިގެން އޮންލައިންކޮށް މަކަރާއި ހީލަތް ހިންގުމުގައި ބޭނުން ކުރަމުންދިޔަ 406 މީހަކު ވަނީ ސަލާމަތްކޮށްފައެވެ.

މީގެ އިތުރުން، އާޖެންޓީނާގެ ފުލުހުން ވަނީ ފިހާރައެއްގައި މަޖުބޫރުން މަސައްކަތް ކުރުވަމުންދިޔަ ބޮލީވިއާގެ ދެ ކުޑަކުދިން ސަލާމަތްކޮށްފައެވެ. އަދި ބެލްޖިއަމްގައި ސޯޝަލް މީޑިއާ މެދުވެރިކޮށް އަންހެނުން ހޯދައި، އެ މީހުން ބަންދުކޮށްގެން ފަރަންސޭސިވިލާތާއި ބެލްޖިއަމްގައި ހަށިވިއްކުމުގެ ވިޔަފާރިކުރުވަމުންދިޔަ 17 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ޖޫން މަހުގެ 8 އިން 12 އަށް ކުރިއަށްދިޔަ މި އޮޕަރޭޝަނުގައި އެފްރިކާ، އެމެރިކާ، އޭޝިއާ އަދި ޔޫރަޕްގެ 40000 ފުލުހުން ބައިވެރިވިއެވެ. މި އޮޕަރޭޝަނުން ދެއްކި ގޮތުގައި، ގިނަ މީހުން އިންސާނީ ވަގުފާރީގެ ޝިކާރައަކަށް ވަނީ ޖިންސީ އެދުންވެރިކަން ފުއްދުމަށެވެ.

އިންޓަޕޯލްގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވި ގޮތުގައި، އިންސާނީ ވަގުފާރިއަކީ އަހަރަކު އެތައް ބިލިއަން ޑޮލަރެއްގެ ނަފާ ހޯދާ، އިންސާނިއްޔަތާ ހިލާފު ބޮޑު ކުށެކެވެ. މިފަދަ ކުށްތަކުގެ ސަބަބުން މީހުންނަށް އުމުރަށް ދެމިގެންދާ ފަދަ ނަފްސާނީ އަދި ޖިސްމާނީ ބޮޑެތި ގެއްލުންތަކެއް ލިބޭ ކަމަށާއި، މިފަދަ ކުށްވެރި ނެޓްވޯކްތައް ހުއްޓުވޭނީ ބައިނަލްއަގުވާމީ ފެންވަރުގައި އެންމެން ގުޅިގެން ކުރާ މަސައްކަތުން ކަމަށް އޭނާ ވިދާޅުވިއެވެ.

]]>
Tue, 07 Jul 2026 03:01:39 +0500 ނިއުސް ޑެސްކް
އިންސްޓަގްރާމުން ފީނަގައިގެން ކުޑަކުދިންނަށް ޖިންސީގޯނާކުރުން އިސްތިހާރު ކުރާކަން ފަޅާއަރުވާލައިފި https://heerasnews.com/4365 https://heerasnews.com/4365 ބީބީސީ އައި އިން ކުރިއަށްގެންދިޔަ ތަހުގީގަކުން ހާމަވިގޮތުގައި، އިންޑިއާގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރުތައް ހިމެނޭ ތަކެތި އިޝްތިހާރު ކުރުމަށް އިންސްޓަގްރާމުން ފައިސާ ނަގައިގެން އިޝްތިހާރުތައް ދައްކަމުންދެއެވެ.

ބީބީސީ ވޯލްޑް ސަރވިސްއަށް ފެނިފައިވާ މި އިޝްތިހާރުތަކުގައި "ރޭޕް ވީޑިއޯ" އަދި "ޗައިލްޑް ވީޑިއޯ" ފަދަ ލަފުޒުތައް ބޭނުންކޮށްފައިވެއެވެ. އަދި މި އިޝްތިހާރުތަކުން މެސެޖިންގ އެޕްލިކޭޝަން "ޓެލެގްރާމް" ގެ ޗެނަލްތަކަށް ލިންކު ކޮށްފައިވާއިރު، އެތަންތަނުން އެފަދަ ވީޑިއޯތައް އެންމެ 99 ރުޕީސް (ގާތްގަނޑަކަށް 18 ދިވެހި ރުފިޔާ) އަށް ގަނެވެން ހުރެއެވެ.

މި ތަހުގީގީ ރިޕޯޓު ޝާއިއުކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި، އިންޑިއާ ސަރުކާރުން ވަނީ އިންސްޓަގްރާމްގެ ބެލެނިވެރި ކުންފުނި "މެޓާ" ގެ މަންދޫބުން މިކަމާ ގުޅޭގޮތުން ސުވާލުކުރުމަށް ހާޒިރުކޮށްފައެވެ.

އާންމުގޮތެއްގައި އިންސްޓަގްރާމްގައި އިޝްތިހާރުތައް ޝާއިއުކުރެވެނީ އެ ކުންފުނީގެ އޮޓޮމޭޓެޑް ސިސްޓަމްތަކުން އެ ތަކެތި ރިވިއުކޮށް ހުއްދަ ދިނުމަށްފަހުގައެވެ.

ބީބީސީން މިފަދަ އެއް އިޝްތިހާރު ރިޕޯޓުކުރުމުން، އިންސްޓަގްރާމުން 24 ގަޑިއިރު ފަހުން ޖަވާބުދީފައިވަނީ އެ އިޝްތިހާރުން އެ ކުންފުނީގެ "ކޮމިއުނިޓީ ގައިޑްލައިންސް" އާ ހިލާފުނުވާ ކަމަށެވެ.

ނަމަވެސް ފަހުން މިކަމާ ގުޅޭގޮތުން ބީބީސީން ސުވާލުކުރުމުން، މެޓާއިން ބުނީ މިހާރު ބައެއް އިޝްތިހާރުތައް ނައްތާލައި، އެފަދަ ތަކެތި ޕޯސްޓުކުރި އެކައުންޓުތައް ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. އަދި ބީބީސީގެ ހޯދުންތަކާ ގުޅިގެން އިތުރު އިޝްތިހާރުތަކާއި ލިންކުތައް ބްލޮކްކޮށްފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ޓެލެގްރާމުން ބުނި ގޮތުގައި 2024 ވަނަ އަހަރު ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރުތައް ހިމެނޭ 274000 އަށްވުރެ ގިނަ ގްރޫޕާއި ޗެނަލް ވަނީ ނައްތާލާފައެވެ.

ބީބީސީން އިންސްޓަގްރާމްގައި އަލިފާސް (alias) އެކައުންޓެއް ހެދީ، ބައެއް ފަހަރު ސާޗް ނުކުރި ކަމުގައިވިޔަސް ޖިންސީ ކަންކަމަށް ހިތްޖެހޭ ފަދަ ކޮންޓެންޓް އިންސްޓަގްރާމުން ފެންނަކަން ފާހަގަވުމުންނެވެ. އޭގެ ތެރޭގައި އިންޑިއާގެ އަންހެނުން ކާބޯތަކެއްޗާއި މޫސުމާ ބެހޭގޮތުން ކުރާ ޕޯސްޓުތަކުގައި ނިވާކަން ކުޑަ ހެދުން އަޅައިގެން ތިބެ ޖިންސީ މާނަ ދޭހަވާ ފަދަ ވާހަކަތައް ހިމެނެއެވެ.

ބީބީސީގެ މި ތަހުގީގަށް ހެދި އެކައުންޓުން އެފަދަ 10 އަންހެނަކަށް ފޮލޯކުރަން ފެށުމުން، އެއް ހަފުތާ ނުވަނީސް އިންސްޓަގްރާމްގެ ފީޑުން ފެންނަން ފެށީ އަންހެނުންނާއެކު ވީޑިއޯ ކޯލް ކުރެވޭނެ ކަމަށް ބުނާ އިޝްތިހާރުތަކާއި، ކަނޑައެޅިގެން ބަރަހަނާ މަންޒަރުތައް ހިމެނޭ އިޝްތިހާރުތަކެވެ.

އޭގެ ދުވަސްކޮޅެއް ފަހުން، ކުޑަކުދިންނާއެކު ބޮޑެތި މީހުން ޖިންސީ ގުޅުން ހިންގާ މަންޒަރުތައް ދޭހަވާ ފަދަ އިޝްތިހާރުތައް ފެންނަން ފެށިއެވެ. މިފަދަ ޖުމްލަ 30 ތަފާތު އިޝްތިހާރެއް ފެނިފައިވެއެވެ. މީގެ އިތުރުން ބޮޑެތި މީހުންގެ ބަރަހަނާ ފިލްމުތައް ހިމެނޭ 20 ވަރަކަށް އިޝްތިހާރުވެސް ފެނިފައިވެއެވެ.

ކުޑަކުދިންގެ ޖިންސީ ފޮޓޯއާއި ވީޑިއޯ އަދި ބަރަހަނާ ތަކެތި ފެތުރުމަކީ އިންޑިއާގެ ގާނޫނުތަކުގެ ދަށުން ބޮޑު ކުށެކެވެ. އަދި މެޓާގެ އަމިއްލަ ސިޔާސަތު ބުނާގޮތުން ވެސް ކުޑަކުދިން ނުރައްކަލަށް ހުށަހެޅޭ ފަދަ ނުވަތަ ބަރަހަނާ މަންޒަރު ހިމެނޭ އެއްވެސް އިޝްތިހާރެއް ނުފެންނާނެއެވެ. ބީބީސީން ވަނީ މި ހުރިހާ އިޝްތިހާރުތަކާއި ޓެލެގްރާމް ޗެނަލްތަކުގެ މައުލޫމާތު އިންޑިއާގެ ކަމާބެހޭ ފަރާތްތަކާ ހިއްސާކޮށްފައެވެ.

ފެނުނު ބައެއް އިޝްތިހާރުތަކުގެ ތެރޭގައި ގާތްގަނޑަކަށް 12 އަހަރުގެ ދެ ކުދިން ޖިންސީ އަމަލެއް ހިންގާ މަންޒަރާއި، 52 އަހަރުގެ ފިރިހެނަކު 12 އަހަރުގެ އަންހެން ކުއްޖަކާއެކު ހުރެ، އިތުރު މަންޒަރުތައް ބަލަން ޓެލެގްރާމަށް ވަނުމަށް ބުނާ އިޝްތިހާރުތައް ހިމެނެއެވެ.

މިކަމާ ގުޅޭގޮތުން މެޓާއިން ބުނީ އެއްވެސް ސިސްޓަމަކީ ފުރިހަމަ ސިސްޓަމެއް ނޫން ކަމަށާއި، ބައެއް ފަހަރު އުސޫލުތަކާ ހިލާފުވާ ތަކެތި ދެނެގަތުމުގައި ނާކާމިޔާބު ވެދާނެ ކަމަށެވެ. އަދި އިޝްތިހާރުތައް ޝާއިއުވުމަށް ފަހުވެސް އެ ތަކެތި މޮނިޓަރ ކުރަމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.

މެޓާގެ ކުރީގެ ވައިސް ޕްރެޒިޑެންޓެއް ކަމަށްވާ ބްރަޔަން ބޮލޭންޑް ބުނި ގޮތުގައި ބީބީސީގެ މި ހޯދުންތަކުން އޭނާއަށް ލިބުނީ ހައިރާންކަމެއް ނޫނެވެ. ބޮޑު ސިހުމެކެވެ. އޭނާ ބުނީ އިންސްޓަގްރާމްގެ އެލްގޮރިދަމް ފަރުމާކޮށްފައިވަނީ މީހުން ގިނަ ވަގުތު އެޕްގައި ބޭތިއްބުމަށް ކަމަށާއި، އޭގެ ސަބަބުން ކޮންމެ ފަދަ ނުރައްކާތެރި އެއްޗެއް ދައްކައިގެން ނަމަވެސް އާމްދަނީ ހޯދުމަށް އެ ކުންފުނިން އިސްކަންދޭ ކަމަށެވެ.

އިންޑިއާގެ ސުޕްރީމް ކޯޓުގެ ރިޓަޔަރޑް ފަނޑިޔާރު މަދަން ލޯކުރް ވިދާޅުވި ގޮތުގައި މިއީ ވަރަށް ސީރިއަސް މައްސަލައެކެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ޖިނާއީ ކުށްތަކަށް މަގުފަހިވާ ކަންކަމުން ފައިދާ ހޯދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މިކަމުގައި އެ ކުންފުނިތަކުން ޒިންމާ އުފުލަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މައްސަލައާ ގުޅިގެން މެޓާއިން ބުނެފައިވަނީ ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއަކީ ބޮޑު ކުށެއް ކަމަށާއި، އެކަމާ ދެކޮޅަށް އެ ކުންފުނިން ހަރުކަށި ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. އަދި 2025 ވަނަ އަހަރު އެކަނިވެސް ޝައްކު ކުރެވޭ ހަރަކާތްތައް ހިންގި 4 މިލިއަނަށްވުރެ ގިނަ އެކައުންޓު އޮޓޮމޭޓެޑްކޮށް ބްލޮކްކޮށްފައި ވާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

]]>
Mon, 06 Jul 2026 08:50:30 +0500 ނިއުސް ޑެސްކް
އިޒްރޭލަށްޓަކާ ހާމަނާއީގެ ޖަނާޒާގައި ރާއްޖޭން ބައިވެރިއެއްނުވި!؟ https://heerasnews.com/4358 https://heerasnews.com/4358 ފެބްރިއަރީ މަހު އިޒްރޭލާއި އެމެރިކާ ގުޅިގެން އިރާނަށް ދިން ވައިގެ ހަމާލާގައި އުދުވާނީ ހަމަލާގައި ޝަހީދު ކޮށްލާފައިވާ އީރާނުގެ ކުރީގެ ރޫހީ ލީޑަރ އާޔަތުއްލާ ހާމަނާއީ ގެ ރަސްމީ ޖަނާޒާ ހުކުރު ދުވަހު ފަށައިގެން ކުރިއަށް އެބަގެންދެއެވެ. އާޔަތުއްލާ ހާމަނާއީގެ ޖަނާޒާ ހަފްތާއަކަށް ދިގުދެމިގެން ދާނެކަމަށް އިދާރާތަކުން މައުލޫމާތު ދެއެވެ.

ޝަހީދުކޮށްލާފައިވާ އީރާނުގެ ރޫހީ ލީޑަރގެ ޖަނާޒާގައި 20 މިލިޔަނެއްހާ މީހުން ބައިވާނެކަމަށް ރަސްމީ އިދާރާތަކުން އަންދާޒާ ކުރެއެވެ. އާޔަތުއްލާ ހާމަނާއީގެ ޖަނަޒާގައި މަތީ ފެންވަރުގެ ވަފުދުތައް ބައިވެރިކުރާނީ އެމެރިކާއާއި އިޒްރޭލުގެ އަދާވާތްތެރިން ކަމަށް އިޒްރޭލަށް ތާއިދުކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެ ޖަނާޒާގައި ބައިވެރިނުވުމަށް އިޒުރޭލުން ގައުމުތަކުގައި ދަނީ އެދެމުންނެވެ.

ހާމަނާއީގެ ޖަނަޒާގައި ވަފުދުތައް ބައިވެރިކުރާ ގައުމުތަކާ މެދު ހަރުކަށި ފިޔަވަޅުއަޅާ ރައްކާތެރިވުމަށް އިޒްރޭލުގެ ބައިވެރިން ތެރޭގައި ގޮވާލެވެމުންވެސް އެބަދެއެވެ. އެފަދަ އެއްވެސް ކަމަކަށް ބެލުމެއްނެތި ހާމަނާއީއަށް އެންމެ ފަހުގެ އިހުތިރާމް އާދާކުރަން ހާމަނާއީގެ ޖަނާޒާގައި ދުނިޔޭގެ އެތައް ގައުމެއްގެ މަތީ ފެންވަރުގެ ވަފުދުތައް އަންނަނީ ބައިވެރިވަމުންނެވެ. 

އާޔަތުއްލާ ހާމަނާއީގެ ޖަނާޒާގައި ބައިވެރިވުމަށް މަތީފެންވަރުގެ ވަފްދެއް ސައުދީއަރަބިޔާއިން ފޮނުވަފާނެ ކަމަކަށް އެއްވެސް ބަޔަކަށް ގަބޫލެއް ނުކުރެވެއެވެ. އެހެންނަމަވެސް ސައުދީ އަރަބިޔާއިންވެސް ވަނީ ހާމަނީގެ ޖަނާޒާގައި މަތީފެންވަރުގެ ވަފްދެއް ބައިވެރިކޮށްފައެވެ. ސައުދީ އަރަބިޔާގެ އިތުރުން ގަތަރާއި އޮމާނުންވެސް އެ ޖަނާޒާގައި ބައިވެރިވެއެވެ. 

ސަތޭކައަށް ވުރެ ގިނަ ގައުމުން ހާމަނާއީގެ ޖަނާޒާގައި ބައިވެރިވެފައިވެއެވެ. ތުރުކީ އާއި މެލޭސިޔާއާއި ކަޒަކިސްތާނާއި އިރާގާއި ފަލަސްތީނުން ވެސް ވަފްދުތައް ވަނީ ގޮހެވެ. ތައިލެންޑާއި އަފްގާނިސްތާނާއި ބަނގްލާދޭޝް އާއި ސްރީލަންކާ އާއި އިންޑިއާ އިން މަތީފެންވަރުގެ ވަފްދުތައް ފޮނުވިއިރު ސައްތައިން ސައްތަ މުސްލިމް ދިވެހިރާއްޖެ ކޮބާހެއްޔެވެ. 

އިންޑިއާ ފަދަ އިޒްރޭލާ ގާތް ގުޅުމެއް އޮންނަ ގައުމަކުން އެ ޖަނަޒާގައި ބައިވެރިވިއިރު މުއިއްޒު ސަރުކާރުން ހާމަނާއީގެ ޖަނާޒާގައި ބައިވެރި ނުވި ނުވުމަކީ އިސްލާމީ ދިވެހި އުންމަތަށް ވީ ހިޔާނާތެކެވެ. ބައިނަލްއަގުވާމީ ގުޅުންތަކުގެ ކުޑަވެސް ވައްޓަފާޅިއެއް ހުރިނަމަ އިޒްރޭލާއި އެމެރިކާ ދެކެބިރުންވެސް ކުރާނީ އެކަހަލަ ކަމެއް ނޫނެވެ. 

ހާމަނާއީ ޝަހީދުކޮށްލުމުން އެހީތާމައިގައި ބައިވެރި ބައިދަނޑިއަށް ދިދަވެސް ތިރިކޮށްލަން ނުކެރުނު ބަޔަކަށް ޖަނާޒާއަށް ދާންކެރޭނީ ކިހިނެއް ހެއްޔެވެ. އިޒްރޭލް ޕާސްޕޯޓް ބޭން ކުރުން އެކި ބަހަނާ ދައްކައިގެން ދިގުދަންމާލި ދަންމާލުން ހަނދާނެއް ނުނެތެއެވެ. އެމެރިކާއާއި ގުޅިގެން އިޒްރޭލުން އީރާނަށް ދިން ހަމަލާ ކުށްވެރިކޮށް އެމެރިކާއާއި އިޒްރޭލުގެ ނަން ކިޔަންވެސް މުއިއްޒަށާއި ސަރުކާރަށް ނުކެރުނެވެ. އެތައް ސަތޭކަ ކުދިން ތިބި ސްކޫލަކަށް ބޮންއަޅާ އެހުރިހާ ކުދިން މަރާލާ ހާމަނާއީ އާއިލާއާއިއެކު ޝަހީދުކޮށްލި ހަމަލާ އިރާނަށް ދިނުން ކުށްވެރިނުކޮށް އަރަބި ގައުމުތަކުގައި ހުރި އެމެރިކާގެ ބޭސްތަކަށް އީރާނުން ހަމަލާ ދިނުން ހަރުކަށި އިބާރާތުން ރާއްޖޭން ކުށްވެރި ކުރިއެވެ. އެންމެފަހުން ހާމަނާއީގެ ޖަނާޒާގައިވެސް ރާއްޖޭގެ ފަރާތުން ބައިވެރިކޮށް ނުލީއެވެ. 

ބުނެވި ދިޔަގޮތަށް މުއިއްޒު ސަރުކާރުގެ ކަންކަން ހުރުމުން އިސްލާމުންނަށް މާ ހެޔޮއެދޭ އިސްލާމް ދީނަށް ނަސްރުދޭ ސަރުކާރެއް ކަމަށް ބުނާ ބުނުމަކީ ބޮޑު އޮޅުވާލުމެކެވެ. އިސްލާމު ދީނަކީ ވެރިކަމުގައި ތިބުމަށް އުފުލާ ހަންމުއްޓެކެވެ. ދައުލަތުން ވައްކަން ކުރަމުން، ރިޝްވަތު ނަގަމުން ރީޝްވަތު ދެމުން، ރައްޔިތުންގެ ފައިސާއިން އިސްރާފުކުރަމުން، މަތި މައްޗަށް ދޮގުހަދަމުން، އޮޅުވާލަމުން، ދިވެހި ރައްޔިތުންގެ ތެރެއިން ވަކިބަޔަކީ ކާފަރުންނޭ ގޮވަމުން އަލްހަމްދު ނުކިޔާން ބުނާ ވެރިކަމެއް ނެތި ދިޔުމަށްވުރެ އެދޭ އެއްވެސް ކަމެއް މިހާރަކު ނެތެވެ. 

]]>
Sat, 04 Jul 2026 08:30:15 +0500 ނިއުސް ޑެސްކް
ޗައިނާ ކަނޑުގައި މުރަކައިގެ ނޫ ހޮހަޅައެއް https://heerasnews.com/4338 https://heerasnews.com/4338 ޗައިނާގެ ހުއާންޔަން ސަރަހައްދުން ޗައިނާ ކަނޑުން މުރަކަ ފަރުގެ ނޫ ހޮހަޅެއް (ބްލޫ ހޯލް)އެއް ފެނިއްޖެއެވެ. ކަނޑުގެ އަޑީގައި އުފެދިފައިވާ ފުން ވަޅުގަނޑެއް ކަމުގައިވާ މުރަކައިގެ ފަރެއްގައިވާ ނޫ ހޮހަޅަކީ ކަނޑުގެ ދިރުންތަކުން މުއްސަނދިވެފައިވާ، ތަފާތު ދިރުންތައް ގިނަ މާހައުލެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވެއެވެ.

ތިމާވެށީގެ ޑީ.އެން.އޭ ޓެކްނޮލޮޖީ ބޭނުންކޮށްގެން މި ބްލޫ ހޯލާއި އޭގެ ވަށައިގެންވާ ސަރަހައްދުތަކުން 2700 އަށްވުރެ ގިނަ ބާވަތް ބާވަތުގެ ކަނޑުގެ ދިރުންތައް ސައިންސްވެރިން ވަނީ ދެނެގަނެފައެވެ. މިނިސްޓްރީ އޮފް އިކޮލޮޖީ އެންޑް އެންވަޔަރަންމަންޓުން ނެރުނު "2025 ސާވޭ ރިޕޯޓް އޮން ހުއާންޔަން ޑާއޯ ބްލޫ ހޯލް" ގައިވާ ގޮތުން، މި ތަން ފުރަތަމަ ފާހަގަކުރެވުނީ 2025 ވަނަ އަހަރުގެ އޯގަސްޓް މަހު، ސައިންސްވެރިންގެ ޓީމަކުން ކުރި ދިރާސާއެއްގެ ތެރެއިންނެވެ.

ކަނޑުގެ އަޑީގައި އުފެދޭ މިފަދަ ވަޅުގަނޑުތައް މައިގަނޑު ދެ ބަޔަކަށް ބެހިގެންވެއެވެ. މައިގަނޑު އެ ދެބަޔަކީ ފަރުބަދައިގެ ހިލަ ގިރުމުގެ ސަބަބުން އުފެދޭ ވަޅުގަނޑުތަކާއި، މުރަކަ ފަރުތަކުގެ ތެރޭގައި އުފެދޭ ވަޅުގަނޑުތަކެވެ. މުރަކަ ފަރުގެ ތެރޭގައި މިފަދަ ވަޅުގަނޑުތައް އުފެދުމަކީ މުޅި ދުނިޔޭގައިވެސް ވަރަށް މަދުން ނޫނީ ނުފެންނަ ކަމެކެވެ.

ދިރާސާތަކުން ދައްކާގޮތުގައި ހުއާންޔަން ބްލޫ ހޯލަކީ މަދުވެގެން 3200 އަހަރު ކުރިން އުފެދިފައިވާ ތަނެކެވެ. މި ތަން އުފެދިފައިވަނީ ލެގޫންގެ ތެރޭގައި މުރަކަ ވަރަށް ބޮޑަށް އާލާވެފައިވާ ސަރަހައްދެއްގައެވެ.

މި ބްލޫ ހޯލް އޮންނަނީ ދޯރިއެއްގެ ބައްޓަމަށެވެ. މީގެ މަތީބައިގެ ފުޅާމިނުގައި 56.3 މީޓަރު ހުންނައިރު، ފުންމިނުގައި 16.6 މީޓަރު ހުރެއެވެ. އަދި މިތަނުގެ މުޅި ބޮޑުމިނަކީ 1491.7 އަކަމީޓަރެވެ.

މި ވަޅުގަނޑުގެ ތެރޭގައި ތަފާތު ބާވަތްތަކުގެ މަސްމަހާމެހި، އިތާ، ސްޕޮންޖް އަދި ސީ އެނެމޯނީ ފަދަ މުރަކަ ފަރުގެ މާހައުލަށް ހާއްސަ ދިރުންތައް ވަރަށް ބޮޑަށް އާލާވެފައިވެއެވެ. މީގެ އިތުރުން، ޗައިނާގެ ގާނޫނުން ރައްކާތެރިކޮށްފައިވާ "ގްރީން ސީ ޓާޓަލް" ވެސް މި ސަރަހައްދުން ފެނިފައިވެއެވެ.

ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި މި ސަރަހައްދުގައި ކުރެވުނު ދިރާސާތަކުން، 14 އާއިލާއަކަށް ނިސްބަތްވާ 165 ބާވަތެއްގެ ހަރު މުރަކައާއި، 27 އާއިލާއަކަށް ނިސްބަތްވާ 184 ބާވަތެއްގެ މަސް ފެނިފައިވާކަން ވަނީ ރެކޯޑުކުރެވިފައެވެ.            

]]>
Sun, 28 Jun 2026 16:35:59 +0500 ހީރަސް
ދެ ކައިވެންޏެއް، ދެ މަރެއް | ދެ އަންހެނެއްގެ ސިއްރު ލޯބި https://heerasnews.com/4333 https://heerasnews.com/4333 ފަހުގެ ތާރީހެއްގައި ހިނގާދިޔަ ބިރުވެރި މަރުތަކެއްގެ ތަހުގީގުން ފެންމަތިވި ހަގީގަތްތަކަކުން މުޅި އިންޑިއާ ސިއްސުވާލިއެވެ. ތަފާތު ދެ ސިޓީއަކަށް ނިސްބަތްވާ، ކާމިޔާބު ދެ ޒުވާން ވިޔަފާރިވެރިއަކު ވަރަށް ރަހުމްކުޑަ ގޮތަކަށް ވަނީ މަރާލާފައެވެ. ދެ ހާދިސާގައި ވެސް މަރުގެ ރޭވުންތައް ރާވާފައިވަނީ އެމީހުންގެ އަނބިން ނުވަތަ ކައިވެނިކުރަން އުޅުނު ބައިވެރިންނެވެ. ބޮޑުވެގެންވާ މި ޖަރީމާތަކުގެ ފަހަތުގައިވަނީ ސިއްރު ލޯބީގެ ގުޅުންތަކާއި ދަހިވެތިކަމެވެ. 

މަރުގެ ޝިކާރައަކަށްވީ އިންޑިއާގެ ނުފޫޒުގަދަ، ކާމިޔާބު ދެ ޒުވާން ވިޔަފާރިވެރިންނެވެ. އެމީހުން މަރާލާފައިވަނީ ލޯބީގެ އުފާވެރި މަންޒަރުތައް އަލްބަމްތަކުގައި ރައްކާކުރުމަށް ކުރި ރަމްޒީ ޗުއްޓީ ދަތުރުގައެވެ.

މޭގަލާޔާގެ ހާދިސާ:

އިންދޯރަށް ނިސްބަތްވާ ރާޖާ ރަގޫވަންޝީ، ޖޫން 2025 ގައި ފަރުބަދައެއްގެ މަތިން ކޮށްޕާލައި މަރާލީ އޭނާގެ އަނބިމީހާ އާއި އެ އަންހެންނާގެ ސިއްރު ލޯބިވެރިޔާ ގުޅިގެންނެވެ.

ލޯގަޅު ފޯޓްގެ ހާދިސާ:

ޕޫނޭގެ ރިއަލް އެސްޓޭޓް ޑައިރެކްޓަރު ކެތަން އަގަރްވާލް މަރުވީ 14 ޖޫން 2026 ގައި ފުން ވަޅުގަނޑަކަށް ވެއްޓިގެންނެވެ. ކެތަން މަރާލަން އޭގެ ހަތަރު ދުވަސް ކުރިން ވެސް މަސައްކަތް ކުރިއެވެ. އެފަހަރު އޭނާ ސަލާމަތްވުމުން، އޭނާގެ ބައިވެރިޔާ ވަނީ "ހަރުފައެއް!" ކަމަށް ބުނެ ހަޅޭއްލަވައި އެކަން ފޮރުވާފައެވެ.

ބައިވެރިން: ދެ މައްސަލާގައި ވެސް އަންހެން ކުދިން ވަނީ އެމީހުންގެ ސިއްރު ލޯބިވެރިންނާ ގުޅިގެން އަނިޔާވެރި ރަހުމްކުޑަ ގޮތްގޮތަށް މަރާލުމުގެ އަމަލު ހިންގުވާފައެވެ.

ފުރަތަމަ ހާދިސާ:

ރާޖާ ރަގޫވަންޝީ (އިންދޯރު)

ޖޫން 2025 ގައި އިންދޯރަށް ނިސްބަތްވާ ވިޔަފާރިވެރިޔާ ރާޖާ ރަގޫވަންޝީ އޭނާގެ ކައިވެނި ފާހަގަކުރީ އުޖާލާ މުސްތަގުބަލަކަށް އުންމީދު ކުރަމުންނެވެ. ނަމަވެސް، ކައިވެންޏަށްފަހު ހަނީމޫނަށް މޭގަލާޔާގެ ހިތްގައިމު ފަރުބަދަތަކަށް ކުރި ދަތުރު ނިމުނީ އޭނާގެ މަރުންނެވެ.

  • މަރުގެ ރޭވުން: ރާޖާ މަރުވީ ފަރުބަދަމަތީގައި ހިނގާލަން އުޅުމުގެ ތެރޭގައި އޭގެ މަތިން ވެއްޓިގެންނެވެ. ފުލުހުންގެ ތަހުގީގުން ހާމަވި ގޮތުގައި މިއީ އިއްތިފާގަކުން ހިނގި ހާދިސާއެއް ނޫނެވެ.
  • ހިޔާނާތް: އޭނާގެ އަލަތު އަނބިމީހާ ވަނީ އޭނާގެ ސިއްރު ލޯބިވެރިޔާއާ ގުޅިގެން މި ރޭވުން ރާވާފައެވެ. ރާޖާ ފަރުބަދައިގެ އަރިމަތީގައި ހުއްޓާ، އޭނާގެ އަންހެނުންނާއި ލޯބިވެރިޔާ ގުޅިގެން އޭނާ ކޮށްޕާވައްޓާ މަރާލީއެވެ.

ދެވަނަ ހާދިސާ:

ކެތަން އަގަރްވާލް (ޕޫނޭ)

ރާޖާ ރަގްވަންޝީ މަރުގެ ގާތްގަނޑަކަށް އެއް އަހަރު ފަހުން، 14 ޖޫން 2026 ގައި، ޕޫނޭގައި ވެސް ހަމަ މިފަދަ ހާދިސާއެއް ހިނގިއެވެ. ޕޫނޭގެ ރިއަލް އެސްޓޭޓް ޑައިރެކްޓަރެއް ކަމަށްވާ 26 އަހަރުގެ ކެތަން އަގަރްވާލް މަރުވީ ތާރީހީ ލޯގަޅު ފޯޓްގެ ފުން ވަޅުގަނޑަކަށް ވެއްޓިގެންނެވެ.

  • މަރާލަން ކުރިން ކުރި މަސައްކަތް: ކެތަންގެ ބައްޕަ، ވިޝާލް އަގަރްވާލް ހާމަކުރި ގޮތުގައި، ކެތަންގެ ބައިވެރިޔާ ސިޔާ ގޯއެލް އޭގެ ހަތަރު ދުވަސް ކުރިން ވެސް އޭނާ ކޮށްޕާލަން މަސައްކަތް ކުރިއެވެ. އެފަހަރު ކެތަން ސަލާމަތްވީ ގަސްބޮނޑިއެއްގައި ހިފެހެއްޓުމުންނެވެ. އެވަގުތު ސިޔާ ވަނީ "ހަރުފައެއް، ހަރުފައެއް!" ކަމަށް ބުނެ ހަޅޭއްލަވައި، އޭނާ ސަލާމަތް ކުރަން އުޅުނު ކަމަށް ހެދިގެން ކަންކަން އޮޅުވާލާފައެވެ.
  • ހުރަސްތައް ކުރިމަތިކުރުވުން: މި ދެމީހުން ކައިވެނީގެ ކުރިން ބާލީއަށް ދަތުރެއް ރޭވި ނަމަވެސް، އެއާޕޯޓުން ކެތަންގެ ޕާސްޕޯޓު ކުއްލި ގޮތަކަށް ގެއްލުމާ ގުޅިގެން އެ ދަތުރު ކެންސަލް ކުރަން ޖެހުނެވެ.
  • ނިމުން އައި ދަތުރު: ބާލީ ދަތުރު ކެންސަލްވުމުން، ސިޔާ ގޯއެލް ދަތުރުގެ މިސްރާބު ލޯގަޅު ފޯޓަށް ބަދަލުކުރިއެވެ. އަދި އެތަނުގައި އޭނާ ވަނީ ކެތަން ފުން ވަޅުގަނޑަކަށް ކޮށްޕާލުމުގައި ކާމިޔާބު ހޯދާފައެވެ.
  • ބައިވެރިޔާ: ފުލުހުންގެ ރިޕޯޓުތަކުން އެނގޭ ގޮތުގައި، ސިޔާ މި ޖަރީމާ ހިންގާފައިވަނީ އޭނާގެ ލޯބިވެރިޔާ ޗޭތަން ޗައުދަރީއާ ގުޅިގެންނެވެ. މި ދެމީހުން ރޭވީ ކެތަން މަރާލައިގެން އެމީހުންގެ ގުޅުމަށް އޮތް ހުރަސް ނައްތާލުމަށެވެ. މިހާރު މި ދެމީހުން ތިބީ ފުލުހުންގެ ބަންދުގައެވެ.

ހާދިސާތަކުން ލިބޭ އިބުރަތް

ރަގޫވަންޝީ އަދި އަގަރްވާލްގެ މަރުގެ މައްސަލަތަކުގައި ހުރި އެއްގޮތް ކަންތައްތަކުގެ ސަބަބުން، އިތުބާރާއި ގުޅުންތަކުގައި ހުންނަންޖެހޭ ސަމާލުކަމާ މެދު ވަނީ ބޮޑެތިސުވާލުތަކެއް އުފެދިފައެވެ. ދެ ހާދިސާގައިވެސް މަރުގެ ޝިކާރައަކަށްވީ މާލީ ގޮތުން ތަނަވަސް، ކާމިޔާބު ދެ ވިޔަފާރިވެރިންނެވެ.

  • ލޯބީގެ ނަމުގައި އޮޅުވާލުން: މަރުގެ ނުރައްކާތެރި އެ ހާދިސާތައް ހިންގާފައިވަނީ ލޯބީގެ އުފާ ފާހަގަކުރުމަށް ކުރި ދަތުރުތަކުގެ ތެރޭގައެވެ.
  • ތިންވަނަ ފަރާތެއްގެ ނުފޫޒު: ދެ މައްސަލާގައި ވެސް، އަންހެނުން ވަނީ އެހެން ފިރިހެނުންނާ ސިއްރު ގުޅުންތަކެއް ބާއްވާފައެވެ. އެމީހުން ދުށްގޮތުގައި މަރަކީ ކައިވެނީގެ ބަންދުން މިންޖުވެ، މިނިވަންކަމާއި މާލީ ފައިދާ ހޯދުމަށް އޮތް މަގެކެވެ.

ހިތްދަތި މި ހާދިސާތަކަކީ އެއްވެސް މީހަކަށް ކަނު އިތުބާރެއް ކޮށްގެން ނުވާނެ ކަމާއި، ބައިވެރިޔާގެ އުޅުމަށް އަންނަ ކުއްލި ބަދަލުތަކާއި ނުވަތަ ގޮތް ނޭނގޭ "އެކްސިޑެންޓް" ތަކަށް ވަރަށް ބޮޑަށް ސަމާލުވާންޖެހޭނެ ކަމުގެ ހަނދާން ކޮށްދިނުމެކެވެ. ދަހިވެތިކަމުގައި އަންހެން ދަރިން މީހުނާ ދެވުން ހުއްޓުވުމަށް ލިބުނު އިބުރަތެކެވެ. ފައިސާ ހުއްތަސް ގަދަކަމުން ހިތް ނުހޯދޭނެކަންވެސް އެނގިގެންދާ ހާދިސާ ތަކެކެވެ. 

]]>
Sat, 27 Jun 2026 17:41:37 +0500 ހީރަސް
ކައިވެންޏާ ދެކޮޅުހެދުމަށްވުރެ މަރާލުން މާ ފަސޭހަ: ސިޔާ https://heerasnews.com/4332 https://heerasnews.com/4332 މަހާރާޝްތުރާގެ ލޯގަޅުފޯޓުގައި ކެތަން އަގަރްވާލް މަރާލި މައްސަލައިގައި އިސްކޮށް ތުހުމަތުކުރެވޭ ސިއާ ގޯޔަލް، ފުލުހުންގެ ބަންދުގައި ހުރެ ދީފައިވާ ބަޔާނުން ބިރުވެރި ހަގީގަތްތަކެއް ހާމަވެއްޖެއެވެ.

"މަރާލުން މާ ފަސޭހަވި"

ޕޫނޭ ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ކެތަން އަގަރްވާލް މަރާލި މައްސަލައިގެ ތަހުގީގަށް ސިއާ ގޯޔަލް ދިން ބަޔާނުގައި ބުނެފައިވަނީ އޭނާ ކެތަން އަގަރުވާލާ ކައިވެނިކުރަން ބޭނުން ނުވާ ވާހަކަ އާއިލާއަށް ކިޔައިދިނުމަށްވުރެ، ކިތަން މަރާލުން "މާ ފަސޭހަ" ކަމަށެވެ.

ފުލުހުންގެ ބަންދުގައި ހުރެ ސުވާލުތަކަށް ޖަވާބު ދެމުން ސިއާ ގޯޔަލް ބުނެފައިވަނީ، ކެތަން ބޮލުގައި ވިގް ޖަހާތީ އޭނާ ދެކެ ފޫހިވާ ކަމަށެވެ. ކައިވެނި ކުރަން ބޭނުންނުވާކަން އާއިލާއަށް ނޭންގީ ކީއްވެގެންތޯ ސުވާލު ކުރުމުން، އާއިލާގެ ހިތުގައި ޖައްސަން ބޭނުންނުވީ ކަމަށް ސިޔާ ގޯޔަލް ބުނެފައިވެއެވެ. އާއިލާއާ ކުރިމަތިލާ ކައިވެނި ހުއްޓާލުމަށްވުރެ، ލޯގަޅުފޯޓުގެ ފުން ގުންޑަކަށް ކެތަން ވައްޓާލުން މާ ފަސޭހަ ކަމަށް ގަބޫލުކުރެވުނު ކަމަށް ވެސް ސިޔާ ބުނެފައިވެއެވެ.

ރޭވުން ރޭވީ ލޯބިވެރިޔާއާ ގުޅިގެން

ފުލުހުން ތުހުމަތުކުރާ ގޮތުގައި، ކައިވެނިކުރަން ބޭނުން ނުވާ ވާހަކަ ކެތަން ގާތު ސިޔާ ބުނުމުންވެސް، ކެތަން އެކަމަށް އިންކާރުކޮށް ކައިވެނި ކުރިއަށް ގެންދަން ބޭނުންވިއެވެ. އެހެންކަމުން، ސިއާ އޭނާގެ ލޯބިވެރިޔާ ޗޭތަން ޗައުދަރީއާ ގުޅިގެން ކެތަން މަރާލުމަށް ރޭވީއެވެ.

ކެތަންގެ ބައްޕަ ވިޝާލް އަގަރްވާލް ބުނިގޮތުގައި އޭނާގެ ދަރިފުޅު ކުޑަ "ހެއާރ ޕެޗް" އެއް ބޭނުން ކުރާކަން ކައިވެނި ހަމަޖެހުމުގެ ކުރިންވެސް ސިއާގެ އާއިލާއަށް އެނގޭނެ ކަމަށެވެ. "ބޮލުގައި ވިގެއް ޖަހައިގެން ހުރުމަކީ އަހަރެންގެ ދަރިފުޅު މަރާލަންޖެހޭ ސަބަބެއް ނޫން،" ކަމަށް ކޭތަންގެ ބައްޕަ ބުންޏެވެ. 

އާއިލާގެ މެންބަރުންނާ ސުވާލުކުރުން

މައްސަލައިގެ ތަހުގީގުގެ ތެރެއިން ޕޫނޭ ރޫރަލް ޕޮލިހުން ހުކުރު ދުވަހު ވަނީ ސިޔާ ގޯޔަލްގެ ކޮއްކޮ، ސާހިލް ގޯޔަލް ޑިސްޓްރިކްޓް ޕޮލިސް ހެޑްކުއާޓަރަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. ތަހުގީގު އިދާރާތަކުން ބަލަމުންދަނީ، މި މައްސަލައިގައި ދެން ތުހުމަތުކުރެވޭ ޗެތަން ޗައުދަރީއާއި ސިޔާ ގޯޔަލްއާ ދެމެދު އޮތް ގުޅުމުގެ މައުލޫމާތު ސާހިލްއަށް އެނގޭތޯއާއި، އެކަން އާއިލާގެ އެހެން މެންބަރުންނަށް އޭނާ ހިއްސާކޮށްފައިވޭތޯއެވެ.

ފުލުހުން ބުނި ގޮތުގައި، މިހާތަނަށް ކުރެވުނު ތަހުގީގުން އެނގިފައިވާ ގޮތުގައި، ޖެނުއަރީ މަހު ބޭއްވި ކްރިކެޓް މުބާރާތެއްގެ ތެރެއިން ސިޔާ ގޯޔަލް އާއި ޗެތަން ޗައުދަރީއާ ދެމެދު އޮތް ގާތް ގުޅުން އާއިލާއަށް ވަނީ ފަޅާއަރާފައެވެ. ތަހުގީގު އިދާރާތަކުން ލަފާކުރާ ގޮތުގައި، މި ދެ އާއިލާގެ މާލީ ތަފާތުތަކުގެ ސަބަބުން، ސިޔާގެ އާއިލާއިން ވަނީ އޭނާ ކެތަން އަގަރްވާލްއާ ކައިވެނިކުރުވަން ނިންމާފައެވެ.

މަރުގެ މި ހާދިސާ ހިނގަން މެދުވެރިވި ގޮތް ސާފުކުރުމަށްޓަކައި، ފުލުހުން ދަނީ އާއިލާގެ މެންބަރުންނާއި ގާތް ފަރާތްތަކާ ސުވާލުކޮށް، ތަހުގީގު އިތުރަށް ކުރިއަށް ގެންދަމުންނެވެ.

މަރުގެ ރޭވުން ރާވާފައިވާ ގޮތް

ފުލުހުން ހާމަކުރި ގޮތުގައި، މި ޖަރީމާ ހިންގުމުގެ ކުރިން ތުހުމަތުކުރެވޭ ފަރާތްތަކުން ވަނީ އެކި ފަހަރު މަތިން އެކަމަށް މަސައްކަތް ކޮށްފައެވެ.

ތަހުގީގުން އެނގޭ ގޮތުގައި، މެއި މަހުގެ 31 ވަނަ ދުވަހު ސިޔާ ގޯޔަލް ވަނީ އަގަރްވާލްއާއެކު ލޯގަޅުފޯޓަށް ގޮސް، މި އަމަލު ހިންގާނެ އެކަހެރި ސަރަޙައްދެއް ބަލައި ފާހަގަކޮށްފައެވެ. އަދި ޖޫން 4 ވަނަ ދުވަހު އެ ތަނަށް ދިއުމަށް ރޭވި ދަތުރު ކެންސަލް ކުރަން ޖެހުނީ، އަގަރްވާލްގެ މަންމަ އެކަމާ ދެކޮޅު ހެދުމުގެ ސަބަބުންނެވެ.

ފުލުހުން އިތުރަށް ތުހުމަތުކުރާ ގޮތުގައި، ޖޫން މަހުގެ 14 ވަނަ ދުވަހު ގޯޔަލް ވަނީ އަގަރްވާލް ފަރުބަދައަކުން ވައްޓާލަން މަސައްކަތްކޮށްފައެވެ. ނަމަވެސް، އެ ފަހަރު އޭނާ ސަލާމަތްވީ ގަސްބޮނޑިއެއްގައި ހިފެހެއްޓުމުންނެވެ. ތަހުގީގީ އިދާރާތަކުން ބުނާ ގޮތުގައި، އެއީ އިއްތިފާގުން ހިނގި ހާދިސާއެއްކަމަށް ބުނެ ސިޔާ ގޯޔަލް އޭނާއަށް އޮޅުވާލައި، އަލުން އިތުބާރު ހޯދިއެވެ. އަދި އޭގެ ހަތަރު ދުވަސް ފަހުން އަނެއްކާވެސް އޭނާއާއެކު އެ ފޯޓްއަށް ދިޔައެވެ.

ފުލުހުންގެ މައުލޫމާތަށް ބަލާއިރު، ސިޔާ ގޯޔަލް އާއި ޗެތަން ޗައުދަރީ ގުޅިގެން ރޭވި ރޭވުން ތަންފީޒުކޮށްފައިވަނީ ޖޫން 18 ވަނަ ދުވަހުއެވެ. އެ ދުވަހު، މަހާރަޝްތުރާގެ މާވަލް ތާލޫކާގައި ހުންނަ ލޯގަޅުފޯޓްގެ 350 ފޫޓު ފުން މިނުގެ ފުން ވަޅުގަނޑަކަށް، އުމުރުން 25 އަހަރުގެ އަގަރްވާލް ވައްޓާލައި އޭނާ މަރާލާފައިވާ ކަމަށް ފުލުހުން ތުހުމަތުކުރެއެވެ.

މީގެ އިތުރުން، މި ކުށަށް ތައްޔާރުވުމުގެ ގޮތުން ޖޫން 6 ވަނަ ދުވަހު ކެތަން އަގަރްވާލްގެ ޕާސްޕޯޓްވެސް ސިޔާ ގޯޔަލް އެއްލާލާފައިވާ ކަމަށް ތަހުގީގުން ވަނީ ހާމަވެފައެވެ.

މި މައްސަލައިގައި ޗެތަން ޗައުދަރީގެ ފިހާރައިގައި މަސައްކަތްކުރާ މުވައްޒަފެއްގެ ބަޔާންވެސް ފުލުހުން ވަނީ ނަގާފައެވެ. އޭނާ ބުނި ގޮތުގައި، ކެތަން މަރަލިކަމަށް ތުހުމަތުކުރެވޭ ދުވަހު ޗެތަން ޗައުދަރީ ފޯޓަށް ދިޔައީ އަމިއްލަ ފޯނު ބާއްވާފައި އެ މުވައްޒަފުގެ ފޯނު ހިފައިގެންނެވެ.

ޕޫނޭގެ ކެފޭއަކުން ލިބިފައިވާ ސީސީޓީވީ ފުޓޭޖުތަކުން ފެންނަ ގޮތުގައި، މޭ 31 އާއި ޖޫން 4 އާ ދެމެދު ސިޔާ ގޯޔަލް އާއި ޗެތަން ޗައުދަރީ އެތައް ފަހަރަކު ބައްދަލުކޮށްފައިވެއެވެ. މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު، ފުލުހުން ދަނީ އެ ބައްދަލުވުންތަކާ ގުޅޭގޮތުން ތުހުމަތުކުރެވޭ ދެ މީހުންނާ ވެސް ސުވާލުކުރަމުންނެވެ.

]]>
Sat, 27 Jun 2026 15:34:07 +0500 ހީރަސް
ޑެތު ވެލީ | އެމެރިކާގައި މަރުގެ ވާދީއެއް އޮންނަކަން އެގޭތަ! https://heerasnews.com/4326 https://heerasnews.com/4326 އެމެރިކާގެ ކެލިފޯނިއާގައި އޮންނަ "ޑެތު ވެލީ" (މަރުގެ ވާދީ) އަކީ އެމެރިކާގެ އެންމެ ހޫނު އަދި އެންމެ ތިރި ސަރަޙައްދެވެ. ޑެތުވެލީ އަކީ އެމެރިކާގެ އިރުދެކުނު ކެލިފޯނިއާގެ އިންޔޯ ކައުންޓީގައި އޮންނަ، ބިމުގެ ގޮތުން އަޑިގަނޑެއްގެ ސިފަ ހުންނަ ތަނެކެވެ. ޑެޓުވެލީއަކީ އުތުރު އެމެރިކާ ބައްރުގައި އޮތް އެންމެ ތިރި، އެންމެ ހޫނުގަދަ އަދި އެންމެ ހަނަފަސް ސަރަޙައްދެވެ.

ޑެތުވެލީ ނުވަތަ މަރުގެ ވާދީގެ ދިގުމިނުގައި ގާތްގަނޑަކަށް 140 މޭލު (225 ކިލޯމީޓަރު) ހުރެއެވެ. ފުޅާމިނުގައި ހުންނަނީ 5 އިން 15 މޭލު (8 އިން 24 ކިލޯމީޓަރު)އެވެ. މަރުގެ ވާދީގެ ހުޅަނގުން ވަށައިގެންވަނީ ޕެނަމިންޓް ފަރުބަދަތަކެވެ. އިރުމަތީގައި ވަނީ އަމާގޯސާ ފަރުބަދަ ސިލްސިލާގެ ބްލެކް، ފިއުނަރަލް އަދި ގްރޭޕްވައިން ފަރުބަދަތަކެވެ.

ޖިއޮލޮޖީ ނުވަތަ ބިމުގެ އިލްމުގެ ނަޒަރިއްޔާ:

ޑެތުވެލީއަކީ އެ ސަރަޙައްދުގައި ހުރި އެހެން އަޑިގަނޑުތަކާ އެއްގޮތް ނަމަވެސް، އޭގެ ފުންމިނުގެ ސަބަބުން ޑެތުވެލީއަކީ ތަފާތު ތަނެކެވެ. ވާދީގެ ބިންގަނޑުގެ ބޮޑު ސަރަޙައްދެއް (ގާތްގަނޑަކަށް 550 އަކަމޭލު) އޮންނަނީ ކަނޑުގެ ލެވެލްއަށްވުރެ ތިރީގައެވެ.

"ބޭޑްވޯޓާ ބޭސިން" ގެ ނަމުން ނަންދެވިފައިވާ ތަނަކީ ކަނޑުގެ ލެވެލްއަށްވުރެ 282 ފޫޓު (86 މީޓަރު) ތިރީގައިވާ، އުތުރު އެމެރިކާގެ އެންމެ ތިރި ނުކުތާއެވެ. އޭގެ 20 މޭލު ދުރުގައި އެ ސަރަޙައްދުގެ އެންމެ އުސް ފަރުބަދަ ކަމަށްވާ "ޓެލެސްކޯޕް ޕީކް" (11049 ފޫޓު އުސް) އޮވެއެވެ.

ތާރީހާއި އިންސާނުންގެ ހަރަކާތްތައް

މި ވާދީއަށް "ޑެތު ވެލީ" ނުވަތަ "މަރުގެ ވާދީ" ގެ ނަން ދެވުނީ 1849 ވަނަ އަހަރު މި ސަރަހައްދު ހުރަސްކުރަން އުޅުނު ބަޔަކަށް ދިމާވި ހިތްދަތި ތަޖުރިބާތަކުގެ ސަބަބުންނެވެ. 1870 އާއި 1880 ގެ އަހަރުތަކުގައި މި ސަރަޙައްދުން ރަނާއި، ރިއްސާއި އަދި ބޯރެކްސް ފެނުމާ ގުޅިގެން އެ ހިސާބުގައި މީހުން އާބާދުވާން ފެށިއެވެ.

ބޯރެކްސް އުފުލުމަށް މަޝްހޫރު "20-މިއުލް ޓީމް" (20 ހިމާރުގެ ޓީމު) ބޭނުންކުރެވުނެވެ. މި މަސައްކަތްތައް ހުއްޓުމުން އެތައް ރަށެއް ފަޅުވެ "ގޯސްޓް ޓައުންސް" ނުވަތަ "ރޫޙާނީ ރަށްތަކުގެ" ގޮތުގައި މިހާރުވެސް ފެންނަން އެބަހުއްޓެވެ. މީގެ މިސާލަކީ 1904 ގައި 10،000 މީހުން އުޅުނު "ރިއޮލައިޓް" އެވެ. އެ ރަށް 1916 ވަނަ އަހަރު އޮތީ އެއްކޮށް ފަޅުވެފައެވެ.

މާހައުލާއި މޫސުން

މަރުގެ ވާދީއަކީ ބިމުގެ ފަށަލަތައް ތިރިއަށް ދިއުމުގެ ސަބަބުން އުފެދިފައިވާ ތަނެކެވެ. މި ސަރަޙައްދަކީ ދުނިޔޭގެ ރެކޯޑް މިންވަރަށް ހޫނުގަދަ ތަނެކެވެ. 1913 ވަނަ އަހަރު މިތަނުގެ ހޫނުމިން 57 ޑިގްރީ ސެލްސިއަސް (134 ޑިގްރީ ފެރަންހައިޓް) އަށް އެރިއެވެ. ހޫނު މޫސުމުގައި އާންމުކޮށް 49 ޑިގްރީ ސެލްސިއަސްއަށްވުރެ މައްޗަށް ހޫނުމިން ދެއެވެ. ބިމުގެ ހޫނުމިން 94 ޑިގްރީ ސެލްސިއަސްއަށް އަރާފައިވާ ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ. މި ސަރަޙައްދަށް ވާރޭ ވެހެނީ ވަރަށް މަދުންނެވެ. ބައެއް އަހަރުތަކުގައި އެއްވެސް ވަރަކަށް ވާރޭ ނުވެހި ދެއެވެ.

ގަސްގަހާގެއްސާއި ދިރުންތައް

ނުހަނު ހަނަފަސް ތަނެއް ނަމަވެސް، މި ވާދީގައި އެކި ކަހަލަ ދިރުންތައް އުޅެއެވެ. ލޮނުޖެހިގެން މަރުނުވާ ޒާތުގެ ގަސްތަކާއި، ކެކްޓަސް އަދި ހޫނު މޫސުމުގައި ފޮޅޭ ބާވަތް ބާވަތުގެ ވަލު މާތައް މިތަނުން ފެނެއެވެ. އުޅޭ ޖަނަވާރުންގެ ތެރޭގައި މުސަޅު، ކޮޔޯޓީ، ހިޔަޅު އަދި "ޑެޒާޓް ބިގްހޯން" ކިޔާ ފަރުބަދަ ކަންބަޅި ހިމެނެއެވެ.

މީގެ އިތުރުން 150 އަށްވުރެ ގިނަ ބާވަތުގެ ދޫންޏާއި، ހިންޏާއި، ހަރުފަ އަދި އެހާމެ ނުރައްކާތެރި ފަނިތައްވެސް މި ސަރަޙައްދުގައި އުޅެއެވެ. އަދި މަދުން ނޫނީ ނުފެންނަ "ޕަޕްފިޝް" ކިޔާ މަހުގެ ބާވަތެއްވެސް މިތަނުގެ ބައެއް ފެންގަނޑުތަކުގައި އުޅެއެވެ.

ޑެތުވެލީ ނޭޝަނަލް ޕާކް

1994 ވަނަ އަހަރު ގައުމީ ބަގީޗާއެއްގެ ގޮތުގައި ކަނޑައެޅުނު "ޑެތު ވެލީ ނޭޝަނަލް ޕާކް" އަކީ އެމެރިކާގެ އެންމެ ބޮޑު އެއް ޕާކެވެ. މިތަނުގައި ފާހަގަކޮށްލެވޭ ބައެއް ތަންތަނުގެ ތެރޭގައި:

  • ޔުރީކާ ސޭންޑް ޑޫންސް: ކެލިފޯނިއާގެ އެންމެ އުސް ވެލި ފުނި
  • ރޭސްޓްރެކް ޕްލާޔާ: ބޮޑެތި ހިލަތައް އަމިއްލައަށް ބިމުގެ މަތީގައި ދަތުރުކޮށްފައިވާކަމުގެ ނިޝާންތައް ފެންނަން އޮންނަ އާދަޔާހިލާފު ތަން
  • ސްކޮޓީސް ކާސަލް: 1920 ގެ އަހަރުތަކުގައި ބިނާކޮށްފައިވާ ބޮޑު ގަނޑުވަރެއް ފަދަ ގެ

މިހާރު މިސަރަޙައްދަކީ ގިނަ އަދަދެއްގެ ފަތުރުވެރިންނާއި ސައިންސްވެރިން ޒިޔާރަތްކުރާ މުހިންމު ތަނެކެވެ. 

]]>
Thu, 25 Jun 2026 20:11:48 +0500 ނިއުސް ޑެސްކް
ނިޒާމް ވަނީ ކުނިވެފާ | ރައްޔިތުން ޝުއޫރު ފާޅުކުރަން ތައްޔާރު https://heerasnews.com/4318 https://heerasnews.com/4318 އިންޑިއާގެ ޒުވާނުން ތިބީ ކެތްތެރިކަން ކޮޅުންލާފައެވެ. އިމްތިހާނުތަކުގެ މައްސަލަތަކާއި، ވަޒީފާ ނެތް މީހުންގެ އަދަދު އިންތިހާއަށް އިތުރުވުމާއި، ލިބެން ހުރި ފުރުސަތުތައް އަތުން ބީވެގެންދާތާ އަހަރުތަކެއް ވުމަށްފަހު، މިހާރު އެ ކަންބޮޑުވުންތައް ވަނީ ސޯޝަލް މީޑިއާގައާއި މަގުމަތީގައި ބޮޑު ނުރުހުމަކަށް ބަދަލުވެފައެވެ. އަދި މިކަމުގައި ޒިންމާވާންޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް ގޮވާލާ އަޑުތައް ވަނީ ގަދަވެފައެވެ.

ބޮސްޓަން ޔުނިވަރސިޓީން ތައުލީމު ހާސިލުކޮށްފައިވާ އިންޑިއާގެ ޒުވާނަކަށް، މި މަންޒަރު ދުރުގައި ހުރެގެން ބަލަން ހުރުން ކެތްކުރެވޭވަރުގެ ކަމަކަށް ނުވިއެވެ.

އިންޑިއާގައި ވަރަށް ބޮޑަށް މަގުބޫލުވެފައިވާ "ކޮކްރޯޗް ޖަންތާ ޕާޓީ" (ކުރަފި އާންމުންގެ ޕާޓީ) އުފެއްދި، އުމުރުން 30 އަހަރުގެ އަބީޖީތު ދިޕްކޭ، ނިއުދިއްލީއަށް ދިޔައީ އޭނާގެ ޖީލުގެ މި ރުޅިވެރިކަން އަމަލީ ހަރަކާތަކަށް ބަދަލުކުރުގެ އަޒުމުގައެވެ. އޭނާ ރާވާފައިވަނީ ޖަންތަރް މަންތަރް ސަރަހައްދުގައި މުޒާހަރާކޮށް، އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރާ ޕްރަދާން އިސްތިއުފާ ދިނުމަށް ގޮވާލުމަށެވެ.

"އަހަރެން އެއަރޕޯޓުން ހައްޔަރުކޮށްފާނެތީ ރައްޓެހިންނާއި އާއިލާ ތިބީ ބިރުން،" ކަމަށް އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ދިޕްކޭ ބުނެފައިވެއެވެ. "އެކަމަކު ޖަލަށް ލާފާނެތީ އަހަރެން ބިރުން ހުންނަންވީ ކިހާ ދުވަހަކު؟ މި ގައުމަކީ ހަމައެކަނި އެއް ޕާޓީއެއްގެ މިލްކެއް ނޫން، މިއީ އަހަރެމެން އެންމެންގެ ގައުމެއް. މިއީ އަހަރެމެންގެ މުސްތަގުބަލާ ގުޅިފައިވާ ކަމެއް. އަހަރެމެންގެ މުސްތަގުބަލު މިދަނީ ބަނަވަމުން." ކަމަށް އޭނާ ބުންޏެވެ.

އޭނާ ދާތީ އެއަރޕޯޓުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް ފުލުހުން ވަނީ ދިޕްކޭއާ ބައްދަލުކޮށް މުޒާހަރާ ކުރުމުގެ ހުއްދަ ދިނެވެ.

ޒުވާން ޖީލުގެ ނުރުހުން އަމާޒުވެފައިވާ މައިގަނޑު ސަބަބަކީ އިންޑިއާގެ ޔުނިވަރސިޓީތަކަށް ވަނުމަށް ބާއްވާ ވާދަވެރި އިމްތިހާނުތަކެވެ. މިއީ އެތައް މިލިއަން ދަރިވަރުންގެ މުސްތަގުބަލު ކަނޑައަޅާ، މަދު ޖާގަކޮޅަކަށް ވާދަކުރަންޖެހޭ ވަރަށް އުނދަގޫ އިމްތިހާނުތަކެކެވެ.

ނިޒާމުގެ ތެރޭގައި އިމްތިހާނު ކަރުދާސްތައް ލީކުވުމާއި، ފަންނީ މައްސަލަތައް ކުރިމަތިވުމަކީ ޒަމާނުއްސުރެ ހިނގަމުން އަންނަ ކަންކަމެވެ. މީގެ ސަބަބުން ދަރިވަރުންނަށް ނަފްސާނީ ގޮތުން ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެ، ދަރިންގެ މުސްތަގުބަލަށްޓަކައި ހުރިހާ އެއްޗެއް ގުރުބާންކުރާ އާއިލާތަކަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ.

އުމުރުން 24 އަހަރުގެ ވެރޯނިކާ މަދަން ވަނީ މެޑިކަލް ސްކޫލަށް ވަނުމަށް ބާއްވާ އުނދަގޫ އިމްތިހާނުގައި ދެ ފަހަރަށް ބައިވެރިވެފައެވެ. އޭނާ ބުނާ ގޮތުގައި މި ފިއްތުންތައް ފެށެނީ އިމްތިހާނު އޮންނަ ދުވަހަކު ނޫނެވެ. އެއީ އެތައް މަހެއް ނުވަތަ އެތައް އަހަރެއް ކުރިން ފެށޭ ކަމެކެވެ.

"އެއީ ކޮންމެ ގޮތަކުން ނަމަވެސް ކާމިޔާބު ކުރަންޖެހޭނެ ކަމުގެ އިހުސާސާއި، އަމިއްލަ ނަފްސާއި އާއިލާ މާޔޫސްކޮށްލަން ޖެހިދާނެތީ އޮންނަ ބިރުވެރިކަމެއް،" އޭނާ ކިޔައިދިނެވެ.

މަދަން ދެ އަހަރު ދުވަހު ތައްޔާރުވީ ނަމަވެސް، ގައުމުގެ އެންމެ މަތީ މެޑިކަލް ކޮލެޖަކުން ޖާގައެއް ހޯދޭވަރުގެ މާކްސްއެއް އޭނާއަކަށް ނުލިބުނެވެ. އޭނާ ބުނީ އެއީ ވަރަށް މާޔޫސްވި ވަގުތެއް ކަމަށާއި، ނަމަވެސް މިހާރު ފޮރެންސިކް ސައިންސްގެ ދާއިރާއިން މާސްޓާސްއަށް ކިޔަވަމުންދާ ކަމަށެވެ.

ވަޒީފާ ނެތުމުގެ ބޮޑު މައްސަލަ

ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމު ކަމަށްވާ އިންޑިއާގައި 1.4 ބިލިއަން މީހުން ދިރިއުޅެއެވެ. ބެންގަލޫރުގެ އަޒީމް ޕްރެމްޖީ ޔުނިވަރސިޓީގެ ރިޕޯޓެއް ބުނާގޮތުން، އެ ގައުމުގައި 15 އަހަރާއި 29 އަހަރާ ދެމެދުގެ 360 މިލިއަނަށްވުރެ ގިނަ ޒުވާނުން އެބަތިއްބެވެ. މި ޒުވާން ޖީލަކީ ތައުލީމީ ގޮތުން ކުރިއަރާފައިވާ، ޓެކްނޮލޮޖީއަށް އަހުލުވެރި، އަދި ހަލުވިކަމާއެކު ބަދަލުވަމުންދާ މުޖުތަމައުގައި ކުރިއަށްދާން އަޒުމު ކަނޑައަޅައިގެން ތިބި ބައެކެވެ. ނަމަވެސް އުންމީދުތަކަށް ހުރަސް އެޅެނީ ހަގީގީ ހާލަތު އޮތްގޮތުންނެވެ.

ރިޕޯޓުތައް ބުނާގޮތުން މި އުމުރުފުރާގެ މީހުންގެ މެދުގައި ވަޒީފާ ނެތް މީހުންގެ ނިސްބަތް ހުރީ ވަރަށް މަތީގައެވެ. އުމުރުން 25 އަހަރުން ދަށުގެ ގްރެޖުއޭޓުންގެ ތެރެއިން ގާތްގަނޑަކަށް 40 އިންސައްތަ މީހުންނަކީ ވަޒީފާއެއް ނެތް މީހުންނެވެ. އަދި 20 އަހަރާއި 29 އަހަރާ ދެމެދުގެ ޒުވާނުންގެ 20 އިންސައްތަ މީހުން ތިބީ ވަޒީފާއެއް ނެތިއެވެ.

މީގެ އިތުރުން ތަކެތީގެ އަގުބޮޑުވުމާއި، ވެރިކަމުގައި ތިބި ފަރާތްތަކުން އެމީހުންގެ އަޑު ނާހާކަމުގެ އިހުސާސް ޒުވާނުންގެ މެދުގައި ދަނީ ބޮޑުވަމުންނެވެ.

މި ހިތްހަމަނުޖެހުންތަކުގެ ތެރެއިން "ކޮކްރޯޗް ޖަންތާ ޕާޓީ" އުފެދިގެން އައީ މީމްތަކާއި މަލާމާތް އެކުލެވޭ ހަރަކާތްތަކަކާއި އެކުގައެވެ. އެންމެ ހަފުތާއެއްގެ ތެރޭގައި މި ޕާޓީއަށް 22 މިލިއަނަށްވުރެ ގިނަ ފޮލޯވަރުން ލިބިފައިވެއެވެ. މިއީ ޒުވާނުންގެ ރުޅިވެރިކަން ދައްކުވައިދޭ ކަމެކެވެ. އޭއައި ބޭނުންކޮށްގެން ހަދާފައިވާ " ކުރަފި"ގެ ފޮޓޯތައް ސޯޝަލް މީޑިއާއާއި ނޫސްތަކުގައި ވަނީ ފެތުރިފައެވެ.

ކުރަފި ޕާޓީ އުފެދެން ދިމާވީ އިންޑިއާގެ ޗީފް ޖަސްޓިސް ސޫރިޔާ ކާންޓް ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ. އޭނާ ވަނީ ވަޒީފާ ނެތް ޒުވާނުންނަށް "ކުރަފި" (cockroaches) އޭ ބުނެ މުހާތަބުކޮށްފައިވާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ފަހުން އޭނާ އެކަން ސާފުކޮށްދެއްވަމުން ވިދާޅުވީ، އޭނާ އިޝާރާތް ކުރެއްވީ ވަގު ސެޓްފިކެޓް ބޭނުންކޮށްގެން ވަޒީފާތަކަށް ވަންނަ މީހުންނަށް ކަމަށެވެ. އެހެންނަމަވެސް، އޭރު އޮތީ ގިނަ ބައެއްގެ ނުރުހުން އަމާޒުވެފައެވެ.

މި ހާދިސާ ދިމާވީ ޔުނިވަރސިޓީ އިމްތިހާނުތަކާ ގުޅިގެން މީހުންގެ ރުޅިވެރިކަން އިންތިހާއަށް ގޮސްފައި އޮތް ވަގުތެއްގައެވެ. އިންޑިއާގެ އެންމެ ބޮޑު މެޑިކަލް އިމްތިހާނުގައި ބައިވެރިވި 2 މިލިއަނަށްވުރެ ގިނަ ދަރިވަރުންގެ ނަތީޖާ ބާތިލުކުރީ، އިމްތިހާނު ކަރުދާސް ލީކުވި ކަމުގެ ތުހުމަތުތަކާ ގުޅިގެންނެވެ. މިފަދަ ލީކުވުންތަކަކީ މިހާރުގެ ސަރުކާރު އައުމުގެ ކުރިންވެސް ހިނގަމުން އައި ކަންކަމަށް ވީނަމަވެސް، ދަރިވަރުންގެ ކެތްތެރިކަން މިހާރު ވަނީ ކޮޅުންލާފައެވެ.

ސަރުކާރަށް ކުރިމަތިވެފައިވާ ގޮންޖެހުމެއް

ފަހަކަށް އައިސް ދެކުނު އޭޝިއާގެ ގައުމުތަކުގައި ޒުވާނުން އިސްވެ ތިބެ ހިންގާ ހަރަކާތްތަކުން ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. ބަންގްލަދޭޝްގައި ދަރިވަރުން ފެށި ހަރަކާތް ބޮޑުވެ، ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ސަރުކާރު ވެއްޓި، އެކަމަނާ ގައުމުން ފުރަން ޖެހުނެވެ. އޭގެ އަހަރެއް ކުރިން ނޭޕާލުގައި ވެސް ޒުވާނުންގެ ހަރަކާތްތަކުގެ ސަބަބުން ސަރުކާރު ބަދަލުވެ، ރެޕް އާޓިސްޓަކުން ސިޔާސީ މީހަކަށް ބަދަލުވި ބަލެންދުރާ ޝާހް ފަދަ ބޭފުޅުންނަށް ބާރުތައް ލިބިގެންދިޔައެވެ.

ބޮޑުވަޒީރު ނަރެންދުރާ މޯދީގެ ހިންދީ ލީޑަޝިޕްގެ ދަށުން ހިންގާ ބީޖޭޕީ ސަރުކާރުން ފާއިތުވި ދިހަ އަހަރު ތެރޭގައި ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާފައިވެއެވެ. ނޫޓު އުވާލުމުގެ ނިންމުމާއި، އަހަރެއްހާ ދުވަހަށް ދެމިގެންދިޔަ ދަނޑުވެރިންގެ މުޒާހަރާތަކުގެ އިތުރުން، ކޮވިޑް-19 ގެ ނުރައްކާތެރި ދެވަނަ ރާޅުގައި ދުނިޔޭގެ ސަމާލުކަން ލިބުނު ކަންކަން މީގެ ތެރޭގައި ހިމެނެއެވެ.

އެހެންނަމަވެސް، މޯދީގެ ސިޔާސީ މަގުބޫލުކަން އަދިވެސް އޮތީ ވަރުގަދަކޮށެވެ. އޭނާ އަންނަނީ އިންތިހާބުތަކުން ބޮޑު އަގުލަބިއްޔަތެއް ހޯދަމުންނެވެ. އަދި ބީޖޭޕީން ވަނީ ކުރިން އެ ޕާޓީއަށް ތާއީދު ކުޑަ ސަރަހައްދުތަކުގައި ވެސް ފައިތިލަ ސާބިތުކޮށްފައެވެ.

ކޮކްރޯޗް ޖަންތާ ޕާޓީގެ ބާނީ ދިޕްކޭ ބުނި ގޮތުގައި، މީގެ ފަސް އަހަރު ކުރިން މޯދީއާ ނުވަތަ ސަރުކާރާ ދެކޮޅަށް ބަސް ބުނަން އެކަކުވެސް ހުރީ ތައްޔާރަކަށް ނޫނެވެ. ނަމަވެސް މިހާރު "ޒަމާން ބަދަލުވަމުންދާ" ކަމަށް އޭނާ ފާހަގަކުރިއެވެ. މިހާރު އެ ޕާޓީން ވަނީ ތިން ތަރުޖަމާނުން އައްޔަންކޮށްފައެވެ. އެއީ އިންވެސްޓިގޭޓިވް ނޫސްވެރިއަކާއި، ފިލްމު އުފައްދާ މީހަކާއި، މެކިންސީގެ ކުރީގެ މުވައްޒަފެކެވެ.

"އަހަރެމެންނަކީ ޒުވާނުންގެ ސިޔާސީ ހަރަކާތެއް. އަހަރެމެންގެ އެދުމަކީ ނިޒާމުގެ ތެރޭގައި ޖަވާބުދާރީވުން އޮތުން،" ނޫސްވެރިންގެ ބައްދަލުވުމެއްގައި ތަރުޖަމާނު ސޯރަވް ދާސް ބުންޏެވެ. "ނިޒާމު ވަނީ ވަރަށް ބޮޑަށް ކުނިވެފައި. ރައްޔިތުން މިހާރު ތިބީ އެމީހުންގެ ޝުއޫރުތައް ފާޅުކުރަން ތައްޔާރަށް.ރައްޔިތުން މިހާރު ތިބީ އެމީހުންގެ ޝުއޫރުތައް ފާޅުކުރަން ތައްޔާރަށް." ކަމަށް އޭނާ ބުނެއެވެ.

އިންޑިއާގައި މިނިވަން ނޫސްވެރިކަން ދަށަށް ދިއުމާއި، މޯދީ ވެރިކަމަށް ވަޑައިގެންނެވި ފަހުން އެއްވެސް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައި ނުވާކަމަށް އިޝާރާތް ކުރަމުން ދާސް ބުންޏެވެ: އިންޑިއާގައި ނޫސްވެރިންގެ ބައްދަލުވުންތައް ނުބާއްވާތާ އެތައް އަހަރެއް ވެއްޖެކަން އެނގޭނެ ކަމަށާއި ކޮކްރޮޗް ޕާޓީން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދޭނެ ކަމަށްވެސް ދާސް ބުންޏެވެ.

ދިޕްކޭ ދިއްލީއަށް ދިއުމާއެކު، އޭނާ ރާވާފައިވާ ހަރަކާތްތައް ވަނީ ފެށިފައެވެ. އޭނާއާއި އޭނާގެ ސަޕޯޓަރުންނަށް ވަނީ ވެރިރަށުގެ ސިޔާސީ ހަރަކާތްތަކުގެ މަރުކަޒު ކަމަށްވާ ޖަންތަރް މަންތަރްގައި މުޒާހަރާ ކުރުމުގެ ހުއްދަ ލިބިފައެވެ.

"އަހަރެމެންގެ މުޒާހަރާ ކުރިއަށްދާނީ ސުލްހަވެރިކަމާއެކު. އެއީ ޑިމޮކްރެޓިކް އުސޫލުތަކުގެ ތެރެއިން ކުރިއަށްދާނެ ކަމެއް،" ދިޕްކޭ ބުންޏެވެ. "މިއީ ޒިންމާދާރުކަން އަލުން އިއާދަކުރަންވީ ވަގުތު." ކަމަށްވެސް އޭނާ ބުންޏެވެ.                  

]]>
Wed, 24 Jun 2026 12:13:27 +0500 ހީރަސް
މުޅި ދުނިޔޭގައި އޮތް އެންމެ ނުރައްކާތެރި މަގު: މަރުގެ މަގު https://heerasnews.com/4311 https://heerasnews.com/4311 އިންޑިއާގެ ޖައްމޫ އާއި ކަޝްމީރު އަދި ހިމާޗަލް ޕްރަދޭޝް ގުޅޭ ބޯޑަރުގައި އޮންނަ، ކިޝްތުވާރުން ފެށިގެން ކޭލޮންގަށް ދަތުރުކުރާ މި މަގަކީ ދުނިޔޭގައިވެސް ދަތުރުކުރަން އެންމެ ބިރުވެރި އެއް މަގެވެ.

ކިޝްތުވާރުން ކޭލޮންގަށް ދަތުރުކުރާ މަގަކީ ބިރުވެރި މަގެއް

ނޭޝަނަލް ހައިވޭ 26 ގެ ބައެއްގެ ގޮތުގައި، ޗެނާބް ކޯރުގެ އައްސޭރިން އޮންނަ މި މަގަކީ އެއްވެސް ވަރަކަށް ތާރުއަޅާފައިވާ މަގެއް ނޫނެވެ. މިއީ އުސް ފަރުބަދަތަކުގެ އަރިމަތިން ކަނޑައިނަގައިގެން ހަދާފައިވާ، އެންމެ އުޅަނދަކަށް ދަތުރުކުރެވޭވަރުގެ ހަނި މަގެކެވެ. މަގުގެ އެއްވެސް ފަރާތެއްގައި ރައްކާތެރިކަމުގެ އިންފާރެއް ނެތްއިރު، މަގުގެ މަތިން ފަރުބަދައިގެ ބައިތައް ނިކުމެފައި ހުންނަލެއް ތިރިކަމުން އުޅަނދުތައް ދަތުރުކުރަން ދަތިވެއެވެ.

މަގުން ދަތުރުކުރާއިރު 2,000 ފޫޓު ފުނަށް އަޑިވެގެން ގޮސްފައި އޮންނައިރު، ފަރުބަދައިން ބޭރަށް ނިކުމެފައި ހުންނަ ހިލަތަކުގެ ސަބަބުން ކުރިމަތިން އަންނަ އުޅަނދުތައް ފެނުމަށް ހުރަސްއެޅެއެވެ. ނާމާންކަމާއި ހިތްބިރުގަތުން އެކުލެވިގެންވާ މި މަގަކީ ފަރުބަދައިގެ އުސްމިނުން ތިރިއަށް ބަލާލާއިރު ބޯއަނބުރާ ފަދަ ނުރައްކާތެރި މަންޒަރުތައް ފެންނަ ތަނެކެވެ.

ކިޝްތުވާރުން ކޭލޮންގަށް އޮންނަ މަގުގެ ދިގުމިން

ޖައްމޫ އާއި ކަޝްމީރުގެ ކިޝްތުވާރުން ފެށިގެން ހިމާޗަލް ޕްރަދޭޝްގެ ކޭލޮންގާ ހަމައަށް އޮންނަ މި މަގުގެ ދިގުމިނަކީ 235 ކިލޯމީޓަރު (146 މޭލު) އެވެ. ޖީ.ޕީ.އެސް ބަލައިގެން މި މަގުން ދަތުރުކުރުމަކީ ރަނގަޅު ހިޔާލަކަށް ނުވެދާނެއެވެ.

ގާތްގަނޑަކަށް 100 މޭލުގެ ސަރަހައްދެއްގައި އެއްވެސް ރައްކާތެރިކަމުގެ އިންފާރެއް ނެތި، ހަނިކޮށް އަދި ގިނަ ގުދުތަކެއް ހިމެނޭ ގޮތަށް އޮންނަ މި މަގުން ތިރިއަށް ބަލާއިރު ފެންނަނީ އެތައް ހާސް ފޫޓެއްގެ ފުން މިނެކެވެ. މިއީ އެޑްވެންޗަރ އަށް ލޯބިކުރާ މީހުންނަށް ހިތްހަމަޖެހުމެއް ލިބުނު ކަމުގައިވިޔަސް، ނުހަނު ނުރައްކާތެރި މަގެކެވެ. އެހެންކަމުން، މިމަގުގައި ދަތުރުކުރުމަށް ބާރުގަދަ އަދި އުސް 4x4 އުޅަނދުތައް ބޭނުންކުރުމަށް ވަރަށް ބޮޑަށް އިރުޝާދު ދެއެވެ.

ކިޝްތުވާރުން ކޭލޮންގަށް އޮންނަ މަގަކީ ނުރައްކާތެރި މަގެއް

މަގަކީ ކަނޑުގެ ސަތަހައަށްވުރެ 1410 މީޓަރުން ފެށިގެން 3005 މީޓަރާ ހަމައަށް އުސްމިން ބަދަލުވާ، ވަރަށް އުސް އަދި ނުރައްކާތެރި މަގެކެވެ. ބައެއް ފަތުރުވެރިން މި މަގަށް 'އޯލްމޯސްޓް ކިލަރ' ނުވަތަ 'މަރުގެ މަގު' ގެ ނަމުން ނަންދީފައިވެއެވެ.

މީހުން ދިރިއުޅޭ ސަރަހައްދުތަކާ އެކަހެރިކޮށް އޮންނަ މިފަދަ ތަނެއްގައި މަގު ހެދުމަށް ބޯޑަރ ރޯޑްސް އޯގަނައިޒޭޝަނާއި ޖޭ.އެންޑް.ކޭ ޕަބްލިކް ވޯކްސް ޑިޕާޓްމަންޓުން ކޮށްފައިވަނީ ވަރަށް ބުރަ މަސައްކަތެކެވެ. އަދި މި މަގު ހެދުމުގެ ތެރޭގައި އެތައް ބަޔަކު ވަނީ ފުރާނަ ގުރުބާންކޮށްފައެވެ.

މަގުގެ މަތިން ފެން އަންނަ ބާރު އޮއިވަރުތަކަކީ އޭގެ ސަބަބުން މަގު ހަލާކުވުމަށް ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. މި މަގުން ދަތުރުކުރާއިރު ނުހަނު ސަމާލުވެ، ކެތްތެރިކަމާއެކު ދުއްވަންޖެހެއެވެ. މަގުގެ އަރިމަތިތައް ކަނޑައިގެން ދިއުމުގެ ފުރުސަތު އޮތުމުން، އަބަދުވެސް މަގުގެ މެދުގައި އުޅަނދު ގެންގުޅުމަކީ މުހިންމު ކަމެކެވެ. މި މަގަށް 'ކްލިފްހޭންގަރ' ގެ ނަން ދީފައިވަނީ އިންތިހާއަށް ހަނިވުމުގެ ސަބަބުންނެވެ.

މަގުން ބަސް ދަތުރުކުރުމަކީ މުސްތަހީލު ކަމަކަށްވާއިރު، ކުދި އުޅަނދުތައްވެސް ދަތުރުކުރަނީ ވަރަށް މަދުންނެވެ. މަގުގެ ބައެއް ކަންމަތި ތަކަކީ ކުރިމަތިން އަންނަ އެއްޗެއް ނުފެންނަހާ ބިރުވެރި ތަންތަނެވެ. ސްނޯ ފޭބުމުގެ ސަބަބުން މި ސަރަހައްދު މުޅިން އެކަހެރިވެ، ދަތުރުފަތުރު މެދުކެނޑިގެން ވެސް ދެއެވެ.

]]>
Sun, 21 Jun 2026 16:38:13 +0500 ހީރަސް
އެލްނީނިއޯ: ހަނަފަސް ތަދުމަޑު ކަމެއްގެ އިންޒާރު https://heerasnews.com/4310 https://heerasnews.com/4310 އެލްނީނިއޯގެ ސަބަބުން ކުރިމަތިވެދާނެ ހަނަފަސްކަމަށް ތައްޔާރުވުމުގެ ގޮތުން، ބިމުގެ ފެން ފަށަލަ މަތިކުރުމަށްޓަކައި ބިމާއި ފެން ރައްކާތެރިކުރުމުގެ މަސައްކަތްތައް އަވަސް މުއްދަތެއްގެ ތެރޭގައި ނިންމުމަށް މަހާރާޝްތުރާ ސަރުކާރުން އަމާޒު ހިފައިފިއެވެ. އެ ގޮތުން ޕޫނޭ ޑިސްޓްރިކްޓްގެ އަވަށްތަކުގައި ކުރިއަށްދާ ފެން ހިންދާ ތަންތަން މަރާމާތުކުރުމާއި، ކޯރުތައް ފުންކުރުމުގެ މަސައްކަތް ކުރަމުން ދެއެވެ.

ފެނަށް ޖެހޭ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ބިމާއި ފެން ރައްކާތެރިކުރުމުގެ އިތުރު މަޝްރޫއުތައް ހިންގަންޖެހޭ ކަމަށް އެ ސަރުކާރުން ދެކެއެވެ. އާންމުންގެ ބައިވެރިވުމާއެކު، ކޯރުތަކުން ކިސަޑު ނެގުމާއި ފުންކުރުމުގެ މަސައްކަތަށް އިސްކަންދިނުމަށާއި ލިބެން ހުރި ފެން އިސްރާފު ނުކުރުމަށާއި، އިގްތިސާދީ ގޮތުން ބަލައިގެން ފެން ބޭނުންކުރުމަށް ދަނޑުވެރިންނަށް އިލްތިމާސްކުރެއެވެ. ވާރޭފެން ރައްކާކޮށް، އެ ފެން ބޭނުންކުރާނެ ގޮތުގެ ފުރިހަމަ ރޭވުމެއް އެކުލަވާލުމަށް ވެސް ލަފާދެއެވެ.

ސަރުކާރުގެ އެކި ސްކީމްތަކުގެ ދަށުން ފެން ރައްކާތެރިކުރުމުގެ މަސައްކަތްތައް ހަލުވިކުރުމަށާއި، އާ މަޝްރޫއުތަކަށް ހުށަހެޅުންތައް ފޮނުވުމަށް ބާރު އަޅައެވެ. މައިގަނޑު ބޭނުމަކީ ބިމުގެ ފެން ފަށަލަ މުއްސަނދިކޮށް، ކުރިމަތިވެދާނެ ހަނަފަސްކަމަކުން ސަލާމަތްވުމެވެ. ފެނަށް ޖެހިފައިވާ އަވަށްތަކަށް އިސްކަންދިނުމުގެ ގޮތުން ފެން ހޯދުމަށްޓަކައި ޓޭންކަރުތަކަށް ބަރޯސާވާންޖެހޭ އަވަށްތަކާއި، ބިމުގެ ފެން އިންތިހާއަށް މަދުވެފައިވާ ސަރަހައްދުތަކުގައި، ފެން ފަށަލަ މަތިކުރުމުގެ މަސައްކަތްތައް ކުރު މުއްދަތެއްގެ ތެރޭގައި ނިންމުމަށް ވަރަށް ބޮޑު އިސްކަމެއް ވަނީދީފައެވެ. 

ބޮޑު އިސްކަމެއް ދީގެން ދުރާލާ ސަލާމަތްވާން މަސައްކަތްކުރާ އެލްނީނިއޯއަކީ ކޮބައިކަން އެނގުން މުހިންމެވެ. 

އެލްނީނިއޯ

އެލްނީނިއޯ އަކީ ޕެސިފިކް ކަނޑުގެ މެދުތެރެއާއި އިރުމަތީ ހިސާބުތަކުގެ ލޮނުގަނޑުގެ ހޫނުމިން އާދަޔާ ހިލާފަށް މަތިވުމުގެ ސަބަބުން ކުރިމަތިވާ ގުދުރަތީ މޫސުމީ ބަދަލެކެވެ. މިއީ އާންމު ގޮތެއްގައި ކޮންމެ 2 އަހަރާއި 7 އަހަރަކުން އެއްފަހަރު ދިމާވާ ކަމެކެވެ. އެލްނީނިއޯގެ ހާލަތު ގާތްގަނޑަކަށް 9 މަހާއި 12 މަހާ ދެމެދުގެ މުއްދަތަކަށް ދެމިގެން ދެއެވެ. އެލްނީނިއޯ ދެމިގެން ދިއުމުގެ ސަބަބުން ދުނިޔޭގެ ވައިގެ ދައުރުވުމާއި، މޫސުމީ އޮއިވަރާއި، ފިނިހޫނުމިނަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ.

މިކަން ހިނގާ ގޮތް:

  • ވައިގެ ބާރު ދެރަވުން: އާންމު ހާލަތުގައި، އިކުއޭޓަރު ސަރަހައްދުގައި އިރުމަތިން ހުޅަނގަށް ބާރުގަދަ ވައި (ޓްރޭޑް ވިންޑްސް) ޖެހެއެވެ. މީގެ ސަބަބުން ކަނޑުގެ ހޫނު ފެންގަނޑު އޭޝިއާ އަދި އޮސްޓްރޭލިއާއާ ދިމާލަށް ކޮއްޕާލާއިރު، ދެކުނު އެމެރިކާގެ އައްސޭރިފަށުން ފިނި، މުއްސަނދި ފެންގަނޑު މައްޗަށް އަރައެވެ.
  • ބަދަލު އައުން: އެލްނީނިއޯގެ ދުވަސްވަރު ވައިގެ ބާރު ދެރަވެ، ނުވަތަ ދިމާ އިދިކޮޅަށް ވައި ޖެހެން ފަށައެވެ. މީގެ ސަބަބުން ކަނޑުގެ ހޫނު ފެންގަނޑު އަލުން އިރުމައްޗަށް، އިކުއެޑޯ އަދި ޕެރޫގެ އައްސޭރިފަށާ ދިމާލަށް ދަތުރުކުރެއެވެ.
  • ދުނިޔެއަށް ކުރާ އަސަރު: ހޫނު ފެންގަނޑަށް އަންނަ މި ބަދަލުގެ ސަބަބުން 'ޖެޓް ސްޓްރީމް' ނުވަތަ މަތީގައި ދައުރުވާ ވައިގެ އޮއިވަރަށް ބަދަލު އާދެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ އެކި ހިސާބުތަކަށް ކުރާ ވިއްސާރައާއި، ތޫފާންތަކާއި، ފިނިހޫނުމިނަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ.

ދުނިޔެއަށް ކުރާ އާންމު އަސަރުތައް:

އެލްނީނިއޯގެ ކޮންމެ ހާދިސާއެއްގައި ކުރާ އަސަރު ތަފާތުވި ނަމަވެސް، ބައެއް ސަރަހައްދުތަކަށް ގަވާއިދުން ބަދަލުތައް އާދެއެވެ:

  • އެމެރިކާ ބައްރު: އެމެރިކާގެ ދެކުނު ސަރަހައްދުތަކާއި ދެކުނު އެމެރިކާގެ ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭވެހި ތޫފާންތައް ކުރިމަތިވާއިރު، މެދުތެރޭ އެމެރިކާއާއި ކެރީބިއަން ސަރަހައްދަށް ތަދުވެ، ހަނަފަސްކަން ކުރިމަތިވެއެވެ.
  • އޮސްޓްރޭލިއާ އަދި ދެކުނު އިރުމަތީ އޭޝިއާ: މި ސަރަހައްދުތަކަށް އާންމުކޮށް ކުރިމަތިވަނީ ބޮޑު ހަނަފަސްކަމެވެ. ޖަންގަލިތަކާއި ވަލުތަކުގައި އަލިފާން ރޯވުމުގެ ނުރައްކާ ބޮޑުވެއެވެ.
  • ދުނިޔޭގެ ފިނިހޫނުމިން: ކަނޑުގެ ލޮނުގަނޑުން ޖައްވަށް މަތީ ދަރަޖައަކަށް ހޫނު ބޭރުކުރާތީ، އެލްނީނިއޯގެ ސަބަބުން ދުނިޔޭގެ އެވްރެޖް ފިނިހޫނުމިން އާންމުކޮށް މަތިވެއެވެ.

އިދިކޮޅު ހާލަތު: ލާނީނިއާ

އެލްނީނިއޯ އަކީ 'އެލްނީނިއޯ-ސަދަން އޮސިލޭޝަން' (ENSO) ކިޔާ މޫސުމީ ބޮޑު ބުރުގެ ހޫނު ދައުރެވެ. މީގެ އިދިކޮޅު ނުވަތަ ފިނި ދައުރަށް ކިޔަނީ 'ލާނީނިއާ' އެވެ. ލާނީނިއާގެ ދުވަސްވަރު ޓްރޭޑް ވިންޑްސް އާދަޔާ ހިލާފަށް ބާރުގަދަވެ، އިރުމަތީ ޕެސިފިކް ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން އާންމު މިންވަރަށް ވުރެ ދަށްވެއެވެ. 

]]>
Sun, 21 Jun 2026 15:29:18 +0500 ހީރަސް
ބޮޑު ކުލިން އަރައިގަތުމަށް ދިރިއުޅުން ބަދަލުކޮއްލި ގަރާޖު https://heerasnews.com/4309 https://heerasnews.com/4309 ބޭރުން ބަލާއިރު އެއީ ހަމަ އާދައިގެ ގަރާޖުގަނޑެކެވެ. ދުވަސްވެ ބާވެފައިވާ، އަޅާނުލާ ދޫކޮށްލާފައިވާ އެތަނަކީ، ފުރިހަމަ ފަރުމާކުރުމުގެ ނަމޫނާއެއް ފެނިދާނެ ފަދަ ތަނެއް ކަމަށް ހީވެސް ނުކުރެވޭނެއެވެ. އަހަރުތަކެއް ވަންދެން އެ ކުޑަ ގަރާޖު ބޭނުން ކުރަމުން އައީ ބާވެފައިވާ ކަރަންޓު ކަތުރުތަކާއި، ދަބަރު ޖަހާފައިވާ ބަގީޗާ ސާމާނާއި، އެތައް ޒަމާނެއް ވަންދެން ނުކަނޑާ ހުރި ކަރުދާސް ފޮށިތައް ބަހައްޓާ ގުދަނެއްގެ ގޮތުގައެވެ. ތަނަކީ އަނދިރި، ކުނިބުނި ގިނަ، އަދި ތެލާއި ބާ ލަކުޑީގެ ވަސް ހިފާފައިވާ ތަނެކެވެ.

އެހެން ނަމަވެސް އުމުރުން 22 އަހަރުގެ އުފެއްދުންތެރި ޒުވާނެއް ކަމަށްވާ ކްލޯއީއަށް އެއީ ހަމައެކަނި ގުދަނެއް ނޫނެވެ. އެއީ އޭނާގެ ހުނަރު ދައްކާލުމަށް ލިބުނު ޖަވާހިރެކެވެ. އަވަށްޓެރިންނަށް ހީވެފައިއޮތީ އެއީ ހަމައެކަނި ބަންދު ދުވަސްތަކުގައި ކޮށްލާ މަރާމާތެއް ކަމަށެވެ. ނަމަވެސް ކްލޯއީއަށް އެއީ އޭނާގެ އަމިއްލަ މިނިވަން މާހައުލެއް އުފެއްދުމަށް ދެކެމުން އައި ހުވަފެނެއްގެ ހަގީގަތެވެ.

ކުނިބުނިން ފުރިފައިވާ ގުދަނަކުން އަރާމު ދިރިއުޅުމެއް އުޅެވޭ ފަދަ ލަގްޒަރީ ތަނަކަށް އެތަން ބަދަލުކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެތަނުގައި ހުރި ބާ އެއްޗެހި ހުސްކޮށް، ތަން ސާފުކޮށް، އެ ކުޑަ ދިގު ދާއިރާއެއްގެ ބިމެއްގައި ދިރިއުޅޭނެ ގޮތެއް ތަސައްވުރު ކުރުމަށް އެތައް މަހެއްގެ ބުރަ މަސައްކަތް ހޭދަވިއެވެ. 

"އާންމުކޮށް މީހުން މިތަނަށް ސަމާލުކަމެއް ނުދޭ،" ކްލޯއީ ހިނިތުންވުމާއެކު ބުންޏެވެ. "އެކަމަކު ދޮރުން އެތެރެއަށް ވަދެވުމުން، ބޭރު ދުނިޔެމަތިން މުޅިން ހަނދާން ނެތޭނެ." މަޑުމަޑުން ދޮރު ހުޅުވާލަމުން، ބޭރުފުށުން އާދައިގެ ދޮރުގެ ފަހަތުގައި ފޮރުވިފައިވާ ހައިރާންކުރުވަނިވި މަންޒަރު އޭނާ ދައްކާލިއެވެ.

ދޮރު ހުޅުވާލުމާއެކު އޭނާގެ ބުރަ މަސައްކަތުގެ ފޮނި ނަތީޖާ ވަގުތުން ފެނިގެންދެއެވެ. އެއް އިރެއްގައި އަނދިރި، ކުނިބުނި ގިނަ "ކާރު ގަރާޖެއް"ގެ ގޮތުގައި އޮތް ތަން، މިހާރު ފެންނަނީ މުޅިން ތަފާތު، އުޖާލާ މާހައުލެއްގެ ގޮތުގައެވެ. ތަނެއްގެ ބޮޑުމިނަކީ ނުވަތަ އެތަނެއްގެ ކުރީގެ ހާލަތަކީ އެތަނަކުން ނެރެވިދާނެ ފުރިހަމަ ނަތީޖާ ހުއްޓުވޭނެ ކަމެއް ނޫންކަން ސާބިތުކޮށްދޭ ދިރިހުރި މިސާލެކެވެ.

އެތެރެއަށް ވަދެވުމާއެކު އިހުސާސްވަނީ މުޅިން ތަފާތު އަރާމު މާހައުލެކެވެ. ގާކޮޅުތަކުން ފުރިފައިވާ މަގުން އެތެރެއަށް ވަދެވުމުން އިހުސާސްވަނީ ފެންވަރު ރަނގަޅު ހޮޓަލަކަށް ވަދެވުނު ހެންނެވެ. ތެޔޮ އެޅި ހަޑިވެފައި އޮންނަ ތަޅުންގަނޑާއި ބާވެފައިވާ ބިތްތަކުގެ ބަދަލުގައި މިހާރު ފެންނަން ހުރީ އުޖާލާ މުށިކުލައިގެ ލަކުޑި ތަޅުންގަނޑަކާއި، ހިތްގައިމު ކްރީމް ކުލައިގެ ފާރުތަކެވެ. ކްލޯއީ ވަނީ އެ ހަނި ޖާގަ، އާދައިގެ ކުލަތަކާއި ހިތްގައިމު ފަރުމާކުރުންތައް ބޭނުންކޮށްގެން ތަނަވަސް ތަނެއްގެ ގޮތުގައި ދައްކުވައިދީފައެވެ.

ސިޓިންގ ރޫމްގެ މެދުގައި ބަހައްޓާފައިވަނީ އަރާމުކޮށްލުމަށް ހާއްސަ ގަދަ ފެހިކުލައިގެ ވެލްވެޓް ސޯފާއެކެވެ. އޭގެ ކުރިމަތީގައި، ބާ ލަކުޑިން ތައްޔާރުކޮށްފައިވާ މޭޒެއް މޮރޮކަން ފާޑުގެ ބޯ ދޫލައެއްގެ މަތީގައި ބަހައްޓާފައި ހުއްޓެވެ. ތަނަށް ގުދުރަތީ އަލި ވައްދައި، ތަނުގެ ދަތިކަން އިހުސާސްވިޔަ ނުދިނުމަށްޓަކައި ފާރުތަކުގައި ބޮޑެތި ކުޑަދޮރުތައް ވަނީ ހަރުކޮށްފައެވެ. ފާރުތަކާއި ސީލިންގުގައި އެލުވާފައިވާ ފެހި ގަސްތަކުން އެ މާހައުލަށް ދިރުމާއި ތާޒާކަން ގެނެސްދެއެވެ.

"ލައިޓިންގއަކީ އެންމެ މުހިންމު ކަންތައް،" ކްލޯއީ ކިޔައިދިނެވެ. އަލި ބަދަލުކުރެވޭ ގޮތަށް ހަރުކޮށްފައިވާ ބައްތިތަކުގެ އެހީގައި، ދުވާލުގެ މަސައްކަތު މާހައުލަކުން ފެށިގެން ރޭގަނޑުގެ ހިތްފަސޭހަ މަޑު މާހައުލަކަށް އެތަން ބަދަލުކޮށްލެވެއެވެ. އެތަނަށް ބޭނުންކޮށްފައިވާ ކޮންމެ ފަރުނީޗަރަކީވެސް އެތަނުގެ ޖާގައާ ގުޅޭގޮތަށް ވަރަށް ފަރުވާތެރިކަމާއެކު އެކަށައަޅާފައިވާ ތަކެއްޗެވެ. ކްލޯއީގެ ގަރާޖަކީ އެންމެ އިންޗިއެއްވެސް ބޭކާރު ނުކޮށް، ކުޑަ ޖާގައެއްގައި ހިތްހަމަޖެހިގެން ދިރިއުޅެވިދާނެކަން ސާބިތުކޮށްދޭ ފުރިހަމަ ފަރުމާއެކެވެ. 

]]>
Sun, 21 Jun 2026 13:12:47 +0500 ނިއުސް ޑެސްކް
ސިޔާސަތުތައް ބައްޓަން ކުރެވެނީ މަހުޖަނުންގެ ފައިދާއަށް https://heerasnews.com/4302 https://heerasnews.com/4302 ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ހަތް ގައުމު ހިމެނޭ ޖީ7 ގެ އަހަރީ ސަމިޓް ނިންމާލުމަށްފަހު، އެ ގައުމުތަކުގެ ވެރިން އެނބުރި ގައުމަށް ވަޑައިގަންނަވަނީ އާމްދަނީގެ ފަރަގާއި، މޫސުމަށް އަންނަ ބަދަލުތަކާއި އަދި ސަރަހައްދީ ހަމަނުޖެހުންތަކަށް އެދެވޭ ހައްލެއް ނުހޯދިއެވެ. އޭގެ ބަދަލުގައި، ސަމިޓުގައި އިސްކަންދީފައިވަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ތެޔޮ އުފައްދާ ބޮޑެތި ކުންފުނިތަކުގެ އިސްވެރިންނަށް މަރުހަބާ ކިޔުމަށެވެ.

އޮކްސްފޭމް އިންޓަނޭޝަނަލްގެ އެގްޒެކެޓިވް ޑިރެކްޓަރު އަމީތާބް ބެހާރް، ޖީ7 ސިފަކުރައްވާފައިވަނީ "ނުފޫޒުގަދަ އަދި މުއްސަނދި މަހުޖަނުންގެ ކުލަބެއްގެ" ގޮތުގައެވެ. އޭނާ ވަނީ އާންމު ރައްޔިތުންގެ ދިރިއުޅުން ރަނގަޅުކުރުމާއި އިންސާނީ އެހީތެރިކަމަށްވުރެ ބޮޑަށް، ވިޔަފާރިތަކުގެ މަސްލަހަތަށް ސަމިޓުގައި އިސްކަންދީފައިވާތީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ފްރާންސްގެ އަލްޕްސް ފަރުބަދަ ސަރަހައްދުގައި ބޭއްވި މި ސަމިޓުގެ ފަހު ދުވަހު، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އޭއައި ކުންފުނިތަކުގެ ވެރިން ވަނީ ޖީ7 ގެ ވެރިންނާއެކު މެންދުރުގެ ފަރިއްކޮޅެއްގައި ބައިވެރިވެ، އޭއައި އާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. މީގެ ތެރޭގައި އޯޕަންއޭއައި، އެންތްރޮޕިކް އަދި ގޫގުލް ޑީޕްމައިންޑްގެ ސީއީއޯއިން ހިމެނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ، އެންތްރޮޕިކްގެ އެންމެ ކުރިއަރާފައިވާ އޭއައި މޮޑެލްތައް ބޭރު ގައުމުތަކަށް ބޭނުން ނުކުރެވޭ ގޮތަށް އެމެރިކާ އިން އަމުރުކޮށްފައިވަނީ މި ސަމިޓުގެ މަދު ދުވަސްކޮޅެއް ކުރިންނެވެ. މި ފަރާތްތަކުން ސަމިޓުގައި ބައިވެރިވުމަކީ ދުނިޔޭގެ އެންމެ މުއްސަނދި ފަރުދުންގެ ޖިއޯޕޮލިޓިކަލް ނުފޫޒު ގަދަވަމުންދާކަމުގެ ހެއްކެކެވެ.

ސަމިޓް ފެށުމުގެ ކުރިން ޖެނީވާގައި ގާތްގަނޑަކަށް 20,000 މީހުން ވަނީ ޖީ7 އާ ދެކޮޅަށް އިހުތިޖާޖުކޮށްފައެވެ. އެތަނުން އެއް ބޯޑުގައި ލިޔެފައިވަނީ، "ތިޔަބައިމީހުންގެ ދުޝްމަނުން އަންނަނީ ކަނޑު ބޯޓަކު ނޫނެވެ. އެމީހުން އަންނަނީ އަމިއްލަ ޖެޓްތަކުގައެވެ. ޖީ7 ބޭނުމެއް ނޫނެވެ!"

ޖީ7 ސަމިޓާ ދެކޮޅަށް އިހުތިޖާޖުގައި ބައިވެރިވި ޕިޕާ ސޯގީ ބުނި ގޮތުގައި، ޖީ7 އަކީ ފަގީރުން ބާކީކޮށް، މުއްސަނދިން އިތުރަށް މުއްސަނދިވާނެ ގޮތްތައް ނިންމުމަށް ބާއްވާ ބައްދަލުވުމެކެވެ. އަދި ސަމިޓުގައި ދެ އަންހެން ލީޑަރުން ތިއްބެވި ނަމަވެސް، މިއީ އަދިވެސް ފިރިހެނުންގެ ބާރުވެރިކަން ދައްކުވައިދޭ ނިޒާމެއް ކަން އޭނާ ފާހަގަކުރިއެވެ.

އިންޑިއާގެ ނިއުދިއްލީން އޮކްސްފޭމްގެ އެގްޒެކެޓިވް ޑިރެކްޓަރު އަމީތާބް ބެހާރް ވިދާޅުވި ގޮތުގައި، ދުނިޔޭގައި ކާބޯތަކެއްޗާއި، ތެލާއި، އަދި ގަސްކާނާގެ އަގު އިންތިހާއަށް އުފުލި، އާންމު ރައްޔިތުންނަށް އަސާސީ ބޭނުންތައް ފުއްދުމަށް ދަތިވެފައިވާ ދަނޑިވަޅެއްގައި، މިފަދަ "މަހުޖަނުންގެ ކުލަބަކުން" ބާއްވާ ބައްދަލުވުމަކުން ހަގީގީ ހައްލެއް ނުފެންނާނެއެވެ. ރައީސް ޓްރަމްޕް ފަދަ ލީޑަރުންގެ ބައިވެރިވުން ކަށަވަރުކުރުމަށްޓަކައި، މޫސުމަށް އަންނަ ބަދަލުތަކާއި ޖެންޑާ ފަދަ މުހިންމު މައްސަލަތައް އެޖެންޑާއިން އުނިކޮށްލާފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

އިންސާނީ އެހީގެ ދާއިރާއިން ބޮޑެތި އުނިކުރުންތަކެއް އައިސްފައިވާކަން ފާހަގަކުރަމުން އަމީތާބް ވިދާޅުވީ، މިދިޔަ އަހަރު އެކަނިވެސް 48 ބިލިއަން ޑޮލަރުގެ އެހީ ކަނޑާލާފައިވާ ކަމަށެވެ. މީގެ ސަބަބުން ފަގީރު ގައުމުތަކުގެ އާންމު ހިދުމަތްތައް ހުއްޓި، ދަރަނި ބޮޑުވެ، މީހުން މަރުވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިދިކޮޅަށް، ހަނގުރާމަ ފެށުނު ފަހުން ޖީ7 ގައުމުތަކުގެ ހަކަތައިގެ ދާއިރާގެ 48 ބިލިއަނަރުންގެ މިލްކިއްޔާތަށް 23.5 ބިލިއަން ޑޮލަރު އިތުރުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ގައްޒާގެ މައްސަލައާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަމީތާބް ވިދާޅުވީ، ގައްޒާއަށް ބޭނުންވަނީ ހަމައެކަނި ކުޑަ އެހީއެއް ނޫން ކަމަށާއި، އެއަށްވުރެ ބޮޑަށް ބޭނުންވަނީ އިންސާނީ ކަރާމާތާއި، ރައްކާތެރިކަމާއި، އަދި އަލުން އާރާސްތުކުރުން ކަމަށެވެ.

ނިންމާލަމުން އޭނާ ވިދާޅުވީ، ދުނިޔޭގެ ލީޑަރުންނާއި އާންމު ރައްޔިތުންގެ މެދުގައި އޮތް ގުޅުން ކެނޑިފައިވާ ކަމަށެވެ. ސިޔާސަތުތައް ބައްޓަން ކުރެވެނީ މަހުޖަނުންގެ ފައިދާއަށް ކަމަށާއި، ތަކެތީގެ އަގުބޮޑުވުމާއި އާންމުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުން ފަދަ އަސާސީ މައްސަލަތައް އެޖެންޑާގައި ނުހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

                    

]]>
Fri, 19 Jun 2026 10:54:54 +0500 ނިއުސް ޑެސްކް
ރާހުލް ގާނދީއަކީ އިދިކޮޅު އެއްބައިވަންތަކަން ބަލިކަށިކުރާ ލީޑަރެއް https://heerasnews.com/4301 https://heerasnews.com/4301 ދިގު މުއްދަތެއްގެ ވަންދެން، ޓަމިލްނާޑޫގެ ދްރަވިޑިއަން ސިޔާސީ މަސްރަޙުގައި ކޮންގްރެސް އޮތީ ވަރަށް ތަފާތު މަގާމެއްގައެވެ. ޓަމިލްނާޑޫގެ ދްރަވިޑިއަން ސިޔާސީ މަސްރަޙުގައި ކޮންގްރެސް އަކީ ޑީ.އެމް.ކޭ އަށް ނުރައްކާވާ ވަރަށްވުރެ ބަލިކަށި، ނަމަވެސް ދޫކޮށްލަން ނުކެރޭހާ ބޭނުންތެރި، އަދި ހަމަހަމަ ބާރެއްގެ ގޮތުގައި މުއާމަލާތް ނުކުރެވޭހާ ޑީ. އެމް. ކޭ އަށް ބަރޯސާވެފައި އޮތް ޕާޓީއެކެވެ. މި ގުޅުން އެތައް އިންތިހާބަކުއްސުރެ ދެމިއޮތީ ދެފަރާތަށްވެސް އޭގެ ފައިދާ އެނގޭތީއެވެ. އެގޫޅުމަށް ކޮންގްރެސްއިން ގައުމީ ހައިބަތު ގެނެސްދޭއިރު، ދެން ހުރި ހުރިހާ ކަމެއް ފޯރުކޮށްދެނީ ޑީ.އެމް.ކޭ އިންނެވެ.

ނަމަވެސް، މިހާރު އެ ގުޅުން މިވަނީ ނިމުމަކަށް އައިސްފައެވެ. މި ވަކިވުން ކިހާ ހިތްދަތިވެފައިވާކަން ދެނެގަތުމަށްޓަކައި، އާދީއްތަ ދުވަހު ޝާއިޢުކުރި ޑީ.އެމް.ކޭ ގެ ރަސްމީ ނޫސް 'މުރަސޯލީ' ގެ އެޑިޓޯރިއަލް ކިޔާލުން ފުދެއެވެ.

'މުރަސޯލީ' ގެ އެޑިޓޯރިއަލް އަކީ ހަމައެކަނި ރާހުލް ގާނދީއަށް އަމާޒުކޮށްދިން ހަމަލާއެއް ނޫނެވެ. މިއީ ކޮންގްރެސްގެ މެންބަރުން ޑީ.އެމް.ކޭ އިސްވެ އޮންނަ ކޯލިޝަން ދޫކޮށް، ވިޖޭގެ ސަރުކާރާ ގުޅުމުން، އެއީ ސިޔާސީ ގޮތުން ވެވުނު ހިޔާނާތެއްގެ ގޮތުގައި ޑީ.އެމް.ކޭ އިން ދެކޭކަން ހާމަކޮށްދިނުމަށް ކުރި މަސައްކަތެކެވެ.

އެޑިޓޯރިއަލްގައި އުފައްދާފައިވާ މައިގަނޑު ސުވާލަކީ ވަރަށް ސާދާ ސުވާލެކެވެ. ޑީ.އެމް.ކޭ އިން ތުހުމަތުކުރާ ގޮތުގައި، ރާހުލް ގާނދީ އިދިކޮޅު އިއްތިޙާދުގެ އެއްބައިވަންތަކަމަށް އެތައް އަހަރެއް ވަންދެން ހުރަސްއަޅުއްވަމުން ގެންދަވާއިރު، އެއްބައިވަންތަކަމާ ބެހޭގޮތުން އެހެން މީހުންނަށް ނަސޭޙަތް ދެއްވަނީ ކިހިނެއް ހެއްޔެވެ؟ 

'މުރަސޯލީ' ގެ އެޑިޓޯރިއަލްގައި ފާހަގަކޮށްފައިވަނީ 'އިންޑިއާ' ބްލޮކްގައި ހިމެނޭ ސަރަޙައްދީ ޕާޓީތަކުގެ މެދުގައި އާންމުވަމުންދާ ޝަކުވާއެކެވެ. އެއީ ރާހުލް ގާނދީ ގައުމީ ފެންވަރުގައި އެއްބައިވަންތަކަމުގެ ވާހަކަ ދެއްކެވި ނަމަވެސް، ސްޓޭޓްތަކުގައި ގެންގުޅުއްވަނީ ތަފާތު ސިޔާސަތެއް ކަމެވެ. މިސާލެއްގެ ގޮތުން ކެރެލާ ފާހަގަކޮށްފައިވެއެވެ.

ކެރެލާގެ ޗީފް މިނިސްޓަރު ޕިނަރާއީ ވިޖަޔަންއާއި ސީ.ޕީ.އައި(އެމް) އަށް ރާހުލް ތަކުރާރުކޮށް ދެއްވި ހަމަލާތަކާއި، ވިއަވަތި (ލެފްޓް) ޕާޓީތަކާއި ބީ.ޖޭ.ޕީ އާ ދެމެދު "ސިއްރު އެއްބަސްވުމެއް" އޮތް ކަމަށް ކުރެއްވި ތުހުމަތުތައް އެޑިޓޯރިއަލްގައި ހަނދާންކޮށްދީފައިވެއެވެ. މިއީ ކޮމިއުނިސްޓް ލީޑަރުން ވަރަށް ބޮޑަށް ކޯފާވި ކަމެކެވެ.

އެންމެ ފަހުން ބޭއްވުނު 'އިންޑިއާ' އިއްތިޙާދުގެ މަޝްވަރާތަކުގައި، ސީ.ޕީ.އައި(އެމް) ގެ ލީޑަރުން މިކަމާ ބެހޭގޮތުން ރާހުލްއާ ސީދާ ސުވާލުކުރެއްވި ކަމަށްވެއެވެ. މުރަސޯލީގެ ލިޔުމުގައި، ސީ.ޕީ.އައި(އެމް) ގެ މެންބަރު ޖޯން ބްރިޓާސްގެ ބަސްތައް ނަކަލުކޮށްފައިވެއެވެ. އޭނާ ވިދާޅުވި ގޮތުގައި، ބީ.ޖޭ.ޕީ އާ ދެކޮޅަށް ވިއަވަތި ޕާޓީތަކުން ކުރާ މަސައްކަތަށް ކޮންގްރެސްގެ އާނބަހެއް ބޭނުމެއް ނުވެއެވެ. އަދި ރާހުލްގެ ވާހަކަފުޅުތަކަކީ "ސިޔާސީ ނުކުޅެދުންތެރިކަން" ކަމަށް ސީ.ޕީ.އައި ގެ ޖެނެރަލް ސެކްރެޓަރީ ޑީ. ރާޖާ، ސިފަކުރެއްވި ކަމަށްވެސް ބުނެފައިވެއެވެ.

މައްސަލައަކީ ހަމައެކަނި ކެރެލާއާ ގުޅުންހުރި ކަމެއް ނޫނެވެ. ސަރަޙައްދީ ޕާޓީތަކުން ގަބޫލުކުރާ ގޮތުގައި، ޕާލަމެންޓް އިންތިހާބުގައި ކޮންގްރެސްއިން އެއްބައިވަންތަކަމަށް އެދޭއިރު، ސްޓޭޓް އިންތިހާބުތަކުގައި އަމަލުކުރަނީ ވާދަވެރިއެއްގެ ގޮތުގައެވެ.

'މުރަސޯލީ' އެޑިޓޯރިއަލްގެ އެންމެ ވަރުގަދަ ޖުމްލައަކީ، ސްޓޭޓްތަކުގައި އެ ޕާޓީތައް ބަލިކަށިކުރަން މަސައްކަތްކުރުމަށްފަހު، ގައުމީ ފެންވަރުގައި ބީ.ޖޭ.ޕީ ބަލިކުރުމަށް އެހީތެރިވުމަށް ކޮންގްރެސްއިން އެދޭ އެދުމެވެ. މާނައަކީ، ކޮންގްރެސް ބޭނުންވަނީ ދިއްލީގައި އިއްތިޙާދަކަށް ވެފައި، އެހެން ހުރިހާ ތަނެއްގައި ވާދަވެރިއަކަށް ވުމަށެވެ. ނަމަވެސް ޑީ.އެމް.ކޭ ގެ އަސްލު ރުޅިވެރިކަން އޮތީ ކެރެލާއަކަށް ނޫނެވެ. އެއީ ޓަމިލްނާޑޫއާ މެދުގައެވެ.

2026 ގެ އިންތިހާބުގައި ޑީ.އެމް.ކޭ އިއްތިޙާދުގެ ތެރެއިން ކޮންގްރެސްއިން ފަސް ގޮނޑި ކާމިޔާބުކުރިއެވެ. ނަމަވެސް ހަފުތާތަކެއްގެ ތެރޭގައި އެ މެންބަރުން ވިޖޭގެ ކޯލިޝަން ސަރުކާރާ ގުޅުނެވެ. ޑީ.އެމް.ކޭ ގެ ލީޑަރުންނަށް މިއީ ހަމައެކަނި ސިޔާސީ ބަދަލެއް ނޫނެވެ. މިއީ އެކަނިވެރިކޮށްލުމެކެވެ.

އެޑިޓޯރިއަލްގައި ތަކުރާރުކޮށް ބުނެފައިވަނީ، މިފަދަ ކަމެއް ކޮންގްރެސްގެ އިސްވެރިންނަށް ނޭނގި ނުވަތަ އެބޭފުޅުންގެ ރުހުން ނެތި ނުހިނގާނެ ކަމަށެވެ. މިއީ ވަރަށް ނުރައްކާތެރި ތުހުމަތެކެވެ. އެއީ މިއީ ހަމައެކަނި މެންބަރުންތަކެއް ނިންމި ނިންމުމެއްގެ ބަދަލުގައި، ރޭވިގެން ހިންގި "ބަގާވާތެއްގެ" ގޮތުގައި ސިފަވާތީއެވެ.

'މުރަސޯލީ' ގެ އެޑިޓޯރިއަލުން ފެންނަ އަސަރުގަދަ ރާގަކީވެސް ފާހަގަކޮށްލެވޭ ކަމެކެވެ. މީގެ ކުރިން ޑީ.އެމް.ކޭ އިން އެންމެ ވަރުގަދަ ހަމަލާތައް އަމާޒުކުރަނީ ބީ.ޖޭ.ޕީ ނުވަތަ އޭ.އައި.އޭ.ޑީ.އެމް.ކޭ ފަދަ ވާދަވެރިންނަށެވެ. ނަމަވެސް މިހާރު ރާހުލް ގާނދީއާ މެދު ވާހަކަ ދައްކަނީ ކުރިން ދުޝްމަނުންނަށް ބޭނުންކުރި ބަހުރުވައިންނެވެ.

އެޑިޓޯރިއަލްގައި ރާހުލް ސިފަކޮށްފައިވަނީ އިދިކޮޅު އެއްބައިވަންތަކަން ބަލިކަށިކުރާ ލީޑަރެއްގެ ގޮތުގައެވެ. އަދި އަހިލޭޝް ޔާދަވް އާއި ތޭޖަސްވީ ޔާދަވް ފަދަ ލީޑަރުންގެ ހުރި ހިތްހަމަނުޖެހުންތައް މިސާލެއްގެ ގޮތުގައި ދައްކައި، ކޮންގްރެސްއާ މެދު އޮތް ނުރުހުން މުޅި އިންޑިއާއަށް ފެތުރިފައިވާކަން ހާމަކުރަން މަސައްކަތްކޮށްފައިވެއެވެ.

ޑީ.އެމް.ކޭ އިން ބޭނުންވަނީ 'އިންޑިއާ' އިއްތިޙާދަށް ދިމާވެފައިވާ މައްސަލައަކީ ފިކުރީ ތަފާތުވުމެއް ނޫން ކަމަށާއި، އެއީ ކޮންގްރެސްގެ އަމަލުތަކުގެ ސަބަބުން ދިމާވި ކަމެއްކަން ދެއްކުމަށެވެ. އަދި މި ލިޔުމުގައި މަލާމާތުގެ ރާގުވެސް އެކުލެވިގެންވެއެވެ. ހާއްސަކޮށް، "ލޯޑް ޝިވާ ވިހަ ބުއި ފަދައިން" ކޮންގްރެސްއިން ފާޑުކިޔުންތައް ތަހައްމަލު ކުރަންޖެހޭނެ ކަމަށް ރާހުލް ވިދާޅުވި ވާހަކައަށް ވަރަށް ބޮޑަށް މަލާމާތްކޮށްފައިވެއެވެ.

އެޑިޓޯރިއަލްގައި ބުނެފައިވާ ގޮތުގައި، ރާހުލް ބޭނުންކުރެއްވި މިސާލުންވެސް އޭނާގެ ދައުވާ ބާތިލުވެއެވެ. ވާހަކައިގައިވާ ގޮތުން ޝިވާ އަކީ ވިހަ އުފެއްދި ފަރާތެއް ނޫނެވެ، އޭނާ ހަމައެކަނި އެ ބުއީއެވެ. އިދިކޮޅު އިއްތިޙާދުގެ ތެރޭގައި މިހާރު ވިހަ ފެތުރިފައިވާނަމަ، އެ ވިހަ އެންމެ ފުރަތަމަ އުފެއްދީ ކާކުތޯ އެ ނޫހުން ސުވާލު އުފައްދައެވެ. މި ހުރިހާ ވާހަކަތަކެއްގެ ފަހަތުގައި އޮތީ ބޮޑު ސިޔާސީ ހަގީގަތެކެވެ.

ވިޖޭގެ ކުރިއެރުމާއި ޓީ.ވީ.ކޭ އިސްވެ އޮންނަ ސަރުކާރެއް އުފެދުމުން ޓަމިލްނާޑޫގެ ސިޔާސީ މަސްރަޙަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. އޭ.އައި.އޭ.ޑީ.އެމް.ކޭ ބައިބައިވެ، ކޮންގްރެސް ސަރުކާރާ ގުޅި، އެހެން ޕާޓީތައްވެސް ދަނީ އެމީހުންގެ ސިޔާސަތުތައް މުރާޖައާ ކުރަމުންނެވެ. ގިނަ ދުވަސްތަކެއް ވަންދެން އިދިކޮޅު ސިޔާސީ މައި މަރުކަޒުގެ ގޮތުގައި އޮތް ޑީ.އެމް.ކޭ އަށް، މިހާރު ވަނީ ކުރިއާ އަޅާބަލާއިރު އެކަނިވެރިކަމެއް އިހުސާސްކުރަން ޖެހިފައެވެ. މި އެކަނިވެރިކަމަކީ މި ހަމަލާ މިހާ ވަރުގަދަވާން ދިމާވި މައިގަނޑު ސަބަބެވެ.

ނޫހުގެ އެޑިޓޯރިއަލް އަމާޒުކޮށްފައިވަނީ ރާހުލް ގާނދީއަށް ކަމަށް ފެނުނު ނަމަވެސް، މިއީ ހަގީގަތުގައި ޑީ.އެމް.ކޭ އާ ބެހޭގޮތުން ލިޔެފައިވާ ލިޔުމެކެވެ. މިއީ އެ ޕާޓީ އިސްވެ އޮވެ އުފެއްދި އިއްތިހާދެއް މިހާ އަވަހަށް ރޫޅިގެން ދިޔަ ގޮތް ތަފްސީލުކޮށްދިނުމަށާއި، ވަފާތެރިކަން އޮތީ ހަމައެކަނި އެއް ފަރާތަކުންކަން ޕާޓީގެ މެންބަރުންނަށް ވިސްނައިދިނުމަށް ކުރި މަސައްކަތެކެވެ. އަދި ޕާޓީގެ ބާރު ކުޑަވެގެން ދިޔަ ސިޔާސީ ބަދަލުތަކުގެ ޒިންމާ އެހެން ފަރާތެއްގެ ބޮލުގައި އެޅުވުމަށް ކުރި މަސައްކަތެކެވެ.

އެތައް އަހަރެއް ވަންދެން ކޮންގްރެސްއަކީ ޑީ.އެމް.ކޭ ގެ އެހީތެރިއެއްގެ ގޮތުގައި ބެލެވުނު ނަމަވެސް، މިއަދު 'މުރަސޯލީ' ނޫހުގެ ސަފުހާތަކުން ފެންނަނީ ކޮންގްރެސްއަކީ ތަކުރާރުކޮށް ކުށްކުރާ ފަރާތެއްގެ ގޮތުގައި ސިފަކޮށްފައިވާ މަންޒަރެވެ. މިއީ އެ އެޑިޓޯރިއަލްއިން ދޭ އެންމެ މުހިންމު މެސެޖު ކަމުގައި ވެދާނެއެވެ. ޑީ.އެމް.ކޭ އިން މިހާރު ވާހަކަދައްކަމުން ދަނީ ދެން އަލުން ގުޅުމަކީ ވާނެ ކަމެއް ނޫން ކަމަށް ބަލައިގެންނެވެ. އެބޭފުޅުންގެ ރާގު ހުރީ މި ގުޅުން މުޅިން ނިމުމަކަށް އައިސްފައިވާ ކަމަށް ދޭހަވާ ފަދަ ގޮތަކަށެވެ.

]]>
Fri, 19 Jun 2026 10:17:23 +0500 ނިއުސް ޑެސްކް
ބާމިއުޑާ ޓްރޭންގަލުން އުޅަނދުފަހަރު ގެއްލެނީ ވަރަށް މަދުން https://heerasnews.com/4300 https://heerasnews.com/4300 ބާމިއުޑާ ޓްރޭންގަލް އަކީ އުތުރު އެޓްލާންޓިކް ކަނޑުގެ ސަރަހައްދެކެވެ. ތިނެސްކަން މި ސަރަހައްދުން 50 އަށްވުރެ ގިނަ އުޅަނދާއި 20 އަށްވުރެ ގިނަ މަތިންދާބޯޓު އެއްވެސް ނިޝާނެއް ނެތި ގެއްލިފައިވާ ކަމަށް ބުނެވެއެވެ. ސަރަހައްދުގެ ސީދާ އިންތަކާމެދު އިލްމީ ގޮތުން އެއްބަސްވެވިފައި ނުވި ނަމަވެސް، މިއީ ފްލޮރިޑާގެ އައްސޭރިފަށުން ފެށިގެން ބާމިއުޑާ އަދި "ގްރޭޓަރ އެންޓިލެސް" ޖަޒީރާތަކާ ދެމެދު އޮންނަ ތިނެސްކަން ބައްޓަމުގެ ސަރަހައްދެކެވެ. ސަރަހައްދުގެ ބޮޑުމިން ގާތްގަނޑަކަށް 500،000 އާއި 1،510،000 އަކަ މޭލާ ދެމެދުގައިވާނެ ކަމަށް އަންދާޒާ ކުރެވެއެވެ.

ބާމިއުޑާ ޓްރޭންގަލް ސަރަހައްދުގައި ހިނގާފައިވާ އާދަޔާހިލާފު ކަންތައްތަކުގެ ރިޕޯޓުތައް 19 ވަނަ ގަރުނުގެ މެދުތެރެއާ ހަމައަށް ދެމެގެން ގޮސްފައިވެއެވެ. ބައެއް އުޅަނދުފަހަރު އެއްވެސް ސަބަބެއް ނެތި، ފަޅުވެރިންނާ ނުލައި ދޫކޮށްލާފައި ވަނިކޮށް ފެނިފައިވާއިރު، އަނެއްބައި އުޅަނދުތަކުން އެއްވެސް ނުރައްކަލުގެ ސިގްނަލެއް ފޮނުވުމެއް ނެތި ގެއްލިފައިވެއެވެ. މީގެ އިތުރުން، ބައެއް މަތިންދާބޯޓުތައް ގެއްލިގެން އެތަކެތި ހޯދުމަށް ދިޔަ ރެސްކިއު މިޝަންތައް ވެސް މި ސަރަހައްދުން ގެއްލިފައިވާ ކަމަށް ބުނެވެއެވެ. ނަމަވެސް، ގެއްލުނު އެއްވެސް އެއްޗެއްގެ ބައިތައް ފެނިފައި ނުވާއިރު، މިކަންކަން ތަރުޖަމާ ކުރުމަށްޓަކައި ބައެއް ފަރާތްތަކުން ދައްކާފައިވަނީ ހިޔާލީ ވާހަކަތަކެކެވެ.

ބާމިއުޑާ ޓްރޭންގަލް ސަރަހައްދުން އުޅަނދުފަހަރު ގެއްލެނީ ރޫހާނީ ކަންތައްތަކެއްގެ ސަބަބުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރި ނަމަވެސް، އޯޝަނަގްރަފިކް ދިރާސާތަކަށް ބިނާކޮށް ސައިންސްވެރިން ބުރަވަނީ މިއީ ދުނިޔޭގެ ގުދުރަތީ އަދި ތިމާވެށީގެ ސަބަބުން ދިމާވާ ކަންތައްތަކެއް ކަމަށެވެ. އެއް ނަޒަރިއްޔާއެއްގައިވާ ގޮތުން، ކޮމްޕަހަށް އަންނަ ބަދަލުތަކަށް ސަމާލުކަން ނުދެވުމުގެ ސަބަބުން ދަތުރުކުރާ މަގު އޮޅި ހިތާމަވެރި ހާދިސާތައް މެދުވެރިވަނީއެވެ. އަނެއް ނަޒަރިއްޔާއަކީ "ރޯގް ވޭވްސް" ނުވަތަ ކުއްލިއަކަށް އުފެދޭ ބިޔަ ރާޅުތަކުގެ ސަބަބުން އުޅަނދުފަހަރު ހަލާކުވަނީ ކަމަށެވެ. މިފަދަ ރާޅުތައް 100 ފޫޓަށްވުރެ އުސްވާތީ، މަތިންދާބޯޓެއް ނުވަތަ އުޅަނދެއްގެ އެއްވެސް ނިޝާނެއް ނުފެންނަ ވަރަށް ސުންނާފަތިކޮށްލުމުގެ ގާބިލުކަން މި ރާޅުތަކަށް ލިބިގެންވެއެވެ.

އެމެރިކާގެ ނޭޝަނަލް އޯޝަނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން އިން ހާމަކުރާ ގޮތުގައި، ދުނިޔޭގެ އެހެން ކަނޑުގެ ސަރަހައްދުތަކާ އަޅާބަލާއިރު ބާމިއުޑާ ޓްރޭންގަލްގައި އުޅަނދުފަހަރު ގެއްލޭ މިންވަރު އިތުރެއް ނޫނެވެ. އަދި މިއަދުވެސް އެތައް ބަޔަކު އެއްވެސް ނުރައްކަލެއް ނެތި އެ ސަރަހައްދުން ދަތުރުފަތުރު ކުރަމުންދެއެވެ.

މައުލޫމާތަށްޓަކާ:-

ކަނޑުގެ އިލްމު ނުވަތަ އޯޝަނަގްރަފީ ދުނިޔޭގެ ކަނޑުތަކާއި ކަނޑުގެ ދިރުންތަކާ ގުޅޭ ހުރިހާ ދާއިރާއެއް ދިރާސާކުރާ ސައިންސްގެ ގޮތްޕެވެ. މި އިލްމުގެ ހޯދުންތަކުގެ ތެރޭގައި ކަނޑުގެ ފިޒިކަލް އަދި ކެމިކަލް ސިފަތަކާއި، ކަނޑުގެ އަޑީގެ ބައްޓަމާއި، ކަނޑުގައި ދިރިއުޅޭ މަސްމަހާމެހި އަދި ގަސްގަހާގެހި ހިމެނެއެވެ.

ކަނޑުގެ އިލްމު މައިގަނޑު ހަތަރު ދާއިރާއަކަށް ބެހިގެންވެއެވެ:

ފިޒިކަލް އޯޝަނޮގްރަފީ: ކަނޑުގެ ލޮނުގެ ފިނިހޫނުމިނާއި، އޮއިވަރާއި، ރާޅާއި، ބާނިތަކުގެ އިތުރުން ކަނޑާއި ޖައްވާއި ހުންނަ ގުޅުން ދިރާސާކުރުން.

ކެމިކަލް އޯޝަނޮގްރަފީ: ކަނޑުގެ ލޮނުގައި އެކުލެވޭ މާއްދާތަކާއި އޭގައި ހިނގާ ކެމިކަލް ބަދަލުތައް ދިރާސާކުރުން.

މެރިން ޖިއޮލޮޖީ: ކަނޑުގެ އަޑީގެ ބައްޓަމާއި، ފަސްގަނޑާއި، ބިންގަނޑަށް އަންނަ ބަދަލުތައް ދިރާސާކުރުން.

މެރިން އިކޮލޮޖީ: ކަނޑުގެ ދިރުންތަކާއި، ގަސްގަހާގެއްސާއި، އެތަކެތީގެ ދިރިއުޅުމުގެ ބުރު ދިރާސާކުރުން.

ކަނޑުގެ އިލްމުގެ ދިރާސާތަކުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށާއި، ކަނޑުގެ ވަސީލަތްތައް ހެޔޮގޮތުގައި ބޭނުންކުރުމަށް އެހީތެރިވެދެއެވެ. މީގެ އިތުރުން، ކަނޑުތައް ތަގައްޔަރުވުމުން ސަލާމަތްކުރުމަށާއި ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމަކީ ވެސް މި އިލްމުގެ މުހިންމު ބޭނުމެކެވެ.

]]>
Fri, 19 Jun 2026 08:20:30 +0500 ހީރަސް
މުޅި ދުނިޔޭގައިވެސް އެންމެ މަދު ގަސް: ޕެނަންޝިއާ ބޭލިސިއާނާ https://heerasnews.com/3763 https://heerasnews.com/3763 ޕެނަންޝިއާ ބޭލިސިއާނާ (Pennantia baylisiana) އަކީ ނިއުޒިލޭންޑްގެ ތުރީ ކިންގްސް އައިލެންޑްސް އަށް ނިސްބަތްވާ، ނެތިދިއުމުގެ ބިރު އިންތިހާއަށް އޮތް، ދުނިޔޭގައިވާ އެންމެ މަދު ގަސްތަކުގެ ތެރޭގައި ހިމެނޭ ގަހެކެވެ. މި ބާވަތުގެ އެންމެ ގަހެއް މެނުވީ ގުދުރަތީ މާހައުލުން ފެންނާކަށް ނެތެވެ. މިއީ ދިރުންތަކުގެ ހިތްވަރާއި، ތިމާވެށީގެ ނިޒާމުތަކުގެ ނާޒުކުކަން އަންގައިދޭ ރަމްޒެކެވެ. މި ގަހުގެ ހައިރާންކުރުވަނިވި ތާރީހުގެ ސަބަބުން ކާނާ ބޮޓަނިސްޓުންނާއި ތިމާވެށި ރައްކާތެރިކުރާ ފަރާތްތަކުގެ ސަމާލުކަން ވަނީ މި ގަސް ހިމާޔަތްކުރުމަށް ހުއްޓިފައެވެ.

ގިންތިކުރުމާއި ސިފަ

ޕެނަންޝިއާ ބޭލިސިއާނާ ނިސްބަތްވަނީ ޕެނަންޝިއޭސީ އާއިލާއަށެވެ. މި ގަހަށް ނަންދެވިފައިވަނީ ނިއުޒިލޭންޑްގެ ބޮޓަނިސްޓެއް ކަމަށްވާ ޖީ.ޓީ.އެސް ބޭލިސްއަށް ނިސްބަތްކޮށެވެ. އޭނާގެ ޝަރަފުގައެވެ. އާންމުގޮތެއްގައި ގަސްގަހުގައި ފިރިހެން މަލާއި އަންހެން މާ އަޅަނީ ވަކިވަކި ގަސްގަހުގައެވެ. ނަމަވެސް، މިހާރު ފެންނަން ހުރި ހަމައެކަނި ގަހަކީ ދެ ޖިންސުގެ މާ އެއްގަހެއްގައި އަޅާ ގަހަކަށް ވުމުން، އަމިއްލައަށް ދަރިމައިވުމުގެ ގާބިލުކަން އެ ގަހަށް ލިބިގެންވެއެވެ.

މިއީ ފެހިކަން ގަދަ، އޮފް އަރާ ފަތްތަކެއް ހުންނަ ކުޑަ ގަހެކެވެ. މި ގަހުގައި މީރުވަސްދުވާ ހުދުކުލައިގެ ކުދި މާ ބޮނޑިތަކެއް އަޅާއިރު، މާ ފޭބުމުން ހެވާގަނޑުގައި ކަޅުކުލަ ހުންނަ މޭވާއެއް އަޅައެވެ. މި ގަހުގެ ރީތިކަމަށްވުރެ ބޮޑަށް، މީގެ މުހިންމުކަން ގުޅިފައިވަނީ މި ބާވަތުގެ ގަސް ދުނިޔޭގައި މަދުވުމާއެވެ.

ފެނުމާއި ހިމާޔަތްކުރުމުގެ ހާލަތު

މި ބާވަތުގެ ގަސް އެންމެ ފުރަތަމަ ފެނުނީ 1945 ވަނަ އަހަރު، ތުރީ ކިންގްސް އައިލެންޑްސްގެ ތެރޭގައި ހިމެނޭ ގްރޭޓް އައިލެންޑުންނެވެ. މިއީ ޕްރޮފެސަރު ޑަބްލިއު. އާރް. ބީ. އޮލިވަރ އިސްކޮށް ހުންނަވައިގެން ކުރިއަށް ގެންދިޔަ ދިރާސާ ދަތުރެއްގައެވެ. އެ ޓީމަށް ފެނުނީ އުސް، ހިލަ ގިނަ ސަރަހައްދެއްގައި ހުރި އެންމެ ގަހެކެވެ. މި ގަހަކީ އެއްދުވަސްވަރެއްގައި ވަރަށް ގިނައިން ފެންނަން ހުރި ބާވަތެއްގެ އެންމެ ފަހު ނިޝާން ކަމަށް ބެލެވޭތީ، މިއީ ހިމާޔަތްކުރުމުގެ މަސައްކަތްތަކުގެ މައިގަނޑު އަމާޒަކަށް ވެގެންދިޔައެވެ.

އިންޓަރނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗަރ އިން މި ގަސް ވަނީ ނެތިދިއުމުގެ ބިރު އިންތިހާއަށް އޮތް ބާވަތެއްގެ ގޮތުގައި ކަނޑައަޅާފައެވެ. މި ގަސް ނެތިދިއުމަށް ދިމާވާ ސަބަބުތަކުގެ ތެރޭގައި އުޅޭ މާހައުލު ގެއްލުމާއި، އެހެނިހެން ބާވަތްތަކުގެ ގަސްތަކާ ވާދަކުރަން ޖެހުމާއި، އަދި ޖެނެޓިކް ސިންދަފާތު މަދުވުން ހިމެނެއެވެ.

ހިމާޔަތްކުރުމުގެ މަސައްކަތްތައް

މި ގަސް ފެނުނުތާ މާގިނަ ދުވަސްތަކެއް ނުވެ، މިއީ ހިމާޔަތްކުރުމުގެ މަސައްކަތްތައް ވަނީ ފަށާފައެވެ. ގުދުރަތީ މާހައުލުގައި ހުރި ގަހުން އޮށާއި ގަސްކަނޑައިގެން ގެންގޮސް، ބޮޓަނިކަލް ގާޑަންތަކުގައާއި ދިރާސާ ކުރާ މަރުކަޒުތަކުގައި ވަނީ އާލާކޮށްފައެވެ. ޖެނެޓިކް ގޮތުން ހުރި ގޮންޖެހުންތަކާއެކުވެސް، މި ޕްރޮގްރާމްތަކުގެ އެހީގައި މިހާރު ވަނީ އާ ގަސްތަކެއް އިންދައި އާލާކުރުމުގައި ކާމިޔާބީތަކެއް ހޯދާފައެވެ.

މީގެ އިތުރުން، ނިއުޒިލޭންޑްގެ ޑިޕާޓްމަންޓް އޮފް ކޮންޒަވޭޝަނުން ދަނީ ގްރޭޓް އައިލެންޑުގައި މި ގަސް ހުރި މާހައުލު ރައްކާތެރިކުރުމަށް ފިޔަވަޅުތައް އަޅަމުންނެވެ. މީގެ ތެރޭގައި އެ ސަރަހައްދަށް ގެއްލުންދޭ ބޭރުގެ ގަސްތައް ނައްތާލުމާއި ތިމާވެށި ހަލާކުވިޔަނުދީ ހިފެހެއްޓުން ހިމެނެއެވެ.

ތިމާވެށީގެ އަދި ސަގާފީ މުހިންމުކަން

ޕެނަންޝިއާ ބޭލިސިއާނާ އަކީ މުޅި ތިމާވެށީގެ ނިޒާމު އެއަށް ބުރަވާ މުހިންމު ބާވަތަކަށް ނުވިނަމަވެސް، ދިރުންތަކުގެ ސިންދަފާތު ދެމެހެއްޓުމުގައި މީގެ މުހިންމުކަން ބޮޑެވެ. މިއީ ކިތަންމެ މަދު އަދި މުހިންމު ނޫން ކަމަށް ފެންނަ ބާވަތެއް ނަމަވެސް، ކޮންމެ ދިރުމަކީވެސް ތިމާވެށީގެ ނިޒާމުގައި ދައުރެއް އަދާކުރާ އެއްޗެއްކަން ހަނދާންކޮށްދޭ ދިރުމެކެވެ.

ސަގާފީ ގޮތުން ބަލާއިރު، މި ގަހަކީ ނިއުޒިލޭންޑްގެ ގުދުރަތީ ތަރިކައިގެ މުހިންމު ބައެކެވެ. މި ގަހުގެ ވާހަކައިން ދޭހަވަނީ ގުދުރަތީ ނިޒާމުގެ ނާޒުކު ބެލެންސާއި، ތަފާތު ބާވަތްތައް ނެތިދިއުމުން ސަލާމަތްކުރުމަށް ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ މުހިންމުކަމެވެ.

ޕެނަންޝިއާ ބޭލިސިއާނާގެ މުސްތަގުބަލު

ގުދުރަތީ މާހައުލުގައި މި ބާވަތުގެ ގަސް ހުރީ ނުރައްކާތެރި މިންވަރަކަށް މަދުކޮށް ކަމުގައި ވިޔަސް، އާލާކޮށްގެން ހައްދާފައިވާ ގަސްތަކުގެ ސަބަބުން މި ބާވަތް ދެމިއޮންނާނެ ކަމުގެ އުންމީދު އެބައޮތެވެ. ޖެނެޓިކް ދިރާސާތަކާއި ކޮންޒަވޭޝަން ބަޔޮލޮޖީގެ ކުރިއެރުންތަކުގެ އެހީގައި، ކުރިއަށް އޮތް ތަނުގައި ޖެނެޓިކް ގޮތުން ތަފާތު ގަސްތައް އަލުން ގުދުރަތީ މާހައުލަށް ނެރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ޕެނަންޝިއާ ބޭލިސިއާނާ އަކީ ދިރުންތަކުގެ ނާޒުކުކަމާއި ހިތްވަރުގަދަކަން އަންގައިދޭ ބާރުގަދަ ރަމްޒެކެވެ. މި ގަސް ދެމިހުރުމަކީ ދުނިޔޭގެ ދިރުންތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ ބުރަ މަސައްކަތުގެ ނަތީޖާއެވެ. މި ގަސް ސަލާމަތްކުރުމުން، ހިމާޔަތްކުރަނީ ހަމައެކަނި ގަހެއް ނޫނެވެ؛ އެއީ ދުނިޔޭގެ ގުދުރަތީ ތަރިކައިގެ މުހިންމު ބައެކެވެ.

]]>
Fri, 19 Jun 2026 08:15:45 +0500 ނިއުސް ޑެސްކް
ބިރާއި ނުރައްކަލުން ފުރިގެންވާ ރަށް: އަލްކަޓްރާޒް https://heerasnews.com/4296 https://heerasnews.com/4296 ކެލިފޯނިއާގެ އައްސޭރިފަށާ ދުރުނޫން ހިސާބެއްގައި، ސެން ފްރެންސިސްކޯ ކަނޑުއޮޅީގެ ތެރޭގައި ބިރުވެރި ކަމުން ފުރިފައިވާ ރަށެއްވެއެވެ. ސިނާއީ ބިނާތަކާއި ނުރައްކާތެރި ހިލަ ފަރުބަދަތަކުގެ މައްޗަށް އެކުލެވިގެންވާ މި ކުޑަކުޑަ ރަށަކީ ހިތްގައިމު ތަނެއް ނޫނެވެ. 1934 ވަނަ އަހަރު، އެންމެ ވަރުގަދަ ސަލާމަތީ ފިޔަވަޅުތައް އަޅާފައިވާ ޖަލެއް އެޅުމަށް މިތަން ހޮވި އެއް ސަބަބަކީވެސް އެއީއެވެ. އަދި 1973 ވަނަ އަހަރުން ފެށިގެން، ބިރުވެރި އަދި ކަންކަން ހޯދައި ބަލަން ބޭނުންވާ ފަތުރުވެރިންގެ މެދުގައި އަލްކަޓްރާޒް މަގުބޫލު ތަނަކަށް ވީވެސް މި ސަބަބަށްޓަކައެވެ.

"ބާރޑްމޭން" އަދި "އަލް ކަޕޯން" ފަދަ ނަން މަޝްހޫރު ކުށްވެރިންނަކީ މި ބިރުވެރި ރަށުގައި ޖަލު ހުކުމް ތަންފީޒުކުރި 1،500 އަށްވުރެ ގިނަ ކުށްވެރިންގެ ތެރެއިން މަދު ބައެކެވެ. ނުބައި ނިޔަތާއި ނުރައްކާތެރި ކުށްވެރިންގެ ސަބަބުން މި ޖަލުގައި އުފެދިފައިވާ ބިރުވެރި އަސަރުތައް މިއަދުވެސް އެތަނުގެ ބާރުގެ ތެރޭގައި ދެމިގެންވެއެވެ.

އަލްކަޓްރާޒަކީ ހަމައެކަނި ބޭނުންކުރުން ހުއްޓާލާފައިވާ ބިނާއެއް ނުވަތަ ފަތުރުވެރިން ޒިޔާރަތްކުރާ ތަނެއް އެކަންޏެއް ނޫނެވެ. ޖަލު ހުކުމް ތަންފީޒުކުރި އެތައްބަޔަކު ވަޅުލެވިފައިވާ ތަނެކެވެ. އެތަނުގައި ގައިދީން އުފުލި ތަކުލީފުތަކުގެ ބިރުވެރި ހަނދާންތައް އާކޮށްދޭ ތަނެކެވެ.

އަލްކަޓްރާޒަކީ ބިރުވެރި ތަނެއްތަ!

އަލްކަޓްރާޒް އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ އެތަނުގައި ހިނގާ ކަމަށް ބުނާ ބިރުވެރި ކަންތައްތަކުގެ ސަބަބުންނެވެ. ފަޅަށް ހުންނަ ޖަލު ގޮޅިތަކުގެ ތެރެއިން އާދަޔާ ހިލާފު އަޑުތައް އިވޭއިރު، އެކަނި ބަންދުކުރާ ގޮޅިތަކުގެ ކަންކަނުން ސިއްރު އަޑުތައް އިވޭ ކަމަށްވެއެވެ. މީގެ ތެރެއިން "ސެލް ބްލޮކް D" އަކީ މިފަދަ ހާދިސާތައް އެންމެ ގިނައިން ހިނގާ ތަނެވެ. މިއީ މާޒީގައި އެންމެ ނުރައްކާތެރި ކުށްވެރިން އެކަހެރިކޮށް ބަންދުކުރުމަށް ބޭނުންކުރި ތަނެކެވެ.

އަލްކަޓްރާޒް އަކީ ބިރުވެރި ހާދިސާތައް ބަލާލަން ދާ ފަތުރުވެރިންގެ މަންޒިލަކަށް ވުމުގެ ކުރިންވެސް، އަލްކަޓްރާޒްގެ ތާރީހުގައި ބުނެދޭން ނޭނގޭ ގޮތް ނޭނގޭ ހާދިސާތައް ހިނގާފައިވާ ރަށެކެވެ. އެ ޖަލުގެ ފުރަތަމަ ވޯޑަން، ޖޭމްސް ޖޯންސްޓަން އަކީ ދުނިޔެވީ ކަންކަމަށް އިސްކަންދޭ މީހެއް ނަމަވެސް، އޭނާއަށްވެސް ބިރުވެރި ކަންކަމާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ބުނެފައިވެއެވެ.

ބިރުވެރި ހާދިސާތައް އެންމެ ގިނައިން ހިނގާ ތަންތަން:

  • ހޮސްޕިޓަލް
  • ގޮޅި D14 (ޑީ ބްލޮކް)
  • ސެލް ބްލޮކް A، B، އަދި C
  • ބޭސްމަންޓްގައި ހުންނަ ފެންވަރާ ތަންތަން
  • ޖަލުގެ ވޯޑަން ދިރިއުޅުނު އެޕާޓްމަންޓްގެ ފާހާނާ

29 އަހަރު ވަންދެން އަލްކަޓްރާޒް ޖަލަކީ ހިލަ ރަށެއްގައި ހިންގަމުންދިޔަ ހަރަކާތްތެރި ތަނެކެވެ. ނަމަވެސް އެތަން ހިންގުމަށް ހިނގާ ހަރަދު ބޮޑުވުމުގެ ސަބަބުން، 21 މާރިޗު 1963 ގައި ރަސްމީކޮށް ޖަލު ބަންދުކުރެވުނެވެ. ކޮންމެ އައު ގައިދީއަކާއި، ބޭނުންވާ ހުރިހާ ތަކެއްޗެއް، އެންމެ ކުޑަމިނުން ބޯފެންވެސް ގެންނަން ޖެހެނީ ބޯޓުފަހަރުގައެވެ. އެހެންކަމުން މިއީ ސަރުކާރުގެ ބަޖެޓަށް ބޮޑު ބުރައަކަށް ވިއެވެ. މީގެ އިތުރުން ކަނޑުގެ ލޮނުފެނުގެ ސަބަބުން އިމާރާތްތައް އަވަސް އަވަހަށް މަރާމާތުކުރަން ޖެހުމަކީވެސް ދިމާވި މައްސަލައެކެވެ.

މި ހުރިހާ ކަމެއް މިހެން ހުރި ނަމަވެސް، 2025 ވަނަ އަހަރު ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މި ޖަލު އަލުން ހުޅުވުމުގެ ވިސްނުންފުޅު ގެންގުޅުއްވާކަން ހާމަކުރައްވާފައެވެ. އެމަނިކުފާނުގެ އުންމީދަކީ އެންމެ ނުރައްކާތެރި ކުށްވެރިން ބައިތިއްބާ ވަރުގަދަ ޖަލެއްގެ ގޮތުގައި އެތަން އަލުން ބަދަލުކުރުމެވެ. މިފަދަ ބޮޑު މަޝްރޫއަކަށް ގިނަ ކަންތައްތަކެއް ފުރިހަމަކުރަން ޖެހޭއިރު، މި ނިންމެވުމުގައި އެ ރަށުގެ މިލްކުވެރިކަމަށް ދައުވާކުރާ އެމެރިކާގެ އަސްލު ވަޒަންވެރިންގެ ހައްގުތަކާމެދު ސުވާލު އުފެދެއެވެ.

އަލްކަޓްރާޒް ރަށުގެ އަސްލު ވަޒަންވެރިންގެ ދައުވާ

1963 ގައި ޖަލު ބަންދުކުރިތާ ދެ އަހަރު ފަހުން، ސިއޫކްސް ދަރިކޮޅުގެ ބަޔަކު 1868 ވަނަ އަހަރުގެ އެއްބަސްވުމެއްގެ ދަށުން އެ ރަށް އަލުން ހޯދަން މަސައްކަތްކުރިއެވެ. އެމީހުން ގަބޫލުކުރި ގޮތުގައި ފެޑެރަލް ސަރުކާރުން ބޭނުންނުކުރާ ބިމަކަށް އެ ރަށް ވުމުން، އެއީ އަނެއްކާވެސް އެމީހުންގެ މިލްކެކެވެ. 1969 ވަނަ އަހަރުގެ ނޮވެމްބަރު މަހު ގާތްގަނޑަކަށް 90 މީހުން އެ ރަށަށް އަރައި، އެތަން ހިފުމަށް މަސައްކަތްކުރިއެވެ.

ނަމަވެސް އެތަނުގައި ތިބޭތާ ދެ މަސް ފަހުން، އެ ހަރަކާތުގެ ލީޑަރު ރިޗަރްޑް އޯކްސްގެ އަންހެން ދަރިފުޅު، އިވޮން ރޯޒް އޯކްސް ވެއްޓި މަރުވުމަކީ އެ ރަށުގެ ތާރީހުގައި ލެވުނު އަނދިރި ސިއްކައެކެވެ. އިސްތިއުމާރީ ބާރުތަކުގެ ކުރިންވެސް މި ރަށަކީ ރޫހާނީ ގޮތުން ހާއްސަ ތަނެއްގެ ގޮތުގައި އަސްލު ވަޒަންވެރިން ދެކެއެވެ.

ޖޭމްސް ޖޯންސްޓަންގެ ކްރިސްމަސް ފުރޭތަ

ބިރުވެރި ކަންކަމަށް އިތުބާރު ނުކުރާ ޖަލުގެ ފުރަތަމަ ވޯޑަން ޖޭމްސް ޖޯންސްޓަން އަށް ވަނީ ބުނެދޭން ނޭނގޭ ހާދިސާއަކާ ކުރިމަތިލާން ޖެހިފައެވެ. ކްރިސްމަސް ޕާޓީއެއްގެ ތެރޭގައި، އަޅި ކުލައިގެ ކޯޓެއްލައިގެން ހުރި، އިނގިރޭސި ވިލާތުގެ ވިކްޓޯރިއަން ޒަމާނުގެ ސިފައެއް ހުރި މީހަކު ކުއްލިއަކަށް އެތަނަށް ފެނުނެވެ. އެ މީހާ ފެނުމާއެކު މުޅި ކޮޓަރި ފިނިވެ، ކައިރީގައި ހުރި އުނދުން ނިވުނެވެ. އަދި އެއްވެސް މީހަކަށް އެއްޗެއް ބުނެވުމުގެ ކުރިން އެ މީހާ ގެއްލުނެވެ. ބައެއް މީހުން ގަބޫލުކުރާ ގޮތުގައި އެއީ 1857 ވަނަ އަހަރު ކަނޑަށް ގެނބިގެން މަރުވި މައިކަލް މޭން ނަމަކަށް ކިޔާ މުވައްޒަފެކެވެ. މީގެ އިތުރުން، ޖަލުގެ ފާރުތަކުގެ ތެރެއިން އަންހެނަކު ރޮއި ހޭރޭ އަޑު އިވޭ ކަމަށްވެސް ވޯޑަން ބުނެފައިވެއެވެ.

އަލްކަޓްރާޒްގެ "ބާރޑްމޭން" އަދި ފެހި ހެދުންއެޅި އަންހެނާ

ޖަލުގެ ފާރުތަކުގެ ތެރެއިން އިވޭ ރުއިމުގެ އަޑަކީ އެތަނުގައި ބަންދުކޮށްފައި ހުރި ނުރައްކާތެރި ކުށްވެރިއެއް ކަމަށްވާ ރޮބަރްޓް ފްރެންކްލިން ސްޓްރައުޑް (ބާރޑްމޭން) އާ ގުޅުންހުރި ކަމެއް ކަމަށް ބައެއް މީހުން ބުނެއެވެ. އޭނާއަކީ ތިން މީހަކު މަރާލި މީހެކެވެ. ބައެއް މީހުން ބުނާ ގޮތުގައި އެ އިވޭ ރުއިމުގެ އަޑަކީ އޭނާގެ ސަބަބުން އަނިޔާ ލިބުނު އަންހެނެއްގެ ރޫހެވެ.

"ލޭޑީ އިން ގްރީން" ނުވަތަ ފެހި ހެދުން އެޅި އަންހެން މީހާގެ ވާހަކައަކީވެސް މަޝްހޫރު ވާހަކައެކެވެ. ބައެއް މީހުން ބުނާ ގޮތުގައި އެއީ އެތަނުގެ ވޯޑަންއެއްގެ އަމިއްލައަށް މަރުވި އަނބިމީހާއެވެ. ނަމަވެސް މިކަން ސާބިތުވާނެ ތާރީހީ ހެކިތަކެއް ނެތެވެ. އެހެން ހޯދުންތަކުން ދައްކާ ގޮތުގައި 1891 ވަނަ އަހަރު ކެޕްޓަން ވިލިއަމް ޑިއެޓްޒް ނަމަކަށް ކިޔާ މީހަކު އޭނާގެ އަނބިމީހާ ގަޔަށް ބަޑިޖަހާ މަރާލުމަށްފަހު އަމިއްލައަށް މަރުވި ހާދިސާއަކާ މިކަން ގުޅިފައި އޮވެދާނެއެވެ.

14-ޑީ ގޮޅީގެ ސިއްރު

އަލްކަޓްރާޒް ރަށުގައި ހިނގާ ސައިތާނީ ރޫހާނީ ކަންތައްތަކުގެ ފަހަތުގައިވަނީ ކޮން ބައެއްކަން ދެނެގަތުމަކީ އުނދަގޫ ކަމެކެވެ. ނަމަވެސް، އެކަހެރިކޮށް ބަންދުކުރާ ގޮޅިއެއް ކަމަށްވާ "14-ޑީ" އަކީ ނާމާން އަދި ބިރުވެރި ކަންތައްތަކެއް އެކުލެވިގެންވާ ތަނެއްކަމާމެދު އެއްވެސް ޝައްކެއް ނެތެވެ.

ގޮޅިއަށް ޒިޔާރަތްކުރާ މީހުންނަށް، ކުއްލިއަކަށް ފިނިހޫނުމިން ދަށްވާކަން ފާހަގަކުރެވެއެވެ. އެއީ އެތަނުގެ ހޫނުކަން ކޮންމެވެސް އެއްޗަކުން ދަމައިގަންނަ ފަދަ އިހުސާސެކެވެ. މިއީ ރޫހާނީ ބާރެއް ނުވަތަ ނާމާން ކަމެއް އެތަނުގައި ހުރިކަމުގެ ހެއްކެކެވެ.

1940 ގެ އަހަރުތަކުގެ ރެއެއްގައި، 14-ޑީ ގޮޅީގައި ބަންދުކޮށްފައި ހުރި ގައިދީއަކު އެހީއަށް އެދި ހަޅޭއްލަވަން ފެށިއެވެ. އޭނާ ދައްކަމުންދިޔަ ވާހަކަތައް ސާފުނުވި ނަމަވެސް، އޭނާ ބިރުން ހަޅޭއްލަވަމުން ދިޔައީ އޭނާ މަރާލަން އުޅޭ އެއްޗަކާ ބެހޭގޮތުންކަން ބައެއް މީހުންނަށް ދެނެގަނެވުނެވެ. ޖެހިގެން އައި ދުވަހު، ޖަލުގެ ބަލަދުވެރިންނަށް ފެނުނީ އެ ގައިދީގެ ކަރުގައި ހިފާ މަރާލާފައި އޮއްވައެވެ. މިއީ މީހަކަށް ކުރެވޭނެ ކަމެއް ކަމަށް ނުބެލެވޭ ފަދަ ގޮތަކަށް ހިނގާފައިވާ ކަމެކެވެ. މިއަދުވެސް އެ ގޮޅިން އިވޭ ރުއިމުގެ އަޑުތަކަކީ، އެރޭ އޭނާ މަރާލި "ލޮލުން އަލި ނުކުންނަ މަހުލޫގާ" މެދު އެހެން މީހުންނަށް ދޭ އިންޒާރެއް ފަދަ އެއްޗެކެވެ.

އަލް ކަޕޯންގެ ބަންޖޯ

އަލްކަޓްރާޒްގެ އެންމެ މަޝްހޫރު އެއް ފުރޭތައަކީ އެ ޖަލުގައި ބަންދުކުރެވުނު އެންމެ ނުރައްކާތެރި ކުށްވެރިޔާ، އަލް ކަޕޯންއެވެ. އޭނާއަށް އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ ތެރެއިން އަލްކަޓްރާޒްގައި ހޭދަކުރީ އެންމެ 7 އަހަރެވެ.

ޖަލުގައި ހުއްޓާ އޭނާގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވުމުން، އޭނާ މިނިވަންކޮށް ފްލޮރިޑާގެ ވިލާއަކަށް ބަދަލުކުރެވުނެވެ. އެތަނުގައި ހުއްޓާ 1947 ވަނަ އަހަރު އޭނާ މަރުވީ ސިފިލިސް ބަލީގެ ސަބަބުން ސިކުނޑީގެ ހާލަތު ދަށްވެގެންނެވެ.

އޭނާ މަރުވީ ފްލޮރިޑާގައި ކަމަށްވީއިރު، އަލްކަޓްރާޒްގެ ފެންވަރާ ބައިން އޭނާގެ ރޫހު ފެންނަނީ ކީއްވެގެން ހެއްޔެވެ؟ ބެލެވޭ ގޮތުގައި ޖަލުގައި އުޅުނުއިރު އޭނާ ފެންވަރާ ބަޔަށް އެކަނި ދިއުމުގެ ފުރުސަތު ލިބެއެވެ. އެތަނުގައި އޭނާ ބަންޖޯ ކުޅެން ދަސްކޮށް، މިއުޒިކްގެ ތެރެއަށް ގެއްލިފައި ހުރެއެވެ. މަރުވުމުގެ ކުރިން އޭނާގެ ސިކުނޑީގެ ހާލަތު 12 އަހަރުގެ ކުއްޖެއްގެ ފެންވަރަށް ދަށަށް ދިޔައިރު، އޭނާގެ ހަޔާތުގެ އެންމެ އުފާވެރި ހަނދާންތަކަކީ ބަންޖޯ ކުޅެން ހޭދަކުރި ވަގުތުތައް ކަމަށް ވެދާނެއެވެ. މިއަދުވެސް އެތަނަށް ޒިޔާރަތްކުރާ މީހުންނަށް ކަޕޯންގެ ބަންޖޯގެ މިއުޒިކްގެ އަޑު އިވޭ ކަމަށް ބުނެއެވެ.

ނާމާން ކަންތައްތައް ތަހުގީގުކުރާ މީހުން

މަރުވުމަށްފަހު ވާނުވާ ބަލަން ބޭނުންވާ ގިނަ ބަޔަކު އަލްކަޓްރާޒްއަށް ޝައުގުވެރިވެއެވެ. ޓީވީ ޝޯތަކުގެ މަޝްހޫރު ޓީމުތައް ކަމަށްވާ TAPS ގެ ޖޭސަން ހޯސް އާއި ގްރާންޓް ވިލްސަން ވަނީ އެތަނަށް ޒިޔާރަތްކޮށް، ކަޅު ހިޔަނިތަކާއި، ހިނގާ އަޑާއި، ބޭންކު ފޭރޭ ހެރީ ބާނެޓް ކަމަށް ބުނާ މީހެއްގެ އަޑު ރެކޯޑްކޮށްފައެވެ.

މީގެ އިތުރުން 'Ghost Adventures' އަދި 'The Dead Files' ފަދަ ޓީމުތަކުންވެސް ވަނީ އެތަނުން ތަފާތު ހެކިތައް ހޯދާފައެވެ. 'Ghost Lab' ގެ ތަހުގީގުތަކުގައި "އަހަރެން ތިބާ ބޭނުން" ނުވަތަ "އަހަރެން ތިބާ މަރާލަން ބޭނުން" ފަދަ ބިރުވެރި އަޑުތައް ރެކޯޑް ކުރެވިފައިވެއެވެ.

ނަމަވެސް، އަލްކަޓްރާޒްގެ ބައެއް މުވައްޒަފުން މިފަދަ ކަންކަން ހިނގާކަމަށް އިންކާރު ކުރެއެވެ. އެއީ އެފަދަ ކަންކަމަށް ފަރިތަ ނުވުމުން ކަމަށްވެސް ވެދާނެއެވެ. ނުވަތަ އެއީ ގިނަ އަދަދެއްގެ މީހުން އެތަނަށް ޖަމާވިޔަ ނުދިނުމަށް ކުރާ ކަމަކަށްވެސް ވެދާނެއެވެ.

ސިލްވިއާ ބްރައުންގެ ޒިޔާރަތް

1984 ވަނަ އަހަރު، ރޫހާނީ ކަންކަން ދެނެގަތުމުގެ ގާބިލުކަން ހުރި ސިލްވިއާ ބްރައުން އަލްކަޓްރާޒްއަށް ދިޔައެވެ. އޭނާއަށް އެ ޖަލުގެ އަންނައުނު ދޮންނަ ބައިން ވަރަށް ބޮޑު ނާމާންކަމެއް އިހުސާސް ކުރެވުނެވެ. އެތަނުގައި ހިނގާފައިވާ އަނިޔާވެރިކަމުގެ އަސަރު އަދިވެސް ހުރި ކަމަށް އޭނާ ބުންޏެވެ.

އޭނާ ސިފަކުރި ގޮތުގައި އެތަނުން އޭނާއަށް ފެނުނީ ބޯތަލަ، އިސްކޮޅުން ދިގު، ލޯ ކުޑަ މީހެކެވެ. ކުރީގެ ގައިދީއަކު ވަނީ އެއީ "ބަޗަރ" މަލްޑޮވިޓްޒް ނަމަކަށް ކިޔާ މީހެއްކަން ކަށަވަރުކޮށްދީފައެވެ. ބުނެވޭ ގޮތުގައި އޭނާ މަރާލާފައިވަނީ އަންނައުނު ދޮންނަ ކޮޓަރީގައެވެ. އޭނާގެ ރޫހު އަދިވެސް އެތަނުގައި އުޅެނީ ބަދަލުހިފުމުގެ ރޫހެއްގައެވެ.

އަލްކަޓްރާޒްގެ ކުރު ތާރީހެއް

އަލްކަޓްރާޒްގެ ތާރީހަށް ބަލާއިރު، އެ ރަށަށް ފުރަތަމަ ނަން ދިނީ ސްޕެއިންގެ ކަނޑުގެ ސިފައިންގެ އޮފިސަރެއް ކަމަށްވާ ހުއާން މެނުއަލްއެވެ. އޭނާ އެރަށަށް ދިން ނަމަކީ "ލާ އިސްލާ ޑި ލޮސް އަލްކަޓްރާސަސް" އެވެ. މީގެ މާނައަކީ "ޕެލިކަން ދޫނިތަކުގެ ރަށް" މިއެވެ.

1846 ވަނަ އަހަރު މި ރަށް ހަދިޔާ ކުރެވުނީ ލައިޓްހައުސްއެއް އެޅުމަށެވެ. ނަމަވެސް، ފަހުން އެމެރިކާގެ މިލިޓަރީ ޖަލެއްގެ ގޮތުގައި ބޭނުންކުރަން ފެށުނެވެ. 1933 ވަނަ އަހަރު މިއީ ފެޑަރަލް ޖަލަކަށް ބަދަލުވެ، އެމެރިކާގެ އެންމެ ނުރައްކާތެރި ކުށްވެރިން ބައިތިއްބާ ތަނަކަށް ވިއެވެ.

1973 ވަނަ އަހަރު އާންމުންނަށް ޒިޔާރަތްކުރެވޭ ގޮތަށް މި ރަށް ހުޅުވާލުމާއެކު، އަލްކަޓްރާޒްގެ ބިރުވެރި ވާހަކަތައް މުޅި ދުނިޔެއަށް މަޝްހޫރުވެގެން ދިޔައެވެ. މިއަދުވެސް ސެން ފްރެންސިސްކޯއަށް ދާ ފަތުރުވެރިންގެ އެންމެ ބޮޑު އެއް ޝައުގުވެރިކަމަކީ މި ބިރުވެރި ރަށް ބަލާލުމެވެ.     

]]>
Thu, 18 Jun 2026 15:28:56 +0500 ހީރަސް
ޕްލާސްޓިކް ގަވައިދު ބަދަލުކުރުމުގައި އިހުސާންގެ މަސްލަހަތު https://heerasnews.com/4284 https://heerasnews.com/4284 2023 ގައި ސިންގަލް ޔޫސް ޕްލާސްޓިކް (އެއްފަހަރު ބޭނުން ކުރެވޭ ޕްލާސްޓިކް) ބޭން (ބޭނުންކުރުން ހުއްޓާލުން) ކުރާނެކަމަށް 2019 ވަނައަހަރު އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އދ ގައި ހާމަ ކޮށްފައެވެ. އެކަމަށް މަގުޗާޓެއްވެސް ކަނޑައެޅިއެވެ. 2020 ވަނައަހަރު ސިންގަލް ޔޫސް ޕްލާސްޓިކް ހުއްޓުވުމުގެ ޕްލޭން ފާސްކުރިއެވެ. އަދި މުދާ އެތެރެކުރުމާއި ބޭރު ކުރުމުގެ ގާނޫނަށްބަދަލުތައްވެސް ގެނައެވެ. އަދި ރިޔާސީ ގަރާރަކުން މަނާ ކުރާ ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތައް ލިސްޓު ކުރިއެވެ. 

އެއްފަހަރު ބޭނުން ކުރާ ޕްލާސްޓިކުގެ ތެރެއިން ފުރަތަމަ ބުރުގައި މަނާ ކުރާ ބާވަތްތައް 1 ޖޫން 2021 ގައި އާންމުކޮށް އިއުލާނު ކުރިއެވެ. 23 މެއި 2022 ގެ އިއުލާނުން ފުރަތަމަ ބުރުގައި މަނާ ކުރާ އެއްފަހަރު ބޭނުން ކުރެވޭ ޕްލާސްޓިކުގެ ބާވަތްތައް 1 ޖޫން 2022 އިން ފެށިގެން މަނާ ވާނެ ކަމަށް އެންގިއެވެ. އަދި އެކިއެކި ގާނޫނުތަކަށް ގެނައި ބަދަލުތަކުގައި އެ ބާވަތްތައް ހިމެނިއެވެ. 

މުއިއްޒުގެ ވެރިކަމުގައި ރިޔާސީ ގަރާރަކުން ފުރަތަމަ ބުރުގައި މަނާ ކުރާ އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކު ބާވަތްތަކުގެ ލިސްޓަށް 2023 ނޮވެމްބަރ މަހު ބަދަލު ގެނައެވެ. 500 އެމްއެލް އާއި 1 ލީޓަރު ޕްލާސްޓިކް ފުޅި މަނާ ކުރަން ނިންމާފައިވާ މުއްދަތު 2025 ޑިސެމްބަރުގައި އިތުރު ކުރިއެވެ. އެ ބަދަލުގައި ވަނީ 2025 ގެ ބަދަލުގައި 2027 އާއި 2028 ގައި އެއްފަހަރު ބޭނުން ކުރެވޭ ޕްލާސްޓިކް ފުޅި މަނާ ކުރުން ފަސްކޮށްފައެވެ. 

މުއިއްޒު ގެނައި މި ބަދަލު ތަކަކީ ތިމާވެއްޓާއި ގުޅިގެން ނުވަތަ ރައްޔިތުންތަކަކާއި ގުޅުން އޮތް ބަދަލެއް ނޫނެވެ. މި ބަދަލަކީ ވިޔަފާރީގެ ބަދަލެކެވެ. ޕްލާސްޓިކް ފުޅީގައި ފެން ބަންދުކޮށް އެންމެ ގިނައިން ވިއްކަނީ ރާއްޖޭގެ ފެން ކުންފުނިން އުފައްދާ ތާޒާ ފެނާއި ހެޕީ މާކެޓުން އުފައްދާ ލައިފް ފެނާއި މާލޭ އޭރޭޓެޑް ވޯޓަރ ކޮމްޕެނީ އިން އުފައްދާ ބޮނަކުއާ ފެނެވެ.

އެމްޑަބްލިޔުއެސްސީ އާއި ހެޕީ މަކެޓާއި މާލޭ އެރޭޓެޑް ވޯޓަރސް ކޮމްޕެނީން ބައި ލިޓަރާއި ދޮޅު ލީޓަރާއި ފަސް ލީޓަރުގެ ފެންފުޅިތައް ބާޒާރަށް ނެރެއެވެ. ވައްތަރަކުން ގާތްގަނޑަކަށް 30،000 އަށްވުރެ ގިނަ ފެންފުޅި ޕްލާސްޓިކް ފުޅީގައި ދުވާލެއްގެ މައްޗަށް ބާޒާރަށް ނެރެއެވެ. ކުރިން ކަނޑައަޅާފައި އޮތްގޮތަށް ޕްލާސްޓިކް ފުޅިތައް މަނާ ކުރުމުން މި ވިޔަފާރިތަކަށް ބޮޑެތި ގެންލުންތައް ކުރިމަތި ވާނެއެވެ. 

2017 ވަނަ އަހަރުން ފެށިގެން ލައިފްފެން އުފައްދާ މިންވަރު ޑިމާންޑާއި އެއްވަރަށް އިތުރު ކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށް ދާކަމަށް އޭރުގެ ހެޕީ މާކެޓުގެ ޖެނެރަލް މެނޭޖަރ އަލީ އިހުސާނު ވަނީ ހާމަ ކުރައްވާފައެވެ. އަލީ އިހުސާނަކީ މުއިއްޒު ސަރުކާރުގެ ހޯމް މިނިސްޓަރެވެ. ހެޕީ މާކެޓަކީ ބުނެވޭ ގޮތުންނަމަ ސަރުކާރުގެ މައި އެއް ފައިނޭންސަރެވެ. އަލީ އިހުސާން ފަދަ މީހުންގެ ޒާތީ މަސްލަހަތުގައި ބައިނަލްއަގުވާމީ ނިންމުންތަކާއި އިއުލާނު ކުރުންތައް ވެރިކަމުގެ ފަރާތުން ބަދަލު ގެނައުމުގެ ނުރައްކާތެރިކަން ވާނީ ބޮޑެތި ކަންކަމަށެވެ. 

ހެޕީ މާކެޓުގެ ބާރު އޮންނަ ސަރުކާރަކަށް ވުމުން ހެޕީ މާކެޓު ރުއްސުމަށާއި އަލީ އިހުސާނު ކޮންޓްރޯލްގައި ގެންގުޅުމަށް ސަރުކާރުން އެންމެ ފުރަތަމަވެސް ކުރި ކަމަކީ 2023 ޑިސެމްބަރ ގައި އަމަލު ކުރަން ނިންމާފައިވާ ނިންމުން ބަދަލު ކުރުމެވެ. އަދި އަލަށް އެކުލަވާލި އޮނިގަނޑުން ތިމާވެށީގެ މިކަމަށް އަމަލު ކުރުން ވަނީ 2027 އަހަރާއި 2028 ވަނަ އަހަރަށް ބަދަލު ކޮށްފައެވެ.

އަމީނީ މަގުގައި ހުރި ހެޕީ މާކެޓް މައި އޮފީސް ހުރި އިމާރާތް ދައުލަތުގެ ބޭނުމަށް ނަގަން އޭރުގެ މޭޔަރު (މިއަދުގެ ރައީސް) ޑރ މުއިއްޒު ހިމެނޭ ސިޓީ ކައުންސިލުން ނިންމާފައިވާ ކަމަށްވެއެވެ. ނަމަވެސް އެކަންވެސް ނުވާކަމަކަށް ވަނީ ހަދާފައެވެ. މިފަދަ ކަންކަމުން އެނގިގެން ދަނީ ސިޔާސީ ބޭނުންތައް ހާސިލު ކުރުމަށް ކޮންމެ ކަމެއްވެސް ވެރީން ކޮށްފާނެކަމެވެ. އަދި ތަނަވަސްކަން އިތުރުވާ ވަރަކަށް ބޮޑެތި ކުންފުނިތައް ދަހިވެތިވެ ގޮތް ހުސްވާނެ ކަމެވެ. 

މަހަކު 50 މިލިއަން ރުފިޔާގެ ހެޕީ ވާވަރުގެ ފައިދާއެއް ދެމެހެއްޓުނީ މުއިއްޒު ސަރުކާރުގެ ސަބަބުންނެވެ. އަލީ އިހުސާނަށް ހެޕީ މާކެޓުން އަބަދުގެ އަބަދަށް ޝުކުރު ވެރިވާނެއެވެ. ރައްޔިތުންނަށް ކޮޅުދާއްޔެވެ. ވެރިންނަށް ރަން އިލޮށީން ކަދުރެވެ.

]]>
Tue, 16 Jun 2026 05:26:14 +0500 ހަވާ
ބޮޑު މުސާރަ ދިންވަރަކަށް ނަގާ ރިޝްވަތާއި ކުރާ ވައްކަން ގިނަ https://heerasnews.com/4267 https://heerasnews.com/4267 ރާއްޖޭގައި ޒިންމާތަކާ މަތިވެގަނެގެން ވެރިންނޭ ކިޔައިގެން އުޅޭ މީހުން ލަދުހަޔާތް ގަންނާނީ ކިހިނެއް ހެދީމާހެއްޔެވެ. އެއްޗެއް ލިބިގެން ހިތްފުރޭނީ ކިހާވަރެއް ވީމާހެއްޔެވެ. ރިޝްވަތާއި ކޮރަޕްޝަނުން މިންޖުވެވޭނީ ކިހާ ވަރެއް ލިބިގެން ހެއްޔެވެ. 

2007ގެ ގާނޫނު އަސާސީއާއި އެކު ރައީސާއި ވަޒިރުންނާއި މެންބަރުންނާއި ފަޑިޔާރުންގެ މުސާރައާއި އިނާޔަތް އުފުލިގެން ދިޔައީ އިންތިހާއަށެވެ. މުއައްސަސާތަކުގެ އިސްވެރިންނާއި ދައުލަތުގެ ކުންފުނިތަކުގެ ވެރިންގެ މުސާރައާއި އިނާޔަތްތައްވެސް އުފުލިގެން ދިޔައެވެ.

އިހު ހުރިވަރަށްވުރެ އެތައް ގުނައެއް ބޮޑިކޮށް ޖުމްލަކޮށް ހުރިހާ ވެރިންގެ އިނާޔަތާއި މުސާރަ ބޮޑުކޮށް ދައުލަތުން ދޭންފެށިއެވެ. 7 ހާހުގައި ހުރި މަޖިލިސް މެންބަރުގެ މުސާރަ 70 ހާހަށްވުރެ މައްޗަށް ދިޔައެވެ. ތިރީހަކަށް ހާސް ރުފިޔާ މުސާރައާއި އިނާޔަތުގެ ގޮތުގައި ދައުލަތުން ނުދޭ ސިޔާސީ މީހަކު މަދުވާނެއެވެ. ފަނޑިޔާރުްނާއި މިނިވަން މުއައްސަސާތަކުގެ މެންބަރުންނަށް ވެސް ބޮޑު މުސާރައާއި އިނާޔަތް ކޮންމެ މަހަކު ލިބެއެވެ.

ދައުލަތުގެ ޒިންމާތަކާ މަތިކޮށްފައިތިބޭ މީހުނަށް މުސާރަތަކާއި އިނާޔަތްތައް ބޮޑުކުރީ ނުދަރާ ނުވިކި ތާހިރު ދިރިއުޅުމެއް ހޯދާދިނުމަށެވެ. ރިޝްވަތާއި  ކޮރަޕްޝަނުން ސަލާމަތްވެ ތިބެ ގައުމީ ހިދުމަތުގައި ނަޒާހަތްތެރިކޮށް ބޭތިއްބުމުގެ މާތް މަގުސަދުގައެވެ. 

ސުވާލަކީ ދައުލަތުން ކުރާ އެ ބޮޑު ހޭދައިގެ މަގުސަދު ހާސިލުވޭހެއްޔެވެ. ޖެހުނު ތާކުން ލިބުނު ގޮތަކަށް ދައުލަތުގެ މުދަލާ ފައިސާ ބޭނުންކުރުން ދެވޭ ބޮޑު މުސާރައާއި އިނާޔަތުގެ ސަބަބުން ހުއްޓުނުހެއްޔެވެ. ރިޝްވަތުނެގުމާއި މަގާމުގެ ނާޖާއިޒު ފައިދާ ނެގުން ނުއްޓުނު ހެއްޔެވެ. 

ނޫނެކެވެ. ނުހުއްޓުނުތާ އިހުނަށްވުރެ ހިޔާނާތާއި އިސްރާފާއި މަގާމުގެ ނާޖާއިޒު ފައިދާނެގުން އޮތީ މެކުހުގައެވެ. ރިޝްވަތު ނެގުމާއި ރިޝްވަތު ދިނުމުގައި ހިސާބެއް ކިތާބެއް ނެތެވެ. ދައުލަތުގެ މުދަލާއި ފައިސާ އިސްރާފްކުރުމުގައި މަސްލަހަތު ހުންނަ ފަރާތްތަކަށް ނާޖާއިޒު މަންފާ ހޯދާދިނުމުގައި ވަކިތަނެއް ވަކި މީހެއްނެތެވެ. އެންޓި ކޮރަޕްޝަން ހަދައިގެން ތިބެވެސް ހިންގަނީ ކޮރަޕްޝަނެވެ.  

ވާނީވެސް އެހެންތާއެވެ. އަދުލު އިންސާފުގެ ކަންފުޅެއްވެސް ނެތެވެ. ބާރާއި ނުފޫޒުގައި ހުންނަ މީހާއާއި އެމީހާގެ ރުހުން ލިބިފައިތިބޭ މީހުންގެ މައްޗަށް ހިނގާ ގާނޫނެއް ޝަރީއަތެއް ނެތެވެ. ހިޔާނާތާއި ފަސާދައިގެ ތެރެއިން ދައުލަތަށް ގެއްލޭ ހަތަރު އަނާއެއްހާ ހިސާބުވެސް އަނބުރާ ދައުލަތަކަށް ނުލިބެއެވެ. 

އަދުލު އިންސާފު އަރުއްވައިގަތުމުން ވާނީ އެހެންތާއެވެ. ބައިނަލްއަގުވާމީ ޖިނާއީ ކޯޓުގެ ފަނޑިޔާރުންގެ މައްޗަށްވެސް ޖިންސީ ގޯނައިގެ ތުހުމަތެއް ކޮށްލުމުން ސަސްޕެންޑް ކުރެވެއެވެ. އެކަމަކު ރާއްޖޭގައި ވާކަމެއް ހަރާމެވެ. ރައީސް އޮފީހުގެ ހުރުމަތްކަނޑާ ވެރިންގެ ތެރޭގައި އާއްޔާޝީކަން ފެތުރި ކުށުން ތަތްތޭޅުނަސް ވަރިހަމައެވެ. ހޭއަހާލާނެ ފަރާތެއްނެތި އެވާހަކަ ދައްކާ މީހުން ކުށްވެރިވާ އިންސާފެއް ނެތް ގައުމެއްގައި ދައުލަތް ވީދާ ނޮޅާކެއުމަކީ ކެރުމެވެ. ގަދަކަމެވެ. އަދުލު އިންސާފަކީ ވެރިންގެ ނިވާފަތް ގަނޑެވެ. 

]]>
Thu, 11 Jun 2026 07:00:01 +0500 އެޑިޓަރ
ދައުވާ ކުރަންކުރަން ހުއްޓާ އެ ވިއްކާލަނީ ފޯޅަވަހި https://heerasnews.com/4260 https://heerasnews.com/4260 ފޯޅަވަހި ހިމެނޭހެން މުޅި ޗާގޯސްއަކީ ރާއްޖޭގެ ސިޔާދަތު އޮތް ތަނެއްކަމަށް ރައީސް މުއިއްޒު ތަކުރާރުކޮށް ދަނީ ބުނަމުންނެވެ. މުއިއްޒު ވެރިކަމަށް އައުމަށް ބޭނުންކުރި އެންމެ ވަރުގަދަ އެއް ހަތިޔާރަކީވެސް ޗާގޯހެވެ. މުއިއްޒުގެ ވެރިކަމުގައި ޗާގޯހުގެ ސިޔާދަތީ ބާރު ރާއްޖެއަށް ހޯދުމަށް މުއިއްޒު ވައުދުވިއެވެ. 

މޮރިޝަޝްއަށް ޗާގޯހުގެ ސިޔާދަތީ ބާރު ލިބިގެންވާކަމަށް އދ ގެ އާއްމު މަޖިލީހުން ނިންމާފައިވާ ނިންމުމާއި ދުނިޔޭގެ ކޯޓުން ނެރެފައިވާ އިސްތިޝާރީ ލަފާ ވެސް މުއިއްޒު ސަރުކާރުން ގަބޫލެއް ނުކުރާކަމަށް ބުނިބުނުމަކީވެސް އޮޅުވާލުމަކީތާއެވެ. އިނގިރޭސި ޕާލަމަންޓްގައި އެވާހަ ދައްކުވާފާ ދައުވާ ނުކޮށް ދަންމާލައިގެން ހުންނަ ހުރުމަކީ ވަގުޑީލެއް ހެދުން ކަމަށް ބެލެވެއެވެ.  އެމެރިކާގެ ރައީސް އާއި އިނގިރޭސި ބޮޑުވަޒީރަށް ވެސް އެކަން މުއިއްޒު އަންގާފައިވާނެ ކަމަށް ސަރުކާރުން ބުނެ ރައްޔިތުންނަށް ހަގީގީ މަންޒަރު އޮޅުވާލަނީތާއެވެ.

ޗާގޯސް އަކީ ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާތަނެއް ކަމުގެ ތާރީހީ ހެކި ހުރިކަން ކަށަވަރު ކޮށްދެމުން ޗާގޯހުގެ ސިޔާދަތު ރާއްޖެއަށް އޮންނަން ޖެހޭކަމަށް ދެކޭ ކިތަންމެ ބަޔަކުވެސް ރާއްޖޭގައި މިހާރު އެބަތިއްބެވެ. ފުޅާދާއިރާއެއްގައި އެކަމަށް މަސައްކަތްކުރާ ލޮބީ ގްރޫޕްތައްވެސް މިހާރު ރާއްޖޭގައި އެބަތިއްބެވެ. އެ މީހުންގެ ކަން ބޮޑުވުމަކީ އެކަމަށްޓަކާ ބައިނަލް އަގުވާމީ ފެންވަރުގައި ރާއްޖޭގެ ސަރުކާރުން ކުރަން ހުރިކަންކަން ނުކޮށް ސަރުކާރުތައް އޮތް އޮތުމެވެ. 

ކުރީ ސަރުކާރުތަކާއި ހިލާފަށް މުއިއްޒު ސަރުކާރު އައީވެސް ޗާގޯސް ރާއްޖެއަށް ހޯދާދޭށެވެ. މޮރިޝަޝްއަށް ޗާގޯސް އޮތް އޮތުން ބަދަލުކުރާށެވެ. އިގނގިރޭސީންގެ އަޅުވެތިކަމުގެ ދަށުން ޗާގޯސް މިނިވަންވެ މޮރިޝަޝްގެ ދަށަށް ދިޔުމަކަށް ރާއްޖެ ގަބޫލެއް ނޫނެވެ. ބައެއްގެ ދަށަށް ޗާގޯސް ދަންޏާ ދާންޖެހޭނީ ރާއްޖޭގެ ދަށަށް ކަމަށް ދެކޭ މީހުން ރާއްޖޭގައި ގިނައެވެ. 

ރާއްޖެއާއި ޗާގޯހުގެ ގުޅުމުގެ ތާރީހުގެ ތެރެއަށް މިވަގުތު ދާކަށްނެތީމެވެ. މިހާރު ދައްކަން އޮތް ވާހަކައަކީ ޗާގޯސް ރާއްޖެއަށް ހޯދާދޭން އައި ސަރުކާރުން ކުރަން ކުރަން އޮއްވާ އެމެރިކާއިން ޗާގޯސް ގަނެލާ ވާހަކައެވެ. 

ޗާގޯހަކީ އެމެރިކާގެ ގައުމީ ސަލާމަތަށް ވަރަށް މުހިންމު އަސްކަރީ މަސްލަހަތު އޮތްތަނަކަށް ވުމުން ޗާގޯހުގެ މިލްކުވެރިކަން އެމެރިކާއަށް ނެގުމުގެ މަސައްކަތް މިހާރު އެ އޮތީފަށާފައެވެ. މޮރިޝަޝް އަތުން ޗާގޯސް ގަތުމުގެ ތައްޔާރީތައް މިހާރު ފެށިއްޖެއެވެ.

މޮރިޝަޝް އާއި ސިޔާސީ ގުޅުން ކަނޑާލައިގެން ޗާގޯހަކީ ތިމަންނަމެންގެ ތަނެކޭ ކިޔާލަ ކިޔާލާ ހުއްޓަކަސް ކަމަކު ދާކަށްނެތެވެ. މުއިއްޒު ދައުވާ ކުރަންކުރަން ހުއްޓާ އެމެރިކާއިން ފޯޅަވަހި ގަނެލަނީއެވެ. 

]]>
Tue, 09 Jun 2026 14:07:26 +0500 އެޑިޓަރ
ބުހުތާން ދޮގުހެދުމަކީ މަސްތެއް & މަސްތަކީ ބުއްދިފިލުން https://heerasnews.com/4249 https://heerasnews.com/4249 ދޮގު ހަދާހަދާ ގޮސް ދޮގުހުސްވެ، ދޮގު ކޮސްވާ ވަރަށް ދޮގުހެދޭނީ ވަރަށް ކުޅަދާނަ ވެގެންނެވެ. އެފަދަ ދޮގުތަކަކީ އިންސާނީ ހަމަތަކާއި ހިލާފު ނަފްސާނީ ބަލިމަޑުކަމެކެވެ. ދެވިހިފުމެކެވެ. މަސްތެކެވެ. 

މަސްތުވުމުގައި ދެވިހިފާފައިވާ ވާހަކަ އަޑު އިވޭ ހިސާބުން ވަގުތުން މީހުން  ގުޅުވާލަނީ ރަލާއި ޑްރަގާއި ނިކޮޓިން ނުވަތަ ޖުވާ ކުޅުމާއި އެވެ. ފަހުގެ ސެންޗަރީ ތަކުގައި ސައިކޮލޮޖިސްޓުން ވަނީ މަސްތުގައި ދެވިހިފާފައިވުން އިތުރަށް ފުޅާ ކުރަން ޖެހޭ ކަމަށް ގަބޫލުކޮށް ދިރިއުޅުމުގެ ބައެއްކަހަލަ އާދަކާދަ ތަކާއިވެސް ގުޅޭކަމަށް ބަލައިގެންފައެވެ. އޭގެ ތެރޭގައި ޖުވާކުޅުން، ގޭމްކުޅުން، އާދަޔާއި ހިލާފަށް އިންޓަރނެޓް ބޭނުން ކުރުމާއި އޭގެ އިތުރުން އިންސާނީ ސިކުނޑި އާދަޔާއި ހިލާފަށް ހަރަކާތް އިތުރުކުރާ ކަންކަން މަސްތުވެ ދެވިހިފުމާއި ގުޅުވާލާފައިވެއެވެ. އެ ފަދަ ކަންކަން މާހިރުން މާނަކުރަނީ ސިކުނޑިއަށް ވަނައެއް ދިނުން ފަދަ ކަންކަމާއެވެ. އަދި އެ ކަންކަމުގެ ސަބަބުން ސިކުނޑިއަށް ގެންލުން ލިބޭކަމަށްވެސް ދިރާސާތަކުން ދައްކާ ކަމަށް މާހިރުން ހާމަ ކުރެއެވެ.

އިސްލާމް ދީނުގައި މަސްތުވާ އެއްޗެތި މާނަކޮށްފައިވާ ގޮތް ދިވެހި ފޮތްތަކުގައި ވަނީ ހަމަ ބުއްދި ފިލާދާ ކޮންމެ އެއްޗަކީ ރާކަމަށެވެ. އަދި ރަލަކީ ހަރާމް އެއްޗެއް ކަމެވެ. ވި ތަރުޖަމާގެ އިތުރު ތަފުސީލެއް ޕްރީޕެއިޑް ޝެއިހުން ކިބައިން ސާފުކުރަން އުޅުމަކީ ތަރުޖަމާ އިތުރަށް އޮޅިގެންދިޔުމަށް މަގުފަހިވާނެ ކަމެއް ކަމަށް ނޫނީ ނުވާނެއެވެ.  

މިހާ ހިސާބުން މުހިންމު ސުވާލުތަކެއް މާހިރުން ކުރިމަތި ކުރުވައެވެ. ޖުވާ ކުޅުމުގެ ސަބަބުން އިންސާނީ ބުއްދިއަށާއި ދިރިއުޅުމުގެ އާދަތަކަށާއި ނަފުސަށާއި ތިމާއާއި ގުޅިފައިވާ ގިނަ ފަރާތްތަކަކަށް ބަދަލުތަކެއް އަންނަ ނަމަ، ހިފެހެއްޓުމެއްނެތި ދޮގުހެދުން މަތީ ދެމިހުރި ހުރުން ނުވަތަ ދެވިހިފުމަކީ ވެސް އިންސާނީ އަހުލާގަށް ނުރަގަޅު ބަދަލު ތަކެއް އަންނަ ކަމެކެވެ. އަދި ހިފެހެއްޓުމެއްނެތި ދޮގުހެދުމަކީ އާދައިގެ ވަބާއަކަށް ވުރެ ބޮޑަށް މަސްތެއް ކަމަށް މާހިރުން ގަބޫލު ކުރާ ކުރުން އިތުރު ވެއެވެ. 

އަދުގެ ދުނިޔޭގައި ޖުވާކުޅުމަށް ދެވިހިފާފައިވުމަށް އިޝާރާތްކޮށް މާހިރުން ފާހަގަކުރަނީ ޖުވާއަކީ ދިރިއުޅުމުގެ އަހުލާގީ ދެވިހިފުމެއް ކަމުގައެވެ. ސަބަބެއްކަމަށް އެބޭބޭފުޅުން ފާހަގަ ކުރަނީ ޖުވާގެ ސަބަބުން ކުރިމަތިވާ ގެއްލުންތައް އެނގިހުރެ އެކަންކަން ހުއްޓާލަން އިންސާނީ ހަމަ ބުއްދި ނުކުޅެދޭތީއެވެ. ޖުވާ ކުޅުމުން މާލީ، އިޖްތިމާއީ އަދި ނަފްސާނީ ގެއްލުންތަކާއި ކުރިމަތި ލާން ޖެހޭކަމަށް ސައިކޮލޮޖިސްޓުންގެ ދިރާސާ ތަކުން ފެންނަން ހުރި ކަމަށް އެފަރާތްތައް ފާހަގަ ކުރެއެވެ.

ދިރާސާ އިލްމުވެރިން ވަނީ އިންޓަރނެޓް މެދުވެރިކޮށް ކުޅޭ ބައެއްކަހަލަ ގޭމްތަކާއި ބައެއް ކަހަލަ ޖިންސީ އެދުންތަކާއި އާދަޔާއި ހިލާފަށް ގިނައިން އިންޓަރނެޓުގެ ބޭނުންކުރާ ކުރުން އެކަމަކީ ނުކޮށް ދޫކޮށްލުމުން ނަފްސާނީ ގޮތުން ދަތިތަކާއި ކުރިމަތިވާނަމަ އެކަމަކީވެސް ދެވިހިފާ މަސްތެއް ކަމަށް ގަބޫލު ކުރަން ފަށާފައެވެ. 

އަލަށް އުފެދޭ ތަރުޖަމާ އަކީ މަސްތުގެ ބަސް ރަލާއި ޑްރަގާއި ޖުވާއަށް ކުރުވެފައި އޮތްއޮތުމުގެ ނިމުމުގެ ފެށުމެވެ. މަސްތާއި ދެވިހިފުމުގެ ފަހުގެ ތަރުޖަމާ އަކީ ވަށާޖެހޭ ފަދަ ގޮތަކަށް ތަޖުރިބާ ކާރުން މާނަ ކުރާ އިސްތިލާހުތަކެކެވެ.

މި އިސްތިލާހު ގިނަ ތަޖުރިބާ ކާރުން ބަލައިގަންނަނީ 

1- ކަމަކަށް އިންތިހާއަށް ބޭނުންވެ އެއާއި ވަކި ނުވެވޭ ވަރު ވުމާއި

2- މަޖުބޫރީ ހާލަތަކަށް އިންސާނާ ވައްޓާލުމާއި

3- ވަގުތީގޮތުން އަމިއްލަ ނަފުސަށް އެކަމެއް ހާސިލް

ވުމުން އެރުވޭ ޝަރަފު ނުވަތަ ހަދިޔާއާއި 

4- 1،2 އަދި 3 ތަކުރާރު ވުމާއި 

5- ތަކުރާރު ވުމުގެ މަރުހަލާއިގައި އެ އެއްޗެއް ބޭނުންވާ މިންވަރު މަދުވާން ފެށި، އެއެއްޗެއްގެ މިންވަރު އިތުރުވުމާއި 

6- ހަށިގަނޑާއި ނަފުސަށް ލިބޭ ގެއްލުން އެނގިހުރެ އެ އެއްޗަކާއި ވަކި ނުވެވުން. 

ހިފެހެއްޓުމެއް، ވިސްނުމެއް ނެތި ކަށީގައި ހިފާފައިވާ ބީދައިން ދޮގުހެދުމަށް ނަފުސާނީ އިލްމުވެރިން ދީފައިވާ ނަމަކީ ސޫޑޮލޮޖިއާ ފެންޓާސްޓިކާއެވެ. މި ކަމުގައި ހިމެނެނީ އުފަލަކަށް ދޮގުހެދުމާއި އޮޅުވާލުމެވެ. އާންމުކޮށް މީހުން ބުނެލާ ދޮގުބަހަކާއި މި ފަދަ މީހުންނާއި ހުރި ތަފާތަކީ ކަންކަމުން ބޯދަމައިގަތުމަށް ފަސޭހަކަމާއި އެކު ބުނެލާބުނުންތަކަކަށް ވުމެވެ. މިފަދަ މީހުން ބުނެލާ ގިނަ ބުނުންތައް ގުޅުވަން މަސައްކަތް ކުރަނީ އަމިއްލަ ނަފުސުގެ ދިފާއުގައި ބުނާ ބުނުން ތަކެއްގެ ގޮތުގައެވެ.

ހައްދުފަހަނަ އަޅާ ފައިވާ މިންވަރަށް ދޮގު ހަދާ މީހުން އާދައިގެ ކުދި ކަންކަމުގައިވެސް ދޮގުހެދެއެވެ. މިކަން ގިނަ ފަހަރު ވަނީ އިހުތިޔާރުން ބޭރު ކަމަކަށެވެ. އެއްވެސް މަންފާއެއް ނެތް ކުދި ކުދި ކަންކަމުގައިވެސް މި މީހުން އިސް ކުރާނީ ދޮގެވެ. ދޮގެއް ބުނުމުން ލިބޭ ގެއްލުމަށްވުރެ ތެދަކުން ލިބޭނެ މަންފާ ނުވަތަ ފަސޭހަކަން އިތުރު ނަމަވެސް އެ މީހުން އިހުތިޔާރު ކުރާނީ ދޮގެވެ. 

މަސްތުވުމަށް ދެވިހިފުމާއި ދޮގުހެދުމުގެ އާދަތަކާއި ހުރި އެއްގޮތް ގިނަގުނަ ސިފަތަކެއް ދިރާސީ އިލްމު ވެރީން ފާހަގަ ކުރެއެވެ. ކޮންމެ ކަހަލަ މަސްތަކީ ވެސް ނަފުސު ބަލައިގަންނަ ފަދަ ވަޒަންކުރުމެއް ނުވަތަ ހަދިޔާއެއް ލިބޭ ކަމެއް ކަމަށް ވުމަކީ ދޮގުހެދުން މަސްތަކާއި އެއްގޮތްވާ އެންމެ އަސާސީ ސިފައެވެ. ނަފުސަށް ލިބޭ ހިތްހަމަޖެހުމެވެ.  

ދިވެހީންގެ ތެރޭގައި އާންމުކޮށް ދޮށީ ބޭބޭފުޅުންނާއި ކާފަ މާމައިން، ބައްޕަ އާއި މަންމަމެންގެ އެންމެ އާންމު ބައެއް އަމުރަކީ:-

“ކުދިންނޭ ދޮގު ނުހަދާތި، ދޮގަކީ ހުރިހާ ނުބައި ކަމެއްގެ ފެށުން”.

“އެއް ދޮގު ހަދައިފިނަމަ އެ ދޮގު ފޮރުވަން ހާސް ދޮގު ހަދަން ޖެހޭނެ”.

“ދޮގަކީ ވައްކަމުގެ ތަޅުދަނޑި”

މި އަމުރުތަކުގެ ފިލާވަޅުތަކާއި އެންގުންތަކަކީ ދިވެހިން ވަރަށް ސަމާލު ކަމެއް ދީފައިވާ ކަމެކެވެ. އަދި ދޮގުހެދުމުގެ ނުބައިކަން އިސްލާމް ދީނުގެ އަސްލުތަކުންވެސް ފެންނާން އެބަހުއްޓެވެ. ފާސިގުންނާއި ކައްޒާބުގެ ނަން ދެވިފައިވާ ނުބައި ވަބާއަކަށް ވާތީއެވެ. އަދި ދޮގާމަކަރުގެ ތެރޭގައިވާ މީހުންނަށް ހުރި ޖަޒާ ތަކުގެ ވާހަކަ އިސްލާމް ދީނުގައި ހާމަ ކުރައްވާފައިވާ ގޮތުން އިސްލާމް ދީން ދޮގާ މަކަރާއި އޮޅުވާލުން ބަލައިނުގަންނަކަން ހާމަވެއެވެ. 

ދޮގު ހެދުން އާންމު އިޖްތިމާއީ ނަފްސާނީ އަދި މާލީ ތަފާތު ގެއްލުންތަކަށް ހުށަހެޅެއެވެ. ހާއްސަކޮށް ވަކި ދަރަޖައަކުން ފެށިގެން އިސް މަގާމުތަކުގައި ތިބޭ މީހުން ވަކިވަކި މަގުސަދުތައް ހާސިލު ކުރުމަށް ހިފެހެއްޓުމެއް ނެތި ދޮގުތަކެއްގެ ތޫފާން ތަކެއް ރައްޔިތުންގެ ބޯމައްޗަށް ދޫކޮށްލައެވެ. އެ ދޮގު އަސްލަކަށް ދެކި ވަކި ފަންތިތަކެއްގެ މީހުންގެ ސިޔާސީ ޕްރޮޕެގަންޑާވެސް ހާސިލު ކުރެއެވެ. ނަމަވެސް އެ ދޮގުތަކުން އުފަން ކުރި ނަތީޖާގެ ތަކުލީފު ރައްޔިތުން ދުވަސްތަކެއް ވަންދެން އުފުލާން ވެސް ޖެހެއެވެ.

ހަގީގަތަށް ރިޔާއަތްކޮށް ލިބޭ ވަގުތީ މަންފާއަށްވުރެ ދާއިމަށް ލިބޭ ގެއްލުން ބޮޑު ވުމަކީ ދޮގުވެރިންގެ ކިބައިން މުޖުތަމައުތަކަށް ލިބޭނެ ގެއްލުމެވެ. ޑޮކްޓަރަށް ދައްކަންދާ ޕޭޝަންޓު ނުބައި މައުލޫމާތު ދީފިނަމަ އެ ބައްޔަކަށް ދުވަހްކުވެސް ޝިފާއެއް ނުލިބޭނެއެވެ. ޑޮކްޓަރަށް ދޮގު ހަދާ އޮޅުވާލައިފި ނަމަ ޑޮކްޓަރ ލިޔެދޭނީ ވުޖޫދުގައިވެސް ނެތް ބައްޔަކަށް އަމާޒުކޮށް ދޭ ބެހެކެވެ. އަދި އެ ބޭހުގެ ސަބަބުން އިތުރު އުނދަގޫތަކަށް ހުށަހެޅެއެވެ. 

ދޮގުގެ މާނަ ކޮންމެ ސިފައަކުން ދިރާސާ ކުރިނަމަވެސް ގާތްގަނޑަކަށް  ކޮންމެ ދޮގަކުންވެސް ނިކުންނަ ނަތީޖާތައް ގޯހެވެ. އެހެން ނަމަވެސް މަދު ހާލަތްތަކެއްގައި ދޮގު ދޮގެއްގެ ގޮތަށްވުރެ ހެޔޮކޮން ބަލައިގަންނަންޖެހޭ ސަބަބުތަކާއި އިންސާނާ ކުރިމަތި ކުރުވައެވެ. އެހެންނަމަވެސް އެ ހިސާބަށްވެސް ދަތުރު ކުރަން ޖެހެނީ ދޮގެއް ނުވަތަ އޮޅުވާލުމެއް ކަމުގެ ފެށުން ކަމަށް ވާތީއެވެ. 

ދައުލަތްތައް ހިންގަނީ މަތީން ތިރިއަށް އުފެދޭ ތަރުތީބަކުންނެވެ. އެންމެ އިސް މަގާމުގައި ހުންނަ ބޭފުޅަކީ ދޮގާއި މަކަރަށް ދެވިހިފާ މަސްތުވެފައިވާ ހާލަތުގައި ހުރި މީހަކަށް ވެއްޖެނަމަ، އެ އިސްމީހާގެ ދަށުން މަސައްކަތް ކުރަން އޮތް ތަރުތީބުގައި ހިމެނޭ އެންމެންވެސް ސީދާ ކަމާއި ތެދަށް ވުރެ އެންމެ އިސްމީހާ މަސްތުވެފައިވާ ދޮގާއި އޮޅުވާލުމަށް ތާއީދުކޮށް އެ ދޮގުތައް ތެދުކޮށް ފޮރުވަން އިތުރު ދޮގުތަކެއް ހަދަން މަޖޫބުރު ކުރުވައެވެ. 

ދޮގަކުން ވަގުތީ މަންފާއެއް ހާސިލު ކުރެވިދާނެއެވެ. އެހެންނަމަވެސް ދާއިމީ ނުބަޔަކަށް އެ މުޖުތަމައު ހުށަހެޅިގެން ދެއެވެ. މިކަމާއި ވިދިގެން ދިރާސީ އިލްމުވެރިން ވިދާޅުވަނީ ކޮންމެ މަސްތަކީ ނުވަތަ ދެވިހިފުމަކީ ނަފުސަށް ސަނާ ކިޔުމަކާއި އިތުރު ހިތްވަރެއް ބޭނުންވާ ކަމެއް ކަމަށެވެ. މިސާލެއްގެ ގޮތުން މަސްތުވެ ދެވިހިފާފައިވާ މީހުންގެ ކިބައިން ފެންނަ ބައެއް ކަންކަން ނަފްސާނީ އިލްމު ވެރިން ފާހަގަ ކުރެއެވެ.

ޖުވާ ކުޅޭ މީހާ އިތުރު ޖޯޝްއެއް ލިބިގަނެއެވެ. މޮޅުވާ ކޮންމެ ފަހަރަކު ނަފުސަށް ތައުރީފު ކޮށްލާ ހިތްވަރު ދެއެވެ. ރަލަށް މަސްތުވެ ދެވިހިފާފައިވާ މީހާ ރާ ފޮދަކުން އެމީހާގެ ނަފުސަށް އިތުރު އާރޯކަމެއް ގެނެސްދެއެވެ. އާދަޔާއި ހިލާފަށް ސޯޝަލް މީޑިއާ އާއި އިންޓަރނެޓުގައި އުޅޭ ފަރާތްތަކަށް ހިތްހަމަޖެހުން ލިބި މުޖުތަމައު ތެރޭގައި ވާކަމުގެ އިހުސާސް އައު ކޮށްލައެވެ. ދޮގު ހެދުމުގައި ދެމި ހުންނަ ދޮގުގެ މަސްތުގައި ޖެހިފައިވާ މީހާ ވެސް ބާރުވެރިކަމާއި ނަފުސުގެ ކޮންޓްރޯލް އޮތް ކަމަށް ގަބޫލު ކުރެއެވެ. ހަމަ އެގޮތަށް ދޮގު ހެދުމުގެ މަސްތުގައި ޖެހިފައިވާ މީހާއަށް އަނެކާގެ އަބުރެއް އިއްޒަތެއް ނުވެއެވެ. އެހެން މީހަކާއި ދޭތެރޭ ވިސްނާނެ ފުރުސަތެއް ނުލިބެއެވެ. އަމިއްލަ ދިފާއަށް ފަހު އެހެން ކަމަކަށް ފުރުސަތު ނުދެވޭ ތީއެވެ. ގާތުގައި ތިބޭ އެންމެންވެސް އެނބުރެން މަޖުބޫރު ކުރުވަނީ އެ ދޮގުތައް ދިފާއު ކުރުމަށެވެ. 

ދޮގު ތަކަކުން ވަގުތީ ގޮތުން ކުރު މުއްދަތަކަށް އަމިއްލަ ނަފުސުގެ އަގު ހިފެހެއްޓެއެވެ. ޖަވާބުދާރީ ވާންޖެހޭ ހާލަތު އެކަހެރި ކުރުވައެވެ. ހަމްދަރުދީ ހޯދެއެވެ. ބާރުވެރިވެރިކަމާއި އަމުރުވެރިކަން ދަމަހައްޓައެވެ. ނުވަތަ ޖަމާއަތަކަށް އޮޅުވާލުމާއި މަގު އޮޅުވާލުމުގައި މެޑަލް ޖަހާލައެވެ. މީގެން ކޮންމެ ކާމިޔާބީއެއް، އެފަދަ ދޮގަކަށް ކަމިޔާބީގެ މަތިވެރި ދަރަޖަ ދެއެވެ. އަދި ކުރިމަގުގައި އެފަދަ ދޮގުތަކުން ލިބޭ ހިތްހަމަޖެހުން ތަކުރާރު ކޮށްލަން ލިބޭ ހިތްވަރަކަށްވެ ދޮގުގެ އަޅުވެރިއަކަށް ތިމާ ވެދެއެވެ. 

ސިޔާސީ މައިދާނުގައިވެސް ދޮގުގެ މަސްތުގައި ޖެހިފައިވާ މީހުން އަމަލު ކުރާނެ ކަމަށް ދިރާސީ އިލްމުވެރިން ގަބޫލު ކުރަނީ އާންމު މަސްތުތަކުގެ ތަރުތީބު ތަކާއި އެއްފަދަ ގޮތަކަށެވެ. ގައުމެއްގެ ވެރިކަމަށް އަންނަންވެސް ދޮގު ހަދާ އޮޅުވާލައިގެން ކާމިޔާބީތަކެއް ހާސިލު ކުރެވިދާނެއެވެ. ނަމަވެސް އެ ދޮގުތަކުގެ މަތީ ދެމި ހުރުމަށް އިތުރު ދޮގުތައް ހަދަން މަޖުބޫރު ކުރުވައެވެ. އަދި އެ ދޮގުގެ ޝިކާރައަކަށް އިންސާނާ ހަދައެވެ. 

އެހެނިހެން މަސްތާއި ދެވިހިފުން ފަދައިން ދޮގުހެދުން ވެސް ކުރިއަރާދެއެވެ. މަސްތެކޭ އެއްފަދައިން މި ދެވައްތަރުގެ ގެ މަސްތުގައިވެސް އެއްގޮތް ނިޒާމްތަކެއް ވެއެވެ. މި މަންޒަރު މިއަދު ސަރުކާރުގެ ތެރެއިންވެސް ފެންނަކަމީ ހިތާމައެކެވެ. މި މަންޒަރުތައް ވިޔަފާރި ކުންފުނި ތަކާއި ސިޔާސީ ހަރަކާތްތަކުގައި ވެސް ވެއެވެ.

މަތިން ތިރިއަށް އުފެދިފައިވާ ނިޒާމްތަކުގައި އިސްވެރިން ނުވަތަ އެންމެ އިސް ވެރިޔާ ދޮގެއްގެ މަތީ ބިނާއެއް އަޅަން އުޅޭނަމަ އަދި ތެދުގެ ސަބަބުން އުންމީދު ނުކުރާ ފަދަ ނަތީޖާ ތަކަކަށް ވާސިލު ވެދާނެ ކަމުގެ ބިރު އޮތްނަމަ އެ ނިޒާމު ދޮގު ޝިކާރަ ކުރާނެއެވެ. އަދި އިތުރު ތަފުސީލީ ދޮގުތަކަކުން ކުރީން ބުނި ދޮގުތަކުގެ ހަކަތަ ވަރުގަދަވެ އެ ދޮގުތައް އައު ނިޒާމަކަށް ބަދަލު ވެގެން ދެއެވެ. އެ ނިޒާމުގެ ސަބަބުން ފުރަތަމަ ހެދި ދޮގަށް ވުރެ މޮޅު ކުޅަދާނަ އީޖާދީ ދޮގުތަކަކަށް މުޅި ނިޒާމު އަނބުރާލައެވެ.

ބަހުސެއްގެ ގޮތުގައި ދޮގުހެދުމުގެ މަސްތުގެ އަވާގައި ޖެހިފައިވާ ފަރާތްތަކަކީ އެ މީހެއްގެ ޒާތީ މަސްލަހަތެއް ކަމަށް ބަޔަކު ބަލައިގަތް ނަމަވެސް އެ މަސްތަކީ ދެވި ހިފުމެއް ކަމަށް ދިރާސީ އިލްމުވެރިން ގަބޫލު ކުރެއެވެ. ޖުވާ ކުޅުމަކީ މަސްތެއް ކަމަށާއި ދެވިހިފާ ކަމެއް ކަމުގެ ދިރާސާތަކާއި ބެހޭ ގޮތުންވެސް މި ދިރާސާތަކުގެ ޅަފަތުގައި ދިރާސީ އިލްމުވެރިން ބަހުސް ކުރެވިފައިވެއެވެ. އަދި ޖުވާ ކުޅުމަކީ އިންސާނުން އަޅުވެތި ކުރާ މަސްތީ ދެވިހިފުމެއް ކަމަށް ސިއްކަ ޖެހުނެވެ. 

މަސްތުވުމާއި ދެވިހިފުމަކީ 21 ވަނަ ގަރުނުގައި ފަރުވާ ބޭނުންވާ ކަމެކެވެ. އަދި ނަފުސުގެ ކޮންޓްރޯލް ތިމާއަށް މުޅިން ގެއްލޭ ކަމެކެވެ. ދޮގުވެސް އެ މިންގަނޑު ތެރޭގައި ހިމެނިގެން ދާއިރު ބައެއް ކަހަލަ މަގާމު ތަކަކީ ހަމަ ބުއްދީގައި މީހާ ދެމިހުރުން ލާޒިމު ކުރެއެވެ. އަދި އަމިއްލަ ނަފުސު ދޮގުގެ އަޅުވެތި މަސްތެއްގައިވާ ނަމަ ޒިންމާދާރު މަގާމުތަކުގެ ޝަރުތުތަކުން މީހާ އުނިވެގެން ދެއެވެ. އެ މަސްތުގައި ވާ ވެރިޔާގެ ސަބަބުން އޭނާއާއި އެކު އުޅޭ މީހުންނަށް ލިބިދާނެ ފޫނުބެއްދޭ ވަރުގެ ގެއްލުން ތަކުން ސަލާމަތް ކުރުމަށެވެ. 

މަސްތުގައިވާ މީހާ އަކީ ބުއްދި ހަމަޖެހޭ މީހެއްގެ ގިންތީގައި ގުނިދާނެ ބައެއް ނޫނެވެ. ހަމަ އެފަދައިން މީހާގެ ވިސްނުމާއި ހިޔާލާތު ޑްރަގުގެ މަސްތުގައި ނުވަތަ ޖުވާ ކުޅުމާއި ދޮގުގެ މަސްތުގައި ޖެހިފައިވާ މީހެއްގެ ބުއްދީގެ ސީދާކަން ގެއްލޭނެ ކަމަށް ދިރާސާތައް ދައްކައެވެ. އެ ފަދަ މަސްތުތަކުގެ ސަބަބުން އިންސާނާ ނަފުސާނީ ގޮތުން ޒިންމާއެއް އަދާ ކުރުމަކަށް ނުކުޅެދޭނެ ކަމަށް ދިރާސީ އިލްމުވެރިން އިއްތިފާގުވާން ވަނީ ފަށާފައެވެ.

]]>
Sat, 06 Jun 2026 10:23:23 +0500 ހަވާ
އީރާނުގެ ދިފާއީ އައްޑަނައަކީ ކަނޑުތަކާއި ފަރުބަދަތަކާއި ސަހަރާ https://heerasnews.com/4243 https://heerasnews.com/4243 އީރާނަކީ ބޮޑު  ދެފަރުބަދަ ބަރިއާއި، ސަހަރާތަކުގެ އިތުރުން ކެސްޕިއަން ކަނޑާއި، ފާރިސީ ކަނޑުއޮޅި އަދި އޮމާން ކަނޑުގެ އައްސޭރިފަށުގެ މުއްސަނދިކަމާއި ރައްކާތެރިކަން ލިބިފައިވާ ގައުމެކެވެ. މީގެ އިތުރުން ހޯރްމޫޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލުގެ ވިޔަފާރީގައި ނުހަނު މުހިންމު ދައުރެއް އަދާކުރާ މަގެކެވެ.

އީރާނުގެ ޖޯގުރަފީ އޮތްގޮތުން، އެއީ ބޭރުގެ އަސްކަރިއްޔާއަކަށް އަރައިގަނެ، އެ ގައުމު ހިފުމަށް ދުނިޔޭގައި އޮތް އެންމެ އުނދަގޫ ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. 1.4 މިލިއަން އަކަ ކިލޯމީޓަރަށް ފެތުރިފައިވާ މި ގައުމަކީ ދުނިޔޭގެ 17 ވަނައަށް އެންމެ ބޮޑު ގައުމެވެ.

އެ ގައުމުގެ ގުދުރަތީ މާހައުލު އެކުލެވިގެންވަނީ ގިނަ ފަށަލަތަކެއްގެ މައްޗަށް އެކުލެވޭ ދިފާއީ އައްޑަނައެއްގެ ގޮތުގައެވެ. ފަރުބަދަ ބަރިތަކާއި، ހަނަފަސް ސަހަރާތަކާއި، ލަފާކުރަން ދަތި އައްސޭރިފަށުގެ ސަބަބުން، އަރައިގަންނަ ބާރުތަކުގެ އަސްކަރީ ކުރިއެރުންތައް ހުއްޓުވައި، އެ ފަރާތްތަކުގެ ބާރު ކަނޑުވާލުމަށް އެހީތެރިވެދެއެވެ.

ފަރުބަދަތަކުގެ އައްޑަނަ

އީރާނަކީ އުސް ސަރަހައްދުތައް ގިނަ ގައުމެކެވެ. އެގޮތުން 2،000 މީޓަރަށްވުރެ އުސް 390 އަށްވުރެ ގިނަ ފަރުބަދަ އާއި، 4،000 މީޓަރަށްވުރެ އުސް 92 ފަރުބަދަ އެ ގައުމުގައި ހުރެއެވެ. ގައުމުގެ މެދުތެރޭ ސަރަހައްދު ވަށާލާފައިވަނީ ވަރުގަދަ ދެ ފަރުބަދަ ބަރިއަކުންނެވެ.

ޒަގްރޯސް ފަރުބަދަ ބަރި: އިރާގާއި ތުރުކީއާ ގުޅޭ ހުޅަނގު ބޯޑަރުގައި އޮންނަ މި ފަރުބަދަ ބަރިއަކީ ހުޅަނގުން އެއްގަމު މަގުން އަރައިގަންނަ ކޮންމެ ބާރަކަށްވެސް އޮތް ވަރުގަދަ ހުރަހެކެވެ. މި ސަރަހައްދުގެ ގޮތުން، ހަމަލާދޭ ފަރާތްތަކަށް މަޖުބޫރުވަނީ ހަނި މަގުތަކުން ދަތުރުކުރުމަށެވެ. މީގެ ސަބަބުން ފިލާ ތިބެ ހަމަލާދޭ ފަރާތްތަކަށް ބޮޑު ފުރުސަތެއް ލިބިގެންދެއެވެ.

އަލްބޯރްޒް ފަރުބަދަ ބަރި: އުތުރު ފަރާތް ދިފާއުކޮށްދޭ މި ފަރުބަދަ ބަރީގެ ސަބަބުން ގައުމުގެ އެތެރެވަރި ވަކިކޮށްދީ، ވެރިރަށް ތެހެރާން ފަދަ މުހިންމު ސަރަހައްދުތައް ރައްކާތެރިކޮށްދެއެވެ.

ބިމުއަޑީގެ ރައްކާތެރިކަން

މި ފަރުބަދަތަކުގެ ވަރުގަދަކަމުގެ ސަބަބުން، އީރާނުގެ އަސްކަރިއްޔާއަށް ވަނީ ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭގައި އެ ގައުމުގެ އެންމެ މުހިންމު އަސްކަރީ ވަސީލަތްތައް ބިމުގެ އަޑީގައި ވަރަށް ފުންކޮށް ވަޅުލައި ރައްކާތެރިކުރުމުގެ ފުރުސަތު ލިބިފައެވެ.

އީރާނުގެ މުހިންމު ނިއުކްލިއަރ މަރުކަޒުތަކާއި، މިސައިލް ރައްކާކުރާ ސަރަޙައްދުތަކުގެ އިތުރުން އަސްކަރީ ކޮމާންޑް އޮނިގަނޑުތައް ބިނާކޮށްފައިވަނީ ހަރު ހިލަ ފަރުބަދަތަކުގެ އަޑީގައެވެ. މީގެ ސަބަބުން، އެމެރިކާ އާއި އިސްރާއީލުން ހަފުތާތަކެއް ވަންދެން ދޭ ވައިގެ ހަމަލާތަކުން ސަލާމަތްވުމުގެ ވަރުގަދަ ދިފާޢީ ގާބިލުކަމެއް އެ ތަންތަނަށް ލިބިގެންވެއެވެ.

މިޑްލް އީސްޓް އިންސްޓިޓިއުޓްގެ ސީނިއަރ ފެލޯ، އަލެކްސް ވަޓަންކާ 'މިޑްލް އީސްޓް އައި' އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، އީރާނަކީ ފަރުބަދަތައް ގިނަ ގައުމެއް ކަމަށާއި، އެ ގައުމުގެ އަސްކަރީ ވަސީލަތްތައް ބިމުގެ އަޑީގައި ގާއިމުކުރުމަށް އީރާނުގެ ސަރުކާރުން ގިނަ އަހަރުތަކެއް ހޭދަކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން، މިފަދަ ހާލަތަކަށް އީރާނުން ތައްޔާރުވަމުން އަންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށާއި، 2003 ވަނަ އަހަރުވެސް ސައްދާމް ހުސައިންގެ ސަރުކާރަށް ވުރެ މިފަދަ ކަންކަމާ ކުރިމަތިލުމުގެ ގާބިލުކަން އީރާނުގެ މާ ބޮޑު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މެދުތެރޭގެ ސަހަރާތައް

ފަރުބަދަތަކުގެ ފުރަގަހުގައި އޮންނަނީ ދުނިޔޭގެ އެންމެ ނުރައްކާތެރި އަދި ދިރިއުޅެން ދަތި ދެ ސަހަރާ ކަމަށްވާ 'ދަޝްތޭ ކަވީރު' އާއި 'ލޫތު' ސަހަރާ ހިމެނޭ މެދުތެރޭގެ އުސް ބިންތަކެވެ. އީރާނަށް އަރައިގަންނަ ލަޝްކަރަކަށް ބަލާއިރު، މި ސަހަރާތަކަކީ ޖިއޮގްރަފީ ގޮތުން ކުރިމަތިވާ ވަރަށް ބޮޑު ހުރަހެކެވެ. މި ސަރަޙައްދުތަކަކީ ނިވާވާނެ ތަނެއް ނެތް، ހޫނުމިން އިންތިހާއަށް މަތި، އަދި އަސްކަރީ ސާމާނާއި ކާބޯތަކެތި ފޯރުކޮށްދިނުމުގައި (ލޮޖިސްޓިކްސް) ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ސަރަޙައްދުތަކެކެވެ.

އީރާނަކީ ބިޔަ ބޮޑު ގައުމަކަށް ވާތީ، ދުޝްމަނުންނަށް ފަސޭހައިން އަމާޒުކުރެވޭނެ ފަދަ މަދު މަރުކަޒުތަކަކަށް އެ ގައުމުގެ ފައުޖުތައް ޖަމާކުރާކަށް ނުޖެހެއެވެ. އޭގެ ބަދަލުގައި، އީރާނުގެ ބޮޑު ސަރަޙައްދުގެ ބޭނުން ހިފައިގެން، އެކި ތަންތަނަށް ދަތުރުކުރެވޭ ފަދަ މޮބައިލް ހަތިޔާރުގެ ނިޒާމުތައް ފޮރުވައި، އެކި ސަރަޙައްދުތަކަށް ބަހާލުމުގެ ފުރުޞަތު އެ ގައުމަށް ލިބިގެންވެއެވެ.

ވޮޝިންޓަން އިންސްޓިޓިއުޓްގެ އެނަލިސްޓެއް ކަމަށްވާ ފަރްޒީން ނަދީމީ ފާހަގަކުރެއްވި ގޮތުގައި، އީރާނުގެ ޖިއޮގްރަފީގެ ސަބަބުން، ވައިގެ ވަރުގަދަ ހަމަލާތަކެއް އަމާޒުވަމުން ދާއިރުވެސް 'ލިކުއިޑް ފިއުލް' ބޭނުންކުރާ މިސައިލްތައް ފޮނުވުމުގެ ގާބިލުކަން އެ ގައުމަށް ލިބިފައިވެއެވެ. މިފަދަ މިސައިލްތައް ފޮނުވުމަށްޓަކައި ހާމަ ތަންތަނުގައި ތައްޔާރުކުރަންޖެހޭ ބިޔަ ލޯންޗަރުތައް ބޭނުންވެއެވެ. އީރާނަކީ ބޮޑު ސަރަޙައްދެއް އޮތް ގައުމަކަށް ވުމުން، މިކަން ކުރެވޭނެ ފުރުޞަތު އެބައޮތް ކަމަށް އޭނާ ވިދާޅުވި ކަމަށް 'މިޑްލް އީސްޓް އައި' އިން ރިޕޯޓުކޮށްފައިވެއެވެ.

ދެކުނު އައްސޭރިފަށާއި ރަށްތައް

އީރާނުގެ ދެކުނު ބޯޑަރު 'ޕާޝިއަން ގަލްފް' ނުވަތަ ފާރިސީ ކަނޑުއޮޅީގެ އައްސޭރިފަށުގައި 1،800 އަށްވުރެ ކިލޯމީޓަރަށް ބޮޑަށް ދެމިގެންވެއެވެ.

ހޮރްމުޒް ކަނޑުއޮޅިއާއި އޮމާން ކަނޑުގެ އައްސޭރިފަށަކީ ތޫނު ހިލަގަނޑުތަކާއި، ފުންމިން އެހާމެ ތިލަ ބެދިފައިވާ އޮއިވަރެއް އެކުލެވޭ ސަރަހައްދެކެވެ. މި ގުދުރަތީ ހުރަސްތަކުގެ ސަބަބުން، ކަނޑުމަގުން އެއްގަމަށް އަރައިގަންނަ އަސްކަރީ އުޅަނދުތަކަށް އެ ސަރަހައްދަށް ވާސިލުވުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެއެވެ.

ރަށްތަކުގެ މަޅި

އީރާނުން މި ސަރަހައްދުގެ އިސްތިރާތީޖީ 42 ރަށެއް ކޮންޓްރޯލް ކުރެއެވެ. އޭގެ ތެރޭގައި ގޭޝްމް، ހޮރްމުޒް އަދި ލާރަކް ފަދަ ރަށްތައް ހިމެނެއެވެ. އެމެރިކާ ފަދަ ޒަމާނީ އަސްކަރިއްޔާއަކަށް، އެމީހުންގެ ކަނޑުގެ ބާރުގެ ބޭނުންކޮށްގެން މި ރަށްތައް ހިފިދާނެ ކަމަށް ފެނުނަސް، އެ ތަންތަން ދިފާއުކޮށް ހިފަހައްޓައިގެން ތިބުމަކީ މުޅިން ތަފާތު ކަމެކެވެ.

އަސްކަރީ މާހިރުން އިންޒާރު ދޭ ގޮތުގައި، އީރާނުގެ މައި ބިމާ މި ރަށްތައް ކައިރިވުމަކީ (މިސާލަކަށް ގޭޝްމް އޮންނަނީ އެންމެ 2 ކިލޯމީޓަރު ދުރުގައެވެ) އެ ރަށްތައް ބޮޑު މަޅިއަކަށް ބަދަލުކުރުމުގެ ފުރުސަތު އީރާނަށް ލިބޭ ކަމެކެވެ. އީރާނުން 'އެސިމެޓްރިކް' ހަނގުރާމައިގެ އުކުޅުތަކާއި، ޑްރޯން އަދި ބޮޑުބަޑީގެ ހަމަލާތައް ބޭނުންކޮށްގެން، އައްސޭރިފަށުގައި ތިބެ ހިފާފައިވާ ސަރަހައްދުތަކަށް މެދުނުކެނޑި ހަމަލާދީ އިދިކޮޅު ލަޝްކަރުތަކަށް ބޮޑެތި ގެއްލުންތަކެއް ދެވޭނެއެވެ.

ޔޫ.އެސް.އެފް ގްލޯބަލް އެންޑް ނޭޝަނަލް ސެކިއުރިޓީ އިންސްޓިޓިއުޓްގެ ރިސާޗް ފެލޯއެއް ކަމަށްވާ އަރްމާން މަހްމޫދިއަން "މިޑްލް އީސްޓް އައި" (MEE) އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، އެ ރަށްތަކުގައި އެމެރިކާއާ ހަނގުރާމަކޮށް މޮޅުވުމުގެ ފުރުސަތު ކުޑަކަން އީރާނަށް އެނގޭ ކަމަށެވެ. އެހެންކަމުން، އެމެރިކާ ސިފައިން އެ ރަށްތަކަށް އެރުމަށް ފުރުސަތު ދިނުމަށްފަހު، އެ ތަނުގައި ތިބޭ ސިފައިންނަށް އަމާޒުކޮށް ހަމަލާދިނުމަކީ އީރާނުގެ އުކުޅަކަށް ވެދާނެއެވެ.

ހޮރްމުޒް ކަނޑުއޮޅިއާއި ރަށްތަކުގެ ކޮންޓްރޯލް

ހޮރްމުޒް ކަނޑުއޮޅިއަކީ މިހާރު އެންމެ ނުފޫޒުގަދަ އެއް ސަރަހައްދެވެ. ހަނގުރާމައިގެ ކުރިން، ދުނިޔެއަށް ބޭނުންވާ ތެލުގެ ފަސްބައިކުޅަ އެއްބައި، ނުވަތަ ދުވާލަކު ގާތްގަނޑަކަށް 20 މިލިއަން ފީފާ ތެޔޮ މި މަގުން ދަތުރުކުރެއެވެ.

އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ކުރަމުންދާ ހަނގުރާމަ ފެށުނު ފަހުން، ތެހެރާނުން ވަނީ އެ ސަރަހައްދުގެ ކަނޑުމަގުގެ ދަތުރުފަތުރަށް ހުރަސްއަޅައި، ބައެއް އުޅަނދުތަކަށް އަމާޒުކޮށް ހަމަލާދޭން ފަށާފައެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އަމާންކަމާއެކު ދަތުރުކުރުމުގެ ފުރުސަތު ދެނީ ވަކި އުޅަނދުތަކަކަށް ފީއެއް ނެގުމަށްފަހުގައެވެ.

މި ހަލަބޮލިކަމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގު އުފުލި، ކަނޑުމަގުގެ ދަތުރުފަތުރުތައް އަލުން އާންމު ހާލަތަކަށް ގެނައުމަށް ވޮޝިންގްޓަނަށް ކުރިމަތިވާ ފިއްތުންތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ނަތީޖާއެއްގެ ގޮތުން، އީރާނުގެ ޖޯގުރާފީ އޮތްގޮތުން ދުޝްމަނުން "ހަނގުރާމަ ފުޅާކުރުމުގެ މަޅިއެއްގައި" ޖެހުމަށް މަޖުބޫރުވެއެވެ. އަރައިގަންނަ ލަޝްކަރަކުން އެމީހުންގެ އަސްކަރީ ހަރަކާތްތައް ހަމައެކަނި އައްސޭރިފަށުގެ ސަރަހައްދުތަކަށް ނުވަތަ މަދު ރަށްތަކަކަށް ހަނިކުރަން އުޅުނު ނަމަވެސް، ގައުމުގެ އެތެރެވަރިން އަންނަ މެދުކެނޑުމެއްނެތް ވަރުގަދަ ހަމަލާތަކާ ކުރިމަތިލާން ޖެހޭނެއެވެ. އެ ހަމަލާތައް ހުއްޓުވުމަށްޓަކައި، އެ ލަޝްކަރަށް މަޖުބޫރުވަނީ ގައުމުގެ އެތެރެއަށް އިތުރަށް ވަދެގަތުމަށެވެ. މިގޮތުން ދާންޖެހެނީ ނުރައްކާތެރި ފަރުބަދަވަލްތަކާއި ސަހަރާތަކުގެ ތެރެއަށެވެ. އެއީ އެމީހުންގެ އަތުގައި ހުރި ޓެކްނޮލޮޖީގެ ކުރިއެރުންތަކުގެ ބޭނުން ނުހިފޭ، އަދި އެ ބާރުތައް ކެނޑިގެންދާ ފަދަ އުނދަގޫ ބިމެކެވެ.

]]>
Thu, 04 Jun 2026 00:11:44 +0500 ހީރަސް
ވީދި ހަސްނެތެމުންދާ އިޖުތިމާއީ ފޭރާމާއި އައްޕަތުރޭ https://heerasnews.com/4236 https://heerasnews.com/4236 ރާއްޖޭގެ އިޖުތިމާއީ ފޭރާން ވީދި ކުދިކުދިވެފައި ވުމަކީ ދެބަސް ވެވެންނެތް ހަގީގަތެކެވެ. އަނެކުންނަށް އަދަބު އިހުތިރާމް ކުރުމަކީ ކާބަފައިންގެ ކިބައިން އައި އެ ދޮށީ ބޭބޭފުޅުން ކޮށްއުޅުނުކަމެކޭ ބުނާ އަޑު އެހީމޭ ބުނާހިސާބަށް އެކަން ހިމަވެގެން ގޮސްފައިވާކަމީވެސް ދެބަސް ވެވެންނެތް ހަގީގަތެކެވެ. އެހެނެއް ކަމަކު އިޖުތިމާއީ ފޭރާމުގެ ވާހަކަ ދައްކަވާއިރު މިނިސްޓަރު އިހުސާނަށް އެނގިވަޑައި ނުގަންނަވާ ކަމަކީ މިކަންކަމުގެ ޒިންމާ ނަގާނަމަ ހަމަ އިހުސާން ފަދަ ސިޔާސީ ކޯޓު ތުރުކުރައްވައިގެން ތިއްބެވި ސިޔާސީ ކަމަށް ވިދާޅުވާބޭފުޅުންގެ އިހުމާލު ބޮޑުކަމެވެ.

މިހުރިހާކަމެއް މިގޮތައް ދިއުމުގައި އެންމެ ބޮޑު ޒިންމާއެއް ނަންގަވަންޖެހެނީ ހަމަ އިހުސާން ފަދަ ސިޔާސީ ހަށިވިއްކާ ބޭފުޅުންނެވެ. މިއަދު މިނިސްޓަރ އިހުސާނަށް ކޯޓުގެ އިހުތިރާމް ކަނޑާތަނާއި މަގުމަތީގެ އަހުލާގު ނެތިގޮސް އަނެކުންނަށް އިހުތިރާމް ކުޑަކުރާތަން ތިޔަފެނިވަޑައިގަތީ މަނިކުފާނު ވެރިކަމުގެ ކޮއިލުގަ ނުފޫޒުގަދަ ސިޔާސީ މަގާމެއް ބައްލަވައި ގަނެގެން އެފަދަ މަގާމެއްގައި ހުންނެވުމުމާއި މަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ ވެރިކަން ކުރާ ޕާޓީ އަށާއި ދައުލަތުގެ އެންމެ އިސްވެރިޔާއާއި ވެރިކަމުގައި ތިއްބެވި އިސްފަރާތްތަކަށް ބަހުގެ ހަމަލާތައް ރައްދުވާތީ ކަމަށް ދެންނެވުމަކީ ދޮގަކަށް އަދި ކުށަކަށްވެސް ނުވާނެއެވެ.

ހަގީގަތަކީ ރައްދުވާ ބަސްތަކުން ރެކެވޭނެ މިންވަރަށް ވުރެ ސަރުކާރުތެރޭގެ ނުރަނގަޅު ކަންކަން އިތުރުވީއެވެ. ދޮގުތައް އިތުރުވީއެވެ. އައްޗި ކަންކަން އިތުރުވީއެވެ. އައްޗި ފޮޓޯތައް ފޮނުއްވަނީ ކީއްކުރަންތޯއެވެ. އެވަރަށް ރޭގަނޑު އުދަގޫ ކުރަނީ ކީއްވެގެންތޯއެވެ. މި ފޭރާން ހަލާކުވީ ހަމަ އިހުސާން ފަދަ ސިޔާސީ ކޯޓު ތުރުކުރައްވައިގެން ތިއްބެވި ސިޔާސީ ކަމަށް ވިދާޅުވާ ބޭފުޅުންގެ ފުށުންނެވެ. 

ސަރުކާރުގެ އިސް މަގާމް ތަކުގައި އިއްޒަތްތެރި އެއްވެސް ބޭފުޅަކުނެތޭ ބުނުމަކީ ދޮގަކަށް ވާނެބާއެވެ. ރައްޔިތުންގެ  މަޖިލިސް އިން ފަށަމާތޯއެވެ. އެންމެ ފުރަތަމަ ސުވާލަކީ ރައްޔިތުންގެ މަޖިލިސް މިއަދު ރައްޔިތުންގެ މަޖިލިހަކަށް ވޭތޯއެވެ. ނުވަތަ އެއީ ސަރުކާރުގެ މަޖިލީހަކީ ތޯއެވެ. އެންމެ ގިނައިން އިއްޒަތްތެރި މިބަހުން މުހާތަބު ކުރައްވާ އަޑު އިވެނީ އެ މަޖިލިހުގެ ތަޅުމުންނެވެ.

މަޖިލިހަށް ބަލާލާއިރު މަޖިލިހުގެ ބައެއް މެންބަރުންގެ ވީޑިއޯ ކްލިޕްތައް ޓިކްޓޮކްގައި ދަނީ މަޝްހޫރުކަމާއި މަގުބޫލުކަން ހޯދަމުން ވައިރަހެއްހެން ފެތުރެމުންނެވެ. އެއްބަޔަކު އުފަލާއި އެކު އެ ވީޑިއޯތައް ފަތުރަމުން، ހިއްސާ ކުރަމުން ދާއިރު އަނެއްބަޔަކު އެކަމާ ނުރުހުމުގެ ބަސްތައް ދަނީ އިއްވަމުންނެވެ. ނަމަވެސް އެ ވީޑިއޯ ތަކުގެ ހަގީގަތައް ބަލަނީ ކިތައް މީހުންތޯއެވެ.

ކުރި ގުރުނޑުވެފަ ހުރި ރުކެއް ކިތަންމެ ރީތި ބަގީޗާއެއްގައި އިންދާ އެއީ މާފުރިހަމަ ރުކެއް ކަމުގައި ދައްކަން އުޅުނަސް އެގުރުނޑު ކަމެއް ނުފިލާނެ ދޮގެއްތޯއެވެ. އެގޮތައް އެރުކާ ގުޅިގެން ވާހަކަ ދައްކާބަޔަކު އެވާހަކަ ދައްކާ ސަބަބަކީ ކުރި ގުރުނޑުވެފައި ހުރި ރުކެއް އެބަގީޗާގައި އިންދީމަ ނޫންތޯއެވެ. އެހެންވީމަ މިތަނުން ގޯސްވާންވީ އެރުކުގެ ގުރުނޑު ކަމުގެ ވާހަކަ ދައްކާ ބަޔަކުތޯ ނުވަތަ އެފަދަ ގުރުނޑު ރުކެއް އެބަގީޗާގައި އިންދިމީހާތޯ މިއީ ވިސްނާލާ ފައިސަލާ ކޮށްލާންޖެހޭ ކަމެއްކަމުގައި ދެކެމެވެ. މި ކަމުގައި ހަމަ އިހުސާނު ހިމެނޭހެން އިހުސާނު ފަދަ ސިޔާސީ ކޯޓު ތުރުކުރައްވައިގެން ތިއްބެވި ސިޔާސީކަމަށް ވިދާޅުވާ ބޭފުޅުން ހިމެނެވެ.

ދެން އޮތީ ކޯޓުގެ ހުރުމަތް ކެނޑުމުގެ ވާހަކައެވެ. މިއީ ވަރަށް ގިނައިން އިވޭ އަޑެކެވެ. އެތަނެއްގައި އަދުލުއިންސާފު ނެތް ތަނެއްގައި ކޯޓުތަކާއި މެދު ރައްޔިތުންގެ އޮންނާނީ ކޮން އިތުބާރެއްތޯއެވެ. އެހެނީ ކޯޓުތަކުން ގާނޫނުގެ ބާރު ދަމަހައްޓާނެ ވާހަކަ އިއުލާނު ކުރުމުން އެކަނި ނުފުދޭތީއެވެ. ތަންފީޒު ކުރާ މަންޒަރުވެސް ގާނޫނީ ހަމަތަކުން ހަމަހަމަކަމާއި އެކު ކަންކަން ކުރާތަން ވެސް ފެނުން ލާޒިިމް ކުރާތީއެވެ. އެހެން ކަމުން ކޯޓުތަކުން އެ މަންޒަރު ނުފެންނަ ނަމަ އެ ތަނަށް ކުރާނީ ކޮން އިހުތިރާމް އެއްތޯއެވެ. ކޯޓުތަކަށް ކުރާ އިހުތިރާމް ނެތި ދިއުމާއި ހުރުމަތް ކެޑުންވެސް ގުޅިފައިވަނީ ހަމަ އިހުސާން ފަދަ ސިޔާސީ ކޯޓު ތުރުކުރައްވައިގެން ތިއްބެވި ސިޔާސީ ކަމަށް ވިދާޅުވާ ބޭފުޅުންނާއެވެ.

މައުމޫން އަބުދުލް ގައްޔޫމް ގެ ވެރިކަމުގައި ކުރީގެ ރައީސް އިބްރާހިމް ނާސިރަށް ދައުވާ ތަކެއް އުފުލާ ގައިރު ހާޒިރުގައި ހުކުމް ތަކެއް އިއްވާ އެމަނިކުފާނުގެ ގެދޮރާއި މުދާ ދައުލަތަށް ނެގިއެވެ. ވެލާނާ ބިލްޑިންގް އަކީ އެފަދަ އެއްތަނެވެ. އެއިރު ސަރުކާރުގެ އެއްބާރުން ލިބިގެން އެތައް މަޒާހިރާ ތަކެއް ކުރިއަށް ގެންދިޔައެވެ. މިއީ ރާއްޖޭގައި މިފަދަ ގޮތަކަށް  މުޒާހިރާ ކުރުމުގެ ފެށުމެވެ. މި މުޒާހިރާ ތަކުގައިވެސް ބޭނުން ކުރަމުން ދިޔަ ބަސްތަކާއި ކިޔަމުން ދިޔަ ލަވަތަކުގެ ވާހަކަ ދައްކާކަށް ނެތީމުއެވެ. މިއީ ރާއްޖޭގެ އިޖުތިމާއީ ފޭރާމުން ނިއުޅެންފެށި  ފުރަތަމަ ރޮއްޖެވެ. މިއީވެސް ނުހައްގުން ކޮއްފައިވާ ސިޔާސީ ދަޢުވާތަކެއް ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވާ ކޯޓުތަކުގެ ހުރުމަތް ކެނޑޭ ގޮތައް ވާހަކަފުޅު ދައްކަަވާފައިވަނީވެސް ހަމަ މިރާއްޖޭގެ އިހުސާނު ފަދައިން ސިޔާސީ ކޯޓު ތުރުކުރައްވައިގެން ތިއްބެވި ސިޔާސީ ކަމަށް ވިދާޅުވެ ދައުވާކުރާ ބޭފުޅުންނެވެ. 

ދެން އައީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމެވެ. އެމަނިކުފާނުންގެ ވެރިކަމުގައިވެސް ގާޒީއަކު ހައްޔަރު ކުރެއްވިއެވެ. އޭގެ އިތުރުންވެސް ސިޔާސީ ބައެއް ބޭފުޅުން ހައްޔަރު ކުރެއްވުމާއި ބައެއް ބޭފުޅުންނަށް ކޯޓުތަކުން ހުކުމް ކުރިއެވެ. އެކަންތައްތަކާއި ގުޅިގެންވެސް ސިޔާސީ ބޭފުޅުން އިސްކޮށް ތިއްބަވައިގެން މުޒާހިރާތައް ކުރެއްވިއެވެ. މަގުމަތީގެ އަދަބުތަކާއި ބަސްމަގުގެ ފެންވަރުގެ ވާހަކަ ދައްކާކަށް ނެތީމެވެ. މި މުޒާހިރާތަކާއި އެއްވުންތައްވެސް ކުރިޔަށް ގެންދެވީ ހަމަ އިހުސާން ފަދަ އިހުސާންތެރި ކަމެއް ނެތް ސިޔާސީ ކޯޓު ތުރުކުރައްވައިގެން ތިއްބެވި ސިޔާސީ ކަމަށް ވިދާޅުވާ ބޭފުޅުންނެވެ.

މި ދެންނެވި މުޒާހިރާތައް ދިގުދެމި އެންމެފަހުން އޭރުގެ އިދިކޮޅު ފަރާތްތައް އިސްކޮށް ތިބެ މަގުމަތީގެ ހާލަތު ހަލަބޮލި ކޮށްލިއެވެ. އާއްމު ރައްޔިތުން ކުރިއަށް ނެރެ ވެރިކަމުގެ ތަނބު ކަނޑާ ވައްޓާލިއެވެ. އެ އެއްވުން ތަކުން ހުދު އިހުސާނު ވެސް ފެނިގެންދިޔައެވެ. އަސްކަރީ ޔުނީފޯމެއްގައެވެ. ނަމަވެސް މާރިވެތި އަހުލާގެއް ހިފެހެއްޓެވި އެކޭ ދަންނަވާކަށް ނުކެރޭނެއެވެ. މާ ނަޒާހަތްތެރި ބޭފުޅެކޭ ދެންނެވޭކަށްވެސް ނެތެވެ. ނަމަވެސް އެ ވައްޓާލި ވެރިކަން ވައްޓާލުމުގައި ހަމަ އިހުސާނު ފަދަ ސިޔާސީ ކޯޓު ތުރުކުރައްވައިގެން ތިއްބެވި ނަޒާހަތްތެރިކަން ވަޅުލެވިފައިވާ ސިޔާސީ ކަމަށް ވިދާޅުވާ ބޭފުޅުން ހިމެނެއެވެ. 

ޖެހިގެން އައީ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ކުރު ދައުރެކެވެ. ވަރަށް ހަލަ ބޮލިކޮށް ދިޔަ ދުވަސް ކޮޅެކެވެ. މުޒާހިރާ ތަކާއި އެއްވުންތައް ގިނަ ހަލަބޮލި ދުވަސްވަރެކެވެ. އެމަނިކުފާނުގެ ވެރިކަމުގައިވެސް ރައީސް މުހައްމަދު ނަޝީދު ހިމެނޭހެން ބައެއް ސިޔާސީ ބޭބޭފުޅުންގެ މައްސަލަތައް ތަހުގީގުކޮށް ކޯޓަށް މައްސަލަތައްވެއްދިއެވެ.  އޭރުވެސް ހަމަ އިހުސާނު ފަދަ އެއްވެސް އަސާސެއް، ހަމައެއް، އަމިއްލަ އުސޫލެއް ނެތް ސިޔާސީ ކޯޓު ތުރުކުރައްވައިގެން ތިއްބެވި ސިޔާސީ ކަމަށް ވިދާޅުވާ ބޭފުޅުން ކޮޅުކޮޅަށް ދުވެ ހެދިއެވެ. 

ވަހީދުގެ ކުރު މުއްދަތު ނިމުމުން ދިވެހި ވެރިކަމާއި ހަވާލުވެ ވަޑައިގަތީ ރައީސް ޔާމީން އަބުދުލް ގައްޔޫމެވެ. އެމަނިކުފާނުގެ ވެރިކަމުގައި ކޯޓުތަކުގައިވީ ބައެއް މައްސަލަތައް ނިމުނުއިރު ރައީސް މުހައްމަދު ނަޝީދު ހިމެނޭހެން އެތައް ސިޔާސީ ބޭފުޅުންނަށް ކޯޓުތަކުން ހުކުމް ކުރިއެވެ. އަދި ރާއްޖޭގެ އުއްތަމަށް ފަނޑިޔާރު ހިމެނޭހެން އެތައް ފަނޑިޔާރުންނެއް ހައްޔަރުކޮއް މަގާމުން އެކަހެރިކޮށް ކޮރަޕްޝަންގެ ތުހުމަތުތައް އެބޭފުޅުންގެ މައްޗަށް އުފުލުނެވެ. މިކަންކަމާއި ގުޅިގެންވެސް މުޒާހިރާ ތައް ފެށުނެވެ. މަގުމަތި ހަލަބޮލި ކޮއްލިއެވެ. ހަމަ އިދި ކޮޅުގައި އެއިރު ތިއްބެވި ސިޔާސީ ބޭފުޅުން އިސްކޮށް ތިއްބަވައިގެންނެވެ.

އަދަބު އަހުލާގުގެ ކަންފުޅެއްވެސް ނެތޭ ދެންނެވުމަކީ ގޯހަކަށް ނުވާނެއެވެ. ކޯޓުތްކުގެ ހުރުމަތުގެ ވާހަކަ ދައްކަންޖެހޭތޯއެވެ. އެމީހަކާ އެމީހެކެވެ. ހަމަ ގޮވުނު އެއްޗެއް ގޮވަނީއެވެ. އަތްޖައްސަވާ ސާބަސް ދެއްވަން ތިއްބެވީ ހަމަ އިހުސާން ފަދަ ސިޔާސީ ކޯޓު ތުރުކުރައްވައިގެން ތިއްބެވި ސިޔާސީ ކަމަށް ވިދާޅުވާ ތަނަވަަސް ބަފާބެއެއްގެ ތައްޕާހުން ކައިބޮއި އުޅުނު އިހުސާނުމެން ފަދަ ބޭފުޅުންނެވެ. 

ކޮންމެ އަކަސް ދެން ފެނުނީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހުގެވެރިކަމެވެ. އެމަނިކުފާނުގެ ވެރިކަމުގައި ކުރީގެ ރައީސް ޔާމީން އަބުދުލް ގައްޔޫމް އެތަކެއް ފަހަރު މަތިން ހައްޔަރުކޮށް އަދި ކޯޓުން ހުކުމްކޮށް ޖަލަށް ލިއެވެ. ޖަލަށް ލުމާއި ވިދިގެން މިހާރުވެރި ކަމުގައި ތިއްބެވި ބޭފުޅުން މިނިސްޓަރ އިހުސާނު ވެސް ހިމެނޭގޮތައް މަގުމަތީގެ މުޒާހިރާތައް ފެއްޓެވިއެވެ. ވަގު ހުކުމާއި ހަރާމް ހުކުމަށް ގޮވަމުންނެވެ. އޭރުގެ ރައީސް އިބުރާހިމް މުހައްމަދު ސޯލިހަށް ޗޯރޭ ގޮވަމުން ވަގަށް ގޮވަމުން ގައްދާރަކަށް ހަދަމުންނެވެ. ހިލޭ އަންހނަކާއި އެކު ގޮތްގޮތަާް އުޅުނު ވާހަކަ ގޮވަމުންނެވެ.

އޭގެތެރެއިް މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ  ރައީސްގެ ވާހަކަ ދައްކާކަށް ނެތީމެވެ. މުޅި ޓިކްޓޮކް ފުރިފައި އެވަނީ އެމަނިކުފާނުގެ އެ ބަލާގާތްތެރި ފިލާވަޅުތަކުގެ ވީޑިއޯތަކުންނެވެ. އަހުލާގު މިބަސް ބޭނުންކުރަންވެސް ލަދުގަންނަ ދަރަޖައިގެ ކުޅަދާނަ ފަށުވި މާތް ބަސްމޮށުންތެރިކަމެވެ. އައްޕަތުރޭ އިންތަން ނޭނގިގެން ކޮންމެ ތާކަށްވެސް މިސައިލެއް އިންޑިއާއިން ފޮނުވާލަފާނެ ކަމަށް ގޮވިއެވެ. ހަމަ އިހުސާނު ފަދަ ސިޔާސީ ކޯޓު ތުރުކުރައްވައިގެން ތިއްބެވި ސިޔާސީ ކަމަށް ވިދާޅުވާ ސިޔާސީ ރަންޑިންނެކޭ ދަންނަވާކަށް ބޭނުމެއް ނުވާނެއެވެ. 

ދެން ބަދަލުވެގެން މިދިޔައީ ރައީސް ޑރ. މުހައްމަދު މުއީޒުގެ ވެރިކަމެވެ. ދީނީ ބޭފުޅެކެވެ. އިރާދަކުރެއްވިއްޔާއޭ ވިދާޅު ނުވެ އެންމެ އިތުރުފުޅެއްވެސް ނުހައްދަވައެވެ. ކޮންމެ އިތުރުފުޅެއް ވެސް ހެއްދެވީ އިރާދަ ކުރައްވައިގެންނެވެ. ރައީސް އިބުރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އޭރު އިދިކޮޅުގައި ތިއްބެވި ބޭފުޅުންނެވެ. އޭރު ރައީސް ޔާމީން އަބުދުލް ގައްޔޫމް ހަރާމް ހުކުމެއްގައި ޖަލުގައި އޮތަތީ ދޫކޮށްލަން ގޮވާ ރެޔާ ދުވާލު މުޒާހިރާ ކުރައްވަމުން މާލެތެރެ ހަލަބޮލި ކުރައްވަމުން ވަޑައިގެންނެވި ބޭފުޅުންނެވެ. އިންޑިއާއަށް ރާއްޖެ އަޅުދާސްކޮށް މިނިވަންކަން ނަގާލާފައިވާތީ އިންޑިއާ އައުޓް ވިދާޅުވަމުން ވަޑައިގެންނެވި ބޭފުޅުންނެވެ.

ސަރުކާރުގެ މަގާމް ތަކަށާއި ކެބިނެޓަށް އުނގެނިގެން ތިއްބެވި ގާބިލު ބޭފުޅުން އިސްކުރައްވާނެކަމަށް ވަޢުދު ވަމުން ވަޑައިގެންނެވި ބޭފުޅުންނެވެ. މި ކަންތައްތައް ވެފައިވާ ގޮތް އަޅުގަނޑު ދަންނަވާކަށް ނެތީމުއެވެ. ނަމަވެސް ތަރުބިއްޔަތެއް ނެތް ކަން ކަށަވަރެވެ. މިއަދު ރާއްޖޭގެ ރެކޯޑް ސިޔާސީ ވޯކްފޯސް ދަމަހައްޓަމުންދާ އޭރުގެ ސަރުކާރުގެ މަތިބަރުކަމުންނާއި ސަރުކާރުގެ ފުޅާކަމުން ހަރަދުބޮޑުކަމަށް ގޮވި ގޮވެލިފަތީގެ ފަހަތުގައި ފޮރުވިފައިވާ މައްކާރު ކަމެވެ.

މިއަދުވެސް ސިއްރުވެފައިވާ ސިއްރު ކުރި އެގްރީމަންޓް ތަކުގެ ވާހަކައެވެ. އަދިވެސް ކޮޅެއް މެދެއް ނުފެނިވާ ރާއްޖޭގެ ސަރަހައްދުން ވިއްކާލިކަމަށް ބުނާ ކަނޑުގެ ބައެއްގެ ވާހަކައެވެ. އިހުނަށްވުރެ ބޮޑަށް ނިކަމެތިވެފައިވާ ކޮޅަށް ނުޖެހުނު އިގްތިސާދުގެ ވާހަކައެވެ. ސިޔާސީ ގޮތުން މިނިވަންކަން އަދިވެސް ނުލިބިވާ މިނިވަންކަން ގެއްލިފައިވާ ކޯޓުތަކާއި މިނިވަން މުވައްސަސާތަކުގެ ވާހަކައެވެ.

ހައްލު ވުމުގެ އުންމީދު މިއަދުވެސް ނެތް ސިފައިންގެ ތެރެއަށާއި ފުލުހުންގެ ތެރެއަށް ނުފޫޒު ފޯރުވި ވާހަކައެވެ. ހިފެހެއްޓުމެއް ނެތި މަތިވަމުންދާ ބިލުތަކާއި ތަކެތީގެ އަގުތަކާއި ޑޮލަރުގެ އަގުތަކުގެ އުދާސްތަކެވެ. ހައްލުވި އެއްވެސް ކަމެއް އަދި ނެތެވެ. ނިކަމެތިވަނީ ހަމަ ރައްޔިތުންނެވެ. ކޮންމެ މީހަކަށް މަހުޖަނެއްގެ ދަރިއަކާއި ކައިވެންޏެއް ނުކުރެވޭނެއެވެ. މި ކަންކަން ހިންގާ އޮޅުވާލުމުގައި ހަމަ އިހުސާން ފަދަ ސިޔާސީ ކޯޓު ތުރުކުރައްވައިގެން ތިއްބެވި ސިޔާސީ ކަމަށް ވިދާޅުވާ ބޭފުޅުންގެ އިހުމާލުވެއެވެ. 

ދެން އޮތީ ކުޅުދުއްފުށީ މަށިމާއްޔެވެ. ކުޅުދުއްފުށީ މަށި މާލި ޕެރޭޑަކީ އަބަދުވެސް ވަރަށް ތަފާތުކޮށް ކުރިޔަށް ގެންދާ ޕެރޭޑެކެވެ. އަބަދުވެސް އެއިރެއްގައި ރައްޔިތުންގެ ސަމާލުކަން  އެންމެ ބޮޑަށް ހުއްޓިފައިވާ ސިޔާސީ ކަންތައްތަކާއި ގުޅުވައިގެން ނެރޭ ވަަރަށް އާދަޔާޚިލާފު ބިނާކުރުވަނިވި ޕެރޭޑެކެވެ. އެއީ ވަކި ސިޔާސީ ޕާޓީ އަކަށް ނިސްބަތްކޮށް ހިންގާ ހަރަކާތެކޭ ދަންނަވާނޭ ޖާގައެއްވެސް ނެތެވެ. އެހެނީ މަށި މާލި ޕެރޭޑް އިންތިޒާމް ކުރަން ފެށީއްސުރެން މަށިމާލި ޕެރޭޑް ގެންދަނީ އެއްވެސް ތަފާތު ކުރުމެއްނެތި އެއިރެއްގައި ރައްޔިތުންގެތެރޭގައި އެންމެ ގިނައިން ދެކެވޭ ސިޔާސީ ވާހަކަތައް ހިމަނައިގެން ގެނެސްދެމުންނެވެ.

ހަޖަމު ނުވާ ބަޔަކަށް ހަޖަމު ނުވާންވީއެވެ. ފާޑު ކިޔުމަކީ އޮތްކަމެކެވެ. އިތުރަށް ފުރިހަމަ ކުރާނީ އަނެއްކާވެސް އަނެއް އަހަރެވެ. ކަމުނުދާކަމަށް ބުނެ ބުނާ ހުރިހާ ބުނުމެއް ވާނީ ބުނުމުގެ ކުރީން ބާތިލު ބަހަކަށެވެ. މި ޕެރޭޑްތަކުގެ ހާއްސަ ކަމަކީ ބައެއް އައިޓަމްތައް ސްޕޮންސަރ ކުރަނީ ހަމަ އިހުސާނު ފަދަ ސިޔާސީ ކޯޓު ތުރުކުރައްވައިގެން ތިއްބެވި ސިޔާސީ ކަމަށް ވިދާޅުވާ ބޭފުޅުންނަށް ވުމެވެ. 

މިހުރިހާ ކަމަކަށް ބަލާލުމުން ކޯޓުތަކުގެ ހުރުމަތް ކެނޑުމުގައިވެސް އެންމެ އިސްކޮއް މިތިއްބަވަނީ ހަމަ ސިޔާސީ ވެރިންގެ ކޯޓުކޮޅު ތުރުކުރައްވައިގެން ތިއްބެވި ސިޔާސީ ވެރިންނެވެ. މަގުމަތީގެ މުޒާހިރާ ތަކުގެ ކުރީގަ އާއި ފުރަގަހުގައިވެސް މިތިއްބަވަނީ ހަމައެ ސިޔާސީ ވެރިންގެ ކޯޓުކޮޅު ތުރުކުރައްވައިގެން ތިއްބެވި ސިޔާސީ ވެރިންނެވެ. މަގުމަތީގެ އަހުލާގް އާއި އިޖުތިމާއީ ފޭރާން ހަލާކުކޮށްލެއްވުމުގެ ފަހަތުގައިވެސް ތިއްބެވިތަން މިފެންނަނީ ހަމަ އެއްކަލަ ސިޔާސީ ވެރިންގެ ކޯޓުކޮޅު ތުރުކުރައްވައިގެން ތިއްބެވި ސިޔާސީ ވެރިންނެވެ. ހަމަ އިހުސާން ފަދަ ސިޔާސީ ކޯޓު ތުރުކުރައްވައިގެން ތިއްބެވި ސިޔާސީ ކަމަށް ވިދާޅުވާ ބޭފުޅުންނެވެ.

ނަމަވެސް ކުޅުދުއްފުށީ މާލިތަކުން އަދި ތަނަވަސް އާއިލާ އަންހެނަކާ ކައިވެނި ކުރީ ލޯބިން ނޫންކަމާއި އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވުމުގެ ބޭނުމުގައި ކަމަށް ދައްކާދޭ ހުށަހެޅުމެއް ނުފެނެއެވެ. ދެން އަންނަ އަހަރު އެފަދަ ހުށަހެޅުމަކަށް އިހުސާން ފަދަ ސިޔާސީ ކޯޓު ތުރުކުރައްވައިގެން ތިއްބެވި ސިޔާސީ ކަމަށް ވިދާޅުވާ ބޭފުޅެއްގެ ސްޕޮންސަރެއް ލިބިއްޖެ ނަމަ އުފާ މާރކެޓުގެ ނަން ނުޖަހާ ހުށަހެޅުމެއް ފެނުން ގާތެވެ. 

ސަރުކާރާއި ކުންފުނިތަކުގެ އިސް މަގާމް ތަކުގެ އިތުރުން އެހެނިހެން މަގާމް ތަކަށްވެސް ޕޯޑިއަމް ތަކުގައި އަޑުގަދަކޮށް ހިމާރުފަދަ ޖަނަވާރުން ނެރޭ ނަލަ އަޑުފުޅުން ފެލިވަޑައިގަންނަވާ، ހަޅޭއްފުޅު ލަވާ މީހުންނާއި އެއްވެސް ތަޢުލީމީ ފެންވަރެއްނެތް، ކަމަށް ގާބިލްނޫން މީހުން ވެސް އައްޔަނު މިކުރައްވަނީ ހަަމަ އެއްކަލަ ސިޔާސީވެރިންގެ ކޯޓުކޮޅު ތުރުކުރައްވައިގެން ތިއްބެވި ސިޔާސީ ވެރިންނެވެ. އަމިއްލަ މަސްލަހަތަށް ޓަކައެވެ. ހަމަ އިހުސާން ފަދަ ސިިޔާސީ ކޯޓު ތުރުކުރައްވައިގެން ތިއްބެވި ސިޔާސީ ކަމަށް ވިދާޅުވާ ބޭފުޅުންނެވެ. 

 ކަންމިހެން ހުރިއިރު ރާއްޖޭގެ ކޯޓުތަކުގެ ހުރުމަތް ކެނޑުމާއި، އަދަބު އަހުލާގާއި  އިހުތިރާމް ނެތުމުގެ ޒިންމާ އުފުލަންވީ ހަމަ ރައްޔިތުންތޯއެވެ. އިލްމަށްވުރެ ޖާހިލުކަމަށް މަރުހަބާ މިކިޔަނީވެސް ހަމަ ރައްޔިތުންތޯއެވެ. އަދިވެސް އަހުލާގީ މިންގަޑެއް ކަނޑައަޅާ އިސްލާހު ކުރަންވީ މުޖުތަމައު ތޯއެވެ. 

  މިހުރިހާ ކަމެއްގެ ޒިންމާވެސް މިއުފުލަން ޖެހެނީ ހަމަ ރައްޔިތުން ތޯއެވެ. އަމިއްލަ އައުރަ ނިވާނުކޮށް އެހެންމީހުންގެ އައުރަ ނިވާ ކުރަން ގޮވާ ބަވަންވީ ރައްޔިތުންނަށް ތޯއެވެ. ތަމްރީނު ދޭންވީ ގައުމިއްޔަތު އުގަންނައިދޭންވީ ކޮން ބަޔަކަށް ތޯއެވެ. ވަތަނީ ތަމްރީނު ދޭންވީ ރައީސުލް ޖުމްރޫރިއްޔާއަށާއި ވަޒީރުންނަށް ނޫން ތޯއެވެ. އެއަށްފަހު މުޑުދާރު އަމަލުތަކުން ޒީނަތްތެރިވެފައިވާ ރައްޔިތުންގެ މަޖިލިހަށް ނޫންތޯއެވެ. މިނިވަން ކުރަން ޖެހޭ މިނިވަން މުވައްސަސާތަކަށް ނޫންތޯއެވެ. އިސްލާހު ވާން ޖެހޭ ކަމަށް ބުނެ ފާޑު ކިޔާނަމަ ފަށަންވީ ހަމަ އިހުސާން ފަދަ ސިޔާސީ ކޯޓު ތުރުކުރައްވައިގެން ތިއްބެވި ސިޔާސީ ކަމަށް ވިދާޅުވާ ބޭފުޅުންނާއި ހިސާބުންނެވެ.

]]>
Mon, 01 Jun 2026 10:58:31 +0500 ހަވާ
ހަވާއީގައި ދުނިޔެއަށް ސިއްރު ކުރެވިފައިވާ ރަށް: ނިއީހާއު https://heerasnews.com/4222 https://heerasnews.com/4222 ގިނަ މީހުންނަށް "ހަވާއީ" އޭ ބުނުމުން ސިފަވަނީ ހުދު ދޮންވެލި ގޮނޑުދޮށްތަކާއި، ސަގާފީ ކެއުންތަކާއި، އަދި ހިތްފަސޭހަ ދިރިއުޅުމެކެވެ. ނަމަވެސް، މަޝްހޫރު ފަތުރުވެރި މަންޒިލްތައް ކަމަށްވާ ހޮނޮލުލޫ، އޯހޫ އަދި މާއުއީގެ ބޭރުން، ގިނަ ބަޔަކަށް އެނގިފައިވެސް ނުވާ ރަށެއް އޮވެއެވެ.

ކާއުއީގެ ހުޅަނގު އައްސޭރިން 17 މޭލު ދުރުގައި އޮންނަ މި ރަށުގެ ނަމަކީ ނިއީހާއު އެވެ. މިއީ "މަނާ ކުރެވިފައިވާ ރަށް" ގެ ނަމުން މަޝްހޫރުވެފައިވާ ތަނެކެވެ. 1800 ގެ އަހަރުތަކުން ފެށިގެން މި ރަށް ވަނީ ބޭރުގެ ދުނިޔެއާ އެކަހެރިކޮށް "ރައްކާތެރި" ކުރެވިފައެވެ. މި ރަށުގެ ފަހަތުގައިވާ ސިއްރުތަކާއި އޭގެ ޝައުގުވެރި ތާރީhaށް ބަލާލަމާ ހިނގާށެވެ.

ވަގުތު ހުއްޓިފައިވާ ރަށެއް

ނިއީހާއު ކިޔާރަށުގައިވެސް ހަވާއީގެ އެހެން ރަށްތަކެކޭ އެއްފަދަ ރީތި ގޮނޑުދޮށްތައް ހުރެއެވެ. ނަމަވެސް އެތަނަށް ދިއުމުގެ ފުރުސަތެއް އެއްވެސް މީހަކަށް ނުލިބޭނެއެވެ. ބޭރު ދުނިޔެއާ އެއްވެސް ގުޅުމެއް ނެތް މި ރަށް ފެންނަނީ ހަމަ ހަގީގަތުގައިވެސް ވަގުތު ހުއްޓިފައިވާ ތަނެއްގެ ގޮތުގައެވެ. މި ރަށުގެ ރައްޔިތުން މިއަދުވެސް ދިރިއުޅެމުންދަނީ މީގެ އެތައް ސަތޭކަ އަހަރެއް ކުރިން އެމީހުންގެ ކާބަފައިން އުޅުނު ފަދައިން، މަސްވެރިކަމާއި ޝިކާރަކުރުން ފަދަ އާދަކާދަތަކުގެ މައްޗަށެވެ.

މި ރަށް މިގޮތަށް ރައްކާތެރިކުރެވިފައި އޮތީ އެލިޒަބަތު މެކްހަޗެންސަން ނަމަކަށް ކިޔާ އަންހެނަކާއި، 1800 ގެ އަހަރުތަކުގައި ހެދިފައިވާ ތަފާތު އެއްބަސްވުމެއްގެ ސަބަބުންނެވެ.

އެލިޒަބަތު މެކްހަޗެންސަން

އެލިޒާގެ ނަމުން މަޝްހޫރުވި އެލިޒަބަތު މެކްހަޗެންސަން އުފަންވީ 1800 ވަނަ އަހަރު ސްކޮޓްލޭންޑުގައެވެ. އޭނާ ކައިވެނިކުރީ ކެޕްޓަން ފްރާންސިސް ސިންކްލެއާއާއެވެ. މި ދެމަފިރިންނަށް ހަ ކުދިން ލިބުނެވެ. ހަވަނަ ކުއްޖާ ލިބުމަށްފަހު، އެ އާއިލާއިން ނިންމީ ނިއުޒީލޭންޑަށް ހިޖުރަކޮށް އާ ދިރިއުޅުމެއް ފެށުމަށެވެ.

1841 ވަނަ އަހަރު ނިއުޒީލޭންޑަށް ގޮސް، ޕިޖަން ބޭގައި އެމީހުން ދަނޑުވެރިކަމުގެ ބޮޑު މަސައްކަތެއް ފެށިއެވެ. ފްރާންސިސްއަކީ ކަނޑުދަތުރުފަތުރުގެ ކެޕްޓަނަކަށްވުމުން، ދަނޑުވެރިކަމުގެ ސާމާނު އެކި ތަންތަނަށް އުފުލައި ވިޔަފާރި ފުޅާކުރިއެވެ. ނަމަވެސް، ފަސް އަހަރު ފަހުން، ފްރާންސިސްއާއި އޭނާގެ ދޮށީ ފިރިހެން ދަރިފުޅު ކުރި ދަތުރެއްގައި އުޅަނދު ބަނޑުންޖަހާލައި، އެންމެން މަރުވީއެވެ.

އެލިޒާ އުންމީދު ކަނޑައެއް ނުލިއެވެ. ފިރިމީހާއާއި ދަރިފުޅު ވަކިވެގެން ދިޔުމުން، އެލިޒާގެ ބާކީ ތިބީ ފަސް ދަރިންނެވެ. ނަމަވެސް އޭނާ ހިތްވަރު ދޫކޮށެއް ނުލައެވެ. އޭނާ އަލުން ދަނޑުވެރިކަން ކުރިއަރުވައި، ހުރިހާ ދަރިން ބޮޑުކޮށް ކައިވެނިކޮށްދިނެވެ. އެއަށްފަހު 1863 ގައި ކެނެޑާއަށް ހިޖުރަކުރިއެވެ.

ކެނެޑާގެ ވެންކޫވަރަށް ދިޔައިރު، އެތަނުގެ ބިންތަކަކީ ދަނޑުވެރިކަން ކުރަން އެންމެ އެކަށީގެންވާ ތަންތަނެއް ނޫނެވެ. އެހެންކަމުން، އެލިޒާ ނިންމީ އޭރު "ސޭންޑްވިޗް އައިލެންޑްސް" ގެ ނަމުން މަޝްހޫރުވެފައިވާ ހަވާއީއަށް ދިއުމަށެވެ. އެތަނުން އޭނާ ރަސްގެފާނު ކަމޭހަމޭހާ އާ ބައްދަލުކޮށް، ނިއީހާއު ރަށް ގަތުމަށް އެދުނެވެ.

ޝަރުތަކާއެކު ރަށް ވިއްކުން

1864 ވަނަ އަހަރު، 10,000 ޑޮލަރުގެ ރަނަށް ރަސްގެފާނު އެ ރަށް ސިންކްލެއާ އާއިލާއަށް ވިއްކާލިއެވެ. ނަމަވެސް، އެއް ޝަރުތަކާއެކުގައެވެ. އެއީ ބޭރުގެ ނުފޫޒުތަކުން އެ ރަށާއި ރަށުގެ ރައްޔިތުން ރައްކާތެރިކޮށްދިނުމެވެ. ސިންކްލެއާ އާއިލާއިން އެކަމަށް އެއްބަސްވެ، ރަށުގެ މީހުންނަށް އެހީތެރިވަމުން ދިޔައެވެ.

1930 ގައި އެޅި ހަރުކަށި ފިޔަވަޅުތައް

ރަސްގެފާނުގެ އެދުމަށް އިހުތިރާމްކޮށް، 1930 ގެ އަހަރުތަކުގައި އެ އާއިލާއިން ނިންމީ ބޭރުގެ އެއްވެސް މީހަކަށް އެ ރަށަށް ނާދެވޭ ގޮތަށް ރަށް ބަންދުކުރުމަށެވެ. މިއީ އޭރު ފެތުރެމުންދިޔަ ބަލިމަޑުކަމުން ރައްޔިތުން ސަލާމަތްކުރުމަށާއި، ރަށުގެ އަސްލު ސަގާފަތް (ކަހިކީ) ދެމެހެއްޓުމަށް އެޅި ފިޔަވަޅެކެވެ.

މިއަދުގެ ހާލަތު

މިއަދުވެސް އެ ރަށަކީ އެލިޒާގެ ދަރިކޮޅުގެ މީހުން ކަމަށްވާ "ރޮބިންސަން" އާއިލާގެ އަމިއްލަ މިލްކެކެވެ. އެމީހުން އަދިވެސް ދަނީ އެ ގަދީމީ އާދަކާދަތައް ދަމަހައްޓަމުންނެވެ. އެ ރަށަކީ މުޅި ދުނިޔޭގައިވެސް "ހަވާއިއަން" ބަހުން ވާހަކަދައްކާ ހަމައެކަނި ތަންތަނުގެ ތެރެއިން އެއް ތަނެވެ.

އަމާން އަދި ހިތްފަސޭހަ ދިރިއުޅުމެއް

މި ރަށުގައި ކަރަންޓާއި ފެނުގެ ނިޒާމެއް ނޯވެއެވެ. ރައްޔިތުން ބޭނުންކުރަނީ ވާރޭފެނާއި އިރުގެ ހަކަތަ (ސޯލާ ޕެނަލް) އެވެ. ދުނިޔޭގެ ހަލަބޮލިކަމާ ދުރުގައި، އެމީހުން އުޅެނީ ވަރަށް އާދައިގެ، ހިތްހަމަޖެހޭ ދިރިއުޅުމެކެވެ.

ދަތުރުފަތުރުގެ މިނިވަންކަން

ބޭރު މީހުންނަށް ރަށަށް ނާދެވުނަސް، ރަށުގެ ރައްޔިތުންނަށް ރަށުން ބޭރަށް ދިއުމުގެ ހުއްދަ އޮވެއެވެ. ގިނަ މީހުން މަސައްކަތް ހޯދުމަށް ކާއުއީއަށް ދަތުރުކުރެއެވެ. އެ ރަށުގައި ދިރިއުޅެނީ ގާތްގަނޑަކަށް 70 އާއި 170 އާ ދެމެދުގެ އަދަދަކަށް މީހުންނެވެ.

ހަރުކަށި ގަވާއިދުތައް

ރަށުގައި ދިރިއުޅުމަށްޓަކައި ބައެއް ގަވާއިދުތަކަށް ބޯލަނބަންޖެހެއެވެ. އެގޮތުން ބަނގުރަލާއި ހަތިޔާރު ގެންގުޅުން މަނަލެވެ. އަދި ކޮންމެ އާދީއްތަ ދުވަހަކު ފައްޅިއަށް ދިއުން މަޖުބޫރެވެ. މި ގަވާއިދުތަކާ ހިލާފުވާ މީހުން ރަށުން ބޭރުކުރެވެއެވެ.

ރަށަށް ތަކެތި ގެންދިއުން

ރަށަށް ބޭނުންވާ ކާބޯތަކެއްޗާއި އެހެނިހެން ސާމާނު ކޮންމެ ހަފުތާއަކު ބޯޓެއްގައި ގެންދެވެއެވެ. ހަމައެކަނި މަނާ ކުރެވިފައިވާ ތަކެތި ފިޔަވައި އެހެން ހުރިހާ އެއްޗެއް ލިބެއެވެ. އަދި އެމެރިކާގެ އަސްކަރިއްޔާގެ މަރުކަޒެއްވެސް އެ ރަށުގައި ގާއިމުކޮށްފައިވެއެވެ.

ފަތުރުވެރިކަމުގެ ކުޑަ ފުރުސަތެއް

މުޅިން ބަންދު ރަށެއް ނަމަވެސް، ވަރަށް މަދު ފުރުސަތެއްގައި ހެލިކޮޕްޓަރު މެދުވެރިކޮށް ރަށުގެ ބައެއް ސަރަހައްދުތައް ބަލާލުމުގެ ފުރުސަތު ދެއެވެ. ނަމަވެސް، މީހުން ދިރިއުޅޭ އަވަށްތަކާ ގާތަށް ދިއުމަކީ ދުވަހަކުވެސް ފުރުސަތު ދޭނެ ކަމެއް ނޫން ކަމަށް ރަށުގެ ވެރިން ބުނެއެވެ.

ޖަނަވާރުންގެ މާހައުލެއް

އިންސާނުން މަދުވުމުގެ ސަބަބުން، ނިއީހާއުއަކީ ނެތިގެންދާ ފަނާވެދާނެ ބައެއް ދިރުންތަކަށް އޮތް ރައްކާތެރި މާހައުލެކެވެ. ހާއްސަކޮށް "މޮންކް ސީލް" ނަމަކަށް ކިޔާ ސީލް ފަދަ މަސްމަހާމެހި މި ރަށުގައި ވަރަށް ގިނައިން އާލާވެއެވެ.

އިތުރު މައުލޫމާތު

މި ރަށުގެ މީހުންނަކީ ގޮނޑުދޮށުން ހޮވާ ރީތި ބޮލިތަކުން ގަހަނާ ހެދުމަށް މަޝްހޫރު ބައެކެވެ. މި ތަކެތި ހަވާއީގެ އެހެން ރަށްތަކުގައި ވަރަށް އަގުބޮޑުކޮށް ވިއްކަން ހުރެއެވެ. ރަށުގައި މާގިނަ މުނިފޫހިފިލުވުމުގެ ވަސީލަތްތައް ނެތުމުން، ޒުވާނުން ބައެއް ފަހަރު ދުނިޔެ ބަލާލުމަށް ރަށުން ބޭރަށް ދެއެވެ. ނަމަވެސް އެނބުރި އަންނަން ބޭނުން ކޮންމެ ފަހަރަކުވެސް އެ މީހުންނަށް އެ ފުރުސަތު އޮވެއެވެ.

ނިއީހާއު އަކީ ޒަމާނީ ތަރައްގީގެ ހަލަބޮލިކަމުން އެކަހެރިވެ، އަމިއްލަ ވަންތަކަމާއި ގަދީމީ އާދަކާދަތައް ދަމަހައްޓަމުންދާ، ދުނިޔޭގައިވާ މަދު ތަންތަނުގެ ތެރެއިން ފާހަގަކޮށްލެވޭ ތަފާތު ރަށެކެވެ.

]]>
Mon, 25 May 2026 10:24:17 +0500 ހީރަސް
އެމްޑީޕީއަށް 2023 ގެއްލުމާ ސޯލިހުގެ މަގުބޫލުކަމާ ގުޅުމެއްނެތް https://heerasnews.com/4216 https://heerasnews.com/4216 އެމްޑީޕީއަށް 2023 ގެއްލުނީ ރިޔާސީ ކެންޑިޑޭޓްގެ މަގުބޫލުކަން ކުޑަވެގެންތޯ ނުވަތަ ނޫންތޯ ބަލާލުމަކީ ނެތް ކަމެއް ނޫނެވެ. ފެންނަން އޮތް ހަގީގަތްތަކަށް ނަޒަރު ހިންގާލުމުން އެމްޑީޕީއަށް 2023 ގެއްލުނީ ރިޔާސީ ކެންޑިޑޭޓްގެ މަގުބޫލުކަން ކުޑަވުމަކުން ނޫނެވެ. 

ގައުމުގެ ކަންކަން އިސްލާހުކޮށް ނަތީޖާ ހާސިލުކުރެވޭ ވަރަށް ވެރިކަމާއި މަޖިލީހުގެ ސްޕަރ މެޖޯރިޓީ ދިނުމުން އެދޭ ބަދަލު ގައުމަށް ގެނެސް ނުދެވުމަކީ 2023 ގެއްލުނު މައިގަނޑު ސަބަބެވެ. ރައީސް ސޯލިހުގެ ވެރިކަމުގައި ރައްޔިތުން އެދުނު ހެޔޮ ބަދަލު ގެނެސް ނުދެވުނު އެކިވަރުގެ އެތައް ސަބަބެއް ހުއްޓެވެ. 

ވެރިކަން ލިބި މަޖިލީހުގެ މެޖޯރިޓީ ލިބުމުން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ޕާޓިގެ ރައީސް ބޭނުންވެ އެހެން ހުރިހާ ކަމަަކަށް ވުރެ ނިޒާމް ބަދަލުކުރަން އުޅުމުން ޕާޓީގެ އެތެރޭގައި އުފެދުނު ނުތަނަވަސްކަމާއި ދެބަސްވުމަކީ މުޅި މައްސަލައިގެ ނާރެހެވެ. ނިޒާމު ބަދަލުކުރުމުގެ މައްސަލައިގައި ގައުމުގެ ރައީސާއި ޕާޓީގެ ރައީސާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުން ވެގެން ދިޔައީ 2023 އެމްޑީޕީއަށް ގެއްލުމުގެ ފެށުމަށެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި އެމްޑީޕީގެ ރައީސް ނަޝީދު އިންނަވައިގެން އެޖެންޑާ19 ތަންފީޒު ކުރުމުގައި ގާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ އިސްލާހީ ބަދަލުތައް ގެނައުން އެޖެންޑާ ނުކޮށް ދަންމާލެއްވީއެވެ. ކޮވިޑްގެ ހާލަތުގައި މުޅި ދުނިޔެ ބަންދުވެ ފަތުރުވެރިން އައުން ހުއްޓި މާލީ މުސީބާތަކަށް ގައުމު ވެއްޓުނު ވަގުތުގައިވެސް ސަރުކާރާއި އެއްބާރުލުން ދެއްވުމުގެ ބަދަލުގައި އެމްޑީޕީގެ ރައީސް ހިޔާރުކުރެއްވީ ސަރުކާރާމެދު ރައްޔިތުންގެ ހިތުގައި ޝައްކު އުފެއްދެވުމެވެ.

ރައީސް ސޯލިހުގެ މަގުބޫލުކަން ގެއްލުވާލަން ރައީސް ނަޝީދު ބޭނުންކުރެއްވި ހަތިޔާރަކީ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތެވެ. ނަތީޖާއަކަށް ވެގެން ދިޔައީ އިދިކޮޅާ ގުޅިގެން އިދިކޮޅަށްވުރެ އިދިކޮޅަށް ރައީސް ނަޝީދުގެ އަމަލުތައް ބެހެއްޓެވުމެވެ. އޭރު ރައްޔިތުންގެ މަޖިލިސްގެ ތަޅުމެކޭ އިދިކޮޅު ޕާޓީގެ ހަރުގެއެކޭ ތަފާތެއް ނެތެވެ. 

މިކަހަލަ އެތައްް ސަބަބުތަކަކާހުރެ ފާޅުކަން ބޮޑުކޮށް ފެންނަން އޮތް ހަގީގަތަކީ 2023ގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ގެއްލުނީ އެތެރޭގެ ކޯޅުން ބޮޑުވެ މުއިއްޒުގެ ދޮގުތައް އެމްޑީޕީގެ ތެރެއިން ބަޔަކު ނިކުމެ ވިއްކަދީގެންނެވެ. ރައިސް ސޯލިހުގެ މަގުބޫލުކަން ނެތް ނަމަ އެމްޑީޕީގެ ތެރެއިން އިސްބަޔަކު ނިކުމެ ދިމާދެކޮޅަށް ކުޅުމުންވެސް ރިޔާސީ އިންތިހާބުގައި 10900 ވޯޓް ވޯޓެއް ނުލިބުނީހެވެ. 

]]>
Sun, 24 May 2026 06:28:52 +0500 އެޑިޓަރ
ކަނޑު ހޮހަޅު ހާދިސާ ބިރުވެރި މިސްރާބަކަށް: އުންމީދު ނުކުރާ ސުވާލުތަކެއް https://heerasnews.com/4211 https://heerasnews.com/4211 ދިވެހިރާއްޖޭގެ ކަނޑުގެ އަޑީގެ ހޮހަޅައެއްގައި ހިނގި ހިތާމަވެރި ހާދިސާއަކީ، ފަހަކަށް އައިސް ކަނޑުއަޑީގައި ހިނގި އެންމެ ބިރުވެރި އަދި ހިތްދަތި ހާދިސާގެ ގޮތުގައި ދަނީ ސިފަކުރެވެމުންނެވެ.

އަލިމަތާ ރިސޯޓު ކައިރީގައި އޮތް 60 މީޓަރު ފުން، ނުރައްކާތެރި ހޮހަޅަ ސިސްޓަމަކަށް ފޭބި އިޓަލީގެ ތަހުގީގީ އަދި ހޯދުންތަކާ ބެހޭ ޓީމެއްގެ ފަސް މެންބަރަކު، ކަނޑުގެ ހާލަތު ގޯސްވުމުގެ ސަބަބުން މަރުވި ކަމަށް ބެލެވެއެވެ.

ނަމަވެސް، މި ހާދިސާއާ ގުޅޭގޮތުން ބައިނަލްއަގުވާމީ ތަހުގީގީ އިދާރާތަކާ ހަވާލަދީ ކަށަވަރުނުވާ ރިޕޯޓުތަކުން މުޅި ހާދިސާގެ ފަސްމަންޒަރު އަންނަނީ ބަދަލުކުރަމުންނެވެ، ބައެއް ފަރާތްތަކުން ސިފަކުރާ ގޮތުގައި މިއީ ހަމައެކަނި ހިނގި އެކްސިޑެންޓެއް ނޫނެވެ، ހާދިސާގެ ފަހަތުގައި ނުރައްކާތެރި ސިއްރުތަކެއް ވާކަމަށް އެ ރިޕޯޓްތަކުގައި ތުހުމަތު ކުރެއެވެ.

ފޮރެންސިކް ތަހުގީގުތަކާ ހަވާލާދީ ބައެއް މަސްދަރުތަކުން ދައްކާ އެންމެ ސީރިޔަސް އެއްވާހަކައަކީ ފެނުނު ހަށިގަނޑުތަކުގެ ތެރެއިން އެއް ހަށިގަނޑެއްގެ ޑީ.އެން.އޭ، ދަތުރުގެ ބައިވެރިންގެ ރަސްމީ ލިސްޓުގައި ހިމެނޭ އެއްވެސް މީހަކާ ދިމާ ނުވާކަމަށް ދެކެވޭ ވާހަކައެވެ. އެ ވާހަކައަކީ ތެދެއް ނަމަ، މުޅި ހާދިސާގެ މަންޒަރު މުޅިން ބަދަލުވެގެންދާނެއެވެ.

ކޭވް ޑައިވް ދަތުރުގައި ބައިވެރިވި ކަމަށް ރަސްމީކޮށް ބުނަނީ މޮނިކާ، ޖޯޖިއާ، މިއުރިއަލް، ފެޑެރީކޯ އަދި ތަޖުރިބާކާރު ޑައިވިންގ ކޯޗު ޖިއާންލޫކާއެވެ. މިއީ އެއް ޓީމެއްގައި މަސައްކަތްކުރާ، ތަޖުރިބާހުރި ބައެކެވެ. ކަނޑުގެ އަޑީގެ ހޮހަޅައިގެ ތެރޭގައި ބައިނަލްއަގުވާމީ ޓީމުތަކުން ކުރި ބުރަ މަސައްކަތަށް ފަހު، އެ ފަސް މީހުންގެ ހަށިގަނޑު ފެނިފައިވާ ކަމަށް ވަނީ ގަބޫލުކުރެވިފައެވެ.

ނަމަވެސް، ފޮރެންސިކް ރިޕޯޓުތަކާ ގުޅުވައިގެން ފެތުރެމުންދާ ވާހަކަތަކުން ދޭހަވާ ގޮތުގައި، ފެނުނު މީހުންގެ ތެރެއިން އެކަކީ އެ ޓީމުގެ މެންބަރެއް ނޫނެވެ. އެހެން ކަމަށްވާނަމަ އެއީ ނުހަނު ބިރުވެރި ތުހުމަތެކެވެ. އެ ދުވަހު އެ ހޮހަޅައިގެ ތެރޭގައި ދަތުރުގައި ނުހިމެނޭ، ކާކުކަން ނެނގޭ މީހަކު އުޅުނު ނަމަ، އޭގެ މާނައަކީ އަސްލު ޓީމުގައި ހިމެނޭ ފަސް މީހުންގެ ތެރެއިން އެކަކު އަދިވެސް ނުފެންނަނީ އެވެ. ނުވަތަ އެއަށްވުރެ ބިރުވެރި ކަމަކީ، އެޓީމުގެ މީހާއަށް ވީގޮތް ނޭގުމެވެ. އެމީހާ އެތަނުގައި މަރުނުވަނީ އެވެ.

މި ވާހަކަތަކާއެކު ސޯޝަލް މީޑިއާގައި ބޮޑު ބަހުސެއް ވަނީ އުފެދިފައެވެ. ގިނަ ބަޔަކު މިހާރު ސުވާލު އުފައްދަނީ މިއީ ހަމައެކަނި އެކްސިޑެންޓެއްތޯ ނުވަތަ މީހެއްގެ އައިޑެންޓިޓީ އޮޅުވާމަށްޓަކައި ގަސްތުގައި ރޭވިގެން ހިންގި ކަމެއްތޯއެވެ.

ހީތަކުގެ މައްޗަށް ބިނާކޮށް ދައުރުވާ ރިޕޯޓުތަކުގައި ތަހުގީގީ މާހިރުން ބަލަމުންދާ ބައެއް ކަންކަމުގެ ތެރޭގައި ހިމެނެނީ:

އިޓަލީގެ ޓީމު އެތަނަށް ދިއުމުގެ ކުރިން އެހެން ޑައިވަރަކު އެ ހޮހަޅައިގެ ތެރޭގައި އުޅުނީ ހެއްޔެވެ؟

ދަތުރު ފެށުމުގެ ކުރިން މީހަކު އަމިއްލަ އައިޑެންޓިޓީ އޮޅުވާލީ ހެއްޔެވެ؟ނުވަތަ މިއީ މީހެއްގެ ދިރިއުޅުމުގެ އެންމެހާ ނިޝާންތައް ފޮހެލުމަށްޓަކައި ރޭވި ހާދިސާއެއް ހެއްޔެވެ؟

ފެތުރެމުންދާ ވާހަކަތަކުގެ ތެރެއިން އެންމެ ބިރުވެރި އެއްކަމަކީ، ފެނުނު ހަށިގަނޑުތަކުގެ ތެރެއިން ވަކިނުކުރެވޭ ހަށިގަނޑުގެ ހާލަތު އެހެން މީހުންނާ ތަފާތުވުމެވެ. މީގެ ސަބަބުން، އާދައިގެ އައިޑެންޓިފިކޭޝަން މަރުހަލާތަކުން ނަތީޖާއެއް ނުލިބުމުން، އިތުރު ޑީ.އެން.އޭ ޓެސްޓުތަކެއް ހަދަން ޖެހުނު ކަމަށް ބުނެވެއެވެ.

ލިބޭ މައުލޫމާތަށް ބިނާކޮށް ކުރެހޭ ހިޔާލީ މަންޒަރުތައް ކަމާބެހޭ ފަރާތްތަކުން މިހާތަނަށް ދޮގުކޮށްފައެއް ނުވެއެވެ. އަދި މި ހިމޭންކަމުގެ ސަބަބުން އާންމުންގެ މެދުގައި އޮތް ބިރުވެރިކަން ވަނީ އިތުރެވެ.

އިންޓަރނެޓުގައި ހިޔާލު ފާޅުކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި، އެ ހޮހަޅައަކީ ހަމައެކަނި ދިރާސާ ކުރުމަށްވުރެ ބޮޑު ކަމަކަށް ބޭނުންކުރެވޭ ތަނެކެވެ

ބައެއް މީހުން ތުހުމަތުކުރާ ގޮތުގައި އެއީ މުދާ ގަވާއިދާ ހިލާފަށް އުފުލާ މަގަކަށް ވެދާނެއެވެ. އަނެއް ބަޔަކު ގަބޫލުކުރަނީ އިޓަލީގެ ޓީމު އެތަނަށް ދިއުމުގެ މާ ކުރިންވެސް، އެ ރަށުގެ އަޑީގައި ސިއްރު އޮޕަރޭޝަންތަކެއް ނުވަތަ މުއާމަލާތްތަކެއް ހިނގަމުންދިޔަ ކަމަށެވެ.

ކޮންމެ ތިއަރީއެއްގެ މައިގަނޑު އަސާސަކީ އެއް ބިރުވެރި ހަގީގަތެކެވެ. އެއީ މީހަކު ވަކި އައިޑެންޓިޓީއެއްގައި ހޮހަޅައަށް ވަދެ، ނުކުތްއިރު އޭނާއަކީ މުޅިން އެހެން މީހަކަށް ވެފައިވުމެވެ.

ހަށިގަނޑުތައް ހޯދުމުގެ މަސައްކަތުގައި ބައިވެރިވި ޓީމުތަކުން ބުނާ ގޮތުގައި، ހޮހަޅައިގެ ތެރޭގައި ވަނީ ވަރަށް އާދަޔާ ހިލާފު ހާލަތްތަކެކެވެ. އޭގެ ތެރޭގައި މިސްރާބު އޮޅޭ ފަދަ ގޮތްތަކާއި، ނުތަނަވަސް އޮއިވަރުގެ އިތުރުން، ހޮހަޅައިގެ ބައެއް ބައިތައް ފުނޑުފުނޑުވެފައި ހުރިކަން ފާހަގަކުރެވުނެވެ.

ހާދިސާގެ މަންޒަރުތައް ނަގާފައިވާ ވަރޝަންތަކުގައި ބައެއް ޑައިވަރުން ބުނާ ގޮތުގައި، އިޓަލީގެ ޓީމު އެތަނަށް ދިއުމުގެ ކުޑަދުވަސްކޮޅެއް ކުރިން އެހެން ބަޔަކު އެ ހޮހަޅައިގެ ތެރެއިން ދަތުރުކޮށްފައިވާ ކަމުގެ ނިޝާންތައް ވަނީ ފެނިފައެވެ. މިކަން ތެދަކަށް ވެއްޖެނަމަ، އެދުވަހު ކަނޑުގެ އަޑިއަށް ދިޔައީ ކޮން ބައެއްތޯ ބެލުމުން ތަހުގީގު ކުރާ ފަރާތްތަކުން ކުރާ މަސައްކަތަށް އާ ދިރުމެއް ލިބިގެންދާނެއެވެ.

މިދަނޑިވަޅުގައި، ގެއްލުނު ދިރާސާވެރިންގެ އާއިލާތަކުން ދަނީ ބައިނަލްއަގުވާމީ އިދާރާތަކުން ހަގީގަތް ހާމަކުރުމަށް ގޮވާލަމުންނެވެ. ސަބަބަކީ، ފެނުނު ހަށިގަނޑުތަކުގެ ތެރެއިން އެކަކީ ކާކުކަން ނޭނގޭނަމަ، މުޅި ދުނިޔެ ހިތާމަފާޅުކުރަމުންދާ ފަސް މީހުންގެ ތެރެއިން އެކަކީ އަދިވެސް ކޮބައިކަން ނޭނގޭ، މަރުން ސަލާމަތްވެފައިވާ މީހަކަށް ވުމުގެ ފުރުސަތު އޮތުމެވެ.

ރާއްޖޭގެ ހޮހަޅަތަކުގެ އަނދިރިކަމުގެ ތެރޭގައި، ތަހުގީގުކުރާ ފަރާތްތަކުން މިހާރު ހޯދަމުންދަނީ ހަމައެކަނި ހަށިގަނޑުތަކެއް ނޫނެވެ. އެމީހުން ހޯދަމުންދަނީ އެދުވަހު ހަގީގަތުގައިވެސް އެތަނުގައި އުޅުނީ ކޮން ބައެއްކަމުގެ ހަގީގީ ސިއްރެވެ.

]]>
Thu, 21 May 2026 23:30:32 +0500 ހީރަސް
މަހުދީގެ މަރަށް އިންސާފު ލިބެންޖެހޭ https://heerasnews.com/4207 https://heerasnews.com/4207 އެމް.އެން.ޑީ.އެފް ޑައިވިންގ ޔުނިޓް ބިނާކުރުމުގައި އިސްކޮށް އުޅުއްވި ބޭފުޅުންނަކީ އެބައެއްގެ ވާހަކަ އަޑުނާހާ ދޫކޮށްލަން ހެޔޮވާވަރުގެ ބައެއް ޫނެވެ. އެމް.އެން.ޑީ.އެފްގެ ޑައިވަރުންނަކީ އެފަދަ ދެވަނައެއް ނެތް ފެންވަރެއްގެ ބަޔަކަށް ހެދުމަށްޓަކައި ހިންގުނު ތަމްރީނު ޕްރޮގްރާމްތަކާއި ކުރެވުނު ބުރަ މަސައްކަތްތަކަކީ މި ބޭފުޅުންގެ މިންނެތް ހިއްސާއެވެ. މި ދެންނެވި ބޭފުޅުން ތަމްރީނު ޕްރޮގްރާމްތައް ހިންގުން ހުއްޓަވާލެއްވި ފަހުން، އެމް.އެން.ޑީ.އެފް އަށް އެ ދާއިރާއިން އިތުރު ކުރިއެރުމެއް ހޯދިފައެއް ވަނީއެއް ނޫނެވެ.

އަނެއްކޮޅުން \ހިފަހައްޓަމުން އައީ އެންމެ ކުރިން ދަސްކޮށްފައިވާ މައުލޫމާތުތަކާއި އުކުޅުތަކުގައެވެ. 'ޓެކްނިކަލް ޑައިވިންގ' އަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ހޯދާފައި ހުރިކަމަކަށް ނުވެއެވެ. މިހާރު ހިނގައިގެންއުޅޭ ފަދަ ނުރައްކާތެރި މިޝަންތަކުގައި ބޭނުންކުރެވޭނެ ފެންވަރުގެ ސެޓިފައިޑް އުޅަނދެއްވެސް މިއަދާ ހަމައަށް އެ މުއައްސަސާގައި އޮތް ކަމަކަށް ނުވެއެވެ.

ޑައިވިންގެ ތަޖުރިބާކާރުންގެ ތެރޭގައި ހިމެނޭ ޝަފްރާޒް ނައީމް ފަދަ ބޭފުޅުން ފާޑުކިއުއްވަނީ ކިއުވެން އޮތީމައެވެ. މިހާރު ހިނގައިގެން އުޅޭ ހާދިސާއާއި ގުޅިގެން އެކަށީގެންވާ ވަސީލަތްތަކާ ނުލައި އެ ރިކަވަރީ މިޝަން ފެށުމާ ދެކޮޅަށް އޭނާގެ ފަންނީ ލަފާ ދެއްވިއެވެ. ހޮހަޅައިގެ ހާލަތާއި، އެތަނުގައި ކުރިމަތިވެދާނެ ދަތިތަކާ ބެހޭގޮތުން އެންމެ ފުރަތަމަ ސާފު އިރުޝާދު ދެއްވި އެކަކީވެސް ޝަފްރާޒްއެވެ. އެތަނުގެ ތެރޭގައި ނިންމޭ ކުށް ނިންމުމެއްގެ ސަބަބުން ބޮޑު ކާރިސާއެއް ހިނގައިދާނެ ކަމުގެ އިންޒާރުވެސް އޭނާ ދެއްވިއެވެ.

ހާދިސާއާ ގުޅޭގޮތުން ތަޖުރިބާކާރުން އިތުރު މައުލޫމާތު ހާމަކުރަން ފެށުމުން، ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވަނީ ޝަފްރާޒުގެ އަބުރު ކިލަނބުކޮށްލުމަށް މަސައްކަތްކޮށް، އޭނާއަށް އަމާޒުކޮށް ބަހުގެ ހަމަލާތައް ފޮނުވަން ފަށާފައެވެ. ނަމަވެސް، ޑީ.އޭ.އެން ޓީމުން މަސައްކަތް ކުރިއަށްގެންދާ ވަރަކަށް، އެމް.އެން.ޑީ.އެފް އިން އެ ޑައިވް ކުރުމަށް އެކަށީގެންވާ ތައްޔާރީތަކެއްވެފައި ނުވާކަން ހާމަވާ އިތުރު ސަބަބުތައް ދަނީ ފެންމަތިވަމުންނެވެ.

ރިކަވަރީ ޑައިވް އޮޕަރޭޝަން ކުރިއަށް ގެންދިޔުމުގައި ގެންގުޅުނު ފަރުވާކުޑަ އުސޫލުތަކަށް ޝަފްރާޒް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވާހަކަދައްކަވާފައިވަނީ ބައިނަލްއަގުވާމީ ފެންވަރުގެ އެތައް ޑައިވަރުންނެއް އެއްބަސްވާ ހަގީގީ މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށެވެ. އަދި އޭނާގެ ގާތް އެކުވެރިއެއްގެ ފުރާނަ ގެއްލިގެންދިޔަ މި މިޝަން ކުރިއަށް ގެންދިޔުމަށް ބާރުއެޅި ކަމަށްޓަކައި އޭނާ ވަނީ ސަރުކާރު ކުށްވެރިކޮށްފައެވެ.

ޝަފްރާޒް ފާހަގަކުރެއްވި ގޮތުގައި މަހުދީއަކީ އެންމެ ހުނަރުވެރި ޑައިވަރުންގެ ތެރޭގައި ހިމެނޭ މީހެކެވެ. ޝަފްރާޒް އެމް.އެން.ޑީ.އެފް އިން ވަކިވި ފަހުންވެސް، އޭނާއާއި މަހުދީއާ ދެމެދު އޮތީ ގާތް ރަހުމަތްތެރިކަމެކެވެ. އަދި ދެމީހުންގެ މެދުގައި ޑައިވިންގއާ ގުޅޭގޮތުން ގަވާއިދުން ވާހަކަދެކެވެއެވެ. ރަނގަޅު ވާހަކަ ދައްކާ މީހާގެ އަނގަ ބަންދު ކުރުމަށް ހާދިސާ ހަތިޔާރަކަށް ހަދައިގެން ޝަފްރާޒަށް ބަހުގެ ހަމަލާދިނުމުގެ ބަދަލުގައި އަޅުގަނޑުމެން ކުރަންވީ ކަމަކީ ޖަވާބުދާރީ ކުރުވުމެވެ. އަންނަނިވި ސުވާލުތައް ކުރިމަތިކުރުވުމެވެ:

  • އެމްއެންޑީއެފްގެ ޑައިވަރު މަހުދީ ނިޔާވީ ކީއްވެގެން ކިހިނެއްވެގެންތޯ؟
  • އޭނާ ނިޔާވުމުގެ އަސްލު ސަބަބަކީ ކޮބައިތޯ؟
  • އަވަސް އަރުވާލައިގެން ކަށުނަމާދާއި ވަޅުލުމުގެ ކަންކަން ކުރުމުގެ ކުރިން އެކަށީގެންވާ ތަހުގީގެއް ހިންގުނުތޯ؟
  • އެހާ ބޮޑަށް އަވަސް އަރުވާލީ ކީއްވެގެންތޯ؟
  • ސަރުކާރުގެ ތަރުޖަމާނު ވިދާޅުވިހެން ރިކަވަރީ ޑައިވް ކުރިއަށް ގެންދިޔައީ ޖޯޑަކަށް ކަމަށްވަންޏާވާ، މަހުދީއާއެކު ޑައިވްކުރި މީހާ އޭނާ ނުލައި މައްޗަށް އެރީ ކީއްވެގެންތޯ؟
  • އެމް.އެން.ޑީ.އެފްގެ އޮޕަރޭޝަނަލް ލިމިޓަކީ 50 މީޓަރު ނުވަތަ އެއަށްވުރެ ތިލަ ތަންތަން ކަމަށްވާއިރު، 50 މީޓަރަށްވުރެ ފުން ސަރަހައްދަކަށް ޑައިވްކުރުމަށް އެމް.އެން.ޑީ.އެފް އަށް މަޖުބޫރުކުރީ ކީއްވެގެންތޯ؟
  • މިޝަންގެ ކުރިން 50 މީޓަރަށްވުރެ ފުން ހިސާބުތަކުގައި އޮޕަރޭޝަންތައް ހިންގާފައިވާ ކަމަށްވާއިރު، ކުއްލިއަކަށް އެމްޑީއެފް އިން އާދައިގެ ވައި ބޭނުންކޮށްގެން ޑައިވްކުރެވޭނެ އެންމެ ފުން މިނަކީ 30 މީޓަރު ކަމަށް ނިންމީ ކީއްވެގެންތޯ؟
  • ރިކަވަރީ މިޝަންގައި ބޭނުންކުރި އުޅަނދުގައި 'ޑިކޮމްޕްރެޝަން ޗެމްބަރ' އެއް ނެތީ ކީއްވެގެންތޯ؟
  • ބައިނަލްއަގުވާމީ ތަޖުރިބާކާރުން އައުމުން، އެމް.އެން.ޑީ.އެފް އިން އާރު.އޯ.ވީ އާއި ސާވޭ ޓީމުތައް ހަމަޖެއްސިއިރު، އެމް.އެން.ޑީ.އެފްގެ އަސްލު މިޝަންގެ ތެރޭގައި އެ ވަސީލަތްތަކުގެ ބޭނުން ނުހިފީ ނުވަތަ އެ ފަރާތްތަކުގެ އެހީތެރިކަން ނުހޯދީ ކީއްވެގެންތޯ؟

މި ހުރީ ހައްތަހާވެސް ޖަވާބު ލިބެންޖެހޭ ސުވާލެވެ. މިހާ ހިސާބަށް އައި އިރުވެސް މިކަހަލަ އެތައް ސުވާލަކަށް އަދިވެސް ވަނީ ޖަވާބު ނުލިބިއެވެ.

ޑީ.އޭ.އެން ޓީމުން ގޯޕްރޯ ފުޓޭޖާއި ތަހުގީގަށް ބޭނުންވާނެ އެހެނިހެން މައުލޫމާތު ދިވެހި ފުލުހުންގެ ހިދުމަތާ ހަވާލުކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. މަހުދީގެ މަރާ ގުޅޭގޮތުން ދެ ފުށް ފެންނަ އިންސާފުވެރި ތަހުގީގެއް ސަރުކާރުން ހިންގާނެތޯ އެއީ އުފެދޭ ސުވާލެކެވެ.

މި ހުރިހާ ކަމެއް ހިނގާފައިވަނީ ރައްޔިތުންގެ ޓެކްސް ފައިސާއިން ހިންގާ މުއައްސަސާއެއްގެ ތެރޭގައެވެ. ކަމަކީ އެވާހަކަ ނުދައްކާ އެހާ ފަސޭހައިން ދެން ކުރާނީ ކީއްހޭ ކިޔާފާ ދޫކޮށްލަންވީ ކަމެއްތޯއެވެ؟ އެނގިހުރެ އެމް.އެން.ޑީ.އެފްގެ އޮފިސަރުން ނުރައްކަލުގެ ތެރެއަށް ހުށަހެޅުމަކީ ރައްޔިތުން އެދޭނެ ގޮތްތޯއެވެ؟ 

މަހުދީއަށް އިންސާފު ލިބެންޖެހެއެވެ. އޭނާގެ އާއިލާއަށް ހަގީގަތް އެނގެންޖެހެއެވެ. އަދި މިކަމުގައި ޒިންމާވާންޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވަންޖެހެއެވެ.             

]]>
Wed, 20 May 2026 21:10:53 +0500 ނިއުސް ޑެސްކް
ބިރުވެރި ކަނޑު ހޮހަޅައިގެ ނުރައްކާތެރި ހަތަރު ތަޖުރިބާ https://heerasnews.com/4205 https://heerasnews.com/4205 ކަނޑުއަޑީގެ ހޮހަޅަތަކަކީ ދުނިޔޭގައިވާ ވަރަށް ނުރައްކާތެރި، އެހާމެ ހިތްގައިމު މާހައުލުތަކެކެވެ. ކަނޑުގެ ފުން ހިސާބުތަކުގައިވާ މިފަދަ އަނދިރި ހޮހަޅަތަކުގައި ފީނުމަކީ ނުހަނު ބޮޑެތި ގޮންޖެހުންތަކާއި ނުރައްކާތައް ކުރިމަތިވާ ކަމެކެވެ. ކުޑަ ކުށަކުންވެސް މަގުއޮޅުމާއި، ކިލަނބުވެ ފެންގަނޑު ކަޅުވެ އެއްވެސް އެއްޗެއް ނުފެނުމާއި، އަދި އާލާތްތައް ތާށިވުން ފަދަ ނުރައްކާތައް ކުރިމަތިވެދާނެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ކަނޑުއަޑީގެ ހޮހަޅަތަކުގައި ހިނގާފައިވާ ބައެއް ބިރުވެރި ހާދިސާތަކަށް ބަލާލާއިރު:

1. ރާއްޖޭގެ "ޝާކް ކޭވް" ހާދިސާ2026 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ރާއްޖޭގައި ކުރިއަށްދިޔަ ދިރާސާ ދަތުރެއްގެ ތެރެއިން، ތަޖުރިބާކާރު މެރިން ބަޔޮލޮޖިސްޓުން ހިމެނޭހެން އިޓަލީގެ ފަސް ފީނުންތެރިއަކު ގެއްލި، ފުރާނަ ގެއްލުނު ހިތާމަވެރި ހާދިސާއެއް ހިނގިއެވެ. މި ހާދިސާ ހިނގީ "ޝާކް ކޭވް" ގެ ނަމުން މަޝްހޫރު "ތިންވަނަ ކަނޑު ހޮހަޅަ" ހޯދައި ބަލަމުން ދަނިކޮށެވެ. ބެލެވޭ ގޮތުގައި ކުއްލިއަކަށް އައި ބާރުގަދަ އޮއިވަރެއްގައި ޖެހި، މި ފީނުންތެރިން ހޮހަޅައިގެ މާ ފުންމިނަށް ދަމައިގަތީއެވެ. ހަނި އަދި އަނދިރި ހޮހަޅައިގެ ތެރޭގައި ތާށިވެ، އެމީހުންގެ އަތުގައި ހުރި އޮކްސިޖަން ހުސްވީ ސަލާމަތްވުމަށް ކުރި މަސައްކަތުގެ ތެރޭގައެވެ. މި މީހުންގެ ހަށިތައް ނެގުމަށް ބައިނަލްއަގުވާމީ ފެންވަރުގެ ހާއްސަ ޓީމަކުން ބޮޑު އޮޕަރޭޝަނެއް ހިންގަން ޖެހުނެވެ.

2. ނޯވޭގެ ޕްލޫރާ ކޯރުގެ ހާދިސާ2014 ވަނަ އަހަރުގެ ފެބްރުއަރީ މަހު، ނޯވޭގެ ޕްލޫރްޑާލެން ވާދީގައި ހުރި ބޮޑު ހޮހަޅައަކަށް ފޭބި ތަޖުރިބާކާރު ދެ ފީނުންތެރިއަކަށް ހިތާމަވެރި ހާދިސާއެއް ކުރިމަތިވިއެވެ. ގަނޑުފެން ފަދަ ފިނި އަދި ހަނި މަގަކުން ދަތުރުކުރަނިކޮށް، 100 މީޓަރަށްވުރެ ފުން ސަރަހައްދެއްގައި އެ ދެމީހުން މަރުވިއެވެ. މި ހާދިސާގައި މަރުވި މީހުންގެ ހަށިތައް ނެގުމަށް، އެމީހުންގެ ހަތަރު ރަހުމަތްތެރިއަކު ހަތް ހަފުތާ ފަހުން ނުރައްކާތެރި އަދި ނުރަސްމީ މިޝަނެއް ކުރިއަށް ގެންދިޔައެވެ.

3. އޮސްޓްރޭލިއާގެ މައުންޓް ގޭމްބިއާ ހާދިސާ (1973)މެއި 28، 1973 ގައި، އޮސްޓްރޭލިއާގެ މައުންޓް ގޭމްބިއާ ކައިރީގައިވާ "ދަ ޝާފްޓް" ކިޔާ ފުން ވަޅެއް ފަދަ ހޮހަޅައަކަށް ހަތަރު ފީނުންތެރިން ފޭބިއެވެ. އެމީހުން މަގު ހޯދުމަށް ބޭނުންކުރާ ސަލާމަތީ ވައު ބޭނުންނުކޮށް، ހޮހަޅައިގެ ވަރަށް ފުނަށް ދަތުރުކުރިއެވެ. ނަތީޖާއެއްގެ ގޮތުން އަނދިރި އަދި ކުނިބުނި ގިނަ ފެންގަނޑުގެ ތެރޭގައި މަގުއޮޅި، އޮކްސިޖަން ހުސްވެގެން އެމީހުން މަރުވިއެވެ. އެމީހުންގެ ހަށިތައް ފެނުނީ އޭގެ އެއް އަހަރު ފަހުންނެވެ.

4. މެކްސިކޯގެ ސިނޯޓްސް: މާޔާގެ އަޑީގެ ދުނިޔެ މެކްސިކޯގެ ޔުކަޓާން ޕެނިންސިއުލާގައި ހުންނަ "ސިނޯޓްސް" ނަމަކަށް ކިޔާ ކަނޑުއަޑީގެ ހޮހަޅަތަކަކީ އާދަޔާ ހިލާފު ބިރުވެރިކަމެއް އެކުލެވޭ ތަންތަނެވެ. ގަދީމީ މާޔާ ދަރިކޮޅުގެ މީހުން ގަބޫލުކުރި ގޮތުގައި މިއީ "އަޑީގެ ދުނިޔެ" އަށް ވަދެވޭ ދޮރުތަކެކެވެ. މިއަދު އެ ސަރަހައްދު ދިރާސާކުރާ އާކިއޮލޮޖިސްޓުންނަށް އެ ހޮހަޅަތަކުގެ އަޑިން ގިނަ އަދަދެއްގެ އިންސާނީ ކަށިތައް ފެނިފައިވެއެވެ. މިއީ އެ ޒަމާނުގައި ގުރުބާން ކުރުންތަކަށް ބޭނުންކުރި ތަންތަން ކަމަށްވާތީ، މިއަދުވެސް އެއީ ތާރީޚީ ބިރުވެރިކަމެއް އެކުލެވޭ ތަންތަނުގެ ގޮތުގައި ފާހަގަކުރެވެއެވެ.

]]>
Wed, 20 May 2026 17:27:56 +0500 ނިއުސް ޑެސްކް
ވެންޓިލޭޓަރ ފައިސާ މިހާރު ނުލިބި އޮންނާނީ މުއިއްޒުގެ އިހުމާލުން https://heerasnews.com/4188 https://heerasnews.com/4188 ކޮވިޑް-19 ގެ ތެރޭގައި ގެންނަން އުޅުނު ވެންޓިލޭޓަރުތައް ނުލިބި ފައިސާތައް ގެއްލުނު މައްސަލައަކީ ރައްޔިތުން ހަނދާން ނެތޭނެ ކަމެއް ނޫންކަމަށް ބުނެ ކަންކަން އޮޅުވާލަން ރައީސް މުއިއްޒެއް ކަމަކު އުޅޭނެ ކަމެއްނެތެވެ. ކަނޑައެޅިގެން ހަގީގަތް އެނގިހުރެ ނަފްރަތު އުފެދޭގޮގޮތަށް ރައްޔިތުންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަ ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއްނޫނެވެ. 

ކޮވިޑް19 ގެ ތެރޭގައި ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރ ހޯދުމަކީ ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށްޓަކާ ލިބެން އޮތްގޮތަކަށް ހޯދަން ސަރުކާރަށް މަޖުބޫރުވީ އެއްޗެކެވެ. ރާއްޖެއަށްވުރެ މާފޯރުންތެރި ގައުމުތަކުންވެސް ވެންޓިލޭޓަރ ނުލިބިގެން އޭރު ދިޔައީ މަސައްކަތް ކުރަމުންނެވެ. އެޑްވާންސްކޮށް ފައިސާދީގެންނޫނީ ލިބޭވަރަށްވުރެ ވެންޓިލޭޓަރގެ ޑިމާންޑް ދުނިޔޭގައި އޭރު މާބޮޑެވެ. އެހެން ކަމުން ރާއްޖޭގައި ހުންނަ ޑަބްލިޔުއެޗްއޯ އޮފީހުން ދެއްކި ބަޔަކަށް އެޑްވާންސްކޮށް ފައިސާ ދީގެން ވެންޓިލޭޓަރ ގަތުމަށް ނިންމުން ނޫން ގޮތެއް އެވަގުތަކު ރާއްޖެއަކަށް ނެތެވެ. 

ސިއްހީ ހިދުމަތްދޭ އެއްޗެއް ހޯދުމަށް ޑަބްލިޔުއެޗްއޯ އޮފީހުން ދައްކާ ބަޔަކަށްވުރެ އިތުބާރު ހުރި އެހެން ބަޔަކު ނުތިބޭނެއެވެ. ފައިސާ ލިބުމުން މުދާ ފޯރުކޮށް ނުދިނުމަކީ ސަރުކާރުން ކުރާނެކަމެއް އެކަމުގައި އޮންނާނެ ކަމެއްނޫނެވެ. ފައިސާ ދިނުމުން މުދާ ފޯރުކޮށް ނުދިނުމުން ސަރުކާރަށް ކުރެވޭނެހާވެސް ކަމަކީ އެބައެއްގެ އަތުން އަނބުރާ އެފައިސާ ހޯދަން މަސައްކަތް ކުރުމެވެ. 

ވެންޓިލޭޓަރ ގެނެސްދިނުމަށް ޖާމިނުވި ދުބާއީ އެގްޒިކިއުޓާސް ޖެނެރަލް ޓްރޭޑިންގ ކުންފުނިން އެފައިސާ ހޯދުމަށް ރައީސް ސޯލިހުގެ ވެރިކަމުގައި ގިނަގުނަ މަސައްކަތްތަކެއްކޮށް އެ ކުންފުންޏާ ދެކޮޅަށް ދައުވާކޮށް 31 މިލިޔަން ރުފިޔާ ހޯދަން މަސައްކަތްކޮށްފައިވެއެވެ. ކުރިދައުވާ ސާބިތުވެ އާބިޓްރޭޝަނުން ވަނީ ބަދަލާއި އާބިޓްރޭޝަނަށް ދައްކަންޖެހޭ ފައިސާއާ އެކު 32 މިލިއަން ރުފިޔާ ދިވެހި ސަރުކާރަށް ދެއްކުމަށް އަމުރުކޮށްފައެވެ.

އާބިޓްރޭޝަންގެ އަމުރާ އެއްގޮތަށް އެ ކުންފުނިން ފައިސާ ނުދައްކައިގެން 8.9 މިލިއަން ދިރުހަމް (37 މިލިއަން ރުފިޔާ) ހަތް ދުވަހުގެ ތެރޭގައި ދެއްކުމަށް އެ ކުންފުންޏާއި އެ ކުންފުނީގެ ހިއްސާދާރުންގެ މައްޗަށް ދުބާއީ ކޯޓުން އަމުރުކުރީ މުއިއްޒުގެ ވެރިކަމުގައި 2025 ވަނަ އަހަރެވެ.

އެހެން ކަމުން މިހާރު އޮންނަން ވާނީ ސަރުކާރަށް އެފައިސާ ލިބިފައެވެ. ނުލިބި އޮތްނަމަ އެ ފައިސާ ހޯދުމަށް ދެން ކުރަން އޮތްކަމެއް ކުރަންޖެހިފައި އޮތީ މުއިއްޒަށެވެ. ވެންޓިލޭޓަރ ފައިސާ ހޯދުމަށް މުއިއްޒު ކުރަންޖެހޭ ކަމެއް ނުކޮށްހުރެ ސިޔާސީގޮތުން ނަފްރަތު އުފައްދަން ވެންޓިލޭޓަރޭ މުއިއްޒު ނުކިޔާށެވެ.  

]]>
Sat, 16 May 2026 08:44:11 +0500 އެޑިޓަރ
ހުދުމުހުތާރުކަން ނެތިކޮށްލި މެގްނަ ކާޓާ https://heerasnews.com/4182 https://heerasnews.com/4182 ރައީސް މުއިއްޒު މި ކުޑަކުޑަ ދިވެހިރާއްޖެ ހުދުމުހުތާރު ކަމަށް ބަދަލުކޮށްލަން ހިފާޕައި ހުރި އިރު އަދުގެ ދުނިޔެ އޮތީ އެ ފާލަކު ނޫނެވެ. އެއްވެސް ގައުމެއް ހުދުމުހުތާރުކަމަށް ދިޔަ ނުދޭން މުޅި ދުނިޔެ އޮތީ އެއްބަސް ވެގެންނެވެ. 

ބިޔަބޮޑު އިގިރޭސި ޝާހީވެރިކަމުގައި އޮތް ހުދުމުހުތާރުކަން  އެތައް ޒަމާނެއްގެ ކުރީން އެތާނގެ ރައްޔިތުން ވަނީ ނައްތާލާފައެވެ. ކިތަންމެ ބޭނުންވިޔަސް އިގިރޭސި ދައުލަތަށްވެސް އެކަމެއް ދެނެއް ނުވާނެއެވެ. މެގްނަކާޓާ ނުވަތަ ބޮޑުފަތްކޮޅުން އިގިރޭސީންވަނީ ހުދުމުހުތާރު ވެރިކަމުގެ ބާރު އެކީ އެކައްޗަކަށް ނެތި ކޮށްލާފައެވެ. 

މެގްނާ ކާޓާ ނިޒާމު

1215 ވަނަ އަހަރު ސޮއިކުރެވުނު "މެގްނާ ކާޓާ" (ނުވަތަ ބޮޑު ފަތްކޮޅު) އަކީ، ދައުލަތުގެ އެންމެ މަތީ ވެރިޔާ ނުވަތަ ރަސްގެފާނަކީ ވެސް ގާނޫނުގެ ކުރިމަތީގައި އިސްތިސްނާވެގެންވާ ފަރާތެއް ނޫންކަމާއި، އޭނާ ވެސް ގާނޫނަށް ބޯލަނބަންޖެހޭނެކަން ކަނޑައެޅި މުހިންމު ދުސްތޫރީ އަސާސެކެވެ. މީގެ ސަބަބުން އޭރުގެ އިނގިރޭސިވިލާތުގެ ރަސްގެފާނު ކިންގް ޖޯންގެ މުތުލަގު ބާރުތައް ހަނިކޮށް، އާންމު ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމަށާއި، ގާނޫނީ އިޖުރާއަތްތަކަށް ތަބާވުމަށާއި، ހިތުހުރި ގޮތަކަށް ޓެކްސް ނެގުން ހުއްޓުވުމަށް މަޖުބޫރުކުރުވިއެވެ.

މެގްނާ ކާޓާ ނިޒާމުގެ މައިގަނޑު ބައިތައް:

  • ގާނޫނީ ހުކޫމަތު:

ރަސްގެފާނަކީ ވެސް ލިޔެވިފައިވާ ގާނޫނުތަކަކަށް ބޯލަނބަންޖެހޭ ފަރާތެއްކަމުގައި ހަމަޖެހުނެވެ. މީގެ ސަބަބުން، އެއްވެސް ގާނޫނީ ބިނާއެއް ނެތި ވެރިޔަކު ހިތުހުރި ގޮތަކަށް ކަންކަން ނިންމުމުގެ ސަގާފަތް ނިމުމަކަށް އައެވެ.

  • ގާނޫނީ އިޖުރާއަތްތަކަށް ތަބާވުން (މާއްދާ 39):

މި މާއްދާގެ ދަށުން، އެއްވެސް "މިނިވަން އިންސާނަކު" ގާނޫނީ ހަމައެއްގެ މަތިން ކުރެވޭ ހުކުމަކުން ނުވަތަ ގައުމުގެ ގާނޫނުތަކާ އެއްގޮތަށް މެނުވީ، ހައްޔަރުކޮށް، ހައްގުތަކުން މަހްރޫމްކޮށް، ނުވަތަ ގާނޫނީ ހިމާޔަތުން ބޭރު ނުކުރެވޭނެކަން ކަށަވަރުކޮށްދިނެވެ.

  • އިންސާފަށް ވާސިލުވުން (މާއްދާ 40):

އަދުލުއިންސާފަކީ އެއްވެސް ފަރާތަކަށް ވިއްކޭނެ، އިންކާރުކުރެވޭނެ ނުވަތަ ލަސްކުރެވޭނެ އެއްޗެއް ނޫންކަމުގެ ޔަގީންކަން ދިނެވެ.

  • ޓެކްސް ނެގުން ހަނިކުރުން:

ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުވަތަ ޓެކްސް ނެގޭނީ މަޝްވަރާގެ މަތިން ރުހުން ލިބިގެން ކަމުގައި ކަނޑައެޅުނެވެ. މިއީ މިއަދުގެ ތަމްސީލީ ސަރުކާރުތަކުގެ ބިންގަލެވެ.

  • ފާރަވެރިވުމާއި ހަމަހިފެހެއްޓުން:

ރަސްގެފާނު މި ފަތްކޮޅަށް އަމަލުކުރައްވާ މިންވަރު ބެލުމަށްޓަކައި 25 ބާރަންސް އިން (ލޯޑްސް) ގެ މައްޗަށް އެކުލެވޭ މަޖިލީހެއް (ހައުސް އޮފް ލޯޑްސް) އުފެއްދިފައިވެއެވެ.

  • ދިގުމުއްދަތުގެ ނުފޫޒު:

މެގްނާ ކާޓާއަކީ ފުރަތަމަ މަރުހަލާގައި ރަސްގެފާނާއި އޭނާގެ ދަށުގައި ތިއްބެވި ޝާހީ ބޭފުޅުންގެ ދެމެދުގައި އުފެދުނު މައްސަލަތައް ހައްލުކުރުމަށް އެކުލަވައިލި އެއްޗެއް ނަމަވެސް، ފަހުން މިއީ ގާނޫނީ ނިޒާމުގެ މައިގަނޑު ބިންގާ ކަމުގައި ވެގެންދިޔައެވެ.

ޒަމާނީ ޑިމޮކްރެޓިކް މަފްހޫމްތަކާއި، "ހޭބިއަސް ކޯޕަސް" (ބަންދުގައި ހުންނަ މީހާ ކޯޓަށް ހާޒިރުކުރުމުގެ ހައްގު) އަދި އިންސާފުވެރި ޝަރީއަތެއް ލިބިދިނުމުގެ ހައްގު ފަދަ މުހިންމު އުސޫލުތައް އުފަންވުމަށް މެދުވެރިވި ސަބަބަކީ މިއެވެ.

އެމެރިކާގެ ދުސްތޫރާއި އިނގިރޭސި ގާނޫނުތަކުގެ އަސާސީ ބިންގާ ބިނާވެފައިވަނީ މި އުސޫލުތަކުގެ މައްޗަށެވެ.

]]>
Fri, 15 May 2026 08:30:40 +0500 ހީރަސް
ރާއްޖޭގެ މަރުތަކާއި ނުރައްކާތެރި ހަދިސާގެ ރެކޯޑް https://heerasnews.com/4159 https://heerasnews.com/4159 ތަފާސްހިސާބުތަކަށް ބަލާއިރު، ދިވެހިރާއްޖޭގައި އެންމެ ގިނައިން މީހުން މަރުވާކަމަށް ރެކޯޑު ކުރެވިފައިވަނީ އާބާދީގެ ތަރުތީބަށް ބަލައި މާލެ ސިޓީގައެވެ. މާލެއަށް ފަހު ދެން އެންމެ ގިނަ މަރުގެ ހާދިސާތައް ރެކޯޑު ކުރެވިފައިވަނީ އައްޑޫ ސިޓީގައެވެ. މާލެ ސަރަހައްދުގައި މަރުގެ ނިސްބަތް މަތި ނަމަވެސް، ރާއްޖޭގެ ބައެއް އެހެން އަތޮޅުތަކުގައި ތިމާވެށި ތަގައްޔަރުވުމާއި މަގުމަތީގެ ނުރައްކާތެރި އެކްސިޑެންޓުތަކަކީ ސިއްހީ ގޮތުން ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކެކެވެ.

މަރުގެ ހާދިސާތަކާއި އޭގެ ސަބަބުތައް (2025 ވަނަ އަހަރުގެ ތަފާސްހިސާބު):

  • މަރުގެ ނިސްބަތް އެންމެ މަތީ ސަރަހައްދު:

2021 ވަނަ އަހަރު ރާއްޖޭގައި މަރުވި 1,500 މީހުންގެ ތެރެއިން 880 މީހުންނަކީ މާލެ ސަރަހައްދަށް ނިސްބަތްވާ މީހުންނެވެ.

  • ނުރައްކާތެރި ހާދިސާތައް:

2025 ވަނަ އަހަރުގެ ކުރީކޮޅު ހިނގި މަގުމަތީގެ ނުރައްކާތެރި އެކްސިޑެންޓުތަކުގައި މީހުން މަރުވި ނިސްބަތް އެންމެ މަތީ އައްޑޫ ސިޓީގައެވެ.

  • ތިމާވެށީގެ ނުރައްކާ:

ކުނި މެނޭޖުކުރާ ރަށް ކަމަށްވާ ތިލަފުށްޓާ ކައިރިވުމުގެ ސަބަބުން، ވިލިނގިލީގެ ރައްޔިތުންނަށް ސިއްހީ ގޮތުން ތަފާތު ނޭދެވޭ އަސަރުތަކެއް ފޯރަމުންދެއެވެ.

  • އާންމު ހާލަތު:

2025 ވަނަ އަހަރު ރާއްޖޭގެ މަރުގެ ނިސްބަތް ހުރީ ކޮންމެ 1,000 މީހަކަށް 2.86 އެވެ. މީގެ ތެރެއިން 50 އިންސައްތައަށްވުރެ ގިނަ މަރުތަކަކީ ގައިންގަޔަށް ނާރާ ބަލިތަކާއި، އުމުރުން 50 އަހަރުން މަތީގެ މީހުންނަށް ކުރިމަތިވާ ސިއްހީ މައްސަލަތަކާ ގުޅުންހުރި މަރުތަކެވެ.

އިތުރު މައުލޫމާތު:

  • ކޮވިޑް-19:

ފަހުގެ ތާރީޚެއްގައި މަރުގެ ނިސްބަތް އެންމެ ބޮޑަށް މަތިވެގެން ގޮސްފައިވަނީ 2021 ވަނަ އަހަރު ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައެވެ.

  • ސުނާމީގެ ނުރައްކާ:

ތާރީޚީ ގޮތުން ބަލާއިރު، 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން ގިނަ ބަޔަކު މަރުވެފައިވާއިރު، މި ކާރިސާގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ރ. އަތޮޅު، ތ. އަތޮޅު އަދި މ. އަތޮޅުގެ ރަށްތަކަށެވެ.                  

]]>
Sat, 09 May 2026 16:29:05 +0500 ނިއުސް ޑެސްކް
ފުރަތަމަ ކަމަނާ 2.0 ގެ އިންތިޒާރުގައި. https://heerasnews.com/4156 https://heerasnews.com/4156 އެމާ އެއްލާލެވޭކަށް ނެތް، މިމާ ވެސް ނުބިނދެވާކަށް ނެތް،

ދެމާ އެކުގައި ލިބޭކަށް ނެތް، ދިމާގު ސަމާލުވެވޭކަށް ނެތް. 

އައު ހަޔާތެއް ފަށަން، ބޭނުން ނުވާނީ ކޮން އެކަނިވެރި މައެއްތޯއެވެ. ހަޔާތަށް ތަނަވަސް ބާރުގަދަ މީހަކު ހޯދަން ބޭނުންނުވާނީ އުމުރުން ދޮށި ވަމުންދާ ކޮން ކަނބަލެއްތޯއެވެ.

އެކަނިވެރިކަން އިހުސާސް ކުރަމުންދާ ބައެއް ކަނބަލުންނަކީ ބާރުވެރި ކޮންމެވެސް މީހެއްގެ ޝިކާރަކަށް ވުމުގެ ފުރުސަތު ބޮޑު ބައެއްކަން ދިވެހި ސަގާފާތުގެ ތެރެއިން ފެނިގެން ދެއެވެ. މަސައްކަތް ކުރާ މާހައުލުގައި ހަރަކާތްތެރިވާ ކަނަބަލުންނަށް ވެރީންގެ ނަޒަރު ހުއްޓި ޝިކާރައަކަށް ވުމަކީ ޒަމާނުންސުރެ ހަމައެކަނި ދިވެހިންގެ ތެރެއިން ނޫނަސް ފެންނަމުންދާ މަންޒަރެކެވެ. އެކަނިވެރި ހަޔާތަށާއި ދަރީންނާއި އާއިލާއަށް އުލުޖާލާކަމެއް ގެނައުމުގެ އުންމީދުގައެވެ. 

ދައުލަތެއްގެ އެންމެ މަތީވެރިޔާގެ ޖާރިޔާ އަކަށްވާން ނުވަތަ ހަޔާތުގެ ބައިވެރިއަކަށްވާން ބޭނުން ނުވާނެ ކަނަބަލުން ތިބޭނެ ކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. އެހެންނަމަވެސް ކެހިވެރި ވެރިއެއް ޖަހާ މަޅިއަށް ފެެތޭނެ ނިސްބަތް އިތުރުވުމަކީ ހައިރާން ކުރުވަނިވި ކަމެއް ނޫނެވެ. ބޮޑެތި އަގުބޮޑު ހަދިޔާތަކާއި، ހަރަދު ކޮށްލާނެ ފައިސާ އެފަދަ ފަރާތަކުން ދެވޭނެ މިންވަރަށް އެހެން މީހަކަށް ނުދެވިދާނެއެވެ. ހުންނާނެ ތަނެއް ހޯދާ ދިނުމާއި ހައްސާނަކު މެދުވެރިކޮށް ފޮނުވި ސިޓީ އުރަތައް ބަރާބަރަށް ރައްދުވެއެވެ. އަބަދު ކުރިމަތީން ފެންނާނެހެން ވެރިޔާގެ އޮފީހުން ވަޒީފާ ކޮންމެ ކޮންމެ މީހަކަށް ނުވެސް ދެވޭނެއެވެ. އެހެން ނަމަވެސް އެކަން ކުރެވޭނެ ފެންވަރުގެ މީހުންވެސް ތިބޭނެއެވެ. 

ދިވެހީންގެ އާންމު ކޮއްތެއްގެ ގޮތުގައި މަޝްހޫރީ ކަޅުބިލަ މަހެވެ. އެމަސް ބާނަނީ ހުސްބުޅީގައެވެ. އެހެން ގޮތަކަށް ބުނާނަމަ މަކަރާއި ހީލަތުންނެވެ. އެ މަކަރުވެރިކަން ދިވެހީންގެ ތެރޭގައި ހުރުމަކީ ދުރުކަމެއް ނޫނެވެ. އަދި އެ މަސްކާ އާބާދީއެއްގައި ކޮންމެވެސް ވަރަކަށް މާދުރަށް ނުވިސްނާ މީހުންވެސް ތިބުމަކީ އެކަށީގެންވާ ކަމެކެވެ. އެފަދަ މީހުން ބުއްދިވެރީންގެ ޝިކާރަވެރިންނަށް ވެއެވެ. ބައެއް މައްސަލަތައް ބަލާ އިރު ދައުލަތުން ފޮނުވާ ސްޓޭޓް އެޓާނީންނާއި ގާތް ގުޅުންތަކެއް އުފައްދައެވެ. އަދި ބާރުވެރިކަން ލިބުމުން ދެވަނަ އަންބަކަަށް ވެސް ހަދައެވެ. މުސްހަފުން އާޔަތްތައް ކިޔާފައި ބޮނަކުއާ ފެން ފުޅިއަކަށް ރުގްޔާ ކުރެއެވެ. ގޮވައިގެން އެކަހެރި ތަންތަނަށްވެސް ވަދެއެވެ. އަރަބިބަސް ދަންނާތީ ސަލާމަތްވާނެ ގޮތުގެ ޝޯޓުކަޓު ދަސްވެފައި އޮތީ ކަމަށް ވެދާނެއެވެ. ދީނީ އިލްމުވެރިންނަކީ މަގުދައްކާދޭން ތިބޭ ބައެކެވެ. ގޯސްތައް ފޮރުވާ ފަރުދާ ކުރަން ތިބޭ ބައެއް ނޫނެވެ. ހުކުރު ހުތުބާގައި ގައުމު ހިންގަން ތިބި ވެރީންނަށް ދުއާކުރުން މިހާލަތުގައިވެސް ހުއްދަތޯ އަހާލަން މީހަކު ބުންޏެވެ. 

މިއީ އާދައިގެ ލެވެލްއެވެ. ނަމަވެސް އެކަކަށް ވުރެ ގިނަ މީހުންނާއި އިނދެލައިގެން ދުނިޔޭގެ އުފާ ހޯދާލަން ބޭނުންވާ މީހުން މަދެއް ނޫނެވެ. ވެރީންގެ ފެންވަރުގައާއި ދީނީ އިލްމުވެރީންގެ ތެރޭގައި މިއީ އާންމު ކަމެކެވެ. ބަރާބަރަށް ރަނުން ރަނަށް ހަމަހަމަކޮށް ކަންކަން ފުއްދާދޭތޯ އެއީ ކުރެވޭ ސުވާލެކެވެ. ބައެއް މީހުންނަށް ނުކެރެނީއެވެ. ފޫކަހާފައި އިތުރު މީހަކާއި އިންނަތަނުން ދޮށީ އަނބި ފޫކަހާފައިދަނީ ކޯޓަށެވެ. ދިވެހިރާއްޖެއަކީ ވަރީގެ ރެކޯޑު އޮތް ގައުމެކެވެ. ޝުކުރިއްޔާއެވެ. 

ފުރަތަމަ އަންހެނާއަށް ފުއްދަދޭނެ ކަމަށް ވީ ވައުދާއި އަތާއަތާއި ޖެހުމުން އޮޅުނީއެވެ. އުޅުނީ ލޯބިން ކަމަށް ހީވީއެވެ. “ލޯބިވާއެވެ. އަޅުގަނޑަކަށް ޖާރިޔާއަކަށް ވެގެނެއް ނޫޅެވޭނެއެވެ. އަޅުގަނޑު ބޭނުމިއްޔާ އަޅުގަނޑާއި އިންނާށެވެ”. ފުރަތަމަ އަންހެނާ 2.0 ނުވީ ހަމަ ކިރިޔާއެވެ. 1.0 އަށް އެނގި ފަޅާއެރި ހިސާބުން ފޯނުން ބުލޮކް ކޮށް ޗެޓުލޮގް ޑިލީޓު ކޮށްލީއެވެ. ގޮތެއް ހޯދުމަށް އެ އެކަނިވެރި އަންހެނާ އިތުރު މީހަކާއި ހިތާވެގެންވެސް ނޫޅެވުމެވެ. “ ނަން- ތިޔަކަން ހުއްޓާލާ، އެއީ އަހަރެންގެ ކަމެއް، އަހަންނާ ދޭތެރޭ ކޮންމެވެސް ވަރަކަށް ވިސްނާލާ” މި ފަދަ މެސެޖު ދެތިން މީހަކަށް ދިޔަކަމަށް ބުނާ މީހުން އެބައުޅެއެވެ. 

މަސައްކަތުގެ މާހައުލުގައި ރައްކައުތެރިކަން ނެތިގެން ކޮންމެ އޮފީހެއްގައި އެފަދަ މައްސަލަތައް ހިއްސާ ކުރާނެ މޭޒެއް ހުންނާން ޖެހެއެވެ. ވިކްޓިމް ސަޕޯޓް، ވިކްޓިމް ޕްރޮޓެކްޝަން ދައުލަތުގެ ބޮސްއަށް ވާނީ ސައި ބޯނި ބޮތްކެށެވެ. ނަމަވެސް އޭނާ ދުށީ ހަގީގަތުގައިވެސް ލޯބިވީކަމަށެވެ. އަމިއްލަ ނަފުސު އެކީ ވެދުން ކޮށް ހަވާލުކުރީއެވެ. ކޮންމެހެން ފުރަތަމަ އަންހެނާ 2.0 އަކަށް ވާކަށް ނޫނެވެ. ދަރިފުޅަށާއި އެކަނިވެރިކަމަށް އަދި އާއިލާއަށް ހެޔޮގޮތްތަކެއް ހޯދާދޭށެވެ. ޒުވާން ކިތައް ކަނބަލުންނަށް މިފަދަ އަނިޔާވެރިކަން ތަހައްމަލު ކުރަން ޖެހިފައިވާނެ ބާވައޭވެސް ހިތަށް އަރައެވެ.

ޝޭހް އަކަށް ކުރެވުނު ގޯނާއަކުން މާޒީގެ ސަފުހާތަކުގައި އަންހެން ކުއްޖެއްގެ ރުއިން އިވެއެވެ. ދިވެހިރާއްޖެ ކުޑައެވެ. އާބާދީވެސް މަދެވެ. ނަމަވެސް އާބާދީއާއި ގައުމެއްގެ ނިސްބަތުން ކުރާ ގޯސްކަންތައްތައް މަދެއް ނޫނެވެ. ކުއްވެރި އަމަލުތައްވެސް މަދެއް ނޫނެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. ބޮޑު ސޯބުގެ ދަށުން ކުދި ސޯބު އެނބުރޭނެއެވެ. ފުރަތަމަ އަންހެނާ 2.0 ގެ ހުވަފެން ބެލި ދޮޅަހަކަށް މީހުން ތިބުމަކީ ދުރުކަމަކަށް ނުވާނެއެވެ.

]]>
Fri, 08 May 2026 12:12:50 +0500 ހަވާ
ކާބޯތަކެއްޗަށް ޖެހުމުގެ ނުރައްކާތެރި ކާރިސާއެއް https://heerasnews.com/4155 https://heerasnews.com/4155 ޑޮކްޓާރސް ވިތައުޓް ބޯޑާރސް (އެމް.އެސް.އެފް) އިން ނެރުނު އައު ރިޕޯޓެއްގައި، އިސްރާއީލުން ގަސްތުގައި ގައްޒާއަށް ކާބޯތަކެއްޗާއި އެހީ އަދި ޒަރޫރީ ސާމާނު އެތެރެކުރުން ހަނިކޮށް، އެ ސަރަހައްދުގައި ކާނާއަށް ޖެހުމުގެ ނުރައްކާތެރި ކާރިސާއެއް ކުރިމަތިކުރުވާފައިވާ ކަމަށް ތުހުމަތުކޮށްފިއެވެ.

މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ހަނގުރާމައިގެ ސަބަބުން އެންމެ ބޮޑު ތަކްލީފެއް އުފުލަންޖެހިފައިވަނީ މާބަނޑު މީހުންނާއި، ގާތުންދޭ މައިންނާއި، ތުއްތުކުދިންގެ އިތުރުން ކުޑަކުދިންނެވެ. ދިރާސާކުރެވުނު މައިންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން މާބަނޑު ދުވަސްވަރު އެކަށީގެންވާ ކާނާ ނުލިބުމުގެ މައްސަލަ ތަހައްމަލުކޮށްފައިވާއިރު، މީގެ ސަބަބުން ދުވަސް ނުފުރާ ވިހެއުމާއި، އުފަންވާއިރު ކުދިންގެ ބަރުދަން ލުއިވުމާއި، ބަނޑަށް ދަރިފުޅު މަރުވުމުގެ އިތުރުން ތުއްތުކުދިން މަރުވުމުގެ ނިސްބަތް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

އެމް.އެސް.އެފް އިން ހާމަކުރި ގޮތުގައި މި ކާރިސާ ކުރިމަތިވީ ހަމައެކަނި އެހީ ހުއްޓުވުމުގެ ސަބަބަކުން ނޫނެވެ. އިސްރާއީލުން ވަނީ ގައްޒާގެ ކާބޯތަކެތި އުފައްދާ ނިޒާމު އެކީއެކަށް ސުންނާފަތިކޮށްލާފައެވެ. މީގެ ތެރޭގައި ދަނޑުބިންތަކާއި، މަސްވެރިކަމުގެ ބަނދަރުތަކާއި، ކާބޯތަކެތި ރައްކާކުރާ ގުދަންތަކާއި، ފެނުގެ ނިޒާމުތައް އަދި ބާޒާރުތައް ހިމެނެއެވެ. އދ. ގެ ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަނުން ބުނާ ގޮތުގައި ގައްޒާގެ ދަނޑުވެރިކަމަށް ބޭނުންކުރާ ބިންތަކުގެ ތެރެއިން ގާތްގަނޑަކަށް ހުރިހާ ބިމެއް މިހާރު ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުކޮށްލާފައެވެ.

މީގެ އިތުރުން، އެމެރިކާއާއި އިސްރާއީލުގެ އެހީތެރިކަމާއެކު ހިންގާ ''ގައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން" އަށް ވެސް މި ރިޕޯޓުގައި ވަނީ ފާޑުކިޔާފައެވެ. އެގޮތުން އެހީ ފޯރުކޮށްދޭ މަރުކަޒުތަކަކީ ނުރައްކާތެރި އަދި މީހުން އިންތިހާއަށް ތޮއްޖެހިފައިވާ ތަންތަން ކަމަށް ފާހަގަކޮށްފައިވެއެވެ. އދ. އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެހީ ބަހާ ސަރަހައްދުތަކާއި އެހީ ހިފައިގެންދާ އުޅަނދުތައް ދަތުރުކުރާ މަގުތަކުން ކާބޯތަކެތި ހޯދަން އުޅުނު އެތައް ފަލަސްތީނު ރައްޔިތުންނެއް ވަނީ ޝަހީދުކޮށްލާފައެވެ.

އިންސާނީ އެހީ ފޯރުކޮށްދޭ ޖަމިއްޔާތަކާއި އދ. ގެ އިސްވެރިން ތަކުރާރުކޮށް އިންޒާރު ދެމުންދަނީ، ޒަރޫރީ ތަކެތި ހުއްޓުވުމުގެ ސަބަބުން ގައްޒާގައި ބޮޑު ބަޑުހައިހޫނުކަމެއް ފެތުރިދާނެ ކަމަށެވެ. ރިޕޯޓުގައި ހަވާލާދީފައިވާ މާހިރުން ސިފަކުރައްވާ ގޮތުގައި، މި ބަޑުހައިހޫނުކަމަކީ ހަނގުރާމައިގެ ހާލަތުގެ ސަބަބުން ނޫންގޮތެއް ނެތިގެން ދިމާވި ކަމެއް ނޫނެވެ. އަދި ކިއެއްތަ، މިއީ ގަސްތުގައި ރޭވިގެން ހިންގާ ސިޔާސަތުތަކެއްގެ ނަތީޖާއެވެ.

2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ކުރިއަށްދާ މި ލާއިންސާނީ ހަނގުރާމައިގައި މިހާތަނަށް 72,600 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުވެ، 172,000 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. އަދި އާންމުން ދިރިއުޅޭ ސަރަހައްދުތަކުގެ 90 އިންސައްތަ ވަނީ ބިމާހަމަކޮށް ސުންނާފަތިކޮށްލާފައެވެ.

]]>
Fri, 08 May 2026 10:43:09 +0500 ނާއިރާ
އެމްޑީޕީގެ ރިފޯމަކީ މީހެއްގެ ގަޔަށްހެޔޮވަރު ކޯޓެއްނޫން https://heerasnews.com/4057 https://heerasnews.com/4057 ޕާޓީ ރިފޯމްކުރަން ފުރުސަތު ލިބުނު މީހުން އެމްޑީޕީ ރިފޯމް ކުރާ ވާހަކަ މިހާރު ނުދައްކާށެވެ. އެމްޑީޕީ އުފެދުނީއްސުރެ 2022 އަށް ޕާޓީ ރިފޯމް ކުރައްވަން ރައީސް ނަޝީދަށް ލިބިވަޑައިގަތެވެ. އެކަމެއް ނުކުރައްވައެވެ. 

އުސްތާޒު ފައްޔާޒަށްވެސް ޕާޓީ ރިފޯމްކޮށް ހިންގާލުމަށް ލިބި ވަޑައިގަތެވެ. އެންމެ ފަހުން އޮތް އެމްޑީޕީ ކޮންގްރެސްގައި ދަނޑިމަތި އެނބުރުއްވީ ވެސް ފައްޔާޒެވެ. އެވަގުތަށް ބޭނުން ބަދަލުތައް ގެނެސް ނިންންމާލެއްވީއެވެ. ޖުމްލަ އިސްލާހީ ބަދަލެއް ގެނައުމަކަށް ނޫޅުއްވައެވެ. 

ލީޑަރޝިޕް ލިބިވަޑައިގެން އެހެން ބޭފުޅުންވެސް އެކަމަކާ ނޫޅުއްވައެވެ. ބާރުލިބުމުން އެންމެންވެސް މަސައްކަތްކުރީ ގަޔަށް ހެޔޮވަރު ކޯޓަކަށް އެމްޑިޕީ ހަދާށެވެ. ކޮންމެ ނަމެއް ކިޔައިގެންވެސް ކުރާން އުޅޭކަމަކީ އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ފަހިވާގޮތަށް މަގުކޮށުމެވެ. 

އެމްޑީޕީގެ ރިޔާސީ ޓިކެޓަކީ ރާއްޖޭގެ ވެރިކަމާ އެންމެ ކައިރިއަށް ދާން އޮތް ކުރުމަގުކަން އެންމެނަށްވެސް އެނގެއެވެ. ރިޕޯމް، ރިފޯމަކަށްވާނީ ތިމާއަށް ނުވަތަ ތިމާ ބޭނުންވާ މީހަކަށް ރިޔާސީ ޓިކެޓް ލިބޭގޮތަށް މުޅި ޕާޓީ އިންތިޒާމު ވުމުންނެވެ. 

މާތްކަލާކޯއެވެ. މިވަގުތު ޕާޓީ ރިފޯމްކުރަން އުޅޭނެ ކަމެއް ނެތެވެ.  ކުރަންޏާ ކުރަން އޮތީ އެހެން ކަމެކެވެ. އެންމެން ގުޅިގެން މުއިއްޒު ސައިޒުކޮށް މުއިއްޒު ގާނޫނު އަސާސީއަށް ގެންނަންއުޅޭ ގައިރު ދުސްތުރީ ބަދަލުތައް ގެނައުން ހުއްޓުވާށެވެ. ބްލެކްމޭލުވެ އަމިއްލައަށް ދަންމަޅި ޖަހައިގެން ތިބި މަޖިލިސް މެންބަރުން އެކަމުން ސަލާމަތް ކުރަން އެޅޭށެވެ. ދަތްނެތް މިނިވަން މުއައްސަސާ ތަކުގައި ހިފޭވަރަށް ދަތް ޖަހާދޭންއުޅެބަލާށެވެ. 

 ހަމައިންެނެއްޓި އިނދަޖެހިފައިވާ ރާއއޖޭގެ މާލިއްޔަތުން ހިންގާ ކޮރަޕްޝަނާއި އިސްރާފާ ފަސާދަ ހުޢްޓުވަން ގުޅިގެން ތެދުވެ ބަލާށެވެ. ފަނޑިޔާރުގެއަށް ފޯރުވާ އަތްތައްތައް ކަނޑާ ގާނޫނުގެ ދިގުއަތް ހުރިހާ މުޖުރިމުންނަށް ފޮރުވޭނެ ގޮތް ހަދާބަލާށެވެ. 

ވެރިކަން ނެތި ގައުމު އިސްލާހު ނުކުރެވޭނޭކަމަށް ދެކޭދުށުން ބަދަލުކޮށް ސީދާ އިސްލާހީ ހަރަކާތް ފަށާބަލާށެވެ. މިހާރު އޮތް ގާނޫނު އަސާސިއާއި އިސްލާހީ ބަދަލުތައް ގެނައީވެސް ވެރިކަމުގައި ތިބެގެނެއް ނޫނެވެ.

އަޅ! ރައްޔިތުންގެ އިތުބާރު ދަމަހައްޓަން އެންމެން އެކުގައި ނިކުމެ ބަލާށެވެ. ވެރިކަން ދޭނީ ކާކަށްކަން އެހިސާބަށް ދިޔައިމާ ރައްޔިތުން ނިންމާނެއެވެ. ހީލަތް ހަދާ ޑްރާމާ ކުޅެގެން ރިޔާސީ ޓިކެޓް ހޯދަން އެކަކުވެސް އުޅޭނެކަމެއްނެތެވެ. 

]]>
Thu, 09 Apr 2026 17:11:14 +0500 އެޑިޓަރ
ފެނަކަ ސައީދަށް ދެނީ ލާއިންސާނީ އަނިޔާ: ޝާހިދު https://heerasnews.com/3831 https://heerasnews.com/3831 ރާއްޖޭން ނުލިބޭ ބޭސްފަރުވާއެއް ބޭނުންވާ ހިތުގެ ބަލިމީހެއް ކަމަށްވާ ފެނަކާގެ ކުރީގެ އެމްޑީ އަހުމަދު ސައީދަށް ބޭސްފަރުވާގެ މަގު ނުދެއްކުމަކީ ބަލައިގަވޭނެ ކަމެއް ނޫންކަމަށް އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވެއްޖެއެވެ.

ޖަލުގައި އެކަހެރިކޮށް ހުންނަން ސިއްހީގޮތުން ފިޓްނޫން ކަމަށް ޑޮކްޓަރުން ލަފާދޭ ބަލި މީހަކާ މެދު އެ ގޮތަށް އަމަލު ކުރުމަކީ ލާއިންސާނީ ކަމެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

ރައްޔިތުންނާ މެދު އަމަލުކުރުމުގައި އިންސާނިއްޔަތުކަމާއި އިންސާފުވެރި ކަމާއެކު އަމަލުކުރާ ފަރާތަކަށް ދައުލަތް ވާންޖެހޭނެ ކަމަށްވެސް އޮނަރަބަލް ޝާހިދު ވިދާޅުވެއެވެ.

ފެނަކަ ކޯޕަރޭޝަނުގެ ކުރީގެ އެމްޑީ އަހުމަދު ސައީދު މުހައްމަދަކީ  ސިޔާސީ ގޮތުން ފްރޭމް ކުރެވިގެން ޖަލު ހުކުމެއް ތަންފީޒު ކުރެވޭ ހިތުގެ ބަލީގެ ބަލި މީހެކެވެ. 

‏އިންސާނެއްގެ ދިރިހުރުމުގެ ހައްގަށް އުނިކަން އަންނަ ގޮތަށް އަމަލު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އޮތް އިހުތިޔާރެއް ބާރެއް ނޫނެވެ.

ފެނަކައިގެ ކުރީގެ އެމްޑީ ސައީދުގެ ސިއްހީ އެސެސްމެންޓް ތަކުން ސާފުކޮށް އެނގޭ ގޮތުގައި އޭނާއަކީ ޖަލުގެ އެކަހެރި ބަންދެއްގައި ބެހެއްޓޭނެ ފަދަ ސިއްހީ ހާލަތެއްގައި ހުރި މީހެއް ނޫނެވެ.

އޭނާގެ ފުރާނައަށް ނުރައްކާ ވެދާނެކަން ޑޮކްޓަރުންގެ ސާފުބަހުން އެނގެން އޮތްއިރު ބޭސްފަރުވާއަށް ލުއިތަކެއް ދިނުމަށް އިންކާރުކޮށް ބަންދުގައި ބެހެއްޓުމަކީ ގަސްތުގައި ދެވޭ އަނިޔާއެކެވެ. 

]]>
Thu, 29 Jan 2026 12:57:30 +0500 އެޑިޓަރ
އެމްޑީޕީއަށް މޭޔަރުކަން ދިފާއުކުރެވޭނީ އާދަމް އާޒިމު ހޮވައިގެން https://heerasnews.com/3802 https://heerasnews.com/3802 އާޒިމެއް ބަލިކުރަން އާޒިމެއް ނެރެގެން އުޅެނީ އެމްޑީޕީއަށް ހެވެއް އެދިގެން ކަމަށް ގަބޫލު ކުރެވޭކަށް ނެތެވެ. ނިމިދިޔަ އެމްޑިޕީގެ ވެރިކަމުގައި އެމްޑީޕީ ފަހުރުވެރިވާ ވަރުގެ ކާމިޔާބު މަސައްކަތްތަކެއްކޮށް ނަތީޖާ ދައްކާފައިވާ އާދަމް އާޒިމާ ގުޅުވައިގެން ފިތުނަވެރި ވާހަކަ ދައްކަނީ ކޮންބަޔަކު ކީއްވެކަން ގިނަ މެންބަރުންނަށް އެނގެއެވެ.

އެމްޑިޕީގެ.ޓިކެޓްގައި މާލެސިޓީއަށް ހޮވުނު މީހުންގެ ތެރެއިން އާދަމް އާޒިމް ނޫން އެންމެން ތިބީ ޕީއެންސީއަށް ސޮއި ކޮށްގެންނެވެ. އާދަމް އާޒިމް ބޭނުން ނަމަ އާދަމް އާޒިމަށް ވެސް އެކަން ކުރެވުނީހެވެ.

ފަސޭހަ ލުއިގޮތް އޮއްވާ އާދަމް އާޒިމް އިހުތިޔާރުކުރީ އެމްޑީޕީގައި ދެމި ހުރުމެވެ. އެމްޑިޕީގެ އެންމެ މެންބަރަކުވެސް ނެތި މޭޔަރުކަންކޮށް ނަތިޖާ ނެރެދޭން އާދަމް އާޒިމް ހުރީ ޕާޓީ ބަދަލު ނުކުރާނެތީއެވެ. އަމިއްލަ މަސްލަހަތުގައި ޕާޓީ ބަދަލު ކުރާނެ ނަމަ އާދަމް އާޒިމު މިހާރު ހުރިހީ ޕާޓީ ބަދަލު ކޮށްގެންނެވެ. އޭރު ނުކުރި ބަދަލެއް ދެންވެސް ނުކުރާނެއެވެ. 

އާދަމް އާޒިމް މޭޔަރުކަން ލިބުމުން ޕާޓީ ބަދަލު ކުރާނެކަމަށް ފަތުރާ ވާހަކަ ތަކަކީ ބަލައިގަނެވޭ ވަރަށްވުރެ ދެރަވަރު ވާހަކަ ތަކެކެވެ. އަނެއް ކޮޅުން އަމިއްލަ މަސްލަހަތާހުރެ  އާދަމް އާޒިމަށް ރައީސް މުއިއްޒު ޖަވާބުދާރީ ނުކުރެވޭ ކަމަށް އެމްޑިޕީގެ ކުރީގެ ޗެއަރޕާސަނުންގެ ބަޔަކު ދައްކާ ވާހަކައަކީ ވެސް ބޮޑު އޮޅުވާލުމެކެވެ.

އެމްޑީޕީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ލީޑަރޝިޕްގައި އެހުރިހާ ބޭފުޅުން ތިއްބަވައިގެން ނުކުރެއްވުނު ޖަވާބު ދާރީއެއް މޭޔަރުގެ ބޮލަށް ކަޑާލައިގެން އާދަމް އާޒިމު ގެ އޮފުކަނޑުވާލަން އުޅުން އެހާމެ ދެރަވަރެވެ. ހުތުރެވެ. ސަރުކާރުން ކުރާކަންކަމަށް އާދަމް އާޒިމު ހައްގު ބަސްބުނެ އަޅަންޖެހޭ ފިޔަވަޅެއް އަޅާފައިވެއެވެ. ރެކޯޑްތަކުން އެކަން އެހުރީ ފެންނާށެވެ. 

އެހެންކަމުން މޭޔަރ ޓިކެޓްގެ ޕްރައިމަރީއަށް އިތުރު އާޒިމެއް ނެރެގެން އުޅޭ އުޅުމަކީ މެންބަރުންނަށް އޮޅުވާލަން ބަޔަކު ރާވައިގެން ހިންގާ ކަމެއްކަމުގައި ބުނެވިދާނެއެވެ. އެމްޑީޕީ ނޫން ގޮތެއް ހޯދަން އެމްޑީޕީން ނިކުތް މީހުން އިސްވެތިބެ އެމްޑީޕީއަށް މާލޭ މޭޔަރކަން ގެއްލުވާލަން ކުރާކަމެއް ކަމަށް ބުނުމުގެ ޖާގަ އެބައޮތެވެ.

ދެ އާޒިމުގެ ކުރިމަތިލުމަކަށް އެމްޑީޕީ ވައްޓާލީ އެމްޑީޕީ ޕްރައިމަރީ ފިތުނައިގައި ޖައްސާ ބައިބައިކޮށްލުމުން ދަ ޑިމޮކްރެޓްސްގެ ޓިކެޓްގައި ގަލޮޅު ދެކުނުގައި ރައްޔިތުންގެ މަޖިލީހަށް ވާދަކުރި ޒަރިޔަންދަށް މޭޔަރުކަން ފަހިކުރާށޭ ނުބުނެވޭ ވަރެއް ނޫނެވެ. ހަމަ ހިލާ އެހެނެއް ނުވާނެއެވެ. 

އެމްޑީޕީ ނިކުމެ އެއްވާނަކަށް ސިޓިންގ މޭޔަރ އާދަމް އާޒިމަށް ފުރިހަމަ ދައުރެއް ހޯދާ ދިނުމަށްވުރެ މޮޅުގޮތެއް އެމްޑީޕީއަކަށް ނެތެވެ. މިއްޔަކީ ރިޔާސީ ޓިކެޓަށް ބާރުގަދައީ ކޮންފެކްޝަނެއްތޯ ބަލަންވީ ވަގުތެއް ނޫނެވެ. މިވަގުތަކީ  ސިޓީ ކައުންސިލްގެ މޭޔަރުކަން ދިފާއުކޮށް ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް ހޯދަން އާދަމް އާޒިމާ އަތުގުޅާލަންވީ ވަގުތެވެ. 

]]>
Thu, 15 Jan 2026 20:25:30 +0500 އެޑިޓަރ
ފެންނަމުންދަނީ ކަމެއްކުރަން ނޭނގޭ މީހަކާ ހަޒާނާ ހަވާލުކުރުމުން ވާގޮތް https://heerasnews.com/3790 https://heerasnews.com/3790 ފެންނަމުން މިދަނީ ކަމެއްކުރަން ނޭނގޭ އަމާނަތްތެރިކަމެއް ނެތް ބަޔަކާ ރައްޔިތުންގެ ހަޒާނާ ކުރުމުން ވާގޮތްކަމަށް މާލޭ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. މޭޔަރ އާދަމް އާޒިމް އެހެން ވިދާޅުވީ ސަރުކާރުން ސޮއިކޮށްފާވާ ގިނަ މަޝްރޫއުތަކެއް ނުފެށިގެން ދަނީ ކައުންސިލްތަކުން އެއްބާރުލުން ނުދީގެންކަމަށް ވިދާޅުވެ ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ. 

މޭޔަރ އާދަމް އާޒިމް އެކްސްގައި އެކަމާ ގުޅޭ ގޮތުން ވިދާޅުވި ގޮތުގައި 2 އަހަރުގެ ބަޖެޓް ވަނީ ހުސްވެފައެވެ. ތަރައްގީގެ އެއްވެސް މަސައްކަތެއް ސަރުކާރުން ކޮށެއް ނުދެއްވައެވެ،

ކައުންސިލް ތަކާހުރެ ތަރައްގީގެ މަޝްރޫއުތައް ނުހިންގިފައި އޮތްކަމަށް ވަންޏާ މަޝްރޫއުތައް ހިންގަން ރައްޔިތުން ހަވާލުކުރި 110 ބިލިޔަން ރުފިޔާ ކޮބައިތޯ މާލޭ މޭޔަރ ސުވާލު އުފައްދަވައެވެ. 

މޭޔަރ އާޒިމް ވިދާޅުވާ ގޮތުގައި ވޭތުވެގެން މިދިޔައީ ރައްޔިތުންގެ ފައިސާ އިސްރާފު ކުރުމުގެ ދެއަހަރެވެ. 

ކައުންސިލްތަކާ ހުރެ ތަރައްގީގެ ޕްރޮޖެކްޓްތައް ނުހިންގެވިގެން އުޅުއްވާ ކަމަށް ރައީސް ވިދާޅުވާއިރު، ކައުންސިލްގެ ރުހުން އޮތަސް ނެތަސް ރައީސް ބޭނުންފުޅުވެ ވަޑައިގަންނަވާ ކަމެއް ކުރައްވަމުން ގެންދަވާކަމަށް ހުރިހާ ރައްޔިތުންހެން ގަބޫލުކުރެއެވެ.

]]>
Fri, 09 Jan 2026 17:47:08 +0500 އެޑިޓަރ
ދެ އާޒިމުގެ ކޯޅުމެއް ނޫން & ރިޔާސީ ޕްރައިމަރީގެ ރިހާސަލް https://heerasnews.com/3751 https://heerasnews.com/3751 ދިވެހިރާއްޖެއާއި އަޅުގަނޑުމެންގެ ދަރިންނާއި ދަރީންގެ ދަރިންގެ މުސްތަގްބަލް ސަލާމަތްކުރަން ކުރާ މަސައްކަތުގައި އަތުގައި ހިފަން ޖެހުނު ކޮންމެ މީހެއްގެ އަތުގައި ހިފުމަކީ ވަރަށް ރަނަގަޅު ކަމެކެވެ. އެކަމަކު އެގޮތަށް ބައެއްގެ އަތުގައި ހިފަން ވާނީ އެކުގައި އަތުގައި ހިފައިގެން މަސައްކަތްކުރި އެތައް ބައެއްގެ އަތުން ދޫކޮށްލާފައެއް ނޫނެވެ. 

އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލު ބައެއްގެ އަތުގައި ހިއްޕެވީ އެކުގައި އުޅުނު އެތައް ބައެއްގެ އަތުން ދޫކޮށްލައްވާފައެވެ. ޒާތީ ތައައްސުބުން ފޯވެ ހަލާކުވެފައިވާ ބައެއްގެ އަތުގައި ހިއްޕެވީ ވީހާލެއްގައި ވެގެން އުޅުނު އެތައް ބައެއްގެ ހިތުގައިޖައްސާ އެ މީހުންގެ އިހުސާސްތައް  އެއްފަރާތް ކޮށްލެއްވުމަށް ފަހުގައެވެ. 

އެމްޑީޕީގައި ލަމުންއައި ރެނދު ފޭވެ ފަޅައިގެން ދިޔައީ ހިންގާލަން ނިކުތް ޓީމާއި ތިލަފަތުގެ ރަމްޒު ޓީމްގެ ގަދަ ހިފުމުގެ ތެރެއިންނެވެ. ހިންގާލާ ޓީމުގެ މުގުލަކީ ރައީސް ސޯލިހެވެ. ކުރި ބޯއްޓަކީ ފައްޔާޒް އިސްމާއީލެވެ. ތިލަފަތުގެ ރަމްޒުގެ މުގުލުގައި ހުންނެވީ ރައީސް ނަޝީދެވެ. ކުރި ބޯއްޓަކީ އިމްތިޔާޒް ފަހުމީއެވެ. ވާދަކުރީ ޗެއަރޕާސަން ކަމަށެވެ. 

ފައްޔާޒުގެ ހިންގާލާ ޓީމު މެޗުން މޮޅުވުމުން ތިލަފަތުގެ ރަމްޒު ޓީމް ދަނޑުން ފައިބައިގެން ދިޔައީ ނިކަން ހުތުރު ކޮށެވެ. ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު ގެއްލުނީ އެ ކޯޅުމުގެ ތެރެއިންނެވެ.

އެމްޑީޕީ ނޫން ގޮތެއް ހޯދަން އެމްޑީޕީން ނިކުތް މީހުން ޗެއަރޕާސަން ފައްޔާޒު އިސްވެ ހުންނަވާ އަނބުރާ ގެނެސްގެން މުޅި އެމްޑީޕީ އެއްގަލަށް އެެރުވުނު ތަނެއް ނުފެނުނެވެ. ސަރުކާރު ޖަވާބުދާރީ ކުރުވުމަށްވުރެ ބޮޑަށް މިއަދުވެސް ފެންނަނީ ބާރަށްޓަކައި ބަގުޑި ބައްދާ މަންޒަރެވެ. 2028ގެ ރިޔާސީ ޓިކެޓާ ހިފާތަނެވެ. ބައިބައިވުމެވެ. ހިޔާލު ތަފާތުވުމުގެ ތެރެއިން ހިޔާލު އެއްގޮތްކޮށް ގޮތްދޫކުރާތަނެއް ނުފެނެއެވެ. 

ފައްޔާޒުގެ ޗެއަރޕާސަންކަމުގައި ހުންނަވަނިކޮށް އެމްޑީޕީގެ ޓިކެޓްގައި މާލެސިޓީ ކައުންސިލަށް އިންތިހާބުވި އެތައް ބަޔަކު ހުވާވެސް ނުކުރަނީސް ޕީއެންސީއަށް ސޮއިކޮށް ވަނީ ޕާޓީ ބަދަލުކޮށްފައެވެ. އެހެނެކޭ ކިޔާ ކުރެވުނު ކަމެއް ނެތެވެ. އޭރަކުވެސް މިހާރަކުވެސް ނެތެވެ. އެހެނަސް އެމްޑީޕީގެ އެންމެ ކައުންސިލަރަކު ނެތި މޭޔަރ އާދަމް އާޒިމް މާލެސިޓީއަށް އިންގިލާބީ ހެޔޮ ބަދަލުތަކެއް ގެނެސްދީ އެމްޑީޕީގެ ނަން ވަނީ ދަމަހައްޓާ ދީފައެވެ. އެކަން އެހެން އޮތްއިރު ދަރިންނާއި ދަރީންގެ ދަރިންގެ މުސްތަގްބަލް ސަލާމަތްކުރަން ކުރާ މަސައްކަތުގައި އަތުގައި ހިފަން ޖެހުނު ކޮންމެ މީހެއްގެ އަތުގައި ހިފަން ތައްޔާރަށް ހުރި މީހަކު އަމިއްލަ ޕާޓީގެ ކާމިޔާބު ސިޓިންގ މޭޔަރު އަތުން ދޫކޮށްލާ ފޭލިކޮށްލަން ނިކުތުމަކީ ކުޑަ އަރަތެއް ނޫނެވެ.

މުޅިން ކުރެހި ސާފުވެ ތިލަވަމުންދާ ބޮޑު މަންޒަރު ވަރަށް ތަފާތެވެ. ކުލަޖެހެމުން އަންނަ ހަގީގީ ބޮޑު މަންޒަރަކީ މޭޔަރ ޕްރައިމަރީއަކީ 2028ގެ ރިޔާސީ ޕްރައިމަރީގެ މައިލް ސްޓޯނަށް ވުމެވެ. މޭޔަރ ޕްރައިމަރީ ދާގޮތަކުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ދާނެގޮތުގެ ތަސައްވަރު ކޮށްލެވޭނެއެވެ. ނަތީޖާއިން އެކަން ފެނިގެން ދާނެއެވެ. އެހެންކަމުން މިހާރު އެމްޑީޕީގައި އެ ހިނގަނިއްޔަކީ ދެ އާޒިމުގެ ކޯޅުމެއް ނޫނެވެ. އެއީ ރިޔާސީ ޕްރައިމަރީގެ ރިހާސަލެކެވެ. 

]]>
Sat, 20 Dec 2025 06:55:09 +0500 އެޑިޓަރ
މުއިއްޒު ބަލަންބުނި އެމްއެމްޕީއާރުސީ ހިޔާނާތުގެ ހިލަމެއްނެތް https://heerasnews.com/3744 https://heerasnews.com/3744 މޫނަކަށް ކަނދުރާއަކަށް ނުބައްލަވާ އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަ ބަލާ ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. ރައީސް އެހެން ވިދާޅުވީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ތުހުމަތު އޮތް އެތައް ބަޔަކު ކުރިފުޅުމަތީ ތިއްބައިގެން ބޭއްވެވި ހަރުގެ ޖަލްސާއެއްގައެވެ.

ރައީސް އެހެންވިދާޅުވުމުން މޫނުގެ ކުލަ ބަދަލުނުވާ އެކަކު އެތާ ނެތެވެ. ޕީއެންސީ މައި ހަރުގޭގައި ހުންނަވާ ރައީސް އެހެން ވިދާޅުވުމުން ޕީއެންސީގެ މޭގަނޑު ގުޑައިގެން ދިޔައެވެ. އެހެން ވާނެތާއެވެ. ޕީއެންސީގެ އިސް ސަފުގައި އެމްއެމްޕީއާރުސީ ހިޔާނާތުން ބައިނޭޅޭ މީހަކު މަދެވެ. 

އެމްޕީއާރުސީގެ ބޮޑު ހިޔާނާތް ބަލާ ފިޔަވަޅު އަޅުއްވަން ރައީސް މުއިއްޒު ވިދާޅުވިފަހުން އަހަރަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. ބޮޑު ހިޔާނާތުގެ ތަހުގީގު ކުރާގޮތެއް އޮތް ހިސާބެއް އެނގޭ އާދަމުގެ ދަރިއަކުނެތެވެ.

ކުއްލިއަކަށް އިވުނީ އެމްއެމްޕީއާރުސީ ހިޔާނަތާއިގުޅޭ ގޮތުން ކުރީގެ ލީގަލް މިނިސްޓަރ އާޒިމާ ޝިކޫރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތައް އަނބުރާ ގެނައި އަޑެވެ. އާޒިމާގެ ޝަރީއަތް ހިންގާލަން ނުކެރުނު ދައުލަތަކަށް ރައީސް މުއިއްޒުގެ ވަށައިގެން ތިބި އައުވާނުންގެ ތަހުގީގު ހިންގާ އިންސާފުވެރި ޝަރީއަތެއް ހިންގާކަށް ނުކެރޭނެއެވެ. 

]]>
Tue, 16 Dec 2025 18:36:09 +0500 އެޑިޓަރ
މިހާރު ބަނގުރަލާއި އޫރުމަސް އެތެރެކޮށް ވިއްކުވަނީ މުއިއްޒު https://heerasnews.com/3491 https://heerasnews.com/3491 މުއިއްޒަށް އިސްލާމް ދީން އޮންނަނީ ގެސްޓް ހައުސް ވިޔަފާރިއާއި ޖެހުނީމައެވެ. މުއިއްޒަށް އައްޗިކޮށް އުޅޭތަން ފެންނަނީ ރަށްރަށަށްދާ ފަތުރުވެރިންނެވެ. ރަށްރަށުގެ ހޮޓާތަކާއި ބީޗުންނާއި މަގުމަތިން މުއިއްޒަށް ފެންނަނީ ހުސްވެސް އައްޗިކޮށް އުޅޭ މީހުންނެވެ. 

މާލޭ މަގުމަތިންނާއި ހޮޓާތަކުންނާއި ޕާކްތަކުން އައްޗިކޮށް އުޅޭ ހަމަ އެކަކު މުއިއްޒަކަށް ނުފެނެއެވެ. ކަތިވަޅިންޖެހި ހިސާބު ބުޑުމަތިން ދައްކައިގެން ފައިވަޅަށް ފައިކުރި ވަންނަވަރު ހަރުވާޅުކޮޅު ލައިގެން ބަނޑާ ބުރަކައްޓާ ހާއަށް ލައިގެން އުޅޭ އެކަކުވެސް އުޅޭ ކަމަކަށް ނުވެއެވެ. ތައިލެންޑާއި ޕިލިޕިންސާއި އިންޑޮނޭޝީއާ އާއި ނޭޕާލާއި ލަންކާއާއި އިންޑިއާ އާއި މޯލްޑިވްސް ކަނބަލުން ކޮޅުކޮޅަށް ކުރުކާލި ކަނޑާއިރު ގިނަ ބަޔަކު އޮރިޔާން ހާލުގައި ތިބޭތީއެއް މުއިއްޒަކަށް ސަލަފީންނަކަށް ނުފެނެއެވެ. އެހާވަރަށް ލޮލަށް ފުސްބުރާފައި ހުރެގެން ގައުމިއްޔަތޭ އާދަކާދައޭ ސަގާފަތޭ ދީނޭ އެބަކިޔައެވެ. 

ލިބާސް ލައްވާ އުމުރަށް އަންނަންދެން ޓޮޕްލެސްކޮށް އުޅުނު ސަގާފަތެއް އޮތް މުސްލިމު ގައުމެއް ދުނިޔެ ދެކެފައި އޮތީއެއް ނޫނެވެ. މުއިއްޒާ އާދަން ނަސީރު އެ ސަގާފަތަށް ދާން ފައިވިއްދާފައި ތިބެގެން ދައްކަނީ ވަރަށް އައްޗި ވާހަކައެކެވެ. މާލެ ސަރަހައްދުގައި އޮންނާނެ ތަނެއް ހާޔަށް އޮތަސް ރަށެއްގެ ބީޗާއި މޫދުގައި އެކަހެރިކޮށް ގައިރު މުސްލިމަކު "ޓޫޕީސް" ގައި އޮތުން މާ އައްޗި ވަނީތާއެވެ. 

މާތްރަސްކަލާނގެ ނުރުއްސަވާ ގޮތްގޮތަށް ގެސްޓްހައުސް ވިޔަފާރީގައި ފައިސާ ހޯދަނީ ކާކަށް އޮޅުވާލަންތޯ މުއިއްޒު ސުވާލު ކުރާއިރު މުއިއްޒު ހުރީ ހަމަހޭގައިތޯ ސުވާލު ނުކުރާ ވަރެއް ނޫނެވެ. މީހުން ދިރިއުޅޭ ރަށްރަށުގެ އިހުތިސާސުން އެއްމެ އިންޗިއެއް ބޭރުގައި އޮވެގެންވެސް ގައިރު މުސްލިމުންނަށް ރާވިއްކުމަކީ މުއިއްޒު ސަރުކާރުން ހުއްދަ ކުރާކަމެކެވެ. ގެސްޓް ހައުސަށް އައިސް ތިއްބަސް ރާވިއްކުން ހުއްދަތާކަށް ގޮސް ރާގަނެގެން ބުއިމަކަށް ގައިރު މުސްލިމަކަށް މަނައެއް ނޫނެވެ. ރާބޯން ބޭނުންވާ ގެސްޓުން ރިސޯޓްތަކާއި ސަފާރީތަކަށް ގޮސްގެން ބަނގުރާ ގަނެގެން ބުއިމަކީ ރާއްޖޭގައި މަނާކަމެއް ނޫނެވެ.

ނިޒާމުގެ ތެރެއިން ރަލާ އޫރުމަސް އެތެރެކޮށްގެން ވިއްކާ ގެންގުޅެ ވަކި ބަޔަކަށް ބުއިން ރާއްޖޭގައި ހުއްދައެވެ. ބޭންކުތަކުން ރިބާ ނެގުމާއި ދިނުމާއި ކެއުން ރާއްޖޭގެ ނިޒާމުގެތެރެއިން ހުއްދަވެ އިސްލާމީ ދިވެހީންގެ ޝަރީއަތުން ރިބާ ނަގާދޭ ފަދައިންނެވެ. 

ރާއްޖެއަށް ބަނގުރަލާއި އޫރުމަހާ އެތެރެކޮށް ރިސޯޓްތަކާއި ސަފާރީތަކުގައި ވިއްކަން ހުންދަދީގެން އުޅެނީ އެ ދައުލަތެއްގެ އެންމެ މަތީ ވެރިޔާގެ ގޮތުގައި މުއިއްޒު ހުރި ދައުލަތުންނެވެ. ނުރުއްސަވާ ހަރާން ކަމެއް ނިޒާމުގެ ތެރެއިން ރާއްޖޭގައި ކުރާކުރުމަށް މިހާރު އެންމެ ފުރަތަ ޒިންމާ ވާންޖެހޭ މީހަކީ މުއިއްޒެވެ.  

]]>
Mon, 25 Aug 2025 14:39:57 +0500 އެޑިޓަރ
އަބުރޭކިޔަނީ ކުރާ ވައްކަމާ ހިޔާނާތް ފޮރުވަން https://heerasnews.com/3488 https://heerasnews.com/3488 ހިތަށް އެރިހާ އެއްޗެއް ބުނެ ހިތުހުރި ކަމެއްކޮށް މަތިމައްޗަށް ދޮގުހެދުމަކީ މުއިއްޒަށް ވެސް އޮތް ހައްގެއް ނޫނެވެ. ރައްޔިތުން ރާއްޖޭގެ ރައީސްކަމަށް ފަސްއަހަރަށް ހޮވުމަކީ މުއިއްޒު ކުރާނެހާ ކަމެއްކޮށް ދައްކާނެހާ ވާހަކައެއް ދައްކާ ދޮގުވައުދުވުމަށް ދިން ލައިސަންސެއް ނޫނެވެ. 

ކިތަންމެ ރުޅިއަޔަސް މުއުއިއްޒު އިސްވެހުރެ ދައުލަތް ދަވާލާ ވާހަކަ ދައްކާނެއެވެ. ލިޔަންވެސް ލިޔާނެއެވެ. މުއިއްޒު ހިތުހުރި ގޮތެއް ގައުމާ ރައްޔިތުންނަށް ހަދަމުންދާއިރު އެވާހަކަ ދައްކާނެއެވެ. ލިޔެ ހަގިގަތް ހާމަ ކުރާނެއެވެ. 

ރައްޔިތުންގެ ކަންކަމާ ހަވާލުވެ ތިބެގެން ހިތުހުރި ގޮތަކަށް ކަންތައް ކުރަންޏާ އެވާހަކަ ދެއްކުމަކީ އަބުރާ ބެހުމެއް ނޫނެވެ. ރައްޔިތުންގެ ކަންކަމާ ހަވާލުނުވެ ރައްޔިތުންގެ މުދަލާ ފައިސާއަށް އިހުމާލުނުވެ ގޭގައި އޮންނަ މީހެއްގެ ވާހަކައެއް މީހަކު ނުދައްކާނެއެވެ. 

މާބޮޑު އަބުރަކާ އިއްޒަތުއްނަފްސްގެ ވާހަކަ މުއިއްޒު ކަހަލަ ހާއިނުން ދައްކާނެކަން އެނގެއެވެ. ފާރަވެރި ލޯތައް އެހެން ދިމާއަކަށް އަނބުރާލަން ބޮޑެތި ދީނީ ވާހަކަ ދައްކަނީ ކުރާވައްކަމާ ވާހިޔާނަތުގެ ވާހަކައިގެ އަޑު ކަނޑުވާލުމަށެވެ. 

ރަސްމާލެ ޓަނަލްއަޅަން ފީޒިބިލިޓީ ހަދާ ކޮންސަލްޓެންސީ ހަދަން ބަޔަކާ ހަވާލުކުރިކަމަށް ބުންޏެވެ. ބޮޑުވެގެންވާ އެދޮގު ޒާތުގެ އެތައް ހާސް ދޮގެއް ފާޅުގައި ރައްޔިތުންނަށް ހަދާފައިހުރި ކައްޒާބަކަށް ހައްގު ބަސް ބުނާ އަޑު އަހާކަށް ކެތެއް ނުވާނެއެވެ. ވާނީ ފުލަށް އައިހާ އެއްޗެއްކިޔާ ހިތަށް އެރިހާ އެއްޗެއް ލިޔާކަމަށެވެ.

އަބުރާ އިއްޒަތުގެ ވާހަކަ ދައްކާ ބޮޑެތި އުގޫބާތް ކަޑައަޅާ ޖުރިމަނާކޮށް ޖަލަށްލާ ރަޖިސްޓްރީ ބާތިލުކުރިޔަސް ފަރުވާލެއްނެތެވެ. ހައްގުބަސް ބުނުމާއި މުއިއްޒުގެ ވައްކަމާއި ހިޔާނަތާއި ފަސާދައިގެ އެޕިސޯޑްތައް ހާމަކުރުމުގައި ފަސްނުޖެހޭ އެތައް ހާސް ބަޔަކު މިއަދު އެބަތިއްބެވެ. ދުލާއި ގަލަމުގައި ތަޅިު އެޅުވުމުގެ ކުރިން މުއިއްޒު ހަތަރެސް ފައިގާ ބިޑި ނޭޅޭނެ ކަމެއް ނޭނގެއެވެ.

]]>
Sun, 24 Aug 2025 13:58:22 +0500 އެޑިޓަރ
އާއްމު ރައްޔިތަކަށް ހަމަހަމަ ފުރުސަތެއް ޕީއެންސީއަކުނެތް: ޝާންކޮ https://heerasnews.com/3404 https://heerasnews.com/3404 ޕީއެންސީއަކީ އާއްމު ރައްޔިތަކަށް އިންސާފުވެރި ހަމަހަމަ ޖާގަނެތް ޕާޓީއެއް ކަމަށް ވިދާޅުވެ ޝާނީޒް ހާޝިމް ( ޝާންކޮ ) ޕީއެންސީއާއި ދުރަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ. ޝާންކޮ އެކަން ހާމަކުރެއްވީ މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. 

" މިއަދު، އަހަރެން ނިންމައިފިން ޕީ.އެން.ސީ އާއި ދުރަށް ޖެހިލުމަށް" އޭނާ ވިދާޅުވެފައިވެއެވެ. އޭނާ ވިދާޅުވަނީ ޕީއެންސީއަކީ އާންމު ރައްޔިތުންނަށް ހަމަހަމަ ޖާގައެއް ދޭ ތަނެއް ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށެވެ.

ޕީއެންސީގައި ކުރާކަމަކީ ބާރުވެރިންގެ ހިތްހަމަ ޖައްސާ ދިނުންކަމަށް ސިފަކުރައްވަމުން ޝާނީޒް ހާޝިމް ( ޝާންކޮ ) ވިދާޅުވަނީ ބާރުވެރިންގެ ހިތްހަމަޖެއްސުމަށްޓަކައި އޭނާގެ އަގާއި ތަމްސީލުކުރާ ކަންކަމާ ދެކޮޅަށް ނޫޅުއްވާނެ ކަމަށެވެ. 

ޝާނީޒް ހާޝިމް ( ޝާންކޮ ) އަކީ އެންމެ ފަހުން އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޕީއެންސީގެ ޓިކެޓްގައި ހުޅުމާލޭ ދެކުނު ގޮނޑިއަށް ވާދަކުރެއްވި ކެންޑިޑޭޓެވެ. އިންތިހާބު ކާމިޔާބު ނުކުރެއްވުނަސް ދެވަނައަށް އެންމެ ގިނަ ވޯޓް ލިބިވަޑައިގަތީ ޝާންކޮއަށެވެ. ޝާންކޮއަށް 744 ވޯޓު ލިބިވަޑައިގެންނެވިއެވެ. އެއީ ދާއިރާގެ %32.33 އެވެ. 

ޝާންކޮ ޕީއެންސީއާއި ދުރަށް ވަޑައިގަތުމަކީ ހުޅުމާލޭގައި ޕީއެންސީގެ ބާރު ކެނޑެމުންދާ ކަމުގެ ނިޝާނެކެވެ.  

                    

]]>
Mon, 14 Jul 2025 01:04:42 +0500 އެޑިޓަރ
ދިވެހީންގެރާއްޖެއަށް މަދުވަނީ މުއިއްޒު އައިކޮނިކް ޓަވަރެއް! https://heerasnews.com/3326 https://heerasnews.com/3326 ގިނަ ރައްޔިތުން ތިބީ އަނގަޔާ އަތާ ދިމާނުވާ ހާލުގައެވެ. އިންފްލޭޝަން ބޮޑުވެގެން ގޮސް ތަކެތީގެ އަގުހުރީ އަތްފޯރާ ފަށަކުނޫނެވެ. މުއިއްޒަށް ބޯލަނބާ ކިޔަމަން ގަނެގެން އެހާބަތަކަށް ރިހަނުވާ މީހަކަށް ވަޒީފާއެއް ލިބޭނެ ގޮތެއް އާމްދަނީ ހޯދަން ކުރެވޭނެ މަސައްކަތެއް ނެތެވެ.

ޖުމްލަކޮށް މުޅި ގައުމުގެ އާއްމު ހާލަތު މީގެ ދެއަހަރު ކުރިއާ އަޅާބަލާއިރު ބޮޑުތަނުންވަނީ ގޯސްވެފައެވެ. ސަރުކާރުގެ ބެލެންސް ޝީޓް ކޮންމެ ގޮތަކަށް މުލައްމާކޮށްގެން ދެއްކިޔަސް ދިވެހި ރާއްޖެއޮތީ ބަނގުރޫޓް އިއުލާނު ނުކުރާތީ ބަނގުރޫޓްނުވެއެވެ. ހަގީގަތުގައި މުޅި ދައުލަތް އޮތީ ބަނގުރޫޓްވެފައެވެ. ސަރުކާރުގެ ބޭރުގެ ދަރަންނާއި އެތެރޭގެ ދަރަނީގެ ވާހަކަ ދައްކާކަށް ނެތީމެވެ. 

މުޅި ގައުމު އިނދަޖެހިފައި އޮތަސް މުއިއްޒާއި މުއިއްޒު ސަރުކާރުގެ އަމަލުތައް ހުރީ އެއްވަނަ ދުނިޔޭގެ ގައުމެއްގެ ފެންވަރުގައެވެ. ކުރަން އުޅެނީ ސައޫދީ އަރަބިޔާއާއި ޖަޕާނާއި ދުބާއީފަދަ ތަންތަނުގައި ކުރާ ކަހަލަ ކަންކަމެވެ. އާރެއް އުރައްޕަތެއް ނެތަސް ދައްކަނީ ޖައްވަށް ރޮކެޓް އުދުއްސާ ވާހަކައެވެ. މުއިއްޒު އަނގައިން ނުކުރާ އެއްކަމެއް ނެތެވެ. 

ރަސްމާލެ ހިއްކާ ދުނިޔޭގެ ފުރަތަމަ އެކޯސީޓީ ހަދައިފިއެވެ. ރަސްމާލެއާއި މާލެ އަންޑަރވޯޓާ ބިއްލޫރި ޓަނަލަކުން ގުޅުވާލައިފިއެވެ. މާލެއާއި ފުނަދުއާއި ހުޅުލެ މޮނޯ ރޭލުން ގުޅާލައިފިއެވެ. އައްޑޫ ހިތަދުއާއި މީދޫ ބުރިޖުން ގުޅާލައިފިއެވެ. ސީޕްލޭން ޓަމިނަލް އެހެންތާކަށް ބަދަލުކޮށް ވެލާނާ އެއަރޕޯޓުން އެއްފަހަރާ އެތައް ލައްކަ ފަސިންޖަރުންނަށް ހިދުމަތް ދޭންފަށައިފިއެވެ. މާލެ ކައިރީގައި ސޯލަރ އެނަޖީ އެކަނި ބޭނުންކުރާ އެންވަޔަމަންޓް ފްރެންޑްލީ ރަށެއް ހަދާ ނިންމައިފިއެވެ. މާލޭ ޕޯޓް ގުޅިފަޅުން ތިލަފުއްޓައް ބަދަލުކޮށްފިއެވެ. ރަށްރަށުގައި އެޅިހާ އެއަރޕޯޓްތަކާއި ހިސްޕިޓަލްތަކާއި އެހުރީ ބާރަށް ހިނގަހިގާ ވިއްޔާއެވެ. 

އެންމެ ފަހުން ކޮމާޝަލް ކެޕިޓަލަށް ހުޅުމާލެ ހަދާ ހުޅުމާލެ ރަމްޒުކޮށްދޭން އުސް ޓަވަރެއް އަޅަނީއެވެ. ހުޅުމާލޭގައި "އައިކޮނިކް ޓަވަރ" މިހާރުން މިހާރަށް ނާޅައެއް ކަމަކު ނުދާނެއެވެ. ސްރީލަންކާގެ ލޮޓަސް ޓަވަރާއި މެލޭޝިއާގެ ޕެޓްރޯނަސް ޓުވިން ޓަވަރާއި ޔޫއޭއީގެ ބްރުޖްހަލީފާ އާއި ސިންގަޕޫރުގެ ގުއޮކޯ ޓަވަރަށް ރާއްޖެވަކި ދޫކުރާނެ ކަމެއް ނެތްތާއެވެ. ރާއްޖޭގައި މިހާރު މަދީ އެކަހަލަ ލޭންޑްމާކެއް އެކަންޏެވެ.

]]>
Wed, 28 May 2025 14:17:12 +0500 އެޑިޓަރ
ތިނަދޫ އެއަރޕޯޓް އަޑިއަށް & 12ފަޅުރަށް ހަވަޔަށް! https://heerasnews.com/3279 https://heerasnews.com/3279 ތިނަދޫ ފަޅުގައި ވައިގެ ބަނދަރެއް އަޅަން ސަރުކާރުން ބޭރު ބަޔަކާއެކު ސޮއިކުރީ ތިނަދޫ ރައްޔިތުންގެ ކުރިމަތީގައެވެ. ތައިލެންޑްގެ ޕޭންޕެސެފިކް ކޮމްޕެނީއާއި ދިވެހި ސަރުކާރާ ދެމެދު އެއްބަސްވުމުގައި ސޮއިކުރީ ރައީސް މުއިއްޒުގެ ހާޒިރުގައެވެ. 20 ފެބުރުއަރީ 2024ގެ ރޭ ތިނަދޫގައި ބޭއްވި ވަރުގަދަ ބޮޑު ރަސްމިއްޔާތެއްގައެވެ.  

ތިނަދޫ ފަޅުގައި އަޅާ ވައިގެ ބަނދަރަކީ ވަރަށް ތަފާތު ޑިޒައިނެއް އޭގައި އެކުލެވޭ ވައިގެ ބަނދަރަކަށް ވެގެންދާނެކަމުގައި ރައީސް މުއިއްޒު އެ ރަސްމިއްޔާތުގައި ވިދާޅުވިއެވެ. ތިނަދޫ ވައިގެ ބަނދަރުގެ ޓަރމިނަލަކީ އޯވަރ ވޯޓަރ ނުވަތަ ފެނުގެ މަތީގައި ގާއިމުކުރެވޭ ޓަރމިނަލަކަށް ވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ. 

ތިނަދޫ ފަޅުގައި ވައިގެ ބަނދަރެއް އަޅަން ބޭރު ބަޔަކާއެކު ސަރުކާރުން ސޮއިކުރި ފަހުން 14 މަސްދުވަހަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ. ތިނަދޫ ފަޅުގައި އަޅަން ސޮއިކުރި އެއަރޕޯޓްގެ ހަބަރެއް ހިލަމެއް ނުވެ އޮތުމަށްފަހު އެކަންވެސް ސައިބޯނި ބޮތްކަކަށް ބަދަލުވީއެވެ. 

ތިނަދޫ ފަޅުގައި އެއަރޕޯޓް އެޅުމަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބު ކުރުމަށްޓަކާ ތިނަދޫ ރައްޔިތުންނަށް ރައީސް މުއިއްޒު އޮޅުވާލި އޮޅުވާލުމެކެވެ. މުއިއްޒުގެ ދޮގު ސިލްސިލާގެ ފަލަ ބޮޅެކެވެ. 

ތިނަދޫ ފަޅުގައި އޯވަރ ވޯޓަރ ޓަމިނަލަކާއެކު އެއަރޕޯޓެއް އަޅަން ނިންމިއިރު ބުރިޖުން ގުޅާލެވޭ ހިސާބުގައި ކާޑެއްދޫ އެއަރޕޯޓް އޮތްކަމެއް މުއިއްޒަކަށް ނޭނގުނެވެ. އެކަން މުއިއްޒަށް އެނގުނީ އަދިކިރިޔާއެވެ. 

ހުވަދު އަތޮޅުން 12 ރަށް ޓޫރިޒަމް ތަރައްގީ ކުރުމުގެ ނަމުގައި ތައިލެންޑްގެ ޕޭންޕެސެފިކް ކޮމްޕެނީއަށް ދީގެން ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން ތަރައްގީ ކުރާ 600 މިލިޔަން ޑޮލަރުގެ ތިނަދޫ އެއަރޕޯޓް ހަބަރެއް ހިލަމެއް ނުވަނީ ކުރަން އުޅުނުކަމަކަށް ނުވާތީކަން އެނގިއްޖެއެވެ. އެއަރޕޯޓާ ލާޖައްސާފާ ކަރުދާހު ކުންފުނި ޕޭންޕެސެފިކްއަށް ދިން 12 ފަޅުރަށް ވެސް ހަވަޔަށް އަރައިގެން ދިޔައީ ހެއްޔެވެ.

]]>
Sun, 04 May 2025 09:00:19 +0500 އެޑިޓަރ
ހުކުރުމިސްކިތުގެ އަސްލުގެއްލޭ ގޮތަށް ތަނބުޖެހީ އާދަމް ނަސީރު! https://heerasnews.com/3245 https://heerasnews.com/3245 ހައްދަވައިގެން ކަމެއް ނުކުރެވޭތާ ބޮޑެތި ދޮގު ހެދުންނޫން ކަމެއް ގައުމިއްޔަަތު ވަޒީރު އާދަމް ނަސީރު ވެސް ނުކުރެއެވެ. އެމްޑީޕީގެ ވެރިކަމުގައި މާލޭ ހުކުރު މިސްކިތުގެ އަސްލު ގެއްލޭގޮތަށް ކަންތައްތަކެއް ހުކުރު މިސކިތްތެރޭގައި ކޮށްފައި ހުރިކަމަށް ބުނެ މަޖިލީހުގައި އާދަން ނަސީރު ހެދީ ބޮޑު ދޮގެކެވެ. 

މާލޭ ހުކުރު މިސްކިތުގެ އަސްލު ގެއްލުވާނުލާ ޒަމާންތަކަށް ދެމިހުންނާނެހެން މާލޭ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް އެމްޑީޕީ ސަރުކާރުން ކުރީ އަސާރީ ތަންތަނުގެ އާބާތުރަ ފިލުވުމުގެ ހާއްސަ އެކްސްޕާޓުން ލައްވައެވެ. އެމްޑީޕީ ސަރުކާރުން މާލޭ ހުކުރު މިސްކިތުގެ އަސްލު ގެއްލުވާނުލާ ޒަމާންތަކަށް ދެމެހެއްޓުމުގެ މަސައްކަތް ކުރީ ރާއްޖޭގައި ތިބި ފަންނީ ތަޖުރިބާކާރުންގެ ބެލުމުގެ ދަށުންނެވެ. މުޅި މަޝްރޫއަކީ އިންޑިއާގެ ބޮޑުވަޒީރުގެ ހާއްސަ މަޝްރޫއެއްގެ ގޮތުގައި ތަރިކަ ރައްކާތެރިކުރުމާބެހޭ އިންޑިއާގެ އެކްސްޕާޓުން ލައްވައި ކުރުވަމުން ގެންދިޔަ މަސައްކަތެކެވެ. 

ރައީސް ސޯލިހުގެ ވެރިކަމުގައި އިންޑިއާގެ ބޮޑުވަޒީރުގެ ހާއްސަ އެހީއެއްގެ ގޮތުގައި ކުރަންފެށި ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތުގެ ތެރެއިން ފުރަތަމަ ކުރެވުނު މަސައްކަތަކީ ހުކުރު މިސްކިތުގެ ހަރިންމަފާރުގެ އެތެރެއިން ބިމުއަޑީގައި ވަށައިގެން އިތުރު ފާރެއް ލުމުގެ މަސައްކަތެވެ. ހަރިންމައިގެ އެތެރޭގައި ވަށައިގެން ބިމުއަޑީގައި ފާރެއް ބިނާކުރީ ހަރިންމައިން ބޭރުގައި ހުރި ގަސްގަހުގެ މުލުން މިސްކިތުގެ ގޯތިތެރޭގައި ހުރި ބިނާތަކާއި މަހާނަ ގައުތައް ސަލާމަތްކުރުމަށެވެ. ކަތުރުފަނި ފަދަ ފަނިފަކުސައިން ހުކުރު މިސްކިތް ސަލާމަތް ކުރުމަކީވެސް ބިމުއަޑީގައި ފާރެއްލުމުގެ އެއްބޭނުމެވެ. 

ރައީސް ސޯލިހުގެ ވެރިކަމުގެ ފަސް އަހަރުގެ މުއްދަތުގެ ތެރޭގައި ހުކުރު މިސްކިތު އެތެރޭގެ އެއްވެސް މަސައްކަތެއް ނުކުރެވެއެވެ. މިސްކިތުގެ ގޯތި ތެރެއާއި މިސްކިތުގެ ބޭރުގެ މަސައްކަތްތައް މުޅިން ނިންމާ އެތެރޭގެ މަސައްކަތް ފެށުމުގެ ކުރީން ރައީސް ސޯލިހުވެރިކަމުގެ ދައުރު ހަމަވެއްޖެއެވެ. އެހެންކަމުން ރައީސް ސޯލިހު ވެރިކަމުގައި މާލޭ ހުކުރު މިސްކިތުގެ އެތެރޭގައި ތަނބު ޖަހާ ލިޔުންތައް ފުހެ ހަދާނީ ކިހިނެއް ހެއްޔެވެ. އެތެޜޭގެ އާބާތުރަ ފިލުވުމުގެ އެއްވެސް ކަމެއް ކުރިއްޔާ ކުރާނީ އާދަން ނަސީރު ވަޒީރަކަށް ވީފަހުންނެވެ. މުއިއްޒު ވެރިކަމަށް ފެށުނު ފަހުންނެވެ. 

އަސްލު ގެއްލޭގޮތަށް ހުކުރު މިސްކިތުގައި ތަނބުތަކެއް ޖަހާފައި ހުރިކަމަށް ރައްޔިތުންގެ މަޖިލީހުގައި އާދަމް ނަސީރު އެބުނާ ތަނބުތަކަކީ ރައީސް ޔާމީނުގެ ވެރިކަމުގައި ޖަހަފައި ތަނބުތަކެކެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި ހުކުރު މިސްކިތުގެ އަސްލު ގެއްލޭގޮތަށް ތަނބުތަކެއް ޖެހީ އޭރު އޮތް ތަރިކަ ކޮމެޓީގައި އާދަމް ނަސީރު ވެސް އިނދެގެންނެވެ.   

]]>
Wed, 16 Apr 2025 12:36:08 +0500 އެޑިޓަރ
ފަލާހަށް: ތިޔަ ދުއްވަނީ ކޯޓްތަކުގެ ފުރޮޅުންވައި https://heerasnews.com/3181 https://heerasnews.com/3181 މާވަޑި ފަލާހަށް ޕީއެންސީ ޕީޖީ ލީޑަރުކަން ދިފާ ހުރިއްޔަކީ މާމޮޅު މީހަކަށް ވެގެނެއް ނޫނެވެ. އުޑެއް ބުޑެއް ނޭގޭތީއެވެ. މުއިއްޒު އެޅިހާ ބަތަކަށް ރިހަ ވާނެ މިހެއްކަން އެނގޭތިއެވެ. މުއިއްޒަށް ޗެލެންޖުކޮށް ސުވާލުކޮށް ހެދޭވަރަށް ގާބިލުކަމެއް ނުހުންނާނެތީއެވެ. 

މުއިއްޒު ސްޕްރީމް ކޯޓުގެ ބެންޗް އަޅުވެތިކުރަން އުޅޭ އުޅުން ދިފާއުކޮށް މީހަކު ލިޔެފާ ދިން އެއްޗެއް ކިތަންމެ ދިގުކޮށްވެސް ފަލާހަށް އެކްސްގައި ޕޯސްޓް ކުރެވިދާނެއެވެ. މާގަދަ މީހެއްކަން ދެއްކެން ފުލުފުލުގައި ޓްވީޓް ކުރިޔަސް ފަލާހަކީ ކާކުކަން މީހުންނަކަށް ނުއޮޅެއެވެ. އޮޑައިން މަށައިގެން މަޑުލެއް ހިމުންކުރާހެން މުއިއްޒުގެ ހީލަތްތެރި ރޭވުންތައް ފަލާހަކަށްވެސް ހިމުންކޮށް އޮމާންކޮށް އޮފެއް ނޭރުވޭނެއެވެ. ފަލާހުމެއް ގޭނި ވަރަކަށް މުއިއްޒުގެ އޮފު ކެނޑެނީއެވެ.   

މުއިއްޒަށް ގާނޫނު ހަދައިދޭން ޕީޖީ ލީޑަރަކަށް ހުރި ފަލާހަކީ ފެހި ގާނޫނު އަސާސީގެ އިންތިގާލީ މަރުހަލާ ނިމުމުން އިންތިގާލީ ސްޕްރިމް ކޯޓްގެ ބެންޗް އުވޭނެކަން ގާނޫނު އަސާސީގައި އޮތްކަން އެނގޭ ފަލާހެއް ނޫނެވެ. އިންތިގާލީ މަރުހަލާއަށް ފަހު އުފައްދާ ސްޕްރީމް ކޯޓުގެ ދާއިމީ ބެންޗްގައި އިންތިގާލީ މަރުހަލާގައި ތިބި ފަނޑިޔާރުން ބޭތިއްބުމާ ނުބޭއްތިއްބުމުގެ އިހުތިޔާރު އޭރު އޮތް ރައްޔިތުންގެ މަޖިލީހަށް އޮތްކަން ވެސް ގާނޫނީ ވާހަކަ ދައްކާއިރު ފަލާހަކަށް ނޭގެއެވެ. 

މުއިއްޒު ބޭނުންވާ ގޮތަށް ސްޕްރީމް ކޯޓް ބަދަލުކޮށްލުމަށް ހިންގާ ޖަރީމާ ހަލާލުކުރަން އިންތިގާލީ މަރުހަލާގައި އޮތް ސްޕްރީމް ކޯޓް ބެންޗް ބަދަލުކުރި ވާހަކަ ދައްކަނީ ޖާހިލުކަމުންނެވެ. ގާނޫނު އަސާސީގެ އިންތިގާލީ މަރުހަލާ ނިމުނު އިރު އޮތީ އެމްޑީޕީ ސަރުކާރެކެވެ. އެކަމަކު ދާއިމީ ސްޕްރީމް ކޯޓުގެ ބެންޗް އެކުލަވާލީ އެމްޑީޕީއަކުން ނޫނެވެ. އޭރު މަޖިލީހުގައި ތިބި ގިނަ ޕާޓީ އެކުލެވޭ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޝްވަރާކޮށް އެއްބަސްވެވުނު ގޮތަށެވެ. ޕާލަމެންޓްރީ ސްޕަރިސީގެ ދަށުންނެވެ. 

ރައީސް ނަޝީދުގެ ވެރިކަމުގައި ވީގޮތްތަކެއް ވެގެން ގާޒީއަކު ގިރިފުއްޓަށް ގެންދިއުމުން ގާނޫނުގެ ދިގުއަތާއި ރައްޔިތުންގެ ބާރު ރައީސް ނަޝިދުގެ މައްޗަށް ހިނގިކަން ފަލާހާ ޕީއެންސީ ނުދެނެ ހުއްޓެވެ. ރައީސް ނަޝީދުގެ މައްޗަށް ޝަރީއަތް ހިނގިކަންވެސް ހަނދާނެއް ނެތް އެމީހުންނެތެވެ. ނަަޝީދުގެ ވެރިކަން ނިންމާ ރައީސް ޔާމީނުގެ ގޮނޑިކޮއްކޮ ރައީސަކު ބަހައްޓައިގެން ފަލާހުމެން ދަނޑިމަތި އެނބުރި ހަނދާންވެސް ނެތުނީތާއެވެ. 

ރައީސް ޔާމީނުގެ ވެރިކަމުގައި ސްޕްރީމް ކޯޓުން ނެރުނު އަމުރަކާ ގުޅިގެން ޓިނުނަގައިގެން 2 ފަނޑިޔާރުން ވަގަށް ނަގާ ސްޕްރީމް ކޯޓު ކުޑަ ކަކުލަށް ތިރި ކުރުވައިގެން އަންބާ ކިޔާފައި މެޓާ ބަންދުކޮށްދީ ވަޅުދިޔަ ހިއްކާދީ އުޅުނީ ފަލާހުމެން ކަންވެސް ހަނދާނުން ފުހެވުނީތާއެވެ. އެފަހަރު ސްޕްރީމް ކޯޓު ބެންޗް ބަދަލުކުރީ މަޖިލީހުން އެކަން ކުރަން ބޭނުން ވެގެނެއް ނޫނެވެ. މަޖިލީހުން އެކަންކުރީ ރައީސް ޔާމީނުގެ އަމުރަށެވެ.  

ސްޕްރީމް ކޯޓުގެ ބެންޗް ފަހަކަށް ތިރިކޮށްފައި އޮއްވާ 7 އަށް މަތިކޮށް މުޅި ބެންޗް އައުކުރަން ޖެހުނު ގޮތް ނޭގެންޏާ އަޑު އަހާށެވެ. ކުރިން ތިބި ފަނޑިޔާރުންނަކީ ކޮންބައެއް ހެއްޔެވެ. އެންމެންގެ އިއްތިފާގުން ފުލުހުންގެ މައްޗަށް އަމުރެއް ނެރުވާ އެއަމުރާ ގުޅިގެން އުއްތަމަ ފަނޑިޔާރާއި އެހެން ފަނޑިޔާރަކު ހައްޔަރު ކުރުވައި އިއްތިފާގުން ނެރުނު އަމުރު ރައީސް ރުހޭ ގޮތަށް ބަދަލުކޮށްދީގެން ގޮނޑި ކަށަވަރު ކޮށްގެން ތިބި ބައެކެވެ. އެމީހުންގެ އެނިންމުން ބަދަލުކުރުމުގެ ސަބަބުން ސްޕްރީމް ކޯޓުގެ އަމުރުތަކާއި ހުކުމްތަކުގެ ސްޕްރިމަސީ ގެއްލުވާލައިގެން ތިބި ބަޔެކެވެ. ފަނޑިޔާރު ކަމުގައި ތިބެ އެވަރު ކަމެއް ކޮށްގެން ތިބި ބަޔަކު ސްޕްރީމް ފަނޑިޔާރުންގެ ގޮތުގައި ތިބުމުގެ ހައްގެއް ނުއޮންނާނެއެވެ. ރައީސް ސޯލިހުގެ ވެރިކަމުގައި ސްޕްރީމް ކޯޓުގެ ބެންޗް އެއްކޮށް ބަދަލުކުމުން އެއްޗެއް ބުނެވެން ނެތީ އެހެން ވެގެންނެވެ. 

ރައީސް ސޯލިހުގެ ވެރިކަމުގައި ސްޕްރީމް ކޯޓަށް އިސްކޮށްފައި ތިބިއްޔަކީ އެ ފަނޑިޔާރުންގެ ގާބިލުކަމާއި ތަޖުރިބާއަށް ބަލާއިރު ޝައްކު އުފެއްދޭ ވަރުގެ މީހުނެއް ނޫނެވެ. ވޭތުވެ ދިޔަ ފަސްއަހަރުތެރޭގައި ސްޕްރީމް ކޯޓުން ކޮށްފައިވާ ހުކުމްތަކާއި އަމުރުތަކާއި ނިންމުންތަކުން އެ ފަނޑިޔާރުންގެ ބުރަދަނާއި ސީދާކަން އެހެރީ ފެންނާށެވެ. 

ހަމައެކަނި ރައީސް ޔާމީނުގެ މައްސަލަތަކަށް ބަލައިލުމުންވެސް ސަރުކާރުގެ ސިޔާސީ ނުފޫޒު ފަނޑިޔާރުންގެ މައްޗަށް ފޯރާފައި ނެތްކަން ކަށަވަރުވެއެވެ. ރައީސް ޔާމީނުގެ ދިފާއީ ގާނޫނީ ޓީމުންވެސް އެންމެ ބޮޑަށް އިތުބާރުކުރި ބެންޗަކީ ޕީއެންސީ އުކާލަންއުޅޭ ފަނޑިޔާރުންތިބި ސްޕްރީމް ކޯޓުގެ ބެންޗެވެ. ޑރ. ޖަމީލުވިދާޅުވާ ގޮތުންވެސް ސްޕްރީމް ކޯޓުގައި ހުރި އެންމެ ވަރުގަދަ ގާނޫނީ ސިނކުޑިއަކީ އެމްޑީޕީގެ ސިޔާސީ އެކްޓިވިސްޓެކޭ ކިޔައިންގެން ސަރުކާރުން އަޑު އެރުވި ފަނޑިޔާރު ހުސްނުއްސުއޫދެވެ. 

ރައީސް ސޯލިހު ވެރިކަމަށް އައިރު އޮތް ސްޕްރީމްކޯޓް ބެންޗް ބަދަލުކުރަން އެންމެ ބާރަށް އުޅުނީ ވިލިމާލެ ދާއިރާގެ މެންބަރަކަށް އޭރުހުރި އަހުމަދު އުޝާމެވެ. މިހާރު ކަމުނުގޮސްގެން ކޯޓުން ބޭރު ކުރަން އުޅޭ ހުރިހާ ފަނޑިޔާރުންނަށް ވެސް މިހާރުގެ ބަންޑާރަ ނައިބު ކަމުގައި ހުރި އަހުމަދު އުޝާމް ވޯތްވެސް ދިނެވެ. މެންބަރު ކަމުން އެޓަރނީ ޖެނެރަލް ކަމަށް ޕްރަމޯޓް ވުމުން އުޝާމިގެ ގާނޫނީ ވިސްނުންވެސް ބަދަލު ވެއްޖެއެވެ. ކައްޒާބީ ވިސްނުމެއް ނޫނީ މިހާރަކު އުޝާމަކަށް ނާދެއެވެ. މުއިއްޒަށް ބާރު ހޯދާދޭން އުޝާމާ ބައިވެރިވެގެން ފަލާހުމެނަށް ދުއްވާ އެ ލެވެނީ ކޯޓްތަކުގެ ފުރޮޅުން ވައެވެ. 

]]>
Sun, 23 Mar 2025 08:20:55 +0500 އެޑިޓަރ
ސްޕްރީމްކޯޓް ކުޑަކުރާ ބިލް ތަސްދީގު ނުކުރުމަކީ އޮޅުވާލުމެއް! https://heerasnews.com/3193 https://heerasnews.com/3193 ރައީސް މުއިއްޒު ލޮލުން ބޮލުން އެދިގެން ތްރީލައިން ވިޕްނެރެގެން ފާސްކުރި ސްޕްރީމް ކޯޓްގެ ބެންޗް ކުޑަކުރާ ބިލް ތަސްދީގުނުކުރިއެވެ. އަލުން ވިސްނުމަށް މަޖިލީހަށް ފޮނުވާލީއެވެ. ހުރި ހީލަތްތެރިކަން ދެކިބަލާށެވެ. މުއިއްޒުގެ އެއަމަލަކީ ރޫލް އޮފް ލޯއަށް ހުރުމަތްތެރިކޮށް ހިތުމަށް ކުރިކަމެއް ނޫނެވެ. ސްޕްރީމް ކޯޓްގެ ބެންޗް ކުޑަކުރުމުގެ ބޭނުން މުއިއްޒަށް ކެނޑިގެން ކުރިކަމެކެވެ.

ސްޕްރީމް ކޯޓްގައި ތިބި 7 ފަނޑިޔާރުންނަށް މުއިއްޒުގެ ބާރު ނުފޯރާތީ ޖަހަން އުޅުނު ޗައްކަރު ނުޖަހާ ސްޕްރީމް ކޯޓް މުއިއްޒުގެ މުށުތެރެއަށް ލެވޭގޮތް ވުމުން ބެންޗް ކުޑަކުރާ ގާނޫނުގެ ބޭނުން މުއިއްޒަށް ކެނޑުނީއެވެ. ރައީސް މުއިއްޒު ކޮންޓްރޯލްކުރާ ޖޭއެސްސީ މެދުވެރިކޮށް ސްޕްރީމްކޯޓްގެ 7 ފަނޑިޔާރުންގެ ތެރެއިން 3 ފަނޑިޔާރުން ވަކިކުރެވޭނެ ގޮތް ގުރައިދޫ ކުޑަ ރިޒާ އެދަނީ ހަދާދެމުންނެވެ. ފަނޑިޔާރުން ސަސްޕެންޑް ކޮށްގެންނެވެ. ސަސްޕެންޑްކުރި އެއް ފަޑިޔާރު މިހާރު އިސްތިއުފާ ދީފިއެވެ. އަނެއް 2 ފަނޑިޔާރުން ވަކިކުރާކަށް ދެން ލަހެއް ނުވާނެއެވެ. 

ސްޕްރީމް ކޯޓްގެ ބެންޗަށް މުއިއްޒު ބޭނުން ތިން ޕަޕެޓަކު ލެވޭނެ މަގު މުއިއްޒަށް ފަހިވެއްޖެއެވެ. އަނެއްކޮޅުން އުއްތަމަ ފަނޑިޔާރު ހުރީ އިސްތިއުފާއަށް ފަރިކޮށްފައެވެ. އެހެން ވެއްޖެނަމަ ސްޕްރީމް ކޯޓަށް މުއިއްޒުގެ ހަތަރު ޕަޕެޓުންލާ ބެންޗުގެ މެޖޯރިޓީ މުއިއްޒަށް ލިބުނީމާ ބެންޗް ގައި 7 މީހުން ތިއްބަސް ހެޔޮތާއެވެ. 

އަޖައިބެއް ނުވާނެ ހެއްޔެވެ. ގާނޫނަށް ގެންނަ ބަދަލަކުން ސްޕްރީމް ކޯޓްގައި މަސައްކަތް ކޮށްކޮށް ތިބި 2 ފަނޑިޔާރުން ނާާގާބިލު ކަމަށް ކަޑައަޅާ ވަކިކުރުން ލާޒިމް ކުރިއިރު ފަންޑިޔާރުން ވަކިކުރުމަށް ގާނޫނު އަސާސީގައި ބުނާ ހަމަޔާ ހިލާފުކަން ބަންޑާރަނައިބު އުޝާމަށާއި މުއިއްޒަށް އެނގުނީ އަދި ކިޔާހެއްޔެވެ. އެވަރު އަޒާނަށް އެނގުނު އިރު މުއިއްޒަކަށް އުޝާމަކަށް އޭރު އެނގުނު ކަމަކަށް ނުވިއެވެ. 

ސްޕްރީމް ކޯޓްގެ ބެންޗް ކުޑަކުރާ ބިލް ހުށަހަޅާ ފާސްކުރީ މުއިއްޒު ރައީސްކަންކުރާ ޕީއެންސީގެ ސްޕަރމެޖޯރިޓީ އޮތް މަޖިލީހުންނެވެ. މުއިއްޒުގެ އޯޑަރަށް ޕާޓީން ތްރީލައިން ވިޕް ނެރެގެންނެވެ. ތްރީލައިން ވިޕް ބްރޭކް ކުރުމުން މެންބަރ އަޒާނަށް ޕާޓީން ވަނީ ފިޔަވަޅުވެސް އަޅާފައެވެ. އެހާ ކުއްލި ގޮތަކަށް ބިލެއް ފާސްކޮށް ޕީއެންސީ ނިންމާނީ މުއިއްޒު ވަރަށް ބޮޑަށް ބޭނުންވެގެން ކަމާމެދަކު އެއްވެސް މީހަކު ޝައްކެއް ނުކުރާނެއެވެ. މުއިއްޒު ބޭނުން ނުވާކަމެއް މިހާރަކު ރައްޔިތުންގެ މަޖިލީހުން ފާހެއް ނުވާނެއެވެ. 

"ބެލްކަނި" ވީޑިއޯ ރިޕޯޓް މައްސަލައިގައި ރުޅި އަރައިގަނެެން ތުޅާދޫ ދާއިރާގެ މެންބަރު ލައްވާ ދިއްގަރު ދާއިރާގެ މެންބަރު ހުށަހެޅުވި މީޑިއާ ރެގިއުލޭޓަަަރީ ބިލަށް ވީގޮތް ދުށީމެވެ. މުއިއްޒު ބޭނުން ނުވުމުން މީޑިއާ ބިލް މަޖިލީހުން ބޭރުކޮށްލީވެ. މަޖިލިސް ހިސޯރުކުރަން މުއިއްޒު ބޭނުންވެގެން ގާނޫނު އަސާސީއަށް ގެނައި ބަދަލު ފާސްކޮށް ތަސްދީގުކުރި ގޮތްވެސް ދެކެފީމެވެ. ސްޕްރީމް ކޯޓު ކުޑަކުރާ ބިލަކީ މުއިއްޒު ސްޕްރީމްކޯޓް އަތްދަށުލާންޖެހި ޗައްކަރެކެވެ. 

]]>
Wed, 12 Mar 2025 19:50:40 +0500 އެޑިޓަރ
ރައީސް އޮފީހުގެ ދޮރުވާނަކަށް ހެދިޔަސް އަދުރޭ ޖެހޭނީ ހުންނަން! https://heerasnews.com/3136 https://heerasnews.com/3136 މުއިއްޒާއި އަބުދުއްރަހީމާ ދެމީހުން ވަކިނުވެ ތަތްވެފައި އަބަދު ތިއްބަސް ވަރިހަމައެވެ. ރާއްޖޭ ވައްޓާލާފައި މިއޮތް ހާލަތަށް ވެއްޓުމުގެ ޒިންމާ އެންމެ ބޮޑަށް އެޅޭ ދެމީހުންނަކީ އެއީއެވެ. މުއިއްޒު ހަދަމުންގެންދާ ހުރިހާ ނުބައެއް ހެދުމުގެ ހަގީގީ އާރުކާޓީއަކީ އަބްދުއްރަހީމެވެ. 

އަބްދުއްރަހީމަކަށް މުއިއްޒަކާ ވަތްކެއް ނުވެވޭނެއެވެ. މުއިއްޒު ހެދިއެއްޗެއް ހެދިގެން ބެހެއްޓި ހިސާބެއްގައި އަބްދުއްރަހީމަށް ޖެހޭނީ ހުންނާށެވެ. މާ ބާރަށް ތެޅެންޏާ ފައިބާނީ ހުޅުނބެވެ. 

އަބްދުއްރަހީމަކީ މާވަރުގަދަ ސިޔާސީ މުދައްބިރަކަށް ވެގެނެއް މުއިއްޒު ނޫން މީހަކު އުޅެފައެއް ނެތެވެ. ދެންވެސް ނޫޅޭނެއެވެ. ރައީސް ޔާމީނުވެސް ބަންދުގައި ހުންނަވަން ޖެހުމުން ޕްރޮގްރަސިވް ކޯލިޝަން ހިންގުން އަބްދުއްރަހީމާ ހަވާލުކުރީ މީހަކަށް ނުވާތީއެވެ. އަގުޅިނެތް ކަންނޭލަކަށް ވީމައެވެ. 

މުއިއްޒަށް ޕްރޮގްރަސިވް ކޯލިޝަންގެ ރިޔާސީ ޓިކެޓް ލިބުނީ އަދުރޭގެ މޮޅުކަމަކުން ނޫނެވެ. އަދުރޭއަކީ ޓިކެޓް ހާސިލްކުރަން މުއިއްޒު ބޭނުންކުރި އުޅަނދެވެ. މުޅި ގޭމް ޕްލޭނުގެ މުގުލުގައި ހުރީ ނަމިރާ ނާޒިމް ނޫން ދެވަނަ މީހެއް ނޫނެވެ.

ވިސްނާލަ ބަލާށެވެ. އަބްދުއްރަހީމަށް އޮތް ޕީއެންސީގެ ރައީސްކަން މުއިއްޒު ފިރުކައިގަތީ ޗެއަރޕާސަނޭ ކިޔައިގެން ބޮލަށް ޗިޕެއް ޖަހާ ހައްދައިގެނެވެ. ބޮޑު ބިޔަ ޕީޕީއެމް މުއިއްޒުގެ ބާރުގެ ދަށަށް ގެނެސް ޕީޕީއެމްގެ ސިޔާސީ ބާރު ކަނޑުވާލާ އެންމެ ފަހުން ޕީޕީއެމް އުވާލީ އަބްދުއްރަހީމަކީ މުއިއްޒުގެ ރޯލް މޮޑެލޭ ކިޔައިގެން ގަޅަހައްދާފައި ބަހައްޓައިގެންނެވެ. 

ނަމިރާ ނާޒިމް ކޮންޓްރޯލް ކުރާގޮތަށް މަޖިލީހުގެ ރައީސްކަން އަބްދުއްރަހީމަށް ދީފައި އިސްވަޒީރުކަމުން ދުރުކޮށް ރައީސް އޮފީހުން ނެރެލީ ގޮހޮރުފުލުގައި ޖެހެންދެން ނިކަން ރަނގަޅަށް ކާންދީފައެވެ. މަޖިލީހުގެ ރިޔާސަތުގެ އުސް ގޮނޑިއާއި މުރައިދޫ ގަނޑުވަރު ފެނުމުން ވާނުވާ ނޭނގޭ ވަރަށް އަބްދުއްރަހީމަށް ދުނިޔެ ރަންވީއެވެ. އެންމެ ފަހުން އަމިއްލަ ގޮނޑިއާއި އަތުއޮތް އާރާބާރުގެ ލަގަން މުއިއްޒަށް ދެވުނު އިރުވެސް އަބްދުއްރަހީމަކަށް ނޭނގުނެވެ. 

އަބްދުއްރަހީމަށް އޮތްހާވެސް ގޮތަކީ މުއިއްޒު އެޅިހާބަތަކަށް ރިހައަޅާލަ އަޅާލަ ހުރުމެވެ. ކުރެވޭނެ ކަމެއް ވަންނާނެ ވަލެއް އަބްދުއްރަހީމަކަށް އެހެން ނެތެވެ. މިހާރު އެހުރީ ރަނގަޅަށް ފުޅަނގީގެ ހާލުޖެހިފައެވެ. ގަދަ ހަދާލައިފިއްޔާ ދައުރުގެ ބާކީބަޔަށް އޮތީ ގޮޅިއެވެ. އެހެން ކަމުން މުއިއްޒާ ވަތް ކަނޑާލައިގެން ވާނެ މޮޅެއް އަބްދުއްރަހީމަކަށް ނެތެވެ.

އަނގައިގާ ތަޅުލައިގެން މުއިއްޒު އެދޭހާ ގޮތަކަށް މަޖިލިސް ހިންގަދީގެން މަގާމް ދިފާއުކުރުން ނޫން ކަމެއް އަބްދުއްރަހީމަކަށް ނުއޮންނާނެއެވެ. ރައީސް އޮފީހަށް ދިޔުން ކީއްކުރަން ހެއްޔެވެ. ގޮނޑި އަޅައިގެން  ރައީސް އޮފީހުގެ ދޮރުވާނަކަށް އިންނާށޭ ބުނެފިއްޔާ އަބްދުއްރަހީމަށް ޖެހޭނީ އެކަންވެސް ކުރާށެވެ.  

]]>
Thu, 20 Feb 2025 16:11:07 +0500 އެޑިޓަރ
ފޭދޫއައިބީ ބޭނުމީ މުއިއްޒާ ދެކޮޅަށް ރައްޔިތުންނެރެން! https://heerasnews.com/3121 https://heerasnews.com/3121 ގެރިހަން ލައިގެން މިނިކާވަގު ބަކަރި އައިނެއްގެ ތެރެއަށް ވަންނަނީ ބަކަރި ހިފާކައިހުސް ކުރާށެވެ. ޑިމޮކްރަސީ ދުލީގައި ވޯޓު ފޮށިން ވެރިކަމަށް އައިސް ހުދު މުހުތާރު ގޮށްމުށު ވެރިކަމެއްކުރަން އުޅެނީ ރައްޔިތުންގެ ބާރުކަނޑުވާލުމަށެވެ. ދައުލަތް ދަވާލުމަށެވެ. ރައްޔިތުންގެ ހައްގުތަކަށް ހަރާން ކޯރުވުމަށެވެ. މިނިކާ ބާޒެއްހެން މީހެއްގެ ރިޔާސީ ޓިކެޓެއް ފޭރިގަނެގެން ވެރިކަން ހޯދާނީ ގައިމު ވެރިކަމައިެން ބޫތެއް ކައިފާ ހުރީމާތާއެވެ.

ދައުލަތުގެ ބާރުތައް މުއިއްޒުގެ އަތަށް ކަހަމުން ލޮލަކަށް ބޮލަކަށް ބެލުމެއްނެތި މުޅި ދައުލަތް މުއިއްޒުގެ ފައިކޭޓަށް ވައްޓާލާ ނިމެނީއެވެ. "ދޭނަން ކޮށްދޭނަން" އަވާގައި ރައްޔިތުން ޖައްސާ ރައްޔިތުންގެ މަޖިލިސްވެސް ރަހީނުކޮށްފިއެވެ. ފަނޑިޔާރުގެއާއި ފާރަވެރި މުއައްސަސާތައް އޮތީ ރަނގަޅަށް ބްލެކްމެއިލް ކޮށްފައެވެ. އެކަކަށް އެއްކަމެއް ނުކުރެވޭ ވަރަށް މަޖިލީހާއި ފަނޑިޔާރުގެއާއި މިނިވަން މުއައްސަސާތައް ބަނދެލައިފިއެވެ. 

ގާނޫނާއި އުސޫލަކީ ރައީސް ވިދާޅުބަސްފުޅަށްވެ ނިމުނީއެވެ. މުއިއްޒު ބޭނުންވާ ކަންކަން ބޭނުންހާ ގޮތަކަށް ކުރުމަށް ގާނޫނުގެ ނަމުގައި ލައިސަންސްދީ ތައްގަޑު ޖަހާދޭން އޮންނަ ތަނަކަށް ރައްޔިތުންގެ މަޖިލިސް އޮތީ ހަދާފައެވެ. މަޖިލިސް މެކުހަށް ޖަހާފައި އޮތީ މުއިއްޒަށް ހަައްދުފަހަނައަޅާ ވަރަށް ހިފެހެއްޓުމެއް ނެތި ބާރުތައް ދިނުމަށެވެ.

މުއިއްޒަށް ހަައްދުފަހަނައަޅާ ވަރަށް ހިފެހެއްޓުމެއް ނެތި ބާރުތައް ދިނުމުގެ ވާހަކަ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ދެކެވެން ފެށީމާ އަލަކުން ދައްކާކަށް ރައްޔިތުންގެ ވެރިކަމެއްގެ ވާހަކައެއް ނެތެވެ. 

ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިބެގެން ރައްޔިތުންނާ ދެކޮޅަށް ރައްޔިތުންގެ މަންދޫބުން ފާޅުގައި އެތިބަ އަޑުއުފުލަނީއެވެ. ވަކި މީހަކަށް ހައްދެއްނެތް މިންވަރަށް ބާރުދީގެން ރައްޔިތުންގެ ބާރު ކަނޑުވާލަން މަސައްކަތް ކުރަނީއެވެ. ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓރ އަލީ އިހުސާން އިސްވެހުރެ ރާއްޖޭ ރައްޔިތުންނަށް ޖައްސަން އުޅޭހާލު އަލީ އިހުސާނުގެ ބަފާމީހާ ކަރުންނާރު ނަގާ މަޖިލީހުގެ ތަޅުމުގައި އެހުރެ ގޮވާ ނަގަނީއެވެ. 

ފޭދޫ އިބްރާހީމް ދީދީ އެދަައްކަނީ އޭނާގެ އަމިއްލަ ވާހަކައެއް ނޫނެވެ. ވާދަވެރިން ނައްތާލާ ވަރުގަދަ ގޮށްމުށުގެ ވެރިކަމެއް މުއިއްޒަށް ހިންގަދޭން އަލީ އިހުސާނަށް ހައްދެއްނެތް ވަރަށް ބާރުދޭން ގޮވާލާ ގޮވާލުމާ ދެކޮޅަށް ރައްޔިތުން ތެދުވަން ޖެހެއެވެ. ރައްޔިތުންގެ ހައްގާ ބައިނަލްއަގުވާމީ ހަމަތަކާއި ދައުލަތުގެ ބާރުތައް ފުޑާލާ މުއިއްޒަށް ހުރިހާ ބާރެއް ދީގެން ރައްޔިތުން ތިބެން އެހެން މީހަކަށް ނެތް ހައްގެއް މުއިއްޒަށް ގައުމުގާ އޮތީހެއްޔެވެ. ކުރާނެހާ ކަމެއް ކުރަން މުއިއްޒު ނުބަހައްޓާ ރައްޔިތުން ނިކުމެ މުއިއްޒު ވާއްޓާލުމަކީ ކިފާޔަތުގެ ފަރުލެކެވެ.  

]]>
Wed, 12 Feb 2025 18:03:02 +0500 އެޑިޓަރ
މުއިއްޒުގެ އަބުރުފުޅަށްޓަކާ ތުއްތު ގުރުބާން ކުރަނީ https://heerasnews.com/2978 https://heerasnews.com/2978 ވަރެއްގެ އަބުރުފުޅެއްތާއެވެ. ވަށަފަރު މޮހަދުގެ ނޫނީ އަބުރެއް އޮތް މީހަކު މިއޮތް ބޮޑު އުޑުބަޅު ކުރެއްވި ހިސާބުގައި ހުރިކަމަކަށް ނުވެއެވެ.

މަށަށް ވާނެއޭ ކިޔައިގެން ރައްޔިތުންގެ ކަންކަމާ މަތިވެ ގަނެގެން އުޅެންޏާ މީހުން ގޮތްފާޑު ކިޔާނެއެވެ. ރައްޔިތުންގެ ތެރޭގައި އުޅޭ އެންމެންނަކު މުއިއްޒު ކިޔާހާ ލަވަޔަކަށް ނުނަށާނެއެވެ. ގޮތް ފާޑު ކިޔާނެއެވެ. އެއްޗެއް ނުބުނާން ހުއްޓަސް ކުރާ އަގުޅިނެތް ކަންކަމާހުރެ ދުލެއް ނެތް މީހަކު ދުލެއް ގަނެގެންވެސް އެއްޗެހި ބުނާހާވެއްޖެއެވެ.

މީހުންގެ ވައިނޮޅިއަށް އަތްދަރާލީމާ ސަލާމަތްވާންވެސް ލެއްވުނު އަޑެއް މީހުން ލައްވާނެއެވެ. އަގުހެޔޮކޮށް ގަނެގެން ބޮއެގެން ސިއްހަތަށް ގެއްލުންވާ ސިނގިރެޓް އަގު ބޮޑުކޮށް ގަނެގެން ބޮއެގެން ސިއްހަތު ސަލާމަތް ކުރަން ޖެހުނިމާ ޗާލީ ތުއްތެއް ކަމަކު އެއްޗެއް ނުބުނެއެއް ނުހުންނާނެއެވެ. ގޮތް ހުސްވެ ރުޅިގަދަވެގެން ކުރާ ޓްވީޓްގެ ބަސް މަގެއްވެސް ރީއްޗެއް ނުވާނެއެވެ. އަމުދުން ކައްޒާބު ލަގަބު އަމިއްލައަށް ލިބިގަތީތާއެވެ.

ޓްވީޓު ކުރާތީ ފުލުސް އޮފީހަށް ހާޒިރުވާން ޝާފިއު (ތުއްތު) އަށް ވެސް އެންގިދާނެއެވެ. ބާރު އޮތީމާ އުލުބައިންދާ ބުރިން ހަންވެސް ނެގިދާނެއެވެ. އެއްތުއްތު ނެތިއްޔާ އަނެއް ސަތޭކަ ތުއްތު ނިކުންނާނެއެވެ. ގަދަ ބަދެވިކަން ދައްކައިގެން ދުޝްމަނުން އުފެދުން ނޫން ކަމެއް ނުވާނެއެވެ.

ބަރާއި އާރުގެ ކުރިމަތީގައި ގޮތް ހުސްވުމުން މީސްމީހުން ނިރުބަވެރިންނަށް ބަދަލުވުމަކީ ދުނިޔެ ދައްކާ ހަގީގަތެކެވެ. ގައުމެއް ފާލުން ނައްޓާލަނީ އެގައުމެއްގެ ވެރިންގެ އަމަލުތައް ހުންނަ ގޮތަކުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުގެ އިސްވެރިންގެ "އަބުރުފުޅު"ގެ ހިމާޔަތުގައި ޝާފިއު (ތުއްތު) ފުލުހަށް ހާޒިރުކޮށް އޭނާއަކީ ބޮޑު މުޖުރިމަކަށް ހަދަން ކުރާ ހީލަތްތެރި ކަމަކުން ބޮޑު އަބުރުފުޅު ހިމާޔަތް ކުރެވޭނެކަމަށް ހީކުރާނީ ލައްކަ ގަޅިވީމައެވެ. މުއިއްޒުގެ ބޮޑު އަބުރުފުޅަށްޓަކާ ކައުންސިލަރުންނާ ދެކޮޅަށް ވެސް ވަނީ ފިޔަވަޅު އަޅަން ފަށާފައެވެ.

އެމްޑީޕީގެ ޗެއަރޕަސަން ފައްޔާޒު ވިދާޅުވާހެން ސަރުކާރާ މެދު ހިތްހަމަނުޖެހުން އޮތްކަން ހާމަކުރުމަކީ ބޮޑު ކުށަކަށް މިއަދު ވެއްޖެެއެވެ. ރައްޔިތުންގެ އަޑު ކަނޑުވާލައި ހިޔާލު ފާޅުކުރުމަށް ހުދުމުހުތާރު ވެރިން އަބަދުވެސް ހުރަސް އަޅާނެއެވެ.

އެކަމަކު ހިޔާލާއި ފިކުރުގައި ތަޅެއް ނޭޅުވޭނެއެވެ. މިހެން ޗިޓު ފޮނުވިޔަސް ފާޅުގައި ބަސް ބުނުމުގެ ހިތްވަރު ދިވެހިންގެ އަދި ހާއްސަކޮށް އެމްޑީޕީގެ މެމްބަރުންގެ ހުންނާނެއެވެ. 

]]>
Sat, 30 Nov 2024 17:07:54 +0500 ހަވާ
މުއިއްޒު ސަރުކާރުން ގުޅީފަޅު ގޯތިތައް ހަވާލެއް ނުކުރާނެ! https://heerasnews.com/2933 https://heerasnews.com/2933 ދެރަކަމުގެ ކޮޅެއްނެތެވެ. މުއިއްޒުގެ ހީލަތުގެ މަޅީގައި މީހުން ޖެހޭލެއް ކިހާ އަވަސް ހެއްޔެވެ. ކަމެއްގެ އެދުން ކިތަންމެ ބޮޑުވިޔަސް ތެދުވެރި ކަމެއް ނެތް މީހަކަށް އިތުބާރު ކުރާކަށް ނުވާނެއެވެ. މާލެ ސަރަހައްދުން ގޯތި ލިބުނު މީހުން ހަމަރަނގަޅަށް މުއިއްޒުގެ ހީލަތުގެ މަޅީގައި ބަނދެވި ނިމިއްޖެއެވެ. 

ރައީސް ސޯލިހު ވެރިކަމުގައި މާލޭ ސަރަހައްދުން މާލޭ މީހުނަށް 9000އަށް ވުރެ ގިނަ ގޯތިވަނީ ދީފައެވެ. ގޯތި ފާހަގަކޮށް އެތަން ތަނަށް ރަޖިސްޓްރީ ވެސް ވަނީ ހަދާދީފައެވެ. ހުޅުމާލެއިންނާއި ގުޅީފަޅުންނާއި ގިރާވަރުން އޮތީ ގޯތި ކަށަވަރު ކޮށްދީފައެވެ. ރައީސް ސޯލިހުގެ ވެރިކަން ނިމުނު އިރު ނުހިކި އޮތީ 9000 ގޯތިން އެންމެ 600 ގޯއްޗެވެ. އެގޯތިތައް ހިއްކުމުގެ މަސައްކަތް ގިރާވަރުފަޅުގައި ދިޔައީ ކުރިއަށެވެ. ގޯތި ހިއްކުން ހުއޤޓާލީ މުއިއްޒު ވެރިކަމަށް އަރާފައެވެ. 

މާލެ ސަރަހައްދުން ގޯތި ދިނުމަކީ މުއިއްޒު ސަރުކާރުން ގަބޫލު ކުރާކަމެއް ނޫނެވެ. އެހެންވެ ގޯތިނުދީ ވާން އޮތް ހުރިހާ ހުއްޖަތެއް އައީ ދައްކަމުންނެވެ. ހުޅުމާލޭން ގޯތި ދީފައިހުރީ ހޮޅިމަތިންނާ މަގުމަތިން ކަމަށް ވެގެން ހުޅުމާލޭން ގޯތި ނުދިނުމުގެ ބަހަނާއަކަށް އެކަން ހެދިއެވެ. ގުޅީފަޅުގައި ހިއްކާފައި އޮތް ބިމުން ގޯތިދީފައިހުރީ ލޭންޑްޔޫސް ޕްލޭނެއް ނެތިކަމަށް ހަދައިގެން އަޑު އެރުވިއެވެ. މަގެއް ސްކޫލެއް މިސްކިތެއް ޕާކެއްނެތޭ ކިޔައިގެން ވާވެއްދިއެވެ. ގިރާވަރުފަޅުން ގޯތި ދިނީ ކަނޑުންނޭ ކިޔައިގެން ބޮޑު ފިތުނަގަނޑެއް ފަތުރާލިއެވެ. 

މުއިއްޒުގެ އެއްބަޑު ކޮއްކޮ ނިލަންދޫ ދާއިރާގެ މެންބަރ ސައުދާއާއި ޕީއެންސީ ޕީޖީ ލީޑަރ ފަލާހު ސިފަކުރި ގޮތުގައި މާލެ ސަރަހައްދުން ގޯތި ދިނުމަކީ ޖަރީމާއެކެވެ. ވައްކަމެކެވެ. އެޗްޑީސީން ބުނީ އެތައް މިލިޔަން ޑޮލަރަކުން ގެއްލުން ލިބުނު ކަމަށެވެ. މުއިއްޒުގެ މުޅި ސަރުކާރު އޮތީ މާލޭ ސަރަހައްދުން މާލޭގައި ދިރިއުޅޭ މީހުނަށް ގޯތި ދިނުމާ ދެކޮޅަށެވެ. މުއިއްޒު ސަރުކާރަށް ނިސްބަތްވާ ސިޔާސީ ވެރިންނާއި މަޖިލިސް މެންބަރުން އެކިއެކި މަހައްލުގައި މާލެ ސަރަހައްދުން ގޯތި ދިނުމާ ދެކޮޅަށް ތަކުރާރުކޮށް ވަނީ ވާހަކަ ދައްކާފައެވެ. މިހުރިހާ ކަމަކުން ވެސް އެގެނީ މާލެ ސަރަހައްދުން މާލޭ މީހުނަށް ގޯތިދޭން މުއިއްޒު ބޭނުން ނުވާކަމެވެ. 

ފިއްތުން ތަކާއެކު އެންމެ ފަހުން ހުޅުމާލެއިން ގޯތި ލިބުނު ބައެއް މީހުނަށް ގޯތި ހަވާލުކޮށްދީ ރަޖިސްޓްރީ ދީފިއެވެ. ގިރާވަރު ފަޅުން ގޯތި ލިބުނު މީހުންގެ ތެރެއިން އެތައް ބައެއްގެ ގޯތި ގުޅީފަޅަށް ބަދަލުކޮށް ގުޅީފަޅުން ގޯތިދީ ބިން ވަކިކޮށްފައި އޮތް ގޯތިތައް މަސްހުނިކޮށްލާ ނުހިއްކާ އޮތް ބޮޑު ވިލެއްވެސް ހިމަނައިގެން ގޯތިތަކުގެ ގުރުއަތުލާ ގުޅީފަޅު ގޯތިތައް އަގަޑަ ބަގަޑަ ކޮށްލީއެވެ. ކުރިން ރަޖިސްޓްރީދިން ބިމާ މިހާރު ގޯތި ލިބޭތަނާ އެއްވެސް ގުޅުމެއް ނެތެވެ. ކުރީ ސަރުކާރުން ދިން ރަޖިސްޓްރީތަކަކީ ބޭކާރު އެއްޗަކަށްހަދާ ނިންމާލީއެވެ. އެތައް ހާސް ގޯއްޗެއް އަލުން ހިއްކަންޖެހި ގުޅީފަޅުން ގޯތި ހަވާލުނުކޮށް ހީލަތްތެރި ގޮތަކަށް ދަންމާލީއެވެ. 

ނަތީޖާއެއްގެ ގޮތުން ކުރީން ލިބުނު ރަޖިސްޓްރީއާއި އެއްގޮތަށް ގޯތި ނުދީގެން ގޯތި ހޯދަން ބަޔަކު ކޯޓަށް ފޮނުވައިގެން ކޯޓުގައި މައްސަލަ ފައިލު ކުރުވާނީ މިސަރުކާރުންނެވެ. ގޯތިތަކުގެ މައްސަލަ ޝަރީއަތުގައި އޮތްކަމުގެ ބަހަނާ ދައްކައިގެން ގުޅީފަޅުން ގޯތި ހަވާލުނުކޮށް ދަންމާލާނެ މޮޅު އުކުޅެއް ހެދީއެވެ.

ގޯތި ލިބުނު މީހުން ބަސްއަހައިގެން މެންދުރު ކާޅުތަކެއްހެން ގޯތީގެ އެދުމުގައި އަނގަހުޅުވިފައި ތިބޭނޭތާއެވެ. ސަރުކާރުން ކިތަންމެ ބޭނުންވިޔަސް ކޯޓުން މައްސަލަ ނުނިމޭތީ ގޯތި ނުދެވިގެން އުޅެނީއޭ ސަރުކާރަށް ބުނެވޭނެތާއެވެ. ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތަށް ގުޅިފަޅު ސިޓީ އާރާސްތު ކުރުކަށް ހިއްކާ ނިމެންދެން ކެތްތެރި ވެގެން ތިބުން ނޫން ގޮތެއް ނެތުނީއެވެ. މިހާރުގެ އެލްޔޫޕީއާއި އެއްގޮތަށް ގޯތި ހަވާލުކުރަން ފުންވިލު ހިއްކާ ނިމެންދެން ގޯތި ލިބުނު މީހުން ޖެހޭނީ ތިބެންތާއެވެ. ބިންހިއްކާ ނިމުނަސް އަދި ގޯތި ދެވޭނީ ޝަރީއަތައް ވެސް ނިމިގެންތާއެވެ. އިންތިޒާރަށް ދިހަބާރަ އަހަރު ނެގިޔަސް ގޯތި ނުލިބުމަކުން ސަރުކާރުގެ ގޯހެއް ނުއޮންނާނެ ތާއެވެ. އެގޮތް އޯކޭވެގެން އަދިވެސް ހަމަތިބޭނީހެއްޔެވެ. 

]]>
Sun, 10 Nov 2024 17:17:14 +0500 އެޑިޓަރ
ހޯދި އިބޫ ނޫން ގޮތުން ހިންނަވަރަށް ވެސް ލިބުނީ ކޮޅުކެހި https://heerasnews.com/2891 https://heerasnews.com/2891 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަކީ ދޮގުވާހަކަތަކުން މުލައްމާ ކުރެވިގެން އިބޫ ނޫން ގޮތެއް ހޯދަން އުޅުނު ބައެއްގެ އަވާގައި ބަޔަކުޖެހިގެން ނަތީޖާ ބަދަލުކޮށްލި އިންތިހާބެކެވެ. ހޯދި އިބޫނޫން ގޮތުން އުންމީދުކުރި މޮޅެއް އެއްވެސް ރަށަކަށް ނުލިބުނެވެ. 

ކުރީ ދައުރުގެ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް އެންމެ ބޮޑު ތާއިދެއް ލިބިވަޑައިގަތީ އުފަން ރަށް ހިންނަވަރުންނެވެ. އެހެން ނަމަވެސް 2023 އިންތިހާބުގައި ރަށު މީހާ ދޫކޮށް އިބޫނޫން ގޮތެއް ހޯދައިގެން މޮޅުތަކެއް ވާނެކަމަށް ހިންނަވަރުން ބަޔަކު ހީކުރިއެވެ. އިންތިހާބުގައި ހިންނަވަރުން ވޯޓުލީ 1831 މީހުންގެ ތެރެއިން 745 މީހުން ވޯޓުދިނީ އިބޫ ނޫން ގޮތަކަށެވެ. ހިންނަވަރުގެ އެ ނަތިޖާއާއި އެކު އިބޫނޫން ގޮތެއް ދިވެހިން ހޯދިއެވެ. 

ދިވެހިން ހޯދި އިބޫނޫން ގޮތަށް އަހަރެއް ވަނީއެވެ. ފެންނަނީ ނާމާންކަމާއި ބިރުވެރިކަމާއި ނުތަނަވަސް ކަމެވެ. ކަންކަން ދަނީ ގޯހުން ގޯހަށެވެ. ވަކި ރަށެއް ވަކި ބައެއް އިސްތިސްނާނުވެ ދިރިއުޅުން ދަތިވެ ތަރައްގީ ހުއްޓި ހަލާކުގެ ތެރެއަށް ގައުމު ދަނީ ވެއްޓި ނޭވާ ހޮޅިއަށް އެޅެމުންނެވެ. 

ޅ. ހިންނަވަރުން އެކަނިވެސް ގައުމު އޮތް ހާލަތު ސިފަކޮށްލެވެއެވެ. ހިންނަވަރުގެ ތަރައްގީ ވަނީ އެތައް ތަނެއް ފަހަތައް ސޮއްސާލާފައެވެ. ހިނގާ ކަމެއް ހިނގަނީ ފިނިހަކަ ދުވެލީގައެވެ. ހިންނަވަރު ހޮސްޕިޓަލަށް ބެއްޔަސް، ފެނަކަ އިމާރާތަށް ބެއްޔަސް، މަގުތައް ހެދުމުގެ މަސައްކަތަށް ބެއްޔަސް ފެންނަނީ ފިނިހަކަ ދުވެއްޔެވެ. ނިމޭނެ ދުވަހެއް ކޮޅެއް މެދެއް ނޭގެއެވެ.

ފޮޓޯ: ހިންނަވަރުގައި ކުރީސަރުކާރުން އިމާރާތް ކުރަންފެށި ހައުސިންގ ޔުނިޓްސް 

އިބޫ ވެރިކަމުގައި ފަށާފައި ވަނިކޮށް އިބޫނޫން ގޮތެއް ހޯދިފަހުން ހުއްޓި ތަންހަރުވެފައިވާ ކަންކަމުގެ ލިސްޓްކޮށް ކޮޅުންލާކަށް ނެތެވެ.

  • ފުޓްސަލް ދަނޑުގެ މަސައްކަތް އޮތީ ހުއްޓިފައެވެ.
  • ސިޑިބަރި ހެދުމުގެ މަސައްކަތެއް ނުހިނގައެވެ.
  • ދަނޑުގެ ޗޭންޖިންގ ރޫމުގެ މަސައްކަތް އޮތީ ހުއްޓިފައެވެ.
  • ބަނދަރު ބޮޑުކުރުމުގެ މަސައްކަތެއް ނުހިނގައެވެ.
  • ހައުސިންގ ޔުނިޓްތައް އިމާރާތްކުރުމުގެ މަސައްކަތް އޮތީ ހުއްޓިފައެވެ.
  • މުދާ ބާލާ ޖެތީހެދުމަށް ފަށަފައިވާ މަސައްކަތްވެސް ހުއްޓިފައެވެ.
  • ރަށަށް އަރާފައިބަން ހަދަންފެށި ފާލަމުގެ މަސައްކަތެއް ނުކުރެއެވެ.
  • އިޔާދަކުރަނިވި ހަކަތަ ހޯދުމަށް ފަށަފައިވާ ސޯލަރ ހަރުކުރުމުގެ މަސައްކަތްވެސް ހުއްޓާލައިފިއެވެ.
  • ހިންނަވަރުގައި ގާއިމުކުރާންފެށި ޔުނިވަރސިޓީ ގައިމުކުރުމުގެ މަސައްކަތް ހުއްޓިފައެވެ. 
  • އެމްއެންޑީއެފަށް ދީފައިވާ ބިމުގައި އެއްވެސް މަސައްކަތެއް ނުހިނގައެވެ.

ފޮޓޯ: ކުރީ ސަރުކާރުން ހިންނަވަރަށް ގެނެސްވާ ކޭބަލްސް

އަނެއް ކޮޅުން ކަރަންޓުގެ ހާލަތު އިންތިހާ ދަރަޖައަށް ނާޒުކް ހިންނަވަރުގެ ކަރަންޓް ވިއުގަ ރަނގަޅު ކުރުމަށް ގެނައި ދެ ފޯމަރާއި މަގުމަތީގައި އެޅުމަށް ގެނެސްފައި ހުރި ކޭބަލްތަކެއް އެރަށުން ބޭރުކޮށްލަނީއެވެ. ހަމަ އެހެންމެ ހިންނަވަރު ފަދަ ބޮޑު އާބާދީއެއްގައި ސިއްހީ ހިދުމަތް ދިނުމަށް މިހާރު ބަހައްޓާފައި ހުންނަނީ އާދައިގެ އެންމެ ޑޮކްޓަރެކެވެ. 

އިބޫނޫން ގޮތެއްހޯދައިގެން ރައްޔިތުން ބޭނުންވި ބަދަލަކީ މިއެއްނޫނެވެ. ހިންވަރުފަދަ ބޮޑު އާބާދީއަކަށް މިހާލު ޖެހިފައި އޮންނައިރު އެެހން ކުދިކުދި އާބާދީތައް އޮންނާނީ ކިހިނެތްހެއްޔެވެ. ހޯދުނު އިބޫނޫން ގޮތުން ރައްޔިތުން ޖެހުނު ހާލުން ސަލާމަތްވުމަށް މުއިއްޒު ނޫން ގޮތެއް މިހާރުން މިހާރަށް ހޯދަން ޖެހެއެވެ.   

]]>
Wed, 23 Oct 2024 14:30:00 +0500 އެޑިޓަރ
ދޮގުހަދާދީގެން ކުރިބަދަލުން ޕާޕާއަށް ދިނީ ކޮޅުކެހި! https://heerasnews.com/2622 https://heerasnews.com/2622 ޕާޕާއަށް ދުނިޔެ ރަންވެގެން އުޅުނަސް އެންމެނަކު ތިބީކީ ދުނިޔެ ރަންވެފައެއް ނޫނެވެ. ޕާޕާމެންގެ އަވާގައިޖެހި އަސްލެއް ނެތް ދޮގު ތުހުމަތުކޮށްގެން ވެރިކަމެއް ލިބިގެން އުޅޭ މީހަކު އެބަފެނޭ ނޫންހެއްޔެވެ. މުއިއްޒު އެ އުޅެނީ ޕާޕާމެން މަހާލި މަޅިން ބޯދަމައި ނުގަނެވިގެންނެވެ. ޕާޕާމެން ޖަހި ދޮގު މަޅިތަކުން ނެއްޓެން ތެޅެތެޅެ މުއިއްޒުގެ އެހެރަ ހުޅުނބު ފައިބަނީއެވެ. ތެޅެގަތް ވަރަކަށް އެހުރެ ދަނީ މަޅި ބާރުވަމުންނެވެ. 

ޔާމީނު އެނބުރި ވެރިކަމަށް އައުމަށް ޖެހިދަންތުރައިގައި މުއިއްޒު ޖެހި ހަނާވާއިރު ޔާމީނު އެހުރީ ހީލަހީލައެވެ. މުއިއްޒުގެ ވެރިކަމަށް ޖެހިގެން އުޅޭ ހުރިހާ ދުއްޕާނެއްގެ އަސްލަކީ ކުރީ ސަރުކާރާ ދެކޮޅަށް ރައްޔިތުންގެ ލޭ ހޫނުކުރަން ޔާމީނު އުފެއްދި ދޮގު ސިލްސިލާއެވެ. ދޮގުމައްޗަށް ދޮގު ހަދައިގެން މިފަހަރު ޔާމީނު ވެރިކަމަށް އައިނަމަވެސް ޖެހުނީހީ ދޮގުތައް ފޫނުބެއްދިގެން މުއިއްޒު އެ އުޅޭ ހާލުގައި އުޅޭށެވެ. 

އިންޑީއާ މިލީޓަރީ ބޭހެއް ރާއްޖޭގައި ހެދުމުގެ ވާހަކައަކީ އޭގެތެރެއިން އެއްވާހަކައެވެ. އައްޑުއަތޮޅުގައި އެޅި ޕޮލިސް އެކަޑަމީއަކީ ވެސް އިންޑިއާގެ މިލިޓަރީ ބޭހެކޭ ޕާޕާމެން ލައްވާ ކިޔުވައިގެން އޭރުހީވީ އުޑުބޮލަށް ވެއްޓެން އުޅޭހެންނެވެ. އައްޑޫގައި ހަދާކަމަށް ބުނި އިންޑިއާ މިލިޓަރީ ބޭހަކީ މިއަދު ދިވެހި ފުލުހުންގެ ޕޮލިސް އެކަޑީމީއެވެ. އެތަން ހުޅުވުނީވެސް ޕޮލިސް އެކަދަމީގެ ގޮތުގައެވެ. އާހިރުގައި ޖެހިފޮޑި ވަތްތަނަކަށް ވަދެ އެވާހަކަ ހުއްޓުނީއެވެ. 

އުތުރު ތިލަފަޅުގައި ދިވެހިސިފައިންގެ ބޭނުމަށް އަޅާ ޑޮކްޔާޑަކީވެސް އިންޑިއާގެ މިލިޓަރީ ބޭހެކޭ ކިޔައިގެން އަދިވެސް ޕާޕާ އެބަ މޮޔަގޮވައެވެ. މުއިއްޒު ވެރިކަމަށް އެރީވެސް ޕާޕާމެންގެ ޖާދޫގައި ޖެހިގެން އެހެން ކިޔައިގެންނެވެ. ވެރިކަމަށް އަރާ ހަގީގަތް ބަލާލިއިރު އެކަންވެސް އޮތީ އެހެން ނޫންކަން އެނގުމުން މުއިއްޒު އެހުރީ ދޮގުވެރިއަކަށްވެ އިތުބާރު ގެއްލިފައެވެ. 

ޕާޕާގެ އިންޓެލިޖަންސުން ޔޫޓީއެފް އެގްރިމަންޓް ވަގަށް ނަގައިގެން ބަލާބަލާ ޔޫޓީއެފަކީ އިންޑިއާގެ މިލިޓަރީ ބޭހެއްކަން އެނގޭނެ އެއްވެސް މާއްދާއެއް ނުފެނު ނޫންހެއްޔެވެ. އުޅެއުޅެގެން ވެސް ފެނުނީ ދެ ގައުމުގެ މިލިޓަރީ ގުޅިގެން ޑޮކްޔާޑް ހަދަމުން ދާއިރު ދިވެއްސަކަށް ވާ އަނިޔާއެއްގައި އިންޑިއާ މިލިޓަރީ ޒިންމާ ނުވާނެ ކަމަށް އޮތްތަންކޮޅު އެކަނި ދޯއެވެ. އެގޮތަށް އިންޑިއާ މީހަކަށް ލިބޭ ގެއްލުމުގައި ދިވެހި ސިފައިން ޒިންމާވާން ނުޖެހޭ ގޮތަށް އޮތްތަނެއް ނުދެކެންދޯއެވެ. މައްސަލައަކީ އެއީ އެފާޑަށް ޕާޕާމެން އަމިއްލަ އެދުމުގައި ފިތުނަ އުފެއްދުމެވެ. 

ކަނޑައެޅިގެން އެނގިތިބެ އަދިވެސް ޕާޕާމެން ތިޔަ ދައްކަނީ އޮޅުވާލުމުގެ ފިތުނަވެރި ވާހަކަތަކެވެ. ރައްޔިތުންގެ މަޖިލީހުގެ ރުހުންނެތި ރައްޔިތުން ކުރެން ހޭވެސް އަހާނުލާ ރާއްޖޭގައި އިންޑިއާގެ މިލިޓަރީ ބޭހެއް, ކުރީ ސަރުކާރުން އަޅަން ނިންމި ކަމަށް ބުނެ ޕާޕާ ތިޔަ ހަދަނީ ކޮންހާ ދޮގެއް ހެއްޔެވެ. ޔޫޓީއެފްގައި އިންޑިއާގެ މިލިޓަރީ ބޭހެއް އަޅާކަށް އެއްވެސް އިރަކު ނޫޅެއެވެ. ހަނިމާދޫން އިންޑިއާ ސިފައިންނަށް ބޮޑު ބިމެއް ދޭކަށްވެސް ނޫޅެއެވެ. ޕާޕާމެން ތިޔަހެން މަތި މައްޗަށް ދޮގުހަދައިގެން ވެރިކަން ބަދަލު ކުރުމުން ލިބުނު ކޮޅުކެހި އަދިވެސް ކުޑައީހެއްޔެވެ. 

ރައީސް ސޯލިހު ސަރުކާރުން އިންޑިއާގެ މިލިޓަރީ ބޭހެއް އަޅަން އުޅުންނަމަ އެކަން ކުރީހީ ރައްޔިތުންގެ މަޖިލީހުުން ފާސްކޮށްގެންނެވެ. އެކަން ކުރެވޭ ވަރުގެ ބޮޑު މެޖޯރިޓީއެއް އޭރުވެސް ސަރުކާރަށް އޮތެވެ. މަޖިލީހުގެ ރުހުން ހޯދަން ޖެހޭނީ ކުރީ ސަރުކާރުން އިންޑިއާގެ މިލިޓަރީ ބޭހެއް ރާއްޖޭގައި އަޅަން އުޅުނު ނަމަތާއެވެ. އެކަމަކު އަދިވެސް ޕާޕާ ތިޔަ ދެކެނީ ޔޫޓީއެފަކީ އިންޑިއާގެ މިލިޓަރީ ބޭހެއްކަމަށެވެ.  

]]>
Fri, 19 Jul 2024 12:00:00 +0500 އެޑިޓަރ
މަސްވެރިންނަކީ ވިލާއާއި އެންޒީގެ އަޅުންނަށް މުއިއްޒު ހަދާދެނީ!؟ https://heerasnews.com/2583 https://heerasnews.com/2583 އެފްޕީއައިޑީގެ ޒަމާނުއްސުރެ ދިވެހި މަސްވެރިން ބަނާ މަހަކީ ސަރުކާރު މަސްކުންފުނި ހިންގަން ހަވާލުވާ ބަޔަކު ދިރުވަލާފައި ބަކީވާ އެއްޗެއް ސަރުކާރަށާއި މަސްވެރިންނަށް ލިބޭ އެއްޗެކެވެ. ސަރުކާރު މަސްކުންފުނީގެ ކޮރަޕްޝަނުގެ ތާރީހަށް ދާކަށް ނެތީމެވެ. އެންމެން ދަންނަ އެ ބޮޑު ސިއްރުގެ ވާހަކަ ދެއްކުމުގެ ބޭނުމެއްނެތެވެ. 

ދައުލަތުގެ މަސް ކުންފުނި މިފްކޯއިން ހަރަދު ކުޑަކުރުމުގެ ނަމުގައި ކޮންމެ ކަމެއް ކުރިޔަސް ކުންފުނި ވުޖޫދުގައި އޮތްހާ ހިނދަކު މިފްކޯގެ ވެރިންގެ ޖީބުތައް ނުފުރާ ގޮތަކަށް އެއްކަމެއްވެސް ނުކުރާނެއެވެ. ނުވެސް ކުރެވޭނެއެވެ. ބޭރުކުރާ ކޮންމެ މަސް ޝިޕްމަންޓަކުން މަސް ރިޖެކްޓް ކުރާގޮތާއި ރިޖެކްޓް މަހަށް ވާގޮތަކީ މަސްވެރިން ދަންނަ ބާ ވާހަކައެކެވެ. 

އެހެން އެކަން އޮތް އޮތުން ބަދަލުކުރުމަށް އެމްޑީޕީ ސަރުކާރުން ކަންތައް ތަކެއްކުރިއެވެ. މިފްކޯގެ ކޭޝްފްލޯ ދަށްވެ މަސްވެރިން ބާނާ މަހަށް އަގުނުދެވޭތީ އެކަން ފޫބައްދާ މިފްކޯ ދަރަނިވެރި ކަމުން އަރައިގަނެވެންދެން އެސްޓީއޯގެ ސަބްސިޑަރީ ކުންފުންނަކަށް ހެދިއެވެ. ރަށްރަށުގައި ހުރި މިފްކޯގެ އައިސް ޕްލާންޓްތައް މިފްކޯގެ ދަށުން ވަކިކޮށް އެހެން ކުންފުންޏަކާ ހަވާލުކޮށްގެން އޮޕަރޭޝަނަށް ގެނެސް މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ ގޮތް ހެދިއެވެ. ރާއްޖޭގެ މަސްވެރިން ބާނާ މަހުން ޔޫރަޕަށް އެތެރެކުރާ މަހަށް ދައްކަންޖެހޭ ޒާތްޒާތުގެ ޓެކްސްތަކާއި ރޯޔަލްޓީތައް ކަނޑާލުމާ ހަމައަށް މަޝްވަރާތައް ކުރެވި 25 ރުފިޔާއަށް މަސްވެރިން އަތުން މަސްގަންނަން ފެށިއެވެ.

މިފްކޯއަށް މަސްކިލޯއެއް ގަންނަ އަގަކީ 25 ރުފިޔާ ކަމަށް ހެދުމުން ރާއްޖޭގައި މަސްގަންނަ ކުންފުނިތަކަށް އެކަންވީ ވަރަށް ބޮޑުކަމަކަށެވެ. އެމީހުން ބޭނުންވީ ނުއަގުގައި މަސްވެރިންގެ އަތުން މަސްގަނެގެން އެމީހުންގެ ޖީބުތައް ބޮޑުކުރާށެވެ. 25 ރުފިޔާއަށް މަސްކިލޯއެއް ނުގަނެވޭނެ ކަމަށް ބުނެ މަކަރުވެރި އަމިއްލަ ވިޔަފާރިވެރިން މަސްގަތުން ހުއްޓާލީއެވެ. ރިޔާސީ އިންތިހާބު ތެރޭގައި މުއިއްޒާ ޑީލް ހަދައިގެންނެވެ. 

އެހެން ކަމުން މުއިއްޒު ވެރިކަމަށް އެރިގޮތަށް އަރާ ކުރިކަމަކީ އެސްޓީއޯގެ ދަށުން މިފްކޯ ނެރުމެވެ. މިފްކޯއަށް ގަނެފައިވާ މަހަށް ފައިސާ ނުދީ މަސްވެރިން މަގުމަތިކޮށް ލުމެވެ. ބަހަނާއަކަށް ދެއްކީ ކުރީ ސަރުކަރުން މަހުގެ އަގު 25 ބޮޑުކުރުމުން މަސްވެރިންނަށް ފައިސާ ނުދެވިގެން އުޅޭކަމަށެވެ. އެންމެ ފަހުން މިފްކޯއަށް މަސްކިލޯއެއް ގަންނައަގަކީ 15 ރުފިޔާކަމަށް ހަދާފައި އެގޮތްވެސް ކަމުނުގޮސްގެން މަހުގެ އަގަކީ ދަށްވެ މަތިވާ އެއްޗަކަށް ހެދީއެވެ. 15 ރުފިޔާއަށް ވެސް މަސްކިލޯއެއް ދެން މަސްވެރިނަށް ވިއްކޭނީ ހާލަކުން ދުވަހަކުއެވެ. މަހުގައި އަގެއް ހުރި ދުވަހެއް އަންނަ ކަމަކަށް މިފްކޯއަކަށް ނުވާނެއެވެ. 

މުއިއްޒުގެ ރިޔާސީ ކެންޕޭނަށް މަސްގަންނަ ކުންފުނިތަކުން މިލިޔަނުން ފައިސާ ހަރަދުކުރީ މިދުވަސް ގެންނާށެވެ. މަސްވެރިން ބާނާ ހުރިހާ މަހެއް އެމީހުންގެ ބާރުގެ ދަށަށް ގެންގޮސް ނުއަގުގައި ގަނެގެން ބޮޑު އަގުގައި ވިއްކާ ފައިދާ ނަގާށެވެ. ދިވެހި މަސްވެރިން ނޮޅާލާށެވެ. މަސްގަންނަ އަމިއްލަ ކުންފުތަކާ ގުޅިގެން މިފްކޯއަކީ ދުވަހަކު ފައިދާއެއް ވާނެ ކުންފުންޏަކަށް މިފްކޯ ހަދާކަށް މުއިއްޒު ސަރުކާރުން ބޭނުމެއް ނުވެއެވެ. މަހުގެ ކޮންޓްރޯލު ސަރުކާރުން ދޫކޮށްލާ އަމިއްލަ ދެތިން ކުންފުނީގެ އަތްމައްޗަށް ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ދޫކޮށްލައިގެން އެމިހުންގެ އަތުން ކަޓުނަގައިގެން މުއިއްޒުގެ ޖީބުފުރާލުމަކީ މުއިއްޒުގެ އަމާޒެވެ.

ފައިދާ ނުވާ ދައުލަތުގެ ކުންފުނިތައް އުވާލަން ރާއްޖޭގެ ބޮޑު މަހުޖަނު މަޖިލީހުގައި ގޮވާލި ގޮވާލުމަކީ އިއްތިފާގެއް ނޫނެވެ. އޭގެ ފަހަތުގައި އޮތީ ވަރަށް ބޮޑު މަކަރުވެރި ރޭވުން ގަނޑެކެވެ. މުއިއްޒުގެ އިގްތިސާދީ އެޖެންޑާ ބޮޑު މަހުޖަނަށް މާކަމުގޮސްގެން އުޅޭއުޅުމަކީ ސަމާސާ ކަމެއްނޫނެވެ.  

މިފްކޯއަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައިވެސް 1.6 ބިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް ބުނަމުން ރިޖެކްޓް މަސް ނުކިރާނެ ވާހަކަ ދައްކަމުން ކުރަން އުޅޭކަމަކީ މަހުގެ އަގު ވައްތާލައިގެން މިފްކޯއަށް މަސްގަތުން ހުއްޓާލުމެވެ. އެންމެފަހުން މިފްކޯއަކީ ރައްޔިތުންގެ ޓެކްސް ފައިސާއިން ސަބްސިޑީ ދީގެން ގެއްލުމުގައި ހިންގާ ކުންފުންޏެއް ކަމަށް ބުނެ މިފްކޯ އުވާލާ ވިލާއާއި އެންޒީ ހަދާނެއެއްޗެއް ހަދަން ކޮންޓްރޯލެއްނެތި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގެ ދޫކޮށްލަނީއެވެ. މުއިއްޒަށް ބައި އެޅިމާ ނިމުނީއެވެ. އޭރުން މަސްވެރިން ވެގެން ދަނީ ވިލާއާއި އެންޒީގެ އަޅުމަސައްކަތު ކުދިންނަށެވެ. 

]]>
Thu, 04 Jul 2024 10:38:00 +0500 ނިއުސް ޑެސްކް
ޑިމޮކްރަސީ ދުލިލީ ޑިކްޓޭޓަރ އަތަށް އެމްޑީޕީ ދަނީތަ! https://heerasnews.com/2430 https://heerasnews.com/2430 ފައިސާއާއި ވަޒީފާގެ ނުފޫޒުގައި ނުޖެހި ރައީސް މުއިއްޒާ ދެކޮޅަށް އެމްޑީޕީއަށް 59 ހާހަށް ވުރެ ގިނަ މީހުން ވޯޓު ދިނުމަކީ އެމްޑީޕީ މަރާނުލެވޭކަން ރަމްޒުކޮށްދޭ ކަމެކެވެ. އެކަމަކު ޖެހިޖެހިގެން ބޮޑު ދެ އިންތިހާބު އެމްޑީޕީއަށް ގެއްލުނު ދަނޑިވަޅުގެ ނަޖާއިޒު ފައިދާ ނަގަން ބަޔަކު އެތިބީ އެއްރޮއްޖަށް ފޫގަޅައިގެންނެވެ. ޖަޒުބާތުގައި ޖެހިފައި ތިބި އެމްޑީޕީ އެކްޓިވިސްޓުންނާއި ސަޕޯޓަރުންގެ ހިތްމަރާލަން ލީޑަރޝިޕާ މެދު ނަފްރަތު އުފެއްދުން އެވަނީ މެކުހުގައެވެ.

ތިމާއަށް ނެތް ވެރިކަމަކާ ބާރެއް އެމްޑީޕީއަށް އޮތުމަށް ނޭދޭ މީހަކު އިސްނަގައިގެން އެމްޑީޕީ ރޫޅާލަން ޖަހާ ކެހިވެރި މަޅީގައި އެމްޑީޕީ ނުޖެއްސޭނެކަން ސާބިތު ކޮށްދިނުމުގެ ވަގުތަކީމިއެވެ. ކޮންމެ ނާކާމިޔާބަކީ ޕާޓީ ރޫޅުން ނޫންކަމާއި ލިބުނު ފިލާވަޅެއްކަން އެމްޑީޕީ މެންބަރުން ގަބޫލުކޮށް ލީޑަރޝިޕަށް އެއްބާރުލުން ދޭންވީ ވަގުތަކީވެސް މިއެވެ.    

އެމްޑީޕީ މެންބަރުންނާއި ސަޕޯޓަރުން ގަބޫލު ކުރަންޖެހޭ ހަގީގަތަކީ އެމްޑީޕީގެ މިހާރުގެ ލީޑަރޝިޕާ ދެކޮޅަށް ތެދުވެ އަޑު އުފުލަނީ އެމްޑީޕީ އާރާ ބާރުގައި އޮތް އިރު ފުނޑުފުނޑު ކޮށްލަން އެމްޑީޕީތެރެއިން ނިކުތް ހާއިނުން ކަމެވެ. ވަކި މީހަކަށް ވެރިކަމާއި ބާރާއި އާރު ނެތިއްޔާ އެމްޑީޕީގައި ވެރިކަން އޮތުމަށް ނޭދުނު ގައްދާރުން ކަމެވެ. މާ އޯގާތެރި މާތް ބަޔަކަށް ހެދިގެން އެތެރޭގައި ތިބެގެން އެމްޑީޕީގެ ވެރިކަން ހަރާބުކުރީ ވެރިކަމަށް ބޫތުކައިފައި ތިބި ހަރާން ކޯރުން ކަމެވެ. 

ރައްޔިތުންގެ ލާބައާއި މަންފާއަށް ރާއްޖޭގެ ކަންކޮޅު ތަކުގައި ރައީސް ސޯލިހު ހިންގެވިހާ ކަންކަމަކީ ބޭކާރު އިސްރާފް ކަމަށް ސިފަކޮށް ރައްޔިތުންގެ ހިތުގައި ޝައްކު އުފެއްދީ އެ ބައިގަނޑެވެ. ސަރުކާރުން ބޮޑު މުސާރަ ނަގައިގެން ތިބެ ހަރާން ކޯރުވީ އެ ބައިގަނޑެވެ. އެމްޑީޕީގެ އިހުލާސްތެރި މެންބަރުން އެކަހެރި ކުރުވީ އެ ބައިގަނޑެވެ. ވަކިވަކިން ނަން ނުކިޔަސް އިބޫ ސަރުކާރުގައި ކާކުހުރީ ކޮންތާކުކަމާއި މިހާރު އެ މީހުން ތިބި ގޮތާ ތަންތަން އެހެރީ ދިމާއަށް ފެންނާށެވެ.  

2019 ގައި އެމްޑީޕީގެ ވެރިކަން ފެށުނީއްސުރެ ކާކުކުރީ ކީއްކަން ވަރަށް ސާފެވެ. ހަނދާން ހުންނާނެއެވެ. ދަނޑިވަޅުބަލާ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތަށް ދެމީހަކު ނެރުވާ ރަނގަޅަށް ތަޅުވާ ނުތަނަވަސްކަން އުފައްދުވާ ދެ ބުޅަލުގެ އަރާރުމުގެ ތެރެއިން ބޯކިބާ ކާލީ ރާމާ މަކުނެވެ. ރައްޔިތުން ދިން މަޖިލީހުގެ ސްޕަރމެޖޯރިޓީގެ ރިޔާސަތު ފޭރިގަނެގެން މަޖިލީހުގެ ތެރެއިން ރައްޔިތުންނަށް ފައިދާ ކުރާނެ އެއްވެސް ކަމެއް ވިޔަނުދީ ރިޔާސަތުން މަޖިލިސް ހިސޯރު ކުރީއެވެ. ރިޔާސަތުން މަޖިލިސް ބޭނުންކުރީ ފަސާދައާއި ފިތުނަ އުފައްދާ ރައްޔިތުންގެ ހިތުގައި ސަރުކާރާމެދު ނަފުރަތު އުފައްދާ މެޝިނަކަށެވެ.

ޕާޓީއާއި ގައުމުގެ މަސްލަހަތުގައި ރައީސް އިބޫ ދެއްވި ދޫދެއްވުމުގެ ނާޖާއިޒު ފައިދާ ނަގައިގެން ބޮޑެތި ގޯސްތައް ހައްދަމުން ދިޔައީ އެންމެ މީހެއްގެ އާރާ ބާރަށް ޓަކައެވެ. ތިމާއަށް ނެތް ވެރިކަމެއް އެހެން މީހަކު ކުރާތަން ދެކެން ނޭދޭ ހީލަތްތެރި އެއްގެ ކެހިވެރި މަޅީގައި ބަޔަކު ބަނދެވިގެންނެވެ. ޑިމޮކްރަސީގެ ފޭރާން ލައިގެން ހުރި ޑިކްޓޭޓަރ އެމްޑީޕީ ނޫން ގޮތެއް ހޯދަން ނިކުމެ އެމްޑީޕީ ރޫޅާލަން ކުރި މަސައްކަތުގެ ސިއްރު މިހާރު މިދަނީ ހާމަވަމުންނެވެ. 

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެމްޑީޕީއަށް ގެއްލުމުން ތިމާއާ ނުލާ އެމްޑީޕީއަކީ ނެތް އެއްޗެއް ކަމަށް ދައްކަން ފެށީއެވެ. އެމްޑީޕީގެ ބާރުތައް ކަނޑުވާލާ އެމްޑީޕީގެ ކުރިބޯއްޓަށް އަނބުރާ ސަވާރުވާން ކުރާ މަސައްކަތް ފާޅުގައި ގަދަޔަށް ފެށީއެވެ. 

ރައީސް އިބޫގެ ވެރިކަމުގައި ސަރުކާރުގެ އިސް މަގާމުތަކުގައި ތިބެ ހަރާން ކޯރުވި މީހުން މުއިއްޒު ސަރުކާރު ތެރޭގައި އެތިބަ ރުކުރުވާލަނީއެވެ. އެއްބަޔަކު މުއިއްޒު ސަރުކާރު ތެރެއަށް ވައްދާ މުއިއްޒު ވަރު ވެރިއަކު ނެތްކަމަށް ދައްކައިގެން މުއިއްޒު ސަރުކާރުގައި ކަތުރުފަނި އަޅުވަނީއެވެ. އަނެއްކޮޅުން އަނެއްބަޔަކު އެމްޑީޕީގެ މެންބަރުން މާޔޫސްވީ ދަނޑިވަޅުގެ ފައިދާ ނަގައިގެން އެމްޑީޕީގެ ލީޑަރޝިޕާ ދެކޮޅަށް ކެންޕޭނުކޮށް އެމްޑީޕީ މުށުތެރެއަށް ލުމުގެ މަސައްކަތް ކުރަނީއެވެ. 

އެމްޑީޕީގެ މެންބަރުންނާއި ލީޑަރޝީޕް އެކަމަށް ހޭނާރާ ތިބެއްޖެނަމަ ހަތަރެސްކަން ހަމަކޮށްލާނެއެވެ. އެމްޑީޕީއަކީ ވަކި މީހެއްގެ ގޮނޑިކޮއްކޮއަކަށް ބަދަލުވެ ޑިމޮކްރަސީގެ ދުލިލައިގެން ހުރި ޑިކްޓޭޓަރގެ އަތަށް އެމްޑީޕީ ނުގޮހެއް ނުއޮންނާނެއެވެ.        

]]>
Sat, 27 Apr 2024 18:10:43 +0500 ނިއުސް ޑެސްކް
ނަޝީދަކަށް ރާއްޖޭގެ ސިޔާސީ ނާރެހުގާ ޖާގައެއްނެތް! https://heerasnews.com/2417 https://heerasnews.com/2417 ރައީސް ނަޝީދު ނިކުމެ އެމްޑީޕީއަށް ބެވި ވަރަކަށް ބަރަހަނާ ވަނީ ނަޝީދެވެ. ޖަޒީރާ ރާއްޖެ މެނިފެސްޓޯގެ ވާހަކަ ނަޝީދު ނުދައްކާށެވެ. މަޖިލީހުގެ 65 ގޮނޑި ބޮލަށް ލައިގެން އިނީ ނަޝީދު ނޫން ދެވަނަ މީހެއް ނޫނެވެ. ލިބުނު ސްޕަރމެޖޯރިޓީގެ ބޭނުން ހިފައިގެން ނަޝީދު އުޅުނީކީ ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ނޫނެވެ. ދައުލަތުގެ ކަންކަން ޑިމޮކްރެޓިކް ހަމަތަކަށް ފައްތާކަށް ނަޝީދު ނޫޅެއެވެ. 

ނަޝީދު އުޅުނީ ލިބުނު ސްޕަރ މެޖޯރިޓީގެ ބޭނުން ކޮށްގެން ދައުލަތް ހިންގުމުގެ ބާރު އަތަށް ކަހާލާށެވެ. ރައީސުލްޖުމްހޫރިއްޔާއަކީ ނަޝީދުގެ ގޮނޑިކޮއްކޮއަކަށް ހަދާށެވެ. އެތެރޭގައި ހުރެގެން ސަރުކާރުގެ ވާގި ނައްތާލާ ވެރިކަން އަމިއްލަ އަތަށް ފޮރޮޅާލާށެވެ. ބޮޑުވަޒީރަކަށް ވެގެން ގައުމު ފައިކޭޓަށް ޖަހާލާށެވެ. 

މަޖިލީހުގެ ރައީސްކަން ހޯދަންވެސް ޕާޓީތެރެ ކުރީ ބައިބައެވެ. ދޮގު ތުހުމަތުތައްކޮށް ޑިމޮކްރަސީގެ ނަމުގައި ޒިންމާދާރު އެތައް ބައެއްގެ އަބުރު ކަތިލުން ނޫންކަމެއް ނަޝީދު ނުކުރެއެވެ. ޖޭއެސްސީގައި އިނދެ ޖުޑިޝަރީ އިސްލާހު ކުރުމުގެ ބަދަލުގައި ކުރިކަމަކީ ޖުޑިޝަރީގެ ހުރުމަތް ކެނޑުމެވެ. 

ރާއްޖޭގެ ސިޔާސީވެށި އިސްލާހު ކުރުމާއި ދައުލަތް ބާރުވެރިކޮށް ފަސާދައިން ސަލާމަތް ކުރަން އުޅުމަށްވުރެ އިސްކަން ދިނީ ފަސާދަ އުފެއްދުމަށެވެ. ނަޝީދު އަމާޒު ހިފާފާ ހުރީ ލާދީނީ އެޖެންޑާ ކުރިއަށް ނެރުމަށެވެ. އެމްޑީޕީއަކީ ލާދީނީ ކަންކަމަށް އިސްކަންދޭ ބައެއް ކަމުގެ ހުތުރުނަން އެޅުނީ ނަޝީދުގެ ލާދީނީކަން ބޮޑުކަމުންނެވެ. 

ރައީސް ސޯލިހުގެ ތަރައްގީގެ އެޖެންޑާއަށް ހުރަސްއަޅާ ވައްކަމުގެ ތުހުމަތު އެމްޑީޕީ ސަރުކާރަށް ކުރުވީ ސީދާ ނަޝީދެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތަކީ ނަޝީދުގެ ސިޔާސީ ބާރުވެރިކަމަށް ބޭނުންކުރާ ހަތިޔާރަކަށް ހެދީ ނަޝީދު ނޫން ދެވަނަ މީހެއް ނޫނެވެ. ގޮތް ނޭގޭ މަރުތަކުގެ ހަގީގަތް ހޯދުމުގެ މަގު ބަންދުކުރީ ސަރުކާރު ތެރޭގައި ނަޝީދު ބައިތިއްބާފައި ތިބި ބޮޓުން ލައްވައެވެ. 

ރައްޔިތުންގެ މަޖިލީހުގެ ތަޅުމަކީ ރައީސް ނަޝީދު ރައީސް ސޯލިހާ ދެކޮޅަށް ހިންގާ ކެންޕޭނު ހަރުގެއަކަށް ހަދައިގެން އެމްޑީޕީގެ ވެރިކަން ހަރާބު ކުރަމުން އައީ ކުއްލިއަކަށް ނޫނެވެ. ދުރަލާ ރާވައިގެންނެވެ. މަޖިލިސް ރައީސް ކަމުގެ ބާރު ނުހަމަ ގޮތުގައި ބޭނުން ކޮށްގެން ސަރުކާރު ހިންގުމަށް ހުރަސްއެޅީ އެއްކަމެއް ދެކަމެއްގައެއް ނޫނެވެ. އެމްޑީޕީގެ 65 މެންބަރުންގެ ތެރެއިން ރައީސް ސޯލިހުގެ ވެރިކަމަށް ގިނަ މެންބަރުން ތަކެއް ތާއީދު ކުރިނަމަވެސް ނަޝީދަށް ލިބިއޮތް ރިޔާސަތުގެ ބާރު ބޭނުންކޮށްގެން ސަރުކާރު ހުއްޓުވަން ނުކުރާކަމެއް ނަޝީދު ނެތެވެ. 

ރައީސް ސޯލިހުގެ ދައުރު ނިމެން ކުޑަތަންވެފައި ވަނިކޮށް މަޖިލީހުގެ ރިޔާސަތުން ނަޝީދު އެއްލާލެވެންދެން ނަޝީދާއި އޭނާގެ އައުވާނުން ރައީސް ސޯލިހުގެ ސަރުކާރަށް ނުކުރާ ޖެއްސުމެއް ނާޅުވާ ބަދުނާމެއް ނެތެވެ. މަޖިލިހުގެ 65 ގޮނޑި އެމްޑީޕީ ސަރުކާރަށް ދީގެން ވީކަމެއް ނެތޭކިޔާ ވާހަކަ ދައްކަމުން ދުވަން އެންމެ ތާހިރީ ނަޝީދެވެ. 

ފާޑުފާޑަށް އެމްޑީޕީއަށް ބަވައިގެން އަނބުރާ އެމްޑީޕީގެ ކުރި ބޯއްޓަށް ނަޝީދަށް އެރިދާނެކަމުގެ ހުވަފެން ނަޝީދު ނުދެކޭށެވެ. ދިވެހިން ނަޝީދު ދެފުށުން ދަސްކޮށްފިއެވެ. ރައީސް ނަޝީދަށް ރާއްޖޭގެ ސިޔާސީ ނާރެހުގާ ޖާގައެއް ނެތެވެ.  

]]>
Sat, 20 Apr 2024 20:50:45 +0500 ނިއުސް ޑެސްކް
އަޅުގަނޑުގެ ރޯލްމޮޑެލަކީ އަބްދުއްރަހީމެއްނޫން: ޔާމީން https://heerasnews.com/2410 https://heerasnews.com/2410 ޑރ. ޖަމީލާއި މަލީހަކީ ރައީސް ޔާމީނުގެ އިހުލާސްތެރިން ނޫން ކަމުގެ ވާހަކަ ރައީސް މުއިއްޒާއި އަބްދުއްރަހީމް ނުދެއްކެވުމަށް ރައީސް ޔަމީނު ވިދާޅުވެއްޖެއެވެ. ރައީސް މުއިއްޒުގެ ރޯލްމޮޑެލަކީ އަބްދުއްރަހީމް ކަމަށް ވިޔަސް " އަޅުގަނޑުގެ ރޯލު މޮޑެލް އަކީ އަބްދުއްރަހީމެއް ނޫން" ކަމުގައި ރައީސް ޔާމީނު ވިދާޅުވިއެވެ. 

ރައީސް ޔާމީނު މިނިވަންވެ ވަޑައިގަތުމަށްފަހު ޕީއެންސީގެ ކެންޑިޑޭޓުންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ޔާމީނު ވިދާޅުވީ ޑރ. ޖަމީލު ޔާމީނު ދޫކޮށް ލެއްވީއެއް ނޫންނެވެ. ރައީސް ޔާމިނު ވެރިކަމުގައި ބާރުގައި ހުންނެވިއިރު ޖަމީލު ދޫކޮށްލެއްވީ ޔާމީނު ކަމަށް ވެސް ޔާމީނު މިރޭ ވިދާޅުވިއެވެ. 

ޑރ. ޖަމީލު ވަނީ ރައީސް ޔާމިނު އެންމެ ނިކަމެތިވެ ވަޑައިގަތް ވަގުތު އެއްވެސް މަޖުބޫރު ކަމެއްނެތި އިހުލާސްތެރި މަސައްކަތް ތަކެއް ކޮށްދެއްވާފައި ކަމަށާއި އެކަމަށް އަބަދުވެސް ޝުކުރުވެރިވެ ވަޑައިގަންނަވާނެ ކަމަށް ޔާމީނު ވިދާޅުވިއެވެ. 

މި ސަރުކާރުން ރައީސް ޔާމީނު ހައްޔަރުގައި ބެހެއްޓުމަށް މަސައްކަތްކޮށްފައިވާ ކަމަށް ތުހުމަތުކުރެއްވަމުން ޕީޕީއެމްގެ ލީޑަރޝިޕުން ޔާމީނުގެ އުސޫލުތައް ހިފަހައްޓަން މަސައްކަތް ނުކުރައްވާ ކަމަށާއި އިންޑިއާ އައުޓް ގަރާރު ބަތިލު ކުރަން މުއިއްޒަށް ކެރިވަޑައި ނުގެންކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.   

]]>
Thu, 18 Apr 2024 21:56:14 +0500 ނިއުސް ޑެސްކް
ރަސްމާލެ ނުހިއްކިގެން އުޅޭއިރު އެޅޭނީ ކޮން ޓަނަލެއް! https://heerasnews.com/2362 https://heerasnews.com/2362 މާލެ އާއި ފުށިދިއްގަރުފަޅު ކަނޑު އަޑިން ގުޅާލުމުގެ ވާހަކަ އަނެއްކާ ދައްކަން ފެށީއެވެ. ގުޅާލަނީ ރޭލު ޓަނަލަކުން ނޯލައެވެ. ރޭލުން ދަތުރު ކުރަމުން ދާއިރު ކަނޑު އަޑީގެ ރީތި މަންޒަރުތައް ވެސް ފެންނާނެޔޯލައެވެ.

މާލޭގެ ބޯހިޔާވަހިކަމުގެ ބިޔަ މަސްރޫއުގެ ނަމުގައި ފުށިދިއްގަރުފަޅު ހިއްކަންފެށީ ރައީސް މުއިއްޒު ގޮތްދޫ ނުކުރުމާއި ބޯހަރުކަމުންނެވެ. ރައީސް ސޯލިހުގެ ވެރިކަމުގައި ގްރޭޓާރ މާލެ ސަރަހައްދުން ދޫކޮށްފައިވާ ގޯތިތައް ނުދިނުމުގެ ބަހަނާއެއްގެ ގޮތުގައެވެ. އެއްވެސް ޕްލޭނެއް ބަޖެޓެއް ނެތި އަވަސް އަރުވާލައިގެން ފުށިދިއްގަރުފަޅު ހިއްކަން ފެށުމުގެ ބޭނުމަކަށް މާލެ ސަރަހައްދުގެ ބިންތައް ވިއްކައިގެން ގިނަ އަދަދެއްގެ ފައިސާ އެއްފަހަރާ ހޯދުން ހިމެނެއެވެ.  

މާލޭ ސިޓީގެ މޭޔަރ އާދަމް އާޒިމް ސިޓީމޭޔަރު ކަމަށް ކުރެއްވި ކެންޕޭން ތެރޭގައި ވިދާޅުވަމުން ގެންދެވި ވާހަކަތަކެއް އޮތެވެ. ފުށިދިއްގަރު ފަޅަކީ މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހައްލު ނޫންކަމަށް އާޒިމް ވިދާޅުވަމުން ގެންދެވިއެވެ. ކަނޑު އުޅަނދެއްގައި މާލޭ މީހުން ފުށިދިއްގަރުފަޅަށް ދަތުރުކުރަން ބޭނުންނުވާ ކަމަށް އާޒިމު ވިދާޅުވަމުން ގެންދެވިއެވެ. މާލެއާއި ބުރިޖުން ގުޅާލެވެން އޮތް ގުޅިފަޅާއި އުތުރުތިލަފަޅާއި ގިރާވަރުފަޅާއި ހުޅުމާލެ ފޭސް3 މާލޭ ރައްޔިތުންނަށް ތަރައްގީ ކޮށްދެއްވުމަށް ތަކުރާރުކޮށް އާޒިމް ވިދާޅުވަމުން ދިޔައެވެ. 

ރަސްމާލެ ޓަނަލުގެ ވާހަކައަކީ މޭޔަރ އާޒިމުގެ ވާހަކަތަކަށް ރައްދު ދިނުމަށް ކުއްލިއަކަށް އުފަންކުރި ވާހަކަ އެކެވެ. ކަނޑުއަޑީގެ ޓަނަލެއްގެ އަގާއި އެކަމުގައި ހުރި ގޮންޖެހުންތަކާއި މާލީ ފޯރުންތެރިކަން ނެތްކަމާ މެދުކުޑައިކޮށްވެސް ވިސްނާނުލައެވެ. ދުނިޔޭގެ ފުރަތަމަ ކަނޑުއަޑީގެ ޓަނަލް ރާއްޖޭގައި އަޅާނެކަމަށް ބުނެ މޭޔަރ ހުވާކުރި ޖަލްސާގައި މުއިއްޒު ދެއްކި ވާހަކައަކީ އާޒިމަށް ރައްދު ދިނުން ނޫން ބޭނުމަކު ދެއްކި ވާހަކައެއް ނޫނެވެ.   

އަޖައިބެއް ނުވާނެ ހެއްޔެވެ. ކޮށި އަރައިގެން އަވަހިއްޔާ އަވަހަށް ބަޖެޓުން ބޭރުންފެށި ރަސްމާލެ ހިއްކުން އެއޮތީ ހުއްޓިފައެވެ. އަލުން ހިއްކަންފެށޭނެ ދުވަހެއްގެ ކޮޅެއް މެދެއް ނޭނގެއެވެ. ގުޅިފަޅު ހިއްކަންޏާ ހިޔާވަހި ކަމުގެ ބިޔަ މަޝްރޫއު ރަސްމާލެ ޖެހެނީ މެދުކަނޑާލާށެވެ. ވާނީ އެހެންތާއެވެ. ހުޅުމަލެ ހިއްކިޔަސް ގުޅިފަޅު ހިއްކިޔަސް ރަސްމާލެ ހިއްކިޔަސް ހިއްކުމުގެ މަސައްކަތުގައި ބޭނުން ކުރަން އޮތީ އެންމެ ޑްރެޖަރެކެވެ.

މުއިއްޒުގެ ރަސްމާލެ އޮތި އަދި އަޑީގައެވެ. މަސައްކަތް ހުއްޓިފައެވެ. މަސައްކަތަށް ބޭނުންވާ ވެއްޔެއް ހަކަތައެއް ގާބިލުކަމެއް ނެތެވެ. ފަޅެއްގެ ތެރޭގައި ރަށެއް ހިއްކާނުލެވި ޝެޑިއުލުން ކައްސާލާ ރަސްމާލެ ކަސްމާލެއަށް ވާއިރު އެޅެނީ ކޮން އަންޑަރވޯޓަރ ޓަނަލެއް ހެއްޔެވެ. ޓަނަލް މަޝްރޫއުގެ ޑިޒައިން މަސައްކަތް ކުރުމަށް އެކަމަށް ގާބިލް ދެތިން ކުންފުންޏެއް ރާއްޖެ ގެންނަ ވާހަކަ ދައްކައިގެން މީހުން ޅޮސް އުނދޯއްޔަށް އަރުވައިގެން މަޖިލީހުގެ މާލޭ ގޮނޑިތައް ހޯދުމުގެ ހުވަފެން މުއިއްޒު ނުދެކޭށެވެ.

ރަސްމާލެ އާއި މާލެ އާ ރޯނު ފަށަކުން ވެސް ގުޅާލެވޭނީ ރަސްމާލެ ހިއްކިގެންތާއެވެ. ރޭލުގައި އިންނަ އިރު ކަނޑު އަޑީގެ ރީތި މަންޒަރުތައް ވެސް ފެންނަ ގޮތަށް ކަނޑު އަޑީގެ ޓަނަލަކުން ގުޅާލަން ކައްކާ ހިޔާލީ ފޮލަޔަކަށް ރައްޔިތުން ގުނބޯ ހެއްދުނު ދުވަސް މާޒީވެއްޖެއެވެ. ރަސްމާލެ ނުހިއްކިގެ އުޅޭއިރު ކަނޑުއަޑިން އެޅޭނީ ކޮން ޓަނަލެއް ހެއްޔެވެ. 

]]>
Fri, 29 Mar 2024 16:15:55 +0500 ނިއުސް ޑެސްކް
ސަސްޕެންޑްކުރި ނައިބުންނަށް މުސާރަ ދިނުމަކީ ހިޔާނާތެއް! https://heerasnews.com/2361 https://heerasnews.com/2361 ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ޅ) ރައީސުލްޖުމްހޫރިއްޔާއަށް ބާރުދެނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ވާޖިބުތައް އަދާކުރުމަށް ބޭނުންވާ މަގާމްތަކަށް މީހުން އައްޔަނު ކުރުމާއި ވަކިކުރުމާއި އިސްތިއުފާ ގަބޫލުކުރުމަށެވެ. މަގާމުގައި ތިބި ބަޔަކު ވަކިނުކޮށް ސަސްޕެންޑްކޮށްފައި ބައިތިއްބައިގެން ދައުލަތުން މުސާރަދޭކަށް ގާނޫނު އަސާސީގެ 115 ވަނަ މާއްދާއިން ބާރެއް ނުދެއެވެ. 

މަގާމުގެ ވާޖިބު އަދާނުކުރެވޭ ގޮތަށް އެކަކުކުވެސް އެންމެ ދުވަހަކު ބަހައްޓައިގެން ވެސް މުސާރަޔާއި އިނާޔަތްތައް ދިނުމަކީ ގާނޫނު އަސާސީއާއި ހިލާފަށް ކުރާކަމަކެވެ. މަގާމުގެ ވާޖިބު އަދާ ނުކުރެވޭ ގޮތަށް މީހުން އައްޔަނުކޮށްގެން ބަޔަކަށް މުސާރަ ދިނުމަކީ ދައުލަތަށްވާ ހިޔާނާތެކެވެ. ހިންގާ ކޮރަޕްޝަނެކެވެ. 

ރައީސުލްޖުމްހޫރިއްޔާއެއް ކަމަކު ވެރިކަން ކުރަންޖެހޭނީ ގާނޫނު އަސާސީއާއި ގާނޫނާއި އެއްގޮތަށެވެ. އެގޮތަށް އެހެން އެކަން ނުކުރެވޭނެ ކަމަކަށް ގާނޫނަކު ނެތޭ ބުނެ ގާނޫނުގެ ރޫހާ ހިލާފަށް އެއްވެސް ކަމެއް ހުއްދަކޮށެއް ނުގަނެވޭނެއެވެ. 

ހާރިޖީ ސިޔާސަތު ކަނޑައެޅުމަކީ ވެސް ރައީސަށް އޮންނަ ބާރެކެވެ. އަވަށްޓެރި ގައުމުތަކުގެ ވެރިންނަށާއި ގައުމުތަކަށް ކުޑައިމީސްކޮށް ބައިނަލް އަގުވާމީ ގުޅުންތަކަށް ބުރޫއަރާ ވަރަށް ދިވެހި ދައުލަތުގެ މަތީފަންތީގެ ވެރިން ފުރައްސާރަ ކުރުމަށް ރާއްޖޭގެ ހާރިޖީ ސިޔާސަތުގައި ކަނޑައެޅިފައި އޮތްކަން އެނގޭ އެއްވެސް ހާރިޖީ ސިޔާސަތެއް ރައީސުލްޖުމްހޫރިއްޔާ އާއްމުކޮށްފައެއް އަދި ނެތެވެ. އެހެން ކަމަށްވާނަމަ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ވާޖިބުތައް އަދާކުރުމަށް ބޭނުންވެގެން އިސްކޮށްފައި ތިބޭވެރިން ހަރިޖީ ސިޔާސަތު ފުށުއަރާ ގޮތަކަށް އަމަލުކުރުމުން ކުރަން ޖެހެނީ ސަސްޕެންޑެއް ނޫނެވެ. ޖެހޭނީ މަގާމުން ވަކިކުރާށެވެ. 

މުސާރައާއި އިނާޔަތް ދީފައި ސަސްޕެންޑްކޮށްފައި މަގާމުގައި އެފަދަ އަމަލު ކުރާބަޔަކު ބައިތިއްބައިގެން ނުވާނެއެވެ. ޖެހޭނީ މަގާމުން ވަކިކުރާށެވެ. އެބަޔަކު މަގާމުން ވަކިނުކޮށް އެމީހުނަށް ދައުލަތުން ލޯލާރިއެއް ވެސް ހަރަދު ކުރުމަކީ ބޮޑު ހިޔާނާތަކަށް ނުވާނެއެއްވެސް ގޮތެއްނެތެވެ. 

ޔޫތު މިނިސްޓްރީގެ ތިންނައިބުން މަގާމުގެ ވާޖިބު އަދާނުކޮށް ސަސްޕެންޝަނުގައި ބައިތިއްބައިގެން ދައުލަތުން މުސާރަ ދޭ ދިނުން ވަގުތުން ވަގުތަށް ހުއްޓުވަން ޖެހެއެވެ. މުސާރައާއި އިނާޔަތުގެ ގޮތުގައި އެމީހުނަށް ދައުލަތުން ދީފައިވާ ފައިސާ އަނބުރާ ދައުލަތަށް ހޯދަންޖެހެއެވެ. އެންޓިކޮރަޕްޝަން ކޮމިޝަނާއި އޯޑިޓަރ ޖެނެރަލާއި ރައްޔިތުންގެ މަޖިލީސް ނިދާފައި މިއޮންނަނީ ކާކުދެކެ ކޮންކަމަކާ ބިރުން ހެއްޔެވެ.    

]]>
Thu, 28 Mar 2024 22:09:22 +0500 ނިއުސް ޑެސްކް
މުންކަރާތުން ލިބޭ ނަފާ އިބްރާހީމް ޖަނާބަށް! https://heerasnews.com/2355 https://heerasnews.com/2355 ހަރާން ކަމެއް ކޮށްގެން ހޯދާ އެއްޗަކީ ހަރާން އެއްޗެއްކަމަށް ދީނީ މީހުން ބުނާތީ އަހަމެވެ. ލަވަޔާއި މިޔުޒިކަކީ ހަރާން އެއްޗެއް ކަމަށް ސަލަފު ޝޭހުން ބުނާ އަޑުއަހަމެވެ. ސަލަފު އަނގަވާރު އަލީ ރަމީޒަކީ ލަވަޔާ މިޔުޒިކްގެ ވިޔަފާރިން އެންމެ ބޮޑު ނަފާހޯދި މީހާއޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. އަލީ ރަމީޒު މަޝްހޫރު ކަމާއި ފައިސާ ލަވަކިޔައިގެން ހޯދިއެވެ.

އަލީ ރަމީޒު ލަވަކިޔުން ހުއްޓާލާ ގެންގުޅުނުހާ އަގުބޮޑު މިޔުޒިކް ކުޅޭސާމާނުގައި ހުޅުޖަހާ އަންދާލީ މިއުޒިކް ހަރާންކަން އެނގިގެންނެވެ. އަލީ ރަމީޒަށް މަގުދެއްކީ ސަލަފު ޝޭހުންނެވެ. ސަލަފީންގެ އިސް ލީޑަރަކީ ބާބުލް އަވާލީ އަބްދުއްލާ މުހައްމަދެވެ. 

އަބްދުއްލާ މުހައްމަދަކީ ސަލަފީންގެ ބޮޑު ޝޭހު ބާބުލްއަވާލީ މުހައްމަދު އިބްރާހީމް (ޖަނާބު ޝޭހު)ގެ ދަރިއެކެވެ. މައްޗަށްގޮޅި އުތުރު ދާއިރާގެ މަޖިލިސް މެންބަރުކަމަށް ޕީއެންސީން ވާދަކުރާ އިބްރާހީމް މުހައްމަދު (އިބްރާހިމް ޖަނާބު) އާއި މެޑަމް ސާޖިދާ ޖަނާބު އަކީވެސް ޖަނާބު ޝޭހުގެ ދަރިންނެވެ. މި އެންމެންނަކީ ވެސް މާ ދީންވެރި ބަޔަކަށް ވެގެން އުޅޭ ބައެކެވެ. 

މެޑަމް ސާޖިދާގެ ދީންވެރިކަން ބޮޑުކަމުން ފިރިހެނުންނާ ސަލާން ނުކުރެވިގެން އުޅުނު އިރެއް ދިޔައެވެ. އާހިރުގައި ބުޅާ ގޯނިން ބޭރުވީއިރު ސާޖިދާ މިވީ ހިލޭ ފިރިހެނުންނާ ބީހޭ ކަރޯކޭ ކުއީނަށެވެ. ދައްކަން މިއުޅެނީ ސާޖިދާގެ ވާހަކައެއް ނޫނެވެ.

ދައްކަން މިއުޅެނީ ދީންވެރިކަމުން އޮބިނޯވެގެން އެހެން މީހުން ކާފަރު ކުރަމުން ދީނަށްޓަކާ މަޖިލިސް މެންބަރުކަން ކުރަން އުޅޭ އިބްރާހީމް ޖަނާބުގެ ވާހަކައެވެ. ކަމެއް ހާސިލުކުރަން ވީމާ ދީނަކަށް ގައުމަކަށް އިބްރާހީމްމެން ނުބަލާ ވާހަކައެވެ. ކިތަންމެ ބޮޑު މަންފާއެއް ގެއްލިގެން ދިޔަސް ދީނުގެ ހައްގުގައި ހަގީގީ ދީންވެރިން ނުކުރާނެ ކަންކަން ހުރެއެވެ. މީހުން ލައްވާވެސް ނުކުރުވާނެ ކަންކަން ހުރެއެވެ. އެހެނެއް ކަމަކު އިބްރާހީމް ޖަނާބުގެ ކިބައިގައި އެ ސިފައެއްނެތެވެ. 

އަންހެން ކުދިން ހިތާނު ކުރުން ލާޒިމުކުރާ ގާނޫނެއް މަޖިލީހުން ފާސްކުރުވަން ސަލަފަށް ބައިއަތު ހިފައިގެން ލޯންޖު ކުރީ މިޔުޒިކާއެކު ކިޔާ ކެންޕޭން ލަވައެކެވެ. އިބްރާހީމް ޖަނާބުގެ ކެންޕޭނަށްޓަކައި ލަވަޔާ މިޔުޒިކް އިބްރާހީމް ޖަނާބަށާއި ސަލަފަށް ހަލާލުވީތާއެވެ. ސަލަފާއި އަލީ ރަމީޒު ތިބީ ހަނެވެ. އެނގޭ ކަމަށްވެސް ނުހަދައެވެ. 

ލަވައާއި މިޔުޒިކަކީ ހަރާން އެއްޗެއްކަމަށް ތަކުރާރުކޮށް އެތައް ތަނެއްގައި އެތައް ފަހަރަކު މި އިބުރާހީމް ޖަނާބު ބުނެފާ އެބަހުއްޓެވެ. ލަވައާއި މިޔުޒިކުން ނަފާ ހޯދުމަކީވެސް ހުއްދަނޫން ކަމެއްކަމަށް މި އިބްރާހީމާއި ސަލަފުން ބުނެއެވެ.

އިބްރާހީމް ޖަނާބު ގޮވައިގެން ބޮޑު ޅިޔަނު ސަޖިދަ ވިއްކާ ރައީސާއި ސާޖިދާ ޖަނާބު ދޮރުން ދޮރަށް ހިނގަމުން ދިޔައީ އަޑުހަރުކޮށް މިއުޒިކާއެކު ޖަހަމުން ދިޔަ ކެންޕޭނު ލަވައަށް ވަޒަން ހަމަކޮށް ކޮރުލަމުންނެވެ. ވޯޓު ހޯދުމުގެ ބޭނުމުގައި ޖަގަހައިގާ ދެޖިންސް ގުޅަކަރުވައިގެން އިބްރާހީމް ޖަނާބުގެ ކަމަކީ މިޔުޒިކާލަވައިން މަޖާ ނެގުމެވެ.

މިހާރަކު ވެސް އިބްރާހީމް ޖަނާބަށް ހުއްދަ ކަމަކަށް ލަވައާއި މިޔުޒިކް ނުވެޔޯލައެވެ. އިބްރާހީމް ޖަނާބު ކުރިކަން ހަލާލުކުރަން ބުނަނީ "އަޅުގަނޑަށް ތާއިދުކުރާ މީހުން ވެސް އެބަ ހަދާ ޅެމާއި ބަންޖާ، އެކަން ކަމަށް އަޅުގަނޑަށް ނެތް ހުއްޓުވޭކަށެއް. އެކަމަކު އަޅުގަނޑު އަމިއްލަ އަށް އެ ކަހަލަ ކަމެއް ނުކުރަން. ތާއިދުކުރާ މީހުންނާއި ޕާޓީން އެކަން ކުރުމަކީ މުޅީން އެހެން ކަމެއް،" ކަމަށެވެ.

ކިހާތާހިރު ހެއްޔެވެ. މުންކަރާތް އެކަނޑާލަނީ އެހެން ބައެއްގެ ބޮލަށެވެ. މުންކަރާތުން ލިބޭ ނަފާ އިބްރާހީމް ޖަނާބަށެވެ. 

]]>
Tue, 26 Mar 2024 17:50:45 +0500 ނިއުސް ޑެސްކް
މުއިއްޒަށް އެމްޑީޕީ ނައްތައެއް ނުލެވޭނެ! https://heerasnews.com/2351 https://heerasnews.com/2351 އެމްޑީޕީ ފިކުރު ނައްތާލަން ނިކުމެ ހަޅޭފަޅޭ މިޖަހަނީ ފިކުރެއް ހަމައެއް ލަމައެއް ހުރިބައެއް ނޫނެވެ. އެމްޑީޕީ ފިކުރަކީ ގަދަ 30 އަހަރުގެ ވެރިކަން މުލުން ލުހެލި ފިކުރެވެ. އެމްޑީޕީ ފިކުރަކީ ގޮށްމުށާ އަނިޔާވެރިކަމާ ދެކޮޅު ފިކުރެވެ. އެމްޑީޕީއަކީ ޑިމޮކްރަސީއާއި ސިޔާސީ އިސްލާހުގެ ފިކުރެވެ. އެމްޑީޕީ ފިކުރަކީ އެފިކުރެއްގެ ޖަނާޒާ ބާއްވަން އުޅުނު ގިނަބަޔަކު އިސްލާހުވެ އެފިކުރަކާ ގުޅުނު ފިކުރެވެ.    

ފިކުރެއް ހަމައެއް ލަމައެއް ނެތް މިނިކާ ބާޒަކަށް ވައްވައް ޖެއްސޭނީ ފިޔޮއް ކުކުޅެއްގެ ކުރިމަތީގައެވެ. އެމްޑީޕީގެ ކުރިމައްޗަކު ވައްވަކެއް ނުޖެއްސޭނެއެވެ. ތުނބުލައިގެން ގެންގޮސް ވަކިގަނޑު ދަށުލާ ވީދައިގެން ކެވޭނީ ފަތްނުފަޅާ ޅަފިޔޮއް ގަނޑެކެވެ. މައިކުކުޅު ކޮއްޓަކަށްލާ ބަންދުކޮށްފައި ކައިރީގައި ތިބި ކުދިކުދި ފިޔޮއްތަކެއް ޖަހައިގަނެގެން ގެންގޮސްގެން ބަނޑުދަށުލައިގެން ގެންގުޅެވޭނީ މައި ފިއްލަވާލަން ދެނެވެ. 

ޔާމީނު ވިދާޅުވީ ހަމަރަނގަޅަށެވެ. ކިތަންމެ ހުތޫރަތްތެރި ވިޔަސް މިނިކާ ބާޒަކަށް ހަނި ފުރުސަތެއް ވެސް ދޭކަށް ނުވާނެއެވެ. އެހެނެއް ކަމަކު ދަނޑިވަޅުބަލާ މިނިކާ ބާޒުހެދިގެން މުއިއްޒު އެހުރީ ދޮގުދޮލަގެއް ވިއްކައިގެން އެނގަކުރި ހިފައިގެންނެވެ. މަގުމަތީ ހޮވާކާން އުޅުނު ފިޔޮއްތަކުގެ ބަނޑު ފުރާދީގެން އެތިބީ ގުނބޯ ހައްދާފައެވެ. މުއިއްޒު ކިޔާހާ ލަވަޔަކަށް އެކަކަށް ވުރެ މޮޅަށް އަނެކަކު ކޮރުލުމުގައި ހަމައެއް ލަމައެއް ނެތެވެ. 

ވާނީ އެހެންތާއެވެ. މުއިއްޒު މުގައްދަސް ކުރާ ކޮންމެ މީހަކަށް ދައުލަތުގެ ހަޒާނާ އޮތީ ތައްމިނަށް ހުޅުވާލާފައެވެ. އެއިން ކޮންމެ މީހެއްގެ އަނބިދަރިން ފެށިގެން ވަންހަ ދިލަކޮޅަށް ދައުލަތުން މުސާރަދެއެވެ. މަހު އެއްޗެތިކޮޅުދެއެވެ. ދެނަކާ ދެނެއް ނެތެވެ. ވީމޮޅުގައި އެއެއް މިއެއް ނުބަލައެވެ. ދޮގު ދޮލަނގު ބޮލަށްލައިގެން ރާރާ ގުޑިތަކެއްހެން އެއްވާނަކަށް ދޮގުވިއްކަން ނިކުމެ ހޯބޯ ލަވަނީއެވެ.

މުއިއްޒުގެ އަޅުކުދިންކޮޅު ނަފްރަތުގެ ހުޅަށް ޕެޓްރޯލު އަޅަމުން މާރާމާރީއަށް ދެމުންދާ ހިތްވަރު ރާއްޖޭގެ އެތައް މިތަނުން ފެންނަން ފަށައިފިއެވެ. ވާދަވެރި ކެންޕޭނާއި ވާދަވެރި ސިޔާސީ ހަރަކާތަކީ މުއިއްޒު ދަންނަ ކަމެއްނޫނެވެ. ގަދަކަން ދެއްކުމާ މަވެތިކަން ނޫން ކަމެއް މުއިއްޒާ މުއިއްޒުގެ އައުވާނުންގެ ފުށުން ފެންނަމަކުން ނުދެއެވެ. ފާޅުގައި ނިކުމެ ވާދަވެރިންނާ ކުރިމަތިލާ ތަޅާފޮޅާ މާރާމާރީ ހިންގުން މިވަނީ އާއްމުވެފައެވެ. މުއިއްޒު އެމްޑީޕީ ފުހެލުމަށް ފާޅުކަން ބޮޑުކޮށް ހިންގާ ނޭއްގާނި ކަންކަމާއި ފަތުރާ ނަފްރަތުގެ ބަސްތަކުން މުޅި ރާއްޖެ ނުރައްކަލުގެ ތެރެއަށް ވައްޓާލައިފިއެވެ.   

އެހެން ނަމަވެސް އެމްޑީޕީ ފިކުރު ނައްތާލަން މުއިއްޒު ކުރާ ކޮންމެ ކަމަކުން އެމްޑީޕީ އިތުރަށް ވަނީ ވަރުގަދައެވެ. އިތުރު ވަނީ ޖޯޝެވެ. ދުރަށްޖެހި އެކަހެރި ވެލައިގެން ތިބިހާ މީހުން އެއް ރޫހެއްގައި ނިކުމެ ދަނީ އަތުގުޅަމުންނެވެ. އެމްޑީޕީގެ ދިފާއުގައި ހިތާ ރޫހުން ގުޅި ލާމެހެމުންނެވެ. ބައިލައްކައަށް ވުރެ ގިނަ ދިވެހިން ހިމެނޭ ބޮޑު ބިޔަ ޕާޓީއެއް ނައްތާލަން ގައިވީދިޔަސް އެމްޑީޕީއަށް ކަހަރުވަކެކޭވެސް ހީނުވާނެއެވެ. 

ކުރިއަށް އޮތް އާންމު އިންތިހާބުގައި މުއިއްޒަށް މަޖިލިސް ގެއްލޭތަން ފެނި އަތްފައި ބަޅާބޫޅި ކުރިޔަސް ހަމަ ދާނީ ޗޮކުންނެވެ. ޕީޕީއެމްގެ ދެނައިބުން ހައިޖެކްވެފާ ތިއްބަސް ޕީޕީއެމް އާންމު ގިނަ މެންބަރުން ތިބީ ފިސާރި މިނިވަން ކޮށެވެ. އެ މީހުންގެ ހަގީގީ ލީޑަރ ޔާމީނަށް ނިކަން ވަފާތެރިކޮށެވެ. މުއިއްޒުގެ އުނގަށް ވެއްޓިގަތް ގައްދާރުންނަށް ޔާމީނުގެ ހިތް ހެވެއް ނުވާނެއެވެ. އެމީހުން ވެފައި އެތިބީ ފުޅަނތްގަށެވެ. ހަމަތެދެކެވެ. ސިޔާސީ ގޮތުން މުއިއްޒު ސައިޒު ކުރާނީ ޔާމީނެވެ. އެމްޑީޕީ ހިމޭނުން ބަލަން އޮތަސް މުއިއްޒަށް މަޖިލިސް ލިބޭތަނެއް ނުފެނެއެވެ. މުއިއްޒަށް ދައުރު ނިންމޭ ތަނެއް ވެސް ނުފެނެއެވެ.  

]]>
Sun, 24 Mar 2024 19:57:40 +0500 ނިއުސް ޑެސްކް
ނުރައްކަލުގެ ރަނގަބީލެއް: ދިވެހި ސަފީރު އިންޑިއާ ފޮރިން މިނިސްޓްރީއަށް https://heerasnews.com/2171 https://heerasnews.com/2171 އިންޑިއާ އަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ހައި ކޮމިޝަނަރ އިބްރާހިމް ޝަހީބާއި ފަސްޓް ސެކެރެޓަރީ އިންޑިއާގެ ފޮރިން މިނިސްޓްރީއަށް ހާޒިރު ކޮށްފިއެވެ.

ގައުމަކުން ގައުމަކަށް ކަނޑައަޅާފައި ހުންނަ ސަފީރަކު ހާޒިރު ކުރުމަކީ ގައުމަކުން ނުރުހުން ފާޅު ކުރުމުގެ ގޮތުން އަޅާ ފުރަތަމަ ފިޔަވަޅެވެ. އެއްގައުމު އަނެއް ގައުމާ އޮންނަ ޑިޕްލޮމެޓިކް ގުޅުން ގޯސްވެއްޖެ ކަން ރަމްޒުކޮށްދޭ ފުރަތަމަ ފިޔަވަޅަކީ ސަފީރުން ފޮރިން އޮފީހަށް ހާޒިރު ކުރުމެވެ. ސަފީރުން އަނބުރާ ފޮނުވާލުމާ ސިޔާސީ ގުޅުން ކަނޑާލުމަކީ އޭގެ ފަހުން ކުރެވޭ ކަންކަމެވެ.

ރާއްޖޭގެ ތާރީހުގައި މީގެކުރިން ދުވަހަކު ވެސް ދިވެހި ސަފީރަކު އެއްވެސް ގައުމެއްގެ ފޮރިން އޮފީހަށް ހާޒިރުކޮށްފައެއް ނުވެއެވެ. ބައިނަލްއަގުވާމީ ގޮތުން ރާއްޖޭގައި އެވަރުގެ ލައްގަނޑެއް ޖެއްސި ސަރުކާރެއް ދިވެހިން ދެކެފައެއް ނުވެއެވެ. 

ވެރިކަމަށް އައުމުގެ ދަހިވެތިކަމުގައި މުއައްޒު ޖެއްސި އިންޑިއާ އައުޓް ކެންޕޭން ވެގެން ގޮސްފައިވަނީ ރާއްޖެއަށް އިޔާދަނުކުރެވޭ ވަރުގެ ކަމަކަށް ވެފައެވެ. ރާއްޖެ އިގުތިސާދު ފުނޑި ގައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލަކަށް ވެފައެވެ.

ދިވެހި ސަފީރު އިންޑިއާގެ ފޮރިން އޮފީހަށް ހާޒިރު ކުރުމާއި ދިވެހި ސަރުކާރުގެ އިސް އޮފިޝަލުން ތަކެއް އިންޑިއާއަށް އެރުން މަނާ ކުރުމަކީ ހީކުރާ ވަރަށްވުރެ ބިރުވެރި ކަމެކެވެ. 

]]>
Mon, 08 Jan 2024 17:50:54 +0500 އެޑިޓަރ
މުއިއްޒު ވެރިކަމުގާ ބަހައްޓައިގެން ރައްކާތެރިކަމެއް ނެތް https://heerasnews.com/2170 https://heerasnews.com/2170 ދައްކާ ވާހަކައަކުން ދެކޮޅު ޖެއްސޭކަށް ނެތެވެ. ވާނެ ހަތަރެއްޗެއް ވެއްޖެއެވެ. ދަމައިގެން އުޅޭ މިނިވަންކަމުގެ ފަލަ ރޮނގުގެ ފަންވަރެއް ނެތެވެ. 

މުއިއްޒު ވެރިކަމަށް އައީ ނަފްރަތާއި ދެކޮޅުވެރިކަން ވިއްކައިގެންނެވެ. އިންޑިއާ އާއި ދެކޮޅަށް ރައްޔިތުންގެ ތެރޭގައި ނަފްރަތު އުފައްދާ ދެކޮޅުވެރިކަން އަށަގަންނަވައި ގެންނެވެ. ދިވެހި ރައްޔިތުންގެ މެޖޯރިޓީ އިންޑިއާއަށް ނަފްރަތު ކުރުވައިގެންނެވެ.

ގަބޫލު ކުރަން ބޭނުން ނޫނަސް ދިވެހި ރާއްޖޭގެ މެޖޯރިޓީ އިންޑިއާާ ދެކޮޅުކަމަށް އިންޑިއާއިން މިހާރު ގަބޫލުކުރެއެވެ. އިންޑިއާގެ ނޫސްތައް ބުނާ ގޮތުން ރާއްޖޭގެ މެޖޯރިޓީ މީހުން އިންޑިއާ އަށް ނަފްރަތު ނުކުރާނަމަ އިންޑިއާ އައުޓް ކުރަން ގޮވާލާ ފުޅާކެންޕޭނެއް ހިންގި ބަޔަކު ވެރިކަމަކަށް ނައިހެވެ.

އިންޑިއާއަށް ފުރައްސާރަ ކުރި ދެތިން ޑެޕިއުޓި މިނިސްޓަރުންގެ ބޮލަށް އެކަން ކަނޑާލައިގެން މަޝްރަހު ފިނި ކުރެވޭކަށް ނެތެވެ. އެމީހުން އެކަންކުރާނީ ސަރުކާރުގެ ވިސްނުމަށް ވާތީކަމަށް އިންޑިއާގެ ގިނަ ބަޔަކު ދެކެއެވެ. 

ކަމަކީ ކުރިޔާލާ ރާވައިގެން ދިވެހި ސަރުކާރުން ހިންގި ޖަރީމާއެއް ކަމަށް އިންޑިއާ މީހުން ސިފަކުރެއެވެ. ކުޅަނދުރު ހަތަޔަށް އޮއްގާ ލީމާ ކުޅަދުރުތައް ބުރައި ނުގަނެ ހިމޭނަކުން ނުތިބޭނެއެވެ. 

އިންޑިއާގެ އެންމެ މަތިން ތިރިއަށް "ބޮއިކޮޓް މޯލްޑިވްސް" އެއޮތީ ޖެހިފައެވެ. ރަސްމީކޮށް އިއުލާން ނުކޮށް ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ފަށައިފިއެވެ. 

މަޝްރަހު ފިނި ކުރަން ކޮށްލާ ޓްވީޓަކުން ހައްލުވާ ވަރަށްވުރެ މައްސަލަ ހޫނުވެ ގުޅުން ގޯސް ވެއްޖެއެވެ. ޑރ. މުއިއްޒުގެ ޕީއެންސީ ސަރުކާރަށް އިންޑިއާގެ ފިއްތުން ތަކުން އަރައި ގަތުމަކީ ވުމަށްވުރެ ނުވުން ކައިރި ކަމެކެވެ. 

މުއައްޒު ވެރިކަމުގައި ބަހައްޓައިގެން ރާއްޖެއަށް ރައްކާތެރިކަމެއް ނެތެވެ. ރާއްޖޭގެ ޓޫރިޒަމް ފުނޑުފުނޑުވެ ކާބޯތަކެއްޗަށް ޖެހި ބަނގުރޫޓް ވުމުގެ ކުރިން ގައުމު ސަލާމަތް ކުރަން ނިކުންނަން ޖެހެވެ. މުއިއްޒު ވެރިކަމުގައި ބެހެއްޓުމަށް ވުރެ ގައުމު ސަލާމަތް ކުރުން ރައްޔިތުންނަށް މިއަދު މުހިންމެވެ.

]]>
Mon, 08 Jan 2024 13:44:07 +0500 ނިއުސް ޑެސްކް
ކާންދޭ އަތުގައި ދަތް އެޅުމަކީ އާޒިމާގެ ގޮތް https://heerasnews.com/2157 https://heerasnews.com/2157 އާޒިމާ ޝުކޫރު ހުންނަގޮތް ހޮދު އާޒިމާއަށް ވެސް ނޭނގެއޭ ބަޔަކަށް ހީވެދާނެއެވެ. އާޒިމާއަށް ދިމާވާ އެންމެ ބޮޑުކަމަކީ ހުންނަ ގޮތް ނޭނގުން ކަމަށް އާޒިމާ ބުންޏަސް އެއީ ދޮގެކެވެ. ވަކި އެކަކާއެކު ހުރުމަކީ އުފެދުމުގައި ވެސް އާޒިމާއަށް ބާތިލު ކަމެކެވެ. މުއިއްޒާއެކު މިއަދު ހުއްޓަސް އާޒިމާއަކީ އެއްވެސް މީހަކާއެކު ވަފާތެރިވެގެން ހުންނަ މީހެއް ނޫނެވެ. އާޒިމާ ހުންނަނީ އާޒިމާގެ ގޮތުގައެވެ. އާޒިމާ ހުންނަ ގޮތް ނޭނގޭ މީހަކު މަދުވާނެއެވެ.  

ހުންނަ ގޮތަށް ހުރުމާ އިހުލާސްތެރިކަމާއި ވަފާތެރި ކަމުގައި ރައީސް މައުމޫނަށް އާސްތާނާ ޝުކޫރު ދެއްކި މިސާލުން އާޒިމާއަށް ނަމޫނާއެއް ނުނަނގައެވެ. މައުމޫނުގެ މޯހިރުން ކައިބޮއި ކިޔާ ބޮޑެތިވި އެއް އާއިލާއަކީ އާސްތާނާއަށް ނިސްބަތްވާ އާއިލާއެވެ. އާޒިމާއަކީ އޭގެން އެކެކެވެ.  

މައުމޫނު އާޒިމާއަށް ކޮށްނުދެނީ ކީއްހެއްޔެވެ. ނުދެނީ ކޮން ބާރެއް ހެއްޔެވެ. މައުމޫނުގެ ވެރިކަން ނެތުމުން މައުމޫނު މޭގައި އެންމެ ފުރަތަމަ ކޮޅުފައިން ޖެހި އެކަކީ އާޒިމާއެވެ. މައުމޫނުގެ ވެރިކަމުގެ ފަހު ދުވަސްކޮޅު ބަންޑާރަ ނައިބު ކަމުގައި ހުރެ ކުރިހާ ކަންކަމުން މައުމޫނުގެ ވެރިކަން މުލުން ލުހެވުމުގެ އެއް ސަބަބަކަށް އާޒިމާ ވިއެވެ. 

މައުމޫނު ވެއްޓުމުން ސިޔާސީ ބާރުވެރިކަން ގެއްލިގެން ބަގާވާތަކުން ގާނޫނީ ވެރިކަމެއް ވައްޓަލާ ޑރ. ވަހީދުގެ ބަނޑުވާ ހެދިގެން އާޒިމާ އުޅުނީ ވަކި މީހަކާއެކު ހުންނަ ގޮތަށް ހުރެވޭތީ ހެއްޔެވެ. އުފެދުމުގައިވެސް ބާތިލޭ ބުނެ ޖީއެމްއާރު ބޭރުކޮށް 300 މިލިޔަން ޑޮލަރުގެ ބަދަލެއް ދިވެހި ދައުލަތަށް ދޭން ޖެއްސީ ތިޔަ ބުނާ ހުންނަ ގޮތަށް ހުރެގެންނެވެ. 

ފުންނާބު އުސްކަމުން އޮބި ނޯވެގެން އިތުބާރު ނެތް ވޯޓަކުން ބަންޑާރަ ނައިބު ކަމުން އާޒިމާ ބޭރުވާން ޖެހުނީ ހުންނަ ގޮތަށް ހުރެގެންނެވެ. އިތުބާރު ނެތިގެން ކެބިނެޓް ވަޒީރު ކަމަށް ކުފޫ ހަމަ ނުވާތީ ރައީސް އޮފީހުގެ ލީގަލް މިނިސްޓަރަށް ހުރެ ޔާމީނުގެ ވެރިކަން ހަރާބު ކޮށްލުމުގެ މުގުލުގައި ހުރިގޮތަށް ހުރީ އާޒިމާއެވެ. 

ރައްޔިތުންގެ މަޖިލީހަށް ސިފައިން ވައްދާ މެންބަރުން ފާރުމަތިން އުކާލާ އެ މީހުންގެ ގޮނޑި ގެއްލުވާލުމުގެ ހީލަތްތެރި ރޭވުމުގެ އަޑީ ބަތާނައަކީ އާޒިމާއެވެ. އެމްއެމްޕީއާރުސީ ފައިސާ މީރާއަށް ޖަމާނުކޮށް އެމްއެމްޕީއާރުސީއަށް ޖަމާކުރުމުގެ އުސޫލު އެކުލަވާލާ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތަށް މަގުދެއްކީ އާޒިމާއެވެ. އެމްއެމްޕީއާރުސީ ހިޔާނާތުގައި ރަގަޅަށް ބައިވެރިވެ މަނީ ލޯންޑަރ ކުރުމުގެ ގާނޫނީ ނުލަފާ ދީގެން ހިޔާނާތުގައި ބައިވެރިވެ ބޮޑު ހިޔާނާތް ހިންގުވީ ހުރިގޮތަކަށް އާޒިމާ ހުރެގެންނެވެ.

ނެތް ކުއްލިނުރައްކަލުގެ ހާލަތެއް ޔާމީނު ލައްވާ އިއުލާނު ކުރުވައިގެން ސްޕްރީމް ކޯޓުން ޓިނު ނަގުވާ ސްޕްރީމް ފަނޑިޔާރުން ބަނޑު ބިންމަތީ ޖައްސާ ޖަލުގެ ކުޑަ ގޮޅިއަށްލައި މަގާމު ގެއްލުވަލީ އާޒިމާގެ ލަފައިންނެވެ. އެތައް ޕޮލިސް ކޮމިޝަނަރުން މަގާމުން ވަކިކޮށް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ ޖަލުގެ ތޭރިތަކުގެ ފަހަތަށް ފޮނުވާލީ އާޒިމާ ނޫން އެހެން މީހެއް ނޫނެވެ. 

އާޒިމާއަކީ ކާންދިން އަތުގައި ދަތް އެޅުމުގެ ލާމަސީލެވެ. ދަންވަރު ދޮރު ވައްޓާލައިގެން ފުލުހުން ވައްދާ އިންތިހާ އަނިޔާވެރިކޮށް ދިވެހި ދައުލަތުގެ އެންމެ ގަދަރުވެރި ސްޓޭޓްމަން ހައްޔަރުކުރީ ހައްގުން ކަމަކާނުލައެވެ. ރައީސް މައުމޫނު މުސްކުޅި ހާލުކޮޅުގައި ޖަލުގައި ހައްޔަރުކޮށް އެމަނިކުފާނަށް ދިންހާ އަނިޔާއެއްގައި ޒިންމާވާން ޖެހޭ އެންމެ އިސް އެކަކީ ސީދާ އާޒިމާ ޝުކޫރެވެ. އާޒިމާ ޝުކޫރު ހަމަހުރީ އާޒިމާ ޝުކޫރު ގޮތުގައެވެ.

ކާނަލް ނާޒިމު ފްރޭމްކޮށް އަނިޔާ ކުރުމުގައި އާޒިމާގެ ދައުރު ބޮޑެވެ. އެހެނެއް ކަމަކު އެންމެ ފަހުން ގޮސް ހުރީ ކާނަލް ނާޒިމުގެ ތޮއްވަރިއަށް ވަދެ ނާޒިމަށް ގާނޫނީ ލަފާދޭށެވެ. ރިޔާސީ އިންތިހާބު ކައިރިވުމުން ހުރި މީހެއްކަން އަންގާ ސަމާލުކަން ހޯދަން އަތްގުޅި ނުކާވަރުގެ ގާނޫނީ ވާހަކަ އާއްމު ތަންތާ ދައްކަން ފަށައެވެ. މި ފަހަރު އުޅުނީ ކަނޑެއް ގެއްލިގެންނެވެ. ބޭނުމަކީ އަގު އެރުވުމެވެ. އެއީ އާޒިމާ ޝުކޫރެވެ.

މުއިއްޒަށް ވެރިކަން ލިބުމުން މުއިއްޒުގެ ބަނޑުވާ ހެދިގެން ޕްރައިމަރީއަކާ ނުލާ ޕީއެންސީ މޭޔަރ ޓިކެޓް ފޭރިގަތީއެވެ. އާޒިމާ މޭޔަރުކަން ހޯދުމަށްވުރެ ބޮޑަށް އެ ޓިކެޓް ބޭނުން ކޮށްގެން ކުރަން އުޅޭކަމަކީ މުއިއްޒު ލައްވާ އެމްއައިބީއަށް ދައްކަން އޮތް ދަރަނި އަދާކުރުވުމެވެ. ވެރިކަމަށްޓަކާ އެކަން ނުކޮށްދީ މުއިއްޒަށް ވެސް ވާނެ ގޮތެއް މިހާރަކު ނެތެވެ. އާޒިމާ މިހާރު އެހުރީ އެގޮތަށެވެ. 

ވަރަށް ބޮޑު ތެދެކެވެ. އާޒިމާ ހުންނަނީ ހުންނަ ގޮތެއްގައެވެ. އާޒިމާ ހުންނަ ގޮތަކީ އެކަކަށްވެސް ވަފާތެރި ނުވުމެވެ. އާޒިމާ ގޮތަކީ އެ ވަގުތަކު ދައުލަތަށް ދެވެން އޮތް ގެއްލުމެއް ދީގެން ވެސް އަމިއްލަ ބާލީހަށް ބަންޑާރަ ކަފަ ލެއްވުމެވެ. އެކަމަށްޓަކާ ގުޅެންޖެހޭ މީހަކާ ގުޅުމެވެ. މިއަދު މުއިއްޒު ވަނީ ބޭނުން ފުދެން ދެނެވެ. އާޒިމާ ހުންނަގޮތް އޮޅިގެން އުޅޭ މީހަކު ނޫޅެއެވެ.

]]>
Wed, 03 Jan 2024 14:42:42 +0500 ނިއުސް ޑެސްކް
ސިޓީ ކައުންސިލް ވައުދު ވަޒީރުން https://heerasnews.com/2096 https://heerasnews.com/2096

ރައީސް މުއިއްޒު މާލޭ ސިޓީ މޭޔަރަކަށް އުޅުއްވިއިރު ސިޓީކައުންސިލަށް ކޮންސަލްޓެންޓުންގެ ގޮތުގައި ބަޔަކަށް ކޮންޓްރެކްޓް އުސޫލުން ބޮޑެތި އަދަދުން މުސާރަ ދެއްވަމުން ގެންދެވި ވާހަކައަކީ މަޝްހޫރު ވާހަކައެކެވެ. ކޮންސަލްޓެންޓުންގެ ގޮތުގައި ޑރ. ހައިދަރާއި މުހައްމަދު ހުސައިން ޝަރީފް (މުންދު) އާއި އާދަމް ނަސީރު އިބްރާހީމް ފަދަ ބޭފުޅުން ގެންގުޅުއްވިއެވެ. އެބޭފުޅުން ނޫނަސް އެކި ފެންވަރުގެ އެކި މީހުން ކޮންސަލްޓެންޓުންގެ ގޮތުގައި ގެންގުޅުއްވިއެވެ. 

ވެރިކަން ލިބި ވަޑައިގެންފިނަމަ ވަޒީރުކަމުން ފެށިގެން އެކިވަރުގެ ސިޔާސީ މަގާމު އެބޭބޭފުޅުންނަށް ދެއްވުމަށް މުއިއްޒު ވައުދުވެ ވަޑައިގަތެވެ. ޑރ. ހައިދަރާއި މުހައްމަދު ހުސައިން ޝަރީފް (މުންދު)އާއި އާދަމް ނަސީރު އިބްރާހީމްއަކީ އެބޭފުޅަކާ ގުޅޭ ދާއިރާއަކުން ވަޒީރުކަން ދެއްވާނެ ކަމަށް ވައުދުވެ ވަޑައިގެން ތިން ބޭފުޅުންނެވެ.

ޑރ. ހައިދަރަކީ ޕްލޭނިންގ ގެ ދާއިރާއިން ތައުލީމު ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅަކަށްވާތީ ހައިދަރަށް ދެއްވީ ހައުސިންގ މިނިސްޓަރކަމެވެ. ކިތަންމެ ހާވެސް ހައިދަރާ ގުޅޭ ދާއިރާއެކެވެ.

މުންދުއަކީ ހާރިޖީދާއިރާގައި ތަޖުރިބާ ތަކެއް ލިބިވަޑައިގެން ހުންނެވި ބޭފުޅަކަށް ވާތީ މުންދަށް ދެއްވަން ނިންމެވީ ފޮރިން މިނިސްޓަރކަމެވެ. ކަންދިމާކުރި ގޮތުން އެހެނެއްް އެކަމެއް ނުވިއެވެ. ފޮރިން މިނިސްޓަރުކަން ދެއްވަން މަޖުބޫރުވެ ވަޑައިގަތީ މޫސާ ޒަމީރަށެވެ.

މޫސާ ޒަމީރަކީ ރައީސް މުއިއްޒުގެ ކެންޕޭނުގައި ވަރަށް ބޮޑު ހޭދައެއް ކުރެއްވި ބޭފުޅަކަށްވެފައި ނަމިރާ ނާޒިމުގެ މިތުރަށް ވާތީ ޒަމީރަށް ދެއްވަން މުއިއްޒު ނިންމެވީ ޓޫރިޒަމް މިނިސްޓަރުކަމެވެ. އެހެން ނަމަވެސް އަދުރޭ ފޫކަހާލުމުން އަދުރޭގެ ދަރިފުޅު ފައިސަލަށް ޓޫރިޒަމް މިނިސްޓަރކަން ނުދީ ފަރަކު ނުޖެއްސުނެވެ. އެހެން ދިމާވުމުން ޓޫރިޒަމް މިނިސްޓްރީއަށްވުރެ ނަފާވެރިކަން ކުޑަ ނޫން މިނިސްޓްރީއެއް ޒަމީރަށް ދެއްވަންޖެހިވަޑައިގެން ފޮރިން މިނިސްޓަރު ކަމަށް ޒަމީރު ހަމަޖައްސަވަން މަޖުބޫރުވެ ވަޑައިގަތީއެވެ.

އެންމެފަހުން ރައީސް މުއިއްޒަށް ޖެހިވަޑައިގަތީ މިނިސްޓރު ފެންވަރުގައި ފޮރިން މިނިސްޓްރީގެ އެމްބެސެޑަރ އެޓް ލާޖް ކަމަށް މުންދު ހަމަޖައްސަވާށެވެ. އަދުރޭއާއިހެދި މުންދުއަށް އޮތް ކެބިނެޓް ޕޯޓިފޯލިއޯ ގެއްލި ވަޑައިގަތީއެވެ.

ރައީސް މުއިއްޒުގެ ވައުދު ލިސްޓްގައި ވަޒީރުކަން ދެއްވަން ދެން ވިދާޅުވެވިފައި އޮތީ އާދަމް ނަސީރު އިބްރާހީމަށެވެ. ސިޔާސީ އެއްވެސް ތަޖުރިބާއެއް ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ނޫނެވެ. ޕަބްލިކް އޮފީހެއް ހިންގެވުމުގައިވެސް އުޅުއްވި ބޭފުޅެއްނޫނެވެ. ދިވެހި އަދަބިއްޔާތުގެ ދާއިރާގައި ޝައުގުވެރި މަސައްކަތްޕުޅު ތަކެއް ކުރައްވާ މުދައްރިސެކެވެ. އެމަނިކުފާނަށް ވަޒީރުކަމެއް ދެއްވަންޏާ ދެއްވެން އޮތީ އެދާއިރާއިންނެވެ. އެހެންކަމުން ގައުމިއްޔަތު ދިރުވުމުގެ ނަމުގައި އާދަމް ނަސީރަށް މިނިސްޓްރީއެއް އުފައްދަވާ ދެއްވީއެވެ. 

ހަގީގަތުގައި އާދަމް ނަސީރު ކުރައްވަން އޮތީ ދިވެހި ބަހާ ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުން ކުރި މަސައްކަތްތަކެވެ. ދިވެހި ބަހުގެ އެކަޑަމީއަކާއި ގައުމީ އަރުޝީފަކާއި ގައުމީ ދާރުލް އަސާރެއް ހުއްޓާ އެ މިނިސްޓްރީން ކުރަން އޮންނާނީ ވަކީން ކޮންކަމެއް ހެއްޔެވެ. ގައުމީ ތަރިކައިގެ ކޮލެޖަކާއި ގައުމީ ތަރިކައިގެ މަރުކަޒަކާ ޗާޕްހާނާއެއް ހަދައިގެން ޖަހަން މިއުޅެނީ ކޮން ސަކަރާތެއް ހެއްޔެވެ. 

ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީއެއްގެ ތެރޭން ދިވެހި އަދަބިއްޔާތާއި ތާރީހާ ސަގާފަތާއި ގައުމީ ތަރިކައާއި ބެހޭ ދިރާސާތަކާއި އެނޫންވެސް ބަހާއި ސަގާފަތާއި ތަރިކައާއި ގުޅޭ އިލްމީ މަސައްކަތްތައް ކުރެވެން އެބައޮތެވެ. ސަރުކާރުގެ ޗާޕްހާނާއެއް ނުހެއްޖަސް ގައުމީ ދާރުލް އާސާރާއި ގައުމީ އަރުޝީފާއި ބަހުގެ އެކަޑަމީގެ ތެރެއިން ވަށާނުޖެހޭ ގައުމިއްޔަތެއް ނުއޮންނާނެއެވެ. ގުޅުންހުރި ކޮންމެވެސް މިނިސްޓރީއެއްގެ މޭންޑޭޓްގެ ތެރެއަށް ފައްތާލައިގެން އެކަންކަމުގެ ސިޔާސަތުތައް ކަޑައަޅާ ދެމެހެއްޓިދާނެއެވެ. ދައުލަތުގެ ހަރަދުތައް އަތްގުޅިނުކެއުން ނޫން އެހެން ކަމެއް އެ ކަމަކުން ނުވާނެއެވެ. 

]]>
Tue, 12 Dec 2023 11:24:48 +0500 ނިއުސް ޑެސްކް
މެޑިކަލް ޓޫރިޒަމާއި ސްޕޯޓްސް ޓޫރިޒަމްގެ ހޮޅި ސިޔާސަތު https://heerasnews.com/2033 https://heerasnews.com/2033 ފަތުރުވެރިކަން ރާއްޖޭގައި ފެށި ފުޅާވަމުން އައިގޮތުގެ މައުލޫމާތު ނިކަން ރަނގަޅަށް ސަރުކާރާ ހަވާލުވާ ބައެއްގައި ހުންނަން ޖެހެއެވެ. ފަތުރުވެރިކަން ފުޅާވަމުން އައި އައުމުގައި ހާސިލް ކުރެވިފައިހުރި ކާމިޔާބީތަކާއި އެ ކާމިޔާބީތައް ހޯދުމުގައި ކަންކޮށްފައިވާ ގޮތް އަކުރުން އަކުރަށް އެނގެން ޖެހެއެވެ. ހަމަ އެހެންމެ ސިނާއަތު ހިންގުމުގައި އެކިފަހަރު މަތިން އެޅިފައި ހުރި ޅައެއްޗިއްސާއި ޅައެއްޗެހި އެޅެން ދިމާވި ސަބަބުތައް އަކުރުން އަކުރަށް އެނގެން ޖެހެއެވެ. 

ޖުމްލަކޮށް މުޅި ގައުމަށް ތައާރަފް ކުރެވުނު އައު ކަންކަމަކީ ފަތުރުވެރިކަމަށް ކިހާވަރެއްގެ އަސަރެއް ކުރި ކަންކަން އެގެން ޖެހެއެވެ. އަމްދުން ފަތުރުވެރި ކަމަށް އަލަށް ތައާރަފް ކުރެވުނު ކަންކަމަކީ ރާއްޖޭގެ ވެށީގައި ނަގަހައްޓާ ދެމެހެއްޓޭ ކަންކަންތޯ ކަށަވަރުކުރެވިފައި އޮންނަން ޖެހެއެވެ. އަލަށް ކަމެއް ތައާރަފް ކުރާއިރު އެކަމުން ނިކުމެދާނެ ނަތީޖާ ވަޒަންކުރާން އެނގެން ޖެހެއެވެ.

ދުނިޔޭގެ ތަނެއްގައި ކުރާހާ ކަމެއް އެގޮތަށް ރާއްޖޭގެ ފަތުރުވެރިކަމުގައި ކުރެވޭނެތޯ ނުވަތަ ނޫންތޯ ދެނެގަންނަން އެނގެންޖެހެއެވެ. ކަންކަން ކުރެވެން އޮތް ނެތް ގޮތް ދެނެގަނެ ރަގަޅު ވަގުތުގައި ރަނގަޅު ފިޔަވަޅު އެޅުމުގެ ގާބިލުކަން ހުންނަން ޖެހެއެވެ. އަމްދުން ރާއްޖޭގެ ފަތުރުވެރި ކަމުގެ ވަޒީރަކީ ކަނޑުކޮހަކަށް ވެއްޖެނަމަ ފަތުރު ވެރިކަން ބޮކި ޖަހަފައި އަޑިއަށްވެސް ހިނގައިދާނެއެވެ.

މީހުން ކިޔާގޮތުން ރާއްޖޭގެ ޓޫރިޒަމް އައު އުސްމިން ތަކަކަށް ގެންދަން ކިނދު ނުފިލާ ޅަކުއްޖަކާ ހަވާލުކޮށްފިއެވެ. ދުވަހަކު ޕަބްލިކް އޮފީހެއް ހިންގުމުގެ ތަޖުރިބާއެއް ކޮށްފައިނެތް މީހަކާ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ހަވާލުކުރީމާ ނުވެ ނުދާނެ ގޮތް ފެންނާކަށް ލަހެއް ފަހެއް ނެތެވެ. ހަމަ އެކަނި ޔުނިވަރސިޓީ ޑިގްރީއެއް އޮތަކަސް ކަމަކު ނުދާނެއެވެ. ދާއިރާގެ އެންމެހާ ކަންކަމަށް އެމީހަކު ނިކަން ރަނގަޅަށް ލޯހުޅުވިފައި ހުންނަން ޖެހެއެވެ.

ފަތުރުވެރި ކަމުގައި ރާއްޖެ އޮތް ހިސާބުން ރާއްޖެއާ ވާދަކުރަނީ ސަރަހައްދީ ގައުމުތައް އެކަންޏެއް ނޫނެވެ. ދުނިޔޭގެ އެންމެ ނަންހިގާ ހުރިހާ ފަތުރުވެރި މަންޒިލެއް ވެސް ރާއްޖެއާ ވާދަކުރެއެވެ. ވާދަވެރިން ކޮށްލާ ކުޑަކުޑަ ކަމަކުންވެސް ރާއްޖޭގެ ފަތުރުވެރި ކަމަށް ލޮޅުން އަރުވާލެވޭވަރުގެ ނާޒުކް ސިނާއަތެއްގެ ގޮތުގައި ފަތުރުވެރިކަން އޮންނައިރު ރައްކާތެރި ވާންޖެހޭ ވަރަށް ގިނަކަންކަން ހުންނާނެއެވެ. ދަމަހައްޓަން ޖެހޭ އިތުބާރުތަކެއް ވެސް އޮންނާނެއެވެ.

ގައުމިއްޔަތޭ މިނިވަންކަމޭ ކިޔައިގެން ނުފޫޒުގަދަ ގައުމުތަކާ ޖެހިފިތި ބާރުވެގެން ފުރައްސާރަ ކުރަމުން ވެރިކަން ހޯދައިގެން މެޑިކަލް ޓޫރިޒަމޭ ސްޕޯރޓްސް ޓޫރިޒަމޭ ކިޔާ ވާހަކަ ދައްކާއިރު އެކަމަށް ގާއިމުކުރަން ޖެހޭ ވަސީލަތް ތަކާއި ފުރުސަތު އޮތްވަރު ހަމަ ރަނގަޅަށް ވެސް ވަޒަންކުރިން ހެއްޔެވެ. ކިހާ ހިސާބަކުން ކިހާ ބަޔަކު ބޭސްފަރުވާ ކުރަން ކިހާ އަވަހަކަށް މީހުން ގެނެވިދާނެ ހެއްޔެވެ. ދުނިޔޭގެ ފެންވަރުގައި ކުޅިވަރުތައް ބާއްވާލައިގެން ކަންކަން ކޮށްލާ މަންފާ ހޯދޭވަރުގެ ގާބިލުކަން ރާއްޖޭގައި އޮތީ ކިހާވަރަކަށް ހެއްޔެވެ. ޓޫރިޒަމް މިނިސްޓަރު ވިދާޅުވާ މެޑިކަލް ޓޫރިޒަމާއި ސްޕޯރޓްސް ޓޫރިޒަމްގެ ވާހަކައަކީ ވެރިކަމަށް އަންނަންވީ ހޮޅި ވައުދުތައް ކަހަލަ ހޮޅި ވާހަކައަކީ ހެއްޔެވެ.

]]>
Wed, 22 Nov 2023 10:44:10 +0500 ނިއުސް ޑެސްކް
ނަޝީދަށް އިތުބާރު އޮތުމަކީ ރައްޔިތުންނަށް އިތުބާރުނެތުން https://heerasnews.com/2032 https://heerasnews.com/2032 މީހަކަށް ރައީސް ނަޝީދުގެ ފުރިހަމަ އިތުބާރު އޮތުމަކީ އެމީހަކަށް ރައްޔިތުންގެ ފުރިހަމަ އިތުބާރު ނެތުމެވެ. ރައީސް ނަޝީދަކީ ރައްޔިތުންގެ އިތުބާރު އެންމެ ބޮޑަށް ގެއްލިފައިވާ އެކެކެވެ. ރައްޔިތުން އިތުބާރުކޮށް ހަވާލުކުރިހާ ކަމެެއްގައި ރައީސް ނަޝީދުވަނީ އިތުބާރު ގެއްލި ނިކަން ރަނގަޅަށް ފޭލިވެފައެވެ. 

މަލޭ ރައްޔިތުން އިތުބާރުކޮށް މާލޭ މެންބަރުކަން ހަވާލު ކުރީމާ ކުރީ ވައްކަމެވެ. ގެއްލުނީ މާލޭ ރައްޔިތުން ހަވާލުކުރި ގޮނޑިއެވެ. ކޮޅުފައިން ޖެހީ މާލޭ ރައްޔިތުން ކުރި އިތުބާރުގައެވެ.

ހާއްސަ މަޖިލީހުން ގޮނޑިއެއް ހޯދަން އއ، އުތުރުބުރިއަށް ކުރިމަތިލުމުން އެމީހުން ވެސް އިތުބާރުކޮށް ރައީސް ނަޝީދަށް އެގޮޑިއެއް ނުދިނެވެ. އޭގެ ފަހުން ރައްޔިތުން ކައިރިއަށް ވޯޓެއް ހޯދަން ފުރަތަމަވެސް ދިޔައީ 2008 ގައެވެ. ރައީސްކަމާ ގާތަށް އާދެވޭ ވަރަށް ވެސް ރައްޔިތުން ރައީސް ނަޝީދަށް ވޯޓެއް ނުދިނެވެ. ލިބުނީ ފަންސަވީހަކަށް ޕަސެންޓް ވޯޓެވެ. ދެވަނަ ބުރުައި ވެރިކަމަށް އާދެވުނީ ރައީސް މައުމޫނު ބާލަން ގާސިމް އިބުރާހީމާއި ޑރ، ހަސަން ސައީދާއި އަދާލަތާއި އިބްރާ އެމްޑީޕީއާއި ގުޅިގެން ކުރި ބުރަ މަސައްކަތުންނެވެ. ރައްޔިތުންނަަށް އިތުބާރެއް އޮވެގެނެއް ނޫނެވެ. އިތުބާރު ނުކުރިޔަސް ވަކަރަށް ޖަހާލަން ބަދަލަކަށް ބޭނުންވެފައި ތިބިވަރުން ރައީސްކަން ހަވާލު ކުރުމުން ނުހިފެހެއްޓިގެން ރައީސް ކަމުން އިސްތިއުފާ ދީފައި ނިކުމެ މުޅި ގައުމުގައި ޖެއްސުވީ ހުޅެވެ.

7 ފެބްރުއަރީ 2012 ގައި އެމްޑީޕީ މަގުމަތިކޮށްލާ ގެއްލުވާލި ވެރިކަމުގެ ޖަޒްބާތުަގައި ރައްޔިތުން ނުބައިމީސްކޮށްފައި ނިކުތީ 2013ގައި ވެރިކަން ހޯދާށެވެ. އެހެނެއް ކަމަކު ރައްޔިތުން އިތުބާރު ނުކޮށް ރައީސް ނަޝީދު ފައްސާ ނަގާލީއެވެ. އެވަރުންވެސް 2018ގެ އެމްޑީޕީގެ ރިޔާސީ ޓިކެޓް އޮބަހައްޓައިގެން ރައީސް ނަޝީދު އުޅުނީ އެމްޑީޕީން އިންތިހާބު ބޮއިކޮޓް ކުރުވާށެވެ. އެމްޑީޕީ އިތުރަށް މަގުމަތި ކުރުވާށެވެ، އެހެން ވިޔަނުދީ އެމްޑީޕީ ޓިކެޓްގައި ނެރެގެން ރާއްޖޭގެ ރައީސްކަން އިބޫއަށް ހޯދާ ދިނީ  ރައީސް ނަޝީދަށް އެއްވެސް އިތުބާރެއް ނުކުރާތީއެވެ.

އެންމެ ފަހުން އޮތް އިތުބާރު ކޮޅުވެސް  މަޖިލީހުގެ ރައީސް ކަމާއެކު ގެއްލި ނިމިއްޖެއެވެ. ޑރ ހައިދަރަށް ރައީސް ނަޝީދު އިތުބާރު ކުރުމަކީ މަޖިލީހުގެ އިތުބާރު ނެތުމަށް ނޫނީ ނުވާނެއެވެ. 

]]>
Tue, 21 Nov 2023 22:45:28 +0500 ނިއުސް ޑެސްކް
މާލޭ މޭޔަރު ކަމަށް ދެ އެޑަމް: އޮޅުވާނުލާތި. https://heerasnews.com/2026 https://heerasnews.com/2026 ހުސްވެފައިވާ މާލޭގެ މޭޔަރު ކަމަށް އެމްޑީޕީގައި ކިޔަމުން އަންނަ ނަންތައް ގިނަ ނޫނަސް 2 އެޑަމް އެއްގެ ނަން ކިޔާ އަޑު އެބަ އަހަމެވެ. 

ދެ އެޑަމަކީ ވެސް މާލެއަށް ނިސްބަތްވާ 2 އެޑަމެވެ. މީގެ ތެރޭން އެއް އެޑަމް މީހުން ގާތު ބުނަމުން ދަނީ ތިމަންނަ މޭޔަރު ކަމަށް ނުކުންނަނީ ރައީސް އިބޫ ވިދާޅުވެގެން ކަމަށެވެ. ނަމަވެސް މި ވާހަކަ މުޅިން ވެސް މިހެން ބުނަނީ އެހެން އެ ބުނާ އެޑަމްގެ އަނގައިން އެކަންޏެވެ. 

ރައީސް ޞޯލިޙް އެއްވެސް މީހެއްގާތު އެބުނާ އެޑަމެއްގެ ވާހަކަ ވިދާޅުވި އަޑުއެހި ކަންފަތެއް ނެތެވެ. މިސްކިތު ހުޅުޖެހި މީހާހެން މަށޭ ކިޔާހޭ ނޫނީ މަށޭ ކިޔާށޭ ކިޔަމުންދާ އެޑަމަކީ ޢާންމު ގޮތެއްގައި ވެސް އަމަލަށްވުރެ ބަސްގިނަ އަނގަގަދަ މިތުރު ކަހަލަ އެޑަމެކެވެ. 

ދެން ހުރި އެޑަމަކީ މާގިނަ ބަސްތައް ބުނާ ވާހަކަ ގިނަ އެޑަމެއް ނޫނެވެ. އެއީ އަނގަމަޑު މިތުރު ކަހަލަ އެޑަމެކެވެ. އަނގަ މަޑަކަސް ހަވާލު ކުރެވޭ މަސައްކަތް ކިތަންމެ ބޮޑުވެފައި ގިނަޔަސް ވަގުތަށް ކަންނިންމާ ކާމިޔާބު އެޑަމެއްގެ ގޮތުގައި ފަހުން މިބުނި އެޑަމް ފާހަގަވެއެވެ.

]]>
Mon, 20 Nov 2023 15:14:33 +0500 ނިއުސް ޑެސްކް
މުއިއްޒު ފަލަސްތީން ވާހަކަ ނުދެއްކީ ބިރުން https://heerasnews.com/2021 https://heerasnews.com/2021 ރައީސް މުއިއްޒުގެ ހާރިޖީ ސިޔާސަތަކީ ޕްރޯ މޯލްޑިވްސްއެވެ. ރައީސް މުއިއްޒަށް އެހެން ބަޔަކީ އެއްވެސް ބައެއް ނޫނެވެ. މަށަށް ނުވާ މޮޅެއް އެހެން ބަޔަކަށް ވެގެން ނުވާނެތާއެވެ. ފަލަސްތީނެއް ކަމަކު ވަރިހަމަތާއެވެ. ފަލަސްތީނައިގެން އުޅެގެން މޯލްޑިވްސް ޕްރޯ ވެވޭނީ ކިހިނެއް ހެއްޔެވެ. ފަލަސްތީނަކުން ލިބޭނެ އެއްޗެއް އޮންނަނީއެއް ނޫން ވިއްޔާއެވެ. ވިއްޔާވާނީ ގެއްލުމެއް ވިއްޔާއެވެ. އެއްޗެއް ލިބޭނީ އެމެރިކާއިންނެވެ.

ރައީސްކަމާ ހަވާލުވެވަޑައިގެން ދެއްވި ފުރަތަމަ ތަގުރީރުގައި ފަލަސްތީނުގެ ވާހަކަ ނުދެއްކެވީތީ ބަޔަކު ކަން ބޮޑުވިޔަސް ފަލަސްތީނުގެ ވާހަކަ އެތާ ދެއްކެވި ދާނެތީ ރައީސް މުއިއްޒު މާބޮޑަށް ކަންބޮޑުވެ ވަޑައިގަތެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ވާހަކަ ދައްކަން ހުންނެވި ޖަލްސާގައި އެމަނިކުފާނު ކުރިފުޅުމަތީ ކަނުލާ އަޑުއަހަން އެމެރިކާގެ ބޮޑު ވަފުދެއް އޮތްކަން ރައީސް މުއިއްޒަށް އެނގިވަޑައިގަނެއެވެ. މަތީ ފެންވަރުގެ ވަފުދެއް އެމެރިކާއިން އެ ރަސްމިއްޔާތަށް އަންނާނީ ގައިމު ކަމެއް ވެގެންތާއެވެ.

ފަލަސްތީނުގައި ނަސްލު ނައްތާލުމުގެ އަނިޔާވެރިކަން އިޒްރޭލުން ހިންގަނީ އެމެރިކާގެ ފުރިހަމަ އެއްބާރުލުން ލިބިގެން އެމީހުންގެ އެހީތެރިކަމުގައެވެ. އިޒްރޭލުގެ އަނިޔާވެރިކަން އެންމެ އަޑިން ފެށިގެން އެންމެ މައްޗަށްވެސް ގެންދެވެނީ އެމެރިކާއިން ކުރުވާތީއެވެ. މުޅި ދުނިޔެ އިއްތިފާގުވާ އެންމެ ބޮޑު ހަގީގަތަކީ އެއީއެވެ. އަނެއްކޮޅުން އެމެރިކާއާއި އިޒްރޭލުގެ ފޯކަހުގައި އަބަދުވެސް ރާއްޖެ އޮވެއެވެ. ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށް ވާތީއެވެ.

ފަލަސްތީނުގައި އިޒްރޭލުން މިހާރު ކުރިއަށް ގެންދާ އަނިޔާވެރިކަން އެންމެ ހޫނުވެގެން ދިޔަ ދަނޑިވަޅުގައި އިޒްރޭލުގެ ސަމާލުކަން ރާއްޖެއަށް ހުއްޓުނު ހުއްޓުމަކީ އާދައިގެ ކަމެއް ނޫނެވެ. އިޒްރޭލު ރައްޔިތުން ރާއްޖެއަށް ދަތުރުކުރުމަކީ އެމީހުނަށް ރައްކަތެރިކަމެއް ނޫންކަމަށް އިޒްރޭލުންވަނީ ރާއްޖެއާ ދެކޮޅަށް ޓްރެވަލް ބޭން އަޅާފައެވެ. ހަމަ އެޔާއެކު ކެނެޑާއިން ވެސް ރާއްޖެއަކީ ދަތުރުރަން ރައްކާތެރި ގައުމެއް ނޫންކަމަށް އޮތީ ނިންމާފައެވެ. ރާއްޖެއަކީ ބިރުވެރިތަނެއްގެ ގޮތުގައި ވަރަށް ތަފްސީލީ ގޮތެއްގައި ކެނެޑާއިން ވަނީ ސިފަކޮށްފައެވެ. 

ޒަމާނުއްސުރެ އިންޑިއާ ކަނޑުގެ ސަރަހައްދުގައި އެމެރިކާގެ އެޖެންޑާތައް ތަންފީޒު ކުރުވަނީ އިންޑިއާ މެދުވެރިކޮށެވެ. ވެދިޔަ ދިގު މާޒީގައި ރާއްޖޭގައި ހިނގަމުން އައީ އިންޑިއާ ފަސްޓް ޕޮލިސީއެވެ. އެހެން ކަމުން އާއްމު ގޮތެއްގައި ރާއްޖެގެ ކަންކަމުގައި ސީދާ އެމެރިކާއިން ބެހިއެއް ނޫޅެއެވެ.

އެހެން ނަމަވެސް ނިމިދިޔަ ސަރުކާރާ ދެކޮޅަށް ސިޔާސީ ވާދަވެރިން ހިންގި އިންޑިއާ އައުޓް ހަރަކާތަކީ ދުނިޔޭގެ ކުރި މަތީގައި ރާއްޖޭގެ މޫނު މަތި ބަދަލުކޮށްލި ހަރަކާތެވެ.

ޕީޕީއެމް - ޕީއެންސީ ހިންގި އިންޑިއާ އައުޓް ހަރަކާތަކީ އެމެރިކާއާއި ޔޫރަޕާއި އަރަބި ދުނިޔޭގައިވެސް ރާއްޖޭއަކީ އަމާންކަން ގެއްލިފައިވާ ތަނެއް ކަމަށް ވެގެން ދިޔަ ސަބަބެވެ. ކޮންމެ ވަގުތަކު ކޮންމެ ކަމެއްވެސް ރާއްޖޭގައި ހިނގާފާނެ ކަމަށް މިހާރު ދުނިޔެއިން ދެކެން ފަށައިފިއެވެ. 

ޕީޕީއެމް-ޕީއެންސީ ސަރުކާރަށް އައުމަށް އުޅެގަތް ގޮތުންނާއި އަމަލުކުރި ގޮތުން ރާއްޖެއަށް ކުރި އިތުބާރު ޕްރޮގްރެސިވް ކޯލިޝަންގެ އެއްވެސް ޕާޓީއަކަށް ދުނިޔެއަކުން ނުކުރެއެވެ. އެހެންކަމުން ޕީއެންސީ ސަރުކާރެއް ރާއްޖެއަށް އައުމަކީ އެމެރިކާގެ ކަން ބޮޑުވުން އިންތިހާއަށް ދިޔަކަމެކެވެ. އިންޑިއާ އައުޓާއި ޕްރޯ ޗައިނާ އަކީ އެމެރިކާ ގަބޫލުކުރާ ކަންކަމަށް ނުވާތީއެވެ. 

ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމަކަށްވެފައި މުޅި ދުނިޔޭގައި ފެށިފައިވާ އިޒްރޭލާ ދެކޮޅު ހެދުމުގެ ހަރަކާތަކީ ކޮންމެ ސަރުކާރެއް އޮތަސް ހިނގާނެ ހަރަކާތެއްކަން އެމެރިކާ ގަބޫލުކުރެއެވެ. އެހެން ކަމުން އާއްމު ވިސްނުމާ އެއްގޮތަށް ފަލަސްތީނާ ގުޅުން ހުރިކަންކަމުގައި ސަރުކާރުން އަމަލު ކުރިޔަ ނުދިނުމަކީ އެމެރިކާގެ ބޭނުމެކެވެ. ރައީސް މުއިއްޒު ހުވާކުރެއްވި ރަސްމިއްޔާތަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން އެހާ ބޮޑު އިސްކަމެއް ދެއްވީ އެހެން ވެގެނެވެ. ފަލަސްތީނުގެ ވާހަކަ ރައީސް މުއިއްޒު ނުދެއްކެވީ އެކަމާ ބިރުންނެވެ. 

]]>
Sun, 19 Nov 2023 00:57:42 +0500 ނިއުސް ޑެސްކް
ރައްޔިތުން މާފުދެއްވި ޔާމީނު އަދިވެސް ހައްޔަރުގަ؟ https://heerasnews.com/2018 https://heerasnews.com/2018 މިސުރުޚީ މިޖެހީ އެހެން ނޫހެއްގައި ރޭ އޮތް އެހެން ސުރުޚީއެއް ފެނިގެންނެވެ. އޭގައި އޮތީ " ޞޯލިޙް މާފް ދެއްވި އަދީބު ރާއްޖޭން ފުރާވަޑައިގެންފި" މިހެންނެވެ. 

އެންމެ ފުރަތަމަ ބަލާލަންވީ މާފު ދެއްވި ކަމަށް އެބުނާ ޞޯލިޙަކީ ކާކުތޯއެވެ. އެއީ ފުއްކަފަ ޞޯލިޙްތޯ ނޫނީ ވަކައޮޅި ޞޯލިޙްތޯ ނުވަތަ ކޮން ޞޯލިޙެއްތޯއެވެ. އަސްތާއެވެ. އެބުނާ ޞޯލިޙަކީ އިއްޔެގެ ކުރީގެ ރައީސް އިބްރާޙީމް މުހަންމަދު ޞޯލިހެވެ.  

އޯކޭއެވެ. އެބުނާ މަޢާފެއް ދެއްވީ ހަމަ ތާކުހުރި ސޮހޮލިހެއް ނޫނެވެ. އެއީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް 5 އަހަރަށް ރައްޔިތުން އިންތިޚާބް ކުރި ޅ. ހިންނަވަރު ނޫރާނީއާގޭ އިބްރާހިމް މުޙަންމަދު ޞޯލިޙެވެ.

ޖަލުތަކާ ޕެރޯލް ގާނޫން ބުނާ ގޮތުން އިއްވާފައިވާ ހުކުމުގެ 4 ބައި ކުޅަ އެއްބަައި ތަންފީޒުވީމާ އެމީހެއްގެ ހުކުމުގެ ބާކީ އެހިނދަކު ހުރި ރައީސަކަށް މާފު ކުރެވޭ ގޮތްތަށް އެގާނޫނުގައި އެބައޮތެވެ.

މިބުނާ ގާނޫނު މިގޮތަށް ފާސް ކުރީ ރައީސް ޔާމީންގެ ވެރިކަމުގައެވެ. އަދީބަށް އިއްވާފައި އޮތް ހުކުމުގެ 4 ބައިކުޅަ އެއްބަޔަކީ 5 އަހަރެވެ. ޕެރޯލް ގާނޫނުން ކުރީގެ ރައީސް އިބޫ އަދީބަށް މަޢާފް ދެއްވީ އެ ގާނޫނު ބުނާ 5 އަހަރު ހަމަވެ، ދެންވީ އެއްޗެއްވެ އިތުރު 3 އަހަރު ވެސް ފާއިތުވެ ހުކުމް ތަންފީޒު ކުރާތާ ޖުމްލަ 8 އަހަރުވި ފަހުންނެވެ. ދެން ކޮން ޞޯލިހް މަައާފް ދެއްވި އަދީބެކޭ ކިޔާކަށް ހެއްޔެވެ. އެއަށްވުރެ ރީތި ވާނީ ރައްޔިތުން މަޖިލީހުން ފާސްކޮށް ޔާމީނު ތަސްދީގު ކުރި ޖަލުތަކާ ޕެރޯލް ގާނޫނުން މައާފް ދިން އަދީބޭ ކިއުމެވެ.

އަދީބު މިނިވަން ވުމަށްވުރެ ބޮޑީ ރައްޔިތުންގެ 54 އިންސައްތަ މައާފް ދިން ފަހުން ވެސް މިނިވަންނުވެ ހައްޔަރުގައ އެހެން މީހަކު ހުރިކަންތަކެވެ.

ރީތިކޮށް ބުނެބަލާށެވެ. މިހާރުގެ ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަން މުޅި ގަައުމުގައި ތަތްކުރި ޕޯސްޓަރުގަައި އެމަނިކުފާނުގެ ފޮޓޯ ފުޅަށްވުރެ ކުރީގަައި ބޮޑުކޮށް ފެންނަން ހުރީ ރައީސް ޔާމީންގެ ފޮޓޯފުޅެއް ނޫންހެއްޔެވެ؟ 

ފަސްނުޖެހި ލަދު ނުގަނެ ރީތިކޮން ބުނާށެވެ. މިބުނީ 100 ޕަސެންޓް ތެދުވާހަކައެއް ނޫން ހެއްޔެވެ؟ އަދި ބުނާށެވެ. ރައީސް ޔާމީނަށް ކޮށްފަައިވަނީ ހަރާން ހުކުމެއް ވީމާ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަނީ ރައީސް ޔާމީން މިނިވަން ކުރައްވަން ކަމަށް ތަކުރާރުކޮށް ރާއްޖޭގެ އެތަން މިތަނުގައި ވިދާޅެއް ނުވޭ ހެއްޔެވެ؟  

އޭމިތިބަ އަޞުރުމާ ކުލައިގެ ފިޔާތޮށި އަޅުތަކުންނޭވެ! ޑރ. މުއިއްޒު ވެރިކަމަށް ހޮވުނީ އެމަނިކުފާނުގެ މިދެންނެވި ބަސްފުޅު ތަކަށް އިތުބާރުކޮށް ތިޔަބައިމީހުން ދިން ވޯޓުންނެވެ. 

ރައީސް ކަމަށް ހޮވުނު ހިސާބުން ތިޔައިގެ ބައެއް މީހުން ޢިއްޒަތާ މަގާމާ ހެދި ކެމްޕޭނުގައި ދެއްކި ވާހަކަ ތަކާއި ރައީސް ޔާމީންގެ މަތިން މުޅިން ހަނދާން ނައްތާލައިފިއެވެ. އެކަމު ތިޔައިގެ ގިނަ މީހުން އަދިވެސް ތިޔަ އިންތިޒާރު ކުރަނީ ރައީސް ޔާމީނު މިނިވަން ވާނެ ދުވަހަކަށެވެ.

ދިން ވޯޓަކީ އެމަނިކުފާނަށް ދިން މަޢާފެވެ. އެހެނެއް ކަމަކު ތިމައުރެން ހޮވި މުއިއްޒު މާދަމާ އެންގެވިޔަސް ރައީސް ޔާމީނު އޮންނަވަން ޖެހޭނީ މާފުށީ ޖަލުގައި އެހެރަ ޔުނިޓް 13 ކިޔާ ތިނެސްކަން ކަށިނަރުދެމި އުސްފާރު ތަކުގެ އެތެރޭގައެވެ.

ފިޔާތޮށި ބަޅުރުކާ މަޑުނޫ އަދި ދުނިޔޭގައި ނުވެސް ލައްވާ އުދުހޭ އަސްދޫނީގެ ލޯގޯ ކިތަންމެ ކައިރި ކައިރީގައި ޖަހައިގެން މަޖިލިސް ކެމްޕޭނަށް ބޮޑު ހީލަތެއް ރޭވިޔަސް ތިޔައީ މުޅިން ދެބައެކެވެ. ގޮނޑި ހޯދަން ދެކުލަ އެއްކުރަނީ ނިމުނު އިންތިޚާބްގައި ޕީޕީއެމަށް ދިން ލަގާ މަލަރު ކުރަން ވެގެންނެވެ.

އަދިވެސް، ދެންވެސް ރައީސް ޔާމީނާއި ޕީޕީއެމަށް ރަނގަޅެއް ވާން ބޭނުމިއްޔާ ސީދާ އަސުރުމާ ކެންޑިޑޭޓުންނަށް މުޅިން ވަކިން ވޯޓްދޭށެވެ.

ދުނިޔެ އޮންނަނީ ވައްކޮށް އެނބުރި އެނބުރިއެވެ. ހިނގަހިނގާފައި ވެސް މިތަނުގަައި ހިނގާނީ ދާދި އެއް ކަމެކެވެ. ރައީސް ނަޝީދާއި ރައީސް އިބޫ ވަކިވެ އެމްޑީޕީ އާއި ޑިމޮކްރެޓްސް އުފެދުނު ގޮތަށް، ކިތަންމެ ނޫން ކަމަށް ހެދުނަސް ދެން އަމުދުން ރައީސް މުއިއްޒާއި ރައީސް ޔާމީނު އެކެއް ނުވާނެއެވެ. 

ފިތިބާރުވެގެން ދެ ލޯގޯ އިނަސް ތިޔައީ މުޅިން ދެޕާރޓީއެވެ. ޕީއެންސީ މިހާރު އެކުރާ ކަމަކީ ޕީޕީއެމާ އެއްބައެއް ކަމަށް ދައްކައިގެން މެމްބަރުން ހައްލައިގެން މަޖިލިސް ގޮނޑިތައް ނަގާ ބާރުތައް އަތަށް ޖަމާ ކުރުމުގެ މަސައްކަތެވެ. އެބާރު ޕީއެންސީއަށް ލިބޭ އިރު ޕީޕީއެމާއި ރައީސް ޔާމީނު ވެސް ހޯދާ ނުފެންނާނެއެވެ.  

މިއީ ލިޔާނެ އެއްޗެއް ނެތިގެން ލިޔާ ހާސަރެއް ނޫނެވެ. ބުނެބަލާށެވެ. އެވަރުގަދަ ރައީސް މައުމޫނާ އެބޮޑު ޑީއާރުޕީ ހުދުކާފޫރަށްވެ ހުލި ނުވޭހެއްޔެވެ؟ މުޅި ގައުމު ވަޖިދުވި ރައީސް ނަޝީދު އެހުރީ ޑިމޮކްރެޓްސް ކިޔާ ކުޑަކުޑަ ބޮއްކުރާ ގަނޑެއްގައި ނޫންހެއްޔެވެ؟

މިދައްކަނީ ދުނިޔެ ދަަައްކާ ހަގީގަތުގެ ވާހަކައެވެ. އިންޑިއާ ސިފައިން ރާއްޖޭގައި ނެތް ކަމަށް ވިދާޅުވި ޖެނެރަލް އަބްދުއްރަހީމަށް ހުވާ ކުރުމާ އެކު ސިފައިންގެ ވެރިކަން ދެއްވައިފިއެވެ. އޭރުވެސް ޖެނެރަލް ޢަބްދުއްރަހީމް އެ ވިދާޅުވީ ރަނގަޅަށެވެ. ޕީޕީއެމް މީހުން ބޮނޑިބޮއެގެން ތިޔަ ތިބީ ޖެނެރަލް ޢަބްދުއްރަހީމްގެ ބަސްގަބޫލު ނުކޮށް ފޮނަދޫ ޢަބްދުއްރަހީމަށް ހެއްލުނީމައެވެ. 

ތިބާހުން ވޯޓުދިނީ ރައީސް ޔާމީން މިނިވަން ކުރާށެވެ. ރައީސް ޑރ. މުހަންމަދު މުއިއްޒު އެކަން ކޮށްފިއްޔާ ހީރަސް ނޫހުގައި ލިއުން ހުއްޓާާލާނަމެވެ. ސާފުކޮށް ޕީޕީއެމް މީހުން ގާތުބުނަމެވެ. ހާސް ބަހަނާ ދައްކައިގެން ވެސް މުއިއްޒު ޔާމީނު މިނިވަނެއް ނުކުރާނެއެވެ.

]]>
Sat, 18 Nov 2023 14:41:10 +0500 ނިއުސް ޑެސްކް
ސައުދީގެ ޚާއްސަ މެހެމާންދާރީގާ އަދީބް ބްރޯ އުމްރާއަށް https://heerasnews.com/2016 https://heerasnews.com/2016 މުއުތަބަރު މަޢުލޫމާތު ބުނާ ގޮތުން ކުރީގެ ނައިބް ރައީސް އަދި މޯލްޑިވްސް ތާރޑްވޭ ޑިމޮކްރަސީގެ ލީޑަރ އަޙްމަދު އަދީބާ އެ މަނިކުފާނުގެ އަނބިކަނބަލުން މަރްޔަމް ނަޝްވާ މި ވަގުތު ވަނީ ޢުމްރާ ދަތުރުފުޅެއްގައި މައްކާގެ ޙަރަމަށް ވަޑައިގަތުމުގެ ދަތުރުފުޅެއްގައެވެ. އަދި އެދެކަނބަލުންގެ މިޢުމްރާ ދަތުރުފުޅަކީ ސަޢުދީ ރޯޔަލް ފެމެލީ މެމްބަރެއްގެ ޚާއްޞަ މެހެމާންދާރީގައި އަދާ ކުރައްވާ ޢުމްރާގެ އަޅުކަމުގެ ދަތުރުފުޅެއް ކަމުގެ މަޢުލޫމާތު ވަނީ ލިބިފައެވެ. 

މަޢުލޫމާތު ލިބޭ ގޮތުން ޢުމްރާގެ އަޅުކަމަށްފަހު އެ ދެކަނބަލުން ޗުއްޓީ ދަތުރުފުޅެއްގައި މޯލްޓާއަށް ވަޑައިގަންނަވާނެއެވެ. އަޑު އަރާފައިވާ ގޮތުން މޯލްޓާއަކީ އެތަށް ބިލިއަން ޑޮލަރެއްގެ ވިޔަފާރި އަހުމަދު އަދީބާ ގުޅިގެން ހިނގާ ގައުމެކެވެ. 

ކަށަވަރު ނުކުރެވޭ ބައެއް މަޢުލޫމާތުން އެނގޭ ގޮތުގައި އަހުމަދު އަދީބުގެ ދެކަނބަލުން ވަނީ ޑުއަލް ސިޓިޒަންޝިޕްގެ ދަށުން ރާއްޖެ ނޫން ރަށްވެހިކަމުގެ ޕާސްޕޯރޓް ވެސް މާކުރިން ހޯއްދަވާފައެވެ. 

ތަންފީޒު ކުރެއްވި ހުކުމްތަކަށް 8 އަހަރު ފަހަނަ އަޅާފައިވުމުން ޖަލުތަކާ ޕެރޯލްގެ ގާނޫންގެ ދަށުން ކުރީގެ ރައީސުލްޖުމްހޫރިއްޔާ ވަނީ އަހުމަދު އަދީބާ ޒިޔަތުގެ ޙުކުމްގެ ބާކީ މާފު ކުރައްވާފައެވެ. 

ރައީސް ޑރ. މުއިއްޒު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމުން އަހުމަދު އަދީބްގެ ޕާޓީން ރައީސް މުއިއްޒަށް ވަނީ މަރުޙަބާ ވެސް ކިޔާފައެވެ. 

އެނގިފައިވާ ގޮތުން ރާއްޖޭގެ ސިޔާސީ ކަންކަމަށްވުރެ ބޮޑަށް އަހުމަދު އަދީބް މިވަގުތު އިސްކަން ދެއްވަނީ އެމަނިކުފާނުގެ އެހެނިހެން މަސައްކަތްޕުޅު ތަކަށެވެ.

]]>
Sat, 18 Nov 2023 01:13:12 +0500 ނިއުސް ޑެސްކް
އިންޑިއާ ސިފައިން ނެތްކަމަށް މުއިއްޒު ގަބޫލުކުރައްވައިފި https://heerasnews.com/2015 https://heerasnews.com/2015 ރާއްޖޭގައި އިންޑިއާ ސިފައިން ނެތް ކަމަށާ، ރާއްޖޭގެ ސަލާމަތާ ސިޔާދަތީ މިނިވަންކަން ދިފާޢު ކުރުމުގެ ފުރިހަމަ ބާރު ދިވެހި އަސްކަރިއްޔާ އަށް އޮތް ކަމަށް ޢަބްދުއްރަޙީމް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވިޔަސް، ރައީސް މުޢިއްޒު އޭރު އެވާހަކަ ގަބޫލެއް ނުކުރައްވައެވެ.  

ޖެނެރަލް ޢަބްދުއްރަޙީމް އެހެން ވިދާޅުވާއިރަށް ފޮނަދޫ ޢަބްދުއްރަޙީމް އެވާހަކަ ދޮގުކުރައްވައެވެ. ދިވެހިސިފައިންގެ ބަހަށް އިތުބާރު ނުކުރެއްވި ބޭފުޅަކު ސިފައިންގެ އެންމެ މަތީ ވެރިޔާއަށް ވެއްޖެއެވެ. ރައީސް މުއިއްޒު ހުވާ ކުރައްވާ މާގިނައިރެއް ނުވެ ސިފައިންގެ ވެރިކަން އެދެއްވީ އެވިދާޅުވާ އިންޑިއާ ސިފައިން ރާއްޖޭގައި ނެތްކަމަށް އޭރުވެސް މިހާރުވެސް ވިދާޅުވާ ޖެނެރަލް ޢަބްދުއްރަޙީމަށެވެ. 

ޢަބްދުއްރަހީމް އަރިހު މާދަމާ އެސުވާލު ކުރެއްވިޔަސް ދެއްވާނީ ކުރިންވެސް ދެއްވި ޖަވާބެވެ. ސަބަބަކީ މަގާމު ދެއްވިޔަސް ނުދެއްވިޔަސް ހަގީގަތް ބަދަލެއް ނުވެއެވެ. ވީމާ ދިވެހިސިފައިންނާ ޖެނެރަލް ޢަބްދުއްރަޙީމް ބަދަލެއް ނުވެއެވެ. ބަދަލުމިވީ ފޮނަދޫ ޢަބްދުއްރަޙީމާ ، ރައީސް ޑރ މުއިއްޒެވެ.

އޭރުވެސް މިހާރުވެސް އަދި މީގެ ފަހުން ވެސް ރާއްޖެއަކީ އަމިއްލަވަންތަ މިނިވަން މުސްތަގިއްލު އިސްލާމީ ދައުލަތެކެވެ.

ދިވެހި ދިދައާ މުޚާތަބް ކޮށް ޑްރާމާ ބަސްތަކެއް އިއްވީމާ އެ އަވާގަައި ހުރިހާ އެންމެނަކު ނުޖެހޭނެ އެވެ. 

ޖަމާދާތުގެ ތަކެއްޗަށް މުޚާތަބްކޮށް ދެންނެވުމާ ، މަހާނަމަތީ މާފަތި އަޅައިގެން ރުއިމަކީ ބާވަތެއްގެ ޝިރުކެއް ކަމަށް ދެކޭ ޢިލްމުވެރިން އުޅެއެވެ. 

ގައުމީ ވިޔަސް، އަމިއްލަ ޕާޓީއާ ކްލަބް ޖަމިއްޔާކަމަށް ވިޔަސް، ޖައްވުގައި ވިހުރޭ ފޮތީގެ ދިދައަކަށް މުޚާތަބް ކޮށް ދެންނެވުމަކީ ދީނީ ގޮތުން ކޮންކަހަލަ ކަމެއްކަން ބުނެދޭނީ ދީނީ ޢިލްމުވެރިންނެވެ.

]]>
Fri, 17 Nov 2023 22:16:47 +0500 ނިއުސް ޑެސްކް
މުއިއްޒާއެކު ދައުލަތް ޑެޑްލޮކަށް https://heerasnews.com/1952 https://heerasnews.com/1952 ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ ކޮޅެއްގައި ނުޖެހިއްޖެ ނަމަ ދައުލަތް ހުއްޓުމަކަށް ދާތަން އެބަ ފެނެއެވެ. އިންތިހާބީ ރައީސް ވަށައިގެން ބަނދެވޭތަން އެބަ ފެނެއެވެ. ވަށަވަށައިގެން ހިނގާހާ ކަންކަމުން ފެންނަމުން ދަނީ އެމަންޒަރެވެ. ގަބޫލު ކުރަން ބޭނުން ނުވިޔަސް ކުރިމަތިވަމުން އަންނާތީ މިފެންނަނީ ދައުލަތް ޑެޑްލޮކަށް ދާތަނެވެ.   

ކުރިއަށް އޮތީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެސް ފަސޭހަފުޅު ދުވަސްތަކަކަށް ނުވާނެއެވެ. ހަމަޖެހިފައި އޮތްގޮތުން އިންތިހާބީ ރައީސް ގާނޫނީ ހުވާކުރައްވާނީ 17 ނޮވެންބަރގައެވެ. ހުވާ ކުރެއްވުމުގެ އިންތިޒާމުތައް ރަސްމީކޮށް ހިންގާ ފަރާތަކީ ރައްޔިތުންގެ މަޖިލީހެވެ. އިންތިހާބީ ރައީސް ހުވާކުރުމާ ގުޅޭގޮތުން މަޖިލީހުން ހިންގަންޖެހޭ އިދާރީ ކަންކަން މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރެއްވުމަށް ގާނޫނީ ހުރަހެއް ރައީސް ނަޝީދަށް ނެތަސް އިތުބާރު ނެތްކަމަށް ހުށަހެޅިފައިވާ ރައީސަކަށް ވާތީ މަޖިލީހުގެ ޖަލްސާއެއްގައި ނިންމަން ޖެހޭ އެއްވެސް ކަމެއް ރައީސްގެ އިތުބާރުގެ މައްސަލައެއް ހުށަހެޅިފައި އޮއްވާ ނުނިންމޭނެ ކަމަށް ގާނޫނު ބުނެއެވެ.  

މަޖިލީހުގެ ރިޔާސަތުގައި ރައީސް ނަޝީދު އިންނެވުމަށް 49 މެންބަރުން ދެކޮޅެވެ. މަޖިލީހުގެ ގަވައިދާ އެއްގޮތަށް ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށް 49 މެންބަރުން ސޮއިކޮށް އިތުބާރު ނެތްކަމުގެ ގަރާރު ހުށައެޅުމުން އިތުބާރު އޮތްތޯބެލުމަށް ވޯޓުނަގާ ޖަލްސާ ބޭއްވުން ނޫން ހުރިހާ އިޖުރާތެއް ވަނީ ފުރިހަމަ ކޮށް ނިމިފައެވެ. އެހެނަސް ރައީސް ނަޝީދު މަގާމުގައި ދެމިހުންނެވުމަށް އެ ގެންދަވަނީ ކުރެއްވުނުހާ ކަމެއް ރޭވުންތެރި ކަމާއެކު އުސޫލާއި ގާނޫނުގެ ބޭރުން ކުރައް ވަމުންނެވެ. ހުރިހާ ދެރަޔަކާ ގެއްލުމެއް ދިވެހި ދައުލަތަށެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކޮޅެއްގައި ނުޖެހި އެ ދަނީ 17 ނޮވެންބަރާ ކައިރި ވަމުންނެވެ. އެ ދުވަހަކީ އިންތިހާބީ ރައީސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ގާނޫނީ ހުވާކުރެއްވުމަށް ކަނޑައެޅިފައިވާ ދުވަހެވެ. އާނއެކެވެ. އިންތިހާބީ ރައީސް ގާނޫނީ ހުވާ ކުރައްވަން ޖެހެނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައެވެ. އެހެން އެކަން އޮތަސް 17 ނޮވެންބަރުގައި މަޖިލީހުގެ ޖަލްސާއެއް ބޭއްވިދާނެ ބާވައެވެ.

ގާނޫނާއި ގަވައިދު ބުނާ ގޮތުން މަޖިލީހުން އިތުބާރު ނެތްކަމުގެ މައްސަލަ ނޫން އެހެން ކަމެއް ނިންމަންވާނީ މަޖިލީހުގެ ރައީސްގެ މައްޗަށް ހުށަހެޅިފައި އޮތް އިތުބާރު ނެތްކަމުގެ މައްސަލަ ނިންމާފައެވެ. ރައީސްގެ އިތުބާރުނެތް ކަމަށް ހުށަހެޅިފައިވާ މައްސަލަ ނުނިންމާ އެހެން ކަމެއް މަޖިލީހުން ނުނިންމޭނެތީ އިންތިހާބީ ރައީސް ހުވާ ކުރެއްވުމަށް ވިޔަސް މަޖިލީހުގެ ޖަލްސާއެއް ނުބޭއްވޭނެ ކަމަށް ގާނޫނީ މާހިރުން ބުނެއެވެ. އެހެން ކަމަށް ވާނަމަ މަޖިލީހުގެ ރައީސްގެ އިތުބާރުގެ މައްސަލަ ނުނިންމާ މަޖިލީހުގެ ޖަލްސާއެއް ބާއްވައިގެން އެއްވެސް ކަމެއް (ހުވާ ކުރުން ވިޔަސް) ނިންމުމުގެ ގާނޫނީ ސައްހަކަމެއް ނުއޮންނާނެއެވެ. މަޖިލީހުގެ މެޖޯރިޓީގެ ޕީޖީ ގްރޫޕުން އެބުނަނީ އެވާހަކައެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ނުނިންމާ އައު ރައީސްގެ ކެބިނެޓަށް ރުހުން ދިނުމުގެ ޖަލްސާއެއް ވެސް މަޖިލީހުގައި ނުބޭއްވޭނެއެވެ. އިތުބާރުނެތް ރައީސަކު ރިޔާސަތުގައި އިނދެ ބާއްވާ ޖަލްސާއެއްގައި ހުވާކުރައްވާ ރައީސުލްޖުމްހޫރިއްޔާ ދައުލަތް ހިންގުމާއި ރުހުންނެތް ކެބިނެޓަކުން ސަރުކާރު ހިންގުމުގެ ގާނޫނީ ސައްހަކަމާ މެދު އުފެދޭ މައްސަލަތަކަކީ އިންތިހާބީ ރައީސްއަށް ވެސް އަދި ދައުލަތަށްވެސް ހައްލު ނުކުރެވޭ ވަރުގެ ބޮޑު ގޮންޖެހުމަކަށް ވާނެއެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ނުނިންމާ އޮތުމުން ކުރިއަށް އޮތް އަހަރަށް ފާސްކުރަންޖެހޭ ބަޖެޓް ފާސް ނުކުރެވިގެން ދައުލަތް ހުއްޓުމަކަށް ދިއުމުގެ ބިރު ވަކީން ކުޑައެއް ނޫނެވެ.  

]]>
Sun, 29 Oct 2023 17:22:50 +0500 ނިއުސް ޑެސްކް
ސަލަފާ ޑްރަގް ލޯޑުން ގުޅިގެން ހިންގާނީ ކަންދަހާރީންގެ ވެރިކަމެއް https://heerasnews.com/1859 https://heerasnews.com/1859 ދިވެހި ރާއްޖެއަކީ ސައްތައިން ސައްޠަ އިސްލާމީ ގައުމެކެވެ. އެހެނެއް ކަމަކު ފަސް ވަގުތު ނަމާދު ނުކުރާ މީހުން ބައިވަރެވެ. ފަރުލު ކުރެއްވި ރޯދަ ނުހިފާ މީހުން އުޅެއެވެ. ޒަކާތް ނުދޭ މީހުން މަދެއްނޫނެވެ. 

ރާބުއިމުގައި މުޅި ހަޔާތް ހޭދަކޮށްލަނި އެތައް ބައެކެވެ. ޒިނޭ ކުރުމަކީ މޮޅު ކާމިޔާބެއް ކަމަކަށް ދެކެނީ މަދުބައެއް ނޫނެވެ. ރިބާ ކެއުމާ ރިބާ ދިނުމަކީ ވިޔަފާރީގެ ރުކުނެކެވެ. އޮޅުވާލުމާ މަކަރާ ހީލަތް ހެދުމަކީ ފެޝަނެވެ. ޑްރަގު ނެގުމަކީ ކުށަކަށް ނުވެ ބައްޔަކަށްވެ ނިމިއްޖެއެވެ. 

ވައްކަމާ ހިޔާނާތާ ފޭރުމަކީ އާދައިގެ ކަންކަމެވެ. ނެތި މޮށުމާއި ދޮގު ހެދުމާ ދޮގު ފެތުރުމަކީ ނުކޮށް ނުވާވަރުގެ ގަދަކަމަކަށް ވެއްޖެއެވެ. އެއް ޖިންސުން ގުޅުން ހިންގުމަކީ ހައްގެއް ކަމުގައި ދެކޭ މީހުން ދަނީ އިތުރު ވަމުންނެވެ. ވައްކަން ކުރުމާއި ފޭރުމާއި މަރާމާރީއަކީ އާދައިގެ ކަންކަމެވެ. މާރާ މާރީއާއި މީހުން މެރުމަކީ ޖެހެލުންވާ ކަމަކަށް ނުވެއެވެ. ހަށިވިއްކުމަކީ ތެރަޕީއެކެވެ. ޓެރެރިޒަމާއި ދީނުގެ ނަމުގައި ހައްދު ފަހަނަ އެޅުން އެވަރެވެ. އިސްލާމު ދީނަށް ފުރައްސާރަ ކުރުމަކީ ވަކީން ކުޑަކަމެއް ނޫނެވެ. މިހެން ކިޔާފާ ނުކިޔާނެ ވަކި ކަމެއް މި މުޖުތަމައުގައި ނެތެވެ. 

ގައުމުގެ ހާލަތު މި ދަރަޖައަށް ވެއްޓުނީ އެއް އަހަރަކުން ދެ އަހަރަކުން ނޫނެވެ. ތުހުމަތުގެ އިނގިލި ދިއްކޮށްފާ ނުކުރާނެ ވަކި ސަރުކާރެއް ނެތެވެ. ރައީސް މައުމޫނުގެ 30 އަހަރުގެ ވެރިކަން ނިމުމަކަށް ގެނައީ ދީނީ އިލްމުވެރިންގެ އެތައް ބަޔަކު ނިކުމެ ރައީސް މައުމޫނު ޠާގޫތަކަށް ހަދައިގެންނެވެ. ރައީސް ނަޝީދު ވެރިކަމުން ވައްޓާލީ ލާދީނީ ސަރުކާރަކަށް ވެގެން އިސްލާމް ދީނުގެ ނަމުގައެވެ. ރައީސް ވަހީދުގެ ބައި ދައުރާއި ރައީސް ޔާމީނުގެ ފަސް އަހަރަކީ ސްޓޭޓް ސްޕޮންސަރޑް ( ސަރުކާރުން ރާވާ ހިންގި) ހިޔާނާތާއި މާރާމާރީއާއި އަނިޔާއާއި ރިޝްވަތާއި ކޮރަޕްޝަންގެ ރަންޒަމާނެކެވެ. މީހަކު މަގުމައްޗަށް ނިކުމެފާ ސަލާމަތުން އެނބުރި ގެއަށް ވަދެވޭނެ ކަމުގެ ޔަގީންކަން ނެތްވަރަށް އޭރު ބިރުވެރިކަން ވަނީ އާއްމުވެފައެވެ. މިހާރު މިއޮތް ސަރުކާރަށް ގައުމުގެ ކަންކަން ހިންގަން ލިބުނު އިރު ގައުމަށް ވަނީ ވާނެ ހައެއްޗެއް ވެފައެވެ.

މި ސަރުކާރަށް ފުރަތަމަ ޖެހުނީ ފެތުރިފައިވާ ނާމާން ކަމާ ބިރުވެރިކަން ނައްތާލުމަށް މަސައްކަތް ކުރާށެވެ. ދީނުގެ ނަމުގައި ހައްދު ފަހަނަ އެޅުމާއި އާއްމުވެފައިވާ އަނިޔާވެރި ކަމުން އަމާން ވެއްޓެއް ހޯދާދޭށެވެ. ދީނުގެ ނަމުގައި ހައްދު ފަހަނައެޅުމާ ދީނަށް ފުރައްސާރަ ކުރުން އާއްމުވެފާ އޮތް އޮތުން ނިމުމަކަށް ގެނައުމަށް ސުލްހަވެރިކަމާއެކު މަސައްކަތް ކުރާށެވެ. މިސަރުކާރާ ހަމައަށް އައިއިރުވެސް ވަކިސަރުކާރެއްގައި އެކަނި ލާދީނީ ސިއްކަ ޖެހޭ ވަރަށްވުރެ މުޅި ގައުމާއި ދައުލަތް އޮތީ ހަރާބުގެ މަގުގައެވެ. މިއަދު ސިޔާސީ ބޭނުމުގައި ވަކި ބަޔަކު ވެރިކަމަށް އައުމުން  ނޫނީ އިސްލާމް ދިން ނުނެގެހެއްޓޭނެ ވާހަކަ ދައްކަނީ ވެރިކަމުގެ ދަހިވެތި ކަމުގާ ހީލަތާ މަކަރުންނެވެ. 

ޑރ. މުއިއްޒު ވެރިކަމަށް ގެނެސްގެން ކުރިއަރުވާ ދެމެހެއްޓޭނީ ވަކިން ކޮން އިސްލާމު ދީނެއް ހެއްޔެވެ. ދައުލަތް ހިންގުމުގެ އެންމެ އިސް ސަފުގާ މުއިއްޒު ބައިވެރިވާ ދެ ވެރިކަމެއްގެ 7 އަހަރު ދިވެހިން ތަޖުރިބާ ކޮށްފިއެވެ. ރާއްޖޭގައި ބަނގުރާ ނުހުއްޓުވައެވެ. ރިބާ އާއްންމެވެ. ނާސިގެތައް ހިންގުން އިންތިހާއެވެ. ބޮޑުވެގެން މީހުން ނުކުރާ ފާފައެއް ގައުމުގާ ނެތެވެ. މުންކަރާތް ނަހީކުރުވި ތަނެއް ހުއްޓުވި ތަނެއް ނުފެނެއެވެ. އަވަދިނެތި އުޅުނީ ދައުލަތް ދަވާލުމާ ލޫޓުވުމުގައެވެ. ރިޝްވަތާއި ހިޔާނާތާއި މަނީ ލޯންޑް ކުރުމުގައެވެ. މީހުން މެރުމާއި ވަގައްނެގުމާ ރަހީނުކުރުމާ ގެއްލުވާލުން އޮތީ އާއްމުވެފައެވެ. ޑްރަގް ލޯޑަރުންނަށް ސެއްލައެވެ. ވެރިކަން އޮތީ ޕީޕީއެމްގައެވެ.

ޕީޕީއެމްއިން ވެރިކަން ހޯދަން އިސްލާމް ދީން ބޮލަށް ލައިގެން ދީނަށް ނަސްރުދޭ ވާހަކަ ދައްކައިގެން މީހުންގެ ބޯދޮއްވަން މަރުފަލި އެބަ ޖަހައެވެ. އެމަޅީގައި ބަޔަކު އެބަ ޖެހޭވެސް މެއެވެ. ޕީޕީއެމުން ހިންގި ޑރ. ވަހީދުގެ ސަރުކާރާއި ޔާމީނު ސަރުކާރުން ދީނަށް ނަސްރު ދިންނަމަ މުއިއްޒު ހިމެނޭ އެ ސަރުކާރު ތަކުގެ ވަޒީރުންގެ މަޖިލިހުގައި ކުޑަމިނުން ބޯ ނިވައިކޮށްގެން އިން އެންމެ އަންހެނަކު އިނީހެވެ. ވެރިކަމުގެ ދަހީގައި މިހާރު ކިތަންމެ ދީނީ ވެގެން އުޅުނަސް ޕީޕީއެމް ޕީއެންސީ އިސްސަފުގައި ޒަމާނުއްސުރެ ތިބި ގިނަ މީހުންނަކީ އިސްލާމު ދީނަށް ކުޑަވެސް ހުރުމަތެއް ދީގެން އުޅުނު ބައެއް ނޫނެވެ. ދީނަށް ނަސްރު ދިނުމުގައި ހަޔާތުން ކުޑަ ވަގުތު ކޮޅެއް ވޭތުކުރި ބައެއް ނޫނެވެ. ދައުލަތުގެ ފައިސާއަށް ފާޅުގާ ހިޔާނާތްތެރިވެ ދައުލަތް ދަވާލައިގެން ޝަރީއަތުން ރެކެން މަކަރާ ޙީލަތް ހަދާ ދޮގު ހެކި އުފެއްދުމާ ދޮގު ހެކި ދިނުމާ ދޮގުހެދުން ނޫން ކަމެއް ނުކުރާ ބަޔަކަށް ރައްކާތެރި ކުރެވޭނީ އިސްލާމް ދީނެއް ވެސް ނޫނެވެ.

ދީން ސިޔާސީ ހަތިޔާރަކަށް ހަދައިގެން ނަފްރަތު ގެ ދޮލަނގުގާ ދޮގު ވިއްކަމުން މުއިއްޒާ ޕީޕީއެމުން އިސްލާމް ދީނޭ ނުކިޔާށެވެ. ދިވެހި މުޖުތަމައުގާ މުއިއްޒަށް ވޯޓްނުދޭ އެންމެން ކާފަރު ކުރަމުން .ވެރިކަން ފޭރިގަންނަން ނޫޅެ ދީނަށްޓަކާ އިހުލާސްތެރި މަސައްކަތެއް ސަލަފުންވެސް ކޮށްބަލާށެވެ. ސަލަފާ ޑްރަގް ލޯޑުންނަށް ބައިއަތު ހިފައިގެން ކަންދަހާރީންގެ ވެރިކަމެއް ގެނެވިދާނެ ކަމަށް ހީނުކުރާށެވެ.  

]]>
Sun, 24 Sep 2023 21:18:12 +0500 ނިއުސް ޑެސްކް
މުއިއްޒު ގައުމު ވައްޓާލަނީ ހަގުރާމައެއްގެ ނުރައްކަލަށް https://heerasnews.com/1856 https://heerasnews.com/1856 އުތުރު ތިލަފަޅަށް ދިވެހި ސަރުކާރުގެ ބާރު ހިނގާ ނުހިނގާ ޑރ. މުއިއްޒާއި ޕީޕީއެމް- ޕިއެންސީ އަކަށް ނޭނގޭނެއެވެ. އުތުރު ތިލަފަޅުގައި ބިނާކުރާ ދިވެހި އަސްކަރިއްޔާގެ މިލިޓަރީ ޑޮކްޔާޑް ސަރަހައްދަށް ވަދެވޭ ބަޔަކާ ނުވަދެވޭ ބައެއްވެސް ޑރ. މުއިއްޒަކަށް ނޭގޭނެއެވެ. ދޮގު ދޮލަނގުގެ އަހުލުވެރިންނަށް ދޮގު ވިއްކައިގެން ނޫނީ ވެރިކަން ހޯދަން ތާއީދު ހޯދާނެ ގޮތެއް ނެތުމަކީ އެހެން ބަެއެއްގެ މައްސަލައެއް ނޫނެވެ. 

އުތުރު ތިލަފަޅު ޑޮކްޔާޑް ސަރަހައްދަކީ މަސައްކަތު ސައިޓެވެ. އެތާ ބިނާ ކުރަނީ އަސްކަރީ ބިނާއެކެވެ. އަސްކަރީ ބިނާތައް ކުރެވޭ ތަންތަނަކީ ހިތުހުރި މީހަކު ހިތުހުރި ގޮތަކަށް ވަދެ ނިކުމެ އުޅެވޭ ތަންތަނެއް ނޫނެވެ. އެ ތަންތަނަށް ވަދެ އުޅެވޭނީ އެ ތަންތަނަށް ވަންނަން ޖެހޭ އެކަމަށް ހުއްދަ އޮތް ބަޔެކެވެ. ދިވެހި އަސްކަރިއްގެ ވެސް ކަމާބެހޭ މީހުންނޫން އެހެން ބަޔަކަށް އެތަނަކަށް ވަދެ ނިކުމެއެއް ނޫޅެވޭނެއެވެ. އެހެން ނޫނަސް އެއްވެސް މަސައްކަތު ސައިޓަކީ އެކަމެއްގައި އުޅޭ ބަޔަކަށް ނޫނީ ވަދެ އުޅެވޭ ތަންތަނެއް ނޫނެވެ. އެއިއްޔަކީ އެތަނަކީ އިންޑިއާ ސިފައިންގެ ބޭހަކަށް ވެގެން ވާކަމެއް ނޫނެވެ.

ހޮސްޕީޓަލެއްގެ އޮޕަރޭޝަން ތިއޭޓަރަށް ވަދެވެނީ އެ ކަމަކަށް ހާއްސަވެފާ ތިބޭ ޑޮކްޓަރުންނާއި ނަރުހުންނާއި ކަމާބެހޭ ބަޔަކަށް އެކަންޏެވެ. ބޭންކު ތަކުގެ ތިޖޫރީ ހުޅުވާ އެއަށް ފައިސާ އަލާ ފައިސާ ނަގާ ހެދުމަކީ ހިތުހުރި މީހަކަށް ކުރެވޭ ކަމެއް ނޫނެވެ. ބޭނުން ކޮންމެ މީހަކަށް ބޭނުން ކޮންމެ އިރަކު ބަނޑޭރިގެ އަކަށްވެސް ނުވަދެވެއެވެ. އެތަނަށް ވެސް ވަދެވޭނީ ވެސް ހުއްދަ ލިބިގެން ވައްދާ މީހެކެވެ. މުއިއްޒު ނިދާ ކޮޓަރިއަކަށް ވެސް އެންމެންނަކަށް ނުވަދެވޭ ނޫން ހެއްޔެވެ. 

މީހަކު ބޭނުން ވާއިރަށް ބޭނުން ވާހާ ކަމެއް ނުވުމަކީ މިނިވަންކަން ނެތުމެއް ނޫނެވެ. ބާރުވެރި ފަރާތުގެ ބާރު ނުހިނގުމެއްވެސް ނޫނެވެ. އަލުވެރި ވުމެއްވެސް ނޫނެވެ. ކޮންމެ ކަމަކަށް ވެސް ހަމައަކާއި އުސޫލެއް އޮވެއެވެ. އުތުރު ތިލަފަޅަށް ދިވެހި ސަރުކާރުގެ ބާރު ނުހިނގާކަން މުއިއްޒަށް އެނގޭނީ އެ ތަނަކީ މާލެ ސިޓީ ކައުންސިލްގެ ދަށުގައި އޮތްތަނެއް ނަމަތާއެވެ. އުތުރު ތިލަފަޅުގައި ހަދާ ޑޮކްޔާޑްގެ މަސައްކަތު ސައިޓަށް ދިވެހި އަސްކަރިއްޔާގެ ކަމާބެހޭ މީހުން ވަދެނިކުމެ ކުރަންޖެހޭ ކަންކަން ކުރުމަށް ފުރުސަތު ނެތިގެން ދިވެހި އަސްކަރިއްޔާ އަކުން ނޫޅެއެވެ. މުއިއްޒު ވެސް ވެރިކަމަށް އައިސް ގޮނޑި އަޅައިގެން އުތުރު ތިލަފަޅު ޑޮކްޔާޑުން ނުފައިބާ އިންނަން މަޑުކޮށްލާށެވެ. އޭރުން އެ ފުރުސަތު އޮންނާނެއެވެ. ނެގިނެގިފާ ޖެހުނަސް މިހާރަކު އެ ފުރުސަތެއް މުއިއްޒަކަށް އަދި ފިތުނަ ދޮލަނގަކަށް ވެސް ނުއޮންނާނެއެވެ. 

ރަންކޮޅާއެވެ. ދޭދޭ ގައުމުގެ ދެމެދުގައި ވެވޭ އަސްކަރީ އެއްބަސްވުން ތަކަކީ ވެސް އެފާޑުގެ އެއްޗެކެވެ. އެއްޔަކީ ފޮޅި އަވީލާހެން މަގުމަތީގައި އަވީލާފާ އޮންނަ އެއްޗެއް ނޫނެވެ. ގައުމީ ސަލާމަތާ ގުޅުން ހުރި އެއްވެސް އެއްޗަކީ ދައުލަތުގެ ސިއްރެވެ. އެއީ ހޮޓާ ތަކުގައި ހުންނަ ބޮޑު ގުޅައެއް ނޫނެވެ. މަގާމުގެ ހައިސިއްޔަތުން އެގެން ޖެހޭ ބަޔަކަށް ނޫނީ އަންގަޖެހޭ އެއްޗެއް ނޫނެވެ. ކިތަންމެ ބޭނުންވިޔަސް ބަޑި ގުދަނުގައި ހުރި ހަތިޔާރުގެ ވައްތަރުތަކާއި އަދަދާއި ދިފާއީ ސިއްރުތަކަކީ އާއްމުކުރާ ކަންކަމެއް ނޫނެއް ނޫން ހެއްޔެވެ. 

ފިތުނަވެރިން ފިތުނަ އުފައްދާ ގައުމީ ސަލާމަތަށް ނުރައްކާ ކުރަން ގައުމީ ސަލާމަތީ ސިއްރު ތަކެއް އެއްވެސް ބަޔަކު ހާމައެއް ނުކުރާނެއެވެ. ކުރާކަށް ނުވެސް ޖެހެއެވެ. ރައްކާތެރި ވާންޖެހޭ ކަންކަމަށް ރައްކާތެރި ވުމަކީ ވަކި ބައެއްގެ ނުފޫޒުން ހިނގުމެއް ނޫނެވެ. ދިވެހި އަސްކަރިއްޔާގެ މައްޗަށް އެއްވެސް އެހެން ބައެެއްގެ ނުފޫޒެއް ނެތެވެ. ނުވެސް އޮންނާނެއެވެ. 

މިނިވަންކަން ގެއްލޭ ކަމުގެ ބިރު ރައްޔިތުންނަށް ދައްކައިގެން ވެރިކަމަށް އާދެވިދާނެ ކަމަށް މުއިއްޒަށް ހީވަނީ ހެއްޔެވެ. އިންޑިއާ އާއި ރާއްޖޭގެ ޒަމާންވީ އަހުވަންތަ ގުޅުމަށް  އިންޑިއާ އާއި ޖެހިގަނެގެން ވެރިކަމަށް އައިސް ފަހުން އިންޑިއާ ހައްދާ ލެވޭނެ ކަމަށް ހީކުރަނީ ހެއްޔެވެ. ކަންކަން މި ދާވަރުން މުއިއްޒުގެ ވެރިކަމެއްގައި ދިވެހިރާއްޖެއަށް ޖެހޭނީ މިހާރު ޔޫކްރޭނަށް ޖެހިފައި އޮތް ހާލެވެ. އެވަރަށް އިންޑިއާ ރުޅި އެބަ އަރުވައެވެ. ހަމަ ތެދެކެވެ. ރާއްޖޭގެ ސަލާމަތާ ރައްކާތެރި ކަމަށްޓަކައިވެސް މުއިއްޒަށް ރައްޔިތުން ނޫނެކޭ ބުނަންޖެހެއެވެ. 

]]>
Sun, 24 Sep 2023 12:31:08 +0500 ނިއުސް ޑެސްކް
ކަނޑުން ބައެއް ދޫކޮށް ނުލާކަމަށް މުއިއްޒު ވިދާޅު ވެއްޖެ https://heerasnews.com/1855 https://heerasnews.com/1855 ކަނޑު ވިއްކި ކަމަށް ބުނެ ޕީޕީއެމް ދައްކާ ވާހަކައަކީ ސިޔާސީ ގޮތުން ދައްކާ ދޮގު ވާހަކައެއް ކަމަށް ޑރ.މުއިއްޒު ވިދާޅުވެއްޖެއެވެ. އެހެން ވިދާޅުވީ ޑރ. މުއިއްޒު ތާއީދު ހޯއްދަވަން ރަށްރަށަށް މިހާރު ކުރައްވާ ދަތުރުފުޅުގައި އަތޮޅު ތެރޭގެ ރައްޔިތަކު އެމަނިކުފާނާ ބައްދަލުކުރައްވާ ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. 

މުއިއްޒު ވިދާޅުވި ގޮތުގައި އިޓްލޮސްގައި ހިންގި ޝަރީއަތުގައި ސަރުކާރުން ގެންގުޅުއްވީ ރާއްޖެއަށް އޮތް އެންމެ ފައިދާ ބޮޑު ސްޓޭންޑްއެވެ. އެނޫން ސްޓޭންޑެއް ހިފެހެއްޓި ނަމަ ރާއްޖެއަށް ވާނެ ގެއްލުން މާބޮޑުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށް އޭނާ މައުލޫމާތު ދިނެވެ. 

މުއިއްޒު ވިދާޅުވާ ގޮތުންވެސް އިގްތިސާދީ ސަރަހައްދުގެ ފުށުއެރުމެއް އޮތިއްޔާ ފުށުއަރާ ދެގައުމެއް މަޝްވަރާކޮށްގެން ގޮތެއް ހަމަޖެއްސުމަށް ގާނޫނުވެސް ބުނެއެެވެ. މޮރިޝަސްގައި ރާއްޖެއާ އިގްތިސާދީ ސަރަހައްދުގެ ފުށުއެރުމެއް އޮތްކަން ދުނިޔޭގެ ކަނޑުތަކުގެ ފުށުއެރުން ހައްލުކުރާ ޓްރައިބިއުނަލުން (އިޓްލޮސް) ގަބޫލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. 

ބައިނަލްއަގުވާމީ ހަމަތަކާ ދެކޮޅަށް އެއްވެސް ބަޔަކަށް އިގްތިސާދީ އިމުގެ މައްސަލައެއް ހައްލު ނުކުރެވޭނެ ކަަމަށް މުއިއްޒު ވިދާޅުވި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އިންޑިއާ އާއި ލަންކާއާއި ދިވެހިރާއްޖޭގެ އަގްތިސާދީ އިމުގެ ފުށުއެރުން މީގެ ސާޅިސް އަހަރުކުރިން އެއްބަސް ވުމަކުން ހައްލުކޮށް އެގޮތަށް ތިން ގައުމުން މިހާރުވެސް އަމަލު ކުރެވެމުން އައުމަކީ އޭގެ މިސާލެއް ކަމަށް މުއިއްޒު ވިދާޅުވި ކަމަށް ވެއެވެ. 

]]>
Sat, 23 Sep 2023 17:32:36 +0500 ނިއުސް ޑެސްކް
މެޑަމް ފަޒްނާއަށް ފުރައްސާރަ ކުރުވުމުގެ މޭސްތިރިއަކީ މިދުއަމް https://heerasnews.com/1843 https://heerasnews.com/1843 ހައްގު ހޯދުމުގެ ނަމުގައި ކޮތަރު ކޮށި ޖަމްއިއްޔާ ހަދައިގެން މިދުއަމް ސައުދުމެން ޖަހަމުން އައި ސަކަރާތަކީ ކޮބައިކަން ވަރަށް ސާފެވެ. ހިޔާފްލެޓް ސަރަހައްދަކީ މިދުއަމު ސައުދުމެންގެ މައިފުށު މުދާ ގަނޑަކީ ތާއެވެ. ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕަކީ ފަސާދަ އުފެއްދުން ތާއެވެ. އެ ސަރަހައްދަށް އެރެނީ ވެސް މިދުއަމު ސައުދުމެން ރުހޭ ބަޔަކަށޯލައެވެ. އަޖައިބެއް ނުވާނެ ހެއްޔެވެ. ހިޔާފްލެޓްތަކުގައި ދިރިއުޅޭ އެންމެންނަކީ މިދުއަމު ސައުދު މެންގެ އަޅުންނެއް ނޫނެވެ. ޔާމީނުގެ އަޅުންނެއް ވެސް ނޫނެވެ. މުއިއްޒުގެ ސަޕޯޓަރުންނެއް ވެސް ނޫނެވެ.

އެތައް ދުވަހެއް ވަންދެން ބައެއްގެ ތެރޭގައި ނަފުރަތު އުފައްދާ ބަޔަކު ރުޅިއަރުވައިގެން ހިޔާ ސަރަހައްދު ހިސޯރު ކުރަން މިދުއަމްމެން ކުރި މަސައްކަތް އަމިއްލައަށް ތިޔަ ގޮއްވާލީ އަތަށެވެ. އެތައް ހާސް ބަޔަކު ދިރިއުޅޭ ތާކުން މީސްކޮޅެއް ނެރެ އަޑުގަދަކޮށް ހަޅޭލާ މީހުން ފަހަތުން ދުއްވުމަކީ މާ އުދަގޫ ކަމެއް ނޫނެވެ. 

މެޑަމް ފަޒުނާ އެމްޑީޕީ ކެންޕޭނުގައި ދޮރުން ދޮރަށް ހިންގެވުމުގެ ގޮތުން ހިޔާ ފްލެޓްތަކަށް ވަޑައިގަންނަވާކަން އެނގުމުން އެކަމަނާއަށް ފުރައްސާރަ ކުރަން ބަޔަކު ނެރުނީ ދުރާލާ ރާވައިގެންނެވެ. ކުރިޔާލާ އެވާހަކަ ދައްކަމުންނެވެ. އެކަމަނާ އެސރަހައްދަށް ވަޑައިގަތުމުން ބޮޑު ދެ ފިރިހެނުން ލައްވާ ކުނިފުޅަ ހުތުރު ގޮއްވާ ފުރައްސާރަ ކުރުވީ ވީޑިއޯ ކްލިޕެއްގެ ބޭނުމުގައެވެ. ކިތަންމެ ރަނގަޅަކަށް ވެސް އެބޭނުންވި ވީޑިއޯ ކުލިޕް މުއިއްޒުގެ ކެންޕޭން ޓީމަށް ލިބުނެވެ.

ފުރައްސާރަ ކުރުވުމުގާ އިސްކޮށްހުރި މިދުއަމް ސައުދަށް ލިބުނު މޮޅުގާ އެވީޑިއޯ ސޯސަލް މީޑިއާއަށް އަޕްލޯޑް ކޮށްލިއެވެ. " ހިޔާ ސަހަރުން ފަޒުނާއަށް ކީ މަރުހަބާ" އޭ ލިޔެ މިދުއަމު ސައުދު ވަނީ މެޑަމް ފަޒުނާއަށް ފުރައްސާރަކުރި ވީޑިއޯ ސޯސަލް މީޑިއާގެ ޓްވިޓަރގައި ފަތުރާލާފައެވެ. އެ ވީޑިއޯ ސޯސަލް މީޑިއާގައި އެންމެ ފުރަތަމަ ޢާއްމު ކުރި މީހަކީވެސް މިބުނާ މިދުއަމެވެ. ހަމަ އެއާއި އެކު މިދުއަމް ސައުދު ވަނީ " މިއަދަށްވީ 5 ވޯޓު ހޯދަން ލަދު ހަޔާތްނެތި ފަސްޓް ލޭޑީ ފަޒްނާ ހިޔާ ފްލެޓަށް" ވަޑައިގެން ކަމަށް ބުނެ އެހެން ޓްވީޓެއް ވެސް ކޮށްފައެވެ. ހިތުން މޮޅުތަކެއް ވާނެކަމަށެވެ. ބައެއްގެ ތަރުހީބު އެކަމުން ލިބި މުއިއްޒަށް ވޯޓު އިތުރުވާނެ ކަމަށެވެ. 

މިދުއަމް އިސްވެ ހުރެ ހިންގި މި މުޑުދާރު އަމަލަށް ޓްވިޓަރގައި އޭނާއަށް މީހުން ކުރީ މަލާމާތެވެ. މިދުއަމް ހިންގުވި ޖަރީމާ ކުށްވެރި ނުކުރާ މީހަކު ނެތެވެ. މިދުއަމްގެ ޓްވީޓްތަކަށް ރައްދުދީ މީހުންގެ ނަފުރަތު ލިބެން ފެށުމުން ދެން ޖެއްސީ އެހެން ސްޓަންޓެކެވެ. މެޑަމް ފަޒްނާއަށް ބާގީއޭ މީހަކު ގޮވީ ނޮވެންބަރ ތިނެއްގެ ޖަޒުބާތުގައި ޖެހިގެން ކަމަށް ހަދާން އުޅުނު އުޅުމެވެ. 

މާތްކަލާކޯއެވެ. ނޮވެންބަރ ތިނެއްގެ ހަދިސާ ހިންގި ބަޔަކު ހިންގީ އިއްޔެ ހެއްޔެވެ. މަގުމަތީގައި ބަޑި ހިފައިގެން މީހުން މަރަމުން ދުވީ ފަޒުނާ ހެއްޔެވެ. ނުވަތަ ސިއްކަ އަހުމަދު އިސްމާއީލް މަނިކުހެއްޔެވެ. ކަންކަން އޮޅުވާލާ މީހުންގެ ބޮލަށް ކަނޑައިގެން ހަމްދަރުދީ ހޯދަން ނޫޅޭށެވެ. 

ނޮވެންބަރ 3 ގެފަހުން ސާޅިސް އަހަރު ވަނީއެވެ. ހައްގުން ވިޔަސް ނުހައްގުން ވިޔަސް އެކަމުގެ އުގޫބާތް ލިބުނު ބަޔަކަށް ލިބި ނިމުނުތާ ވެސް ކިތަންމެ ޒަމާނެކެވެ. އެކަމެއް ހިނގި ފަހުން ވެސް ސިއްކަ އަހުމަދު އިސްމާއީލުގެ ދަރި ފަޒުނާ އަހުމަދު މަލޭގައި އުޅުއްވައެވެ. ސްކޫލްތަކުގެ ޓީޗަރ ކަމާއި ޕްރިންސިޕަލްކަން ވެސް އެތައް ދުވަހެއް ވަންދެން ކުރެއްވިއެވެ. ތިޔަ ބުނާ ބާގީވެގެން މެރިހާނާ ސައްތާރު ދަރިންނެއް ވެސް އެހެންމީހެއްގެ ދަރިންނެއް ވެސް ފަޒްނާގެ ފަހަތްޕުޅުން ދުވެ ފުރައްސާރަ ކޮށް ޖަޒްބަތުގައި ޖެހިގެނެއް ނޫޅެއެވެ. 

ވެގެން ތިޔައުޅެނީ އެހެން ގޮތެކެވެ. މެޑަމް ފަޒްނާ ކެންޕޭނަށް ނިކުމެ ވަޑައިގަތުމުން އެކަމަނާއަށް މީހުން ކުރާ އިތުބާރާ ތާއީދާ ހެދި މުއިއްޒަށް ވޯޓު ގެއްލެނީއެވެ. އެކަން ހަޖަމު ނުވެގެން މިދުއަމް ލައްވާ މުއިއްޒު ޖެއްސި ސްޓަންޓުން އިތުރަށް މުއިއްޒަށްވީ ގޯހެވެ. މީހުން ކުރީ ނަފްރަތެވެ. ގެއްލުނީ ލިބެން އޮތް އެތައް ސަތޭކަ ވޯޓެވެ. 

]]>
Mon, 18 Sep 2023 11:46:44 +0500 ނިއުސް ޑެސްކް
މުއިއްޒަކީ ވެރިކަން ކުރެއްވޭވަރުގެ މިނިވަނެއް ނޫން https://heerasnews.com/1831 https://heerasnews.com/1831 ޑރ. މުއިއްޒު ވެރިކަމަށް ހޮވުމުގެ ބޭނުމެއް ނެތްކަމަށް މުއިއްޒުގެ ވާހަކަފުޅުތަކުން ރައްޔިތުންނަށް ސާފުވެއެވެ. ޑރ. މުއިއްޒު ވެރިކަމަށް ހޮވި ވަޑައިގަތަސް މި ސަރުކާރުން ކުރަމުން ގެންދާ އެއްވެސް ކަމެއް ހުއްޓާނުލައްވާނެ ކަމަށް އެބަ ވިދާޅުވެއެވެ. މި ސަރުކާރުން ހުއްޓާލާފައި އޮތް ކަމެއް ނުފައްޓަވާނެ ކަމަށް ވެސް އެބަ ވިދާޅުވެއެވެ. މި ސަރުކާރުން ވަޒީފާ ދީފައިވާ އެކެއްގެ ވަޒީފާވެސް ނުގެއްލޭނެ ކަމަށް އެބަ ވިދާޅުވެއެވެ. 

ރައީސް ސޯލިހާ ދެކޮޅަށް އިދިކޮޅުން މައިގަނޑު ގޮތެއްގައި ދައްކާ އެއް ވާހަކައަކީ ރަށްރަށުގައި ބޭނުން ނުވާ ވަރަށް މީހުނަށް ވަޒީފާ ދީގެން އުޅޭ ވާހަކައެވެ. އެކަމަކީ ވަރަށް ބޮޑު ގޯހަކަށް ވެގެން އުޅުއްވަމުން އެ ވިދާޅުވަނީ އެކަކުވެސް ވަޒީފާއިން ވަކި ނުކުރައްވާނެ ވާހަކައެވެ. މިހާރު ވެސް ބުރައެއް ކަމަށް ދެކިވަޑައިގެން މުއައްޒަފުން އިތުރު ވާހަކަ އެބަ ދައްކަވައެވެ. މި ސަރުކާރުން ވަޒީފާ ތިބި މީހުން ވަކި ނުކުރައްވާ މުއިއްޒަށް ތާއީދުކޮށް ވެރިކަމަށް ގެނެސްދޭން މަސައްކަތްކޮށްދޭން މަގުމަތީގައި ތިބި އެތައް ހާސް މީހުނަށް ވެރިކަމަށް ވަޑައިގެން ވަޒީފާ ދެއްވާނީ ކިހިނެއް ހެއްޔެވެ. ތިބި މީހުން ނުކަނޑާ އަނެއްކާ އެހެން ބަޔަކަށް ވަޒީފާ ތަކެއް ދޭން ޖެހުމަކީ ދައުލަތަށް މިހާރަށް ވުރެވެސް ބޮޑު ބުރައަކަށް ނުވެއެއް ނުދާނެއެވެ. 

ކެންޕޭނުގައި ވޯޓު ހޯއްދެވުމުގެ ބޭނުންފުޅުގައި ކޮންމެ ވާހަކައެއް ދެއްކެވިޔަސް މި ސަރުކާރުން ވަޒީފާ ދީފައި ތިބި ގިނަ އަދަދެއްގެ މީހުން ވަޒީފާއިން ވަކި ކުރައްވާނެ ކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. މިހާރު ތިބި އެތައް ބަޔަކު ވަޒީފާއިން ވަކިނުކޮށް އެހެން ބަޔަކަށް ވަޒީފާ ދެއްވައިގެން ދައުލަތުގެ ހަރަދު ބަރަދު ހަމަޖެއްސުމަކީ ކުޅަދާނަ ކަމެއް ނޫނެވެ. އޭރުން ދައުލަތުގެ ހަރަދު އެތައް ގުނައަކަށް އިތުރުވެ ދަރަނިވެރިކަން އިންތިހާއަށް ދިޔުން ނޫންކަމެއް ނުވާނެއެވެ. އެހެންކަމުން ޑރ.މުއިއްޒަށް ވެރިކަން ބަދަލު ކުރުމަށްވުރެ ދައުލަތަށާއި ރައްޔިތުންނަށް ފައިދާ ބޮޑީ މިހާރު އޮތް ސަރުކާރު އޮތް ގޮތަށް ބޭއްވުމެވެ. 

ރައީސް ސޯލިހު ސަރުކާރުން ފަށާފައިވާ އެއްވެސް ޕްރޮޖެކްޓެއް ހުއްޓާ ނުލައްވާނެ ކަމަށް މުއިއްޒު އެބަ ވިދާޅުވެއެވެ. އެހެންކަމަށް ވާނަމަ މިހާރު ކުރިއަށް ދާގޮތަށް ކަންކަން އެ ތަރުތީބުން ކުރިއަށް ގެން ދިޔުމަށް އެހެން ބަޔަކާ ހަވާލު ކުރުމުގެ ބޭނުމެއް ނެތެވެ. އައު ބަޔަކު އައިސް އަލުން ބަލުން ކަން ހިންގާފާ ހުރިގޮތް ބަލާ ދަސްކޮށްގެން ކުރާން ވަގުތު ނަގާނެއެވެ. ހީނުކުރާ ކަހަލަ ބަދަލުތައް އަންނާނެއެވެ. އެކަމުގެ ސަބަބުން ވަގުތާ އިތުރު ފައިސާ ހޭދަވުން ނޫން ކަމެއް ނުވާނެއެވެ. ވިއްޔާވާނީ ފަސްވެ ލަސްވުމެވެ. އެހެން ކަމުން މިހާރު ހިނގަމުންދާ ޕްރޮޖެކްޓްތައް ތަރުތީބުން ރޭވިފައިވާ ގޮތަށް އަވަހަށް ކުރިއަށް ގެންގޮސް ނިންމުމަށްޓަކާ ވެސް މި ސަރުކާރު ދެމެހެއްޓުން ރައްޔިތުންނަށް ފައިދާ ބޮޑެވެ. 

އަނެއް ކޮޅުން ޑރ. މުއިއްޒު ވެރިކަމަށް ހޮވިވަޑައިގެންނެވެންޏާ ހޮވި ވަޑައިގަންނަވާނީ ރައީސް ޔާމީނުގެ ހިޔަނިންނެވެ. މުއިއްޒު ކިތަންމެ ބޭނުންފުޅު ވިޔަސް ރައީސް ޔާމީނު ބޭނުންފުޅު ނުވާ ގޮތަކަށް އެއްވެސް ކަމެއް ކުރެއްވުމުގެ ބާރެއް މުއިއްޒަކަށް ނުއޮންނާނެއެވެ. ފެންނަން އޮތް ގޮތުގައި ރައްޔިތުންގެ މަޖިލިހުގައި މުއިއްޒުގެ ބާރު ހިނގާ ހިންގޭނެ އެންމެ މެންބަރަކު ވެސް އަދި ނެތެވެ. މަޖިލީހުގެ އެއްބާރުލުން ނުލިބި ރައީސަކަށް ހުންނަވާ ބޭފުޅަކަށް އެއްކަމެއްވެސް ނުކުރެއްވޭނެއެވެ.

ޑރ. މުއިއްޒަކީ ބޭނުންފުޅު ވާގޮތަށް ވެރިކަން ކުރެއްވޭވަރުގެ މިނިވަން ބޭފުޅެއް ނޫނެވެ. އަޅެއްގެ އަޅެކެވެ. އެ ފަދަ ބޭފުޅަކު ވެރިކަމަށް އިސް ކުރެވިއްޖެ ނަމަ ރާއްޖެ ސޮއްސާލަނީ އެތައް އަހަރުތަކެއް ފަހަތަށެވެ. ބަދަލަކަށް މުއިއްޒު ހޮވުމަށްވުރެ ގައުމަށް ފައިދާ ބޮޑު ގޮތަކީ ރައީސް ސޯލިހަށް ދެވަނަ ދައުރު ދިނުމެވެ. 

]]>
Thu, 14 Sep 2023 14:21:04 +0500 ނިއުސް ޑެސްކް
އިބޫ ފަހަތަށް އަންނި ނާރާނެ! އިންޑިއާ އަރާނީ މުއިއްޒު ކޮޅަށް؟ https://heerasnews.com/1829 https://heerasnews.com/1829 އަންނި ބޭނުންވީ އެމްޑީޕީ ވޯޓުން ބޮޑު ބައެއް މަދުކޮށްލައިގެން އިންތިޚާބު ދެވަނަ ބުރަކަށް ގެންދާށެވެ. ކިތަންމެ ރަނގަޅަކަށްވެސް އަންނި އެކަން ކޮށްފިއެވެ. ބޭނުމަކީ ދެވަނަ ބުރުގައި އެންމެން ސަރުކާރާ ދެކޮޅުވެ އިބޫ ފޭލިކޮށްލުމެވެ. މިކަން މިގޮތަށް ކުރުމުގެ ފަހަތުގައި ކިތަންމެ ސަބަބެއް އޮތުން ގާތެވެ. 

ފުރަތަމަ ބުރު ނިމުމާއެކު އައި ރޭގަނޑެއްގައި އިންޑިއާ ސަފީރު އަރިހުން ނުކުމެ ރާއްޖޭގެ ދާޚިލީ އެއްވެސް ކަމަކާގުޅޭ ވާހަކަ ނުދައްކަމޭ އަންނި ބުނީމާ ގަބޫލު ކުރަންވީ ހެއްޔެވެ؟ އެއީ ބޮޑު ދޮގެކެވެ. ދެއްކީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވާހަކަ ނޫން ކަމަކަށް ނުބެލެވެއެވެ.

ރާއްޖޭގައި އެއްވެރިކަމެއް ދެދައުރު އޮންނާކަށް އިންޑިއާ ނޭދޭނެއޭ މީގެ ކުރިން ވެސް ބުނެފީމެވެ. ސަފީރު އަރިހުން ނުކުމެ އަނެއް ދުވަހު އަންނި އުޅެންފެށި ގޮތުންވެސް ސަފީރާ އަންނިއާ ދެއްކި ވާހަަކަ އެއޮތީ އަންނި ދަންނަ މީހަކަށް ލަފާކޮށްލަން އެނގޭ ހިސާބުގައެވެ. އަންނި ފައިވިއްދާފައި އެހުރީ ދެންވެސް އިބޫއަށް ލިބޭނެ ވޯޓެއް މަދުވާން އޮތްގޮތެއް ހަދާށެވެ. 

މަޝްރޫޢުތައް ނިމި، ރަށްފުށު މީހުންނަށް ހަމަޖެހޭ ދިރިއުޅުމެއް ލިބި އިގްތިޞޯދު ދެގުނަވެ ދިވެހިން ތަނަވަސް ވީމާ އިންޑިއާއަށް ދިވެހިން ބަރޯސާވާ ވާވަރު ކުޑަވާނެއެވެ. އެމީހުންނަށް ރަނގަޅު ވާނީ އަބަދުވެސް ސިޔާސީ ކޯޅުން ގަނޑެއްގައި ކުރިއެރުން ހިފެހެއްޓިފައި ދިވެހިން ތިބުމެވެ. ކޮންމެ 5 އަހަރަކުން ސަރުކާރު ބަދަލުވަންޏާ އަބަދުވެސް ދިވެހިން ތިބެން ޖެހޭނީ އިންޑިއާ އާ ދިމާއަށް އަތް ދިއްކޮށްގެންނެވެ.

މުއިއްޒެއް މޫސައެއް ކާސިމެއް ނޯންނާނެއެވެ. ހޮވިއްޖެއްޔާ މުއިއްޒުވެސް ޖެހޭނީ އިންޑިއާގެ އެހީގައި ފަށާފައިހުރި މަޝްރޫޢުތައް ކުރިއަށް ގެންދާށެވެ. އެގަޑީގައި އަނެއްކާވެސް ދިއްކޮށްލާނީ ކޮންމެ ވެރިކަމެއްގައި މުއްދަތު އިތުރު ކޮށްލަން ދިއްކޮށްލާ އެގްރީންޓެވެ.

މޮޔަވެގެން އުޅޭނެ ކަމެއް ނެތެވެ. އިން ވާން ބޭނުން މިންވަރަށް އިންޑިއާ ތިބޭނީ އިން ވެގެންނެވެ. އެއްވެސް ވެރިޔަކަށް ތިޔަ ގޮވާނަގާ އިންޑިއާ އައުޓެއް ނުކުރެވޭނެއެވެ.

އިންޑިއާއަކުން ރާއްޖެ އަޅުވެއްޗެއް ނުކުރާނެއެވެ. އެހެން ނަމަވެސް އެމީހުން ރާއްޖެ ބާއްވާނީ އެމީހުންނަށް އަޅުދާސްވާން ޖެހޭ ހާލަތުގައެވެ. އެއް ވެރިޔަކަށް 2 ދައުރު ނުލިބޭނެ ހުރިހާ ކަމެއް އިންޑިއާ އިން ކުރާނެއެވެ. 

އަދި ބުނަން ހެއްޔެވެ؟ ރާއްޖޭގައި މިތިބަ މަހުޖަނު ރިސޯރޓް އޯނަރުންވެސް ބޭނުންވާނީ ހަމަ އެގޮތެވެ. 5 އަހަރު ވަންދެން ވެރިޔަކު "ފެލާލުމަށްފަހު" އަނެއްކާ އާމީހެއް ގެނެސް އެމީހާ "ފެލާލުމެވެ" ނިކަމެތި ރައްޔިތުންނަށް ރަނގަޅެއް ލިއްބައިދޭ ވެރިޔަކު އެމީހުންނަކަށް ވެސް ކަމަކު ނުދާނެއެވެ.

ދީނާ ގައުމާ ހުއްބުލްވަތަނާ އިންޑިއާ އައުޓްގައި ޖެހިގެން ބަޔަކު ވާވަދެފައި ތިއްބަސް ކަންވާގޮތް އެނގޭނީ އެކަމާ ވިސްނާ ފިކުރު ކުރީމައެވެ.

2028 ގައި ދައުލަތުގެ އާމްދަނީ ދެގުނަވެ އަހަރަކު 7 މިލިއަން ފަތުރުވެރިން އައިމާ ރާއްެޖެ މުއްސަނދިވާނެއެވެ. އޭރުން ބައެއްގެ ފައިބުޑަށް ނުވެއްޓި އަމިއްލަ ހެލިކޮޕްޓަރާ ޑޯނިއާ މަތިންދާ ބޯޓް ފަހަރާ އަމިއްލައަށް އުތުރުތިލަފަޅު ހަދާނެ ފޯރުންތެރިކަން ގައުމަށް ލިބޭނެއެވެ.

އިންޑިއާ އައުޓޭ ގޮވަމުން ތިބެ މިހާރު ތިޔަ ކުރާ ކަމަކީ އިންޑިއާ ފައިބުޑުން ރާއްޖެ ތެދުވިޔަ ނުދިނުމެވެ.

]]>
Thu, 14 Sep 2023 11:23:45 +0500 ނިއުސް ޑެސްކް
ނެތްކުއްލި ހާލަތު ގެނައީ ގަވައިދެއްގެ ބާރުކަނޑުވަން: ޔާމީނު https://heerasnews.com/1828 https://heerasnews.com/1828 މަސްހޫރު ފެބްރުއަރީ 01ގެ އަމުރުގެ ވާހަކަ ރައީސް ޔާމީނު ވަރަށް ޖޯޝުގައި ރާއްޖޭގެ ނޫސްވެރިންނަށް 11 އޮގަސްޓް 2022ގައި ވަނީ ކިޔާދެއްވާފައެވެ. ސްޕްރީމް ކޯޓުގެ ބާރު ކަނޑުވާލެއްވި ކަމަށް އެދުވަހު ސާފުކޮށް ވަނީ އެއްބަސްވެ ވަޑައިގެންފައެވެ.  

ރައީސް ޔާމީނު ނޫސްވެރިންނަށް ވިދާޅުވެ ދެއްވީ ފެބްރުއަރީ 01ގެ އަމުރާއި ގުޅިގެން ހިންގި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރެއްވި ސަބަބެވެ. އޭރު ރައްޖޭގެ އެއްވެސް ތަނެއްގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ވަރަށް ސަރީހަކޮށް ރައީސް ޔާމީނު ވިދާޅުވިއެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރެއްވުމުގެ ހަމަ އެކަނި ބޭނުމަކީ ސްޕްރީމް ކޯޓުން އަމަލު ކުރަމުން ދާ ގައިވައިދެއްގެ ބާރު ކަނޑުވާލުން ކަމަށް ޔާމީނު ވިދާޅުވިއެވެ.

ސްޕްރީމް ކޯޓަށް ލިބިދޭ ބާރެއް ކަނޑުވާލުމަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް އެހާލަތު އެތައް ދުވަހަކަށް ދަންމާލި ދަންމާލުމަކީ، ސްޕްރީމް ކޯޓުގެ ބާރު ކަނޑުވާލުމުގެ އިތުރުން، ރައްޔިތުންގެ އަސާސީ ހައްގު ތަކަކުން ރައްޔިތުން މަހުރޫމުކުރުވި އަނިޔާވެރި އަމަލެއްކަމާ މެދު ޝައްކެއްނެތެވެ. އެކަމަށް ރައީސް ޔާމީނު ސާފު ބަހުން ނޫސްވެރިންގެ ގާތުގައި ވަނީ އިއުތިރާފުވެފައެވެ.

މަޝްހޫރު ފެބްރުއަރި އެކެއްގެ ސްޕްރީމް ކޯޓު އަމުރަކީ ސްޕްރީމް ކޯޓު ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރެކެވެ. އެ އަމުރަކީ ރައީސުލްޖުމްހޫރިއްޔާ އަޒަލު ކުރުމުގެ އަމުރެއް ނޫނެވެ. ރައީސުލްޖުމްހުރިއްޔާއަށް ކަމެއް ލާޒިމުކޮށް ކުޅަ އަމުރެއް ވެސް ނޫނެވެ. ރައީސް ޔާމީނު އެ ވިދާޅުވާ އަމުރަކީ ސިޔާސީ ނުފޫޒުން ގާނޫނާއި ހިލާފަށް ހައްޔަރުކޮށްފައި ތިބި ބަޔަކު ދޫކޮށްލުމަށް ސަލާމަތީ ބާރުތަކަށް ސްޕްރީމް ކޯޓުން ކުރި އަމުރެކެވެ.

ސްޕްރީމް ކޯޓުން އަމުރު ނެރުނީ ޝަރީއަތުގެ މަޖިލިހެއް ބާއްވާފައިތޯ ނުވަތަ ނޫންތޯ ބެލުމަކީ އަމުރު ތަންފީޒުކުރާ ފަރާތުން ބަލަން ޖެހޭ ކަމެއްނޫނެވެ. ސްޕްރީމް ކޯޓުގެ އަމުރަކީ ގައިރު ގާނޫނީ ނިންމުމެއް ކަމަށް ކަޑައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔައަށް ލިބިގެނެއްނުވެއެވެ. ސްޕްރީމް ކޯޓުގެ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށް ގާނޫނު އަސާސީގެ 145 ވަނަ މާއްދާގައި ބުނާ ބުނުން ރައީސުލްޖުމްހޫރިއްޔާއަށް މުގުރާ ލެވެންޏާ ޝަރުއީ ނިންމުމެއް ނިންމުމުގައި ފަހުބަސް ބުނާނީ ރައީސް ކަމަށް ގާނޫނު އަސާސީގައި އޮތީހެވެ.

ސްޕްރީމް ކޯޓު ކީއްކުރަން ހެއްޔެވެ. އެހެން ކޯޓަކުން ވެސް ނިންމާ ނިންމުމަކާއި ގުޅިގެން ތަހުގީގެއް ހިންގާ ފަނޑިޔާރަކާ ސުވާލެއް ކުރުމުގެ ބާރެއްް ރައްޔިތުންގެ މަޖިލިހަކަށް ވެސް ރައީސުލް ޖުމްހޫރިއްޔާ އަކަށް ވެސް ގާނޫނު އަސާސީ ނުދެއެވެ. އިސްތިއުނާފު މަރުހަލާތައް އޮންނަނީ އެހެން ވެގެން ނޫންހެއްޔެވެ. 

އަމިއްލަ ފަރުދަކު ވިޔަސް ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކު ވިޔަސް ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވާ ހަދައިގެން ނުވާނެ ކަމަށް ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ނ) ގައި އެބަ އޮތެވެ. އެކަމުގައި ރައީސުލްޖުމްހޫރިއްޔާއެއް އެހެން މީހެއްގެ ތަފާތެއް ނެތެވެ. އަނެއްކޮޅުން ގާނޫނުއަސާސީއާއި ގާނޫނު މާނަކުރުމުގައި އަދި ޝަރީއަތުން ބަލާ އެ ނޫން ވެސް މައްސަލަތަކުގައި ސްޕްރީމްކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށް ގާނޫނު އަސާސީގެ 145 ވަނަ މާއްދާގެ (ނ)އިން ކަށަވަރު ކޮށްދެއެވެ.

ހަމައެކަނި މި ދެންނެވި ދެ ނުކުތާއަށް ވިސްނާލުމުން ސްޕްރީމް ކޯޓުގެ ނިންމުމެއްގެ ސައްހަކަން ނުވަތަ ނޫންކަން ކަނޑަ އެޅުމުގެ ބާރު އެހެން އެއްވެސް ފަރާތަކަށް ލިބިގެން ނުވާކަން ޔަގީނެވެ. ރައީސުލްޖުމްހޫރިއްޔާ އަކަށް ހުންނަ މީހަކަށް ވެސް އެ ބާރު ލިބިގެނެއް ނުވެއެވެ. އެކަމަކު ޔާމީނު ވަނީ އެކަން ކުރައްވާފައެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އުލާނުކޮށްގެން އުއްތަމަ ފަނޑިޔާރާއި އެހެން ފަނޑިޔާރަކާއި ޖުޑިޝަލް އެޑްމިނިސްޓަރ އަނިޔާވެރިގޮތެއްގައި ހިފާ ހައްޔަރުކޮށް ޔާމީނުގެ ނުފޫޒުން ނުފޫޒުން ސްޕްރިމް ކޯޓުގެ އަމުރު ބަދަލުކުރުވިއެވެ. ރިޝްވަތުގެ ތުހުމަތުގައި ކުރީގެ ރައީސް މައުމޫނާ ގާސިމް އިބްރާހީމްއާއި ސިޔާދު ގާސިމާ އެނޫންވެސް އެތައް ބަޔަކު ހިފާ ހައްޔަރުކޮށް އަނިޔާ ކޮށް ހެދީއެވެ. ފާރިސް މައުމޫނާއި ޔުމްނާ މައުމޫނުގެ ފިރިކަލުން ނަދީމް ހައްޔަރުކުރިއެވެ. ކަޅުފޮއްޓެއްގެ ތުހުމަތުގައި މައުމޫނުގެ އިދާރީ އަންހެން މުއައްޒަފަކުވެސް އަނިޔާވެރި ގޮތެއްގައި ހިފާ ހައްޔަރުކޮށް އަދަބުދީ ސްނައިޕަރެއްގެ ނަމުގައި މައުމޫނުގެ ޑްރައިވަރުވެސް ހައްޔަރުކުރިއެވެ.

ހާލަތު ނެތީސް ހިންގި ކުއްލި ނުރައްކަލުގެ ހާލަތުގައި ރައްޔިތުން އުފުލި ތަކުލީފާ އުނދަގުލުގެ ވާހަކަ ދެއްކުމެއް ނެތެވެ. ޔާމީނުގެ އަނިޔާވެރިކަން މިދަރަޖައަށް ދުއްވާލި އިރު އެކިގޮތގޮތުން ޔާމީނަށް ވާގިދިން މީހުން އިސްވެ ތިބެ ޔަމީނުގެ ހިޔަނީގައި ވެރިކަމަށް އަންނަން އުޅޭ ބަޔަކަށް ބާރުހޯދަދޭން ހެޔޮނުވާނެއެވެ. ބަދަލު ހިފުމުގެ ވާހަކަ ނޫނީ މިހާރުވެސް އެމީހުން ނުދައްކައެވެ. އެ އަނިޔާވެރިކަން އެނބުރި ރާއްޖެއަށް ގެންނަން އުޅޭ ބަޔަކަށް އެކަން ކަން ހަދާން ނެތޭހާ ދުވަހެއް އަދި ނުވެއެވެ.

]]>
Thu, 14 Sep 2023 10:43:33 +0500 ނިއުސް ޑެސްކް
ކިތަންމެ ރަނގަޅަކަސް ބޭނުންވީ ބަދަލު https://heerasnews.com/1818 https://heerasnews.com/1818 ރާއްޖޭގެ ކުޑަރަށެއް ބޮޑު ރަށެއް ނުބައްލަވާ ރައީސް ސޯލިހު ބޮޑެތި މަސައްކަތް ތަކެއް ވަނީ ކުރައްވާފައެވެ. ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށް ދެއްވުމަށް އެއްވެސް ސަރުކާރަކުން މަސައްކަތް ނުކުރާ ވަރަށް މަސައްކަތް ކުރެއްވިއެވެ.

އެތައް ރަށެއްގައި ލަފާފުރުނާ ފަސޭހަކޮށް ދެއްވީއެވެ. ބަނދަރުތައް ޒަމާނީ ފެންވަރަށް ހަދާ ބޮޑުކޮށް ދެއްވިއެވެ. މުޅިން އަލަށް އެތައް ރަށެއްގެ ބަނދަރު ހެއްދެވިއެވެ.

މުޅި ރާއްޖެ ދަތުރުފަތުރުގެ އަވަސް ނިޒާމަކުން ދަނީ ގުޅާލާ ލާމެއްސަވަމުންނެވެ. ބޮޑެތި ހުރިހާ ރަށްރަށާއި ސިޓީތަކުގައި ބަސްދަތުރުތަކެވެ. ކަނޑުމަގުން ހައިސްޕީޑް ފެރީ ނިޒާމެވެ. ކޮންމެ ތިރީސް މިނިޓަކުން ފޯރާ ހިސާބުގައި އެއަރޕޯޓެކެވެ. 

ސާފު ފެން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ތަފާތެއް ނުކޮށް ފެނުގެ ވިއުގަ އެއް އަޅުއްވާ ރައްކާތެރި ބޯފެނާއި ސާފުތާހިރު ފެން ލިބޭނެ ގޮތް ދަނީ ހައްދަވާ ދެއްވަމުންނެވެ. 

ރަށްރަށުގައި ސެޕްޓިކް ބޭންކުތައް ފުރިގެން އެތަކެތި ސާފުކުރުމަށް ފަރުދުންނަށް ހޭދަކުރަން ޖެހުނު ގިނަ ފައިސާ ހަރަދު ކުރުން ނިމުމަކަށް ގެނެވިއެވެ. ރަށްރަށުގެ ފެން ނަޖިހުން ތަގައްޔަރުވުން ނިމުމަކަށް ގެނެސް ދެއްވާ ނަރުދަމާ ނިޒާމް އަޅުއްވާ ދެއްވާ ނިމުނީއެވެ.

އިރުއިރުކޮޅާ ރަށްރަށުގައި ކަރަންޓް ކެނޑުން ނިމުމަކަށް ގެނެސްދެއްވި އެވެ. ކޮންމެ ރަށަކަށްމެ އެރަށަކަށް ބޭނުވާ ވަރަށް ކަރަންޓް ލިއްބައިދިފިއެވެ. ރަށުގައި މީހުން ދިރިއުޅޭ ހިސާބުގައި ހުރި ގެދަބުޅި އިންޖީނުގެތައް އަވަށުން ބޭރުކޮށް އެތަންތަނުން މީހުނަށް ވީ ހުރިހާ އުދަނގުލަކުން ސަލާމަތް ކޮށްދެއްވައިފިއެވެ.

މުޖުތަމައުގެ އިލްމީ ގާބިލްކަން އިތުރުކުރުމަށް ހިލޭ ޑިގްރީ ޕްރޮގްރާމް ފައްޓަވާ ރާއްޖެއާއި ރާއްޖޭން ބޭރުން ކިޔެވޭނެ ފުރުސަތުވަނީ ހޯއްދަވާ ދެއްވާފައިވެ.

ވެރިކަމެއްގެ ފަރާތުން މުޅިރައްޔިތަށް އެއްވަރަށް މަންފާކުރި އެއްވެސް ވެރިކަމެއް ރައިސް ސޯލިހުގެ ވެރިކަންނޫނީ ދިވެހިން ނުދެކެއެވެ. ބަދަލަކީ ގޯސް ބަދަލަކަށް ވިޔަސް ބަދަލުކުރުމުގެ ވިސްނުމަކީ މޮޔަވިސްނުމެކެވެ. 

]]>
Mon, 11 Sep 2023 10:11:01 +0500 ނިއުސް ޑެސްކް
މުގުދަރެއް އޮތީތީ އައްޑޫ ބޮޑެތި ކާށިފަޅާ ލެވޭނޭ ހީވާނީތަ! https://heerasnews.com/1758 https://heerasnews.com/1758 ކޮންމެ ފަންނެއްގައިވެސް ވެޓަރަން ޖަމާއަތެއް އޮވެއެވެ. ދާއިރާގައި އުޅޭ ހިތްވާލެއް ބޮޑު ކަމުންނެވެ. ބަޔަކު ބަލައިނުގަތަސް ހެޔޮތާއެވެ. މާ މޮޅެތި ޖޯރުހުރި ފަންނާނުން ނިކުތުމުން ކުރީ ވިދި ވިދުން ކެނޑި ބާކީވެ ބޭކާރު ބައެއް ގޮތުގައި ތިބޭކަށް ބޭނުމެއް ނުވާނެތާއެވެ. އިހުއްސުރެ އަތު އޮތް މުގުދަރުން އައްޑޫ ބޮޑެތި ކާށި އަދިވެސް ފަޅާލާނަމޭ ހީވާނެއެވެ. 

ސަޔާސީންގެ ތެރޭގައިވެސް ވަކީން އޮންނަ ކޮން ގޮތެއް ހެއްޔެވެ. ސިޔާސީ ކަނބުރުގެއެއް ކުރި ކަނޑާލިޔަސް ނަހާސްކީ ރާއްޖޭގެ ކެޔޮޅަށް ވުރެ އެންމެ ފުކެއް ދެރައެއް ނޫނެވެ. ފަސްބައި އަޅިން ތަތްތެޅި ދިލަކަނި ތަކުން ތެޅި ލައިގެން އުޅޭ އަންނައުނު ވިދު ބޮޑު ފުރޭނި ގަނޑަކަށް ވެފާއޮތަސް ގޯހެއްނެތެވެ. 

ވާނީ އެހެންތާއެވެ. މުލުވަގު ހިފުނު ފަހަރުވެސް ކުރި ހުކުމް ތަންފީޒު ކުރަން ޖަލުގައި އޮވެ ރައީސްކަމަށް ކުރިމަތިލެވޭ ތަނަކުން ކުޅަދުހަމަ މާތާހިރު ބަޔަކު ހޯދަން އުޅުމެކޭ މުޅަކޯރަކުން ގުއިދޮވުމެކޭ ތަފާތެއް ނެތެވެ.

ހާސްކަނޑާލާ ހަމަޖެހޭނޭ ކިޔައިގެން ނިކުމެ މިއުޅެނީ އެ ހާސްކަމެއް ކަނޑުވާ ހަމަޖައްސަދޭން އުޅެއުޅެ ދިރިއުޅުމެއް ނިންމާލާ ބާދަނގަނޑަށް ކިރަން ވެސް ކަމުނުދާ ވަރަށް މިސްކިތު ވަކަރަށް ވެފައިވާ ބައެކެވެ. 

ދެން އޮތީ ފެންއޮތްތާ އުޅެ ދަލުފުލުން ގޮސް ދޮޅިކެނޑި ބޭރުވެގެން ނުކާ ވަރުވެފައި އޮތް މުޅައެވެ. އެހެނެއްކަމުކު ހިތްވަރު ކޮށްލާށެވެ. ފަހަރެއްގައި ސަރުކާރު ބައިކުރާ ތާކުން ތުނިފޮއްޗެއް ފަހަރެއް ލިބި ދާނެއެވެ.

ތިޔައިގެ ތެރޭގައި ގިނައީ ކުރީގެ އޭތި މީއްޗެވެ. ހުސްހެން މިސްކިތު ވަކަރެވެ. އިއްޒަތާ ކަރާމަތް ބޮޑުކަމުން އެހެން ކަމަކަށް ބޭނުން ކުރާކަށް ނުކެރެއެވެ. ކަމުނުދިޔަައެއް ކަމަކު އެއްލާން އަންދާ ލާންނުކެރި އަސްކަނީ ދަށުގައި ބަނދެލާފަ ނޫނީ ނުބޭއްވޭ ވަރުގެ ބަޔަކަށް އެހެން ބަޔެއްގެ ހާސްކަނޑާ ދެވޭނެ ކަމަށް ގަބޫލު ކުރަން ތިބީކީ އެންމެންގެ ސިކުޑިން އިސްކުރު ތަކެއް ދޫވެފައެއް ނޫނެވެ.

]]>
Sat, 19 Aug 2023 11:40:58 +0500 ނިއުސް ޑެސްކް
އިދިކޮޅު އިދިކޮޅާ ޖެހި ނިމޭނީ ނަޝީދުގެ ފިލްމު! https://heerasnews.com/1587 https://heerasnews.com/1587 އެއްވެސް އުސޫލެއްގައި ތިބި ބަޔަކު އެއްވެސް ކަމެއްގައި ނަޝީދާއެކު ކަމެއް ކުރާކަށް ނުފަށާނެއެވެ. އަމްދުން ސިޔާސީ މަސައްކަތެއް ނަޝީދާއެކު ކުރާން އުޅޭނި މޮޔަ ބައެކެވެ. ތިމާ ބޭނުންވާ ގޮތް ނޫން އެހެން ގޮތެއް ނަޝީދަކަށް ނުއޮންނާނެއެވެ. ނަޝީދު އެއްވެސް ކަމެއް ކުރާނީ ތިމާއަށް ވެރިކަން ހިންގުމުގެ ބާރުތައް ތަންމިނަށް ލިބޭނެ ގޮތަށެވެ. 

ކިތަންމެ ދިގުކޮށް ކިތަންމެ ރަނގަޅަށް ކުރެވޭ މަޝްވަރާއަކުން ނިންމޭ ގޮތަކީ ކިތަންމެ ރަނގަޅު ނިންމުމެއް ނަމަވެސް އެކަމެއް ބޮލާލާ ޖަހާ އަމިއްލަ ގޮތް ކުރިއަށް ނެރުމަކީ ނަޝީދުގެ އާދައެވެ. އަބަދުވެސް އެ ވަގުތަކަށް އެންމެ ހިތް އެދޭ ގޮތަކަށް ކަންކުރާން ދިމާ ކުރެއެވެ. އެއްކަމެއްގައި ނަގާ ސްޓޭންޑް ހެދުނު ގޮތަކަށް މެންދުރު އެހެން ގޮތަކަށް ބަދަލު ކުރުމަކީ ނަޝީދުގެ އާދައެވެ.

ގިނަފަޖަރަށް ކަންކަމުގައި މަޝްވަރާގެ މަރުހަލާގައި ގޮތް ނުމެނީސް ކަން އޮންނަން ޖެހޭގޮތް ކަނޑައަޅާ އިއުލާންކޮށް މަޝްވަރާ ތަކުގެ ކުރި މަރާލައެވެ. އެހެން އެއްވެސް މީހެއްގެ މޫނަކަށް ކަދުރާއަކަށް ނުބަލައެވެ. ހިޔާލަކަށް ރައުޔަކަށް ނުބަލައެވެ. 

އެންމެ ބިރުވެރިކަމަކީ ނަޝީދު ސިޔަސީކަމެއްގައި ބަޔަކާ އެއްގަލަށް އަރައިފިނަމަ އެ ބައެއްގެ ހަމަތަކަ އުސޫލުތައް ނަޝީދަށްޓަކައި މުގުރަލަން ޖެހޭ ޖެހުމެވެ. ރައީސް ސޯލިހާއެކު ސިޔާސީ މަސައްކަތް ނުކުރެވުނު މީހަކަށް އެހެން ބަޔަކާ ގުޅިގެން ކުރެވޭނެ ސިޔާސީ މަސައްކަތެއް ނަޝީދަކަށް ނުއޮންނާނެއެވެ. މަސްލަހަތަށްޓަކައި ރައީސް ސޯލިހު ކަންކަން ކޮމްޕްރަމައިޒް ކުރިވަރާ ގާތައްވެސް އެހެން ބަޔަކު ނަޝީދަށްޓަކައި ކަންކަން ކޮމްޕްރަމައިޒެއް ނުކުރާނެއެވެ. 

2023ގެ ރިޔާސީ އިންތިހާބާ ދިމާކޮށް ދޮލަގަކަށް ނަފްސް ލައިގެން ވިއްކަން ދުވާ މީހަކަށް ނަޝިދު ވެއްޖެއެވެ. އެމްޑީޕީގެ ރައީސް ކަމުގައި ހުރެ ފުއްޕާފައި އެމްޑީޕީއާއި ދެކޮޅަށް  ގާސިމް ވަރެއް ނެތިގެން އުޅެގަތެވެ. ފިކުރު ދިރުވަން ގާސިމްގެ އުނގަށް ފުންމާލީ ބަރުލަމާނީ ޕެކޭޖް ބަނޑުދަށުލައިގެނެވެ. މަޝްވަރާތައް ފެށުމާއެކު ބަރުލަމާނީ ޕެކޭޖް އޮއްސާލި އޮއްސާލީނުން ގާސިމް މޭބޮޑުވެ ފައްސާނަގާލިއެވެ. 

ދެއަތަކަށް ދެލަކިޖަހާ " އިބުރާހީމް ނޫންގޮތެއް" ހޯދުމުގެ ނަމުގައި ޕީޕީއެމް ތެރެއަށް ވަދެގަނެ ތެޅިފޮޅެގަތެވެ. އިބުރާހީމް ނޫން ގޮތެއް ހޯދަދޭން ވަދެ ޕީޕީއެމަށް ހުށަހެޅީ ޔާމީނު ނޫން ގޮތެކެވެ. ބަދަލު ކުރަން ފައިވިއްދާލީ ޕީޕީއެމްގެ އިންޑިއާ އައުޓް ޕޮލިސީއެވެ. ޕީޕީއެމް އަރާގަތްރުޅިން އިންޑިއާ އައުޓް ނުހުއްތާނެ ކަމަށް ފާޅުގައި ބުނެފިއެވެ. ޔާމީނުގެ ކެންޕެއިން ފަށައިފިއެވެ. ނަޝީދަށް ފަސްފަހެތިން ދިން ކަހަލައެވެ. 

އާއްމު މެންބަރުން ހަމަވެގެން ސިޔާސީ ޕާޓީއަކަށް ނުވެވިގެން އުޅުނަސް ބައިބޯ ޕީޕީއެމަށްވުރެ ދަ ޑިމޮކްރެޓްސްގައި މަޖިލިސް މެންބަރުން ގިނައެވެ. ދަ ޑިމޮކްރެޓްސް ރަސްމީކޮށް އުފެދުމާއެކު ޕިޕީއެމުގެ ސިޔާސީ ބާރުވެރިކަން މަޖިލީހުގައި ކެނޑިގެން ދާނެއެވެ. މަޖިލީހުގެ މައިނޯރިޓީ ލީޑަރކަން ރެޓުންނަށް ލިބޭނެއެވެ. އެހިސާބުން އަނެއްކާވެސް ނަޝީދަށް ނަޝީދު އޮޅި އިދިކޮޅު ސިޔަސީ ލީޑަރުގެ ގޮތުގައި ވެގަނެގެން ޕީޕީއެމް ނޯށުން ރޮއްވަލާނެއެވެ. ނަޝީދު ނޫން މީހަކު ވެރިކަމަށް އަޔަނުދޭން އިދިކޮޅު އިދިކޮޅާ ޖައްސާ އިބޫނޫން ގޮތެއްނެތި ނަޝީދުގެ ފިލްމު ނިމޭނެއެވެ. 

]]>
Tue, 04 Jul 2023 09:10:16 +0500 ނިއުސް ޑެސްކް
އީވާ ނެތަސް ނަޝީދު ނެތަސް އެމްޑީޕީ އޮންނާނެ https://heerasnews.com/1552 https://heerasnews.com/1552 ފަހުގެ ތާރީހުގައި ސިޔާސީ ގޮތުން ރާއްޖޭގައި ހިނގާދިޔަ ނުބައިނުލަފާ ހުރިހާ ކަމެއްގެ މުގުލުގައި ހުރީ ނަޝީދެވެ. ކޮންމެ ފަހަރަކު ޖަލުގެ ގަޑުބަޑުކޮށް ހަލަބޮލި ކުރުމުގެ ސަބަބު މެދުވެރި ކުރަނީ ނަޝީދެވެ. އީވާނުގެ މަރަށް ފަހު މާލެތެރޭގައި ހުޅުޖެހުމުގެ އަޑީގައި ހުރީ ނަޝީދު ނޫން ދެވަނަ މީހެއް ނޫނެވެ. ބޭނުންވީ އެންމެ ކަމެކެވެ. އޭނާ ވެރިކަމަށް އައުމަށްޓަކައި ދުނިޔެއަށް ފޮޓޯ ދެއްކުމެވެ. މައުމޫނު ޑިކްޓޭޓަރެއްގެ ގޮތުގައި ސިފަކުރުމެވެ. 

ދިގުލީ މައުމޫނުގެ ވެރިކަން މަތިން ފޫހިވެފައި ތިބި އެއްމެން އެއް ރޫހެއްގައި ނިކުމެ އިސްލާހީ ހަރާކާތް ފަށައިގަތީ މައުމޫނު އިސްލާހީ އެޖެންޑާ އިއުލާނު ކުރުމުންނެވެ. ސިޔާސީ ވާހަކަ ދެއްކުން ހޮޅުއަށިތަކާ ހަމަޔަށް މައުމޫނު ހުޅުވަލިއެވެ. ގާނޫނު އަސާސީ އިސްލާހު ކުރުމަށް ރައްޔިތުންގެ ހާއްސަ މަޖިލިސް ރައީސް މައުމޫނު އެއް ކުރެއްވިއެވެ. އޭރު ޖަލުގައި ބަޑިޖެހި ހާދިސާއާއި ގުޅިގެން މަލޭގައި ހިންގި ހުޅުޖެހުން ހިންގުމަށް ފަހު ނަޝީދު ހުރީ އަމިއްލައަށް އަރުވާލެވިގެން އިގިރޭސި ވިލާތުގައެވެ.

މައުމޫނުގެ އިސްލާހީ އެޖެންޑާއާއި ގުުޅިގެން ގާނޫނު އަސާސީ އިސްލާހު ކުރަން އެއްކުރެވުނު ރައްޔިތުންގެ ހާއްސަ މަޖިލިސްގެ ރައީސް ކަނޑައެޅުން އުދަގޫވެ މަޖިލިސް ޑެޑްލޮކަށް ދިޔައެވެ. އިސްލާހީ އެޖެންޑާއާއި ގުުޅިގެން ލިބުނު ލުއިގާ މިނިވަން ބަހުސްތައް އޭރު އޮތީ ފެށިފައެވެ. މިނިވަން ބަހުސްތަކާއެކު މައުމޫނުގެ ވެރިކަމުގައި ހައްގަކާ ލައިގެންނާއި ހައްގަކާ ނުލާ އެކިވަރުގެ އަދަބު ލިބުނު މީހުންނާއި އުސޫލަށް ބޯ ނުލަނބާ އެތައް ބަޔަކު އެއްވެ މައުމޫނާ ދެކޮޅަށް އިސްލާހީ ހަރަކާތުގައި އަމަލީ ގޮތުން އުޅެން ފެށިއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު އިސްލާހީ ހަރަކާތަށް ވާގިލިބޭ ގޮތަށް ދިވެހި އޮބްޒަވަރގެ ނަމުގައި އޮންލައިނުް ނޫހެއް ރާއްޖޭން ބޭރުގައި ހިންގަމުން ދިޔައެވެ. ޑީއޯ ސައްޕެ (މ. މާފުށީގެ / އަހުމަދު ޝަފީގް ) ގެ މޭސްތިރިކަމުގެ ދަށުގައެވެ. ރާއްޖޭގެ ސިޔާސީ މަސްރަހުގައި އިސްލާހީ ހަރާކާތުގެ ހަމަ ހިފެހެއްޓީ ދިވެހި އޮބްޒާވަރއެވެ. އެއާއި އެކު މާލޭގައި ހަފްތާ މަޖައްލާ އައްޑުވަސް އިސް ދައުރެއް އަދާކުރިއެވެ. 

ރައްޔިތުންގެ ހާއްސަ މަޖިލިސް ހުއްޓިފައި އޮތް ދުވަސްވަރު އިދިކޮޅު ސިޔާސީ ވިސްނުމުގެ އެންމެން އެއްރޫހެއްގައި މަސައްކަތް ކުރަމުން އައެވެ. ހާއްސަ މަޖިލީހުގައި މަސައްކަތް ކުރެއްވި އިސްލާހީ ފިކުރުގެ މެންބަރުން އިސްވެ ތިބެ ގޯގޯ ލަތީފް ގެ ލީޑަރޝިޕްގައި ސްރީ ލަންކާގައި އެމްޑީޕީގެ ހަރަކާތްތައް ފެއްޓިއެވެ.

އޮގަސްޓް 12، 13 ގެ ބޮޑު އެއްވުމަށް ފަހު ސިޔާސީ ލީޑަރުންގެ ގޮތުގައި ތިބިހާ ބަޔަކާއި އިސްއެކްޓިވިސްޓުން ޖަލުގައި ހައްޔަރުވެ މުޅި ގައުމު ސިޔާސީ ގޮތުން ހުއްޓުމަކަށް އައިސް ކުއްލި ނުރައްކަލުގައި އޮތް އިރުވެސް މުހައްމަދު ނަޝީދު ހުރީ ހަރަކާތާ ވަރަށް ދުރުގައި އިނގިރޭސި ވިލާތުގައެވެ. ގައިގާ ކޫރުމެއް ވެސް ނޭޅިއެވެ.

ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަން ހޯދީ މިނިވަން ބަހުސްގެ ބައިވެރިންނެވެ. އޮގަސްޓް 12، 13 ގެ ބައިވެރިންނެވެ. އައްޑުވަސް މަޖައްލާގެ ލިޔުންތެރިންނެވެ.

އެތައް ބައެއްގެ ގުރުބަނީއާއި ސްނާމީގެ ބިރުވެރިކަމަށް ފަހު އިސްލާހީ ހަރަކާތް ސިޔާސީ ޕާޓީއަކަށް ބަދަލުކުރެވޭ ވަރަށް ކަންކަން ތަރުތީބުވެ ރައީސް މައުމޫނު ވެސް ޕާޓީ ހައްދަވަން ބޭނުންފުޅުވާ ހިސާބަށް މާހައުލު ފަހި ވުމުން ވައިކުޑާގައި ފުންމާލާ އެމްޑީޕީ ރަޖިސްޓްރީ ކުރަން ދުއްވައިގަތަކަސް ނަޝީދަކީ އެމްޑީޕީ ކަމަކަށް ނުވާނެއެވެ. 

އެމްޑީޕީގައި ވަކި މީހަކު ނެތުމުން އެމްޑީޕީއެއް ނުނިމޭނެއެވެ. އިބްރާއާއި މުނައްވަރާއި ޑރ. ވަހީދުނެތީސް ވެސް އެމްޑީޕީ އޮތެވެ. ރީކޯ މޫސައާއި މަވޯޓާ ޝަރީފް ނެތް އިރުވެސް އެމްޑީޕީ އޮތެވެ. އީވާ ނެތަސް ނަޝީދު ނެތަސް އެމްޑީޕީ އޮންނާނެއެވެ.  އެމްޑީޕީއަކީ އިސްލާހީ ހަރަކާތުގެ ނަމެވެ. އޭރަކުވެސް މިހާރަކުވެސް އެމްޑީޕީއަކީ ވަކި މީހެއް ނޫނެވެ.    

]]>
Thu, 22 Jun 2023 19:35:58 +0500 ނިއުސް ޑެސްކް
ޔާމީނަކީ އިބޫއަށް ބިރެއްނޫން https://heerasnews.com/1551 https://heerasnews.com/1551 ރައީސުލްޖުމްހޫރިއްޔާ ޕީޖީއާއި ބައްދަލު ކުރައްވަން ޖެހިވަޑައިގަންނަވާ ކަންކަމުގައި ޕީޖީއާވެސް ބައްދަލުކުރައްވާނެއެވެ. ރައީސުލްޖުމްހޫރިއްޔާއަކީ ދައުލަތުގެ އެންމެ މަތީވެރިއާއެވެ. ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ޕީޖީއާއި ބައްދަލު ކުރޭތޯ ނުކުރޭތޯ ރައީސް ނުބައްލަވާނެއެވެ. 

ހެއްވާކަމަކީ ރައީސް ޕީޖީއާއި ބައްދަލު ކުރެއްވިޔަސް އެ ބައްދަލު ކުރައްވާ ކުރެއްވުމަކީ ރައީސް ޔާމީނާ ގުޅުންހުރި ބައްދަލުވުމަކަށް އިދިކޮޅުން ހަދާ ހެދުމެވެ. ޕީޕީއެމް - ޕީއެންސީ އަށް މާ މުހިންމު މީހަކަށް ވިޔަސް ރައީސް ސޯލިހަށް ޔާމީނަކީ މުހިންމު މީހެއް ނޫނެވެ. ރައީސް ސޯލިހު ވަނީ އާރާބަރާއި ވެރިކަމުގައި ޔާމީނު ހުންނަވަނިކޮށް އެއްބުރުން ރީތި ބައްޔަކުން ބަލި ކުރައްވާފައެވެ. އެހެން އެކަން އޮތް އިރު މިހާރު ރައީސް ސޯލިހަށް ޔާމީނަކީ ބިރަކަށް ވެގެން ނޫޅުއްވައެވެ.

ޕީޖީ ޝަމީމާއި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާއި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތް އަދި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އާއި ރައީސް ބައްދަލު ކުރައްވަން ޖެހޭ ކަންކަން ހުންނާނެއެވެ. އިދިކޮޅު އަދުރޭމެން ބޭނުންހާއިރަކު ބޭނުން ވާއިރަކަށް ރައީސަކާ ބައްދަލު ވާކަށް ނުޖެހެއެވެ. އަމްދުން ޔާމީނުގެ ޝަރީއަތާ ގުޅުން ހުރި އެއްވެސް ކަމެއްގައި ރައީސުލްޖުމްހޫރިއްޔާއާށް ކުރެއްވޭނެ ކަމެއް ނެތް އިރު އިދިކޮޅުން ރައީސާ ބައްދަލުކޮށްގެން ރައީސް ލައްވާ ޝަރީއަތަށް ނުފޫޒު ފޯރުވެވިދާނެ ކަމަށް ހީވަނީ ހެއްޔެވެ.  

އަދުރޭއަށް " ފެނިގެން ދިޔައީ ޕީޖީ ރައީސް އޮފީހަށް ހާޒިރު ކުރިތަން. ޕީޖީއާއި އެކުއެކީގައި ހޯމް މިނިސްޓަރ އިމްރާންވެސް ހާޒިރުކުރި. އިމްރާނާއެކީގައި އެޓާނީ ޖެނެރަލް ރިފްއަތުވެސް ހާޒިރުކޮށްފި. އޭގެ ކުޑައިރުކޮޅެއްފަހުން ސީޕީ ހަމީދު ހާޒިރުކޮށްފި" ކަމަށެވެ. އަދުރޭމެނަށް ހާޒިރު ކުރުމުގެ މާނަ ކުރެވޭ ގޮތެއް ދޮތައެވެ. ރައީސް ބޭނުންފުޅުވާ ކަންކަމުގައި އެއްކޮށްނާއި ވަކިވަކީން ބައްދަލު ކުރެއްވުމަކީ ރައީސަށް ގާނޫނު އަސާސީން ހުއްދަކުރާ އަދި ބާރުއަޅާ ކަމެކެވެ. 

ރައީސް ސޯލިހު އެބޭ ބޭފުޅުންނާއި ބައްދަލުކުރެއްވި ބޭނުމާ މަގްސަދު ވެސް އެނގެނީ އަދުރޭ އަށެވެ. އީދު ބަންދު ތެރެ ކީއްކުރަން ހެއްޔެވެ. ރައީސް ސޯލިހު ބޭނުންފުޅުވެ ވަޑައިގެން ރައީސް ޔާމީނަށް ކަމެއް ކުރައްވަން ބަޔަކު އެއްކުރައްވައިގެން ގޮތެއް ހޯއްދަވާކަށް ނުޖެހޭނެއެވެ. ރައީސް ޔާމީނު ކީއްކުރަން ހެއްޔެވެ. އެއްވެސް މީހަކަށް އަނީޔާ ކުރެއްވުމެއް އަނިޔާވެރި ވުމެއް ރައީސް ސޯލިހުގެ ތޮބީއަތުގައިވެސް ނެތެވެ.

ރައީސް ޔާމީނު ވެރިކަމުގައި ބައިހަދައިގެން އަދުރޭމެން ރައީސް އޮފީހަށް ވަދެތިބެ އެކި މީހުނަށް އަނިޔާ ކުރިހެން އެންމެން ކަން ކުރާނެހެން އަދުރޭމެނަށް ހީވާނެއެވެ. ރައީސް މިނިވަން ކުރަން އުޅޭ ގޮތް ދައްކައިގެން ދެދަޅައގައި ނޫސްވެރިންގެ ބައްދަލުވުން ބޭއްވަނީ ރައީސް ޔާމީނު މިނިވަން ކުރުމުގެ ނިޔަތް ކުޑަކޮށް ވެސް ނެތީމައެވެ.

އަދުރޭމެން ޕީޖީ އާއި ބައްދަލުކޮށް ޔާމީނުގެ ޝަރީއަތަށް ނުފޫޒު ފޯރުވަން ބަހަނާތައް ނުދައްކާށެވެ. އިސްތިއުނާފީ މައްސަލަ މަތީ ކޯޓަށް ހުށަހެޅިފައިވަނިކޮށް އެ މައްސަލައަށް ހައްލެއް ނުލިބި ދަށު ކޯޓަށް މައްސަލަ ހުށަހެޅިގެން ނުވާނެ ކަމަށް ބުނެ ޕްރޮސިކިއުޓަރއަށް ނުފޫޒު ފޯރުވަން އަދުރޭމެނަށް އޮތީ ކޮން ހައްގެއް ހެއްޔެވެ. އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލައިގައި ކިތަންމެ ބަޔަކު ހިމެނޭ ކަމަށް ބަޔަކަށް ހީވިޔަސް ދައުލަތުން ދައުވާ ކުރާނީ ކުށް ސާބިތުވާ ވަރަށް ހެއްކާ ގަރީނާ ލިބޭ މީހެއްގެ މައްޗަށެވެ. 

އާނއެކެވެ. ކިތަންމެ ބަޔަކު ވެސް ވައްކަން ކުރެއެވެ. އަތުވަނީ މަދު މީހެކެވެ. ވަގު އަތުވުމުން ވަކި މީހެއް ވެގެން އަތުވާ މީހައަށް ޝަރީއަތް ނުހިންގަން ބުނާ ބަޔަކަށް އިންސާފެއް ވަގުންނެއް ނުތިބޭނެއެވެ. ޔާމީނު ކޮށްގެން އުޅޭ ކުށާއި ޕީޕީއެމް-ޕީއެންސީ އަކާ ކޮންބެހޭ ކަމެއްހެއްޔެވެ.

ޔާމީނު އަމިއްލަ ހައިސިއްޔަތުން ކޮށް ސާބިތުވެފައިވާ ކުށްތަކަށް އަދަބު ދިނުމާ ތުހުމަތުވާ ކަންކަމަށް ޝަރީއަތް ކުރުމަކީ އަނިޔާ އަކަށް ވެގެން ޔާމީނު ނޫޅެއެވެ. ޔާމީނުގެ ޝަރީއަތަކީ ޕީޕީއެމް-ޕީއެންސީއާ ބެހޭކަމެއް ނޫނެވެ. ޕީޕީއެމް-ޕީއެންސީން ޝަރީއަތަށް ނުފޫޒު ފޯރުވަން ކުރާ މަސައްކަތް ހުއްޓުވާ އެކަމަށް ދައުވާ ކުރަން އެބަޖެހެއެވެ.

]]>
Thu, 22 Jun 2023 16:36:32 +0500 ނިއުސް ޑެސްކް
އިޔާޒް ފަހާދުއްވީ ގިނަބަޔަކު ޕީޕީއެމާ ދުރަށްދާތީ https://heerasnews.com/1525 https://heerasnews.com/1525 އިލްމުވެރިން ޖާހިލުން އުޅޭގޮތަށް އުޅެން ފެށީމާ އިހްތިރާމް ނުލިބޭނެ ކަމަށް ބުނެ ވާހަކަ ދައްކަން އެންމެ ރަނގަޅު މީހަކީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދުއެވެ. އެ އެފާޑަށް އުޅުނީމާ ވާގޮތް އެންމެ ރަނގަޅަށް އެނގޭނެ އެކަކީ ޑރ. ޖަމީލެވެ. އިލްމުވެރިން ޖާހިލުން އުޅޭ ގޮތަށް އުޅުނީމާ ވާންވީ ހުރިހާ އެއްޗެއް އެންމެ ބޮޑަށް ވެގެން ހުރި މީހަކީ ޖަމީލެވެ. މީހަކު އިހުތިރާމެއް ގަދަރެއް އިތުބާރެއް އެ ފަކީރަކަށް ނުކުރެއެވެ. 

އަދާލަތު ޕާޓީގެ އިސްފަނޑިޔާރު ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް އާއި ޕީޕީއެމްގެ ސަޕޯޓަރުން ތަކެއް މަގުމަތިން ދިމާކުރި މުޑުދާރު އަމަލު ދިފާއުކޮށް ވާހަކަ ދައްކާއިރު ޖަމީލު ފަހާދުވަން ޖަމީލު އަމިއްލައަށް ދައުވަތު ދޭކަހަލައެވެ. މަގުމަތިން މީހުންފަހާ ދުވުމަކީ ކުރަންޖެހޭ ކަމެއް ކަމަށް ޑރ. ޖަމީލު ބުނަނީތާއެވެ.

ތިމާ ތާއީދުކުރާ  ފިކުރު ނޫން ސިޔާސީ ފިކުރަކަށް ތާއިދު ކުރާ މީހަކު އެމީހާގެ ޝުއޫރު ފާޅު ކުރުމުން އެކަން ގޯސްކޮށް އަތްފައިން ގޯސް ހަދަން ޖެހޭ ސަބަބެއް ނެތެވެ. ޖަމީލު ވިސްނާ ގޮތް ނޫން ގޮތަކަށް ވިސްނާ ކިތަންމެ ރަނގަޅު ޝުއޫރެއް ފާޅު ކުރުމަކީ ވެސް ޖަމީލު ދެކެނީ ފުރައްސާރަ ކުރުން ކަމަށެވެ. ވެގެން ތިޔަ އުޅެނީ އެހެން ގޮތެކެވެ.

ޑރ. އިޔާޒް ފަދަ އިލްމުވެރިން ދައްކަވާ ވާހަކަފުޅާ ދެކޮޅަށް ދެއްކޭނެ ހުއްޖަތެއް ނެތި ގޮތް ހުސްވަނީއެވެ. ޕީޕީއެމްގެ ކޮންމެ އަމަލަކީ ހައްގު ތެދުކަމަށް ދައްކަން ކުރާ ހީލަތްތެރި މަސައްކަތުގެ ހަގީގަތް ޑރ. އިޔާޒް މެންގެ ވާހަކަފުޅު ތަކުން ހާމަވެ އާއްމުވެ ގިނަ ބަޔަކު ޕީޕީއެމާ ފެޔަށް ޖެހޭތީ ކެތްނުވެގެން ހެދޭ ނުހެދޭ ނޭނގެނީއެވެ.

ޕީޕީއެމުން ޑރ. އިޔާޒް ފަހާދުވި ވީޑިއޯ: ބޮޑެތި މީހުނަށް ހާއްސަ ކުރެވިފާވާތީ ޔޫޓިއުބުން ބައްލަވާ ލައްވާ

ސިޔާސީ ބޭނުމުގައި މީހުން ކާފިރުކޮށް ލާދީނީކޮށް ހެދުމުގައި ޝޭހުންގެ ނަމުގައި ބަޔަކު ނިކުމެ ޕީޕީއެމަށް ކެންޕޭންކޮށް ދޭދިނުމުގެ ނަތީޖާ ޑރ. އިޔާޒްމެންގެ ސަބަބުން ނުފެންނާތީ މޭކަރާނެއެވެ. ތުރުތުރު އަޅާނެއެވެ. މަގުމަތިން މަސްހޫރުކަން ހޯދަން އުޅޭ ޑަކައިތުން ލައްވާ މީހުން ފަހާދުއްވާ ތިމާމެންނަށް އޮތް ތާއީދުން ބައެއް އަމިއްލައަށް ނަގާލެވޭއިރު ނޭނގެއެވެ.

ބަލަ ޕީޕީއެމުގައި ވެސް އިލްމުވެރިންނާއި އިންސާނީ ކަރާމަތައް އިހުތިރާމްކުރާ ދުރުވިސްނޭ ސަޕޯޓަރުން އެބަތިއްބެވެ. ޕީޕީއެމްގެ ނަމުގައި މަގުމަތީ ހަރަކާތަށް ނިކުމެ އުޅޭ ބަޔަކު ރާއްޖޭގެ އިލްމުވެރިއަކު ފަހާ ދުވާކަށް އެމީހުން ބޭނުމެއް ނުވެއެވެ. އެމީހުން ނިސްބަތްވާ ޕާޓީން އެފަދަ މުޑުދާރު އަމަލު ހިންގާތަން ދެކޭކަށް ވެސް ބޭނުމެއް ނުވެއެވެ.

ޑރ. ޖަމީލުމެން ފަދަ އިސްސަފުގައި ތިބޭ މީހުން އެފަދަ ގޮތްކުޑަ އަމަލު ތަކަށް ހިތްވަރުދީ އެ ހުތުރު އަމަލު ދިފާއު ކުރާކަށް ޕީޕީއެމްގެ ގިނަ މެންބަރުންނާ ސަޕޯޓަރުން ނޭދެއެވެ. އެފަދަ އިންސާނިއްޔަތާ ހިލާފު އަމަލުތަކުގެ ސަބަބުން ޕީޕީއެމަށް ކުރި އިތުބާރާ ތާއީދު ގިނަ ބައެއްގެ ހިތުން ފިލާ ގޮސް ޕީޕީއެމްއަށް ނަފްރަތު ކުރަން ފަށައިފިކަން ޖަމީލުމެނަށް ނޭނގުމަކީ ހިތާމަ ހުރި ކަމެކެވެ. 

ޑރ. ޖަމީލު ބުނާހެން އިލްމުވެރިން ޖާހިލުން އުޅޭގޮތަށް އުޅެން ފެށުުމުން ޑރ. ޖަމީލަކަށް މިހާރަކު އެއްވެސް އިޙްތިރާމް ނުލިބެއެވެ. ރައްޔިތުންގެ ލޯބިން ޑރ. ޖަމީލު މަހުރޫމު ވެފައި ވަނީ ތެދުވެރި ޢާލިމަކަށް ނުވާތީކަން ސާފުވެއްޖެއެވެ. އެހެން މީހުން ސިޔާސީ އެކްޓިވިސްޓުންނަށް ވެގެން އުޅޭ އިރު ޖަމީލަކީ ރާއްޖޭގައި ހުރި އެންމެ ބޮޑު ސިޔާސީ ފޭލިޔަރެވެ. އެންމެ ނާކާމިޔާބު ގާނޫނީ ވަކީލެވެ.

ޖަމީލް ކޮންމެ ރާގެއްގައި ކޮންމެ ގޮތަކަށް ޑރ. އިޔާޒް ސިފަ ކުރިޔަސް ޑރ. އިޔާޒްގެ އިލްމުވެރިކަމުގެ ޒައްރެއްގެ މިންވަރުވެސް އުންޏެއް ނުކުރެވޭނެއެވެ. ހައްގު ބަސް ވިދާޅުވުމުގައި ފަހަތަކަށް ނުޖެއްސޭނެއެވެ. ޑރ. އިޔާޒް މެންނަކީ ޖަމީލުހެން ހައަނގައި ވާހަކަ ދައްވާ ބޭފުޅެއް ނޫނެވެ. ޕީޕީއެމުން ޖަމީލުމެން ދީނުގެ ނަމުގައި މީހުން ކާފިރުކޮށް ލާދިނީކޮށް އާއްމު ރައްޔިތުންނާއި ޕީޕީއެމްގެ އާއްމު މެންބަރުންނާ ސަޕޯޓަރުން ވައުވައްދަން ކުރާ މަސައްކަތް ޑރ. އިޔާޒުމެންގެ ސަބަބުން ބޭކާރު ވެގެންދާތީ އެކްޓިވިސްޓް އަންހެނުން ފޮނުވައިގެން ފަހާ ދުއްވަނީއެވެ. 

ޑރ. އަފްރާޝީމްއާއިވެސް ފުރަތަމަ ދިމާކުރީ ބަޔަކު ތިޔަ ފާޑަށެވެ. އާހިރުގައި ކަން ހިނގާ ދިޔަ ހިތަމާވެރި ގޮތް ހިތަށް ވަނުމުން ބިރު ހީވެއެވެ. ސިޔާސީ ޖަޒުބާތުގައި ނަފްރަތު އުފައްދައިގެން އިންސާނީ ކަރަމާތް ނަގާލުމަށް ހިއްވަރު ދެވިގެން ނުވާނެއެވެ. ކޮންމެ ސަބަބަކާ ހުރެވެސް ޑރ. އިޔާޒަށް ފުރައްސާރަކޮށް ޕީޕީއެމްގެ އެކްޓިވިސްޓުން ދުވި ދުވުމަކީ އާދައިގެ ކަމެއްނޫނެވެ. އެކަމަށް ހިއްވަރުދީ ޑރ. ޖަމީލުމެން ޓްވީޓްކުރުން އަދި މާގޯހެވެ.

]]>
Fri, 16 Jun 2023 11:21:19 +0500 ނިއުސް ޑެސްކް
ގާސިމަށް: ރައްޔިތުން ހޮވާކާ ކޮތަރުތަކަކަށް ނުހެދޭނެ! https://heerasnews.com/1507 https://heerasnews.com/1507 މާތްކަލާކޯއެވެ. ދިވެހިންނަށް ގާސިމް އިބްރާހީމް އެނގެއެވެ. ފަސް އަހަރުގެ ވެރިކަމެއްގައި 100 މިލިއަނަރުން އުފައްދާ 3 އަހަރުން ދަރަނި 120 އިން 90 އަށް ތިރިކޮށް އާމްދަނީ 30 އިންސައްތައަށް މަތިކޮށް ދޭން ގާސިމު އުޅޭނެ ކަމެއް ނެތެވެ. 20 ހާސް ހައުސިންގ ޔުނިޓް ވެސް އަޅާނެ ކަމެއް ނެތެވެ. ތިޔަހަރަ ކަން ކަމަކީ ގާސިމަކާ އަރާ އަރަ ފޯދިގެންވާ ކަންކަން ނޫންކަން ގާސިމްގެ މާޒީން އެ ހުރީ ފެންނާށެވެ.

އަމިއްލަ ވިޔަފާރިއަށް ދައުލަތުގެ ކިތައް ބިން ކިހާ ދުވަހެއް ވާންދެން އޮޅުއަޅައިގެން ހިފަހައްޓާފައި އެބަ އޮތް ހެއްޔެވެ. ހުޅުމާލެއިން ގާސިމަށް ދޫކޮށްފައި އޮތްހާ ބިންތަން އެ ހުރީ ހުރި ގޮތަށެވެ. ކުރާކަމެއް ހަރާމުން ހަރާމެވެ. އެހެން މީސްމީހުނަށް ވިޔަފާރި އުސޫލުން ހުޅުމާލޭން ދޫކުރި ބިންތަކުގައި ތަންތަން ހަދާ އޭގެ ނަފާ ރައްޔިތުންނަށް ލިބެމުން ދާއިރު ގާސިމްއަށް ދޫކޮށްފައި އޮތްހާ ބިން އެއޮތީ ރޮލަށެވެ. ތިލަފުށީގެ ބޮޑުބައެއް ވެސް އޮތީ ގާސިމު ސުންބުލީގައެވެ.

ރާއްޖޭގެ އެތަން މިތަނުން ފަޅުރަށާއި ބިންތައް ހޯދައިގެން އޭގެ މަންފާއެއް ރައްޔިތަކަށް ނުކުރާތާ ގިނަ ތަންތަން އޮތީ އެއްކަމެއް ނުކޮށް ދައުލަތުން ބަދަލު ހޯދަން އޮތް ވަސީލަތަކަށް ހަދާފައެވެ. އަކަފޫޓަކަށް ބައިރުފިޔާއެއްގެ މަގުން މާލޭގެ ބޭރުމަގުން ބޮޑު ބިމެއް ކުށްޔަށް ނަގައިގެން ވިލާގޭސް ހިންގާ ބޮޑުފައިދާ އެބަ ހޯދައެވެ. ވިލާ ކޮލެޖުގެ ވިޔާފާރި ވާހަކައެއް ނުދައްކަމެވެ. 

ރައްޔިތުންގެ މޮޅުގޮތް ހޯދާދޭން އުޅޭ މަހުޖަނު އާއްމު އާދައިގެ ވިޔާފާރިތަކަށް ވަދެ އެހެން މީހުންގެ ވިޔަފާރިތަކަށް ހުރަސް އެޅުމުގައި ހުރީ ފޫގަޅައިގެންނެވެ. އެހެން ހުރި މީހަކަށް އުފެއްދޭނީ ކޮން 100 މަހުޖަނުންނެއް ހެއްޔެވެ. މިހާރުވެސް މުޅި މާލެ ތެރޭގައި އެއޮތީ ހުސް ވިލާ މާޓެވެ. ކިއްލި ވިއްކަންވެސް ޖެހެނީ ބޮޑު މަހުޖަނެވެ.

ކޮވިޑްގައި ރިސޯޓްތައް ފެސިލިޓީ ތަކަށް ހަދައިގެން ކޮވިޑް ފަންޑުން ބޮޑުބައެއް ކައްވާލާ 80 ޕަސެންޓް މުއައްޒަފުން ވަޒީފައިން ވަކިކޮށް މަގުމަތިކޮށް ބަނޑަށް ޖެއްސިކަން އެމިހުން ހަނދާން ނެތޭހާ ދުވަހެއް ނުވެއެވެ. ކަޑާނުލާ ތިބި މަދު މުއައްޒަފުންނަށް މަހު މުސާރައަށް ދިނީ އެންމެ އެއްހާސް ރުފިޔާ ކަން އެމުއައްޒަފުން ހަދާން ހުންނާނެއެވެ. ނުކެނޑި ތިބެނީ އެހެން ގޮތެއް ނެތީމައެވެ. ސޭޓްގެ ހެޔޮކަމާ ދީލަތިކަމުން ވާ ލޯތްބަކުން ނޫނެވެ. 

ލިބޭ އާމްދަނީ ދަށް ވެލާއިރަށް މުއައްޒަފުންގެ މުސާރައިން ބައެއް ކަނޑާލާ މުއައްޒަފުން މަދުކޮށް މުއައްޒަފު މީހާ މަގުމަތިކުރުން ކަށީގައި ހިފާފައި ހުރި މީހަކަށް ރައްޔިތުންނަށް ހޯދާދެވޭނީ ކޮން ހަމަޖެހުމެއް ހެއްޔެވެ. ރިސޯޓް ތަކުގައި މަސައްކަތް ކުރާ ކުދިންނަށް ހައްގު ސާރވިސްޗާޖް ކޮޅުވެސް ދޭން ނުކުރޭ މީހަކަށް އެހެން ރައްޔިތަކަށް ދޭންކެރޭނީ ކޮން އެއްޗެއް ހެއްޔެވެ.

ސިޔާސީ ބޭނުމަށް ޖެހެލުމެއް ނެތި ފައިސާ ހޭދަކުރަނީ ދައުލަތުގެ ތެރެއިން އަމިއްލަ ޖީބަށް ތިންގުނަ އިތުރަށް ހޯދުމަށެވެ. ވެރިކަން ހޯދައިގެންނާއި ވެރިކަން ހޯދާ ދީގެން އަޅާ ބައި ބޮޑުކުރުމުގެ ދަހިވެތި ކަމުގައެވެ. އަމިއްލަ ޖީބަށްޓަކާ އުމުރު ދުވަހު މަސައްކަތްކުރަމުން އަންނަ ބޮޑު މަހުޖަނު ކިއްލި ވިއްކުމުން ފެށިގެން ވެރިކަމާ ހަމަޔަށް ވިޔާފާރި ފުޅާކޮށްދީ ދައުލަތުގެ ހަޒާނާ ސޭޓްގެ ވަތްގަނޑަށް ހަދާން ތިޔަކުރާ މަސައްކަތް ރައްޔިތުންނަކަށް ނޯޅެއެވެ. 

އަމިއްލަ ފައިމައްޗަށް މުއައްޒަފުން ތެދުވިޔަ ނުދީ ތުނބުން ވެއްޓޭ ބަތްފުށް ކައިގެން ތިބޭ ބަޔަކަށް މުއައްޒަފުން ހަދާހެން މަމިގިލީ ރައްޔިތުންހެން ހުރިހާ ދިވެހި ރައްޔިތުންނަކީ ގާސިމުގެ ވަށައިގެން ހޮވާކާން އޫޅޭ ކޮތަރުތަކަކަށް ނުހެދޭނެއެވެ. 

]]>
Sat, 10 Jun 2023 11:46:31 +0500 ނިއުސް ޑެސްކް
ނައިފަރު ޝީޔާމަށް: ދަރަނިވެރި ދައުލަތަކައިގެން ނޫޅުއްވާ! https://heerasnews.com/1268 https://heerasnews.com/1268

ކޮވިޑުގެ ކުރިން ލިބުނު މިންވަރުގެ އާމްދަނީއެއް ދައުލަތަށް މި އަހަރު ލިބޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވުމުން އެ ބުނެދެނީ ލައްކަ ވާހަކައެވެ. ޝިޔާމު އެ ބުނެދެއްވީ ސަރުކާރުން ގެންގުޅޭ އާމްދަނި ހޯދުމުގެ ސިޔާސަތުގެ ރަނގަޅު ވާހަކައެވެ. އެ ބޭފުޅުން ކުރިން ވިދާޅުވަމުން ވަޑައިގެން ލަވަ ބަދަލުވީ ވާހަކައެވެ. ރާއްޖޭގެ އިގްތިސާދު ބޮޑު ތަނުން ރަނގަޅުވެ ދުޅަހެޔޮ ސިއްހަތެއް އިގްތިސާދަށް ލިބެމުން އަންނަ ކަން އިދިކޮޅުންވެސް ގަބޫލުކުރާ ވާހަކައެވެ. 

ޝިޔާމްއެވެ. ހާސްވެ ވަޑައިނުގަންނަވާށެވެ. ޑެފިސިޓްނުވާ ބަޖެޓެއް ރާއްޖޭގެ ފަހުގެ ތާރީހުގައި ނުދެކޭ ނޫންތޯއެވެ. އެކަމަކު އެއްވެސް ސަރުކާރަކުން ކޮންމެހެން ކުރާން އުޅުނު އެއްކަމެއް ވެސް ހުއްޓާލާފައެއް ނުވޭ ނުންތޯއެވެ. ރައްޔިތުންގެ ބޭނުންތަކާ ފައިހަމަ ކުރެވޭތޯ ކޮންމެ ސަރުކާރަކުން ވެސް މަސައްކަތް ކުރި ނޫންތޯއެވެ. ބަޖެޓް ޑެފިސިޓް ވެގެން ދައުލަތުން މުއައްޒަފުންނަށް މުސާރަ ނުދިއެއް ނެތެއް ނޫންތޯއެވެ. ކާބޯތަކެއްޗާއި ތެލާ ބޭސް ނުލިބުން ރައްޔިތުން އެންމެ ދުވަހެއްވެސް ތަހައްމަލު ކުރަން ޖެހިފައި ނެތެއް ނޫންތޯއެވެ. 

ދަރަނި ނެގުމާއި ދަރަނި އަދާ ކުރުމުގައި ކޮންމެ ސަރުކާރަކުން ވެސް އަމަލު ކުރަމުން އައިސްފައި ހުރި ގޮތުން އާއްމު ރައްޔިތުން އުފުލަންޖެހޭ މާބޮޑު ތަކުލީފެއް ނެތެއް ނޫންތޯއެވެ. އަމްދުން މި ހިނގާ ފަސް އަހަރަކީ ރައީސް ޔާމިނުގެ ވެރިކަން ނިމުމަށް ފަހު އައި ފަސް އަހަރު ނޫންތޯއެވެ. ޔާމީނުގެ ވެރިކަމުގައި އިގްތިސާދީ ކަންކަން ހިނގާ ދިޔަ ހިތްދަތި ގޮތުގެ ވާހަކަ ވެސް ތިޔަ ދައްކަވަނި ޝީޔާމުމެންނެވެ. 

ރާއްޖޭގައި އޮތް އެތައް ރަށަކާއި ފަޅަކާއި ބިމެއް ދިގު މުއްދަތައް ދޫކޮށް އެ ތަންތަނަށް ލިބުނުހާ ފައިސާ ދައުލަތަށް ނުލިބި ކޮންޓޭނަރާއި ދަބަސްތަކުގައި ބޭބެފުޅުންގެ ގެކޮޅަށާއި އެކައުންޓްތަކަށް ވަނތް ވާހަކަ ދެރަވެ ދެރަވެފާ ޝީޔާމްމެން ވެސް ދައްކަވަމު ނުންތޯއެވެ. ރިޝްވަތުގެ ގޮތުގައި އެތައް އެތައް މިލިޔަން ޑޮލަރު ޖީބުތަކަށް ވަދެގެން ދިޔަ ވާހަކަ ވެސް ދައްކަވަމުން ނުންތޯއެވެ. އޭގެން އެންމެ ސެންޓެއްވެސް ދައުލަތަށް ނުވަދޭ ނޫންތޯއެވެ. ޔާމީނުގެ ވެރިކަމުގައި ހިންގިހާ މެގަ ޕްރޮޖެކްޓް ތަކަކީ މެގަ ލޯނުތަކުން ހިންގި ކަންކަން ނޫންތޯއެވެ. ދައުލަތުގެ އާމްދަނީ އެންމެ ޕްރޖެކްޓެއް ވެސް ނުހިންގާ ނޫންތޯއެވެ.

މިލްކިއްޔާތު ކުއްޔަށް ދީގެން ގަނޑުކޮށް ފައިސާ ނަގައިގެން ކޭބަޔަކު ކައި ނަޖިހަށް ހަދާލީ ޔާމީނު ވެރިކަމުގައެވެ. އޭގެން އެންމެ ލާރި ފޮއްޗެއް ވެސް މިވެރިކަމަށް ދައުލަތުން ނަގުލެއް ނުވެއެވެ. ޔާމީނުގެ މެގަ ދަރަނި ތަކާއި މިލްކިއްޔާތު ދިގު މުއްދަތަށް ކުއްޔަށް ދީގެން ދައުލަތަށް ނުލިބޭ ފައިސާގެ ބަރާއެކު ރައީސް ސޯލިހު ދައުލަތް ހިންގަވަން ފެއްޓެވީ ދައުލަތެއް އުފުލާނެ އެންމެ ބޮޑު ބުރައާއި އެކުގައެވެ. 

ނަސީބު ދިމާކުރި ގޮތުން ކޮވިޑްގެ އާލަމީ ވަބާގައި ދުނިޔެ ހުއްޓި ދައުލަތުގެ އާމްދަނީ ބަންދުވިއެވެ. ކެއުންބުއިމާ ފުރާނަ ސަލާމަތް ކުރުން ނޫން ކަމެއް ދައުލަތުން ރައްޔިތުންނަށް ކޮށެއް ނުދެވެއޭ ބުނުންވެސް ދޮގަކަށް ނުވަނެއެވެ. އެ ވޭނުގައި ދެ އަހަރަށް ވުރެ ގިނަ ދުވަސް ތަހައްމަލު ކުރަން ރައްޖެއަށް ވެސް ޖެހުނެވެ. އެ ދަތި ހާލުގައިވެސް ރައްޔިތުންގެ އަސާސީ ހިދުމަތްތައް ފުރިހަމަ ކުރުމަށް ސަރުކާރުން ބޮޑެތި މަސައްކަތްތައް ކުރަމުން ދިޔައެވެ. ޒަމާނުއްސުރެ އިހުމާލު ކޮށްލެވިފައިވާ ރަށްރަށަށް ފެނާ ނަރުދަމައާއި ބަނދަރު ހޯދާ ދެއްވުމަށް ރައީސް ސޯލިހު ނެތް ލާރިން ގިނަގުނަ މަސައްކަތް ކުރައްވަމުން ގެންދެވީ ރައްޔިތުންނަށް ޓަކައެވެ. ވަރަށް ކުރިއްސުރެ ނައިފަރަށް ލަފާ ފުރަން ފަސޭހަވީމާ އެހެން މީހުން އުޅެން ޖެހޭ ހާލު ނައިފަރު މީހަކަށް އިހުސާސް ނުވެދާނެއެވެ. 

ޝިޔާމޫއެވެ. ކަންބޮޑުވެ ވަޑައިނުގަންނަވާށެވެ. ކުރިން މިދެންނެވި ދަތި ހާލުގައި ދުނިޔެ ހުއްޓިފައި އާމްދަނީ ބަންދުވެފައި އޮވެ ވެސް ރައީސް ސޯލިހު ރައްޔިތުން ބަޑަށް ނުޖައްސާ ތެލަށް ނުޖައްސާ ބޭހަށް ނުޖައްސާ ދައުލަތް ހިންގަވާ ބޮޑުތަނުން ދައުލަތުގެ އާމްދަނި އެގެންދަވަނީ އިތުރު ކުރައްވަމުންނެވެ. ދަރަނި މެނޭޖް ކުރައްވާ އުފާ ފާގަތިކަން ރައްޔިތުންނަށް ހޯއްދަވާ ދެއްވުމަށް ސަރާސަރު ބިޔަ މަގުތައް އެހުރެ ދަނީ ކޮއްޓަވަމުންނެވެ.

މިހާރު ދައުލަތުން ހަރަދުކުރާ ގޮތުން ޝިޔާމްމެން ކަންބޮޑުވެ ވަޑައިގަންނަވަނީ ކީއްވެކަން އެނގެއެވެ. ސަރުކާރަކުން ރައްޔިތުންނަށް މީގެ ކުރިން ދުވަހަކު ވެސް ކޮށްނުދޭ ވަރަށް ގިނަ ކަންކަން ހަމަހަމަ ކަމާއެކު އެބަކުރެއެވެ. އަސާސީ ހިދުމަތްތައް ގާއިމުކޮށްދީ އެތައް ކަމެއް ހީނުކުރާހާ ރަގަޅަށް ފޯރުކޮށް ދެމުން އެބަދެއެވެ. އެކަމާ ގިނަ ރައްޔިތުން ތިބީ ނިކަން އުފަލުންނެވެ.

ކުރިމަތީގައި ރިޔާސީ އިންތިހާބު އޮތަތީ ސަރުކާރަށް ތާއީދު އިތުރުވާނެ ކަމެއް ވާތަން ދެކެވަޑައިގަންނަވާކަށް ޝިޔާމުމެނަށް ފަސޭހަފުޅެއް ނުވާނެއެވެ. އެހެންވިމާ ދަރަންޏޭ ޑެފެސިޓޭ ވިދާޅު ވެވޭނެއެވެ. އެކަމަކު އެކަމާ ކަންބޮޑުވެ ވަޑައިނުގަންނަވާށެވެ. ރައީސް ސޯލިހަށް އިތުރު ފަސް އަހަރު ދެއްވައިގެން ކަންކަން ހަމަޔަކަށް އަޅުވާލައި އިގުތިސާދު މެނޭޖްކޮށް ދައުލަތް ހަމަމަގަށް އަޅުވާލަން އިބޫއަށް އިތުރު ފަސް އަހަރު އެހަށް ފުރުސަތު ދެމާހެއްޔެވެ. ޑެފެސިޓް ބޮޑު ދަރަނިވެރި ބަނގުރޫޓް ދައުލަތަކާ ހަވާލުވެ ވަޑައިގަންނަވަން އުޅުއްވުމުގެ ބޭނުމެއް ނެތެއް ނުންތޯއެވެ. 

]]>
Sat, 22 Apr 2023 16:41:35 +0500 ނިއުސް ޑެސްކް
ޕާކްކުރެވެން އޮތް ހުރިހާ ތަނެއް ސްލޮޓް ވިއްކާ ހުސްކޮށްފި https://heerasnews.com/1103 https://heerasnews.com/1103 މާލެސިޓީއަކީ މުއިއްޒު ބޭނުން ގޮތަކަށް މޮޑޭން އޮތް ފުއްގަޑެއް ނޫނެވެ. މާލެ ސިޓީއަކީ ދިވެހި ސަރުކާރުގެ އިހުތިސާސުން ބޭރުގައި އޮތް ތަނެއް ވެސްނޫނެވެ. މާލެ ސިޓީއަށް ވެސް ހިނގާނީ ދިވެހި ސަރުކާރުގެ ސިޔާސަތާއި އުސޫލެވެ. ސަރުކާރުގެ ސިޔާސަތާ ދެކޮޅަށް އެއްވެސް ކަމެއް ކުރުމުގެ އާރެއް ބާރެއް މުއިއްޒަކަށް ނުއޮންނާނެއެވެ. މާލެ ސިޓީގެ މިލްކްވެރިއަކީ މުއިއްޒެއް އެއްނޫނެވެ. ދިވެހި ދައުލަތެވެ.

މާލެ ސިޓީގެ ކަންކަން ކުރަންޖެހޭ ގޮތާއި ކުރެވެން އޮތްގޮތް ކަނޑައަޅާނީ ދިވެހި ސަރުކާރުންނެވެ. ސިޓީ ކައުންސިލަކީ ސަރުކާރުގެ ސިޔަސަތާއި އެއްގޮތަށް މާލެ ސިޓީގެ ކަންކަން ހިންގާ ދިނުމަށް ރައްޔިތުން އިންތިހާބު ކުރާބައެކެވެ.

އެހެނެއް ކަމަކު ސިޓީ ކައުންސިލަކީ ފެޑެރަލް ސަރުކާރެއް ކަމުގެ އިހުސާސް މުއިއްޒަށް ކުރެވި ތަނެއް ދޮރެއް ނުބަލާ ބިންތައް ކުއްޔަށް ދިނުން ފަދަ މުޅި ނިޒާމް ގަޑުބަޑުވާ ޒާތުގެ ކަންކަން ކުރުމަކީ މުއިއްޒުގެ އާދައަކަށް ހަދައިފިއެވެ. އަސާސީ ހިދުމަތާ ގުޅުން ހުރި ކަންކަމުން ވެސް އަތްގުޅި ނުކާވަރުގެ އަގު އެބަ ނަގައެވެ.

މާލެ ސަރަހައްދުގައި ބިން ހިއްކުމާއި އެ ނޫންވެސް ބޮޑެތި ބޮޑެތި ކަންކަން ކުރުމަކީ ސަރުކާރުން ކުރަން ޖެހޭ ކަންކަމެވެ. ގުދުރަތީ ބިމަކަސް، ހިއްކި ބިމަކަސް، ބިމަކަށް ވުމަށްފަހު އެ ބިމުގެ މިލްކްވެރިކަން މާލޭ ސަރަހައްދުގައި އޮންނަން ޖެހެނީ މުއިއްޒަށެވެ. ހިތުހުރި ވަރަކަށް ކަޓް ނަގައިގެން ހިތުހުރި ތާކުން ޕާކިންގ ވިއްކަނީއެވެ. ނަރީޝްމެންގެ ޖީބަށް މިލިޔަން ރުފިޔާ ވައްދައިގެން ބިން ދޫކުރެވޭނީ ގިނަގިނައިން ކަނިވާ ސަހައްދު ކަހަލަ ބިންތަން ސިޓީކައުންސިލަށް އޮވެގެންތާއެވެ.

ހަމަތެދެކެވެ. މަގުބަންދު ބޯޑެއް ވެސް ބަހައްޓާލެވެނީ މުއިއްޒު ބުނާ ވަރަކަށް ފައިސާ ދީގެންނެވެ. މަގު ބަންދު ކުރަން ހުއްދަ ނަގަން ޖެހެނީ ވަކި ހަމައެއްގެ މަތިން ތަރުތީބެއް ހިފެހެއްޓުމަށެވެ. ހިނގާ ބިނގާވެ އުޅެ މީހުންނާއި ދުއްވާ އެއްޗިއްސަށް ވީހާވެސް ތަކުލީފް ކުޑަކޮށް ދިނުމަށެވެ. މަގުބަންދު ބޯޑަށް ނަގާ ބޮޑު އަގަކުން މަގު ބަންދު ކުރުމުން އާއްމުން އުފުލަން ޖެހޭ ތަކުލީފް ކުޑައެއް ނުވެއެވެ. އަގެއް ނުނެގިޔަސް މަގު ބަންދު ކުރަން ހުއްދަ ދެވޭނެއެވެ. އެކަމަކުން ލޯލާރިއެއް ވެސް ސިޓީ ކައުންސިލަކަށް ނުގެއްލޭނެއެވެ. މަގު ބަންދު ހުއްދަދިނުމުގައި އުޅޭ މީހުނަށް ދައުލަތުން މުސާރަ ދެއެވެ. ކައުންސިލުން ދޭންޖެހޭ ހިދުމަތް ދިނުމަށް ބަޖެޓް އޮވެއެވެ.

ކަރަންޓާއި ފެނާ ނަރުދަމާއާއި ކެބަލްޓީވި ފަދަ ހިދުމަތްތައް ދިނުމާއި ގުޅިގެން މަގެއް ކޮނުމާއި ޖަގްޝަނެއްގެ މަތި ނެގުން ފަދަ ކަމަކަށް ހުއްދަ ދިނުމަށް ސިޓީ ކައުންސިލަށް ބޮޑު އަގެއް ނަގަން ޖެހޭ ސަބަބެއް ނެތެވެ. އެކަމަށް ނަގަފައިސައަކުން މަގުމަތި ބެނުންކުރާ މީހުން އުފުލަންޖެހޭ އުދަނގުލަކަށް ލުޔެއް ނުލިބެއެވެ. ކަރަންޓްގެ ހިދުމަތާ ގުޅިގެން ނަގާ ހުއްދައަށް ސިޓީކައުންސިލަށް ފައިސާ ނެގެނީ ސްޓެލްކޯ އަކުން ނޫނެވެ. މާލޭ މީހާގެ ޖީބުންނެވެ. މުއިއްޒު ކުރަންވީމާ އެކަންކަން އޯކޭއެވެ.  

މާލެތެރެއިން ބޮޑެތި އަގު ތަކުގައި ޕާކިންގ ސްލޮޓް ވިއްކާ އާއްމުކޮށް ޕާކްކުރެވެން އޮތް ހުރިހާ ތަނެއް މުއިއްޒުގެ ވިޔާފަރިއަކަށް ހެދީމާ ޕާކްކުރާނެ ތަން ހުސްވެއެވެ. ވަކިވަކި މީހުންގެ ވަގުފު ބިންކޮޅުތައް ގިނަވެ ލާރިނެތް މީހާ ޕާކް ކުރާނޭ ތަނެއް ނޯވެއެވެ. އެއްގަމު އުޅަނދު ޕާކު ކުރެވޭނެ ފުރިހަމަ އިންތިޒާމް ތަކެއްނެތީ މާލޭގެ މަގުތަކަކީ މުއިއްޒުގެ ވިޔަފާރި މުދަލަކަށް ހެދުމުންނެވެ. 

ބޮޑުއަގުގައި މާލޭން ޕާކިންގ ސްލޮޓް ވިއްކައިގެން އާއްމު ޕާކިންގ އޭރިޔާތައް ހުސްކޮށްގެން ހުރެ ފާޑުފާޑުގެ ގޮވާލުން ގޮވާލާކަށް މުއިއްޒު ތާހިރެއް ނޫނެވެ. މާލޭގެ އާއްމު ސަރަހައްދުތަކުގައި ވަގުފުބިމުގެ ގޮތުގައި ބޮޑު އަގު ނަގައިގެން ވަކިބަޔަކަށް ބިންތަކެއް ހާއްސަކޮށްފައި އޮތުމުން އާއްމުކޮށް ޕާކްކުރާނެ ތަނެއް ނޯވެއެވެ. ޒޯނުން ބޭރުގައި ގިނަ ބަޔަކަށް ޕާކްކުރަން ޖެހެނީ މުއިއްޒު ޕާކިންގ ސްލޮޓްގެ ވިޔަފާރި ފެށުމުންނެވެ. މުއިއްޒުގެ ޕާކިންގ ސްލޮޓް ވިޔަފާރި ބޮޑުވެގެންނެވެ. ޕާކިންގ ސްޓިކާރގެ ވާހަކަ ދެއްކުމުގެ ކުރިން ސިޓީ ކައުންސިލުން އާއްމު ހިދުމަތަށް ހޯދާ ހުއްދަ ތަކަށް ނަގާ އަގުނެގުން ހުއްޓާލާފާ އެހެން ބައެއްގެ ވާހަކަ ދައްކަބަލާށެވެ.    

]]>
Sun, 05 Mar 2023 13:53:28 +0500 ހީރަސް
ރާއްޖެއަށް އޮތް އުފާވެރި މަގަކީ ރައީސް ސާލިހު: ރޮޒައިނާ https://heerasnews.com/1100 https://heerasnews.com/1100

ރާއްޖެ އުފާވެރިކަމާއި ހަމައަށް ދާން އޮތް ހަމައެކަނި މަގަކީ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ކަމަށް އައްޑޫ މީދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ. އެކަމަނާ އެހެން ވިދާޅުވީ ތ. ހިރިލަންދޫގައި ބޭއްވި އެމްޑީޕީގެ ކަންމަތީ ބައްދަލުވުމުގައި އިއްޔެ ވާހަކަފުޅު ދައްކަވަމުންނެވެ. ކުޑަރަށެއް ބޮޑު ރަށެއް ތަފާތު ކުރުމެއް ނެތި ރަށްތައް ތަރައްގީކުރުމަކީ ކުޑަ ރަށްރަށަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެއް ކަމަށާއި ހިރިލަންދޫ އަކީ އެ ސިޔާސަތުގެ ފައިދާ ކުރި އެއް ރަށް ކަމަށް ވެސް ރޮޒައިނާ ވިދާޅުވިއެވެ.

ރައީސް ސާލިހަކީ ވަރަށް މަދުން ނޫނީ ނުފެންނަ ފަދަ ވިސްނުންތެރި ބޭފުޅެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ. އެކަމަނާ ވިދަޅުވި ގޮތުގައި ކޮވިޑް 19 އަކީ ދުނިޔޭގެ ލީޑަރުންނަށް މިފަހުން ކުރިމަތިވި އެންމެ ބޮޑު އިމްތިހާނެވެ. އެ އިމްތިހާނުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފާސްވެވަޑައިގެންނެވީ ދުނިޔެއިން އެއްވަނައިގައި ކަމަށް އައްޑޫ މީދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ރޮޒައިނާ އާދަމް ވިދާޅުވިއެވެ.
ރާއްޖޭގެ ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ލީޑަރުންގެ ތެރެއިން ރައީސް ސާލިހަށްވުރެ ވިސްނުންތެރިކަމާއެކު މަސައްކަތްކުރައްވާ، ހިކުމަތްތެރި ލީޑަރެއް ދިވެހިންނަށް ނުލިބޭނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ. ރައީސްއަކީ ރަނގަޅު ނަމޫނާއެއް ކަމަށާއި އެފަދަ ބޭފުޅެއް މަދުން ނޫނީ ނުފެންނާނެ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. ރައީސައަކީ މަޑުމައިތިރިކޮށް ހުންނެވިޔަސް ވަރަށް ހަރުދަނާ ރަނގަޅު ޝަހުސިއްޔަތެއްކަން ކޮވިޑުގެ ހާލަތުގައި ގައުމު މެނޭޖްކުރެއްވި ގޮތުން އެކަނިވެސް ސާފުވާކަމަށް ރޮޒޭ ވިދާޅުވިއެވެ.
]]>
Sat, 04 Mar 2023 12:25:33 +0500 ހީރަސް
ޔާމީނަށް ބައިނާޅާ ތިޔަހެނެއް ނުވިއްކޭނެ! https://heerasnews.com/1063 https://heerasnews.com/1063 ދުނިޔޭގެ ފެންވަރުގައި އިންޑަސްޓްރިއަލް މަސައްކަތް ތަކަށް ރާއްޖެ ހުޅުވާލުމަކީ ރާއްޖޭގެ އިގުތިސާދު ފުޅާވެ ރާއްޖެ ކުރިއަރާ ދާނެ ކަމެކެވެ. ގައުމުތައް ތަރައްގީ ވެގެން ގޮސްފައި ވަނީ ދުނިޔެއަށް ހުޅުވާލައިގެން އެ ގައުމެއްގައި ނެތް ގާބިލުކަން ބޭރުން އެތެރެ ކޮށްގެންނެވެ. ބޭރަށް ރާއްޖެ ހުޅުވާނުލާ ފާލުން ބޮނބި ފާކޮށްގެން ބޮނބި ތަޅާލަ ތަޅާލާ ތިބި ނަމަ އަދިވެސް ދިވެހިން ތިބީހީ އެހެނެވެ. 

ޓޫރިޒަމް ނޫން އެހެން ސިނާއަތް ތަކަށް ރާއްޖެ ހުޅުވުމުގެ މުހިންމުކަން ކޮވިޑް19 އިން ތަޖުރިބާ ކުރެވިއްޖެއެވެ. އެހެން ކަމުން އިންޑަސްޓްރިއަލް މަސައްކަތްތައް ރާއްޖޭގައި ކުރުމަށް ސަރުކާރުން ބޭނުމެވެ. އިންޑަސްޓްރިއަލް މަސައްކަތް ހިންގުމަށް ބޭނުންވާ ދިވެހިންނަށް އެ ފުރުސަތު ތިލަފުށިން އޮތީ ހުޅުވިފައެވެ. ދިވެހިންނަށް ހާއްސަކޮށްގެން ދެފުށް ފެންނަ ގޮތަށް ބިޑް އުސޫލުން ބިންތަކެއް ތިލަފުށިން ދޫކުރަން މި ސަރުކާރުން މިހާރު ހަމަޖައްސައިފިއެވެ. ދިވެހިންނަށް ހުޅުވާލެވުނު ފުރުސަތާއެކު ދުނިޔޭގެ ފެންވަރުގައި އިންޑަސްޓްރިއަލް މަސައްކަތް ކުރަން ޝައުގުވެރި ބޭރުގެ ފަރާތް ތަކަށް ހާއްސަކޮށްގެން ބިން ތަކެއް ދޫކުރަން ވަނީ ހަމަޖައްސާފައެވެ. އޯޕަން ބިޑް އުސޫލުންނެވެ. ގާބިލު ފަރާތްތައް ބަލާ ދައުލަތަށް އެންމެ ނަފާވެރި ގޮތަކަށް އިސްކަން ދީގެނެވެ. ގޮތް ނޭނގޭ ކަރުދާހު ކުންފުޏަކަށް ބިޑެއް ކާމިޔާބު ނުކުރެވޭ ގޮތަށް ރަނގަޅަށް ބަލާ މޮނިޓަރ ކުރެވޭ ނިޒާމެއްގެ ދަށުންނެވެ. ގާނޫނީ ހަމަތަކަށް ފައްތައިގެންނެވެ. 

ރާއްޖޭގެ ކުރިމަގަށް އެއްވެސް ކަމެއް ރަނގަޅަށް ކުރިޔަ ނުދިނުމަކީ ބަޅުރުކު އަހުލުވެރިން މާ ކުރާ ހިތްވާ ކަމެކެވެ. ޔާމީނު ވެރިކަމުގައި ނެތިއްޔާ އެކަކު އެއްކަމެއްވެސް ކޮށްގެން ނުވާ ކަހަލައެވެ. އެހެން ކަމުން ގާނޫނީ ހަމަތަކުގެ މަތިން ރާއްޖެއަށް އެންމެ ނަފާވެރި ގޮތަށް ތިލަފުށީ އިންޑަސްޓްރިއަލް ޒޯނުން ބޭރު ކުންފުނި ތަކަށް ބިން ދޫކުރާން އުޅޭތީ އެކަމާ ދެކޮޅަށް ބަޅުރުއް ތެދުވެއްޖެއެވެ. ތިޔަހެނެއް ނުވިއްކޭނެއޭ ގޮވަމުންނެވެ. 

އާނއެކެވެ. ދެފުށް ފެންނަ އޯޕަން ބިޑަކުން އެއްވެސް ބަޔަކަށް ހަލާލުގޮތުގައި އެއްޗެއް ލިބެންޏާ ބަޅުރުއް ޕާޓީ ކުދިން ދެރަވާނެއެވެ. ޔާމީނަށް ހަލާލު ހުކުމެއް އަޔަތީވެސް ބަޅުރުއް އެއުޅެނީ އެކަމާ އަމަށަކު މޮޅިއަކުން ނޫނެވެ. އަމްދުން ބިމެއް ބަޔަކަށް ދޫކުރަންޏާ ޔާމީނަށް ބައިނާޅައިގެން އެވެރިންނަށް ވަރަށް އަސަރު ކުރާނެއެވެ. ޔާމީނަށް ބައިނާޅާ ތިޔަހެނެއް ނުވިއްކޭނެ ކަމަށް ގޮވާނެއެވެ. ވިއްކިޔަކަވެސް ނުދޭނެއެވެ. ކޮންމެ ބިމެއް ނަގާ ބަޔަކުވެސް ޔާމީނުގެ އެކައުންޓަށް މަދުވެގެން މިލިޔަން ޑޮލަރު ޖަމާނުކުރާ ގޮތަކަށް ރާއްޖޭން ބިމެއް ބަޔަކަށް ދީގެނެއް ނުވާނެއެވެ. ޔާމީނަށް ބައިނާޅަންޏާ ބަޅުރުއް ތެދުވާނެއެވެ. ގައުމާ ވަޒަނަށްޓަކައެވެ. އެމްއެމްޕީއާރުސީން ދޫކުރިހާ ރަށްރަށް ނެގިހާ މީހުން ޔާމީނުގެ އެކައުންޓަށް މިލިޔަނުން ޑޮލަރު ޖަމާ ކުރިހެން ތިލަފުށީ ބިންތަކުން ވެސް ޔާމީނަށް ބައި ނާޅާ ދޫކުރާކަށް ލާހިކެއް ނޫނެވެ. 

]]>
Mon, 20 Feb 2023 17:42:03 +0500 ހީރަސް
އިބޫގެ ކުށަކީ ކޯލިޝަން ދެމެހެއްޓުން! https://heerasnews.com/1013 https://heerasnews.com/1013 ރާއްޖޭގެ ވެރިކަމުގެ މަސްއޫލިއްޔަތާ މީހަކަށް މިހާރު ހަވާލު ވެވެނީ ތަސައްވުރެއް އޮވެގެންނެވެ. ވައުދުތަކެއް ވެގެންނެވެ. ރައްޔިތުންގެ ގިނަ ބަޔަކު ރުހޭ ފޯމިއުލާއެއްގެ ތެރެއިންނެވެ. ރައްޔިތުންގެ ގިނަ ބަޔަކު ގަބޫލުކުރާ ޓީމެއް ސަރުކާރު ހިންގުމުގައި ޝާމިލު ކުރުމަކީވެސް ގިނަ ބައެއްގެ ރުހުން ލިބޭ އެއްބަހާއެވެ. 

ސިޔާސީ ޕާޓީއެއް ވެރިކަމަށް އައުމަށް ރައްޔިތުންގެ ވޯޓު ލިބެނީ ގިނަ ބަޔަކު ގަބޫލުކުރާ ގޮތްތަކަކަށް ކަންކަން ކުރަން އެއްބަސް ވާނަމައެވެ. ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއަކަށް އެހެން ބައެއްގެ ބައިވެރިވުން ނެތި ވެރިކަމަށް އާދެވޭ ވަރެއް ނުވެއެވެ. އެހެން ބަޔަކު ބައިވެރި ނުކޮށް ވެރިކަމެއް ކޮއްލެވޭވަރުގެ އެއްވެސް ޕާޓީއެއް ނެތުމުން 2008 އިން ފެށިގެން އުފެދުނު ހުރިހާ ސަރުކާރެއް އުފެދިފައި ވަނީ އެހެން ޕާޓީ ތަކުގެ ބައިވެރި ވުން އޮވެގެން އެއްބަސްވެވޭ އެއްބަސްވުމެއްގެ ތެރެއިން ހޯދާ ތާއީދާއެކުގައެވެ. 

2008 ގައި ވަތަން އެދޭ އިންތިހާދުން އެމްޑީޕީ އިސްވެ އޮވެ އުފެއްދި ސަރުކާރު ވެއްޓިގެން ދިޔައީ ވަތަން އެދޭ އިއްތިހާދު ރޫޅާލާ ހަމައެކަނި ރައީސަށް ފެނިވަޑައިގެންހާ ގޮތަކަށް ކަންކަން ކުރެއްވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. 2013ގެ ޕްރޮގްރެސިވް ކޯލިޝަން ސަރުކާރުވެސް ކޯލިޝަންގެ ގިނަ ބައިވެރިން އެއްފަރާތް ކޮށްލިއެވެ. ނަތީޖާއެއްގެ ގޮތުން ރައީސް ޔާމީނަށް ދައުރު ނިންމާ ލެއްވުނީ އަނިޔާވެރިކަމާއި ގޮށްމުށުގެ ބާރާއި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްގެންނެވެ. 

2018ގައި ރައީސް ސާލިހު ވެސް ވެރިކަމަށް ވަޑައިގަތީ ކޯލިޝަނަކުންނެވެ. އެމްޑީޕީއާއި ޖުމްހޫރީއާއި އަދާލަތާއި އެމްއާރުއެމް ގުޅިގެންނެވެ. ދިވެހިރައްޔިތުން ރައީސް ސޯލިހު އަރިހުން އެދުނީ އެ މީހުން ބައިވެރިކޮށްގެން ވެރިކަން ކޮށްދިނުމަށެވެ. އެގޮތް އެމްޑީޕީވެސް ގަބޫލުކުރީ އެ މީހުންގެ ތެރޭގައި ފެބްރުއަރީ 7 ގެ ބަގަވާތުގެ އިސް މޭސްތިރިން ވެސް ތިބިކަން އެނގިތިބެއެވެ. އެއްބަސްވެވެނީ 30 އަހަރުގެ ޒައީމާއި ޝޭހާއި ބޮޑު މަހުޖަނާކަން އެނގިތިބެއެވެ. އެކަންކުރީ ސަރުކާރުގެ ބޯކިބާ ބަހާނެ ގޮތްވެސް ކަނޑައަޅައިގެންނެވެ. ބާރު ހޯދަން ވީމާ ހޮދުމުހުތާރެއް ވަގެއް ދީނީއެއް ލާދީނީއެއް ނޯވެއެވެ. 

ހާލަތު ބަދަލުވެ އާރާބާރު ލިބުމުން ވެރިކަން ހޯދުމުގައި ބައިވެރިވެ މަސައްކަތް ކޮށްދިން މީހުން ފޮޅާނުލުމަކީ ބައެއް އެމްޑީޕީ މީހުނަށް ރައީސް ސާލިހު ކަމުނުދާ ސަބަބެވެ. އެ މީހުންނަކަށް ކޯލިޝަން މެނިފެސްޓޯ އެއް އޮތްކަމެއް އެއްބަސް ވެވުނު ކަމެއް މިހާރަކު ނޭނގެއެވެ. ރައީސް ނަޝީދު، ރައީސް މައުމޫނާއި ގާސިމް އިބްރާހީމާއި އިމްރާން އަބްދުﷲއާއި އެކު ކޯލިޝަން އެއްބަސް ވުމެއްގައި ސޮއިކުރި ކަމަކަށްވެސް ނުވިއެވެ.

އެހެނެއް ކަމަކު ރައީސް ސާލިހު ވެރިކަމަށް ވަޑައިގެން ގޮތެއް ހަނދުމަފުޅު ނައްތައެއް ނުލައްވައެވެ. ރައްޔިތުން ރައީސް އަރިހުން އެދުނީ ވެރިކަން ކުރުމުގައި ޔާމީނު ބައިވެރި ނުކޮށް މައުމޫނާއި ގާސިމާއި އިންރަނާއި ނަޝީދާއެކު ވެރިކަން ކޮށްދެއްވާށެވެ. އެންމެ ބޭނުން ޖެހިފައިވާ ކަންކަމަށް އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ގައުމުގެ ހަމަޖެހުމާ އާންމު މަސްލަހަތާއި އަމާންކަން ދަމަހައްޓަވާ ދެއްވާށެވެ. އަޑުއެހުމާއި މަޝްިވަރާއާއި ދޫދިނުމާއި ހިފަހައްޓަންޖެހޭ އިންތަކާ މިންތަކުގާ ސާބިތުވެ ދެމިހުންނަވާށެވެ. އެކަން ވަރަށް މޮޅަށް ރައީސް އެބަކުރައްވައެވެ.

]]>
Wed, 08 Feb 2023 10:55:18 +0500 ހީރަސް
ޖަމީލަކީ ހަމަލަމަ ގެއްލިފައި ހުރި އަގުޅި ނެތް ކަންނޭލެއް https://heerasnews.com/1006 https://heerasnews.com/1006 ރައްޔިތުންނަށް އަސަސީ ހައްގަކީ ލިބިދޭން ޖެހޭ އެއްޗެއްކަން ޑރ.ޖަމީލަށް އެނގިވަޑައިގަތީ އަދި ކިރިޔަ ހެއްޔެވެ. ޖަސްޓިސް މިނިސްޓަރުކަމާއި ހޯމް މިނިސްޓަރކަމާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ޖަމީލު ކުރެއްވި ދުވަސްވަރު ރައްޔިތުންނާއި އަސާސީ ހައްގު އޮތީ ކޮންތާކު ހެއްޔެވެ.

ރަށްރަށުގެ ރައްޔިތުން އޭރު ވެސް ތިއްބެވެ. ސާފު ފެނެއް ނަރުދަމާއެއް ގިނަ ރަށްރަށަކު ނެތެވެ. ލަފާ ފުރޭކަށް ވެސް ނެތެވެ. ކަރަންޓްގެ ހިދުމަތް ލިބުނަސް ލިބެނީ ނަމަކަށެވެ. ޖަމީލަކަށް އޭރަކު އެ ތަނެއް ނުފެނެއެވެ. އަސާސީ ހައްގަކަށް ވެސް އެ ކަންކަމެއް ނުވެއެވެ. އެ ކަންކަން ރައްޔިތުންނަށް ހޯދައިދޭން ކުރި މަސައްކަތެއް ނެތެވެ. ޖަމީލުމެން އާރާ ބާރުގައި ތިބިއިރު ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިން ނަމަ މިހާރަކު ސަރުކާރުން އެކަމަ އުޅޭކަށް ނުޖެހުނީސް ނުންހެއްޔެވެ.

ރައީސް ސާލިހު ސަރުކާރުން އެއްވާނަކަށް މުޅި ރާއްޖޭގައި އަސާސީ ހިދުމަތް ގާއިމުކޮށްދީ ރައްޔިތުންނަށް ހަމަނޭވާ ލެވޭގޮތް ހަދައިދޭން ފެށުމުން ބަނޑު ކައްކާނެ ކަމެއްނެތެވެ. ކޮއްދޭން ޖެހޭ ކަމަކަށް ވެގެން ކުރަންޖެހޭ ކަންކަމޭ ބުނެ ސަރުކާރުން ފޯރުކޮށްދޭ ހިދުމަތްތަކާ މެދު ރައްޔިތުންގެ ވިސްނުން އިދިކީލި ކުރަން ޖަމީލުމެން ކުރާ ޓްވީޓަކުން ރައްޔިތުންގެ ވިސްނުން ބަދަލެއް ނުކުރެވޭނެއެވެ. 

ޓެކްސް ބޮޑުކުރި ވާހަކަ ދައްކައިގެން ތިޔަ އަނބުރާން އުޅޭ ގޭސްގަނޑެއް މިރާއްޖެއަކު ދެން ނޭނބުރޭނެއެވެ. ބޮޑުކުރަންޖެހޭ އެއްޗެއް ބޮޑުކޮށް ކުޑަކުރަން ޖެހޭ އެއްޗެއް ކުޑަކޮށްގެން ދޭންޖެހޭ ހިދުމަތް ދޭކަށް މިސަރުކާރު ފަހެއް ނުޖެހޭނެއެވެ. ޓެކްސް ބޮޑުކުރުމަކީ ސިޔާސީ ގޮތުން ސަރުކާރަށް ހުރި ގެއްލުމެއް ކަމަށްވިޔަސް ރައްޔިތުނަށްޓަކާ އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް މިސަރުކާރުން އަޅަން ފަސް ނުޖެހޭނެއެވެ. ބޮޑުކުރި ޓެކްސް ކުދަކުރެވޭ ހާލަތަށް ދިޔުމުން މިސަރުކާރުން ޓެކްސް ކުޑަ ކުރާނެކަން ވެސް ގިނަ މީހުން ގަބޫލުކުރެއެވެ. ހަމަގައިމު ޖަމީލަކަށް އެކަމެއް ނުކުރެވޭނެއެވެ. 

ޖަމީލުގެ އަމިއްލަ އުފަން ރަށުގައި މި ސަރުކާރުން ކުރާކަންކަމުން އެކަނިވެސް ޖަމީލުގެ ތިޔަ އުފައްދަނީ ފަސާދަކަން ސާބިތުވާނެއެވެ. އަންދުހުއްސުރެ ފުވައްމުލަކަށް ދިމާވެފާއޮތް ގޮނޑުދޮށް ގިރުން ހައްލުކުރުމަށް ސަރުކާރުން ކުރާ މަސައްކަތް ނުފެނުމަކީ ޖަމިލުގެ ލޮލުގެ ހަލު ދެރަކަމެވެ. ބޮޑެތި ހުރިހާ މަގުތަކެއްގައި ތާރުއަޅާ ފުވައްމުލަކަށް ގެންނަމުންދާ ޒަމާނީ ތަރއްގީއާއި ހުޅުވާލެވޭ އިގުތިސާދީ ފުރުސަތުތައް ނޭނގުމަކީ ތިމާގެ އަމިއްލަ ވަޒަނުގެ ހާލަތުވެސް ނޭނގޭ ކަމުގެ ހެއްކެކެވެ. 

ޔާމީނު ނޫނީ ކަމެއްކުރަން އެނގޭ ކުރެވޭ މީހަކު ނެތްކަމަށް މިއަދު ޖަމީލަށް ވިޔަކަސް ވެރިކަމުގައި ހުރި އިރު ޔާމީނަށްވުރެ ކަންނުވާ ކަންނޭގޭ މީހަކު ހުރިކަމަކަށް ޖަމީލަކަށް ނުވިއެވެ. ޖަމީލުގެ އަމަލާ ބަހުން އަމިއްލައަށް ތިޔަ ސާބިތު ކޮށްދެނީ ޖަމީލަކީ ހަމަލަމަ ގެއްލިފައި ހުރި އަގުޅި ނެތް ކަންނޭލެއް ކަމެވެ. ފިތުނައާއި ފަސަދަ ނޫން ދެވަނަ އެއްޗެއް ޖަމީލުގެ ތޮބީއަތުގައި ނެތްކަމެވެ. އެއިރަކު ވެރިކަމަކާ ދެކޮޅަށް ގައުމު ފަސާދަކުރުން ނޫން ކަމެއް ޖަމީލަށް ނޭނގޭކަމެވެ. 

ރައީސް ސާލިހުގެ ވެރިކަމުގައި ރައްޔިތުންނަށް ލިބެމުންދާ ލުއިފަސޭހަތައް ރައްޔިތުން ބަލައިގަނެއެވެ. ދުނިޔެ ހެއްދެވީއްސުރެ ސަރުކާރު ތަކުން ކޮށްދޭންޖެހި ނުކޮށް އޮތް އެތައް ހާސް ކަމެއް ރައީސް ސާލިހު ކޮއްދެއްވަމުން ގެންދަވާތީ ރައްޔިތުން ތިބީ ނިކަން އުފަލުންނެވެ. ޖަމީލުމެން ތިޔަހެން ކުރާ ފިތުނައިގެ ތްވިޓެއްގައި ރައްޔިތުން ތިބީ ޖެހޭ ގޮތަކަށް ނޫނެވެ.

]]>
Mon, 06 Feb 2023 12:55:36 +0500 ހީރަސް
ދާއިރާ އެދެނީ މެންބަރު ރައީސާއެކު ހުންނަން https://heerasnews.com/1002 https://heerasnews.com/1002 މަލްޓިޕާޓީ ވެރިކަމަކަށް ރާއްޖޭގެ ވެރިކަން ފޮރޮޅުނީ ރައްޔިތުން އެދޭ ކަންކަން ރައްޔިތުން އެދޭގޮތަށް ހަލުވިކޮށް ކުރުމަށްޓަކައެވެ. ވަކި މީހަކަށް ވެރިކަން ދީގެން އެމީހާގެ ތުނބުން ވެއްޓޭ ބަތްފުށް ކައިގެން ތިބިތިބުން ނިމުމަކަށް ގެންނާށެވެ. ވަކި މީހަކަށް ބޮޑު މުސާރައާއި އިނާޔަތް ހޯދަދީގެން އެމީހާގެ ފަހަތުން އެނބުރޭކަށް ނޫނެވެ. 

އެމްޑީޕީ އުފެދުނު ފިކުރަކީ ވަކި މީހަކަށް ގޮސް ހުސްނުވުމުގެ ފިކުރެވެ. ހިތްވަރު ހުރި ކޮންމެ މީހަކު ކުރިއަށް ނިކުމެ އިސްނަގައިގެން ރައްޔިތުންގެ ތާއީދު ހޯދާ ވެރިކަން ކުރުމަށް ޖާގަ ދިނުމުގެ ފިކުރެވެ. ތަކަން މާރަންދޫ މީހަކަސް އައްޑޫ ހުވަދޫ މީހަކަސް ހިންނަވަރު ނައިފަރު މީހަކަސް ރައްޔިތުންގެ ތާއީދު ހޯދައިގެން ވެރިކަމަށް އައުމާއި ވެރިކަން ދެވަނަ ދައުރެއްގައި ވެސް ވެރިކަން ހޯދަން މަސައްކަތް ކުރެވޭނެ ޖާގަދޭ ފިކުރެވެ. 

އެމްޑީޕީ އުފެއްދުމުގައި އުޅުނު ވަކި ބައެއްގެ އަތްމަތީގައި އަބަދު ޕާޓީ އޮތުމަށް ބާރުއަޅާ ވާހަކަ ދެއްކޭނެ ޖާގައެއް އެމްޑީޕީގެ ފިކުރުގައި އެއް އިރަކު ވެސް ނެތެވެ. އެހެންނަމަ އަދިވެސް އެމްޑީޕީ އޮތީހީ ގޯގޯ ލަތީފާއި އިބްރާއާއި މުނައްވަރުމެންގެ އަތް މަތީގައެވެ. ޕާޓީ ހިސޯރުކޮށްގެން ގެންގުޅުމުގެ ވިސްނުން އަންނިއާއި އެއްގޮތަށް އެބޭފުޅުންގެ ނެތަތީ އެމްޑީޕީގެ މުޅި ކޮންޓްރޯލު އަންނިގެ އަތްމައްޗަށް ފުރޮޅިގެން ދިޔަ ދިޔުމަކީ އެކަން އަބަދަށް އެގޮތުގައި އޮންނާނެ ކަމެއްނޫނެވެ. އެކަކަށް ވެސް އެކަން އެހެނެއް ނުކުރެވޭނެއެވެ.

އެމްޑީޕީގެ ފިކުރަކީ ހިތްވަރާ މަސައްކަތުން ބޮންތިއާއި ހަމަޔަށް ކޮންމެ މީހަކަށް ވެސް އާދެވުމުގެ ފުރުސަތު ލިބިދޭ ފިކުރެވެ. ވާދަވެރި އިންތިހާބު ތަކުން ކާމިޔާބު ހޯދައިގެން ކުންނަށް ވާސިލު ވުމުގެ ފިކުރެވެ. ވާދަވެރި އިންތިހާބު ތަކުން ކާމިޔާބު ހޯދޭނީ ގިނަ މެންބަރުންގެ އިހުސާސާއެއް ގޮތަށް މަސައްކަތްކޮށްގެންނެވެ. އާރާއި ބާރު ލިބުމުން ގަޅި ނުހަދާ ރައްޔިތުންގެ ބޭނުމާއި އެއްގޮތަށް މަސައްކަތްކުރާ މީހާއަށް އެމްޑީޕީގައި ޖާގަ އޮވެއެވެ. އެމީހަކީ އެމްޑީޕީ އުފެއްދި އިރު ހުރި މީހެއްތޯ ފަހުން ގުޅުނު މީހެއްތޯ ނުބަލައެވެ. އާއްމުން ބަލަނީ އެ މީހަކު އެމްޑީޕީއާއި ގުޅުނު ހިސާބުން އެ މީހަކު ޕާޓީއާއި ރައްޔިތުންނަށް ކޮށްދޭ ކަންތައްތަކަށެވެ. ދައްކާ މޮޅު ވާހަކައަކަށް ނޫނެވެ. 

މިއަދު އެމްޑީޕީގެ އިސް ލީޑަރަކީ ރައީސް ސާލިހެވެ. ރައީސް ސާލިހަކީ އެންމެ ފުރަތަމަ ދުވަހުުއްސުރެ އެމްޑީޕީގެ ވަލީ ކޮމެޓީގެ މެންބަރެކެވެ. ގައުމީ މަޖިލީހުގެ މެންބަރެކެވެ. ޕީޖީގްރޫޕްގެ ލީޑަރެވެ. މިނިވަން ނޫހުގެ އެންމެ ބޮޑު ހިއްސާދާރެވެ. އެމަނިކުފާނުގެ ބައިވެރިވެ ވަޑައިގަތުމެއްނެތް ސިޔާސީ އެންމެ މަސައްކަތެއް ވެސް އެމްޑީޕީގެ ތާރީހުގައި ނުކުރެއެވެ. ޗޮއިސް ހުސްވެގެން ވިޔަސް އުކުޅަހު ބަގާތުން ވިޔަސް އެމްޑީޕީގެ ރިޔާސީ ޓިކެޓްގައި 2018ގައި ވާދަކުރައްވަން ޖެހި ވަޑައިގަތީ އެހެންވެއެވެ. މެންބަރުންގެ ރުހުމާ ތާއީދު އޮވެގެންނެވެ. ރިޔާސީ އިންތިހާބު 68 އިންސައްތައިން ފުރަތަމަ ބުރުން ކާމިޔާބު ކުރެއްވި ކެންޑީޑޭޓަކީ ވެސް ރައީސް ސޯލިހެވެ. މުޅި ރާއްޖޭގެ ގިނަ ރައްޔިތުން އިތުބާރު ކުރީމައެވެ.

ބޮޑެތި ގޮންޖެހުން ތަކާއެކު ކާމިޔާބު ވެރިކަމެއް އެ މަނިކުފާނު އެބަ ކުރައްވައެވެ. ރައްޔިތުން ހުވަފެނުން ނުދެކޭހާ ލުއިފަސޭހަތައް ރައްޔިތުންނަށް އެބަ ފޯރުކޮށްދެއެވެ. ރައްޔިތުން ވެރިއަކު ހޮވުމުގެ ބޭނުން ރައްޔިތުންނަށް މިއަދު އެބަ އިހުސާސްވެއެވެ. ތަކްލީފުތައް ލުއިވެ ހަމަޖެހޭ އަމާން މުޖުތަމައެއް ބިނާވެ ފޯރުންތެރި ކަމުގެ ދޮރުތައް ހުޅުވައި ދެވެމުން ދާކަން ގިނަ ރައްޔިތުން އެބަ ގަބޫލު ކުރެވެއެވެ.

ދާއިރާތަކުގެ ރައްޔިތުން މިއަދު ލިބެމުން މިދާ ރަނުގެ ފުރުސަތުތައް ގެއްލި ހަލާކުގެ ތެރެއަށް ވެއްޓޭކަން ނޭދެއެވެ. ރައްޔިތުންގެ ގިނަ މީހުން ބޭނުންވަނީ އެމީހުންގެ ދާއިރާއަށް ހެވާލާބަ ހޯދައި ދިނުމުގައި އެމީހުން އިންތިހާބުކުރާ އެންމެންގެ އެއްބާރުލުމާ ބައިވެރިވުން ދާއިރާގެ ރައްޔިތުންނަށް ދިނުމަށެވެ. ވެވެން އޮތް ހުރިހާ ގޮތަކުން ރައްޔިތުންގެ ބޭނުންތައް ފުއްދާ ދިނުމުގައި ރައީސާ އަތުގުޅާލުމަށެވެ. ގުޅިގެން އެކުގައި މަސައްކަތްކޮށް ރައްޔިތުންގެ އުންމީދުތައް ފުރިހަމަ ކޮށްދިނުމަށެވެ.

އިދިކީލިވެ ސަރުކާރަށް ޖެއްސުންކޮށް ދަތިކޮށް ރައްޔިތުންގެ ކަންކަން ވިޔަނުދޭން ކުޑަވެސް ކަމެއް ކުރުމަކަށް ރައްޔިތުންގެ ގިނަ ބަޔަކު ނުރުހެއެވެ. ދާއިރާތަކުގެ ގިނަ ރައްޔިތުން ބޭނުން ވަނީ އެ މީހުންގެ ކުރިއެރުމަށްޓަކާ އެ މީހުން އިންތިހާބުކޮށްފައި ތިބޭ ކައުންސިލަރުންނާއި މޭޔަރުންނާއި މެންބަރުން ރައީސާ އަތުގުޅާލައިގެން ކުރިއަށް ދިޔުމަށެވެ. 

ބާރުވެރިކަން ހޯދުމަށް އެމްޑީޕީގެ ތެރޭގައި ޖާހިލު ވިސްނުމެއް އަށަގަންނަވައިގެން ވަކި މީހަކަށް ބާރުވެރިކަން ހޯދާ ވަކި މީހެއްގެ މުށުތެރޭގައި އަބަދު އެމްޑީޕީ އޮތުމަކަށް ގިނަ މެންބަރުން މިހާރަކު ނޭދެއެވެ.

]]>
Sun, 05 Feb 2023 16:11:36 +0500 ހީރަސް
މުއްދަތަށް ބްރިޖު ނިންމާނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން، 1،000 މީހުންގެ ބޮޑު ޓީމެއް! https://heerasnews.com/news-307 https://heerasnews.com/news-307 މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވައިލުމުގެ މަސައްކަތުގައި ގޮންޖެހުންތައް ހުއްޓަސް ކަނޑައަޅާފައިވާ ތާރީހަށް އެ މަޝްރޫއު ނިންމާނެ ކަމުގެ ޔަގީންކަން އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ލިމިޑެޓުން ދީފި އެވެ.

އެ ކުންފުނި، 1959 ވަނަ އަހަރު އުފެދިގެން މިހާ ހިސާބަށް އައިރު، ބިޔަ ބްރިޖުތައް ހިމެނޭ ގޮތަށް، ކޮންސްޓްރަކްޝަންގެ އެކި ދާއިރާތަކުން ކޮށްފައިވާ ތަޖުރިބާތަށް ވަރަށް ބޮޑެވެ. އެ ދިގު ތާރީހުން، ކާމިޔާބު ގިނަ މަސައްކަތްތަކެއް ވެސް ފެންނަން އެބަހުއްޓެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ދިން ދަތުރުގައި ބައިވެރިވާ ދިވެހި ނޫސްވެރިން އިއްޔެ އެ ކުންފުނީގެ މައި އިމާރާތަށް ޒިޔާރަތް ކުރުމުން، މި ސަރުކާރުގެ އެންމެ ބިޔަ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ ތިލަމާލެ ބްރިޖާ ގުޅޭ އެންމެފަހުގެ މައުލޫމާތުތައް ހިއްސާކުރި އެވެ.

]]>
Wed, 01 Jun 2022 19:37:06 +0500 ނަންއެގްޒެކެޓިވް